Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 02

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
May 2, 2025 5 Mins Read
4 Comments

“މާކިންއެއް ނޫނޭ އަދި އަހަރުންގެ ޒީންވެސް އެހުރީނުން.. މާކިން ހުންނަނީ ރަތުގަ އެމަންޖެ އޭނަ ކުރާ ހުރިހާކަމެއް އަހަރެމެންނަށް އަންގާތީ..” އަޔާނާ ހީލަމުން ބުންޏެވެ. “ނަސީބެއް ޒީންއާ ދެމީހުން ފޮނުވުންކަން.. އެވަރު ފިރެހެން ކުދިން ހަމަމަގުން ކައްސައިގެން ދާނެ އެހައި އަވަހަށް އެކަހަލަ ތަނެއެއްގަ ހުރިއްޔާ..” ޝިޔާމާ ބުނި ވާހަކައަށް އެންމެން އެއްބަސްވިއެވެ. މައިރީންވެސް އެމީހުން ދައްކާ ވާހަކަ އަޑުއަހަންއިނެވެ.

*** ޕާޓް 2***

ޑައިނަމޯރގެ މޭޒެއް ކައިރީގައި ހުރި ގޮޑީގައި އިށީންދެގެން ޕޮލިސް ޔުނީފޯރމްގައިއިން މީހަކަށް ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. އޭގެ ތެރެއިން ޒުވާން އަންހެންކުދިން ފާހަގަ ކޮށްލެވެއެވެ. ތުނިކޮށް ކޮށާފައިހުރި ކަޅުކަންގަދަ އިސްތަށިކޮޅުގައި ކުޑަކުޑަ ސްޕައިކެއްވަނީ އަރުވައިލެވިފައެވެ. ލައިގެން ހުރި ގަމީހުގެ އަތުގެ އަތްކުރި އޮޅައިލައިފައިވާއިރު އަތުގެ މަސްތަކުގެ ސަބަބުން މުލައްދަނޑީގެ ބާރުގަދަކަން ފެނިގެންދެއެވެ. އޮޅަލި ހަންގަނޑެއް ލިބިފައިވާ މަޔާން އެތާގައި އިށީންދެގެން އިނީ މީހެއްގެ އިންތިޒާރުގައިހެން ހީވެއެވެ.

ކުޑައިރުކޮޅެއްނުވެ ފިރެހެންވަންތަ ހިނގުމެއްގައި އޭނަ އިންތިޒާރު ކުރަމުންދާ މީހާ އެތާ ކައިރިއަށް އައިސް ގޮޑިއެއްގައި އިށީނެވެ. މަޔާންއަކަށް އެޒުވާނާ ދޫނުކުރެއެވެ. ބުޅި އިސްތަށިކޮޅަކާއި ފިރެހެންވަންތަ ހަށިގަނޑެއްގެ ވެރިއެކެވެ. އެ ޒުވާނާ ހުރީ އާދައިގެ ކަޅު ޓީޝާޓްއަކާއި ނޫކުލައިގެ ފަޓުލޫނެއް ލައިގެންނެވެ. އެ ޒުވާނާގެ ޖާދޫގައި ޖެހި މެނޫ ހިފައިގެން އާ ވެއިޓްރެސް ހުރީ ހުއްޓުން އަރާފައި ހުރި ބުދެއް ފަދައިން އެ ޒުވާނާއާއި ދިމާލަށް ބަލާށެވެ. މިތަން ފެނި މަޔާންއަށް އެއްމިޔަކަނުން ހީލެވުނެވެ. އެހެންނަމަވެސް އެޒުވާނާ ހުރީ އެ އަންހެން ކުއްޖާ ހުރި ގޮތުން އުނދަގޫވެފައެވެ. އޭނާ ކަރުކެހެލުމުން، އެކުއްޖާ ތެޅެގަނެފައި އަވަސް އަވަހަށް މާފަށް އެދުމަށްފަހު ދިޔައެވެ. އެއާއެކު މަޔާން ހިފައްޓާގެން ހުރި ހިނިގަނޑު ފަޅައިގެންދިޔައެވެ.

