Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޒެވިއަން 6

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 6, 2025 3 Mins Read
8 Comments

“ދަރިފުޅާ؟ ކޮން ޙިޔާލެއްގަ؟” ލުބައިނާ އެއްސެވެ. ޒެވިއަން ހިނިތުންވެލިއެވެ. މަންމައާއި ހުރިހާ ވާހަކައެއް ހިއްސާ ކުރާ ޒެވިއަންއަށް އެވާޙަކަ މަންމަ ގާތުގައި ދެއްކުމަށް ލަދުވެތިވިއެވެ. އެއީ ނިމްރާއަކީ މަންމަގެ އެންމެ ގާތް ރަހްމަތްތެރިޔާ ކަމުގައިވީތީއެވެ.

“އޭ. އޭ. ހާދަ ވަރަކަށް ތިހެނީ؟ މަންމަގެ ޒެވްއަށް އަނެއްކާ ކުއްޖަކު ދެކެ ލޯބިވެވުނީތަ؟” ލުބައިނާ އަހާލިއެވެ. ލުބައިނާގެ އެސުވާލާއި އެކު ޒެވިއަން ވަކިން ލަދު ގަތެވެ. ނަމަވެސް ބޯޖަހާލިއެވެ. “އަސްތާ. އެހެންތަ؟ ކޮބާތަ އެނަސީބު ގަދަ ކުއްޖަކީ؟” ލުބައިނާ އުފާވެލާފައި އެއްސެވެ. “ނުހާ…” ވަރަށް ލަދުން އިނދެ ޒެވިއަން ބުންޏެވެ. “އަސްލުތަ؟” ޒެވިއަން ބޯޖަހާލިއެވެ.

“މަންމަ އޯކޭތަ؟” ޒެވިއަން އަހާލިއެވެ. “ޔަގީނެއްނުން؟ މަންމައަށް އޯކޭ، ދަރިފުޅު ބޭނުން ކުއްޖަކާ ރައްޓެހިވާންވީ ހަމަ. ނުހާއަށް އެނގޭތަ؟” ލުބައިނާ އަހާލިއެވެ. “ނޫން ނޭނގޭނެ. އެއްވެސް މީހެއް ގާތުވެސް ނުބުނަން މަންމަ ގާތު މިބުނީވެސް ފުރަތަމަ.” ޒެވިއަން ހިނިތުންވެލަމުން ބުންޏެވެ. “އެހެންތަ؟ ކޮން އިރަކުން ފެށިގެންތަ؟” ލުބައިނާ އެއްސެވެ. “ނުހާމެން މިކޮޅަށް ބަދަލުވީން ސުރެ” ޒެވިއަން ހިނިތުންވެލިއެވެ.

“މަންމަ ތިކަމާއި ވަރަށް ގަބޫލު. މަންމައަށް ޔަގީން ނިމް ދައްތަމެންވެސް އޯކޭވާންކަން” ޒެވިއަންގެ އުނަގަނޑުގައި ފިރުމާލަމުން ލުބައިނާ ބުނެލިއެވެ. “ހެހެ އެކަމަކު އަދި ނުބުނައްޗޭ ނިމް ދައްތަ ގާތުގަ. ނުހާ ގާތުގަ އަހާފަ ނުހާ ޔެސް ބުނިއްޔާ” ޒެވިއަން ބުނެލިއެވެ.

