Skip to content
އެސްފިޔަ

ބަދަލް……6

5 ދުވަސް ފަސް……..

އުޑުމަތީގައި ވިލާކޮޅެއްވެސް ނެތި އޮމާން ބިއްލޫރިކޮޅެއްފަދައިން ވިދާވިދާ އޮތްއިރު އަލިމަސްތަކެއްފަދަ ތަރިތައް އުޑަމަތި އަލިކުރަމުންދިޔައެވެ. މެދު އުޑުގައި ބަބުޅަމުންދިޔަ ސާދަވިލޭރޭގެ ހަނދުވެސް އިނީ ހިނިތުންވެލައިގެންނެވެ. ހަނދުވަރުގެ އަލިން ފެންވަރަމުންދިޔަ ގަސްތައް، ޖެހެމުންދިޔަ އަރާމު ވައިރޯޅިތަކުގައި ނަށަމުންދިޔައެވެ.

ދުވަސްތަކަކަށްފަހު މި ފުރިހަމަ ރޭގަނޑުގެ ރީތިކަމަށް ގެއްލިފައި ރަޔަންއާއި ޒިވިޔަންތިބީ ވިލިނގިލީ، ބީޗުގެ ދޮންވެލިގަނޑުމަތީގައެވެ. ޒައިޝާން ދޫކޮށްލީ ދެދުވަސް ކުރިންކަމުން، ރަޔަންއަށް ޒިވިޔަންއާއެކު އެއްވެސްގޮތަކަށް އެކަނިވެލާނެ ފުރުސަތެއްނުލިބެއެވެ. ޒައިޝާން ބަލިވުމުގެ ކުރިންވެސް ލާމަށް ދިޔުމުގެ ކުރިން، ޒިވިޔަން ޔޫކޭއަށް ފުރަންޖެހުމުން ދެމީހުން ބައްދަލުވެލާނެ ފުރުސަތެއްނުލިބެއެވެ. އެހެންކަމުން ރަޔަން ބޭނުންވީ ޒިވިޔަން ގޮވައިގެން ‘ނައިޓް ޑޭޓަކަށް’ ގޮސްލާށެވެ. “އަމްމްމްް….ޒިވް، އައިމް ރިއަލީ ސޮރީ  މިދުވަސްކޮޅު ރަނގަޅަށް ޓައިމް ސްޕެންޑް ނުކުރެވުނީމަ، އައިނޯ ވަރަށް ޑިސްޓެންޓް ފީލްވާކަން، އެކަމް އެއީ ފީލިންގްސް ލޫޒްވާތީއެއްނޫން، މައި ފީލިންގްސް އާރ ސްޓިލް ސްޓްރޯންގް ޓުވާޑްސް ޔޫ…. އިޓްސް ބިކޯޒް އޮފް އޯލް ދިސް އައި ހޭޑް ޓު ގޯ ތްރޫ، ދެން އުންމީދުކުރަން އަންޑަސްޓޭންޑް ވާނެކަމަށް…… އަދި މިވީ ޓެންވަރަކަށް މަންތްސް ތެރޭގަ ޒިވްއާ ވަރަށް ދުރުން މި އުޅެވެނީވެސް، ރަޔަންއަށް އަންޑަސްޓޭނަޑްވޭ މިއެއްނޫންކަން ޒިވް ރަޔަން ކައިރިން އެކްސްޕެކްޓްކުރި ރިލޭޝަންއަކީ އެންޑް އައި އޯލްސޯ ޑޯންޓް ވޯންޓު ހާރޓް ޔޫ، އެހެންމަ އައިވިލް ޓްރައި މައި ބެސްޓް މިކަން އިމްޕްރޫވްކުރަން…. ދިސް އިސް ނޮޓް ހައު އައި ވޯންޓު ޓްރީޓް ޔޫ…. އައި ލަވް ޔޫ ސޯމަޗް ޒިވްވް” ހަޤީޤަތުގައިވެސް، ކަންތައް މިހެންވެ، ޒިވިޔަން ދުރުކޮށްލެވުމުން ރަޔަންހުރީ ވަރަށް ދެރަވެފައެވެ.