“ޕިސްޕިސް މިތާގެ އަންހެންވެރިން މީ ހާދަ އުނދަގޫ ބޮޑު ބަޔެކޭ… ކުޑަކޮށް ރީތި މީހެއް ފެނުނަސް، އެމީހަގެ ހަށިގަނޑުގައި ލޯތަތްކޮށްގެން ތިބެނީ.. ހުވާ މިބުނީ..” ކައިލް ރުޅިގަދަވެ ހުރެ ބުންޏެވެ. “ސާބަހޭ ކައިލް! ދެން ރީތި މީހެއް ފެނުނިއްޔާ ބަލާނެ ދޯ ކޮންމެ މީހަކުވެސް.. އެތިބަ ފިރެހެނުންތައްވެސް ކަލެޔަށް ބަލާ އެބަ.. އެހެންވީމަ އެމީހުންވެސް ހިތްކީ ކަންނޭނގެ ދޯ؟” އިތުރަށް ކައިލް ރުޅިއަރުވައިލުމުގެ ގޮތުން މަޔާން ހިނިއައިސްފަ ހުރެ ބުންޏެވެ. “އައްޗީޑި މީނަވެސް ދައްކާ ވާހަކަ..” ކައިލް އޭނަގެ އަތުން މަޔާންގެ ކޮނޑުގައި ބޮނޑިއެއް އަޅަމުން ބުންޏެވެ. މަޔާން ހޭންފެށިއެވެ. “ހޫން ހާދަ ދުރެއްގަ އުޅެލާފައޭ ތިއައީދޯ.. މަ ހީކުރީ ކަލޭ މަށާ ރުޅިވީ ކަމަށް..” މަޔާން ފެންފޮދެއް ބޯލަމުން ބުންޏެވެ. “މަ ކަލެޔާ ރައްޓެހިވީ އިރެއް ނުދެނަހުރިން ރުޅިވާކަށް..” ކައިލް ސަމާސާ ރާގަކަށް ބުންޏެވެ. “މާތްކަލާކޯ ކަލޭ އުޅެނީ ފިރެހެނުންނާތަ؟ އޭ މަ ނޫޅެން.. ރަނގަޅު ސޮރެއް ނޫން އަދި މީކީ..” ދެލޯ ބޮޑުކޮށްލަމުން މަޔާން ބުންޏެވެ. “ސާބަހޭ މަ މަޖާކޮށްލީ.. މަ ނޫޅެން ފިރެހެނުންނާ އަނެއްކާ އެހެން ކިޔާނީކީއެއް ނޫން..” ކައިލް ކަޅިއަބުރައިލަމުން ބުންޏެވެ.

“ތިޔެއް ނޫނޭ.. މަހީކުރީ ކަލޭ އެކަންތަކަށްފަހު ރާއްޖެ ނާންނަން ނަދުރު ބުނެގެން ކަމަށް ހުރީ..” ތަންކޮޅެއް ސީރިއަސްވެގެން ހުރެ މަޔާން ސުވާލުގެ ރާގަކަށް އަހާލިއެވެ. “އަހަރެން އެކޮޅުން ޓްރެއިން ހެދީ.. މިކޮޅަށް މިއައީ ކޮއްކޮގެ ކަންތަކުގަ.. ވަރަށް އަޑިއަޑިން ނިންމާލާފަ އޮތް ކަމެއް އެއީ.. އަހަރެން މިކޮޅުން ޖޮއިންވެގެން އެކަންތަށް ބަލަން މިއައީ.. ޔާންގެ ހެލްޕް އަހަރެންނަށް ވަރަށް މުހިންމު..” ކައިލް ފުންނޭވާއެއްލުމަށްފަހު އޭނަ ރާއްޖެއަށް އައި ސަބަބު ހާމަކުރިއެވެ.

” ކިޔާރާ ދޯ.. އައިމް ސޯ ސޮރީ ކައިލް.. އަހަރެން-” މަޔާންގެ ވާހަކަ ކައިލް މެދުކަނޑާލުމަށްފަހު ވާހަކަ ދައްކަންފެށިއެވެ. “ޔާން.. ޔާންގެ މައްސަލައެއްނޫން އެއީކީއެއް.. އަހަރެންނަށް ކުރިން އެތަނަށް ދެވުން ނަމަވެސް އަހަރެންނަށް އިސްކަމެއް ދެވޭނީ އަހަރެންގެ އަމިއްލަ ކޮއްކޮއަށް.. ޑޯންޓް ފީލް ގިލްޓީ އިޓްސް ނޮޓް ޔުއަރ ފޯލްޓް.. އަހަރެން މިހާރު ބޭނުންވަނީ ޔާންގެ ހެލްޕް ކިޔާއަށް އިންސާފު ހޯދައިދޭން..” ކައިލް ބުންޏެވެ. “އަހަރެންނަށް ވެވުނު ހުރިހާ ގޮތަކުން އެހީވެދޭނަން އައި ޕްރޮމިސް..” މަޔާން ފުންނޭވާއެއް ދޫކޮށްލަމުން ބުންޏެވެ. ކައިލް ޝުކުރުވެރި ހިނިތުންވުމެއް މަޔާންއަށް ދިނެވެ. އޯޑަރު ކުރި ކެއުންތަށް ވެއިޓްރެސް ހިފައިގެން އައިސް އަތުރާލުމުން ދެ މީހުން ކާންފެށިއެވެ.

