ހިތް އެދެ ޔާރާ ތިއޭ – 05
ޝާއިލް އެއްޗެއް ބުނަން އުޅެނިކޮށް ވެއިޓަރު އެމީހުން އޯޑަރު ކުރި އެއްޗެހި ގެނައެވެ. ވެއިޓަރަށް ޝުކުރު އަދާކުރަމުން މައިރީން އޭނަގެ މިލްކްޝޭލްތަށިން އެތިކޮޅެއް ބޯލިއެވެ. “އެއްވެސް އިރެއްގަ އަޑުއެހިންތަ މޯލްޑިވްސް ވިޖިލް ސާރވިސް އެޖެންސީއެއްގެ ވާހަކަ.. ކުރުކޮށް ބުނަންޏާ އެމް.ވީ.އެސް.އޭ ގެ ވާހަކަ؟” ޝާއިލް އޭނަގެ އަޑު މަޑުކޮށްލަމުން މައިރީންއާ ސުވާލުކޮށްލިއެވެ.
***5 ވަނަ ޕާޓް***
މައިރީން ކޮންމެވެސް ވަރަކަށް ހައިރާންވެ ހުރެ ބޯހޫރުވައިލިއެވެ. “އެއީ މި ކަހަލަ ކޭސްތައް ސޯލްވް ކުރާ ބައެއް.. ލައިކް ކޮރޮޕްޓްވެފަ ހުންނަ ވައްތަރުގެ ކޭސްތައް.. އަހަރެން ތަންތަން ހެކްކުރަން ދަސްކުރި ދުވަސްކޮޅު މޮޔަވެގެން އެތަނުން މީހެއްގެ ފޯނެއް ހެކް ކުރެވުނީ..” ޝާއިލް ބޯކަހައިލަމުން ބުންޏެވެ. “ތިކަހަލަ މޮޅު މީހެއްގެ ފޯނެއް ޝާއިލްއަށް ކިހިނެތް ހެކްވީ؟” ހައިރާންވެފައި ހުރެ މައިރީން އަހައިލިއެވެ. “އެ ދެން އެނގޭނުން.. މަގޭ ކައިރީ ޔުނީގަ އިން ސޮރެއް.. އޭނައަށް ކިޔަނީ ލޫކް.. މީނަ ތަންކޮޅެއް މިސްޓީރިއަސްކޮށް އުޅޭތީ އޭނަގެ ފޯނު ހެކްކޮށްލާ ހިތްވީ.. ދެން ހެކް ކުރީމަ މަށަށް އެނގުނީ.. އެމީހުންނަށްވެސް އެނގުން.. ދެން ލޫކް މަ ޑިފެންޑްކޮށްދިނީ..” ޝާއިލް ހިނިގަނޑެއް ޖަހައިލަމުން ކޮނޑު އަރުވައިލާފައި ބުންޏެވެ.
މައިރީންވެސް ޝާއިލްގެ ވާހަކައިން ހިނިގަނޑެއް ޖަހައިލިއެވެ. “އެހެންވީމަ އަހަރެން ލޫކްއާ ދިމާކޮށްފަ ހަބަރެއްވާނަން އެނގޭ..” ޝާއިލް ކޮފީ ހުސްކޮށްލާފައި ބިލް ދައްކައިލަމުން ބުންޏެވެ. “ޔާހ.. މައި މާދަން އެބަ ޖެހޭ ފުލުސް އޮފީހަށްދާން.. ވިޝް މީ ލަކް..” އަނގައަށް ގޮތެއް ހަދައިލަމުން މައިރީން ބުންޏެވެ. “ގުޑްލަކް… އެމީހުން ކައިރިން އެނގޭ އެއްޗެއް އަހަރެން ކައިރީ ބުނައްޗޭ.. އެއްޗެއް ނޭނގިއްޖެއްޔާ ޕޮލިސް ސްޓޭޝަން ހެކްކޮށްލަންވެސް އަހަރެންނަށް އޯކޭ..” ސަމާސާ ރާގަކަށް ހީލަމުން ޝާއިލް ބުންޏެވެ. “ތިހާ ސަމާސާ ބޮޑުވާން ދަސްކޮށްދިނީ ޝެލީން ކަމަށް ވާނީ..” ހިނިއައިސްފައި ހުރެ ޝާއިލްއާ ދިމާކޮށްލުމުގެ ގޮތުން މައިރީން ބުންޏެވެ. “އޯހް ޝިޓް.. އެ ގޮއްޔެ މަ މަރާނެ.. މަ މިއައީ އޭނަ ބުނެގެން ފާޑެއްގެ ސެންޓްފުޅިއެއް ގަނެދޭށޭ..” ޝާއިލް ބޯކަހައިލަމުން ބުންޏެވެ. “ދެން އެ ގޮއްޔެއަށް މާ ވިއްކާ ފިހާރައަކުން ނުހިފޭވަރު މާބޮނޑިއެއް ގެންގޮސްފަ ބުނޭ، މި ހިފައިގެން އަންނަންވީމަ އޭ ލަސްވީ..” ހީލަމުން ޝާއިލް ބުނި ރާގަށް މައިރީން ބުންޏެވެ.