ސުކޫލުން އަހިސް ވެފައިހުރި ވަރުބަލިން މިކިޔަލް ބޭނުންވީ ނިދާލަންށެވެ. ނަމަވެސް ނިދިވީ އަތް ފޯރާ ހިސާބަށްވުރެ ދުރުގައެވެ. އެހެންކަމުން މިކިޔަލް ނުކުމެލީ ބޭރަށެވެ. އުނދޯލި ހެއްލާލަން އޮތުމުން ނިދިދާނެހެން ހީވެގެންނެވެ. ލައިގެން ހުރި ސޯޓު ކޮޅާއި އެކު މިކިޔަލް ނުކުތީ އެއްވެސް ހިޔާލެއް ނެތިއެވެ. ދެލޯ މަރައިގެން ކަހަލަ ގޮތަކަށް ހިނގާފައި ދިޔަ މިކިޔަލް ސިހުނީ މީހެއް ގައިގައި ލައިގަތުމުންނެވެ. މިކިޔަލް ސިހުނު ވަރުން އެކުއްޖާއާއި އެކު ވެއްޓުނީ ބިންމައްޗަށެވެ.

ބިންމަތީގައި އޮތް މެހެކް ދެލޯ ހުޅުވާލީ އިރު ގައިމަތީގައި އޮތް ފިރިހެންމީހާ ފެނި މެހެކްއަށް ދެލޯ ބޮޑު ކޮއްލެވުނެވެ. ލައިގެން ހުރި ކުރު ސޯޓު ކޮޅު ނޫން އެހެން އެއްޗެއް އޭނާގެ ހަށިގަނޑުގައި ނެތުމުން މެހެކްއަށް ހަޅޭލަވައިގަނެވުނެވެ. އަދި އަތުގައި ހުރި ބާރެއް ލާފައި އޭނާ ކޮއްޕާލިއެވެ.

“ޔޫ ޕާރްވާރްޓް.” ބިންމަތީގައި އޮތް ފިރިހެންމީހާއަށް ބަލައިލަމުން މެހެކް ބުންޏެވެ. “ޔޫ އެބިއުޒާރް” ބިންމަތިން ތެދުވަމުން މިކިޔަލް ބުންޏެވެ. “ކާކުތީ؟ ކީއްކުރަން މިގެއަށް ތިއައީ؟ ކައިލް ބިޓުތަ؟” މިކިޔަލްއެއްސެވެ. “ކައިލްއޭ؟ ނުހާގެ ކޮއްކޮ؟ ނޯވޭ. ތިކާކުތަ؟ މަމީ ނުހާގެ ބެސްޓީ” މެހެކް ބުނެލިއެވެ. މިކިޔަލް ޖަހާލީ ހިނިގަނޑެކެވެ.

“ކިހިނެތްވީތަ ތިހެނީ؟ ހޭނެކަމެއް ނެތޭ. ގައިމު ހީވަނީ ބޮޑު ކިނބުލެއްހެން ހޭއިރު” މެހެކް ބުނެލިއެވެ. “ހެވޭނެދޯ؟ ނުހާގެ ބެސްޓީއޯ؟ އެހެންވިއްޔާ އެނގެންވާނެދޯ މީއީ ކާކުކަންވެސް؟” މިކިޔަލް އެއްސެވެ. އެވަގުތު ނުހާއަށް ނިކުމެވުނެވެ.

“ވަޓް ދަ..؟ އޯކޭ ވައި އާރް ޔޫ ސްޓޭންޑިންގ ނެކްސްޓުމައި ބެސްޓީ ހާފް ނޭކެޑް؟” ނުހާ އެއްސެވެ. “ނޫ. މިކޮންކަހަލަ ޕާރްވާރްޓް އެއްތަ؟ މީނަ މިގޭގަ ކީއްތަ އެކުރަނީ؟” މެހެކް އެއްސެވެ. އެއާއި އެކު ނުހާއަށްވެސް ހެވުނެވެ. “ވައި ޔޫ ލާފިންގް” ތުންކޮޅު އޫކޮށްލާފައި މެހެކްއެއްސެވެ.