އޭގެއަނެއް ދުވަހެވެ. މައިރީން ދިޔައީ އޭނަގެ ވަޒީފާއަށް ދާން ތައްޔާރުވަމުންނެވެ. ލައިގެން ހުރި ހުދުކުލައިގެ ގަމީސް މަތިކޮޅު މަތިން ކަޅުކުލައިގެ ކޯޓު އަޅައިލިއެވެ. އެއަށްފަހު ކަޅު ކުލައިގެ ބެލްއެއްލުމަށްފަހު، ރަތް ކުލައިގެ ޝޯލްއެއް އަޅައިލިއެވެ. ތުންފަތުގައި މަޑު ރަތް ކުލައެއް ޖައްސާލުމަށްފަހު ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލާ ފުން ނޭވާއެއް ދޫކޮށްލިއެވެ. މިއަދަކީ ކިޔާރާގެ ކޭސްގެ މައުލޫމާތު ފައިލް އޭނަގެ މެނޭޖަރު ދޭނެ ދުވަހަށްވުމުން އޭނަ ހުރީ ހިތް އަވަސްވެފައެވެ. ކިޔާރާއަށް އިންސާފު ހޯދުމުގެ މަގަށް އެ ފައިލްތަކަކީ މުހިންމު އެއްޗެހިތަކަކަށް ވެގެންދާނެއެވެ. އެނދުގެ ހެޑްބޯޑްގައި ލައްގާފައިއިން ކަޅުކުލައިގެ ހޭންޑްބޭގް ނަގައި ކޮނޑުގައި އަޅުވައިމުން އޭނަ ބޭރަށް ނިކުތެވެ. އޭރު އައިނާއާއި އޭނަގެ މައިންބަފައިންވެސް ތިބީ ސައިބޯށެވެ.

ރިޔާޒްއަށް މައިރީން ފެނުމުން ހިނިތުންވެވުނެވެ. އެ ދަރިފުޅަކީ މިއަދު އޭނައަށް ލިބިފައިވާ ވަރަށް ބޮޑު ފަހުރެކެވެ. މައިރީން ހިނިތުންވެލަމުން އައިސް ގޮޑިއެއްގައި އިށީނދެލިއެވެ. “ކަމަނާފުޅު ތަންކޮޅެއް އަވަހަށް ނިކުތް ދުވަހެއް މިއަދު މީ” މައިރީންއާ ދިމާކޮށްލުމުގެ ގޮތުން އައިނާ ބުންޏެވެ. މައިރީން އެހެންނޫނީ އަބަދުވެސް އަންނާނީ ތެޅެމުން ފޮޅެމުންނެވެ. ލަސްކަމުން ގިނަ ދުވަސް ދުވަހު އޭނައަށް ދެވޭނީ ސައިވެސް ނޮބޮއެއެވެ. މައިރީން ކަޅިއަބުރައިލުމަށްފަހު އައިނާއާ ދިމާލަށް ލޯ އަޅައިލިއެވެ. “އަހަރެންގެ ހިތަށް ބައެއްފަހަރު އަރާ މަންޖެގެ އެޓިޓިޔުޑް ތިހެން ދެއްވާފަ ހުންނައިރު ކިހިނެތްބާއޭ ކޯޓް ތެރޭ ތިހެން ނަހަދާ ހުންނަނީ” މައިރީން ކަޅިއަނބުރައިލުމުން ހިނިއައިސްފައި އައިނާ ބުންޏެވެ. “އެއްކަލަ ދެމީހުން ފެށީދޯ.. އައިނާ ތި ވާހަކަ ނުދައްކާ އަވަހަށް ސައިބޮއެ ނިންމަބަލަ… ޒުވާން ކުއްޖެއް ތި ނޫހުގެ ސީއީއޯއަށްވެގެން އުޅޭއިރު އުޅެން ވާނީ ބަލައިގެންނުން.. އާ އެހެންނޫނީ ވަޒީފާއިންވެސް ވަކިކޮށްފާނެވިއްޔާ..” އަޔާނާ ބޯހޫރުވައިލަމުން ބުންޏެވެ.

