Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredބިރުވެރިއުފެއްދުންތެރި ލިޔުންލޯބި

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 9)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
May 6, 2025 4 Mins Read
0 Comments

އަދާރާ‘

ކިފްލުގެ މަސްތީ އަޑު އަދާރާގެ ކަންފަތުގައި ޖެހިލުމުން ގައިގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެން ދިޔައެވެ. ކިފްލުގެ ހޫނު ނޭވާތައް އޭނާގެ މޫނުގައި ބީހޭހާ ކިފްލުގެ މޫނު ކައިރިކޮށްލުމުން އޮބިނޯންނަ ވަރަށް ތެޅެމުން ދިޔަ ހިތާއިއެކު އަދާރާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.

****

’އަދާރާއަށް އެނގޭތަ އަދާރާ ތިހެން އަހަރެންގެ ހިތް އަތުލައިގެން އުޅޭތާ ކިހާ ދުވަހެއް ވެއްޖެކަން؟‘ ކިފްލު ވަރަށް ސީރިއަސް ރާގެއްގައި އަހައިލިއެވެ.

****

ކިފްލުގެ އެ ޖުމްލައާއިއެކު އަދާރާއަށް މަޑު މަޑުން ދެލޯ ހުޅުވައިލެވުނެވެ.އެ ފަނޑު އަލިކަމުގެ ތެރެއިން ކިފްލުގެ ނޫ ދެލޯ އެހާ ކައިރިން ފެނުމުން އޭނާއަށް ނޭވާ ހިފަހައްޓައިލެވުނެވެ. އަދާރާއަށް ވެފައި ހުރިގޮތް ފެނި ކިފްލުގެ ތުންފަތް ދެމިލިއެވެ.

****

’ނޭނގެ… އަޅެ ބުނެބަލަ ކޮން އިރަކުތަ އަހަރެން ކިފްލުގެ ހިތް އަތުލީ؟‘ ދެމެދުގައި ވީ ކައިރިކަން ދުރުކޮށްލަމުން އަދާރާ އަހައިލިއެވެ.

****

’އަހަރެން ތެދަށް ބުނެފިއްޔާ ނޭނގެ އަދާރާ ގަބޫލު ކުރާނެ ކަމެއްވެސް.ކޮންފިއުޒް ކަންނޭނގެ ވާނީ.‘ ކިފްލު ހުރީ ނިކަން ސީރިޔަސްވެފައެވެ.

****

ކިފްލު އެހެން ބުނުމުން އަދި ވަކިން އަދާރާ ޝައުގުވެރިވީއެވެ.

’އަޅެ ބުނެބަލަ…ބުނީމަ ދޯ އެނގޭނީ ވެސް… ޕްލީޒް…‘ އަދާރާ އެދުނެވެ.

’ދެން އެހެން ދުވަހަކުން ދޯ އެ ވާހަކަ ދައްކާނީ… ހިނގާ އަވަހަށް ދަމާ…މާ ބޮޑަށް ލަސްވީމައި ކަމަކު ނުދާނެއެއްނު… ފަތިސްވުމުގެ ކުރިން ވާނެ އެއްނު ގެއަށް އަންނަން. އެހެން ނޫނީ މިސްކިތަށް ދާން ނުކުންނަ މީހުންނަށް ފެނިގެން ކަންތައްތައް ގޯސް ވެދާނެ.ފެންނަ މީހަކުވެސް ނަގާނީ މުޅިން ނުބައި މާނައެއް. އަދާރާއަށްވެސް އެނގެއެއްނު މިރަށު މީހުންގެ ގޮތް‘

ކިފްލު ވަރަށް ލޯބިން ބުނެލިއެވެ.

****

ކިފްލުގެ އަޑުގައި އެކުލެވުނު ލޯބިވެތިކަން އިހުސާސްވުމުން، އަދާރާ ހިތުން ރުހުމުން ކިފްލުގެ ވާހަކަތައް ގަބޫލުކުރިއެވެ.

