“ކޮބާ ކިހިިނެކޯ ވަނީ؟” ކޮޓަރި ދޮރުހުޅުވާލާފައި ވައިން މީހާ ފެނި ޔައިލް އެއްސެވެ. އޭނާ އެއްލީ އޭނާ އަތުގައި އޮތް ޕާރުސްލް ތައްޓެވެ. “މިއީ އަޅުގަނޑުމެންގެ ދަރިފުޅު މުހައްމަދު ޒެވިއަން ޒެވިއާރްއަށް ނަންކިޔުމުގެ އުފަލުގައި ކުރާ ސަދަގާތެވެ” ޔައިލް އެތަން ކޮޅު ކިޔާލިއެވެ. “އަދިވެސް އޭތި މަރުނުވަނީތަ؟” ޔައިލް އެއްސެވެ. “މަރުވޭތަ؟ މިހާރު ގެއަށްވެސް ދޫކޮށްލައިފި” އެމީހާ ރުޅި އަހިސްފައި ބުންޏެވެ. އައި ރުޅީގައި އަތުގައި އޮތް ތަށިހޫރާލެވުނެވެ. ވަގުތުން އޭގައި ހުރި ބޮނޑިބަތާއި ކުޅުކޮޅު މުޅިތަނަށް ބުރައިގެން ދިޔައެވެ.
“ކަލޭ ކޮން ފުއްޕުމެއްތަ ތިފުއްޕަނީ އޭން؟ ކަލެއަށް އެކަން ރަނގަޅަށް ކުރެވުނު ނަމަ އެކަން ވީހެއްނުން؟” އެމީހާ ރުޅިއަހިސްގެން ގޮސް ޔައިލް ކަރުގައި ހިފިއެވެ. “ކަލެއަކަށް ނުވާނެ މިކަމެއް! ދެން އެކަން ކުރާނީ މަ. އަޑު އިވިއްޖެ؟” ޔައިލް ދުރައް ކޮޕާލާފައި އޭނާ ނުކުމެގެން ދިޔައެވެ. ޔައިލް އޭރު ހީވަނީ ރުޅި އަހިސްގެން ފަޅައިގެން ހިނގައިދާނެ ހެންނެވެ.
ހިޔާލުތަކުން ގެނބެމުން ދިޔަ ޒެވިއާރް ސިހުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަމުން ދިޔައީ ހޮސްޕިޓަލުން ކަމުން އަވަހަށް ފޯނު ނެގިއެވެ.”ލުބައިނާ ހޭ އަރައިފި. އަލްހަމްދުލިއްލާހި މިހާރު ވަރަށް ސްޓޭބަލް. އެކަމަކު އިހަށް އެ އެކްސިޑެންޓުގެ ވާހަކަ ނުދެއްކުން ބުއްދިވެރީ. ދަރިފުޅު ގޮވައިގެން އަންނައްޗޭ. މިވަގުތު ލުބައިނާ ބޭނުންވާނީ އެކައްޗަކަށްވުރެވެސް ބޮޑަށް ލޯއިތްބާއި އަޅާލުން” ޔަނާ ބުންޏެވެ.
“މަންމާ. ބައްޕާ. ލުބައިނާ ހޭއަރައިފި” ފޯނު ބޭއްވިގޮތައް ނުކުމެ އެންމެނަށް ޒެވިއާރް އެ އުފާވެރި ޙަބަރު ދިނެވެ. އެޙަބަރާއި އެކު އެންމެންވެސް އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ.
