Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 04

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
May 8, 2025 5 Mins Read
6 Comments

މައިރީން ވަންނާށޭ ބުނުމުން އެމީހަކު ވަދެގެން އައިސް މައިރީންގެ ކުރިމަތީ ހުއްޓުނެވެ. “އަހަރެންނަށް ޔަގީން މައިރީން މިކޭސްވެސް ސޯލްވް ކުރާނެކަން.. އެކަމަކު އަހަރެން ބުނަން އޮތް ވާހަކައަކީ މި ކޭސްގައި އުޅޭ އިރު މައިރީންއަށް އެތަކެއް ގޮންޖެހުމަކާ ކުރިމަތިވެދާނެ.. މިއީ މައިރީން ސޯލްވް ކުރި އެހެން ކޭސްތައް ފަދަ ކޭސްތަކަކަށްވެގެން ނުދާނެ..” މައިރީންގެ މެނޭޖާރ ކަމުގައިވާ ޒައިޝް ބުންޏެވެ. “ސާރ ތިހެން ތި ބުނުއްވީ ކީއްވެ؟” މައިރީން އަހައިލިއެވެ. ޒައިޝް އޭނަގެ އަތުގައި އޮތް ފައިލް މައިރީންއަށް ދިއްކޮށްލިއެވެ. މައިރީން އެ ފައިލްގައި ހިފައި އެ ފައިލް ހުޅުވައިލިއެވެ. އެއާއެކު މައިރީންގެ އަތް ތުރުތުރު އަޅައިގެން ދިޔައެވެ. އޭނަގެ އަތުން ފައިލް ދޫވެގެން ދިޔައިރު، މައިރީންގެ ދެލޮލަށް ފުސްވެގެން ދިޔައެވެ.

***4ވަނަ ޕާޓް***

މައިރީންގެ ހަށިގަނޑުގައި ޒައިޝް ނުހިފެއްޓިނަމަ މައިރީން އެތަނަށް ވެއްޓުނީސްއެވެ. “މައިރީން؟؟ ކިހިނެތް ވަނީ؟ އެނބުރުން އަރަނީތަ؟” ހާސްވެފައި ޒައިޝް ސުވާލުކޮށްލިއެވެ. އަދި އަވަސް އަވަހަށް މައިރީން އޭނަ އިންނަ ގޮޑީގައި ބޭންދިއެވެ. މޭޒުމަތީގައިއިން ފެންފުޅީގެ މަތި ނަގަމުން ޒައިޝް، މައިރީންއަށް ދިއްކޮށްލިއެވެ. މައިރީން އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން ފެންފޮދެއް ބޯލިއެވެ. ވެއްޓުނު ފައިލް ނަގަން މައިރީން ތިރިވާން އުޅެނިކޮށް ޒައިޝް އަވަސް އަވަހަށް އެ ފައިލް ނެގިއެވެ.

އެންމެ ފުރަތަމަވެސް ފެނިގެން ދިޔައީ ކިޔާރާގެ ފުރާނަ ނެތް ހަށިގަނޑުގެ ފޮޓޮއެކެވެ. ކިޔާރާގެ ހަށިގަނޑުގައި ހުރ ޒަހަމްތަކުގެ ފޮޓޯނަގައި ޒަހަމްތައް ލިބިފައިވާ ގޮތުގެ ރިޕޯޓްވެސްއޮތެވެ. ކިޔާރާ އޮތް ގޮތް ފެނި މައިރީންގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ކިޔާރާގެ ކުޑަ ހަށިގަނޑުގައި ފޮތިގަނޑެއް އަރާފައި ހުރި އިރު، ބޮޑެތި އަތްތަކެއްގެ ނިޝާން އެކުއްޖާގެ ހަށިގަނޑުގެ އެކި ތަންތާގައި ނޫފައިގަނެފައި ހުއްޓެވެ. ކިޔާރާގެ އަތުގަޔާއި ހަށިގަނޑުގެ އެކި ތަންތާގައި މީހެއް ދަތް އަޅާފައި ހުރި ނިޝާންތައްވެސް ހުއްޓެވެ. ކިޔާރާގެ މޫނުމައްޗާއި ތުންފަތްވެސް ހުރީ ނޫފައިގަނެ ފަޅައިގެން ގޮސްފައެވެ. އެ ރިޕޯޓުގައި ހަތަރު މީހެއްގެ ޑީ.އެން.އޭ ކިޔާރާގެ ހަށިގަނޑުގައި ހުރިކަމަށް ބުނެފައިވެއެވެ.

