އެސެމްބްލީގައި ތިބި ކުދިންތަކުގެ ތެރޭގައި ހުރި މާވީ ދިޔަކީ ތުރުތުރު ލަމުންނެވެ. މާވީ ފަހަތުގައި ހުރި ލިލިއާ ހުރީ މާވީއަށް ވަމުން ދިޔަ ގޮތުން ފުސް މޫނު ހަދައިގެންނެވެ. އިސްޖަހާލައިގެން ހުރި މާވީގެ ދެލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ވެއްޓުނެވެ. މާވީ ބަލައިލީ ފިރިހެން ކުދިންގެ ސަފަށެވެ. އެތަނުގައި ހުރި ޔަޝްއަލް ފެނި ބޮޑަށް ރޮވޭގޮތްވިއެވެ. ކަރުނައިގެ ތެރެއިން ޔަޝްއަލްގެ މޫނަށް ބަލަން ހުރި މާވީއަށް ދިޔައީ މަންޒަރު ފުސް ވަމުންނެވެ. ކުޑަހިނދުކޮޅެއް ތެރޭގައި މަންޒަރު އެކީ ފުސްވެ މާވީ ހުރިތަނަށް ދެމުނެވެ.
ވަގުތުން ހުރިހާ ޓީޗަރުން ދުވެފައި ގޮސް މާވީއަށް އެހީވިއެވެ. ފަހަތުގައި ހުރި ލިލިއާ ދުރަށް ޖެހުމުން މާވީ ވެއްޓުނީ ބިންމައްޗަށެވެ. އެހެން ކަމުން މާވީގެ ބޮލުން ލޭވެސް އަންނަމުން ދިޔައެވެ.
“އޭނަ ކީއްތަ މިވަނީ؟” ކުރިމަތީގައި ހުރި އައިޒިން ގާތުގައި ޒެވިއަން އެއްސެވެ. “ކަލެއަކަށް ނޭނގޭތަ؟ ބިޒްނަސް ކްލާސްގަ އުޅެއެއްނުން ޔަޝްއަލްއެއް؟ އެސޮރު ބިޓު އެއީ. ރުޅިވީ ކަންނޭނގެ. ކަލެއަކަށް ނޭނގޭތަ؟” އައިޒިން އެއްސެވެ. ޒެވިއަން ދެފަރާތަށް ބޯހޫރުވާލިއެވެ.
ދުވަހުގެ ބާކީ އޮތް ހުރިހާ ވަގުތަކު ހުރިހާ ކުލާހެއްގައި ހެން ދެކެވުނީ މާވީގެ ވާހަކައެވެ. އިންޓަވަލް ވަގުތު ޖެހި ގެއަށް ދެވުނު އިރު ޔަޝްއަލް ހުރީ އިވެމުން ދިޔަ ވާހަކަތަކާއި މެދު ރުޅިއަހިސްފައެވެ. ގެއަށް ވައިން އިރު ހަނޑޫ ހޮވަން އިން އަރޫޝާއާއި ދިމާލަށް ވަށް ކަޅިން ބަލާލާފައި ގޮސް ޔަޝްއަލް ނެގީ އޭނާ ގެންގުޅޭ ސިންގިރޭޓު ފޮއްޓެވެ.
“އަނހާ؟ ދަރިފުޅުމެންއައީދޯ؟ އަވަހަށް އާދޭ ސައިބޯން” ގެއަށް ވަދެގެން އައި ޒެވިއަން، ޔަލާން އަދި އަލާޔާ ފެނި ލައިނާ ބުންޏެވެ. “ހާދަ ވަރުގަދަ ވާހަކައެއްގަ މިއަދު ތިތިބީ ކިހިނެތްވީތަ އަނެއްކާ؟” ލުބައިނާ އަހާލިއެވެ. “މިއަދު އެސެމްބްލީގައި ހުއްޓަ ކުއްޖަކު ފެއިންޓްވެގެން ވެއްޓުނީ. މުޅި ސްކޫލްގަ ކިޔަނީ އެކުއްޖަ ބިޓާއި ރުޅިވެގެންނޯ އެއުޅެނީ. މުޅި ސުކޫލުގަ އެވާހަކަ” އަލާޔާ ކިޔައިދިނެވެ.
މަންޒަރު ބަލަން އިން އަރޫޝާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ހަނޑޫ ދޮލަނގު ބައިންދާފައި ގޮސް ޔަޝްއަލް ތުނބުގައި އިން ސިނގިރޭޓު ނަގާ އަރޫޝާ ބިންމައްޗަށް ވައްޓާލިއެވެ. “މަންމަ މޮޔަވީތަ؟” ޔަޝްއަލް ރުޅިވެރިކަމާއި އެކު އެއްސެވެ. “ދަރިފުޅު ކޯއްޗެއްތަ ކާން ބޭނުމީ؟” ހިނިތުންވެލާފައި އަރޫޝާ އެއްސެވެ.