“ސާބަސް މިމީއަށް. މިއީ ނޫ ބައްޕަގެ ފިރިހެން ދަރިފުޅު. މައި ސްޓެޕް ބްރަދާރް މިކިޔަލް. ހަހަ” ހެމުން ހެމުން ނުހާ ބުންޏެވެ. އެއާއި އެކު މެހެކްގެ ދެލޯ ބޮޑުވިއެވެ. “ހެލޯ؟ ބުނުން އިންޕޯޓެންޓްވީމަ ބުނެލަނީ އިނގޭތޯ؟ އަޅުގަނޑުގެ ބައްޕައަކީ ހީވާގީ ފުލުހެއް، އަދި މަންމައަކީ ހީވާގީ ލޯޔަރެއް. މަށާ ދިމާލަށް ޕާރްވާރްޓްއަކަށް ގޮވީތީ އަޅުގަނޑަށް ތިބޭފުޅާއަށް ދައުވާ ކުރެވިދާނެ އިނގޭތޯ؟” ދެއަތް ފުރަގަހަށް ލަމުން މިކިޔަލް ބުންޏެވެ.

“އޭ މަށަށް ކިޔަނީ ބޭފުޅާއެއް ނޫން އިނގޭ؟ މަށަށް ކިޔަނީ މެހެކް” މެހެކް ބަލި ނުވާންވެގެން ބުނެލިއެވެ. “މަށަށް ކީއްތަ މެހެކް އެއްނޫން މަހެއް ވިޔަސް؟” މިކިޔަލް ބުންޏެވެ.

“އާން ހޫން ދެން ނިމުނީ. އަވަހަށް ހިނގާ މިތަނުން ދާން” ދެމީހުންގެ ޒުވާބު މާހޫނުވެދާނެތީ ނުހާ އަވަހަށް އެތަނުން ހިނގައިގަތެވެ. “ކޮންކަހަލަ މަރަމޯލެއްތަ އެއީ؟” މޫނު ކުނި ކޮއްލަމުން މެހެކްއެއްސެވެ.

މެހެކްއާއި އެކު ނުހާ ދިޔައީ “ހެވެން ބައިޓްސް” ނަމަކަށް ކިޔާ ރެސްޓައުރެންޓްއަކަށެވެ. 6 އަހަރު ފަހުން އެންމެ ގާތް އެކުވެރިޔާއާއި ދިމާވުމުން ދެކުދިންވެސް ތިބީ އުފަލުންނެވެ. ދައްކާނެ ވާހަކަވެސް ހީވަނީ ގިނަވެފައި ހުރި ހެންނެވެ.

“ކޮބާ ކޮބާ ނޫ މިހާރު ބިޓެއް ހުރޭތަ؟” އޯޑަރު ޖަހާފައި މެހެކް އެއްސެވެ. “ހެހެ ނޯ. މިމީއޯ؟” ކައިރީ އިން ފެންތަށީގައި ތުން ޖަހަމުން ނުހާ ބުންޏެވެ. “ނޫން. އެކަމަކު.. ކްރަޝްއެއް ހުރޭ..” ލަދުން އިނދެ މެހެކް ބުނެލިއެވެ. “އޭ އަސްލުތަ؟ ކޮބާތަ އެލަކީ ބޯއީ އަކީ؟” ނުހާ އަވަސް އަވަހަށް އެއްސެވެ. “ޒެވިއަން” މޫނުމަތީގައި އަތް އަޅަމުން މެހެކް ބުންޏެވެ.

މެހެކްގެ ޖަވާބާއި އެކު ނުހާގެ ހަރަކާތްތައް ހުއްޓުނެވެ. ނޭނގޭ ކޮންމެވެސް ސަބަބަކާއި ހުރެ މެހެކް ދެކެ ރުޅިއާދެވުނެވެ. އަދި ދެރަވެސްވިއެވެ.