“އަހަރެންނަކަށް ހިޔެއް ނުވެ މައިރީން އެހާ ފިޓުހެން މި ކޭސްއަކަށް.. ރެސްޓްކޮށްލަން ގެޔަށް ދާންވީނުން..” ޒައިޝް ފައިލްގައި ހިފައްޓަމުން ބުންޏެވެ. “ނޫނޭ ސާރ… އެވަގުތު ކިޔާ- މިބުނީ ވިކްޓިމްގެ ފޮޓޯ ކުއްލިއަކަށް ފެނުނީމަ އެހެންވީ.. އަޅުގަނޑު ބޭނުން މިކޭސް ސޯލްވް ކުރަން.. ސާރ ކީއްވެ ބުނީ މި ކޭސް އެހެން ކޭސްތަކަށްވުރެ ތަފާތުވާނޭ؟” މައިރީން ފައިލްއިން ދޫނުކޮށްލައި ހުރެ އަހައިލިއެވެ. ޒައިޝް ހުރީ މައިރީންގެ ގޮތްދޫނުކުރުމުގެ ސިފަ ފެނި ކޮންމެސް ވަރަކަށް ހައިރާންވެފައެވެ. އެކަން ނުދައްކައި ފައިލްއިން ދޫކޮށްލަމުން ޒައިޝް ވާހަކަ ދައްކަން ފެށިއެވެ.

“ތި ކޭސް ކުރިން ކުރިޔަށް ގެންދިޔައީ މި ކޮޅުން ލީނާ ކިޔާ މީހެއް.. އޭނަ ވަރަށް ފަރުވާ ކުޑަ ކަމާއެކު ތި ކޭސް ކްލޯޒްކޮށްލީ.. މިކޮޅުން މީހުން ބުނަނީ ބޮޑުން އެކަމަށް ނުފޫޒު ފޯރުވިއްޔޭ.. އަދި މި ރިޕޯޓުގައި މިއޮތީ އެހާ ތަފްސީލްކޮށެއް ނޫން.. އަސްލު ފައިލް އޮތީ ފުލުހުންގެ އަތުގަ.. އެއީ ވަރަށް ކޮންފިޑެންޝިއަލް އެއްޗެހި ކަމަށް ބުނެފައި ވަނީ.. އަހަރުންނަށްވެސް ލިބުނީ ވަރަށް މަދު އިންފޯ.. އެކޮޅުން މި ކޭސް އާ ގުޅޭ އެއްޗެހި ހުރީ ހިފަހައްޓާފަ..” ޒައިޝް ފައިލްގެ ކަރުދާސްތަކުން ކަރުދާހެއް ދައްކާލަމުން ބުންޏެވެ. ޒައިޝް ހުޅުވާފައި އޮތް ކަރުދާހުގައި ހުރީ އެންމެ ފިރެހެނެކެވެ. އެމީހާގެ ފޮޓޯގެ ތިރީގައި އެއީ ސަސްޕެކްޓެއް ކަމާއި އެމީހާގެ ނަމާއި އުމުރު ޖަހާފައި ހުއްޓެވެ. މައިރީންއަށް އެރޭ ސިފަވި ފަދައެވެ. އޭނައަށް އެމީހަ ވަކި ކުރަން އެނގުނެވެ، އެހެންނަމަވެސް އަދި ތިން މީހުން މަދުކަން އޭނައަށް ފާހަގަ ކުރެވުނެވެ.