“މަންމައަށް މަކައިރީ ތިހެން އަހަން ކެރުނު ކަން” ޔަޝްއަލް ސިނގިރޭޓު ފޮށި ނަގަމުން ބުންޏެވެ. “ކަލޭ ކައިރީ މަބުނެފީމެއްނުން ކަލޭ މަންމައަށް ތިހެން ވާހަކަ ނުދައްކާށޭ؟؟” އެވަގުތު ގޭތެރެއިން ނިކުން ޔަޝްއަލްގެ ބައްޕަ ބުންޏެވެ. ވަގުތުން ހީވީ ޔަޝްއަލްގެ ތުމުގައި ތަޅެއް ލެވުނު ހެންނެވެ.
އިންޓަވަލް ގަޑި ނިމުމުން ގެއިން ނިކުން ޔަޝްއަލްގެ ފިޔަވަޅުތައް ހުއްޓުނީ ދޮރުކުރިމަތީ ހުރި މާވީ ފެނިފައެވެ. މާވީގެ ކަރުނަވީ ދެލޮލާއި ރަތްވެފައިވީ ނޭފަތްފެނި ޔަޝްއަލްގެ ހިތުގައި ރިއްސާލިއެވެ. އެކަން މާވީއަށް ފޮރުވުމަށްޓަކައި ޔަޝްއަލް ދުރުބަލައިލިއެވެ.
“6 އަހަރު. މިކިޔަނީ ކުޑަ ދުވަސްކޮޅެއްގެ ވާހަކައެއްނޫން. 6 އަހަރު. ޔަޝް އަހަރެންނަށް ތިހެން ހަދާނެ ނަމަ ކީއްކުރަން އެހާ ދުވަހު އަހަރެންނާއި އެކު އުޅުނީ؟ ކޮބާ ވީ 18 އަހަރުވީމަ ކައިވެނި ކުރަންވީ ވަޢުދު؟ ޔަޝް ކީއްވެ ވީއަށް ތިހެން ތިހަދަނީ؟” ރޮމުން ހުރެ މާވީ ބުނެލިއެވެ. “ވަޓް ދި ހެލް ޑޫ ޔޫ އެކްސްޕެކްޓެޑް ފްރޮމް މީ؟ މަށަށް އަދި 17 އަހަރޭ. އަހަރެން ބޭނުމެއްނޫން ހަމަ 18 އަހަރުވާއިރަށް އަނބިދަށު ވާކަށް. ލިވް އަ ލިޓްލް” އެއްވެސް އަސަރެއްނެތި ޔަޝްއަލް ބުންޏެވެ.
“ނޫން. ޔަޝް.. ވީ ކިހިނެތް ޔަޝްއާއި ނުލާ އުޅޭނީ؟ ކިހިނެތް މިކަން ވީއެކަނި ކުރަނީ؟” މާވީ އެއްސެވެ. އެއާއި އެކު ޔަޝްއަލްގެ ހިތަށް އެރީ ސުވާލު މާކްއެކެވެ. މާވީ ހުޅުވާލީ އޭނާ ކޮނޑުގައި އިން ދަބަހެވެ. ދަބަސް ހާވާލާފައި މާވީ ކޮންމެވެސް އެއްޗެއް ނެގިއެވެ. އަދި ޔަޝްއަލް މޭމަތީގައި އޭގެން ޖެހިއެވެ.
“މީ ހަމަ އެކަނި ވީ ކުރިކަމެއް ނޫން. މީ ޔަޝްގެވެސް ޒިންމާއެއް” މާވީ ބުންޏެވެ. ޔަޝްއަލް އޭގައި ހިފުމުން މާވީ ހިނގައިގަތެވެ. އަތުގައި އޮތީ ޓެސްޓު ކިޓެއްކަމުން ޔަޝްއަލް ފާޑަކަށް ބިރުގަތެވެ. ނަމަވެސް ޔަޝްއަލްގެ އެބިރުވެރި ހުވަފެންވީ ހަގީގަތަކަށެވެ. އަތުގައި އޮތް ކިޓަށް ބާރުކޮއްލަމުން ޔަޝްއަލް ބަލައިލީ އޭނާގެ ގެއަށެވެ. “މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ހަމަ މަންމައާއި ބައްޕަ” ޔަޝްއަލް ބުނެލިއެވެ.
ދުވަހުގެ ބާކީ އޮތް ހުރިހާ ވަގުތު ތަކެއް ޒެވިއަން ހޭދަ ކުރީ ނުހާއަށް ބަލަން އިނދެގެންނެވެ. ފިލާވަޅަށް ގެއްލިފައި އިން ނުހާއަކަށް މިއިން އެއްވެސް ކަމެއް ނޭނގެއެވެ.
