Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 03

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
May 6, 2025 5 Mins Read
8 Comments

މަޑުމަޑުން އައިނާ ދޮރުގައި ޓަކި ޖަހައިލިއެވެ. އެއާއެކު އިރުކޮޅަކުން ވަންނަން ގޮވައިލި އަޑު އިވުނެވެ. އައިނާ އެތަނަށްވަދެ ‘ބޮސް’އާ ދިމާލަށް ބަލައިލިއެވެ. އޭނަގެ ބޮސްއަކީ ކާކުކަން އެނގުނު ނަމަވެސް ހަމަ ލޮލަށް މި ފެނުނީ އަދި ކިރިޔާއެވެ. އައިނާއަށް އޭނަ ލާން އުޅުނު ނޭވާވެސް ކަރުތެރޭ ތާށިވި ފަދަ އިހްސާސެއް ކުރެވުނެވެ. ގޮޑީގައި ހަމަޖެހިލައިގެންއިން ޔަޝާލް ހަށިގަނޑު ސީދާކޮށްލީ އައިނާ ވަދުމުންނެވެ. އައިނާ އޭނައާ ދިމާލަށް ބަލަން ހުރި ގޮތުން އޭނަ ގާތަށް ލާނެތް ހިންޏެއްއައެވެ. “ބޭނުންވީތަ؟ މަށަކީ ތިކަހަލަ ބަލައިލުމަކުން ހާސިލްވާ ފަދަ މީހެއް ނޫން އެނގޭ އެކަމަކު..” އައިނާއާއި ނޭވާ އިހްސާސްވާހާ ގާތްވެލަމުން ޔަޝާލް ބުންޏެވެ. އައިނާ ދެން ކޮށްލި ކަމަކުން ޔަޝާލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

***ޕާޓް 03***

އައިނާ މޫނަށް ރުޅިވެރިކަން ވެރިކޮށްލަމުން ފަހަތަށް ޖެހިލިއެވެ. އޭނަގެ ހިތާހިތުން އޭރު ދިޔައީ ޔަޝާލްއާއި ދިމާލަށް އެތިވަރު ގޮވަމުންނެވެ. ރީތި ސިފައަކަށް ހައްދަވާފައި ހުއްޓަސް އެއްވެސް އަހުލާގެއް ހުރި މީހެއް ނޫނޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. ޔަޝާލްއަކީ ބަލައިލަން ކިތަންމެހައިވެސް ފުރިހަމަ ޒުވާނެކެވެ. އެތަކެއް ޒުވާން އަންހެންކުދިންނެއްގެ ކަތި ނަޒަރު އޭނައަށް ހުއްޓޭނެކަން ގައިމެވެ. ފަސް ފޫޓު އަށް އިންޗީގެ އިސްކޮޅެއް ލިބިފައިވާއިރު އޭނަގެ ކަޅުކަންގަދަ ފަން އިސްތަށިގަނޑު ހުންނަނީ ކޮނޑާއި ހަމައަށް ދިގުކޮށްފައެވެ. ލައިގެންހުރި ކަޅު ގަމީސް ހަށިގަނޑަށް ހިފައިލައިފައި ހުރިގޮތުން އެ ހަށިގަނޑުގެ ވަރުގަދަކަން ހާމަވެގެންދެއެވެ.