“މީނަ އެކަނިތަ؟” މައިރީން ޝައްކެއްގެ މަތީގައި ހުރެ އަހައިލިއެވެ. ޒައިޝް ބޯޖަހައިލިއެވެ. “މީނަ ބަންދަށް ފަސްވަރަކަށް ދުވަސް ޖަހާފައި ބެހެއްޓި… ދެން ވެސް އިތުރު ތިން މީހުންނަށް ސަސްޕެކްޓް ކުރި އެކަމަކު އެދެމީހުން ބޭރަށް ގޮސް ފިލީ..” ޒައިޝް ކިޔައިދިނެވެ. ދެން ހުރި ތިން މީހުންގެ ނަން ނެތްތާނގައި، ފޮޓޯއެއްވެސްނެތެވެ. “އެމީހުން ކިހިނެތް ހޯދާނީ ފޮޓޯއެއް ހިސާބުވެސް ނެތިއްޔާ..” މައިރީން ބޮލުގައި އަތް އަޅައިގެން ހުރެ ބުންޏެވެ. ޒައިޝް ފުންނޭވާއެއް ދޫކޮށްލީ އޭނައަށްވެސް މައިރީންގެ ސުވާލުގެ ޖަވާބު ނޭނގުނީމައެވެ. “އަހަރެންގެ ހިތް ބުނަނީ ފުލުހުންނަށް އެނގޭނެއޭ.. މާދަމާ މައި ދާންވީނުން ފުލުސް އޮފީހަށް.. މިހާރު އަހަރުމެން ކޭސް އޯޕަން ކުރަން އުޅޭތީ އެކޮޅުން ކޮޕެއްވެސް އުޅެނީ ކޭސް އޯޕަންކޮށްގެން.. އޭނަ ކައިރިން މައުލޫމާތު ނެގިދާނެ..” ޒައިޝް ވިސްނާލަމުން ބުންޏެވެ. މައިރިން ބޯޖަހައިލިއެވެ. ވަޒީފާގެ ގަޑި ނިމުމުން މައިރީން ބޭރުގައި މަޑުކޮށްގެން ހުރީ މަޔާން އޭނަ ބަލާ އަންނަންދެކަށްށެވެ.

މައިރީންގެ ފޯނު ރިންގުވުމުން އޭނަ ފޯނު ނެގިއެވެ. އޭނައަށް ގުޅަނީ މަޔާން ކަމަށް ސްކްރީންއަށް އަރާފައިވުމުން އޭނަ ފޯނު ކަންފަތުގައި ޖަހާލިއެވެ. “ހޭއި މައީ.. ދޮންބެ ކުޑަކޮށް ބިޒީވެއްޖެ.. މިއުޅެނީ މިކޮޅުގަ މުޒާހަރާއެއް ކުރާތީ.. ޓެކްސީއަކަށް އަރައިގެން ދޮންބެއާ ލޮކޭޝަން ޓްރެކް ކުރެވޭ ގޮތަށް ހަދާ އެނގޭ ދޫނީ..” މަޔާން ލޯބިން ބުންޏެވެ. މައިރީން ހޫން އަޅުވައިލާފައި ފޯނު ކަނޑައިލިއެވެ. އޭނަ ޓެކްސީއަކަށް އަތް ނަގައިގެން ހުއްޓައި ފެނުނީ އޭނަގެ ކުރީގެ އެކުވެރިޔާ ޝާއިލްއެވެ. ޝާއިލްއަށް މައިރީން ފެނުމުން ހަނަ އަޅައިލިއެވެ. އަދި މަގުހުރަސްކޮށް މައިރީންގެ ގާތަށްއައެވެ.

“ބަލާލަ ލޯޔަރަކަށް ވީމަ އަހަރުން މީ އެކައްޗެއްވެސް ނޫން ދޯ؟” ސަމާސާ ރާގަކަށް ޝާއިލް ބުންޏެވެ. “ހެހެ ނޫނޭ.. އިއްލު ބޭރުގަ އެތައް އަހަރެއް އުޅެލާފަ ތި އައީ.. ފަހުން ފަހުން ހަބަރެއްވެސް ނުވޭ ވިއްޔާ..” މައިރީން ހީލަމުން ބުންޏެވެ. “ޔުނީގަ ދެން ބިޒީކަމުން.. ސޮރީ އެނގޭ..” ޝާއިލް ބޯކަހައިލަމުން ބުންޏެވެ. ޝާއިލްއަށް ކުރިޔާ ބަލާފައި އެހާ ބޮޑު ބަދަލެއް އައިސްފައި ހުރި ހެންނެއް ހިޔެއްނުވެއެވެ. ހަމައެކަނި އައިސްފައި ހުރި ބަދަލަކަށް ފެންނަނީ މިހާރު ތުނިތުނިކޮށް ބަހައްޓާފައި ހުރި ތުނބުޅިއެވެ.