އެއާއެކު އައިނާ އަނގައަށް ގޮތެއް ހަދައިލަމުން އަޔާނާއަށް ބަލައިލިއެވެ. އަދި ޑްރެމެޓިކް ގޮތަކަށް އޭނަގެ މޭގައި އަތް ޖައްސައިލިއެވެ. “ތިބުނަނީ އަޅުގަނޑު، އާދެ މުޅި ނޫހަށްވެސް ސައްހަ ގޮތުގައި މައުލޫމާތު ގެނެސްދޭ މީހާ ވަޒީފާއިން ވަކި ކުރަން؟؟ ހެހެ ނޫނޭ މަންމާ.. ތިއީ ނުވާނެ ކަމެއް.. އެ ނޫހަށް ޒުވާން ކުދިން ހާއްސަކޮށް އެހާ އެކްސްޕީރިއަންސް މަދު ކުދިން ވައްދާފައި ހުރި ވަރުން ނޫސް ހިނގަނީ ހަމައެކަނި އަޅުގަނޑު ނޫހަށް ގެނެސްދޭ މައުލޫމާތަކުންނޭ ބުންޏަސް ދޮގަކަށް ނުވާނެ…” ފޮނިވެލަމުން އައިނާ ބުންޏެވެ. “އެހެމް އެހެމް. އަހަރުންނަށްވެސް ކްރެޑިޓް ހައްގު އެނގޭ.. އައިއަށް ތިކަން އެހާ ފަސޭހައިން ވަނީވެސް އައިގެ ބެސްޓީ ލޯފާރމްގައި މަސައްކަތް ކުރާތީ..” މައިރީން އެއްބުމަ އަރުވައިލަމުން އައިނާގެ އުޅަބޮށީގައި އޭނަގެ އުޅަބޮށިން މަޑުމަޑުން ޖަހައިލަމުން ބުންޏެވެ. “ދޮގެއް ނޫނޭ… ވަރަށް ބޮޑަށް ޝުކުރް މައީ..” އައިނާ ވަރަށް ލޯބިން ބުންޏެވެ. އަޔާނާއާއި ޝިޔާމާ އަދި ރިޔާޒްވެސް ހުރީ މައިރީންމެންގެ ކަންތައް ހުރި ގޮތުން ހިނިއައިސްފައެވެ.

ކުއްލިއަކަށް ނިދަންލާ ސޯޓުކޮޅުގައި ދުވެލާފައި އައި ހަތަރު އަހަރުގެ މާޔަލް ފެނި އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. މާޔަލް އައިސް މައިރީންގެ އަތުތެރެއަށް ވަނުމުން، މައިރީން ހީލަމުން މާޔަލްގެ ކޮލަށް ދޮނެއް ދިނެވެ. “ދޮންތިގެ ދޫނި ނިދާ ހޭލި ގޮތަށްތަ މި އުޅެނީ..” މައިރީން މާޔަލް ގާތު ވަރަށް ލޯބިން އަހައިލިއެވެ. މާޔަލް އެއްޗެކޭ ބުނުމެއްނެތި ލޯއުނގުޅައިލުމަށްފަހު، މައިރީންގެ ގައިގައި ބައްދާލައި މޭގައި ބޯއަޅައިލިއެވެ. އިރުކޮޅަކުން ފެނިގެން ދިޔައީ ލާރާ ހިނގައިލާފައި އެތަނަށް އައިތަނެވެ. “ޕިސްޕިސް ފެންވަރުވާ ވާހަކަ ބުނީމަ ބަލައިލަބަ މައިދޮންތިގެ ކައިރީ ފިލާ އޮތްލެއް..” ލާރާ ޕިސްޕިސް ކިޔާލަމުން ބުންޏެވެ. އެއާއެކު އެންމެންނަށް ހެވުނެވެ. މާޔަލް ފެންވަރުވަން ލާރާ އުޅޭ ހާލު އެއީ އެކަކަށްވެސް އޮޅިފައި އޮތް ކަމެއް ނޫނެވެ. މާޔަލްގެ ތުއްތު ހުނުމުގެ އަޑުއިވުނެވެ. ލާރާގެ އަޑު އިވުމުން މައިރީންގެ ހެދުމުގައި ހިފަހައްޓައިގެން އޮތް އަތް މާޔަލް ބާރުކޮށްލިއެވެ.