ހޮސްޕިޓަލަށް އާދެވުމުން އެންމެ ފުރަތަމަ ވަނީ ޒެވިއާރް އެކަންޏެވެ. ލުބައިނާގެ ހުޅުވިފައިވީ ދެލޯ ފެނި ޒެވިއާރްއަށް ހިނިތުންވެވުނެވެ. “ތޭންކް ގޮޑް ޔޫ އާރ އޯކޭ” ލުބައިނާގެ ހަށިގަނޑުގައި ބައްދާލަމުން ޒެވިއާރް ބުންޏެވެ. ލުބައިނާ ހީލިއެވެ. “ކިހިނެތްތަ މިހާރު؟” ޒެވިއާރް އެއްސެވެ. ލުބައިނާ ހީލަމުން ބޮޑުވައިން އިނގިލި ދައްކާލިއެވެ. ޒެވިއާރްއަށް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. “ދަރިފުޅު ކޮބާ؟” ބަނޑުގައި ފިރުމަމުން ޒެވިއާރްއަށް ލުބައިނާ އިޝާރާތް ކޮއްލިއެވެ. “އެބަ ހުރި ބޭރުގައި. އިނގޭތަ؟ އަހަރެމެންނަށް ލިބުނީ ލުބާ ބޭނުންވިހެން ބޯއީ އެއް. ލުބާ ބޭނުންވީ ނަންވެސް ކިއީ. އަހުމަދު ޒެވިއަން ޒެވިއާރް” ޒެވިއާރް ހިނިތުންވެލާފައި ބުނެލިއެވެ. ލުބައިނާގެ ތުންފަތައް ވެސްވެރިވީ ފުރިހަމަ ހިނިތުންވުމެކެވެ.
އެވަގުތު ޒެވިއާރްގެ އިޝާރާތާއި އެކު ޒެވިއަން ގޮވައިގެން ލައިނާގެ އިތުރުން، އާދިލް، ޒަވްޔާ، ޔޫސުފް، ލުބާން، އަލަކާ އަދި އަލާޔާވެސް ވަނެވެ. އެންމެން ފެނުމާއި އެކު ލުބައިނާއަށް ހިނިތުންވެލެވުނެވެ. ލައިނާގެ އަތުގައި އޮތް ކުޑަކުޑަ ޒެވިއަންފެނި ލުބައިނާއަށް އަތް ދިއްކޮއްލެވުނެވެ. ލައިނާ ގޮސް ޒެވިއަން ލުބައިނާގެ މޭމަތީގައި ބާއްވާލިއެވެ. މެރިފައި އޮތް ޒެވިއަންގެ ދެލޯ ހުޅުވާލިއެވެ. ފުރަތަމަ ފަހަރަށް މަންމަގެ އިހުސާސް ކުރެވުމުން ކަންނޭގެވެ. އެކުއްޖާ ލުބައިނާގެ މޭމަތީގައި ކުރުގެޅިލާފައި ހަމަ ޖެހިލިއެވެ.ލުބައިނާ ކަރުނަވީ ދެލޮލާއި އެކު ޒެވިއަންގެ ދޮންކޮލުގައި ފިރުމާލިއެވެ.
“ދަރިފުޅު ކިހިނެތްތަ މިހާރު؟” ލުބައިނާ ގާތުގައި ހުއްޓި ޒަވްޔާ އިޝާރާތް ކޮއްލިއެވެ. ލުބައިނާ ބޮޑުވައިން އިނގިލި ދައްކާލާފައި ރަނގަޅު ކަމަށް ބުނެލިއެވެ.
އާއިލާ އެކުގައި ކިތަންމެ އިރަކު ލުބައިނާ ގާތުގައި ހުއްޓެވެ. އެންމެންވެސް މަސައްކަތް ކުރީ ލުބައިނާ ހެއްވާލެވޭތޯއެވެ. ލުބައިނާގެ އާއިލާ އޭނާދެކެވާ ލޯބި ފެނިފައި އޭނާގެ މޫނު މައްޗަށް އެރީ ފުރިހަމަ ހިނިތުންވުމެކެވެ.
