ޒިލާލް އިވްލީންގެ އަނގަމަތީގައި އަތްއަޅާފައި ވުމުން އިވްލީންގެ ލޯ ދަތުރުކުރީ ޒިލާލްގެ ލޮލާއި ދިމާއަށެވެ. އެ ބާރުގަދަ އަތު ތެރޭގައި ހައްޔަރުވެފައި ހުރުމުން އިވްލީންއަށް ގުޑިލެވޭގޮތެއް ނުވިއެވެ.އަނެއްކާ އިވްލީން ހުރީ ފާރާއި ޒިލާލްގެ ދެމެދުގައި ކަމުން ޒިލާލްގެ އަތުން ނޫން ގޮތަކަށް އިވްލީންއަށް ސަލާމަތްވެވޭނެ އިތުރު ގޮތެއް ނެތެވެ. ޒިލާލްގެ ހޫނު ނޭވާތައް އިވްލީންގެ މޫނަށް އެޅުމުން ދިޔައިރު އިވްލީންގެ ހޫނު ނޭވާތައް ޒިލާލްގެ ބަންދުކޮށްފައިވި އަތް ތެރޭގައި ހައްޔަރުވަމުންދިޔައެވެ.ދެން ވެސް ޒިލާލް ގުދުވެލަމުން އިވްލީންއާއި އިހުނަށްވުރެ ގާތްވެލިއެވެ.އެހިނދު އިވްލީންގެ ހިއްސުތަކަށް ދިޔައީ އޮބިނޯންނަ ވަރަށް ކަރަންޓެއް ޖެހިގެނެވެ. އިވްލީންގެ ހިތުގައި ވެސް ހީވީ ޓަކި ތަޅާހެންނެވެ. އެހާވެސް ހިތުގެ ހިނގުން އަވަސްވިއެވެ. މިވަގުތު ދިޔައީ ޒިލާލްގެ ނޭވާ އިވްލީންގެ ކަންފަތް ކައިރިއަށް އެޅުމުންނެވެ. ކަންތައްތައް މިހެން ވާންފެށި ނަމަވެސް އިވްލީންއަށް ހިތާހިތުން ދުޢާކުރެވެމުން ދިޔައީ މި ލޮބުވެތި ވަގުތުކޮޅަށް ނިމުމެއް ނާދޭތޯއެވެ.
* * * *
“ކީކޭ ދެންމެ ތިބުނީ؟” އެހާ ކައިރިން ޒިލާލްގެ ޖާދޫވި މިއުޒިކީ ރާގުގެ އަޑުއިވުމުން އިވްލީންގެ ހިތުގެ ވިންދު ޖެހުން އިހުނަށްވުރެ އަވަސްވެލިއެވެ. އިވްލީންގެ ހިތަށް އެރިއެވެ. އަނެއްކާ އަނެއްކަންތަކޭ ދެންމެއަކު އިވްލީންއަށް އެއްޗެކޭ ބުނެވުނު ބާއެވެ؟ހަގީގަތުގައި ޒިލާލްގެ ހިތަށް އުނދަގޫވީ މީގެ އިރުކޮޅެއް ކުރިން އިވްލީންގެ ދުލުން ބޭރުވި ޖުމުލައެއްގެ ސަބަބުންނެވެ. ޒިލާލް އިވްލީންގެ އަނގަމަތިން އަތްނަގަމުން ސުވާލު ތަކުރާރު ކޮށްލިއެވެ. އިވްލީން ފާޑަކަށް ލަދުގަންނަ ގޮތްވީ ޒިލާލްގެ ބެލުން އިވްލީންގެ މޫނު ނޫން އެހެން ތަނަކަށް ހުއްޓިފައިނުވާތީއެވެ.”