“ދެން ވަރަށް އަވަހަށް ޖޮބް ހަމަ ޖެހޭނެ. ލުބާ ހާސްނުވޭ. އިންޝާ ﷲ ޒެވް ލުބާއަށް އިންސާފު ހޯދަދޭނަން. ޒެވިއާރް ބުނެލިއެވެ. “އެކަމަކު އަހަރެންގެ 2 ޝަރުތު އެބައޮތް..” ލުބައިނާ ލިޔެލިއެވެ. “އަވަހަށް ބުނޭ.” ޒެވިއާރް ބުންޏެވެ.
“1، މިކައިވެންޏަކީ ދެމީހުނަށް މަޖުބޫރުން ކުރެވުނު ކައިވެންޏެއް. އެހެން ކަމުން މިކަންކޮއް ނިމުމުން ވަރިކޮއްދިނުން އެދެން. ޒެވް ބޭނުން މީހަކާއި މެރީ ކުރުމުގެ ހައްގުދޭނަން. 2، އެންމެ ފަހު އަދި އެންމެ މުހިންމު ޝަރުތު. ޒެވް ދުވަހަކުވެސް އަހަރެން ދެކެ ލޯބިނުވާތި” ލުބައިނާ ލިޔެފައިދިނެެ. “ޑީލް” ސަލާމްއަށް އަތް ދިއްކޮއްލަމުން ޒެވިއާރް ބުންޏެވެ.
****
މާޒީގެ އެދުވަސް ހަނދާންވުމުން ލުބައިނާގެ ދެލޮލުގައި އިތުރަށް ކަރުނަ ވިދައިގަތެވެ. އެހެންކަމުން ޒެވިއާރް އެހެން ކުއްޖަކު ހޯދީތާއެވެ. “އެކަމަކު… ލުބާ.. ލުބާ ބޭނުން… އެޝަރުތު އުވާލަން…” ލުބައިނާއަށް ބުނެވުނެވެ. “ޒެވް އެޝަރުތު އުވާލިތާ ކިތަންމެ ދުވަހެއް..” އަސަރާއި އެކު ޒެވިއާރް ބުންޏެވެ. އެހެންވެ ޒެވިއާރް ލޯބިވީ ފަރާތަކީ ލުބައިނާކަން އޭނާއަށް ޝައްކެއްނެތް މިންވަރަށް ޔަގީންވިއެވެ. “އައި ލަވް ޔޫ ސޯ މަޗް” ޒެވިއާރްގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން ލުބައިނާ ބުންޏެވެ. “އައި ލަވް ޔޫ މޯރް” ލުބައިނާގެ ހަށިގަނޑު ގަޔާއި ތަތް ކޮއްލަމުން ޒެވިއާރް ބުންޏެވެ.
އެކޮޓަރި އެނދު ދަށުގައި އޮތް ކަޅު ކުލައިގެ އެތިން އޭރު ދިޔައީ ރަތް ކުލަ ދިއްލެމުންނެވެ. ލެޕްޓޮޕު ކައިރީ އިން ޔައިލްއަށް ޒެވިއާރް އާއި ލުބައިނާ ދެއްކި ހުރިހާ ވާހަކަ އެއް އަޑު އިވުނެވެ. “މިހާރު މިއީ އެންމެ ރަނގަޅު ވަގުތު” ޔައިލް މަކަރުވެރި ހިނިތުންވުމަކާއި އެކު ބުންޏެވެ.
ފެންވަރާލައިގެން ނިކުން ލުބައިނާ އިނީ ލޯގަނޑު ކުރިމަތީގައި ރެޑީވާށެވެ. ލުބައިނާއާއި ދިމާލަށް ހިނދުކޮޅަކު ބަލަން އިނދެފައި ޒެވިއާރް ގޮސް ލުބައިނާ ގާތުގައި ހުއްޓުނެވެ. “ދެލޯ މަރާލަަބަ” ޒެވިއާރް ލޯބިން ބުންޏެވެެ. އިތުރު އެއްވެސް ސުވާލެއް އެހުމެއް ނެތި ހީލާފައި ލުބައިނާ ދެލޯ މަރާލިއެވެ.
ޒެވިއާރް ޖީބައް އަތް ޖަހާލާފައި ނެގީ ރިހި ކުލައިގެ ފަށެކެވެ. ރަތް ކުލައިގެ ހިތެއް އިން ފުލުގައި ހުދުކުލައިން “އެކްސް” އަކުރެއް ޖަހާލާފައި ވިއެވެ. ޒެވިއާރް ވަރަށް ލޯބިން ލުބައިނާގެ ދޮން ކަރުގައި އެފަށް އަޅުވާލަދިނެވެ. “ވާއު. ވަރަށް ލޯބި މާޝާ ﷲ” ލުބައިނާ ބުންޏެވެ. “ހެހެ. ތިފަށް ނުބާލައްޗޭ ދެން. އޭރަށް ދެން ތިފަށް ފެންނަ ކޮންމެ ފަހަރަކުވެސް ލުބާއަށް ޒެވް މަތިން ހަނދާންވާނެއްނުންދޯ؟ ހެހެ” ޒެވިއާރް ބުންޏެވެ. ލުބައިނާ ބޯޖަހާލިއެވެ.