****

އަތާއި އަތް ގުޅާލައިގެން ދެމީހުން ގެއިން ނުކުތް އިރު ހީވަނީ ދެ ލޯބިވެރިން ހެންނެވެ. މިހާރުވެސް އަދާރާ އާނބަސް ބުނެފިނަމަ އޭނާ ވަނީ ކިފްލުގެ މީހަކަށެވެ.އެ ޚިޔާލުން އަދާރާގެ ތުންފަތުގައި ކުޅެލީ ލަދުރަކި ހިނިތުންވުމެކެވެ.

****

’އަދާރާ ލޯ މަރާލަބަލަ‘

މަގުމަށްޗަށް ނުކުމެފައި ކިފްލު  ވަރަށް ހިނިއައިސްފައި ހުރެ އަދާރާގެ ގާތުން އެދުނެވެ. ކިފްލުގެ ތަބީއަތަށް އައި ހެޔޮ ބަދަލުން,ބޮޑު ކަމަކަށް ނުހަދައި އަދާރާ ކިފްލު ބުނި ގޮތަށް ކަންތައް ކުރިއެވެ.

****

އަދާރާގެ ދެލޯ މެރުނު ވަގުތު ކިފްލު އޭނާގެ ނިތްކުރީގައި މަޑުމަޑުން ޝަހާދަތް އިނގިލި ކުރި ޖައްސައިލިއެވެ.އެވަގުތު ހޭނެތިގެން ވެއްޓުނު މީހަކު ފަދައިން އަދާރާ ކިފްލުގެ އަތްދަނޑި މައްޗަށް ދެމުނެވެ.

****

ކިފްލުގެ އަތްދަނޑިމަތީގައި އޮތް އިރު އަދާރާއަށް ފެންނަމުން ދިޔައީ ކިފްލުއާއި އެއްވަރަކަށް ހިނގާފައި އޭނާ ދާ މަންޒަރެވެ.ކިފްލު އޭނާއަށް ބަލާލާފައި ހީލާތީވެސް ފެނެއެވެ. އެހެނަސް އޭނާއަށް ނޭނގުނު ކަމަކީ އެއީ ރޫޙާނީ ބާރަކުން އޭނާގެ ލޯމައްޗަށް ދައްކަމުން ދިޔަ ދަޅަތަކެއް ކަމެވެ. އަދި ހަގީގަތުގައި، އޭނާގެ ސިކުނޑީގައި ރައްކާކުރެވެމުން އެ ދާ މަންޒަރުތަކަށް އެ ބާރުން އަތްގަދަ ކޮށްފައިވާ ކަމެވެ.

****

ތުނޑީކޮޅު ރާޅު ބީއްސާ ހިސާބުގައި މަޑުކޮށްލާފައި، ކިފްލު އެނާގެ އަތްދަނޑި މަތީގައި އޮތް އަދާރާގެ މޫނަށް މަޑު މަޑުން ފުމެލިއެވެ.އަދާރާ ލަސް ލަހުން އެސްފިޔަތައް ތަޅުވައިލިތަން ފެނިފައި, ކިފްލު އޭނާގެ ދެފައި ދޮންވެލިގަނޑުގައި ޖެއްސިއެވެ.އަދާރާއަށް ހަމަ ހޭވެރިކަން ލިބުނީ އެހިސާބުންނެވެ.އެހެނަސް އޭނާގެ ހަނދާނުގައި ހުރީ ކިފްލު އޭނާގެ ލޯ މައްޗަށް ދެއްކި ކަންތައްތައް އެކަންޏެވެ.

****

’ސުބުޙާނަﷲ!‘

ރެދަނުން ޖަރީވެފައިވާ ތުނޑި ފެނިފައި އަދާރާ ހީވީ އުފަލުން މޮޔަވިހެންނެވެ.

****

’އަބަދުވެސް އަޑު އަހަން ތުނޑީކޮޅުގައި ރެދަން ލާ ވާހަކަ.އެކަމަކު ހަމަ ލޮލަށް މިފެނުނީ އަދި ކިރިޔާ. ތެންކިއޫ ކިފްލު. ދިސް މީންސް ސޯ މަޗް ޓު މީ!‘

އަތްގޮށްޓެއް ފުރެންދެން ރެދަން ނަގާ ކިފްލުއަށް ދައްކައިލަމުން ފޮނިވެލާފައި އަދާރާ ބުނެލިއެވެ.އޭރު އަދާރާއަށް ލިބިފައިވާ އުފާވެރިކަން ފެނި އެއަށްވުރެ ދެގުނަ އުފާވެފައި، ހިނިތުންވެލައިގެން ގާތުގައި ކިފްލު ހުއްޓެވެ.