“ތިހެން ހަނދަންވީ.. މިހާރު އިރުއޮއްސެން އެ އުޅެނީ ހިނގާ އަހަރެންގެ ކާރު އޮންނާނެ މިތާ ކައިރީގަ ޕާކްކޮށްފަ.. މައި ގެޔަށް ލައިދޭނަން..” ޝާއިލް ބުންޏެވެ. މައިރީންވެސް ޝާއިލްއާއެކު ކާރަށް އަރައިގެން ގެޔަށް ދިޔައެވެ. ގެޔަށް ދިޔަ މަގުމަތީގައި ޝެލީން ބުނި ވައްތަރުގެ ސެންޓުފުޅިއަކާއި މާބޮނޑިއެއްވެސް ޝާއިލް ގަތުނެވެ. “އަހަރެން މި ގަތުނަކަސް ބުނާނަން މައިއާ ދިމާވީމަ ކޮފީއަކަށް އަރައިލީއޭ.. މަ ދޮގު ހަދާފިއްޔާ މަގޭ ބޮލަށް ފުރާޅު ޓިނުވެއްޓޭވަރު ކުރާނެ..” ހިނިއައިސްފައި ހުރެ ޝާއިލް ބުންޏެވެ. “އިއްލުގެ ހިތްވަރަށް ސާބަސް ހަމަ.. އެގޮއްޔެ ތިހާވަރު ކުރާއިރު ދޫނުކޮށްލާކަން ނަސީބު..” މައިރީން ހިނިއައިސްފައި ބުންޏެވެ. “ކިހިނެތް ދޫކޮށްލާނީ.. މަގޭ މޮޔަ ހިތަށްވެސް އެ ސިނގު ރުޅި ދައިތަގަނޑު ނޫނީ ނުފެނުނޭ ލޯބިވާން އަންހެނެއް..” މޭގައި ފިރުމައިލަމުން މަޖާ ގޮތަކަށް ޝާއިލް ބުންޏެވެ. އެކަހަލަ މިކަހަލަ ވާހަކައެއްގައި ހުރެގެން މައިރީން ގެޔަށްލާފައި ޝާއިލް ގެޔަށް ދިޔައެވެ.
މައިރީން ލިފްޓަށް އަރައިގެންގޮސް އެޕާރޓްމެންޓް ދޮރު ހުޅުވައިލަމުން ވަދުނެވެ. ދެނަމާދު ދޭތެރޭ ގަޑި ކަމުން އެންމެންވެސްވީ އެމީހެއްގެ ކޮޓަރީގައެވެ. މައިރީން ކޮޓަރިއަށް ދާން އުޅެނިކޮށް އަޔާނާ މައިރީންއަށް ގޮވައިލިއެވެ. “މައީ ކޮބާތަ އައި؟ މައިއާ އެއްކޮށެއް ނާދޭތަ؟” އަޔާނާ ކުޑަކޮށް ހާސްވެފައިހުރެ އަހައިލިއެވެ. އެހެންނޫނީ އައިނާއަކީ ކޮންމެ ނަމާދެއްގެ ގަޑިއަކަށް ނަމާދު ކުރަން އަންނަ ކުއްޖެކެވެ. “ނާދޭތަ؟ މައި މިއައީ ފްރެންޑަކާއިއެކު.. ކޮޓަރިއަށް ގޮސް ގުޅާލަން އެބަ..” މައިރީން އެހެން ބުނުމަށްފަހު ކޮޓަރިއަށް ވަދުނެވެ. އެންމެ ފުރަތަމަ ކަމަކަށް ވުޟޫކޮށްލައިގެން އައިސް ނަމާދުކޮށްލުމަށްފަހު އަވަސް އަވަހަށް ފޯނު ނަގައި އައިނާއަށް ގުޅައިލިއެވެ.
