ވާނަމޭ އުމުރަށް އެކީ ޖާނާ…………….15
ފޯނުން އިވިގެން ދިޔަ ޒައިނާގެ ހަޅޭއްކުގެ އަޑާއި އެކު ކޮންމެސް ކަމެއް ނުބައިވެއްޖެ ކަމުގެ ސިގްނަލް ޒައިންމެނަށް ލިބުނެވެ.ދުވެފައި ގޮސް ތިންމީހުން އިމާރަތުގެ ތެރެއަށް ވަތްއިރު ފެނުނު މަންޒަރުން ތިންމީހުނަށްވެސް ހުއްޓެން މަޖޫބޫރުވިއެވެ.
**************************************
ޔޫލީގެ ފައިކައިރިއަށް ޒައިނާވެއްޓިފައި އޮތް އިރު މުޅިތަން އޮތީ ލެއިން ކަޅިވެފައެވެ.އޭރު ޔޫލީ ހުރީ ދެލޯބޮޑުވި ގޮތަށް ހުއްޓުން އަރައިފައެވެ.އެންމެ ގާތް އެކުވެރިޔާ އޮތް ހާލު ފެނި އޭނާގެ ހިއްސުތަށްވެސް މަސަތްކަތް ކުރުން ހުއްޓިފައިވީ ކަހަލައެވެ.ކައިރީގައި ހުމެއިދްވެސް ހުރީ ކުރަންވީ ކީއްކަން ހަނދާން ނެތިފައެވެ.އޭރު އައިކާގެ ހިލަމެއް ފެންނާކަށް ނެތެވެ.
ޒައިންއަށް އަމިއްލަ ކޮއްކޮ އޮތް ހާލުފެނި އޭނާގެ ރުޅިގަނޑު ހަމައިން ނެއްޓިކަހަަލައެވެ.ބާރު ހިނގުމުގައި އޭނާ ގޮސް ހުމެއިދްގެ އަނގަމަތީގައި ގޮށްމުށްކަވައިފައި ޖެހިއެވެ.ފާރާދިމާލަށް ހުމެއިދް ކޮއްޕާލަމުން ގޮސް އަނެއްކާވެސް އޭނާގެ ގައިގައި ޖެހިއެވެ.ޔަޢީޝް އަވަހަށް ގޮސް ޒައިން ހިފެހެއްޓޭތޯ މަސަތްކަތް ކުރަންފެށިއެވެ.”އޭ ޒޭން..ބުރޯ ކާމް ޑައުން..”ޔަޢީޝް ޒައިން ހަމަޖެއްސޭތޯ ކުރަމުން ދިޔަ މަސަތްކަތް ދިޔައީ ފެނަށް ވަމުންނެވެ.އަރައިފައި ހުރި ރުޅިގަނޑު އޭނާ ދިޔައީ ހުމެއިދްއަށް ބާލަމުންނެވެ.”ކަލޭ ހަނދާން ކުރާތި!މަގޭ ކޮއްކޮއަށް އެހާލު ޖައްސާފައި ކަލެއަކަށް ވެސް ނުހުރެވޭނެ..”ޒައިން ހަޅޭއްލަވައިގަތެވެ.”ބުނަންތަ ވާހަކައެއް…މަށެށް ނޫން އޭނައަށް އެހެންހެދީ..އައިކާ އޭނަގެ ބޮލުގަ ދަގަނޑު ބުރިންޖެހީ..އަހާ ޔޫލީކައިރީވެސް..”ހުމެއިދް ރައްދުގައި ބުނެލިއެވެ.
އޭރު މާއިޝް ޒައިނާ ނަގައި އޭނާގެ އުނގުމަތީ ބާއްވައިގެން އިނދެ، ޒައިނާގެ ބޮލުން ފައިބަމުން ދިޔަ ލޭތަށް މަނާކުރެވޭތޯ އުޅުނެވެ.ޔޫލީ ހުރީ ލޯ ކުރިމަތިގައި ވަމުންދިޔަ ކަންކަމުން މުޅި މިހާ ސިހިފައެވެ.ދެން ފެނުނީ ކަނޑާ ވައްޓާލި ރުކެއްހެން ޔޫލީ ބިންމައްޗަށް ވެއްޓުނު ތަނެވެ.