ރަޔަން ވާހަކަދައްކަމުންދިޔައިރު ޒިވިޔަން އިނީ ރަޔަންގެ އަތުގައިހިފައިގެން އޭނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެހެންކަމުން ވާހަކަދެއްކިއިރު، ރަޔަންގެ ލޯމަތިން ބަބުޅަމުންދިޔަ ކަރުނަތިކިތައް ޒިވިޔަންއަކަށް ސިއްރެއްނުވިއެވެ. އެ ކަރުނަތިކިތައް އޭގެ މަގާމުން ފާބައިގަތުމުން، ޒިވިޔަން އެ ފުހެލަދިނީ ލޯތްބާއި، އޯގާތެރިކަމާއިއެކުގައެވެ. ޒިވިޔަން، އެކަރުނަތައް ފުހެލަދިނުމުން ރަޔަން އޭނާއާ ދިމާލަށް ބަލާލިވަގުތު ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ. ހަނދުވަރުގެ ރިހިއަލީގައި ރަޔަން ފެންނަމުންދިޔައީ ނުހަނު ހުވަފެނީކޮށެވެ. ކަޅުކުލައިގެ ޓީޝާޓަކާއި، ހަމައެކުލައިގެ ކާގޯޕޭންޓްސް ލައިގެން އިންއިރު އޭނާގެ އާދައިގެވަރަކަށް ދިގުކޮށްފައިއޮތް  އިސްތަށިގަނޑުވަނީ ޒަމާނީގޮތަކަށް ސްޓައިލްކޮށްލާފައެވެ. ނިތްކުރިމައްޗަށް އިސްތަށިކޮޅުތައް ވެއްޓިފައިވާއިރު ފިރިހެންވަންތަކަމަށް ދައްކައެވެެ. ޖަހައިގެންހުރި ކޮލޯންގެ ވަސްވަނީ މުޅި ފަޒާގައި ހަރުލާފައެވެ.

ޒިވިޔަން އެއްވެސް އެއްޗެކޭ ނުބުނުމުން ރަޔަން އަނެއްކާވެސް ޒިވިޔަންއާ ދިމާލަށް ބަލާލިވަގުތުވީ، ޒިވިޔަންވެސް އޭނާއާއި ދިމާލަށް ބަލާލިވަގުތަށެވެ. ކުއްލިއަކަށް ރަޔަންގެ ތޫނު ނަޒަރު އޭނާއަށް ހުއްޓުންކަން ރޭކާލުމުން ހިތުގެ ތެޅުން އަވަސްވެ، ނިތްކުރިން ދާތިކިތައް ފާޅުވާންފެށިއެވެ. އަތުގައި މަޑު ތުރުތުރެއް އުފެދިފައިވާއިރު، ބަނޑުން ހީވީ ކޮކާ އުދުހޭހެންނެވެ. ޒިވިޔަންއަށް ވަމުންދިޔަގޮތް ރަޔަންއަށް ރީތިކޮށް ފެންނަމުންދިޔައެވެ. އަދި އޭނާގެ އަތުގައި ޒިވިޔަން ހިފައިގެން އިނުމުން ތުރުތުރު އަޅާކަންވެސް އިހުސާސްވިއެވެ. ޒިވިޔަންއަށް މިހެންވުމުން ރަޔަން ބޭނުންވީ ޒިވިޔަން އިތުރަށް ލަދުގަންނުވާލާށެވެ. އެއީ ރަޔަން ނުލާހިކު ކުރާހިތުންކުރާ ކަމެކެވެ. އެހެންކަމުން، އޭނާ ޒިވިޔަންގެ ލޯމައްޗައް ވެއްޓިފައިއޮތް އިސްތަށިކޮޅު ކަންފަތް ބިއްދޮށައްލައި، އޭނާގެ އަތުގައިހިފައި ބާރުކޮށްލާ، ސީދާ ޒިވިޔަންގެ ދެލޮލަށް ބަލާލިއެވެ. މި ކުޑަކުޑަ އަމަލުންވެސް ޒިވިޔަންގެ މޫނު ޓޮމާޓޯއެއްހާ ރަތްވިއެވެ. މިކަމުންވެސް ދޭހަވަނީ އެދެމެދުގައިވާ ސާފު ލޮތްބެވެ.