ދެތިން ރިންގްއަށް ފަހު އައިނާ ފޯނު ނެގިއެވެ. “ހޭއި ކޮންތާކު؟ އައި މަމް އެބައުޅޭ އައި ނައިސްގެން ހާސްވެގެން..” އައިނާ ފޯނު ނެގުމުން މައިރީން ބުންޏެވެ. “މިތާގަ އުޅޭ އުނދަގޫބޮޑު ފުރޭތަގަނޑު މަށަށް ރިޕޯޓުގަނޑެއް ނިންމަން މިރެއަށް ހަވާލު ކުރީމަ އެކަންތައް މި ކުރަނީ.. ހުވާ މި ބުނީ.. އުނދަގޫބޮޑު ފުރޭތަގަނޑެކޭ… އަދި އައިއާ ފްލާރޓް ކުރަންވެސް އޭއްޗަކު އުޅުނޭ..” އައިސްފައި ހުރި ރުޅިން އައިނާއަށް ކޮމްޕިޔުޓަރުގެ ފިތްތަކަށްވެސް ބާރުލެވެމުން ދިޔައެވެ. އޭނަ ވާހަކަ ދެއްކީ އެތާނގައި އެއްވެސް މީހަކު ނެތުމުން ތަންކޮޅެއް ބާރަށްށެވެ. މައިރީންގެ ހިތުގައި އައިނާގެ ވާހަކައިން ކޮންމެވެސް ވަރަކަށް ހަމްދަރުދީ އުފެދުނު ނަމަވެސް އައިނާ ވާހަކަ ދެއްކި ގޮތުން އޭނަގެ ގާތަށް ހިނިއައެވެ. “އައި ތަންކޮޅެއް ހަމަޖެހިލައިގެން ތިކަންތައްކޮށްބަލަ.. ކޮމްޕިޔުޓަރު ފިތްތަކަށް ތި ރުޅީގެ އަސަރު ބާލާކަށް ނުވާނެއެއްނުން..” މައިރީން އޭނާގެ ހުނުން މަތަ ކުރުމުގެ ގޮތުން އަނގަމަތީ އަތް އަޅަމުން ބުންޏެވެ.
ފޯނާއި ހިސާބަށް އައިނާ ކޮމްޕިޔުޓަރުގެ ފިތްތަކަށް ފިތަމުން ދާ އަޑު އިވެމުން ދިޔައެވެ. “ދެން މީހަކު ރުޅި ނާންނަވަރެއްތަ.. އެއުޅޭ ޔަޝާލްއޭ ކިޔުނު ފުރޭތަ-” އައިނާއަށް އޭނަ ބުނަން އުޅުނު ޖުމުލަ މެދު ކަނޑައިލަން ޖެހުނީ ފަހަތުން މީހަކު ކަރުކެހިލި އަޑުއިވުމުންނެވެ. އެއާއެކު އައިނާގެ މޫނުކޮޅު ހުދުވެގެން ދިޔައެވެ. މައިރީންއަށް ފޯނުގެ އަނެއް ފަރާތުން މީހަކު ކަރުކެހިލި އަޑު ސާފުކޮށް އިވުނެވެ. އޭނައަށް ހޭން ފެށުނީ އެއީ އައިނާގެ މެނޭޖަރުކަން އެނގުމުންނެވެ. މައިރީން ހޭ އަޑު ފޯނުން އިވޭތީ އައިނާ އަވަސްއަވަހަށް ފޯނު ކަނޑައިލިއެވެ. އައިނާ ފޯނު ކަނޑައިލުމުންވެސް މައިރީންއަށް ހެވުނީއެވެ. އައިނާއަށް އެ ލިބުނީ ވަރުގަދަ ލަނޑެކޭ މައިރީންގެ ހިތައް އެރިއެވެ. ދެން އައިނާއަށް ވާނީ ކިހިނެތްބާއޭ އޭނަގެ ހިތަށްއެރިއެވެ.