އަ.. އަހަރެން ކީކޭތަ ބުނީ؟ ޒިލާލް ކިހިނެއްތަ ކޮޓަރިއަށް ވަނީ؟؟ވަރަށް އިރު ވެއްޖެތަ؟” އިވްލީން ސުވާލުތައް ފަތި ފައްޗައް އަމުނައިލިއެވެ.”މިހާރު މައުލޫ އޮޅުވާލަން ތިއުޅެނީ އަހަރެންނަށް ވުރެ ރަނގަޅުވީހޭ ދޮންބެ އާއި އިނދެވުނު ނަމަ އެހެންނު ބުނީ؟؟” ޒިލާލްގެ މޫނުމަތިން އިވްލީން ދުވަހަކު ނުދެކޭ ކުލަވަރެއް ފެނުމުން ޒާތަކަށް އިވްލީން ގާތަށް ހިނިވެސް އާދެވުނެވެ. ނަމަވެސް ދެވަނަ ސިކުންތާއިއެކު އިވްލީންގެ ކުލަވަރު ވެސް ބަދަލުވެގެންދިޔައެވެ.”ހުމް ބުނީން ތިހެން ތި އަޑުއިވުނީ ހަމަ ރަނގަޅަށް… އަހަރެން ބުނީކީ ދޮގުވާހަކައެއް ނޫނޭ އަހަރެންގެ ދިރިއުޅުން ހަމަ މިވަނީ ބޭކާރު…. އެހެންވެ އަހަރެން ބުނީ ޒިލާލް ކަހަލަ އެހެންމީހުންގެ ފީލިންގްސް އަންޑަރސްޓޭންޑް ނުވާ މީހަކާއެއްކޮށް ގަނަތެޅުމަކީ ބޭކާރުކަމަކަށް ވީމަ.. ދިރިއުޅުމެއް އުޅެވޭނެ މީހަކާއި އެކީ އުޅުނީމަ މާރަނގަޅުވާނޭ… އަޅެ މީ ދޮގެއްތަ؟ޒިލާލް ޖެލަސް ވީދޯ އަހަރެން އެހެން ބުނީމަ؟އެޔެއްނު ވީގޮތަކީ؟؟” މިއަދު އިވްލީންގެ ހިތަށް އައިހާ އެއްޗެއް ދުލުން ބޭރުކުރެވުނީ ހުދު އިވްލީންގެ ވެސް އިޚްތިޔާރަކާއި ނުލައެވެ. އިވްލީންއަކީ އެތަނެއްގައި ބުނަން ބޭނުންވިޔަސް އެ އެއްޗެއް ގިނަފަހަރު ބުނަން ނުކެރޭ ފިނޑިމީހެކެވެ. ނަމަވެސް ނަމަވެސް މިއަދު މިއީ ކޮންތާކުން އިވްލީންއަށް ލިބުނު ހިތްވަރެއް ހެއްޔެވެ؟
“އާނ އަހަރެން ޖެލަސްވީ ހަމަ ޖެލަސްވީ…” ފާރުގައި އަތްމުއްކަވާފައި ޖަހަމުން ޒިލާލް ބުންޏެވެ. ޒިލާލްގެ މިހަރަކާތާއިއެކު އިވްލީންއަށް ކުޑަކޮށް ފަސްޖެހިލެވުނެވެ. ނަމަވެސް އިވްލީން ވެސް ހުރީކީ މިއަދު ވަކި ދޫދޭގޮތަކަށްނޫނެވެ.”ކީއްވެ ޖެލަސްވީ؟؟ އަހަރެންމީ ކާކު ޒިލާލް ޖެލަސްވާން.. އަހަރެން އެއްޗެއް ބުނެގެނޭ ކިޔާފަ؟؟” އިވްލީންގެ އަޑުގައި ވެސް އާދޭހުގެ އަސަރު ހުއްޓެވެ.