ފުރަތަމަ ދުވަސް ކަމުން އެހާ ގިނަފިލާވަޅުތައް ނެތް ނަމަވެސް، އަލާޔާ ބޭނުންވީ ކުޑަކޮއް ފޮތް ކިޔާލަންށެވެ. 2 ގަޑި އިރު ހަމަ ކޮއްފައި އަލާޔާ ތެދުވެ ފޯނު ނެގިއެވެ. ފޯނު ނެގުމާއި އެކު އަލާޔާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އައިޒިންގެ މެސެޖެވެ. ވަގުތުން އަލާޔާގެ ހިތް ތެޅިގަތެވެ. ވަރަށް ހިތްއަވަސްވެފައި ހުރެ އައިޒިންގެ އެމެސެޖް ހުޅުވާލިއެވެ.

“ހެއި. ބިޒީތަ ހަވީރުން؟ ދިމާކޮއްލަންވީނުން؟” އައިޒިންގެ މެސެޖުގައި އިނެވެ. “ޔާ، ޝުއާރް” އަލާޔާ އެޔަށް ރިޕްލައި ކޮއްލިއެވެ. ގަޑިއަކަށް 30 4 ބުނުމުން އަލާޔާ ގަޑި ބަލައިލިއެވެ. އޭރު ގަޑިން 45 2 ކެވެ. އެހެންކަމުން އަލާޔާ އަވަހަށް ހަރަކާތް ކޮއްލީ ތައްޔާރު ވުމަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 9)

Next

ޒެވިއަން 7

Next
May 7, 2025

ޒެވިއަން 7

Previews
May 6, 2025

ހިތް އެދޭ ލޯތްބަކީ ތީ (ޕާޓް 9)

8 Comments!

  1. aanaa says:
    May 6, 2025 at 1:52 pm

    mi part vs vrh reethiii masha allah
    nuha mehek dheke rulh aadheveyny hama gaemvs knmvs feeling eh huhnaathyy dhwww…xev ahh..vrh curious dhnnn mihaar vrh vrh bodukohhh..
    aizin eupheny propose kurantha?????
    mihar vs next part kiyaahih eba veyyy….
    curiously waiting for the nexttt
    when next????
    tc lyy

    1. shihaamaa ali shihaamaa ali says:
      May 6, 2025 at 3:25 pm

      Hehe dhww..
      Neynge dhww aizin kuran e ulheny kyh kan engeyne next ep ga hehe..
      Stay tuned in sha allah very soon
      Lyt❤️

  2. Shaf_maan says:
    May 6, 2025 at 6:54 pm

    Mi part vx v reethi Maasha Allah
    I think Nuha likes Xev. Eiy ehn noony rulhi ais dhera ey nuvaane dhw
    Is Aizin doing to propose to Alaaya
    So curious
    Can’t wait for the next part
    💜❤️

    1. shihaamaa ali shihaamaa ali says:
      May 7, 2025 at 3:49 pm

      jazaakallah khairan 🙂

  3. Your fav bab Your fav bab says:
    May 6, 2025 at 8:03 pm

    Alhey shier mi part ves varah furihama MA
    I’m totally so curious
    Nuha likes zev for sure then e dheythere ah mehek gandu nuvadhaathi Cox mehek is all mikiyal’s🤣🤣🤣
    Hope aizin’s gonna propose to alaayaa n she says yup!!
    Shier ah engeytha I varahhhh busy ey I barely can comment, tests in a row anekkolhun I join kohgen ulhey academy in match thakeh kulheny!! argh I’m so doomed 🤯
    When next?
    Lysssm💗💗💗
    Tc

    1. shihaamaa ali shihaamaa ali says:
      May 7, 2025 at 3:49 pm

      jazaakallah khairan 🙂
      awww alheyyy best of luck in everything darls in sha allah u do welll
      lyyyyy and tc

  4. gurrrl_8 gurrrl_8 says:
    May 6, 2025 at 9:36 pm

    When next
    Can’t Wait for it
    Ly🥰🥰

    1. shihaamaa ali shihaamaa ali says:
      May 7, 2025 at 3:50 pm

      jazaakallah khairan 🙂

Comments are closed.

Next Episodeޒެވިއަން 7←


All Right Reserved!