ޒިވިޔަންއާއި ރަޔަން، އެކަކު އަނެކަކުގެ ފުންކަނޑެއްފަދަ ދެލޮލަށް ޣަރަގުވަމުން، އެތައް ވާހަކައެއް ބުނެދެމުންދިޔައެވެ. ވަށައިގެންވާ މާހައުލުންވާ އެއްވެސްކަމެއް ރޭކާނުލާތިއްބާ ދެމީހުންނަށްވެސް ހަމަބިމަށް އާދެވުނީ ރަޔަންގެ ފޯނު ރިންގުވާންފެށިއަޑަށެވެ. ފޯނު ރިންގުވާންފެށުމުން ރަޔަން ގުޅަމުންދިޔަ މީހާއާއި ދިމާލަށް ކުދިކިޔަންފެށިއެވެ. އަދި ފޯނުނަގާ ސްކްރީނަށް ބަލާލިވަގުތު ޒައިޝާންގެ ނަންފެނުމުން، ރަނގަޅު ބޮނޑިއެއްދޭން ނިންމިއެވެ. “ސޮރީ، މި ޝާން ވަރަށް ޓައިމިން ކަޑަވާނެ.” “އިޓްސް އޯކޭއޭ، ޓޭކްއިޓް… އައިކޭން ވެއިޓް، އެކަމް ޝާން ގުޅާފާނެއެއްނު ކަމެއް ދިމާވެގެންވެސް.” ޒިވިޔަން އެހެންބުނުމުން، ރަޔަން ނަގަން ނުނަގަން ހުރެފައިވެސް ފޯނުނެގިއެވެ. “ހަލޯ… ބްރޯ ކޮންތާކުތަ ތިއުޅެނީ، ހަބަރެއްވެސްނުވޭ….. މަމިއޮށް ފޫހިވެގެން ހަލާކުވަނީއޭ.” “ނެނގުނީތަ ހަމަ މިނޫން ގަޑިއެއް ގުޅަން، މަ މިއުޅެނީ ވިލިނގިލީގަ ޒިވް ގޮވައިގެން….. މިގަޑިީގަ ވަރަށް ބިޒީ.” “ރަޔަން…. އެއޮއްގެން ބާރަޖަހަނީއޭ ދެން ތިކަހަލަ ކަމެއްގަކަން އެނގޭނެތަ…. އުޑުގަ އެންމެ ތަރިއެއްވެސް ނުބަހައްޓާތި ދެން… ހޯން މާދަން ހަބަރެއްވާނަން އެހެންވިއްޔާ، ބާއި ލަވް ޔޫ.” ޒައިޝާން އެހެންބުނެ ފޯނުކަނޑާލުމުން ރަޔަން ދެލޯ އަޅާލާފައި ގަޑީބަލާލިއެވެ. އޭރު ގަޑިން އެގާރަގަޑި ސާޅީސްވީއެވެ. “ހިނގާ ދެން ގެއަށްދާން މިހާރު ބާރަޖަހަނީ އެއޮށް.” ރަޔަން އެހެންބުނެ ތެދުވަން އުޅުމުން ޒިވިޔަން އޭނާގެ އަތުގައި ހިފައި އިހަށް މަޑުކޮށްލާށޭ ބުނާފަދަގޮތަކަށް އިށާރާތްކޮށްލިއެވެ. “ރަޔަަން…. އައި އަންޑްސްޓޭންޑް ރަޔަން ގޯތްރޫކުރީކީ ފަސޭހަ ކަންތައްތަކެއްނޫންކަން، ޓައިމް ނުދެވޭތީވެސް ޒިވް އެއްވެސް މައްސަލައެއް ނުޖައްސާނަން، އެންޑް ޒިވްވެސް ފީލިންގްސް ލޫޒްއެއްނުވޭ…. ޔުއާ ދި ބެސްޓް ބީއެފް، ޒިވްއަށް މުޅިދުނިޔޭގަ އަތްފުނާ އަޅައިގެންވެސް ރަޔަންކަހަލަ ލޯބި ކުއްޖެއް ނުލިބޭނެކަން ޔަގީން، ޑޯންޓް އެވާ އަންޑާރ އެސްޓިމޭޓް ޔުއާރސެލްފް……… އެންޑް މޯސްޓް އިމްޕޯޓެންޓްލީ، އައި ލަވްޔޫ ވެރީ މަޗް ސްވީޓްހާރޓް.” މިހެންބުނެ ޒިވިޔަން ރަޔަންގެ ގައިގައި ބައްދައިގަތެެވެ. ހަމަ އެވަގުތު ޒިވިޔަންގެ ފޯނު ރިންގުވާންފެށިއެވެ. ސިއްސައިގެންގޮސް ޒިވިޔަން ފޯނުނަގައި ބަލާލިއިރު ގުޅަމުންދިޔައީ އޭނާގެ މަންމައެވެ. “ހަލޯ…. ޒިވް، ދަރިފުޅާ އަވަހަށް ގެއަށް އާދެ ދެން، މަންމަ ނިދަން ދޮރުތަޅުލާންވެގެން، ބައްޕަވެސް ދެންމެ ގޮއްސި ބިޒްނަސް