މައިރީންއަކީ އަބަދުވެސް ކުޑަކުދިންނަށް ލޯބިކުރާ އަންހެންކުއްޖަކަށްވުމުން މާޔަލްވެސް މައިރީންއާ ހެދި ހުންނަނީ މޮޔަވެފައެވެ. އެވަގުތު މަޔާން ޕިސްޕިސް ކިޔަމުން ގެޔަށް ވަދުނެވެ. “މަ ކާރުގަ އައިސް މަޑުކޮށްގެން ހުންނަތާ ކިތަންމެ އިރެއްވެއްޖެ މިހާރު… އަދިވެސް ހަމަ ސާބޮއެ ނުނިމޭތަ ތަތްފޮޑިތައް..” މަޔާން އެތެރެއަށް ވަންނަމުން ބުންޏެވެ. އޭނަގެ ލޮލުގައި މައިރީންގެ ގައިގާ އޮޅުލައިގެން އޮތް ދަރިފުޅު ފެނުމުން އަނގައަށް ގޮތެއް ހަދައިލިއެވެ. “ބައްޕިގެ ދަރިފުޅު މައިދޮންތި ގައިގަ ބައްދާލައިގެން ހަމަ ފެންނުވަރާން ބޮޑާ ހާކަނީއޭދޯ..” މައިރީންގެ ގައިގައި ތަތްކޮށްލައިގެން އޮތް މާޔަލް ނަގަން މަސައްކަތް ކުރަމުން މަޔާން ބުންޏެވެ. އެއާއެކު މާޔަލް ހެމުން މައިރީންގެ ހެދުމަށް ބާރުކޮށްލިއެވެ.

“ދޮންތިގެ ޔާލޫ އަވަހަށް ދެންވެސް ފެންވަރަން ދޭ.. ދޮންތި ގައިންވެސް ޔާލް ތި ގޮތަށް ހުންނަންޏާ ނުބައި ވަސް ދުވާނީ.. އޭރުން ކުދިން ދޮންތިއާ ލަލާމާތް ކުރާނެއެއްނުން؟ އޭރުން ދޮންތި ވަރަށް ދެރަވާނެ..” މާޔަލްއަށް ވިސްނޭ ފަދަ ގޮތަކަށް ތުއްތު ކުދިންގެ ބަހުރުވައިން މައިރީން ބުންޏެވެ. އެއާއެކު މާޔަލްގެ ބޮޑު ދެލޮލުން މައިރީންއަށް ބަލައިލުމަށްފަހު “އޯކޭ ދޮންތީ” އޭ ބުނެލިއެވެ. މަޔާން، މާޔަލްގެ ކުޑަ ހަށިގަނޑުގައި ހިފައި އުރައިލިއެވެ. އެއާއެކު މާޔަލް، މަޔާންގެ މޭގެތެރޭ ބޮޑިވެލިއެވެ. “އައްދޭ މިހާރު ބައްޕި ކުއްޖަކަށް ބަދަލުވީތަ؟ ޔާލް ބަސްއަހައިގެން މަންމިއާއެކު ފެންވަރަން ގޮސްފިއްޔާ ބައްޕި މައިދޮންތިއާ އައިދައްތި ޖޮބްއަށްލާފަ އަންނަމުން އައިސް ކްރީމް ގެނެސްދޭނަން..” އެއާއެކު މާޔަލްގެ ދެލޯ ވިދައިގަތް ފަދައެވެ. “ޕިންކީ ޕްރޮމިސް؟” މާޔަލް ކުޑަވާ އިނގިލި ދިއްކޮށްލަމުން އެކުއްޖާގެ ތުއްތު އަޑުން އަހައިލިއެވެ. އެއާއެކު މަޔާން އެކުއްޖާގެ ކުޑަވާ އިނގިލީގައި އޭނަގެ ކުޑަވާ އިނގިލި އަޅުވައިލާ ޕިންކީ ޕްރޮމިސް ކޮށްލިއެވެ.