ގެއަށް އަހިސްވެސް ޒެވިއަންއަށް ވިސްނެމުން ދިޔައީ ނުހާއާއި މެދުއެވެ. ފަހަކަށް އަހިސް ޒެވިއަން މާހެވިފައި ކަމަކާއި މެދު ވިސްނަން އިންނަ ކަން ލުބައިނާއަށް ފާހަގަ ވިއެވެ. އެހެން ކަމުން ލުބައިނާ ނިންމީ އެވާހަކަ ޒެވިއަންއާއި ދައްކާށެވެ.
“ދަރިފުޅާ؟ ކޮން ޙިޔާލެއްގަ؟” ލުބައިނާ އެއްސެވެ. ޒެވިއަން ހިނިތުންވެލިއެވެ. މަންމައާއި ހުރިހާ ވާހަކައެއް ހިއްސާ ކުރާ ޒެވިއަންއަށް އެވާޙަކަ މަންމަ ގާތުގައި ދެއްކުމަށް ލަދުވެތިވިއެވެ. އެއީ ނިމްރާއަކީ މަންމަގެ އެންމެ ގާތް ރަހްމަތްތެރިޔާ ކަމުގައިވީތީއެވެ.
“އޭ. އޭ. ހާދަ ވަރަކަށް ތިހެނީ؟ މަންމަގެ ޒެވްއަށް އަނެއްކާ ކުއްޖަކު ދެކެ ލޯބިވެވުނީތަ؟” ލުބައިނާ އަހާލިއެވެ. ލުބައިނާގެ އެސުވާލާއި އެކު ޒެވިއަން ވަކިން ލަދު ގަތެވެ. ނަމަވެސް ބޯޖަހާލިއެވެ. “އަސްތާ. އެހެންތަ؟ ކޮބާތަ އެނަސީބު ގަދަ ކުއްޖަކީ؟” ލުބައިނާ އުފާވެލާފައި އެއްސެވެ. “ނުހާ…” ވަރަށް ލަދުން އިނދެ ޒެވިއަން ބުންޏެވެ. “އަސްލުތަ؟” ޒެވިއަން ބޯޖަހާލިއެވެ.
“މަންމަ އޯކޭތަ؟” ޒެވިއަން އަހާލިއެވެ. “ޔަގީނެއްނުން؟ މަންމައަށް އޯކޭ، ދަރިފުޅު ބޭނުން ކުއްޖަކާ ރައްޓެހިވާންވީ ހަމަ. ނުހާއަށް އެނގޭތަ؟” ލުބައިނާ އަހާލިއެވެ. “ނޫން ނޭނގޭނެ. އެއްވެސް މީހެއް ގާތުވެސް ނުބުނަން މަންމަ ގާތު މިބުނީވެސް ފުރަތަމަ.” ޒެވިއަން ހިނިތުންވެލަމުން ބުންޏެވެ. “އެހެންތަ؟ ކޮން އިރަކުން ފެށިގެންތަ؟” ލުބައިނާ އެއްސެވެ. “ނުހާމެން މިކޮޅަށް ބަދަލުވީން ސުރެ” ޒެވިއަން ހިނިތުންވެލިއެވެ.
“މަންމަ ތިކަމާއި ވަރަށް ގަބޫލު. މަންމައަށް ޔަގީން ނިމް ދައްތަމެންވެސް އޯކޭވާންކަން” ޒެވިއަންގެ އުނަގަނޑުގައި ފިރުމާލަމުން ލުބައިނާ ބުނެލިއެވެ. “ހެހެ އެކަމަކު އަދި ނުބުނައްޗޭ ނިމް ދައްތަ ގާތުގަ. ނުހާ ގާތުގަ އަހާފަ ނުހާ ޔެސް ބުނިއްޔާ” ޒެވިއަން ބުނެލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Masha allah mi part vrh vrh reethii
Alhey hama preg vy eyyyy…yashal haadha goaheyyyy😭….ehn buni iru…dhn avh xev nuhaa kaery ahnvy eyyyy..rahtehivaan…vrh vrh reethii…curiously waiting for the next…when next?????
tc lyyyy😘
Jazaakallah khairan❤️😭
Maasha Allah
As always mi part vx v reethi
Wow! Xev told her mother that he likes Nuhaa
I never thought of that
Shiher you are so talented
Lysm dear 💜
Jazaakallah khairann Shaf_maan, this comment made me soo happyy
Mashallah 🥰
Mi part ves kureege vrh reethi hama busy kamun comment kohnulevenii vess
Ekm inshallah vagutheh vaairah hama mi vhk I’ve next ep thah ves kiyaalaana 🥰
I appreciate your good work
Keep going
When next cant wait hama
Lyyy shiherrrrr
Hehe its okay, jazaakallah khairan lav❤️❤️