އައިނާ ގޮޑި އަނބުރައިލާ ޔަޝާލްއަށް ބަލައިލިއެވެ. އޭރު ޔަޝާލް ހުރީ މޫނު މައްޗަށް ސީރިއަސް ކުލަވަރެއް ވެރިކޮށްގެންނެވެ. އައިނާއަށް ގަތް ލަދުން އިސްޖަހައިލެވުނެވެ. ޔަޝާލްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވީ އައިނާ ބިރުންއިންކަން އެނގުމުންނެވެ. އެހެންނަމަވެސް އޭނަ އެކަމާ ބެހޭގޮތުން އެއްޗެކޭ ނުބުނެއެވެ. “ރިޕޯޓް ނިމިއްޖެތަ؟” ބަރު އަޑަކުން އޭނަގެ ހުނުން ފޮރުވަން މަސައްކަތް ކުރަމުން ޔަޝާލް އަހައިލިއެވެ. “ޑަބަލް ޗެކްކޮށްލާފަ ޓައިޕިން މިސްޓޭކްސް ރަނގަޅުކޮށްލާފަ ސާރ އަތަށް ދޭނަން..” މަޑުމަޑުން އައިނާ ބުންޏެވެ. “ހޫމް ތިކަންކޮށްލާފަ އަހަރެންނަށް ރިޕޯޓްގެ ކޮޕީއެއް ދީފަ ދިޔަޔަސް އެންމެ ރަނގަޅު..” ޔަޝާލް އެހެން ބުނުމަށްފަހު އެތަނުން ދިޔައެވެ.
ޔަޝާލް ދިޔުމުން އައިނާއަށް އޭނަ ހިފަހައްޓައިގެން އިން ނޭވާ ދޫކޮށްލެވުނެވެ. “މި އަވަހަށް ހަދާފަ މިތަނުން ރައްކާވާންވީ..” ހިތާހިތުން އައިނާ ބުންޏެވެ. އޭރު ޔަޝާލްއަށް އޭނަ ކުރިން ކީ އެއްޗެހި އަޑުއިވުންބާއޭ އައިނާގެ ހިތަށް އަރަމުން ދިޔައެވެ. އައިނާ ޑަބަލް ޗެކްކޮށް ނިމުމުން ރިޕޯޓްގެ ކޮޕީއެއް ނަގައިގެން ޔަޝާލްގެ އޮފީސް ދޮރުމަތީގައި ހުއްޓުނެވެ. އަމިއްލަ ނަފްސު ހަމަޖައްސާލުމަށްޓަކައި ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޓަކި ޖަހައިލިއެވެ.
ޔަޝާލް ވަންނާށޭ ބުނުމުން އައިނާ އެތެރެއަށް ވަދުނެވެ. އިސްޖަހައިގެން ހުރެ ކޮޕީނަގައިފައިވާ ރިޕޯޓް ޔަޝާލްއަށް ދިނުމަށްފަހު އައިނާ ނިކުންނަން އުޅުނެވެ. “އަހަރެން ހަމަ އެހާ ބިރުވެރީތަ.. އަހަރެންނާ ދިމާލަށް ފުރޭތައެކޭ ކިޔާފަ އަދި ނުވިތާކަށް އޮފީހަށް ވަދެފަ އަހަރެންގެ މޫނަށް ބަލައިލުމެއް ނެތި ތި ދަނީ؟” ޔަޝާލް ހިނިއައިސްފައި ހުރެ އަހައިލިއެވެ. “އަޅުގަނޑު ބޭނުން ގެއަށްގޮސްލަން.. ވަރަށް ވަރުބަލި.. އޯވާރ ޓައިމްކޮށްވެސް ވޯރކް ކުރެވިއްޖެ..” އައިނާ ބުންޏެވެ. “އަހަރެން ނޫޅެމޭ މިތާ އައިނާ ބަހައްޓާކަށް.. އޯކޭ ދިޔަޔަސް.. އެންޑް ވަރަށް ބޮޑަށް ސޮރީ އޮވަރ ޓައިމްކޮށް ބޭންދުނީމަ..” ޔަޝާލް ބުންޏެވެ. އައިނާ ބޯޖަހައިލުމަށްފަހު ދިޔައެވެ.
