ހަފީޒާގެ ފޯނު ސްޕީކަރަށް ލައިގެން
ހުރުމާއެކު ދެކެވުނު ވާހަކަތައް އަޑުއިވުމުން ޔުމްނާ ވެސް އިނީ ހަމަ އެފަދަ ޙާލެއްގައެވެ. ނަމަވެސް ޔުމްނާ ގެ ކޮޓަރި ދޮރު ކައިރިކައިރީގައި ހުރި ހަމްދާންގެ ހައިރާންކަން ދެގުނައަށް އިތުރުވެގެންދިޔައެވެ.
* * * *
ޔުމްނާ ރެޑީކުރެވުނީ މީރާގެ ކޮޓަރީގައެވެ. ހުރިހާކަމެއް ވެސް އެންމެފުރިހަމައަށް ވަމުން ދިޔައެވެ. މާޔާ ގޮސް މީރާގެ ކޮޓަރިއަށް ވަނެވެ. އެއިރު ހުދު ކުލައިގެ ބޮޑު ވެޑިން ޑްރެސްގައި އިން ޔުމްނާގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ނުދެއެވެ.”ވަރަށް ރީތި ހުދު ހެދުން ވަރަށް ގުޅޭ ސިސީއާ” މާޔާ މިހެން ބުނުމާއެކު ފޯނަށް ގެއްލި ހުސްވެފައި އިން ޔުމްނާ ސިހިފައި ބަލައިލިއެވެ.”ތެންކިއު… މާޔާ ވެސް ވަރަށް ލޯބި މިރޭ… އިންވިޓޭޝަން ލިބުނުދޯ؟””ޔެސް ލިބުނު….ވާހަކައެއް އަޑުއިވިގެން ސުވާލެއް ކޮށްލަންތަ؟” މާޔާ މިހެން ބުނުމުން ޔުމްނާ އާނއެކޭ ބުންޏެވެ.” ޒިލާލް އުޅެނީ މީހަކާ އިނދެގެންދޯ؟؟””ހުމްމް…އުހުން ޒިލާލްއެއް މީހަކާ ނީންދޭނުން އިންނަމަ މާޔާއަށް ވެސް އިނގޭނުން” ހުރިހާ ކަމެއް ހަލަބޮލިވެފައި ވީއިރު އިވްލީންގެ މަތިން ޔުމްނާ އަސްލު ހަނދާން ވެސް ނެތެވެ. ރާއިލްގެ ފޯނަކަށް ވުމުން ޔުމްނާ ފޯނަށް ޖަވާބުދިނެވެ. އެވަގުތު ނޯރާ އެކޮޓަރި ދޮރުހުޅުވާލިއެވެ. މާޔާ އެކޮޓަރިން ނުކުތުމާއެކު ނޯރާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.”ސީރިއަސްލީ މާޔާ؟ މިރޭ އެބައޮތް ވާހަކައެއް..” މާޔާއާއެކު ގޮސް ނޯރާ ވެސް ދިޔައީ ތިރިއަށެވެ. އެތަކެއް ގިނަބައެއް ދިޔައީ ކައިވެނި ކުރެވޭ ތަނަށް އެއްވަމުންނެވެ. ހުދުކުލައިގެ ގަމީހުގައި ހުރުމުން ޒިލާލްގެ ރީތިކަން އެތައް ގުނައަކަށް އިތުރުވެފައިވާކަހަލައެވެ. ފޯނު ހިފައިގެން އިނަސް އިވްލީންގެ ލޯ އިރު އިރުއިރުކޮޅުން ޒިލާލްއަށް ދަތުރުކުރަމުން ދިޔައެވެ.