އެއަޑަށް ޒައިން އާއި ޔަޢީޝްވެސް އެނބުރި ބަލާލިއެވެ.ހުމެއިދް ބެހެއްޓުމަށް ފަހު ޔަޢީޝް ގޮސް ޔޫލީ ނަގައިގެން އިމާރާތުން ނުކުންނަން ހިނގާގަތެވެ.މާއިޝްވެސް ޒައިނާ އަތްދަނޑިމައްޗަށް އުފުލާލަމުން ޒައިން ގާތު ދާން ހިނގާށޭ ބުނެލިއެވެ.”ކަލޭ އައި ގޮތަކަށް ކަލޭ ދާނީ..އަހަރުމެން މިދަނީ..ދެން މަގޭ ކުރިމައްޗަށް ވައިވެސް އެޅިގެން ނުވާނެ!އެހެޔޮ ޒައިނާއަށް އެހެންހެދީ ކަލޭ ނޫންކަމުގައިވިޔަސް..”ދަމުން ޒައިން ހުމެއިދްއަށް ބުނެލިއެވެ.ޒައިންމެން ދިޔުމުން ހުމެއިދް ހުރިތަނަށް ތިރިވިއެވެ.އޭނާއަށް ބަދަލުހިފަން މިއުޅެވުނީ ޔޫލީގެ ކުށެއް ނެތިކަން އެނގުމުން ހިތްކުދިކުދިވިކަހަލަ އިޙްސާސެއް ކުރެވުނެވެ.އިސްތަށިގަނޑުގެ ތެރެއަށް އަތްމަހާލަމުން އޭނާ ހަޅޭއްލަވައިގަތެވެ.ހިތުގެ ހުރިހާ އުދާހެއް ބޭރުކޮށްލުމަށްޓަކައެވެ.
ބާރު ސްޕީޑްގައި ދުއްވާފައި ގޮސް ޒައިން ކާރު މިޑުކޮށްލީ ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީގައެވެ.ވަގުތުން ޒައިނާ އަވަސް ފަރުވާދޭ ބަޔަށް ވެއްދުނެވެ.ޒައިންއަވަސް އަވަހަަށް ސާޖިދާއަށް ގުޅައި ޚަބަރުދިނެވެ.އަދި ނިހާއަށް ޔޫލީއާއި ޒައިނާ ހޮސްޕިޓަލުގައި އޮތްވާހަކަ މެސެޖުކޮށްލިއެވެ.ދިގު އިންތިޒާރަކަށް ފަހު ޑޮކްޓަރު ނިކުމެގެން އައެވެ.ގޮނޑީގައި ތިބެފައި ޒައިން އާއި މާއިޝްއަށް ތެދުވެވުނީ އެކުއެކީގައެވެ.
“އައި އޭމް ސޮރީ ޓު ސޭދިސް..އެކަމް ޒައިނާ ހޭވް ޓު ގޯ އަންޑާ އެ ސާޖަރީ.ޖެހިފަ ހުރިލެއް ބާރުކަމުން ސިކުނޑިއަށް ހުރީ ލޭއެޅިފަ.”ޑޮކްޓަރުގެ ޖަވަބާއިއެކު ޒައިންގެ ހަރާކާތްތައް ހުއްޓުމަކަށް އައެވެ.”ކިހާ ވަރަކަށް ޔަޤީންކަން އެބޮތް ޒައި ރަނގަޅު ވާނެކަމުގެ؟”މާއިޝްއަށް ވަގުތުން އަހާލެވުނެވެ.”ތިހެން ބުނާކަށް ނޭނގެ.ވީ ވިލް ޓްރައި އަވަރ ބެސްޓް.ރިސެޕްޝަން އިންދޭ ފޯމް ފިލްކޮށްލާ.”ޑޮކްޓާރ ބުނެލިއެވެ.