“ކޮފީއަކަށް އަރައިލަން ދަމާ.. ދެން އެވަރުތާ އަހަރެންނަށް ކުރެވޭނީ ކުރީގެ ރަހުމަތްތެރިއެއް ފެނުނީމަ..” ހީލަމުން ޝާއިލް ބުންޏެވެ. “ހިނގާ.. އަހަރެންވެސް ބޭނުން ކުޑަކޮށް ވާހަކަ ދައްކާލާ ހަދަން..” ހީލަމުން މައިރީން ބުންޏެވެ. ދެމީހުން ހިނގާލާފައި ގޮސް ކޮފީ ޝޮޕްއަކަށް ވަދުނެވެ. ކަނެއްގައި ހުރި މޭޒެއްގައި އިށީންނަމުން ޝާއިލް ކަޅު ކޮފީއަކަށް އޯޑަރު ކުރަމުން މައިރީން ބޭނުންވަނީ ކޯއްޗެއްހޭ އަހާ ފަދައިން ބުމަ އަރުވައިލިއެވެ. “އަހަރެންނަށް ވެނިލާ މިލްކްޝޭކް..” މައިރީން ވެއިޓަރ ކައިރީގައި ބުންޏެވެ. “އަދިވެސް ހަމަ ކުޑަކުދިން ކާ އެއްޗެހި ދޯ ކަނީ..” ހިނިގަނޑެއް ޖަހައިލާފައި ޝާއިލް އަހައިލިއެވެ. އެއާއެކު މައިރީން ލޯ އަޅައިލިއެވެ.

“ހޫން ހޫން ދެން އަހަރެންނާ މަލާމާތް ނުކޮށްބަލަ ދޯ.. ޝާއިލްގެވެސް ބްލެކް ކޮފީ އެޑިކްޝަން ނުފިލައެއްނުން… އެޔެއް ނޫނޭ.. ޝާއިލް މިހާރު ޖޮބެއްގަތަ އުޅެނީ؟” މައިރީން ޝައުގުވެރި ރާގަކަށް ސުވާލުކޮށްލިއެވެ. “އަހަރެންގެ ދިރިއުޅުން އޮޅުން ފިލުވަން ދޯ މިތަނަށް ގެނައީ.. ދެން އެހާ ރީއްޗަށް އެހީމަ ބުނާކަށްނުން ޖެހޭނީ.. އަހަރެން މިއީ ސްކާރލެޓް އާރކިޓެކްގެ އައިޓީ ޑިރެކްޓާރ..” ފަހުރުވެރިކަމާއެކު ޝާއިލް ބުންޏެވެ. “ނުވެސް ބުނެ.. ވާހް.. ވަރަށް އުފާވެއްޖެ އިއްލުއަށް އިއްލުގެ ޕްރޮފެޝަން ކާމިޔާބު ކުރެވުނީމަ.. ސުވާލެއް އަހައިލަންތަ؟” މައިރީން އުފާވެރިކަމާއެކު ބުންޏެވެ. “ޝުކުރިއްޔާ ހެހެ.. ތި އެހީއެއްނުން.. މައި ކޮންއިރަކު އަހަރެންނާ ވާހަކަ ދައްކާއިރު ސުވާލު ކުރަނީ..” ހެވިފައި ހުރެ ޝާއިލް އަހައިލިއެވެ.

“ހެވޭ ހެވޭ.. އަހަރެން އަހަން އުޅުނީ.. މީ.. ޝެލީންގެ ބައްޕަގެ ކޮންޕެނީއެއްނޫންތަ ސްކާރލެޓް އާރކިޓެކް އަކީ؟” މައިރީން އަހައިލިއެވެ. ޝާއިލް މަޑުމަޑުން އިނދެ ބޯޖަހައިލިއެވެ. “ދެން ޝެލީންވެސް މަސައްކަތް ކުރަނީ އެތާނގަތަ؟” މައިރީން އަނެއްކާވެސް އަހައިލިއެވެ. މިފަހަރުވެސް ޝާއިލް ބޯޖަހައިލިއެވެ. މައިރީންއަށް އެއްލިކަޅިއަކުން ޝާއިލްގެ ކަށި އިނގިލީގައި އަޅާފައިވާ ރިހި އަނގޮއްޓި ފެނުނެވެ. އެއާއެކު މައިރީންގެ ދެލޯ ބޮޑުވިއެވެ. “އާރ ޔޫ މެރިޑް؟؟” ލިބުނު ހައިރާން ކަމާއެކު ތަންކޮޅެއް ބާރަށް މައިރީން އަހައިލިއެވެ. “ޝްޝްޝް..” ޝާއިލް ދެލޯ ބޮޑުކޮށްލާފައި ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައިލަމުން ބުންޏެވެ. އޭރު ބައެއް މީހުންގެ ނަޒަރު ހުރީ ޝާއިލްމެންނަށް ހުއްޓިފައެވެ. މައިރީން އަވަސް އަވަހަށް އިސްޖަހައިލިއެވެ.