ޒިލާލްގެ އެއްކޮށް ތައްޔާރުވެ ނިމުނުއިރު ވެސް އިވްލީން ތައްޔާރު ނުވެ ހުރުމުން ނުދަނީތޯ އަހައިލިއެވެ. “އާނ ނުދަން މިރޭ ވަރަށް ބޮލުގަ ވެސް ރިއްސާތީ މިއުޅެނީ” އެހެންހޭ ބުނެފައި ޒިލާލް ދާން ނުކުތެވެ. އެއިރު ގޭގައި ބާކީ ތިބި އެންމެންވެސް ހިނގައްޖެއެވެ. ވަގުތު ކުޑަތަން ވަމުން ދިޔައިރު ކައިވެނި ކުރަން މޭޒުކައިރީ އިން ރާއިލްގެ ކެތްތެރިކަން ހުރީ ކޮޅުންލާ ވަރުވެފައެވެ. މީހުންތައް ފުރި ބާރުވެފައި ވީއިރު ޔުމްނާ އައީ ވެސް ލަދުން ހުރެ އިސްޖަހައިލައިގެންނެވެ. ކުލައަކަށް ކަޅުކުލައާއި ހުދު ކުލަ ޚިޔާރުކުރި ނަމަވެސް ގިނަ މީހުން ތިބީ ކަޅުކުލައިންނެވެ. މޭޒުކައިރީގައި ޔުމްނާ އިށީނުމާއެކު ރާއިލް ޔުމްނާގެ އަތުގައި ހިފައިލިއެވެ.”އަނބި ޤަބޫލު ކޮށްފިންތޯ؟” ކައިވެނީގެ ޚުތުބާ ކިޔަންވަން އިން މީހާ މިހެން ބުނުމާއެކު ޔުމްނާ ރާއިލްގެ އަތުގައި ތަދުނުވާނޭ ވަރަށް ވިކައިލިއެވެ.”އަނބި ޤަބޫލު ކޮށްފިން..” އެންމެންގެ ލޯތައް އަމާޒުވެފައިވަނީ ރާއިލްއާއި ޔުމްނާއަށެވެ. ކައިވެނި ކުރުމަށް ހުރި މޭޒުކައިރީގައި ތިބެފައި ރާއިލްއާއި ޔުމްނާ ދިޔައީ ފޮޓޯ ނެގުމަށް ހަމަޖެހިފައިވާ ސަރަހައްދަށެވެ.”ޔުމް ކީއްވެ ވިކާލީ؟”” ރިވެންޖް އެއީ އެންމެން ތެރޭ އަހަރެން ލަދު ގަންނުވާލަން ރާއިލް މާގިނައިން ބެލީމަ”ދެމީހުން ވެސް ސިއްރު ކިޔަމުން ދިޔައިރު ދެމީހުންގެ މޫނުމަތިން ނުފިލާ ހިނިތުންވުމެއް ފެނުނެވެ.”އައިމް ސޯ ހެޕީ ފައިނަލީ ޔުއާ މައި ވައިފީ..””ޔެސް މީޓޫ.. ރާއިލްތަ ތީ ހަމަ ހާދަ ރީއްޗޭ ދަ މޯސްޓް ހޭންޑްސަމް ޕާރސަން ފޯރ މީ” ދެމީހުން އެކަކު އަނެކަކާއި ވައި އަޑުން ވާހަކަ ދައްކަމުން ދިޔައެވެ. ފޮޓޯ ނަގަން ބޭނުންވާތީ ވަރަށް ގިނަ މީހުން ފޮޓޯ ނަގަން އަރަން ފެށިއެވެ. ޒިލާލް ގޮސް ހުއްޓުނީ މާޔާ ކައިރީގައެވެ.”ކޮބާ ނޯރާ؟””އުޅުނު މިތާ މިހިރަ އަންނަނީނު..” ޒިލާލް ފޯނު ނަގައި ބަލައިލި އިރު ޒީޝާލްގެ ދެތިން މިސްޑްކޯލް އޮތްތަން ފެނުނެވެ.”އޭ ޒެއްލު މަ އައީމަ ބިރުން ފިލަނީތަ؟””ނޫނޭ ނޫނޭ ވެއިޓް އައިލް ބީ ބެކް…” ޒީޝާލް ކައިރިއަށް ދާން ޒިލާލް ހިނގައިގަތެވެ.ޒީޝާލްއަކީ އާއްމުކޮށް ތަންކޮޅެއް ލަހުން ހޭލާފައި ފުދޭވަރަކަށް ލަހުން ނިދާކުއްޖެކެވެ. ނަމަވެސް މިއަދު އަވަހަށް ހޭލެވުމުން ނިދިއަންނަ ގޮތްވެފައި ބޮލުގައި ރިއްސަން ފެށިއެވެ.ތައްޓަކަށް ފްރެޑް ރައިސް އަޅައިގެން އައިސްފައި ވެސް ޒީޝާލް އިނީ ނުކެވިފައެވެ. އެންމެން ވެސް އެއްކުލަ އެއްގައިހެން ތިބުމުން ތަނުން އެޔެއް މިޔެއް ނޭނގެއެވެ.