“އަހަރެން… އަހަރެންގެ އަންހެނުން… ތީ އަހަރެންގެ ހަލާލު އަނބިމީހާ… އަހަރެންގެ އަންހެނުން އެއްޗެއް ބުނީމަ އަހަރެން ޖެލަސްވީ..” ދެން ދިޔައީ އެދެމެދުގައި ހިމޭންކަމުގެ ވަގުތު ކޮޅެކެވެ. އެ ހިމޭންކަމުގެ ވަގުތުކޮޅުގެ ސަބަބުން ބުނެވުނު އެތި ވެސް ޒިލާލްއަށް ރޭކާލީދެނެވެ.”އަންހެނުންނޭ؟؟ މިއަދު އަހަރެން ޒިލާލް ކަޑަވާ އެއްޗެކޭ ބުނީމަތަ އަހަރެން މީ ޒިލާލްގެ އަންހެނުންނޭ ތިބުނަނީ.. ގައިމު މިއޮށް ހުރިހާ ދުވަހުވެސް މަށާ ދިމާއަށް ގޮވީ ކޮންމެވެސް ޑްރާމާ ކުއީން އެކޭ ނޫނީ އެކްޓްރެސްއެކޭ ކިޔާފަ އެއްނު ދެން ވެސް ކިޔާ އެހެން… މިއޮށް ހުރިހާ ދުވަހެއްގެ ޒިލާލް އަހަންނަށް އަނިޔާ ނުކުރިޔަސް ވެސް ތިދުލުން ބޭރުކުރާ ލަފުޒުތަކަކީ ކުށެއް ނެތް މި އިންސާނާއަށް ލިބޭ ހާދަ ހިތުން ފިލުވާލަން އުނދަގޫ އަނިޔާތަކެކޭ…. ޒިލާލްގެ ޖީއެފްއެއް ހުރޭ ދެން ކޮންމެހެން އަހަރެން އެއްޗެއް ބުނެގެނޭ ކިޔާފަ ނުވޭ ކަންނޭނގޭ އަދި ޖެލަސްވާކަށް ކޮންމެހެން…” އިތުރަށް އެއްޗެއް ބުނަން ނުހަދާ ޒިލާލް ގޮސް ވަނީ ފާހަނައަށެވެ. ފެންވަރައިގެން ސޯޓެއް ލައިގެން ނުކުތްއިރު އިވްލީން އޮތީ ސޯފާގައި ނިދާފައެވެ. ނިދޭތޯ ކުރެވުނު މަސައްކަތް އެނގޭނީ ހަމަ ޒިލާލްއަކަށް ނޫން ހެއްޔެވެ؟އިވްލީން ކީ އެއްޗިއްސާއިމެދު ވިސްނޭތީވެ އެތައް އިރަކު ޒިލާލް އެހެން އޮތީއެވެ. އަނެއްކާ އަނެއްކޮޅުން ޒީޝާލްގެ ބަސްތައް ވެސް ދިޔައީ ޒިލާލްގެ ބޮލުތެރޭގައި އެނބުރެމުންނެވެ.އެހެން އޮއްވައި ޒިލާލްއަށް ނިދުނީ ވަރަށް ލަސްވެފައި ހުއްޓައެވެ. ވެޑިން ޕާޓީ ނިންމާލާފައި އައިގޮތަށް ލައިގެން ހުރި ކޯޓު ވެސް ނުބާލާ ރާއިލް އޮތީ ނިދާފައެވެ. ރާއިލްއަށް އުނދަގޫ ނުކޮށް ޔުމްނާގެ ކޮޓަރި ކަބަޑުގައި ރާއިލްގެ އެއްޗެހިތައް ޔުމްނާ ފަތް ޖަހާލަމުން އަޅުވައިލިއެވެ. ޔުމްނާ ވެސް ވަރުބަލިވެފައި ހުރުމުން ލޮޑުކަމެއް އިހުސާސް ކުރެވޭތީ އެރީ ނިދާށެވެ.ނަމަވެސް ނިދޭގޮތް ނުވީ ބަނޑުހައި ވެފައި ހުރުމުން ކަމަށް ވާތީ ޔުމްނާ ކޮޓަރިން ބޭރަށް ނުކުމެލިއެވެ. ނުވެސް ނިދާ ގޭތެރޭގެ ފަނޑުއަލިކަމުގެ ތެރޭގައި ސޯފާގައި އޮތް ހަމްދާން އޮތީ ފޯނުން ކޮންމެވެސް ފޮޓޯއަކަށް ބަލަހައްޓައިގެންނެވެ. އެހެން ކަމުން ޔުމްނާ ވަރަށް ސިއްރުން ގޮސް ސޯފާގެ ފަހަތުގައި މަޑުކޮށްލުމާއެކު ފޮޓޯއިން ފެނުނު ސޫރައާއެކު ޔުމްނާގެ ދެލޯ ދިޔައީ މުތުނަށް އަރައިގެންނެވެ. ޔުމްނާ ކަރުކެހިލި އަޑަށް ސޯފާގައި އޮތް ހަމްދާން ދިޔައީ ކޮޅަށް ޖެހިގެނެވެ.”