“އަޅުގަނޑު މިތަނަށް ގެނައީ ކީއްވެގެންތޯ؟” އައިނާ މަޑުމައިތިރި ކަމާއެކު އަހައިލިއެވެ. އެތެރެއިން އޭނަގެ ހަށީގައި ހުރީ ރުޅިވެރިކަމުގެ އަލިފާން ރޯވެފައެވެ. އެހެން ނަމަވެސް މޫނުމަތިން އެކަމުގެ އެއްވެސް ނިޝާނެއް ނުދައްކާވޭތޯ އޭނަ މަސައްކަތް ކުރިއެވެ. އަނެއްކޮޅުން ޔަޝާލް ހުރީ އައިނާގެ ދުރު ކަމުން ހައިރާންވެފައެވެ. ގިނަ އަންހެންކުދިންނަކީ އޭނަ ފެނުމުން މޮޔަވާ ފަދަ އަންހެން ކުދިންނެވެ. އައިނާގެ އަމަލުގެ ސަބަބުން އޭނަގެ ‘އީގޯ’އަށް ގެއްލުން ލިބުނެވެ. ކަރުކެހިލަމުން ޔަޝާލް ދުރައްޖެހިލިއެވެ. “އަހަރެން ބައްޕަ މިތާ އުޅުނުއިރުވެސް އައިނާ މިތަނަށް ނޫހުގަ ޖަހަން އެއްޗެހި ގެންނަނީ އިލީގަލްކޮށްށޭ މިތާގެ ކުދިން ވަރަށް ކިޔާ.. ކޮންމެ ކަމެއް އަލަށް ހިނގިޔަސް އެކަމެއްގެ ސައްހަ ނިޔުސް އައިނާ ހޯދަނީ ބްރައިބްކޮށްގެންނޭ ކިޔާ ކޮމްޕްލެއިންސް ލިބޭތީ އައިނާ މިތަނަށް މި ގެނައީ..”

ޔަޝާލް ދެއްކި ވާހަކައިން އައިނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއީ ކާކު ދައްކައިގެން އުޅޭ ވާހަކައެއްބާއޭ އޭނަގެ ހިތަށް އެރިއެވެ. ޔަޝާލް ބުނި ވާހަކަ ގަބޫލު ނުކުރެވޭ ފަދައަކުން އައިނާ ބަލައިލިއެވެ. “އެއީ ތެދެއްތަ؟” ޔަޝާލް އަނެއްކާވެސް ސުވާލުކޮށްލިއެވެ. “އަޅުގަނޑު ދުވަހަކުވެސް ނޯންނާނެ އެއްވެސް މީހެއްގެ ބްރައިބްއަކު ހިފާފައެއް.. އަޅުގަނޑު އިލީގަލްކޮށް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ..” އައިނާ މަޑުމަޑުން ބުންޏެވެ. “ދެން ކިހިނެތް އެހާ އަވަހަށް އެހާ ފަސޭހައިން އައިނާއަށް އެންމެ ފަހުގެ ހަބަރުތަކުގެ މައުލޫމާތު ލިބެނީ؟” ޔަޝާލް އެއްބުމަ އަރުވައިލަމުން އެއްސެވެ.

އައިނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެއް މައިރީންއަކީ.. މައިއަކީ ވަރަށް މަޝްހޫރު ލޯޔަރެއް މިހާރު.. މައިގެ ސަބަބުން އަޅުގަނޑަށް އެކަންތައް އެނގިގެން ދަނީ.. އެކަމަކު އަޅުގަނޑު ނޯންނާނެ މައިއާ ސުވާލުކޮށްފައެއް ޕްރައިވެޓްކޮށް.. އަޅުގަނޑު ހޯދާ އިންފޮމޭޝަން ހޯދަނީ އެހެން ނޫސްވެރިންވެސް ހޯދާ ގޮތަށް..” އައިނާ ހަށަން ބަދެލަމުން ބުންޏެވެ. ޔަޝަލް ކޮންމެސް ވަރަކަށް ހައިރާންވެފައި ހުރެ އެހެން ހެއްޔޭ އަހައިލިއެވެ. އައިނާ ދުރު ބަލަހައްޓައިގެން ހުރެ ބޯޖަހައިލިއެވެ. “ހެޔޮ ދިޔަޔަކަސް ތިހެން ވިއްޔާ.. އައިނާ ޖެހޭނެ އެންމެފަހުން ނިމުނު ކޭސްއާއި ބެހޭ ގޮތުން ރިޕޯޓެއް ލިޔެފަ މިރޭވުމުގެ ކުރިން އަހަރެންނާ ހަވާލުކުރަން..” ޔަޝާލް ބުންޏެވެ. އެއާއެކު އައިނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“ސާރ ހާދަ އަވަހަކަށް؟؟ މިރެޔޭ؟” އައިނާއަށް ބުނެވުނެވެ. އެއާއެކު ޔަޝާލް އައިނާ އާއި ދިމާލަށް ބަލައިލުމެއް ނެތި ބޯޖަހައިލަމުން ނިކުންނަ ދޮރު ހުޅުވައިދިނެވެ. ޔަޝާލް އެހެން ހެދުމުން އައިނާއަކަށް ދެން ހުންނާކަށް ނުކެރުނެވެ. އިސްޖަހައިގެން ހުރެ ބާރަށް ނުކުމެފައި އައިނާ ދިޔަތަން ބަލަން ހުރި ޔަޝާލްއަށް އޭނަގެ ދަތްދޮޅީގައި ފިރުމައިލެވުނެވެ. “އަހަރެންނަށް މިވީ 24 އަހަރަކު އެއްވެސް އަންހެން ކުއްޖެއް ނެތް އަހަރެންނަށް އެފަދައިން އިގްނޯރކޮށްފަކާއެއް.. ޝީ ލުކްސް ލައިކް ޝީ ލަވް ސަމްވަން އެލްސް..” އަމިއްލަ ނަފްސާއި ވާހަކަ ދައްކާ ފަދައިން ޔަޝާލް ބުންޏެވެ.

ކޮޓަރިތެރެއަށް ހީވަނީ ކުޑަވަރެއްގެ ތޫފާނެއް އަރައިފައިވާ ހެންނެވެ. އަންނައުނުތައް އެތަން މިތާގައި ހުރި އިރު ފިރެހެނުންލާ ފަދަ ޓީޝާޓް އާއި ގަމީސް ފަދަ ތަކެތި ހުރީ ބޮޑިބޮޑިކޮށްފައި އެކި ތަންތަނަށް އުކާލެވިފައެވެ. ކޮޓަރީގެ މެދުގައި އަތައް ޓީޝާޓްތަކެއް ބޮޑިކޮށްގެން ރުޅިއައިސްފައި ހުރި ޔާދިން ދިޔައީ ތުރުތުރު އަޅަމުންނެވެ. އޭނަގެ ރުޅިވަރި ނަޒަރު ހުއްޓިފައިވަނީ ކުރިމަތީގައި އިސްޖަހައިގެން ހުރި ދުންޔާއަށްށެވެ. ދުންޔާގެ ދެލޯ ފެންކަޅިވެފައިވާއިރު އޭނަގެ ދެލޮލުން އޭނަ ހުރީ ބިރުންކަން އެނގެއެވެ. “އަހަރެން ނުބުނަންތަ ކަލޭ ކައިރީ އަހަރެންގެ އެއްޗެހީގަ އަތްނުލާށޭ؟ އަހަރެން ކަލޭ ކައިރީގައެއް ނުބުނަށް އަހަރެންގެ އެއްޗެހި އިސްތިރިކޮށްދޭށެކޭއެއް.. އަހަރެން ކަލެޔާ ކައިވެނި ކުރީ ލޯބިވެގެންނެއްނޫން.. އަހަރެން އަބަދުވެސް ލޯބިވަނީ މައިރީން ދެކެ. އަދި ހަމައެކަނި ލޯބިވާނީވެސް މައިރީންދެކެ އަޑިއިވިއްޖެތަ؟” ޔާދިން ބޮޑިކޮށްލެވިފައިވާ ޓީޝާޓު ދުންޔާގެ މޫނު މައްޗަށް ޖަހަމުން ހަޅޭއްލަވައިގަންނަމުން ބުންޏެވެ.