“ޒޭން!ހިނގާ..”މަޑުމަޑުން ޒައިންގެ ބުރަކަށީގައި ޖަހާލަމުން މާއިޝްބުނެލިއެވެ.އެކުވެރިޔާއަށް ޓަކައިވެސް އޭނާ ހިތްވަރުކުރަން އެބަޖެހޭތާއެވެ.އެހެންނަމަވެސް ޒައިންގެ ހިތައް ކުރާނެ އަސަރު އޭނާއަށް އަންދާޒާވެސް ކޮށްނުލެވެއެވެ.އަމިއްލަ ކޮއްކޮ މަރާ ހަނގުރާމަ ކުރަމުންދާތަން ބަލަން ކެތްވާނީ ކޮންބޭބެ އަކަށް ހެއްޔެވެ؟މާއިޝް ޒައިން ގޮވައިގެން ގޮސް ރެސިޕްޝަން ކައިރީ މަޑުކޮށްލިއެވެ.ތުރުތުރު އަޅާއަތަކުން ޒައިން ފޯމުގައި ސޮއި ކޮށްލިއިރު އެދެލޮލުން ނިރާލި ކަރުނަތިކި ގޮސް އޭނާ ކުރި ސޮއިމަތީގައި ޖެހުނެވެ.ކޮއްކޮ އެފަދަ ޙާލެއްގައި ވަނިކޮށް އޭނާއަށް މިފެނުނީ އަލަށެވެ.
ޒައިނާ ހޮސްޕިޓަލުގައި އޮތް ޚަބަރު ލިބުމާއިއެކު ވަގުތުން ސާޖިދާއާއި އިހުސާން ވަގުތުން މާލެއައެވެ.ސާޖަރީއަށް ވެއްދުން އޮތީ ހެނދުނުކަމުން ޒައިން ގެއަށް ވެސް ނުގޮސް އިނީއެެވެ.މާއިޝްވެސް ގެއަށްދާން ހިޔާލު ނުކުރީ އޭނާގެ ލޯބިވެރިޔާ އެހާލުގައި އޮއްވައި އޭނާއަށް ލޮލުފިޔައެއްވެސް ޖަހާނުލެވޭނެކަން އެނގޭތީއެެވެ.ސާޖިދާމެން މާލެއައިގޮތަށް އައީ ހޮސްޕިޓަލަށެވެ.ގޮނޑީގައި އިށިންދެގެން އިސްތަށިގަނޑުގެ ތެރެއަށް އަތްމަހައިގެން އިން ޒައިން ފެނުމާއިއެކު އިހުސާނާއި ސާޖިދާއަށް ޒައިނާގެ ހާލު ރަނގަޅުނޫންކަން އިހްސާސްވިއެވެ.
“ދަރިފުޅާ..ޑޮކްޓަރ ކީކޭ ބުނީ؟..ޒައި ހޮސްޕިޓަލަށް ގެނަ ވާހަކަ ބުނީމަ ބައްޕަމެން މިއައީ..ޒައިއަށް ކިހިނެއްވީ؟”އިހުސާން އެއްފަހަރާ ސުވާލު ކޮށްލިއެވެ.”ބައްޕާ…މަންމާ…އަޅުގަނޑަށް މަޢާފް ކުރޭ!ޒައިއަށް ރަނގަޅަށް ނުބެލުން އެއީ އަޅުގަނޑުގެ ކުށް..އަޅުގަނޑު ޒައިއާ ޔޫލްއާ އެކަނި ދާން ދޫކޮށްނުލެވުނުނަމަ..ޑޮކްޓާރ ބުނީ ޒައިގެ ބްރެއިންއަށް ލޭއެޅިފަ ހުރި ވާހަކަ..”ހިއްވަރުކޮށްފައި ޒައިން ބުނެލިއެވެ.ފިރިހެނަކަށްވީ ނަމަވެސް ޒައިންއަށް ކެތްވީ އެހިސާބަށެވެ.މަންމަގެ ހިމާޔަތް ލިބުމުން ހިތްފުރެންދެން ރޯލަން ޒައިން ބޭނުންވިއެވެ.އެކުވެރިޔާގެ ހާލު ފެނި މާއިޝް ހިތުގައިރިއްސާލިއެވެ.މިފަދަ ދަނޑިވަޅެއްގައި އޭނާއަށް ކުރެވެން އޮތް ހާކަމެއް ކުރުމަށް އޭނާ އަތުކުރި އޮޅާލިއެވެ.