ހަވީރުގެ ވަގުތެވެ. އެވަގުތު ކުޑަކުޑަ ޒެވިއަން އޮތީ ނިދިފައެވެ. އޭރު ނިމްރާ އިނީ ލުބައިނާ ގާތުގައެވެ. “އައި ވޯޒް ވޮރިޑް ސިކް” ނިމްރާ އިޝާރާތް ކުރިއެވެ. “ދެން ހާސްނުވެބަ. މިހާރު ލުބާ އޯކޭއޭ” ލުބައިނާ ހިނިތުންވެފައި އިޝާރާތް ކުރިއެވެ. އެވަގުތު ވެގެން ދިޔައީ ކަޔާން ދޮރުހުޅުވާލާފައި ވައިންވަގުތަށެވެ. ވަގުތުން ނިމްރާގެ ހަތަރިސްފައި ފިނިވިއެވެ. ނިމްރާގެ ކައިވެންޏަށް ފަހު ކަޔާން އޭނާއަށް ފެނުނު ފުރިހަމަ ފަހަރަކީ އެއީއެވެ. ހެވިދިލިފައި ވައިން ކަޔާންއަށްވެސް ވީހަމަ އެހެންނެވެ. ނިމްރާ ފެނުމާއި އިރު މޫނުމަތީގައިވީ ހިނިތުންވުން ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. އެހެންނަމަވެސް އޭނާ އަމިއްލަ ނަފުސު ހަމައަކަށް އަޅުވާލިއެވެ.
“ހޭއީ. ކިހިނެތްތަ؟ ބޭބީ ނުވެސް ދެކެން ވިއްޔައަދި؟” ކަޔާން ބުންޏެވެ. “ހޫމް ލުބާއަށް ގޮވާލަން އަންނަންވެސް ތިއެނގުނީތާ އަދި. އެއޮތީ ބޭބީ އުރާލަބަ. ކޮންތާކު އުޅެފަތަ ތިއައީ؟ ނުވެސް ފެނޭ މީން ދުވަހަކު” ލުބައިނާ އިޝާރާތް ކޮއްލިއެވެ. “އެދޯ. މިއައީ ލަންކާއަށް ގޮސްލާފަ. ކުޑަކޮށް ބޯހަމަ ޖައްސާލަން” ޒެވިއަން އުރާލަމުން ކަޔާން ބުންޏެވެ. “ލަންކާއަށޭ؟ ކީއްކުރަން ބޯހަމަ ޖައްސަން؟ ހަހަ ވަގުބިޓު ކެޓީތަ؟” ލުބައިނާ އިޝާރާތުން ކޮއްލި ސުވާލާއި އެކު ފިނިވީ ހަމަ އެކަނި ނިމްރާ އެއް ނޫނެވެ. ކަޔާންވެސްމެއެވެ. “ހަހަ. ދެން ތިކަހަލަ ގޮތެއްދޮ؟ އެވާހަކަ ބާއްވާ. ކޮންނަމެއްތަ މިކުއްޖައަށް ކިއީ؟” ކަޔާން އަވަހަށް ވާހަކަ އޮޅުވާލިއެވެ. އޭނާ އެހެން އެހެދީ އެވާހަކަ ދައްކަން ބޭނުންނުވާތީކަން ލުބައިނާއަށް ވިސްނުމުން ދެން އަޅައެއް ނުލިއެވެ. “ޒެވިއަން” ލުބައިނާ ބުންޏެވެ.
“އޯ ސްޕެއިން ނޭމް އެއްދޯ ހަހަ. އައި ގެސް އޯކޭދެން. ޒެވިއަން ވައްތަރެއްވެސް ނޫން ލުބާއަކަށް. ޒެވްއާއި ވައްތަރީވެސް ހަހަ” ކަޔާން ބުންޏެވެ. ވަގުތުން ލުބައިނާގެ ތުންކޮޅު އޫކޮއްލިއެވެ.