****

’އަޅެ ފޯނު ގެނެވުނުނަމަ‘

އަދާރާ ތުންކޮޅު އޫކޮށްލިއެވެ. އެ ހިތްގައިމު މަންޒަރު ހަަނދާނަކަށް އޭނާގެ ފޯނުގައި ރައްކާކޮށްލަން އޭނާ ބޭނުންވީއެވެ.

’ކީއްކުރާ ފޯނެއްތަ؟ހަމަ ލޮލުން ބަލާލަން މާ ރީއްޗެއްނު.އަހަރެން ކޮންމެ ރެއަކުވެސް އަދާރާ މިތަނަށް ގެނެސްދީފާނަމޭ.‘ ކިފްލު ހިނިއައިސްފައި ހުރެ ބުނެލިއެވެ.

’އަހަރެން ހިތަށް އަރާ އަޅެ ކިފްލު ހާދަ ބިރު ކުޑައޭ.އަޅެ ހަމަ އެއްވެސް ވަރަކަށް ބިރު ނުގަނޭތަ މެންދަން ވަގުތު ތުނޑިއަށް ފައިބާކަށް‘ އަދާރާ ސީރިއަސްވެލިއެވެ.

’އަޅެ ކޮން ބިރެއްތަ އަހަރެންް ގަންނަންވީ.ބިރަކީ ދުޝްމިނެކޭ.އަޅެ މިރޭ އަދާރާ ބިރުންނޭ ކިޔާފައި މިތަނަށް ނައިނަމަ ތި ރީތި މަންޒަރު އަދާރާއަށް ފެންނާނެތަ.ނުފެންނާނެއެއްނު.‘ ކިފްލު ހީލަމުން ބުނެލިއެވެ.

’އާނ ދޯ…ދެން ނަސީބެއްނު ކިފްލު ތިހާ ބިރު ކުޑަކަން. އޭރުން އަހަންނަށް ކުރިއަށް އޮތް ތަނުގައިވެސް ގިނަ ގިނައިން މިކަހަލަ ޗާންސް ލިބޭނެއެއްނު.‘ އަދާރާ ލަދުރަކި ހިނިތުންވުމަކާއި އެކު ބުނެލިއެވެ.

’ކުރިއަށް އޮތް ތަނުގައޭ ތިބުނީ…އެހެންވީމަ އަދާރާ އަހަންނަށް ފުރުޞަތު ދިނީތަ ތި؟‘ ކިފްލު ކުއްލިއަކަށް ނިކަން ސީރިޔަސްވިއެވެ.

އަދާރާ ތުންފަތުގައި ދައިގަންނަމުން ބޯ ޖަހައިލިއެވެ.

’އަހަރެންް ބޭނުން ޔަގީންކަން.އަދާރާ ހަމަ އަސްލުވެސް އަހަންނަށް އާނއެކޭ ބުނީތަ ތި؟ އާއެކޭ ބުނާ ހިސާބުން ތިއީ ހަމަ އެކަނި އަހަރެންގެ މިލްކެއް އިނގޭ.އެކަން ހަނދާން ކުރައްޗޭ‘ ކިފްލު ކުރިއަށް ޖެހިލައި، އަދާރާގެ ހޫނު ނޭވާތައް އިހުސާސްވާހާ ކައިރީގައި ހުއްޓެމުން ބުނެލިއެވެ.ކިފްލު އެހާ ގާތް ވެލުމުން ހަމަ ކުރީ ފަހަރުހެން އަދާރާގެ ހިތުގެ ހިނގުން އަވަސްވެލިއެވެ.