ހާދަހާ ވަގޭ މީނަ .. އަހާއިރަށް ބުނާނެ ނެތޭ ޖީއެފްއެއް ބަލާ ވަގުކަން.. ދެން ކިޔާދެގަ ތި ކޮން އިރަކު ވީކަމެއް…” ޔުމްނާއަށް ބަސްޓުވީކަން އެނގުމުން ހަމްދާންގެ ނިއްކުރީގައި އަމިއްލަ އަތުން ޖަހައިލެވުނެވެ. ” މި..މި އަނެއް ޕްލީޒް ކީޕް ދިސް އޭސް އަ ސީކްރެޓް.. ދެން މިއޮތް ރޮމޭންޓިކް ރޭގަ ކޯއްޗެއް ހަދަންތަ މަނިކުފާނު ބޭރަށް ނުކުމެގެން ތިއުޅެނީ؟؟””މިއުޅެނީ ހައިވާތީ… އެކަމު ހަމްދޮން ތިކަން ޒިލާލްއަށް އެނގޭތަ އަޅެ؟” ދެން ވެސް ޔުމްނާ ދާން ނޫޅުމުން ހަމްދާން ބެލީ ވީގޮތަކުން އެވާހަކަ އޮއްބާލެވޭތޯއެވެ.”ޕިސް ނޭނގޭނެ ނުބުނާތި.. ހަމްދޮން ވެސް ހަމައެއްގޮތަކަށް ވެސް ބޭނުންވާގޮތެއް ނޫން އެއީކީއެއް…އެކަމު ލޯބި މީ ވާ އެއްޗެއް ނޫނޭ ވެވޭ އެއްޗެއް.. ލޯބިވުމަކީ ކުށެއްނަމަ އެކުއް ނުކުރާނެ މީހަކު މަދުވާނެ… ހަމްދޮން ވަރަށް މަސައްކަތް ކުރީމޭ މިކަންތައް މި އޮއްބާލަން އެކަމު ހަމްދޮންގެ ހިތެއް އެކަމަށް މަސައްކަތެއް ނުކޮށްދޭ.. ވަޓް އެވަރ އެވާހަކަ ބާއްވާ ފަހުން ބޭކާރު ވާހަކަަދައްކާނީ… އައިމް ގޮއިން ނިދަން މާދަން ޖެހޭނެ އޮފީހަށް ދާން….” މިހެން ބުނެ ހަމްދާން ދިއުމުން ޔުމްނާ ދިޔައީ ކާންށެވެ. ކައިގެން ޖައްސާލުމާއެކު ނިދުނީ ވަރަށް ވެސް އަވަހަށެވެ.ފުންނިދީގެ ތެރޭގައި އޮއްވައި ޒިލާލްއަށް ހޭލެވުނީ އަޑެއް އިވުނުހެން ހީވެގެންނެވެ.”އާހް އައްދޯއި މަންމާ އައްދިއްޔޯއި މަންމާ!!” އާނއެކެވެ. އެއިވުނީ ފާހަނަތެރެއިން އިވްލީންގެ ރުއިމުގެ އަޑެވެ. ގިސްލަ ގިސްލާފައި އިވެމުންދިޔަ އަޑުން ޒިލާލްގެ ހިތް ބިރުގަންނަން ގޮތްވެފައި ހުރި ނަމަވެސް އަވަހަށް ތެދުވެގެންގޮސް ފާހަނަ ތަޅުގައި ހިފާލިއެވެ. ނަމަވެސް ދޮރު ހުރީ ތަޅުލާފައެވެ.”އިވްލީން!!! ދޮރު ހުޅުވަބަލަ.. އިވްލީން މި ދޮރު ހުޅުވަބަ.. އިވްލީން.. ހުޅުވާށޭ..” ހާސްވެފައި ހުރިވަރުން ޒިލާލްގެ ހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅިފޮޅެމުންނެވެ. އިރުކޮޅެއް ތެރޭގައި ދޮރު ހުޅުވާލުމާއެކު ގިސްލެވެމުން އެއް އަތުން ބަނޑުގައި އަތްއަޅައިގެން ހުރެ އިވްލީންއަށް ތިރިވެވުނެވެ. ނަމަވެސް ހުށިޔާރުކަމާއެކު ޒިލާލް އިވްލީންގެ ގައިގައި ހިފާ ޒިލާލްއާއި ކައިރިކޮށްލިއެވެ.”ކިހިނެއްވީ؟؟؟ އާރ ޔޫ އޮން ޔުއާ..””ޔެސް…ތަދުވޭ ޒިލާލް.. ބަނޑަށް ވަރަށް ތަދުވޭ….އަހަރެން ސަލާމަތް ކުރޭ …އަހަންނަށް ތަދުވޭ..