ޓެކްސީއަކަށް އަރައިގެން ގެއަށް އައިސް ނަމާދުކޮށްލައިގެން މައިރީން އުޅޭ ކޮޓަރިއަށް ވަދުނެވެ. މައިރީންއަށް އައިނާ ފެނުމުން އޭނަގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ދެން ވަރަށް ފޫހިވޭ މައިގަނޑާ ނުހީބަލަ ތި ވަރަށް..” އައިނާ ކޯފުއްޕާލަމުން ބުންޏެވެ. އައިނާ ދެލޯ އަޅައިގެން ހުރެ ކޮޓަރިން ނިކުންނަން ދިޔުމުން މައިރީން އައިނާގެ އަތުގައި ހިފެއްޓިއެވެ. “ސޮރީ ސޮރީ ވަރަށް ބޮޑަށް މައިއަށް ހެވުނީއޭ..” މައިރީން އެހެން ބުނުމުންވެސް ތުން ދަމައިފައި އައިނާ ދުރުބަލަހައްޓައިގެން ހުއްޓެވެ. “ކޯއްޗެއްހޭ ބޭނުމީ މެޓައެއްހޭ ބޭނުމީ..” މައިރީން ހިނިއައިސްފައި ކުޑަކުދިންގެ ލަވައިގެ ތަންކޮޅު ކިޔައިލިއެވެ. އެއާއެކު އައިނާ ކުޑަކޮށް ހީލިއެވެ. “ކެއުމެއް ބޭނުމީ.. މައި އަތުން ކާނީވެސް.. އިޝާކޮށްގެން ނުވައެއް ޖަހާއިރު ދާން ތައްޔާރުވޭ!” އަމުރެއް ކުރާ ފަދައިން އައިނާ ބުންޏެވެ.
“މައްސަލައެއް ނެތޭ.. ޔާލުއަށް ކާންދޭ ގޮތަށް މަތިން ދާ ބޯޓެކޭ ކިޔައިދީގެން އެންމެންގެ ތެރޭގަ އައިގެ އަނގަޔަށް ލަވާނީ” އައިނާއާ ދިމާކޮށްލުމުގެ ގޮތުން މައިރީން ބުންޏެވެ. “ހޫންހޫން ސަކަރާތް ނުޖަހާ އުޅޭ ރެޑީވާން.. މައި ރެޑީވާންވެސް ނަގާނެ ތިން ގަޑިއިރު..” މައިރީންގެ ބޮލުގައި ޖަހައިލަމުން އައިނާ ކޮޓަރިން ނިކުންނަމުން ބުންޏެވެ. “އޭ ދެމީހުން ބްލެކް ލާނީ އިނގޭ..” އައިނާ ދޮރުލައްޕަން އުޅެނިކޮށް މައިރީން ބުންޏެވެ. އައިނާ އާއެކޭ ބުނުމަށްފަހު އިޝާ ނަމާދަށް ގޮވީމަ ނަމާދުކޮށްގެން ތައްޔާރުވާން ފެށިއެވެ. ފެންވަރައިގެން އައިސް ކަޅުކުލައިގެ ދިގު އާބަޔާއަކާއި އެކުލައިގެ ރޫ ސްކާފެއް ރީތި ގޮތަކަށް އަޅައިލައި ތުންފަތުގައި ރަތް ކުލަ ޖައްސައިލިއެވެ. ތައްޔާރުވެ ނިމިގެން މައިރީންގެ ކޮޓަރިއަށް ދިޔައިރު މައިރީން އުޅުނީ އޭނަގެ ސެޓިން ފޮތީގެ ކަޅު އަބާޔާގެ ބަންދުގައި ‘ބޯ ޓައީ’ ނުޖެހިގެންނެވެ.