ހެނދުނުގެ ވަގުތެވެ.ބާރުބާރަށް ޓްރީޓޮޕް ހޮސްޕިޓަލަށް ވަދެގެން އައި ނިހާގެ ނަޒަރު ހުއްޓިފައި އޮތީ އަތުގައި އޮތް ފޯނަށެވެ.ދެލޯ ބޮޑުކޮށްގެން ފޯނަށް ބަލަމުން އައި ނަމަވެސް އޭނާގެ އަނގައިން ތޫލި ހަލޭއްކެއްގެ އަޑު ނިކުތީ މީހެއްގެ ގައިގަ ޖެހިފައި އޭނާ ވެއްޓެން ދިއުމުންނެވެ.ދެލޯ މަރާ ތަގުޅިކޮށްލަމުން ނިހާ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަންފެށީ ވެއްޓިއްޖެއްޔާ ވާނެ ތަދު އިހްސާސް ކޮށްލެވުމުންނެވެ.ނަމަވެސް ދެވަނަ ސިކުންތުގައި ދެލޯ ހުޅުވާލެވުނީ ބާރުގަދަ އަތަކުން އޭނާގެ އުނަގަނޑުގައި ހިފާ އެޒުވާނާއާއި ކައިރިކޮށްލުމުންނެވެ.ފެނުނު މަންޒަރުން ނޭވާވެސް އޭނާގެ ކަރުގައި ތާށިވި ކަހަލަ އިހްސާސްއެއް ނިހާއަށް ކުރެވުނެވެ.ވާނީވެސް އެހެންތާއެވެ.އޭނާއަށް މިއޮވެވުނީ ޒައިންގެ އަތުތެރޭގައި ކަން އިނގުމުން ދެނަ ވާނޭގޮތް ހިތަށް އަރުވާލަން ވެސް ނިހާއަށް ނޭނގުނެވެ.މިއެންމެންގެ ތެރޭ އޭނާއާ ދިމާލަށް ހަޅޭއްލަވާ ނުގަނެފިއްޔާ ރަނގަޅެވެ.
ނަމަވެސް ވީ އޭނާ ހީކުރި ގޮތާ ޙިލާފަށެވެ.ކަޅި ޖަހާނުލާ ޒައިން ބަލަން ހުރުމުން ނިހާގެ މޫނަށް ޖަންބުކުލަ ވެރިވެގެންދިޔައެވެ.ޒައިން އަށް ކިހިނެއްވެފާ ހުރި ދުވަހެއްބާއޭ ވެސް ނިހާ ހިތަށް އެރިއެވެ.”އަނހަ..ޗިޕްމަންކްއަށް ލަދުގަންނަން ވެސް އިނގޭތަ؟”ޒައިން ނިހާގެ އުނަގަނޑުން އަތް ދޫކޮށްލަމުން ބުނެލިއެވެ.”ނުގަންނަމޭ ލަދެއް.”ނިހާ ދުރުބަލާލަމުން ޖަވާބުދިނެވެ.”ދެން މި ކޮލުގަ މިހިރީ ދަވާދު ލައިފަތަ؟”ޖީބަށް އަތް ޖަހާލަމުން ޒައިން އަހާލިއެވެ.”ހޫން..އެއީ މިތަން ހޫނުކަމުންނޭ..”ނިހާ ތުންކޮޅު އަނބުރާލަމުން ރައްދުދިނެވެ.”ހެހެ.އޮކޭ”ޒައިން މިހެން ބުނެ ދާން ހިނގާގަތް އިރު ނިހާއަށް ހުރެވުނީ ހައިރާންވެފައި ބަލާށެވެ.ޒައިންގެ މިސިފަ އޭނާއަށް ވަރަށް ކަމުގޮސްފިއެވެ.