“ކިހިނެއްވީ ގުޅާފަ އޮތީމަ؟؟””ތުއްތު މި ޒީއްކޮ ވަރަށް ބޮލުގަ ރިއްސާ އެބަ މިއަދު މާ އަވަހަށް ހޭލީމަ… މަންމަމެން ހޯދަފާނެ ބުނޭ އެނގޭ ގެއަށް ދިޔަ ވާހަކަ..””ހުމް” ޒިލާލް މިހެން ބުނުމާއެކު ޒީޝާލް ގެއަށް ދާން ނުކުތެވެ.”އެކަނިތަ ދެން ދަނީ؟””ދެން ކިހިނެއްތަ ވަކި ދާނީވެސް؟މިރޭ ޓެކްސީއެއް އަތުން ޖެއްސުން ވާނީ ތަދުކަމަކަށް ކަންނެ!!” ޒީޝާލް ބުނީވެސް މުޅިން ދޮގުވާހަކައެއް ނޫނެވެ.އެތައް ގިނަބަޔަކު ތަނަށް ޖަމާވެފައި ވުމުން މަގުމަތީގެ އެސަރަހައްދުގައި ކާރުތަކާއި ސައިކަލު ތަކުން ވަނީ ފުރި ތޮއްޖެހިފައެވެ.”ހަމްދާންއާއެކު ދާންވީއެއްނު؟” ފަހަތަށް ބަލާލިވަގުތު ހަމްދާން ފެނުމުން ޒިލާލް ބުންޏެވެ.”ހަމްދާން ދާނެތަ؟އެހާ ކްލޯޒް މީހެއްގެ ވެޑިން އޮތް އިރު؟””ދާނެ ޔަގީން…މަޑުކުރޭ މިއަންނަނީ ހަމްދާން ކައިރި އަހާލާފަ..” ހޫނ އަޅުވައިލަމުން ޒީޝާލް ހުއްޓެވެ. އިރުކޮޅެއް ތެރޭ ހަމްދާން އަންނާށޭ ބުނި އަޑަށް ބޮލުގަ އަތްއަޅައިގެން ދެލޯ މަރައިލައިގެން ހުރި ޒީޝާލް ލޯ ހުުވައިލިއެވެ. ސައިކަލަށް އަރާ ހަމްދާން ނައްޓައިލިއެވެ.” ކޮން އިރަކުން ޖޮބަކަށް ދާން ވިސްނަނީ؟”ހަމްދާންގެ އެ ފިރިހެންވަންތަ އަޑުން ޒީޝާލްގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ.”ތިކަމާ ވެސް އުޅެންވީ އެކަމު އިނގޭނުން ތުއްތު ލައިފް އޮތީ މަސްހުނިގަނޑެއްހެން ހެހެ ތުއްތު ކައިރި ބުނެގެން އަވަސް ރަހުމަތެއްގަ ކަމެއް ނުވާނެ…ދެން ދޮންބެތާ ހުންނާނީ ތިކަމާ ވެސް އުޅެން…””އަހަރެން ވެސް މިހުރީނު ހަމަ..” ހަމްދާން މިހެން ބުނި ނަމަވެސް ޒީޝާލްއަށް މިކަމުން މާނަ ނަގަންވީގޮތް އޮޅުނެވެ.”ތިބުނީ؟؟””މި މިބުނީ ހަމަ އަހަރެން ވެސް މިހުރީނުން ހެއްޔޭ ޒީޝާލްއަށް ހެލްޕް ވެދޭނަމޭ” ގެއާއި ހިސާބަށް އާދެވުމުން އަވަސްއަވަހަށް ޒީޝާލް ފޭބުމަށްފަހު ޝުކުރުއަދާކުރިއެވެ. “އެނީ ޓައިމް.. ޓޭކް ކެއަރ..” ޓޭކް ކެއަރ އޭ ބުނެފައި ޒީޝާލް އަވަހަށް ގެއަށް ވަނެވެ.އިވްލީން ފޯނު ހިފައިގެން ކޮޓަރީގައި އޮތީ ހަނދު ވަރުގެ އަލިކަން ބެލްކަނީ ހުޅުވާލުމުން ލިބޭތީ އެހެން ހުރިހާ ލައިޓު ތަކެއް ނިވައިގެންނެވެ. ކުއްލި ސިހުމެއް ލިބުނީ މީހަކު އައިސް ކޮޓަރިއަށް ވަނުމުންނެވެ. އަނދިރިކަމުން ކާކު ކަން އެނގޭ ވަރެއް ނުވިއެވެ.”