އެވަގުތު ވެގެން ދިޔައީ ޒެވިއާރްއަދި އާކިން ވެސް އެކޮޓަރިއަށް ވައިން ވަގުތަށެވެ. އެމީހުން ފަހަތުން ޒުވާން އަންހެން ކުއްޖަކުވެސް ވަނެވެ. “އައިމް ސޮރީ، އެކަމަކު ދެމީހުން އިހަށް ބޭރަށް ދޭބަ. ލުބާގެ ކުއެސްޓަނިންގއަށް މިއައީ” ޒެވިއާރް ބުންޏެވެ. ކަޔާންއާއި ނިމްރާ ނިކުތީ ބޭރަށެވެ.
“ހައި، އައިމް މާޝާ. އަޅުގަނޑަކީ ލުބާގެ ކޭސްއަށް ހަމަ ޖެހުނު ލޯޔަރ” މާޝާ ބުންޏެވެ. ލުބައިނާ ހިނިތުންވެލިއެވެ. ލުބައިނާ ހީލިއެވެ. “އިޓްސް އޯކޭ، ޔޫ ކޭން ޓޯކް. އައި ނޯ ސައިން ލެންގުއޭޖް” މާޝާ ބުންޏެވެ. ލުބައިނާ ބޯޖަހާލިއެވެ. “އެދުވަހު ކަންވީގޮތް އަޅުގަނޑުމެންނަށް ކިޔާލަ ދީފާނަންތޯ؟” މިފަހަރު މާޝާވެސް ކުރީ އިޝާރާތެވެ.
“އެދުވަހު… ޒެވް ދިޔައީ ޕާޓީ ނިންމާފައި އަޅުގަނޑު ވަރުބަލި ވެފައި އިނީމައި ގެއަށް ދާވާޙަކަ މަންމަމެން ގާތުގައި ބުނެލަން. ދިޔަތާ ކުޑަ ހިނދުކޮޅެއްތެރޭގައި އެމީހާ އަހިސް އަޅުގަނޑުގެ މޫނު މަތީގައި ފޮތިކޮޅެއް އެޅީ. އޭގެން ދޮވި ވަހާއި އެކު އަޅުގަނޑު ހަމަ ހިއްސު ކެނޑިގެން ދިޔަ. ދެން ހޭލެވުނު އިރު އޮވެވުނީ އެންމެ ފުރަތަމަވެސް އެމީހާ އަޅުގަނޑު ރޭޕް ކޮއްލި ކޮޓަރީގައި. އެފަހަރު އެމީހާގެ ދަރިއަކަށް އަޅުގަނޑު ބަލިވެއިނިން. އެކަމަކު.. އެދަރިފުޅު ބައިގެން ދިޔައީ. ދެން މިހާރު ޒެވްއާއި މެރީކޮއްގެން އަނެއްކާ ބަލިވެއިނީމަ.. މިދަރިފުޅުވެސް ވިހެޔަކަށް ނުދޭނަމޭ ބުނީ.. އެހެން ކިޔާފަ.. އޭނަ..” ލުބައިނާއަށް ދެން އިތުރަށް އިޝާރާތް ކުރާނެހާ ހިތްވަރެއް ނުލިބުނެވެ.
“ލުބާއަށް ހީވޭތަ އެތިންފަހަރު މަތިންވެސް ލުބާއަށް އެޓޭކު ދިނީ އެކަކުހެން؟” މާޝާ އިޝާރާތް ކުރިއެވެ. “ނޫން! ހީވޭ ދެމީހަކު އެބަ އުޅޭހެން. އެއީ އަޅުގަނޑުގެ ކަރަށް ވަޅި ހަރާލި މީހާއެއް ނޫން ދެފަހަރުވެސް މިކަން މިކުރީ. ކަޅަށް ވަޅި ހަރާލި މީހާ ވަރަށް މުސްކުޅި. އެކަމަކު މިދެފަހަރު ކުރި މީހާ ވަރަށް ޒުވާން. ފުރަތަމަ ފަހަރު އަޅުގަނޑު ގަޔަށް އެރީ ކާކު ކަމެއް ނޭނގޭ. އޭރު އަޅުގަނޑުގެ ހަމަ ހިއްސުނެތުމުން..” ލުބައިނާ އިޝާރާތް ކުރިއެވެ.