އަހަރެން ޕްރޮޓެކްޓް ކޮށްދީ ޒިލާލް ޕްލީޒް.. ހެލްޕް މީ….” ވޭނުން ފުރިގެންވީ އަޑަކާއެކު އިވްލީން ބުނެލި ވަގުތު ޒިލާލްގެ ހިތަށް ވެސް ތަދުވިއެވެ. އަތްދަނޑި މައްޗަށް އިވްލީން އުފުލާލައިގެން ޒިލާލް ގޮސް އެނދުމަތީގައި އިވްލީން ބޭއްވިއެވެ. ދުވަހަކު މިކަހަލަ ކަމަކާއި ލައްވާލާފައި ނުވާތީ ހަދާނެ ގޮތެއް ވެސް ޒިލާލްއަކަށް ނޭނގުނެވެ.”އިވް އަހަރެން ކިހިނެއް ހާދާދޭންވީ؟؟” ޒިލާލްއަކަށް ހަމަ ހަދާނެ ގޮތެއް ނުވިސްނުނެވެ. މަންމައަށް ގޮވާކަށް ވާ ލާހިކެއް ނޫނެވެ.”ޕެ..ޕެއިން ކިލާރ .. ދި..ދީބަ.. އާހް..” ޒިލާލްގެ އަތުގައި ހިފާލަމުން އިވްލީން ބުނީ އާދޭހުން ފުރިގެންވީ ގޮތަކަށެވެ.”ކޮންތާކު ހުރީ؟””ވަތްގަނޑުގަ ޑްރެސިންގް ޓޭބަލް..” ޒިލާލް އަވަސްވީ ގޮތަކަށް ބޭސްގުޅައެއް ނަގައި އިވްލީންއަށް ލަވައިދޭން އެހީތެރިވިއެވެ. ހެޑްބޯޑުގައި ލައްވެލަމުން ޒިލާލް އިށީނީ ޒިލާލްގެ އެއް އަތުގައި އިވްލީން ހިފައިގެން އޮތުމުންނެވެ. އަނެއް އަތުން ބޮލުގައި އަތްއަޅުވާލައިގެން އޮތް ޒިލާލްއަށް ނިދުނީ ވަރަށް ވެސް އަވަހަށެވެ. ޔުމްނާއަށް ހޭލެވުމާއެކުހެން ރާއިލްގެ ފުލުސް ޔުނިފޯމާއި އެއްޗިހި ތައްޔާރުކޮށްލަދިނެވެ. ރާއިލްއަށް ގޮވާލި ނަމަވެސް ހިރުވާނުލިތާ ގުޑާވެސް ނުލިއެވެ. ޔުމްނާ ދެން ދާން ހިނގައިގެން އިރަށް ރާއިލް ޔުމްނާގެ އަތުގައި ހިފާލިގޮތުން ޔުމްނާ ގޮސް ރާއިލް ކައިރިއަށް ޖެހުނެވެ.”ހާދަ ރީއްޗޭ މައި ވައިފީކޮޅު މާޝާﷲ… ޔުމް ކިތަންމެ ވަރަކަށް އިސްތިރި ކުރިޔަސް ވެސް އަހަރެން ނުދާނަން މިއަދު ޑިއުޓީއަކަށް..” އިސްތިރިކޮށް އަޅުވާފައި ހުރި ޔުނީފޯމަށް އިޝާރާތް ކުރަމުން ރާއިލް ބުންޏެވެ.”އެއީ؟؟” ސުވާލުމާކެއް ޖެހިފައި ހުރެ ޔުމްނާ ބުންޏެވެ.”އެއީ މިއަދު މަންމަމެން ފުރާނެ ރަށަށް ދާން.. އެންޑް މީހަކަށް އަހަރެންގެ މިއަދުގެ ބާކީ ހުރިހާ ޓައިމެއް ބޫކް ކޮށްދީފިން..” ރާއިލް ބުނެލި ޖުމުލަ ރަނގަޅަށް ނޭނގުމުން ޔުމްނާ ތުން ދަމައިލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ހިމޭނުން އިން ޔުމްނާގެ ދެލޯ ފެންކަޅިވެ ކަރުނަ ހިލުނެވެ.” ޔުމް އޭ… ކިހިނެއްވީ އަހަންނަށް ޔުމް ހިތްހަމަނުޖެހޭ އެއްޗެކޭ ބުނެވުނީތަ؟ ސާބަސް އަހަރެންގެ ޓައިމް ބުކް ކޮށްދީފަ އިންނާނީ އަހަރެންގެ ވައިފްއަށްށޭ..” ހަމަ އެވަގުތު ވެސް ރާއިލްގެ އަތަށް ޔުމްނާގެ ލޮލުން ވެއްޓުނު ކަރުނަ ތިކީގެ އިހުސާސް ކުރެވިގެންދިޔައެވެ.” ރާއިލް އަހަރެން ގާތު ނާހާނަންތަ ކޮބާތޯ އަހަރެންގެ މައިންބަފައިން ؟؟” ޔުމްނާގެ ކަރުނަތައް ފުހެލަދެމުން ރާއިލް ބޯ ޖަހައިލީ ސުވާލެއް ނުކުރާނަމޭ ބުނާފަދައިންނެވެ.”ކީއްވެ؟””