ދުންޔާ ދެލޮލުގައި ބޮޑިވެފައިވާ ކަރުނަތައް އޭނަގެ ކޯތާފަތް މަތީ ސާލެއް ފަދައިން ދެމިގެން ދިޔައެވެ. “ހޫން ދެން ރޯން ފަށާ.. އެއީއެއްނުން ކަލޭ އަހަރެންގެ މައިންބަފައިންވެސް މެނުޕުލޭޓް ކުރި ގޮތަކީ.. އެކަމަކު މަށެއް ތި ކިބޫ ކަރުނަތަކަކަށް ނުހެއްލޭނަން..” ދުންޔާގެ ކޯތާފަތުގައި ހުރި ކަރުނަތައް ބާރުބާރަށް ފޮހެލަމުން ޔާދިން ބުންޏެވެ. ޔާދިންގެ ހަރުކަށި ބަސްތަކުން ދުންޔާގެ ހިތައް ހީވަނީ ކުދިކުދި ތިނޯސްތަކެއް އެއްފަހަރާ ހަރައިލާ ހެންނެވެ. “ހުއްޓާލާ ހަމަ މިހާރު.. ދެން މަގޭ އެއްޗެއް އިސްތިރިކުރަން އަތްލިޔަސް އިސްތިރި އަތުގަ ޖައްސާނަން..” ދުންޔާގެ ކަތްފަތްދޮށުގައި ހަޅޭއްލަވައިގަންނަމުން ޔާދިން ބުންޏެވެ.

ދުންޔާގެ ކަރުނަތައް އޭނަގެ ލޮލުތެރޭ ތާށިވިފަދައެވެ. ޔާދިންއާއި ދިމާލަށް އޭނައަށް ބުދެއްހެން ހުއްޓުން އަރާފައި ބަލަން ހުރެވުނެވެ. ދުންޔާގެ ހިމޭންކަމުން ޔާދިންއަށް އޭނަގެ އަންގައިން ކިކތް ބަސްތަކާއު މެދު ވިސްނާލެވުނެވެ. އޭނަ މަޑުމަޑުން ދުންޔާގެ ކޯތާފަތުން ދޫކޮށްލިއެވެ. މަޑުމަޑުން އަމިއްލަ ނަފްސް ހަމައަކަށް އަޅުވައިލަމުން ދުންޔާއާ ދިމާލަށް ބަލައިލިއެވެ. އޭނަ އަދި ދުވަހަކުވެސް ދުންޔާއަށް އެފަދައިން ބިރު ދައްކާފައެއްނުވެއެވެ. އެހެންނަމަވެސް މިއަދު އޭނަ އެވަނީ އިމުން ބޭރުވެފައެވެ.

ދުންޔާ ވަނީ ވޭތުވެދިޔަ ހަތް އަހަރު ތެރޭ ގިނަ ބަދަލުތަކެއް އޭނާގެ އަންނައުނަށާއި އަމިއްލަ ނަފްސަށް ގެނެސްފައެވެ. އެއީ ޔާދިންއަށްޓަކައި ގެނެސްފައި ހުރި ބަދަލުތަކެކެވެ. ކުރިން ލައިގެން އުޅޭ ކުރު ހެދުންތައްވަނީ އަބާޔާއަށާއި ޝޯލްއަށް ބަދަލުވެފައެވެ. އަދި ކުރިން މައިންބަފައިން ހުރިހާ ކަމެއްކޮށްދޭ ކުއްޖާ ވަނީ އަމިއްލައަށް ކަންތައް ކުރަން ދަސްކޮށް ހީވާގި އަންބަކަށްވެފައެވެ. “މިތަން ރީތި ކުރޭ.. އަންނައުނުތައް މަގޭ ކަބަޑަށް އަޅާފަ ބަހައްޓާ..” ކުރިއަށްވުރެ ތަންކޮޅެއް މަޑުމައިތިރިކޮށް އެހެން ނަމަވެސް އަޑުގައި ހަރުކަށިކަމެއް ބަހައްޓަމުން ޔާދިން ބުންޏެވެ. އެހެން ބުނުމަށްފަހު އޭނަ ބޭރަށް ނިކުންނަން ދިޔައެވެ.