“ޕިސްޕިސް މައީ.. އައި ރީތިވެގެން އާއިރުވެސް މީނަ މިއުޅެނީ ބަންދު ނޭއްސިގެން..” ބޯހޫރައިލަމުން މައިރީންގެ ބަންދު އައްސަން އެހީތެރިވަމުން އައިނާ ބުންޏެވެ. އޭރު މައިރީން ހުރީ ކަޅު ކުލައިގެ ސްކާފެއް އަޅައިގެންނެވެ. މައިރިން ލައިގެން ހުރީ ސެޓިން ފޮތީގެ އަބާޔާއެއްކަމަށްވުމުން، އޭނަގެ ހެދުމަށް އަލި އެޅޭ ގޮތަކުން ދިޔައީ ދަޅައަޅަމުންނެވެ. ލޮލުގައި މަސްކަރަ އަޅައިލަމުން އޭނަގެ ނަންބަރު އައިނު ހެޔޮވަރުކޮށްލިއެވެ. އެއަށްފަހު ތުންފަތް ރަތްކުލައިން ފަވައިލަމުން ގަޔަށް ސެންޓްކޮޅެއް ބުރުވައިލުމަށްފަހު އައިނާއާއެކީ އެޕާރޓްމެންޓްއިން ނިކުންނަން ދިޔައެވެ. “މަންމާ އައި އާއެކީ ކާން ބޭރަށް އެނގޭ މިދަނީ..” މައިރީން ސޯފައިގައި އިން ޝިޔާމާއާއި ދިމާލަށް ބުންޏެވެ. ޝިޔާމާ އާއެކޭ ބުނުމުން ދެކުދިން ހިނގައިލާފައި ވާހަކައިގަ ތިބެގެން ދިޔައީ ޑައިނަމޯރއަށްށެވެ.
ތިން ވަނަ ފްލޯރއަށް އެރިއިރު އެތަންވެސް އޮތީ އެއްކޮށް ފުރިފަ ކަހަލަ ގޮތަކަށްށެވެ. ބޭރަށް ހުޅުވައިލެވިފައި އޮތް ދިމާލުގައި ހުސް މޭޒެއް ހުރުމުން އަވަހަށް އެތަނަށް ދެކުދިން ހިނގައިގަތެވެ. އޭރު އެ މޭޒުގެ ކުރިއަށް ހުރި މޭޒުގައި ހަތަރު ވަރަކަށް ފިރެހެނުން ތިއްބެވެ. މައިރީންމެން ގޮސް އިށީންނުމުން ވެއިޓަރު އައިސް އެކުދިންގެ އޯޑަރުތައް ނަގައިގެން ދިޔައެވެ. އޭރު އައިނާ ހުރެގެން ޑައިނަމޯގެ ރީތިކަން، މީހުންނަށް ސްނެޕް ކުރަމުން ދިޔައެވެ. އޮރެންޖް މަޑު އައްޔެއް ވަނީ ޑައިނަމޯގައި ފެތުރިފައެވެ. އެކި އުމުރު ފުރާގެ މީހުންގެ އަޑުތަކުން ވަނީ ޑައިނަމޯ އެއްއަޑު ކުރެވިފައެވެ. ކާރާއި އެކި ކަހަލަ އުޅަނދު ދުއްވާތަން ބޭރުން ފެންނަމުން ދިޔައެވެ.
ކުޑައިރުކޮޅަކަށްފަހު ދެޒުވާނުން އޯޑަރުކުރި ތަކެއްޗާއިއެކު ވެއިޓަރުއައެވެ. އައިނާއާއި މައިރީން ވެއިޓަރަށް ޝުކުރު އަދާކުރުމަށްފަހު ކާންފެށިއެވެ. އެކި ވާހަކަތަކުގެ ހުރެ ކަމުން ދިޔަ މައިރީންގެ މޫނު ކުއްލިއަކަށް ބަނަވެގެން ދިޔައެވެ. އެމީހުންގެ ކުރީގައި ހުރި ފިރެހެނުންތައް ބޮމުން ދިޔަ ސިގިރޭޓުގެ ވަސް މައިރީންމެންނަށް ދުވަން ފެށިއެވެ. މައިރީން ގާތަށް ރުޅިއައެވެ. އައިނާ އަވަސް އަވަހަށް މައިރީން ހަމަޖައްސަން މަސައްކަތް ކުރަމުން ސިގިރޭޓް ބޮމުން ދިޔަ މީހުންނަށް ގޮވައިލިއެވެ. “އެކްސްކިޔުސް.. އަޅުގަނޑުގެ އެކުވެރިޔާއަށް ސިގިރޭޓްވަހުން ވަރަށް އުނދަގޫވާނެ.. ބޭރަށް ނިކުމެ ތި ޔޫސް ކުރަންވީނުންތޯ؟” އައިނާ މަޑުމައިތިރިކަމާއިއެކު އެމީހުންގެ ލޯތައް އޭނައަށް އަމާޒުވުމުން ބުންޏެވެ.