“އައި އެމް ނޮޓް މެރިޑް..” އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލަމުން ޝާއިލް ބުންޏެވެ. “ދެން ކޮން ރިންގްއެއް؟” މައިރީން އަހައިލިއެވެ. “މެރީ ނުކުރިޔަކަސް ހަމަ ރީއްޗަކަށް ރިންގް އެޅިދާނެދޯ..” ޝާއިލް ބުންޏެވެ. “ތިބުނީވެސް ތެދެއް… އެކަމަކު މެރީ ނުކުރާ މީހެއްގެ ރިންގްއަކުން އަހަރެންނަކަށް ދުވަހަކުވެސް ނުފެނޭ ‘މައިން’ އެކޭ ޖަހާފަ ހުންނަ ތަނެއް..” ދެ އިނގިލިން ކޮމާކޯޅިއެއް ދައްކައިލަމުން މައިރީން ބުންޏެވެ. އެއާއެކު ޝާއިލްގެ ކަންފަތަށް ރަތްކުލަ އަރައިގެން ދިޔައެވެ. “ޝެލީގެ ކަންތަކޭ.. އަދި މެރީއެއް ނުކުރަން.. އެކަމަކު އަހަރެން މީ އޭނަގެ މީހެއްކަން އެހެން މީހުންނަށް ދައްކަންކޮށްފަ ހުރިކަމެއް..” ބޯ ކަހައިލަމުން ހިނިގަނޑެއް ޖަހައިލަމުން ޝާއިލް ބުންޏެވެ. އެއާއެކު މައިރީންގެ ގާތަށްވެސް ހިނިއައެވެ.

“އަންގާވެސް ނުލާ.. ކޮންގްރާ ދެން އެކަމަކުވެސް.. އެންމެފަހުން ނުވެގެން އުޅުނު ކަންތައްވެސް ވީ އެއްނުން.. މައިއަށް ވެޑިންއަށް އިންވައިޓް ކުރާތި..” އަމުރެއް ކުރާފަދައިން މަޖާ ގޮތަކަށް މައިރީން ބުންޏެވެ. އެއާއެކު ޝާއިލް ހިނިގަނޑެއް ޖަހައިލަމުން ބޯޖަހައިލިއެވެ. “ހެހެ ޔަގީނެއްނުން.. މައި ޖެހޭނެ ކޮންމެހެންވެސް އަންނަން..” ޝާއިލް ހީލަމުން ބުންޏެވެ. “އިއްލު އަދިވެސް ހެކްކުރުން ކަހަލަ ކަންކަމުގައި އުޅެންތަ؟” މައިރީން ތަންކޮޅެއް މަޑުން އަހައިލިއެވެ. “ދެން ތީ މީހުން ކުރާ ކަހަލަ ސުވާލުތަ؟” ހިނިގަނޑެއް ޖަހާލާފައި ޝާއިލް ބުންޏެވެ. “މައި ވަރަށް ޑިފިކަލްޓް ކޭސްއަކާ ލައިގަނެގެން މި އުޅެނީ.. ވަރަށް ގިނަ ކަންތައް މީގަ ފުލުހުން ފޮރުވާ.. އެހެންވެ އިއްލު ހެލްޕެއްވެވިދާނެތަ؟..” މައިރީން ކުޑަކޮށް ސީރިއަސްވެލަމުން އަހައިލިއެވެ.