ޔާދިން ދިޔުމުން ދުންޔާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. މަޑުމަޑުން ގިސްލަމުން އޭނަ ޔާދިން އުކާފައި ހުރި އަންނައުނުތައް ނަގަމުން ފަތްޖަހާ ތަރުތީބު ކުރަން ފެށިއެވެ. ޔާދިން ކަންތައް ކުރާ ގޮތުން މިހާރު ޔާދިންއާ ކައިވެނި ނުކުރެވުނު ނަމައޭ ހިތަށް އަރާ ފަހަރުވެސް މަދެއްނޫނެވެ. ދުންޔާގެ ބޮލުގައި ދިޔައީ ޔާދިން ބުނި ބަސްތައް އިރުއިރުކޮޅަކާ ތަކުރާރުވަމުންނެވެ. އޭގެ ސަބަބުން އޭނަގެ ހިތަށް ހީވަނީ ތޫނު ވަޅިއެއް އިރުއިރުކޮޅާ ހަރާހެންނެވެ.

ޔާދިން ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔައިރު މިއަދުވީ ކަންތަކާއި މެދު އޭނައަށް ވިސްނެމުން ދިޔައެވެ. މާލެ ވަށައި އެތައް ބުރެއް ޖެހުމަށްފަހު އޭނައަށް މަޑުކޮށްލެވުނީ މައިރީން ވަޒީފާ އަދާކުރާ ލޯފާރމގެ ކައިރީގައެވެ. ކުޑައިރުކޮޅެއްފަހުން ބްރޭކަށް މައިރީން ނިކުތްތަން ފެނުމުން މައިރީންއާއި ދިމާލަށް ޔާދިން ހިނގައިގަތެވެ. މައިރީން ފޯނާއި ކުޅެމުން ހިނގައިގަތީ މަގުގެއް އެއްފަރާތެއްގައި ހުރި ރެސްޓޯރަންޓްއަކާ ދިމާލަށްށެވެ. މައިރީން ރެސްޓޯރެންޓްއަށް ވަދެ ގޮޑިއެއްގައި އިށީނުމުން ޔާދިންގޮސް މައިރީންގެ ކުރިމަތީގައި ހުރި ގޮޑީގައި އިށީންދުނެވެ. އެއާއެކު ސިހިފައި މައިރީންއަށް ބަލައިލެވުނެވެ. “ހޭއި ރީން..” މައިރީންއަށް ބަލައިލަމުން ހިނިތުންވުމެއް ދެމުން ޔާދިން ގޮވައިލިއެވެ. މައިރީން ކޮންމެސް ވަރަކަށް ހައިރާންވެހުރެ “ހޭއި” އޭ ބުނެލިއެވެ.

“ރީން މިހާރު އަހަރެންގެ ނަންބަރުވެސް ބްލޮކްކޮށްލާފަ އަބަދު އިގްނޯރ ކުރަނީ އަހަރެން މަގުމަތިން ފެނުނީމަވެސް.. ދެން އެހެންވީމަ އަހަރެންނަށް ޖެހޭނީ މިހެންނުން ދިމާކުރަން..” ޔާދިން ޝަކުވާގެ ރާގަކަށް ބުންޏެވެ. މައިރީންއަށް އިސްޖަހައިލެވުނެވެ. “ތިއީ ރީތި ގޮތެއް ނޫނެއްނުން ޔާދިން.. މީހެއްގެ ފިރިއަކަށްވެ ހުރެ ކީއްވެ ތިހެން ތިއުޅެނީ.. ދުންޔާ ކިހާ ދެރަވާނެ ތިހެން އުޅުނީމަ.. ޔާދިންއެއްނުން އަހަރެން ކައިރީ ބުނީވެސް ރީތި ގޮތުގައި އަހަރެމެންގެ ތެރޭގައި އޮތް ކަންތައް ނިންމާލަންވެސް.. ތިހެން ނޫޅޭ ޔާދިން.. އަހަރެން ދުވަހަކުވެސް މީހެއްގެ ފިރިއަކާމެދު ހިޔާލު ކުރާކަށް ބޭނުމެއްނޫން….” ދުރު ބަލައިލަމުން މައިރީން ބުންޏެވެ.