ނިހާއައިތާ އިރުކޮޅެއް ފަހުން ޒައިން ވެސް އައިސް އައިސީޔޫ ދޮރުމަތީގައި ހުއްޓުނެވެ.އޭރު ޔަޢީޝްއާއި މާއިޝް ވެސް އެތާ ގޮނޑި ބަރީގައި އިށީންދެގެން ތިއްބެވެ.އިރުކޮޅެއްނުވެ އައިސީޔޫ އިން ޒައިނާ ނެރެވުނެވެ.މާއިޝްއަށް އިންތަނުން ތެދުވެވުނު ގޮތްވެސް ނޭނގެއެވެ.ސާޖަރީގެ ކުރިން ޒައިނާ ފެންނަ އެންމެ ފަހުފަހަރަށް ވުމުން މަޑުމަޑުން ގޮސް މާއިޝް ޒައިނާގެ މަޑުމަޑު އަތުގައި ފިރުމާލިއެވެ.ޒައިނާ އޮތީ ހޭނައްތާލާފައިކަމަށްވުމުން އެއްވެސް ހަރަކާތެއް ނެތެވެ.ފަހަރަކު މިހަކު ޒައިނާކައިރިއަށް ޖެހިލާފައި ދުރުވެލުމުން ޑޮކްޓަރުން ގޮސް ޒައިނާ ސާޖަރީ ހަދަން ވެއްދިއެވެ.އޭރު ކޮންމެ މީހެއްގެ ހިތްވެސް ހީވަނީ އޭގެ މަޤާމުން ފުންމާލާފާނެ ހެންނެވެ.
ލޯ ހުޅުވާލެވުމާއެކު ޔޫލިގެ ލޮލުގައި އަޅާގަތި ހުދު ސީލީނގެވެ.އޮވެވުނީ ހޮސްޕިޓަލުގައިކަން އެނގުމުން އޭނާ މަޑުމަޑުން ބޮލުގައި އަތްޖައްސާލިއެވެ.އެއާއެކު ރޭގެ ހާދިސާ ކުލަ މަންޒަރެއް ފަދައިން އޭނާގެ ސިކުނޑިގައި ތަކުރާރުވެގެން ދިޔައެވެ.އައިކާ ދަގަނޑުބުރިން ޒައިނާގެ ބޮލުގައި ޖެހި މަންޒަރެވެ.ޒައިނާވެއްޓި މުޅިތަނަށް ލޭތައް ބުރައިގެން ދިޔަ މަންޒަރެވެ.ވަގުތުން ޔޫލީއަށް އެނދުން ތެދުވެވުންނެވެ.ޒައިނާގެ ހާލެއް ބަލާލުމަށް އޭނާ ވަނީ ކެތްމަދުވެފައެވެ.އޭނާގެ ސަބަބުން އެންމެ ގާތްއެކުވެރިޔާއަށް އަނިޔާ ލިބުން ވެގެންްދިޔައީ ޔޫލީގެ ލޮލަށް ބަލަން ކުޅަދާނަވި މަންޒަރަކަށް ނޫނެވެ.