ސިޓިންގ ރޫމްގައި އިން ޔައިލްއާއި އޭނާގެ “ބައްޕަ” ދިޔައީ ލުބައިނާއާއި ޒެވިއާރްގެ ވާހަކަތަށް އަޑު އަހަމުންނެވެ. “ހޫމް. މިހާރު މިއީ އެންމެ ރަނގަޅު ވަގުތު. މިދެމީހުންގެ މެދުގައި ލޯބީގެ ގަހެއްވެސް ފަޅައިފިތާދޯ؟ ހަހަ” ޔައިލްގެ “ބައްޕަ” ބުންޏެވެ. “ދެން ކިިހިނެތް މިކަންތައް ކުރިއަށް ގެންދަނީ؟” ޔައިލް އެއްސެވެ. ކިތޭ އިރަކު ދެން ކަންކުރާނެގޮތް ދެމީހުން ރޭވިއެވެ.
ސޯފާގައި އިން އަހުމަދު ދިޔައީ ވިސްނަމުންނެވެ. އޭނާގެ މަގުސަދު ކޮންމެވެސް ވަރަކަށް ނަމަވެސް މިހާރު ލުބާންއަށް އެނގިއްޖެތާއެވެ. އަލާޔާ އެކަނި އިންނަވަގުތަކާއި ދިމާނުވާތީވެ އަހުމަދުގެ “ޕްލޭން” ކުރިއަށް ދާނެ ގޮތެއް ނުވިއެވެ. ސިޓިންގ ރޫމުގައިވެސް އެކަނި ނުބައިންދާއިރު ކޮޓަރީގައިވެސް މިހާރުވަނީ ކެމެރާ ހަރުކޮއްފައެވެ. “ހީކުރީތަ ތިކަންތިހެންވާނޭ؟ މަމިކަން ކުރާނަން.” އަހުމަދު ހިތާހިތުން ބުންޏެވެ. ޖީބުގައި އޮތް އޭނާގެ ފޯނު ނަގަމުން އަހުމަދު ކޮންމެވެސް މީހަކަށް ގުޅައިލިއެވެ. ހީހީފައި އެމީހާއަށް ވާހަކަ ދައްކާ ނިމުން އިރު އޭނާގެ މޫނު މަތީގައިވީ މަކަރުވެރި ހިނިތުންވުމެކެވެ.
އެއް ހަފްތާ ފަހެވެ. ދުވަހަކީ ލުބައިނާގެ އުފަން ދުވަހެވެ. 12 ޖަހަން ގާއިތް ވުމުން ލުބައިނާ އިންތިޒާރު ކުރަން ފެށިއެވެ. އެހާ އިރަށް ޒެވިއާރް އޮތީ އަންނާނަމޭ ބުނެފައެވެ. އުފާވެރި ކަމާއި އެކު ލުބައިނާ ދެކޮޅަށް ހިނގަމުން ދިޔައެވެ. “ޓޮއް ޓޮއް” ކުއްލިއަކަށް އިވުނީ ކުޑަދޮރުގައި ޓަކި ޖެހި އަޑެވެ. “ޒެވް އަޅެ އެދޮރުން” ހީލާފައި ލުބައިނާ ބުންޏެވެ. ޖާލި ދޮރު ހުޅުވާލީ އިރު އޭނާއަށް މަރްހަބާ ކިއީ ކަޅު އަނދިރި ކަމެވެ. “ޒެވް؟” ލުބާ މަޑުމަޑުން ގޮވާލިއެވެ. އެއްވެސް މީހަކު ނުފެނުމުން އޭނާ ތަންކޮޅެއް ބޮޑަށް ބޯނެރެލާ ބޭރުބަލާލިއެވެ. އެވަގުތު ލުބައިނާގެ ކަނދުރާގައި އެއްޗަކުން ޖެހިކަން އޭނާ އަށް އެނގުނެވެ. ދެން ވީނުވީއެއް ނޭނގުނެވެ. އޭރު ގަޑިން 12 ގަޑި ސުންމިނެޓެވެ.