އެއީ އަހަންނަށް ވުރެ ބޮޑަށް ބައްޕައެއްގެ ލޯބި ނުލިބުނީމަ ވާ އިހުސާސް އެނގޭނެ މީހަކު ނުހުންނާނެ…. ދެން އަހަރެން ބޮޑުވީ މަންމައެއްގެ ލޯބި ލިބިގެން އެހެންވީމަ މަންމައެއްގެ ލޯބި ނުލިބުނީމަ ވާނެ އިހުސާސް އަންދާޒާ ކުރަން ވެސް އަހަންނަށް ވަރަށް ދަތިވާނެ… އަންޑަރސްޓޭންޑް ވޭ އަހަރެންގެ އަންހެނުންގެ ހާލަތު…” ރާއިލްގެ މޭގެތެރޭގައި ބޮނޑިވެލި އިރު ޔުމްނާގެ މޫނުގައިވީ ހިތާމަތައް އެމޭތެރޭގައި ފޮރުވައިލިއެވެ. އިވްލީންއަށް ހޭލެވުނު އިރު އިވްލީން އޮތީ އެނދުގައި ކަމުން ކޮންމެވެސް ވަރަކަށް ރޭގަ ހިނގައި ދިޔަ ކަންތައް ލޮލުކުރިމަތީގައި ސިފަވަމުންދިޔައެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގާލި އިރު ޒިލާލްގެ ހިލަމެއް ނެތުމުން އިވްލީން ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. ފެންވަރައިގެން ނުކުތް ވަގުތު އަސްމާ އައިސް ފިހާރައަކަށް ދާން ބުނުމުން މި ނިކުންނަނީ ކަމުގަިއ ބުނެ އިވްލީން ގުޅައިލީ ޒިލާލްއަށެވެ.”ޒިލާލް ސައިބުއީންތަ؟މަންމަ އާއެކު ފިހާރައަކަށް މިދަނީ…” ގަޔަށް ސެންޓު ބުރުވައިލަމުން އިވްލީން ވާހަކަދެއްކިއެވެ.”ހުމް ސައިބުއީން… އޯކޭ ހަމަ ދާންވީ އަހަރެން ބުނިން ދޯ ކުރިން ވެސް އިވްލީން ބޭނުން ތަނަކަށް އިވްލީންއަށް ދެވޭނޭ އަހަރެން ނުހިފާއްޓާނަން…އެކަމު ބަލައިގެން އުޅެއްޗޭ..” ޒިލާލް އެންމެ ފަހުން ބުނެލި ބަސްތަކުން އިވްލީންގެ މޫނު ދިޔައީ ރަތް ވެގެންނެވެ.މަގުމަތީގައި ހިނގާފައި ދިޔަ ޒީޝާލްއަށް ގުދުރަތީ ގޮތުން ލިބިފައިވާ މޮޑެލް ވޯކްގެ ސަބަބުން މީހުންގެ ލޯތައް އަމާޒުވަމުންދިޔައެވެ. އެކަމާއި މޫޑު ހަރާބުވެފައި ހުރި ޒީޝާލްގެ ލޮލުގައި ކުއްލިއަކަށް އަޅައިގަތީ ގޯޅި ކަންމަތިން ނިވާވެލި މީހެއްގެ ސޫރައެވެ. ފިޔަވަޅުތައް މަޑު ޖައްސާލަމުން ޒީޝާލް ބަލައިލީ އެ ގޯޅިޔާ ދިމާއަށެވެ. ހަމަ އެ ސޫރައެވެ. އާނއެކެވެ. އެއީ އޭނައެވެ. އޭނަ މިހާރު ޒީޝާލް މަތިން ހަނދާން ނެތުނީ ބާއެވެ؟ ފިޔަވަޅުތައް އަވަސް ކޮށްލި ޒީޝާލް ހުރީ ފުދޭވަރަކަށް އެ މީހެއްކައިރީގައެވެ. ފިހާރައެއްގެ ދޮރުމަތީގައި މަޑުކުރި އިވްލީން ގާތު ފިހާރައަށް ވަދެ އެއްޗިހި ނެގުމަށް ބުނެ އަސްމާ މަޑުކުރީ ފޯނެއް އަންނާތީ ބޭރުގައެވެ. ފިހާރައަށް ވަދެ އެއްޗިހި ގަނެގެން ނުކުތްއިރު އަސްމާ ފެންނަން ނެތުމުން އިވްލީންގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ. އާނ އެކެވެ. ކަންކަން ވަރަށް ގޯސްވާން ފަށައިފިއެވެ. ފިހާރަ ދޮރުމަތީގައި ކީއްކުރަން އެހިސާބުން ވެސް އަސްމާގެ ހިލަމެއް ވެސް ވާކަށްނެތެވެ. ޔަގީންނުވާ ހާލު ޝައްކެއްގެ މަތީގައި ޒީޝާލް ހުއްޓެވެ.”ޔަޒަކް!!!”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.