“ޖަސްޓިސްއަށް ލޯބި ކުރާ ލޯޔަރެއް އަހަރެން ގާތު އިލީގަލް ކަމެއް ކުރަންތަ ތި ބުނަނީ؟” އެއް ބުމަ ހިއްލައިލަމުން ޝާއިލް ބުންޏެވެ. “ނޫނޭ ނޫނޭ.. ޕޮލިސް ފޯސް މި ކޭސްގަ މި އޮތީ ވަރަށް ބޮޑަށް އިހުމާލުވެފަ.. ވަރަށް ބޮޑަށް ފަރުވާ ކުޑަކޮށް ކޮރަޕްޝަންއާއެކީ ނިންމާލި ކޭސްއެއް މީ.. އެހެންވެ އަހަރެން ބޭނުންވަނީ މީގެ އަޑި ބަލައިލަން..” މައިރީން ދެލޯ ބޮޑުކޮށްލަމުން ޝާއިލް ބުނި ބަހަށް އިންކާރުކޮށްލަމުން ބުންޏެވެ. “ހުމްމް.. ތިކަހަލަ ކަމެއް ވިއްޔާ އަހަރެންވެސް ހެލްޕް ވެދޭނަން.. އެކަމަކު ތިހާ ބޮޑަށް ކޮރަޕްޓްވެފަ ހުރިއްޔާ ރަނގަޅުވާނެ އެތެރެއިން ކުދިންކޮޅެއް އަހަރެމެންގެ ސައިޑްގަ ބަހައްޓާގެން ތިކަމެއްކޮށްފިއްޔާ..” ޝާއިލް ވިސްނާލަމުން ބުންޏެވެ.

“އެގޮތަށް އަހަރުން ޓްރަސްޓްވެސް ކުރާނީ ކޮންބަޔަކާ؟” މައިރީން ސުވާލު މާކެއްގައި ހުރެ އަހައިލިއެވެ. މިކަހަލަ ކޭސްތަކުގައި އެންމެ ގާތުގައި ހުންނަ މީހާވެސް ނުބައި ހަދާކަން އޭނައަށް އެނގެއެވެ. އެހެންކަމުން ވަރަށް ބޮޑަށް އިތުބާރު ކުރެވޭ މީހަކަށް ނޫނީ އެއްވެސް ކަމެއް ނުކިޔާ ދެވޭނެކަން އޭނައަށް އެނގެއެވެ. ޝާއިލް އެއްޗެއް ބުނަން އުޅެނިކޮށް ވެއިޓަރު އެމީހުން އޯޑަރު ކުރި އެއްޗެހި ގެނައެވެ. ވެއިޓަރަށް ޝުކުރު އަދާކުރަމުން މައިރީން އޭނަގެ މިލްކްޝޭލްތަށިން އެތިކޮޅެއް ބޯލިއެވެ. “އެއްވެސް އިރެއްގަ އަޑުއެހިންތަ މޯލްޑިވްސް ވިޖިލް ސާރވިސް އެޖެންސީއެއްގެ ވާހަކަ.. ކުރުކޮށް ބުނަންޏާ އެމް.ވީ.އެސް.އޭ ގެ ވާހަކަ؟” ޝާއިލް އޭނަގެ އަޑު މަޑުކޮށްލަމުން މައިރީންއާ ސުވާލުކޮށްލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

އެއް ގޯހުގެ އަގު

Next

ޔާރު އެދެންޏާ

Next
May 8, 2025

ޔާރު އެދެންޏާ

Previews
May 8, 2025

އެއް ގޯހުގެ އަގު

6 Comments!

  1. aanaa says:
    May 8, 2025 at 10:16 pm

    Masha allah mi parttt vss vr reethii
    curiously waiting for the nexttt
    when nextt???
    tc lyyy

    1. Maash Maash says:
      May 9, 2025 at 1:49 pm

      Thank you aanaa.. I’m happy u liked it.. Next part insha allah Monday..
      Tc love you more darll 💜🦋

  2. Aysherr says:
    May 9, 2025 at 8:44 am

    Hii maash!!
    Mi vaahakaige hurihaa part thakeh mi kiyaalee dhemmega hama.. maa sha allah vrh reethi hurihaa part eh ves..
    Alhugandu ge support abadhu ves libeyne maash ah in sha allah..
    Curiously waiting for the next part

    1. Maash Maash says:
      May 9, 2025 at 1:51 pm

      Heyy Aysherr
      Awww thanksss I’m happy u liked it.. Thank you that me and a lot.. Next part insha allah Monday ga 💜🦋

  3. Shaf_maan says:
    May 10, 2025 at 10:13 am

    Mi prt vx v reethi Maasha Allah
    Curiously waiting l
    Whn nxt????
    tc
    Lysm dear 💜💜💜

    1. Maash Maash says:
      May 10, 2025 at 8:14 pm

      Thank you darling.. I’m happy u liked it.
      Next part insha allah monday..
      Tc
      Love u moreee 💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 05←


All Right Reserved!