ސައިބޮއެ ނިމުމުން މަޔާން ދެ އަންހެންކުދިން، އެކުދިން ވަޒީފާ އަދާކުރާ ތަނަށް ލާންދިޔައެވެ. އައިނާ އޭނަ މަސައްކަތް ކުރާ ކޮކާ.އެމް.ވީ ނިޔުސް ބިލްޑިންއަށް ވަދުނެވެ. އޭރު އެތަކެއް ޖާރނަލިސްޓުންތަކެއް އެތަނުގައި ދިޔައީ ހަރަކާތްތެރިވަމުންނެވެ. އައިނާ އޭނައަށް ހާއްސަ ކެބިންއަށް ވަތް ތަނާހެން ކޮންމެސް މީހަކު ދޮރުގައި ޓަކި ޖަހާފައި ވަދުނެވެ. “އައީ ބޮސް ބުނެފި އޮފީހަށް ގޮސްބަލާށޯ..” އައިނާގެ ކެބިންއަށް ވަތް ނިޝްކާ ބުންޏެވެ. އައިނާ ދެލޯ ބޮޑުކޮށްލިއެވެ. “ކިހިނެތްވީ އޯ؟” ހައިރާންވެފައި އައިނާ އަހައިލިއެވެ. “ނޭނގެ ސާރ ބުނީ އަވަހަށް އަންނާށޯ..” ނިޝްކާ ބުންޏެވެ. “އަޖައިބެއް ކަހަލަ ފިރިހެނެއްނުން ތީ ވެސް..” އައިނާ ބޯހޫރުވައިލަމުން މަޑުމަޑުން ބުންޏެވެ. އޭނަ މަޑު ހިނގުމެއްގައި ‘ބޮސް’ގެ އޮފީހަށް ދާން ހިނގައިގަތެވެ.

މަޑުމަޑުން އައިނާ ދޮރުގައި ޓަކި ޖަހައިލިއެވެ. އެއާއެކު އިރުކޮޅަކުން ވަންނަން ގޮވައިލި އަޑު އިވުނެވެ. އައިނާ އެތަނަށްވަދެ ‘ބޮސް’އާ ދިމާލަށް ބަލައިލިއެވެ. އޭނަގެ ބޮސްއަކީ ކާކުކަން އެނގުނު ނަމަވެސް ހަމަ ލޮލަށް މި ފެނުނީ އަދި ކިރިޔާއެވެ. އައިނާއަށް އޭނަ ލާން އުޅުނު ނޭވާވެސް ކަރުތެރޭ ތާށިވި ފަދަ އިހްސާސެއް ކުރެވުނެވެ. ގޮޑީގައި ހަމަޖެހިލައިގެންއިން ޔަޝާލް ހަށިގަނޑު ސީދާކޮށްލީ އައިނާ ވަދުމުންނެވެ. އައިނާ އޭނައާ ދިމާލަށް ބަލަން ހުރި ގޮތުން އޭނަ ގާތަށް ލާނެތް ހިންޏެއްއައެވެ. “ބޭނުންވީތަ؟ މަށަކީ ތިކަހަލަ ބަލައިލުމަކުން ހާސިލްވާ ފަދަ މީހެއް ނޫން އެނގޭ އެކަމަކު..” އައިނާއާއި ނޭވާ އިހްސާސްވާހާ ގާތްވެލަމުން ޔަޝާލް ބުންޏެވެ. އައިނާ ދެން ކޮށްލި ކަމަކުން ޔަޝާލްގެދެލޯ ބޮޑުވެގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

މުޅި ހަޔާތަށް އަސަރުކުރި ކުށެއް

Next

އަބަދަށްޓަކައި ހިތުގެ ލޯބި 20

Next
May 2, 2025

އަބަދަށްޓަކައި ހިތުގެ ލޯބި 20

Previews
May 2, 2025

މުޅި ހަޔާތަށް އަސަރުކުރި ކުށެއް

4 Comments!

  1. aanaa says:
    May 2, 2025 at 7:27 pm

    Masha allah mi part vs vrh reethii
    Aina ekury keehhh???kiss kurytha🙈????
    Assu alhugandu enme kiyaahihvaa gthah mivhk thi genesdheny..mi buny dialogues thahvs…
    curiously waiting for the next
    when next????
    tc lyyyyy💜

    1. Maash Maash says:
      May 3, 2025 at 6:44 pm

      Thankyou darling.. I’m happy u liked it..
      hehe lets see dhw what she did..
      aww thank youuu..
      next part insha allah Tursdayga
      Love u moree💜💜

  2. Annora says:
    May 2, 2025 at 7:30 pm

    Wowwwww mi part ves v reethi 🥰🥰
    Cant wait for the next maaasshhhh🥰🥰🤍🤍🤍
    Lysm🤍🤍

    1. Maash Maash says:
      May 3, 2025 at 6:45 pm

      Thankyou annora.. vrh happy vejje mi part reethi v kan enguneyma..
      next part insha allah tuesdayga..
      love u moreee💜

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 03←


All Right Reserved!