****

’އާނ.. ކިފްލު… އައިމް އޯލް ޔޯރސް…‘ އަދާރާއަށް ބުނެވުނީ ވައި އަޑުންނެވެ.އަދާރާގެ އެ ޖުމްލަ އާއި އެކު ކިފްލުގެ ތުންފަތް ދެމިލައިފިއެވެ.

****

’އަދާރާ ޕްލީޒް ޑޯންޓް ޓްރައި ޓު ސްޓޮޕް މީ އެނީމޯ‘ ކިފްލު އިހުނަށްވުރެވެސް އޭނާގެ މޫނު އަދާރާގެ މޫނާއި ކައިރިކޮށްލަމުން ބުނެލިއެވެ.ދެވަނަ ސިކުންތު އޭނާ އަދާރާގެ ތުންފަތުގައި ބޮސް ދީފިއެވެ.އަދާރާއަށް ހީވީ އޭނާގެ މުޅި ހަށިގަނޑުގައި ކަރަންޓްގެ އޮއިވަރެއް ހިނގައިގެން ހެނެވެ. ކިފްލުގެ އެ ހަރަކާތުން ހިއްސުތަކަށް އެ ލިބިގެން ދިޔަ މަސްތުކަމުގައި, އޭނާއަށްވެސް ކިފްލުއާއި ބައިވެރި ވެވުނެވެ.

****

’ތީ ހަމަ އެކަނި އަހަރެންގެ މީހެއް.‘ ކިފްލު އޭނާގެ މޫނު ދުރުކޮށްލި ގޮތަށް އަދާރާގެ ނިތުގައި ނިތް ޖައްސާލަމުން، މައިނޭވާ ލެވިފައި ހުރެ ބުނެލިއެވެ.

’ޔެސް އަމް ޔޯރސް އޭ..‘ އަދާރާވެސް ހަމަ އެ ބީދައިން ބުނެލިއެވެ.

’އަމް ސޮރީ އެނގޭ.އަސްލު އަހަރެން އަދާރާއާ މާ ބޮޑަށް މިހެން ކްލޯޒް ވާން ފަށައިފިއްޔާ އައި ކޭންޓް ސްޓޮޕް.އައި ކޭންޓް ރެޒިސްޓް ޔޫ އަދާރާ. އަހަންނަށް އަދާރާ ހިތްހަމަ ނުޖެހޭ ކަމެއް ކުރެވިދާނެތީވެސް ބިރުގަނޭ… ބަޓް އަދާރާ އާއެކޭ ބުނީމަ އައި ޖަސްޓް ވޯންޓެޑް ޓު ކިސް ޔޫ.‘ ކިފްލު ވަރަށް ދެރަވެފައި ބުނެލިއެވެ.ކިފްލު އެގޮތަށް ފޮރުވުމެއްނެތި އޭނާގެ ހަގީގީ އިހުސާސްތައް ކިޔައިދިނުމުން އަދާރާ އަދި ވަކިން އިތުރަށް ކިފްލުއާއި ގަޔާވިއެވެ.

****

’އިޓްސް އޯކޭއޭ.އަހަރެންވެސް ކިފްލުއާ ލައިކްވެޔޭ. ކިފްލު މާ ކްލޯޒް ވަންޏާ އަހަރެން ހުއްޓުވާނަން އޯކޭއެއްނު އެ ގޮތް؟‘

ކިފްލު ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން އަދާރާ ބުނެލިއެވެ.އެހެނަސް ކިފްލުގެ އެ ބީހިލުމުގެ ސަބަބުން އޭނާ އަދިވެސް ހުރީ  ކުޑަ ވަރެއްގެ ޝޮކެއްގައެވެ. އޭނާގެ މުޅި ހަޔާތުގައިވެސް ފިރިހެނަކަށް އެފަދަ ފުރުސަތެއް ދެވުނު މިއީ ފުރަތަމަ ފަހަރެވެ.ކިފްލު އޭނާއަށް ޖައްސައިގެން މިއުޅެނީ ކޮން ފަދަ ޖާދޫއެއް ހެއްޔެވެ؟