ކަމަކު އާރޖެންޓް ވެގެން.” “އަމްމް، ޒިވް ދާނަން އިރުކޮޅަކުން، ރަޔަންއާއެކީގަ މިއުޅެނީ.” “މަންމައަށް އެނގޭ އެކަން، އެހެންވެ ކުރިން ނުގުޅިީވެސް، އެކަމް މަންމަ ނިދިއައިސްގެން ނީނދެވޭވަރުވީމަ މި ގުޅީވެސް.” ޒިވިޔަންގެ މަންމަ ހިނިގަނޑެއްޖަހާލަމުން ބުނެލިއެވެ. ޒިވިޔަންވެސް މިދަނީއޭ ބުނެ ފޯނުކަނޑާލިއެވެ. “މަންމަ ރުޅިއައީތަ މާލަސްވިމަ؟.” ރަޔަން ނުތަނަވަސްވެފައިހުރެ އަހާލިއެވެ. “ނޫން، ރުޅިއެއްނާންނާނެ ރަޔަންއާ އެއްކޮށް އުޅުނަސް، އެކަމް ބުނީ ދޮރު ތަޅުލާންށޯ… ބައްޕަވެސް ގޮއްސި ބިޒްނަސް ކަމަކު ކޮންވެސް ރަށަކަށް އެހެންމަ އަންނާށޯ ދެން.” ޒިވިޔަން ވީގޮތް ކިޔައިދިނުމުން ރަޔަން އެހެންދޯއޭކިޔައި ޒިވިޔަން އަތުގައި ހިފައިގެން ޓާރމިނަލްއާ ދިމާލަށް ހިނގައިގަތެވެ. އެދެމީހުންނަށް ނޭނގުނުކަމުގައިވިޔަސް އެމީހުން ދެއްކި ހުރިހާ ވާހަކައެއް ތިންވަނަފަރާތެއް އަޑުއެހިއެވެ. ދެމީހުން އަތުގައި ހިފައިގެން ހިނގައިގަތުމުން، ކަޅު ހޫޑީއަކާއި ޖިންސެއްލައިގެން މާސްކަކުން މޫނުފޮރުވައިގެންހުރި  އެ ޒުވާނާގެ ތުންފަތްމަތީގައި ކުރެހިގެންދިޔައީ ވިހަ ހިނިތުންވުމެކެވެ. “އޯހް ރޯމިއޯ…. ވެއިޓް ޓިލް އައި ސެޓް ޔުއާ ވޯލްޑް އޮން ފަޔާރ އެންޑް ރިޕްލޭސް ދެޓް ބިއުޓިފުލް ސްމައިލް ވިތް ޕެއިންފުލް ޓިއާރސް އެގެއިން.” ނުރައްކާތެރި ހިނިގަނޑެއްޖަހާލަމުން އެޒުވާނާ ސީދާ ރަޔަންއަށް ބަލަހައްޓައިގެންހުރެ ބުނެލިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. leekko

    suhboo anehkkaa kaaku baa e mask man akee??
    vrh curious vehjje mihaaru…
    mask man romeo and juliet balaigen ulheyhen vrh heevey 😂
    rayan and ziv loabikan…..
    shaan haadha molhey dhw timing ah
    eyoh romantic moment vx haraabu kohllaifi
    hehe
    btw comment las v ma sorry ingey
    kuda koh busy v ma kiyaalaafa vaguthun cmmnt nukurevunee
    loabi vaakan hithu dhasviyas bunan vaane ehnu dhw loabiveyey 😘

    1. UNKNOWN_07
      leekko

      E MASK MAN EKEE KAAKU THW BALAN KEEP ON READINGGGGGG VRH AVAHAH INGEYNE
      AHAHA HINGAA DHWW BALAMAA EYNA KURAN ULHEY KAMEHHH
      SHAAN HAMA PHD EH TIMING AH HEHEHEH
      THANK YOUUUU SO MUCHHH FOR COMMENTINGGG, FROM THE VERY BOTTOM OF MY HEART
      LWBIVEYYYYYY BODUKOHHHHHHHHHHHHHHHHHHHHHHHHH

Comments are closed.