Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޒައިޝާ 5

cataanik Level 210 Stories100 Login
June 8, 2025 One Min Read
0 Comments

އަދި ވަޅި ނެގުމަށްފަހު އަތަށް ވަޅިހެޔޮވަރުކޮށްލުމަށްފަހު ނިދާފައޮތް ވާފިރާއި ކައިރިވިއެވެލިއެވެ.

…………………………………………………………..

އެވަގުތު ކުއްލިއަކަށް ވާފިރު ދެލޯހުޅުވާލިއެވެ. އެހެންނަމަވެސް ވާފިރަށް ހަރަކާތެއްކޮށްލާނެ ފުރުސަތެއް ނުދީ ޔަޒްދާން ވާފިރުގެ ކަރަށް ވަޅިޖެހިއެވެ. ވާފިރު ހަޅޭއްލަވައިގަންނަން އަނގަހުޅުވިއެވެ. ނަމަވެސް އަޑެއްނުނިކުތެވެ.

”1ދަރިފުޅާ! ކީއްތިކުރަނީ? ކީއްވެ ބައްޕައަށް ތިހެންތިހެދީ?” އެވަގުތު ފުރޮޅުލީގޮނޑި ދަމަމުން އެތަނަށްއައި ސަލީމާއަށް ފެނުނުމަންޒަރަކުން ހަޅޭއްލަވައިގަނެވުނެވެ.

ޔަޒްދާން އަވަހަށްދުވެފަ ގޮއްސަކޮޓަރިއަށް ވަނެވެ. ސަލީމާ އަވަހަށް ފުރޮޅުލީގޮނޑި ދަމަމުން ގޮސް މޭޒުމަތީގަ އޮތް ވާފިރުގަ ފޯންނަގާ އެންބިއުލޭންސަށް ގުޅިއެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ވާފިރުވަނީ ނިޔާވެފައެވެ.

އެދުވަހަށްފަހު ސަލީމާ ޔަޒްދާން އަކާއެހާ ވާހަކައެއްނުދައްކައެވެ. ކޮންމެހެން ބުނަންޖެހޭއެއްޗެއް ނޫނީނުބުނެއެވެ. ނަމަވެސް ޔަޒްދާން ބަރާބަރަށް ސަލީމާއަށް ކައްކާފަކާންދީ ގޭތެރޭގެ ކަންތައްތައްކޮށް ހަދައެވެ. މީގެއިތުރުން ޔަޒްދާން ސްކޫލަށްދާން ޖެހޭތީވެ ސަލީމާވަނީ އޭނާގެ ކޮއްކޮ ސަލްވާގާތު އެގެއަށްބަދަލުވުމަށް ބުނެފައެވެ. ސަލްވާއާއި ސަލްވާގެ ފިރިމީހާ ޔާސިރު އެގެއަށް ބަދަލުވީންސުރެ އެދެމީހުން ދިޔައީބަރާބަރަށް ސަލްވާއަށް ކަންތައްތައް ކޮށްދެމުންނެވެ. އެދެމަފިރިންނަށް ދުވަހަކުވެސް ދަރިއަކު ލިބިފައިނުވާތީވެ އެމީހުން ދެކެނީ ޔަޒްދާންއަކީ އެމީހުންގެ އަމިއްލަ ދަރިއެއްގޮތުގައެވެ.

ހައަހަރު ފަސް

ޔަޒްދާން ކިޔައިދިން ވާހަކަތަކުން ޒޯހަން އިނީ ބުނާނެއެއްޗެއް ނޭނގިފައެވެ. ދުވަހަކުވެސް ޔަޒްދާން އެފަދަކަމެއްކޮށްފާނެއޭ ޒޯހަންގެ ހިތަށްވެސްނާރައެވެ.

”ދެން ކިހިނަތް ސަލީމާދައްތަ ރަނގަޅުވީ?” ޒޯހަން އެހިއެވެ.

”ކުޑާޔާ ޔާސިންބެމެން މަންމަގެ އޮޕަރޭޝަންއެއް ކުރީ”. ޔަޒްދާން ބުނެލިއެވެ.

”ދެން ހިނގާއެއްޗޭކާން. މިހާރުވަރަށް ބަނޑުހައި ވެއްޖެދޯ.” ޔަޒްދާންއަށް ދޯދެމުން ޒޯހަން ކޮޓަރިންނުކުތެވެ.

”މިއަދު މަންމަ އުޅެނީތަންކޮޅެއް ބިޒީކޮށް. އެހެންވީމަ ހިނގާބޭރަށް ކާން” ގޭގަ މައިދޮރުކައިރިއަށް ދަމުން ޒޯހަން ބުނެލިއެވެ.

”ދުރުތަނަކަށް ނޫނިއްޔާ މައްސަލައެއްނެތް.” ޔަޒްދާންވެސް މަޑުންނުހުންނަން ބުނެލިއެވެ.

”އޭތް ޒޭން! އެކުއްޖާއެއީ ޒޭންގެ ފްރެންޑެއްތަ?” ވަރަށް ނޫން ކަމަށްހަދާފައި ޔަޒްދާން އަހާލިއެވެ.

”ކޮންކުއްޖެއްގެ ވާހަކައެއް ތިއެހީ?” ޒޯހަން އެހެންއަހާލީ ޔަޒްދާން ރުޅިއަރުވާލަންވެގެންނެވެ.

”ޒޭންއަށް ހަމަނޭނގިގެންތަ ތިއަހަނީ ނޫނީ އަހަރެން ތަޅުވަންތަ ތިއަހަނީ” ޒޯހަންގެ ކޮނޑުގައި ބޮނޑިއެއް އަޅަމުން ޔަޒްދާން ބުނެލިއެވެ.

”އޯކޭ އޯކޭ މަގޭކޮނޑުހުޅު ނުނެއްޓިޔަސް ބުނެފާނަމޭ” ކޮނޑުގަ ފިރުމަމުން ޒޯހަންއަވަސް އަވަހަށްބުނެލިއެެވެ.

”އެއީ…………” ޒޯހަންއަށް ޖުމްލަފުރިހަމަނުކޮށް ހުއްޓާލެވުނީ ކުރިމައްޗަށް އެރިމީހަކު ފެނުމުންނެވެ.

………………………………………………………….

މިޕާޓްގެނެއުން ލަސްވިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މާފަށްއެދެން.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

cataanik

Level 210 Stories100 Login

Other Articles

Previous

އަބަދަށް-19

Next

ޒައިޝާ-ކިޔުންތެރިންގެ ސަމާލުކަމަށް

Next
June 8, 2025

ޒައިޝާ-ކިޔުންތެރިންގެ ސަމާލުކަމަށް

Previews
June 8, 2025

އަބަދަށް-19



All Right Reserved!