ކަ..ކަކާކު؟؟””ސާބަހޭ ޒީއްކޮ އޭ ތުއްތުދައްތަ ހުރިހާ ތަނެއް އަނދިރިކޮށްގެން ވިއްޔަ ތި އޮންނަނީ…”ފޮޓޯ ނަގަން އަރާހުރި ޒިލާލް ފެނުމުން ފުން ނޭވާއެއް ދޫކޮށްލަމުން ނޯރާ މާޔާއަށް ބަލައިލިއެވެ.”ދެން ތިކިޔަން އުޅޭ އެއްޗެއް ކިޔަންވެއްޖޭނުންތަ މާ ދިގު ދަންމަން ނުހަދާ..!!””ހަމަޖެހޭ…ކުރީރޭ މާޔާގެ ޝައްކު އޮޅުންފިލުވައިފީމޭ… ތިކިޔާ އަންހެނެއް ވެސް ދެކިއްޖައީމޭ އެއީ ޒިލާލްގެ އަންހެނުންނެއް ނޫން އެ ޒެއިންގެ….މަގާތަށް ނެއްޓި އެރޭ ވެސް މަ ވާހަކަ ދެއްކީމަ އެ ޒީޝާލު އަނގައިންވެސް ބުނެނުލިތާ ކަހާތާ ހިރުވައިވެސް ނުލި…” ނޯރާ ދައްކަން އިން ވާހަކަ އަޑު އަހާފައި މާޔާގެ ވިސްނުމަށް އެދުވަހު ހަމްދާން ދެއްކި ވާހަކަތައް އައެވެ.”އެކަން ތި ކިހިނެއް ވާނެކަމެއް ނުވާނެ އެހެނެއް އެރޭ އަންހެނުންނޭ ބުނީ …އެއީ ޒެއިންގެ އަންހެނުން ވިއްޔާ ކީއްކުރަންތަ ޒިލާލް އެރޭ އަންހެނުންނޭ ކިޔައިގެން ވާހަކަ ދެއްކީ؟ނުކުރާނަން ގަބޫލެއް ހުވާ ނުކުރާނަން ” މާޔާ އިނީ ހަމައެއްގޮތަކަށް ވެސް ގަބޫލުކުރަން ބޭނުން ނުވެފައެވެ.”ތިއޭ މަ ވެސް މިހާރު ސަސަޕެކްޓު ވާކަމީ އެބަ ޖެހޭ މިކަން ކޮންމެވެސް ގޮތަކުން ޔަގީންކު”ނޯރާގެ އަނގައިގައި ތަޅެއް އެޅުވުނީ ދާދި ކައިރި ން ޒިލާލްގެ އަޑު އިވުމުންނެވެ.”ކޮން ވާހަކައެއްގަ؟””އަނެއް މިދައްކަނީ މީނދަ ފެންނަ މާޔާގެ ބިޓެއް ހުރޭތޯ ބަލަންޖެހޭ ވާހަކަ…”މާޔާގެ ހިތަށް އެރިއެވެ. މިއީވާ ކުޅަދާނަ އަންހެނެކެވެ. އެވީ ވަގުތު ކޮޅު ތެރޭގައި ވާހަކަ ބަދަލު ކޮށްލިލެއް މޮޅުކަން ނިކަން ދެކިބަލާށެވެ.”އެއްކަލަ ވާހަކަ ކިޔަން ސަޅި ގަޑިއެއްނު މީ.. ހިނގާ ބެލްކަނީއަށް..” އިވްލީން ކައިރީގައި އިށީންނަމުން ޒީޝާލް ބުންޏެވެ.”ހުމް ކިޔާދީބަލަ.. ކިހިނެއް ކިހާ މިންވަރަކަށްތަ ޒީއްކޮއަށް ނޯރާ އެނގެނީ؟” ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ޒީޝާލް ކިޔާދޭން ފެށިއެވެ.”