ޒައިނާ ސާޖަރީއަށް ވެއްދުމުން ޔަޢީޝް ޒައިން ގާތު ޔޫލީގެ ހާލުބަލާލައިފައި އަންނާނެކަމަށް ބުނެ ދާންހިނގާގަތެވެ.އެހެން ނަމަވެސް ޔަޢީޝް ސިހުނީ ރޫމްގެ ދޮރުހުޅުވާފައި ދުވެފައި ނުކުތް ޔޫލީފެނިއެވެ.ބާރުބާރަށް ޔަޢީޝް ގޮސް ޔޫލީ ކައިރީ ހުއްޓުނެވެ.”ދޮންބޭ!ޒައި ކޮބާ؟ހައު އިޒް ޝީ؟”ތުރުތުރު އަޅަމުން ދިޔަ އަޑަކުން ޔޫލީ ބުނެލިއެވެ.ޔަޢީޝްއަށް އިސްޖަހާލުން ފިޔަވާ އިތުރުކަމެއް ނުކުރެވުނެވެ.ދެންވެސް ދޭންޖެހޭނީ ޔޫލީއަށް އަޑުއަހަން ފަސޭހަ ޚަބަރެއް ނޫނެވެ.”ދޮންބޭ!ޕްލީޒްް ބުނެބަ..ޑޫ ޔޫ އީވެން ނޯ ހައު އައި ފީލް.އައި ފީލް ސޯ ގިލްޓީ.ޔޫލްގެ ސަބަބުން ޒައި އަށް ހާޓްވީ..”ރޮމުން ރޮމުން ޔޫލީކިޔަމުން ދިޔައެވެ.މަޑުމަޑުން ޔޫލީގެ ކޮނޑުގައި ހިފައި ގަޔާ ކައިރިކޮށްލަމުން ޔަޢީޝް ރޫމް އަށް ވަނެވެ.”އިޓްސް ނޮޓް ޔުއަރ ފޯލްޓް..ތިހެން ކީމަ މާބޮޑަށް ޔޫލްއަށް ގިލްޓީ ފީލްވާނެ.”ޔަޢީޝް ޔޫލީ އެނދުގައި ބައިންދާލަމުން ބުނެލިއެވެ.
ސާޖަރީގެ ވަގުތުހަމަ ވުމާއެކު ތިއޭޓަރުގެ ދޮރުހުޅުވިގެން ދިޔައެވެ.ދުވެފައި އެންމެން ގޮސް ނިކުތް ޑޮކްޓަރު ވަށާލީރު ހީވަނީ ހަކުރު އެއްޗަކަށް ހިނި ބައިގަނޑެއް އަރައިގަތްހެނެވެ.ޑޮކްޓަރުގެ ޖަވާބަށް ކެތްމަދުވެފައި ތިބި ޒައިންމެންގެ ހިތް ދިޔައީ ޑަންޑަން ލާފައި ޖެހެމުންނެވެ.
HEY HURIHAA KIYUNTHERIN!!UNMEEDHU KURAN MI PART VES THIYA HURIHAA KIYUNTHERINAH KAMUDHAANE KAMAH.VHK NUNERI LASVI KAMAHTAKAI THIYA ENME HAI KIYUNTHERIN GE ARIHUN MA’AAFAH EDHEMEVE. ALHUGANDUGE UNIT TEST HAFTHAA AH VUMUN VHK LIYAN TIME NULIBUNEE EVE. THNKYU FOR ALL UR SUPPORT 😊IT MEANS A LOT TO ME❤️🤗
EID MUBAARAK 😘😊
LOVE YU ALL😘
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


me first dhw
mi part vx vrh reethi Masha Allah 💗
zai ah dhera gotheh nahadhahchey
yoolee doesn’t have to feel guilty
finally niha and zainge ba eh they are so cute
its okay sis las viyas i understand
Eid Mubarak 💖
lysssm 😘😘😘
YESSS YU FIRST
THNKYU SO MUCH LEESHAA😊
HEHE LET’S SEE DHW
HAHA YA NIHAA N ZAIN DHWW
AWWN THNKYU🥰
EID MUBARAK😘
LUV YU MOREEEE😘🥰
Mi part vx vrh furihama Masha Allah ❤️
maaishge hithah haadha asareh kuraaneyey
i can feel it
keekey baa doctor bunee
e mahssala eh noon lahun part thah up viyas we all can understand ❤️
Eid Mubarak darl ❤️
love you my queen 💞
AWWN THNKYU YAAN😊
IKRRR DHN VAAGOI BALAMAA DHW
THNKYU FOR UNDERSTANDING 🤗
EID MUBARAK ✨❤️
LUV YU MORE MY UNKNOWN KING 😘🤭