Wowwww.
Varah reethi mi vhk. Miadhu mi vhk ge hurihaa ba eh mi kiyaalii. Aslu ulhunii test thah nimmaafa kiyan kamah. Ekamaku Hama nukiyaa nuhurevunu.
Kn irakun dhen oiy bai. Varah curious gothakah vhk kuri ah mi dhanee. Hoping u would upload it soon.
Thank yu white rose ❤️
Hehe test thah ninmaafa keenamaves ehves shakuvaa eh neiy vrh ufaa vejje vhk kamudhiyaeema please mistakes ulhenya faahaga kohladheyythi ingey ehen part thakun ves comments fennaane kamah unmeedhu kuran 😊 next ep soon…
Mashallah limmm mi part ves vrhh reethi
When nextt partt
Can’t wait Hama
Vrh curious
Keep it up
Lyyy
Thank yu gurrrl_8 ❤️
Reethi veema vrh happy enge 🫶🏻
Next soon.. kurevunu Emme avahakah up kohladheynan nextu IA..😊
lym 💞💕
Masha allah mi part vs vrh reethi
Zilaal ah e vy kihinh tha…vrh heevey enme fahun zilaal r ivlyn hen gulheynyyyy loabinnn..
Cant wait…..ehaa vs curious….vrh vrh avh kiyaaalan beynun next partttttt…ehn part thakun cmnt nufenunas alhugandu baraabarah vhk kiyann..n hurihaa baeh vs vrh vrh reethii…unit tests thah kaeri vefa othyma faharehga cmnts thah nukurevidhaane…ekm kiyaalaafa free vagutheh vihyaa cmnt eh kohlaanan IA..when next????? Tc lyyy❤
Thank yu aanaa ❤️
Zilaal jealous vee dhw e hehe 😅
Mi comment kiyaafa vrh ufaa vejje 🥹
Yess e massala eh nooney comment nukurevey faharu ves dhaane ehnu dhw I understand ❤️🥰🫶🏻
Next soon …hehe Maa las thakeh nuve libidhaane IA
Luv yu more 🥰
Tc 💕
Mi part vx vrh reethi Masha Allah 💖
when next part?
Thank yu POCHINKI ❤️
IA vrh avahah next ves ☺️
When is the 21st prt guurrll
Itz been more than a month duhh
Thank yu Shaf_maan ❤️
Next ep eba kuriah dhey madu madun stay tuned inge… Varah busy schedule eh ga ulheythee vhk nugenesdhevenee 😭I hope inthizaaru kuraane kamah varah ufaa vehje vhk kiyan beynun vefa in reader akaa dhimaa v ma😊 … Veehaa vx avahakah up kureveythw varah massaikaiy kohdheynan ❤️