ހަމަ އެވަގުތެވެ. ޒެވިއާރް ގެއަށް އައީ މާބޮނޑިއެއް ހިފައިގެންނެވެ. ނަމަވެސް ގެއަށް ވައިން އިރަށް އިވުނީ ކުޑަކުޑަ ޒެވިއަންގެ ރުއިމުގެ އަޑެވެ. ދުވެފައިގޮސް ދޮރު ހުޅުވި އިރު ޖާލިދޮރު ހުޅުވާފައި ހުރުމުން ޒެވިއާރް ހައިރާންވިއެވެ. އެނދުމަތީގައި ރޮއެ ރޮއެ އިން ޒެވިއަންވެސް ދިޔައީ އެތަނަށް އިޝާރާތް ކުރަމުންނެވެ. “ލުބާ؟” ޒެވިއާރް ހާސްވިއެވެ. ޒެވިއަން ގޮވައިގެން ޒެވިއާރް ދުއްވައިގަތީ ލުބާންގެ ކޮޓަރިއަށެވެ. “ހާދަ ދަންކޮއްފަ ކިހިނެތްވީ އަނެއްކާ؟” ހާސްވެފައި ލުބާން އެއްސެވެ. “ޒެވިއަން އުރާދީބާ. ލުބާއެއްނެތް. ހީވަނީ އަނެއްކާވެސް ކިޑްނެޕް ކުރީހެން. މަންމަމެން ކައިރީ ބުނައްޗޭ. ޒެވް މިދަނީ” ލުބާންއަތަށް ޒެވިއަން ދީފައި ޒެވިއާރް ނުކުތެވެ.
ދުވަމުން ދުވަމުން ނިކުން ޒެވިއާރް ފޯނު ނެގިއެވެ. ކޮންމެވެސް އެޕްއަކަށް ވަދެ ބެލި އިރު ލުބައިނާގެ ލޮކޭޝަން ފެނަން އިނެވެ. އާއެކެވެ. އޭނާ ދިން ފަށުފުލުގައި އިނީ “ޓްރެކް” ކުރާ އެއްޗެކެވެ. އެއަށް ބަލަމުން ޒެވިއާރް ބާރު ދުވެލީގައި ސައިކަލު ދުއްވާލީ ލުބައިނާއަށް ދެރަގޮތެއް ނުވުމަށް އެދި ހިތާ ހިތުން ދުޢާ ކުރަމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.







Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Alhey Lubaa and zev dhuru nukurachey
Alakaa and lubaan ves
Nim and aakin ves
They all are made for each other
Mi part kiyaafa rovijje
Urgh i hate yail and Ahmed
I appreciate your hard work
Your my fav author ❤️
Miyee varah interesting kamaa eku kiyaa hithun kiyaala vaahaka eh
Tc ❤️
Ly shihaa ❤️😚
Jazaakallah khairan 🫶🏻
Alhe keehvetha Yail Lubaina fahathun netten neyngigen e ulheni? 😭
haha balamaa dhw hehe
omg mi part vx vrh reethi Masha Allah 💗
i am so excited to see what happens next???
take care of yourself 💖
lysssm shihaa 😘
in sha allah soon i submitted 🙂
Mi part ves varah furihama Maashaa Allah
Luba ah dhera gotheh nahadhacheyy!!
Alhe fahe luba, yail mennah keehtha kuree
I’m so curious
When next?
Lysssssm💗💗💗
hehe lets see dhww stay tuned for next ep🫶🏻
Mi part ves varah reethi
Mi fahru vrh bodu kameh kuran vegen kidnap kuri hen heevani
Poor luba… I hope she is safe
When next???Curiously waiting for the next part
Lyssm shiherrr
hehe lets see dhww stay tuned 🫶🏻
Alheyyy… kihineh Yail recorder device e room ah vehdhee?? I’m so curious to find out
I’m glad Lubaa and Xav finally confessed to each other but what in the world is Yail trying to doo?
Alhe Lubaa ge B’day ga heyo nuvaane dhw e kahala kameh kuraakah. Anekkaa Lubaa ah vaahaka nudhehkey gotheh vejjiyyaa yo????
E Ahmed gandu ves plan kuranee keeh kuran kamehves neyngey
Alheyyyyy!
Varah reethi mi episode… lysm shiherr
Tmrw ga next episode kiyaalan libeyne kamah ummeedhu kuran
right mi part ves vrh reethi curiously waiting
🫶🏻🫶🏻🫶🏻
you’ll knw how soon hehe
stay tuned for next ep 🫶🏻
Abadhu abadhu kidnapga ulhen jehenii efakiiru!!
Neyvalaan vaguthu kolheh nulibe 💔
🙁 🙁
Alheyyy again lubaa yah ehn nahadhabala dhwww
I cant wait hama haadha curious kohlaafa eyy shiherr thi ninmaali
Btw mi part ves vrh nice ❤️🫶🏻🥲
When next part
Keep it up love you gruulyyy 😘
jazaakallah khairan 🙁 🫶🏻