“ހާސްނުވޭ. އިންޝާ ﷲ އަޅުގަނޑުމެން 3 މީހުން ލުބާއަށް އިންސާފު ހޯދައިދޭނަން” ލުބައިނާގެ އަތުގައި ފިރުމާލަމުން މާޝާ ބުންޏެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.







Heyyy shiherr mi part vx vrh reethi maasha allah..
Maasha eh vx aisfi dhw hehe🙈
I hope luba ah vrh avahah insaaf libeyne kamah..
Lysssm darling 💜🦋
Jazaakallah khairan
hehe yeshhhh 🙈 gooooo maaashaaaa >.<
lytttt darliinggg :3
masha allah mi part vs vrh reethi
dhn anhka vs luba ah dhera gotheh nahadhahchey
tc
lysmmmm shihaa❤
Hehe balamaa dhww
Jazaakallah khairan
Varah furihama Maasha Allah
Yayy luba heyaraafi then luba ah dhera gotheh nahadhacheyy!!
Then jeheynee avahah culprits athulaigan nan!!
When next??
Lysssssssm shieeerrrrr ❤️
Yesyes soon in sha allah
In sha allah maadhamaa
Jazaakallah khairan
Ilsyymm
shihaa sis mi part vx vrh reethi Masha Allah 💗
alheyy this kayaan vrh sus ulhey gothun.. haadha savage Reply ey dhenee vx..
hehe…
tc sis vrh bodah 💖
lysssm sis 😘
Hehe neynge dhww balamaa kayaan ah vanii kyh thw hehe
Tc 2 darls
Lyttt
mashallah mi part ves vrh rethi when next part cant wait for next ?/
Jazaakallah khairan in sha allah tmrw
mi part ves vrh reethi next part kon irakun caant wait ly
Yayyy in sha allah tmrw stay tuned ilytt
vv reethi
curiously waiting for the next part
and you are one of my fav authors veema i dont want any mistake to be there ehenve cover pic ga dhey thy ga ves kayaan liyafa iny …is that by mistake or it is?
Happy to hear i am one of your fav authors😊
But yess his name is Kayaan lot of readers misread it as Kiyaan
Keeehve dhn thaanga kayaaan jahaafa cover pic ga…
Aakin and Nimra eiinu..
Ohhhhhh that you mean i’m sorry it was a mistake😭😭
Jazaakallah khairan for letting me know
When’s next part
Loved this part 💗
Keep up the gud work 🙂
Jazaakallah khairan in sha allah tnrw
Maasha allah mi part ves varah reethi
Luba is finally awake dhww
I’m soo happy
When next???
Curiously waiting for the next part
Keep up the gud work shiherr
Lyssm shiherrr tc
Jazaakallah khairan in sha allah tmrw
Stay tuned
Ohh. Finally Lubaa hey ereee dhw.. I’m so glad e coma gina dhuvahakah dhemigen nudhiyakan
But e yail gandu haadha gaohey dhww. They’re still planning to race Lubaa again… if it was me, amilla athun maraalaanan.
And Xeviyan 🥰🥰
Varah loabi nameh. Shiherr konthaakun hoadhaahaa Spain names eh tha? Hehe 🖤🖤💖
Aslu ves lubaa ge fam varah caring. She would be so proud of them and to see her first son ! 💙
And thi Maasha eh ves arrived dhw.. let’s see what she can do. I really hope she can find justice for Lubaina. Neynge dhw Lubaa gothah kithah anhen kudhin kameh ulhenee.
Yk, aslu mi episode upload vithaa 3 hrs ga fenijje. Keen. Ekamu egadeega comment nukurevunee.
Next episode ebain upvefa dhw
I’m so curious.
hehe i find them on tiktok and stuff haha
lets see dhw what Maasha, Aakin and Xavier can do