މައިރީންގެ އަނގައިން ބޭރުވާ ކޮންމެ ލަފްޒެއް ދިޔައީ ޔާދިންގެ ހިތުގައި ތޫނު ވަޅިއަކުން ބީހިލާފައިދާ ފަދައިންނެވެ. “ޔާދިންއޭ؟ މިހާރު ރީންއަށް އަހަރެން މީ އެއްވެސް މީހެއް ނޫންދޯ؟ އަހަރެން ހީކުރީ ރީން އަހަރެން ދެކެ ލޯބިވާ ކަމަށް.. އޭރު އަހަރެންނަށް ރީންއާ ދުރުވެވުނީ މޮޔަކަމުން އަހަރުންނަށް ފިލައިގެން ކައިވެނި ކުރެވުނީސް.. އަހަރެން ދުވަހަކުވެސް ބޭނުމެއް ނުވޭ ރީންއާއި ދުރުވާކަށް.. އައި ލަވް-” ޔާދިންގެ ޖުމުލަ ފުރިހަމަވުމުގެ ކުރިން މައިރީން ތެދުވެ ބާރުބާރަށް ރެސްޓޯރެންޓްއިން ނިކުންނަން ދިޔައެވެ. ޔާދިން ގޮސް މައިރީންގެ އަތުގައި ހިފައި އޭނައާއި ދިމާލަށް އަބުރައިލިއެވެ. “ރީން ނުދޭބަލަ ޕްލީޒް.. އޭރު އަހަރެން ރީންދެކެ ވީ ލޯބި މިހާރުވެސް އަހަރެންގެ ހިތުގައި އެއްވެސް ބަދަލެއްނެތޮ އެބައޮތޭ..” މައިރީން ލައްކެއް ޖަހާ ޔާދިންގެ އަތުން އޭނަގެ އަތް މިނިވަންކޮށްލިއެވެ.

“އަހަރެން ގައިގަ އަތްނުލާ.. ޔާދިން އަހަރެންނާ ޔާދިންގެ ގުޅުންވަނީ މާޒީވެފަ.. އެ ގުޅުން ވަނީ ފަސްގަނޑުގެ ދަށުގައި ވަޅުލެވިފައި… ދެން ދުވަހަކުވެސް އަހަރެމެންނަކަށް ނުގުޅެވޭނެ.. ދުންޔާ ވަރި ކުރިޔަސް ޔާދިންއާއި އަހަރެންނަކަށް ނުގުޅެވޭނެ.. އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން އެހެން އަންހެނަކަށް ދެރައެއް ލިބޭކަށް.. ދެން އަހަރެންނާ ދިމާކޮށްފިއްޔާ ބުނާނީ ދޮންބެ ކައިރީގަ!” މައިރީން ހަރުކަށި ގޮތަކަށް ބުންޏެވެ. އެއަށްފަހު އޭނަ ބާރަށް ހިނގާފައި ރެސްޓޯރަންޓްއިން ނުކުތުނެވެ. އޭރު ރެސްޓޯރަންޓްގެ އެންމެންގެ ލޯތަށް ހުއްޓިފައިވަނީ ޔާދިންއާ ދިމާލަށްށެވެ. ޔާދިން އޭނާގެ އަތް މުށްކަވައިލުމަށްފަހު ބޭރަށް ނިކުމެ އޭނަގެ ސައިކަލަށްއަރައި ބާރު ސްޕީޑެއްގައި ދުއްވާލިއެވެ.