“ކަލޭ ބޭރަށް ދޭބަލަ ތި އެކުވެރިޔާއެއް ގޮވައިގެން އަހަރުންނަށް ކޮންކަމެއް.. ވާހަކައެއްވެސް ދެއްކޭކަށް ނޯވޭ މި ތިބޭ އަންހެންވެރިންނާ ހުރެ..” އެތަނުން އެއް ފިރެހެނަކު ބުންޏެވެ. އެއާއެކު މައިރީންގެ ދެކަންފަތުން ދުން އެރަން ފެށިފަދައެވެ. މައިރީން ހަރު ހިނގުމެއްގައި ގޮސް އެތާ އިށީނދެގެން ހުރި ފިރިހެނެއްގެ ތުނބުގައި އޮތް ސިގިރޭޓް ބޭރަށް ހޫރައިލިއެވެ. އެއާއެކު އެ ފިރެހެންމީހާ ދެބުމަ ގޮށްޖަހައިލަމުން ގޮޑިން ތެދުވުނެވެ. “މިހާރު ސިގިރޭޓެއް ލިބޭ އަގު އެނގޭތަ؟ ތި ދިނީ މުދަލަށް ގެއްލުން.. އަހަރެންނަށް މިހާރުވެސް ކޯޓު އަމުރެއްގެ ދަށުން ތި ކުއްޖާ ހައްޔަރު ކުރެވިދާނެ!” ކައިލް ދެ ބުމަ ގޮށްޖަހައިގެން ކިރިޔާ އޭނަގެ މެޔާއި ހަމައަށް އަރާ އަންހެންކުއްޖާއާއި ދިމާލަށް ބުންޏެވެ. އޭރުވެސް މައިރީން ހުރީ ދެބުމަ ގޮށްޖަހައިގެންނެވެ.
“އަހަރެން މީ ލޯޔަރެއް.. ރެސްޓޯރަންޓްތަކުގަ ސިގިރޭޓް ބުއިމަކީ މަނާ ކަމެއް.. އެކަމަށް ޖޫރިމަނާވެސް ކުރެވޭނެ!” ކައިލްގެ މޫނަށް އިނގިލި ދިއްކޮށްލަމުން މައިރީން ބުންޏެވެ. ކައިލް ކަޅި އަބުރައިލިއެވެ. “އަދި އެއްފަހަރު އައި ރޯލްކޮށްބަ-” މައިރީންއަށް އެހިސާބަށް ބުނެވުނުތަނާހެން އަނެއްކާވެސް ކައިލް ކަޅި އަބުރައިލިއެވެ. އޭރު އޭނަގެ އެކުވެރިންވެސް ތިބީ ކުރިމަތީގައި ނިޔުޅެމުންދިޔަ ޑްރާމާ ބަލާށެވެ. ދެން ފެނުނީ ކައިލް ހަޅޭއްލަވައިގަނެފައި ދަށްބަނޑުގައި އަތް އަޅައިގެން ތިރިވިތަނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Masha allah mi part vs vrh reethiiiii❤
enme fahun neynge aina yash’al dheke loabinuvaaany nun kmhvsss….
Anehka kail ah kyh kuryyyyy….mai tha???? nuny ethanah yaadhin ah aadhvunythaaa????im sooo curioussss…..haadha inthizaarehkohfymeyyy mi part ah maashhhh….btw cover vrh loabi…curiusly waiting for the next…when next????tc lyyyy maashhhhhh❤❤❤❤
Thankyouuu Aanaa.. I’m happy u liked ittt.. hehehe neyge dhw dhen vaane gothehvx.. hehe mai kurikameh engeyne next part ga hehe.. sorry mi part ah ehaa ithizaar kuran jehssuneyma😅 Aww thankssss.. I’m happy u liked the cover pic.. Next part insha allah Thursday noony Fridayga..
Love you moreee💜🦋
Heyyyy maashh
Maireen ONTOP bruh.. i can sense what maireen did loll😂
Heyyy darlll..
Hehe Mai dhww😭😭
Alhe V 💜💜💜
Thank you Your fav bab💜🦋
Mi prt vx vrh reethi Maasha Allah
Kail ah dhera gothey nuhadhathi pls
Can’t wait for the next prt
Whn nxt???
Tc lysm💜💜
Thank you darling.. I’m happy u like it.. Hehe let’s see kail ah v goi dhww.. Next part Thursday noony Friday ga..
Tc love u moreee💜🦋