އެއީ މީގެ ގާތްގަނޑަކަށް 3 ނޫނީ 4 ވަރަކަށް އަހަރު ކުރިން އޭރު އަހަރެން އުޅޭނީ ސްކޫލްގަ.. އެހެން އުޅެނިކޮށް ނޯރާ އާއި ދިމާވީ ދެން އަހަރެމެންގެ ފްރެންޑްޝިޕް ބަދަލުވީ ބެސްޓް ފްރެންޑްޝިޕްއަށް… ވަރަށް ކްލޯޒް ވާނެ.. އޭނަ ވަރަށް އަންނާނެ މިގެއަށް ވެސް މަންމަމެން ވެސް ނުބުނާނެ އެއްޗެކޭ އަހަރެންގެ ރައްޓެއްސަކު ވީމަ… އަނެއްކާ އަނެއްކޮޅުން އަހަރެން ވެސް ދަން އެގެއަށް ނަސީރުބެ އާއި ނަޒީރާދައްތަ ވެސް ވަރަށް ހެޔޮވާނެ މަށަށް …އެދުވަސްކޮޅު ހެން ހީވަނީ އާނ އެދެން އެދުވަސްވަރު ތުއްތު ނޫޅޭނެ އޭނަ ކިޔަވަން ގޮސް ވީ””އެދުވަސްވަރު ދެން ކިހިނެއްތަ ވީ؟؟” ވާހަކައަށް ޝައުޤުވެރިވީ ވަރުން އިވްލީންއަށް ބުނެވުނެވެ.”އެދުވަސްވަރު ދޮންބެ މެރީ ކުރީ…ދެން ދެން އަހަރެން ނެތިން ދޮންބެ ވާހަކައަކަށް ވީމައާއެކު މިވާހަކަ ކޮންޓިނިއު ކުރާކަށް…އަނެއްކާ އަނެއްކޮޅުން އެއީ މަށާއި ވެސް ގުޅުންހުރި ކަމެއް އޭނަގެ ވާހަކަ ވީމަ…””ދެން ދެން އެކަމު ދެބައިކުޅަ އެއްބައި ކިޔާދީފަ ތިއުޅެނީ ނިންމާލަން އަދި ކޮންޓިނިއު ކޮށްބަލަ އެހެން ނޫނަސް ދޮންބެ ވައިފްގެ ވާހަކަ ދޮންބެ ކިޔާދިން ދައްތައަށް ކޮންމެވެސް ވަރަކަށް… އަސްލުގަ ވީގޮތް ނޭނގުނު.. ޕްލީޒް..” އިވެމުންދަނީ ރަނގަޅު އަޑުތަކެއްބާއޭ ހިތަށް އަރަމުންދިޔަ ޒިލާލް ހުރީ ބެލްކަނީގައި ތިބި އިވްލީންއާއި ޒީޝާލްއަށް ނުފެންނާނެހެން ފަރުދާގެ ފުރަގަހުގައެވެ. އިވްލީންއަށް ވުރެ ބޮޑަށް ނޭނގިފައި އޮތް ސިއްރެއް ކަނޑާއި ހުޅުވެމުން ދިޔަ އިރު ޒިލާލްގެ ޝައުގުވެރިކަން 10 ވަރަކަށް ގުނަ އިތުރުވިއެވެ.”ދެން އެ ނިކަމެތި އަންހެންކުއްޖާއަށް ވީ ވަރަށް ހިތްދަތިގޮތެއް ހަގީގަތް އެނގުނު އިރު ވަގުތު ފާއިތުވެއްޖެ… އަސްލުގަ އެއީ އަހަރުމެންގެ މިސްއަންޑާސްޓޭންޑިންއެއް ދޮންބެ އަދިވެސް މީހަކާއި ނީންނަން އެހުންނަނީ އެހެންވެ.. އަހަރެން ވެސް މިފަހަރު އެކޮޅުގަ ހުރި އިރު ހީއްކުރީ އަދި ކައިވެންޏެއްގެ ވާހަކަ ދެއްކީމަ ދޮންބެގެ ކަމަށް އެކަމު މާފަހުން އެނގުނީ ތުއްތުގެކަން”
“މާ ރަނގަޅު ވީސް ތޯއްޗެއް އަހަންނަށް ޒީއްކޮ ދޮންބެއާ އިނދެވުނު ނަމަ… އަހަރެންގެ ލައިފްގަ ހާދަ ދުވަހެކޭ މި އިސްރާފުވަނީ އަހަރެން ބޭނުމެއްނޫން މިހެން ލައިފް ވޭސްޓަކަށް ދުއްވާލާކަށް އޯކޭ ވާހަކަ ކޮންޓިނިއު ޕްލީޒް…” އަނެއްކާވެސް އިވްލީން ވާހަކައާއިގެން ކުރިއަށް ދިއުމަށް ޒީޝާލްގާތު ބުންޏެވެ.”