****

ކިފްލުގެ އަތުގައި ހިފާލައިގެން، ރެދަނުން ވިރުވާ އަޅައިފައިވާ އެ ތުނޑީގައި ހިނގަމުން ދިޔައިރު، އަދާރާގެ ތުންފަތުގައި ކުޅެލަ ކުޅެލާ ހުރި ހިނިތުންވުން ފަނޑުނުވެެއެވެ. އެހެނަސް ވަކިވުމުގެ ވަގުތު ކުޑަތަންވަމުން ދާތީ ކިފްލުގެ މޫނު މަތިން އުފާވެރި ކަން ގެއްލެން ފެށިއެވެ.އެންމެ ހިނދުކޮޅަކަށްވެސް އޭނާ މިހާރު އަދާރާއާއި ދުރުގައި ހުންނާކަށް ބޭނުމެއްނޫނެވެ. ވަގުތު ހިނގުން ހުއްޓުވާލެވޭނެނަމަ އެ އުފާވެރި ވަގުތުތަކަށް ނިމުމެއް އަޔަކަ އޭނާ ނުދޭނެއެވެ.ވަގުތު ވެގެން ދިޔައީ އެ ހިނދުކޮޅުގައި އެނާގެ ދުޝްމިނަކަށެވެ.

****

’އަދޫ ވަރަށް ލަސްވޭ އެބަ.ދެން ނެތް ފަނަރަ މިނެޓުވެސް ފަޖުރަށް ލާކަށް.ހިނގާ ދަމާ. ދެން އެހެން ރެއަކުން އަނެއްކާވެސް އަންނާނީ.‘

އަދާރާގެ އަތަށް މަޑު މަޑުން ލަތްކެއް ޖަހަމުން ކިފްލު ބުނެލިއެވެ. އެހެނަސް އަދާރާ ގެއަށް ދާހިތް ނުވެގެން ކުޑަ ކުއްޖެއްހެން ކުސްތަޅައިލިއެވެ.އަދާރާ ބޭނުންވާ ގޮތް ހަދައިދޭން ބޭނުމެއް ކަމަކު ކިފްލުއަށް އެގޮތަށް ކަންތައްކުރެވޭކަށް ނެތެވެ. އޭނާއާއި ހަވާލުވެފައި އޮންނަ މަސްއޫލިއްޔަތުތަކަކީ އޭނާއަަށްވެސް ކުރަން މަޖުބޫރުވެފައިވާ ކަންތައްތަކެވެ.އެ ކަންތައްތަކުން އޭނާއަށް ބޯ ދަމައި ގަނެވޭކަށްވެސް ނޯންނާނެއެވެ.

****

އަދާރާ ގޮތްދޫނުކުރަން އުޅެން ފެށުމުން ކިފްލުއަށް ގޮތް ހުސްވިއެވެ. ވަގުތު ހިނގާ ވަރުން ހިނގަނީ އެވެ. ލަސްކުރެވޭކަށެއް އޭނާއަކަށް ނެތެވެ.ބާރުގެ ބޭނުން ކުރަން އަނެއްކާވެސް މަޖުބޫރުވީއެވެ.

****

ކިފްލު ތަންކޮޅެއް އަޑު ހަރުކޮށް އަދާރާގެ ނަމުން ގޮވައިލުމުން އަދާރާ ނިކަން ފަސޭހައިން އޭނާއާއި ހަތަރުކަޅި ހަމަކޮށްލައިފިއެވެ. ކިފްލު ކުރިއަށް ޖެހިލައި،މަޑު މަޑުން އަދާރާގެ ނިތުގައި ޝަހާދަތް އިނގިލި ކުރި ޖައްސައިލިއެވެ.ކަނޑައިލި ރުކެއްހެން ވަގުތުން އަދާރާ އޭނާގެ އަތްދަނޑި މައްޗަށް ދެމިއްޖެއެވެ.

 

 

ނުނިމޭ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ތި ލޯތްބެއް އަލަކުން ނުލިބޭނޭ! ޓްރެއިލާ

Next

ޒެވިއަން 6

Next
May 6, 2025

ޒެވިއަން 6

Previews
May 6, 2025

ތި ލޯތްބެއް އަލަކުން ނުލިބޭނޭ! ޓްރެއިލާ



All Right Reserved!