ލޯފާރމްއަށް ވަދެގެން އައި މައިރީން ހިނގައިފައިގޮސް ވަދުނީ އެތަނުގެ ފާހަނައަށްށެވެ. އޭރު އޭނަގެ ދެލޮލުން ދިޔައީ ހުއްޓުމެއް ނެތި ކަރުނަތަށް ފައިބަމުންނެވެ. ހަތް އަހަރު ވަންދެން ވަޅުލައިފައި އޮތް މާޒީ އޭނަގެ ކުރި މައްޗަށް އެރުމުން، އޭނަގެ އަމިއްލަ ހިތްމަތީ ގާގަޑެއް ބާއްވައިގެން ހުރެ އެންމެ ލޯބިވި މީހާއާ ދިމާލަށް އެތަކެއް އެއްޗެކޭ އޭނައަށް ކިއިއްޖެއެވެ. އެހެންނަމަވެސް އޭނައަށް ކިޔުނު އެކައްޗަކާއި މެދުވެސް ދެރަވާކަށް އޭނަ ބޭނުމެއްނުވިއެވެ. އޭނަ ބުނި ވާހަކަތަކަކީ އަޑުއަހަން އުނދަގުލަކަސް ޔާދިންއަށް އަޑުއަހަން މަޖުބޫރު ވާހަކަތަކެއްކަން އޭނައަށް އެނގެއެވެ. މޫނު ދޮވެލައިގެން ކުޑަކުޑަކޮށް މޭކަޕްކޮށްލައިގެން އޭނަ ފާހަނައިން ނިކުމެ އޭނަގެ ކެބިންއަށް ވަދުނެވެ.

އޭނަ އިށީނދުން ތަނުންހެން މީހަކު ކެބިންގެ ދޮރުގައި ޓަކިޖަހައިލިއެވެ. މައިރީން ވަންނާށޭ ބުނުމުން އެމީހަކު ވަދެގެން އައިސް މައިރީންގެ ކުރިމަތީ ހުއްޓުނެވެ. “އަހަރެންނަށް ޔަގީން މައިރީން މިކޭސްވެސް ސޯލްވް ކުރާނެކަން.. އެކަމަކު އަހަރެން ބުނަން އޮތް ވާހަކައަކީ މި ކޭސްގައި އުޅޭ އިރު މައިރީންއަށް އެތަކެއް ގޮންޖެހުމަކާ ކުރިމަތިވެދާނެ.. މިއީ މައިރީން ސޯލްވް ކުރި އެހެން ކޭސްތައް ފަދަ ކޭސްތަކަކަށްވެގެން ނުދާނެ..” މައިރީންގެ މެނޭޖާރ ކަމުގައިވާ ޒައިޝް ބުންޏެވެ. “ސާރ ތިހެން ތި ބުނުއްވީ ކީއްވެ؟” މައިރީން އަހައިލިއެވެ. ޒައިޝް އޭނަގެ އަތުގައި އޮތް ފައިލް މައިރީންއަށް ދިއްކޮށްލިއެވެ. މައިރީން އެ ފައިލްގައި ހިފައި އެ ފައިލް ހުޅުވައިލިއެވެ. އެއާއެކު މައިރީންގެ އަތް ތުރުތުރު އަޅައިގެން ދިޔައެވެ. އޭނަގެ އަތުން ފައިލް ދޫވެގެން ދިޔައިރު، މައިރީންގެ ދެލޮލަށް ފުސްވެގެން ދިޔައެވެ.

(ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ޒެވިއަން 5

Next

ވާނަމޭ އުމުރަށް އެކީ ޖާނާ…………….13

Next
May 6, 2025

ވާނަމޭ އުމުރަށް އެކީ ޖާނާ…………….13

Previews
May 5, 2025

ޒެވިއަން 5

8 Comments!

  1. aanaa says:
    May 6, 2025 at 1:56 pm

    Masha allah mi part vs vrh reethii
    Haadha vrkh site ah vadhevihjeyyy mi vhk kiyaahithunnnn
    Mi part kiyaafa vrh goi gthe eba visneyyyy….
    Plzzz yaadhin r mai r gulhuvahcheyyy….dhunya ah hus aniyaa dhww e libenyyy…😭assu dheravs veyyy…dhunyaah ehn hadhaathyyy…7 yrs eyy bunyakas haadha dhuvahekeyy….dhunya dheke loabi nuviyas yaadhin nuvaane ehn hadhaakashehhhh…anehka mai ah koahchehh e fenunyyyyy….maash aim soooooo curious …….when nextttt?????
    tc lyyyy

    1. Maash Maash says:
      May 7, 2025 at 1:46 pm

      Thanks darlll.. Aww Means a lot to meee.. Hehe let’s see dhw vaa goiii.. Yes dhunya ah hus aniyaa libeney hama.. Yeah yaadhin ehen hadhaakah nuvaane ehnun dhen dhw.. Let’s see mai ah fenuny koahcheh kan dhww..
      Next part balaanan mirey submit kureveythw.. Nukurevijjeya Friday insha allah kiyaalan libeyne..
      Love you more darling 💜🦋

  2. nuhaaaaaa says:
    May 6, 2025 at 2:21 pm

    maaaaaaaaash Mi part vx vrh reethi Masha Allah ❤️
    you vrh gina dhuvas vehjje dhw comment koh nukeveythaaa
    hama busy kamun ingey
    baraabarah ekm hurihaa part eh vx kiyamun mi annanee
    oh my what was written in the file anehkkaa??
    vrh miss ingey you ge story ah comment koh nuleveythee you mathin…
    tc❤️
    lyssssssssm maashy 😘😘😘

    1. Maash Maash says:
      May 7, 2025 at 1:49 pm

      Awww thank you so much.. I’m happy u liked it hehe..
      Yes mihaaru dhuvaskolheh vejje nuhaa ge comment eh nufennathaa.. Vrh happy vejje mi part in fenunyma.. Vrh happy vejje hurihaa part eh kiyaakan enguneema.. Let’s see mai ah fenuny kon file ehkan dhww.. Miss you too darll..
      Tc
      Love you more darling 💜🦋

  3. shihaamaa ali shihaamaa ali says:
    May 6, 2025 at 3:23 pm

    Heyyyy maashhhh
    Mi part vess vrh reethi ma sha allah❤️ yaadhin nd dhunya ge part made me teary🥺 sifa kurun thah and everything is just wow ingey lavv ittt smmm❤️ and what was in that file? Is it the divorce of dhunya and yaadhin?😳 Omggg i am sooo curioussss.. can’t wait for next epp.. when next??
    Ilyyysssmm❤️❤️❤️

    1. Maash Maash says:
      May 7, 2025 at 2:56 pm

      Heyyyyy shiherrrrr
      Aww thank you I’m happy u liked ittt..
      Hehe thank you sooo muchhhhh.. File ga oii ehcheh engeyne next part ga.. Hehe woah that’s a wild theory Hehe… Next part insha allah soon.. Friday or Thursday maybe..
      Love you moreeee 💜🦋

  4. Shaf_maan says:
    May 6, 2025 at 7:05 pm

    Maasha Allah mi part vx v reethi
    Oh me oh my what was on the file
    So so so curious
    Can’t wait hama
    Nxt part ge Inthizaaru ga
    Lots of luv from me Marsh
    ❤️💜

    1. Maash Maash says:
      May 7, 2025 at 2:58 pm

      Thank you so muchhhh.. Vrh happy vejje mi part reethi v kan engunyma.. Let’s see koahcheh thw file ga hurey dhww.. Next part insha allah Thursday or Friday ga..
      Love u moreeeee darlingggg 💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 04←


All Right Reserved!