ނޫން ފަހުން ދެން އަހަރެން ދަނީމި ޖައްސާލަން …ފަހުން ދާނީ ކޮންޓިނިއު ކުރަން ކޮފީއަކަށް އޯކޭނު؟” ހުމް އޭ ބުނެ އިވްލީން ބޯޖަހައިލިއެވެ. އެވަގުތު ކުއްލިއަކަށް ޒިލާލް ބެލްކަނީގެ ދަމާލާ ގޮތަށް ހުރި ދޮރުގެ ފަރުދާގެ ފުރަގަހަށް ވަދެ ނިވާވެލިއެވެ. ޒީޝާލް ކޮޓަރިން ނުކުތުމާއެކު އިވްލީން ކޮޓަރި ދޮރު ލައްޕާލިއެވެ. ތަޅުލުމަށްފަހު އަނެއްފަރާތަށް އެނބުރިގެން އިވްލީން ލައިގަތީ ޒިލާލްގެ ތަނަވަސް މޭގެތެރޭގައެވެ. ޒިލާލް އިވްލީންގެ އަނގަމަތީގައި އަތްއަޅާފައި ވުމުން އިވްލީންގެ ލޯ ދަތުރުކުރީ ޒިލާލްގެ ލޮލާއި ދިމާއަށެވެ. އެ ބާރުގަދަ އަތު ތެރޭގައި ހައްޔަރުވެފައި ހުރުމުން އިވްލީންއަށް ގުޑިލެވޭގޮތެއް ނުވިއެވެ. އަނެއްކާ އިވްލީން ހުރީ ފާރާއި ޒިލާލްގެ ދެމެދުގައި ކަމުން ޒިލާލްގެ އަތުން ނޫން ގޮތަކަށް އިވްލީންއަށް ސަލާމަތްވެވޭނެ އިތުރު ގޮތެއް ނެތެވެ.ޒިލާލްގެ ހޫނު ނޭވާތައް އިވްލީންގެ މޫނަށް އެޅުމުން ދިޔައިރު އިވްލީންގެ ހޫނު ނޭވާތައް ޒިލާލްގެ ބަންދުކޮށްފައިވި އަތް ތެރޭގައި ހައްޔަރުވަމުންދިޔައެވެ.ދެން ވެސް ޒިލާލް ގުދުވެލަމުން އިވްލީންއާއި އިހުނަށްވުރެ ގާތްވެލިއެވެ. އެހިނދު އިވްލީންގެ ހިއްސުތަކަށް ދިޔައީ އޮބިނޯންނަ ވަރަށް ކަރަންޓެއް ޖެހިގެނެވެ. އިވްލީންގެ ހިތުގައި ވެސް ހީވީ ޓަކި ތަޅާހެންނެވެ. އެހާވެސް ހިތުގެ ހިނގުން އަވަސްވިއެވެ. މިވަގުތު ދިޔައީ ޒިލާލްގެ ނޭވާ އިވްލީންގެ ކަންފަތް ކައިރިއަށް އެޅުމުންނެވެ. ކަންތައްތައް މިހެން ވާންފެށި ނަމަވެސް އިވްލީންއަށް ހިތާހިތުން ދުޢާކުރެވެމުން ދިޔައީ މި ލޮބުވެތި ވަގުތުކޮޅަށް ނިމުމެއް ނާދޭތޯއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.





Lim long time no see 🙈
yum and raail vrh loabi ulhey goii
ekm mihaaru mivaa gothun vrh curious vey eba
vrh bodu cmmnt eh kuran beynumee mi part ah mihaa gina dhuvas fahun kiyaa levuneema
ekm neynge kiyaaneka ehcheh vx 😭😭😭
take care 💗
lysssm Lim 😘😘😘
Thank yu leeshaa❤️
Yum and raail dhw asluga ves 🤭
Curious kohlaafa ey mi beyndhee mi part ga hehe thanks ingeyyy vrh vrh ufaa vejje mi comment kiyaafa 🥹
Take care 💕
Luv yu more and more 🥰
mashallah lim mi part ves vrh reethi ingeyy when next part
cant wait hama
Thank yu gurrrl_8❤️
Next part miadhu inshallah ❤️