އެމީހުނަށް ނޭނގުނު ނަމަވެސް އޭރު ދުރުގައި އޭނާ ހުއްޓެވެ. ޑަކްޓަރު ޔޫނީފޯމުގައި ހުރުމުން އެއްވެސް މީހަކަށް އެއީ ކާކު ކަމެއް ނޭނގުނެވެ. “އެވަރުންވެސް އެކުއްޖާގަނޑު މަރުވާކަށް ނޫޅުނުތާ” އަޅައިގެން ހުރި މާސްކު ތިރިކޮއްލަމުން ޔައިލް ބުންޏެވެ. އޭރު އޭނާގެ ދެލޮލުން ދިޔައީ އަލިފާން ކަނި ބުރަމުންނެވެ.
ހެނދުނުގެ ވަގުތެވެ. އެންމެން ހޮސްޕިޓަލުގައި ތިބި ނަމަވެސް އެންމެންގެ މޫނު މަތީގައިވީ މާޔޫސްކަމެވެ. ލުބައިނާގެ އޮޕަރޭޝަން ކާމިޔާބުވީނަމަވެސް އޭނާ އޮތީ ކޯމާއެއްގައެވެ.
މެންދުރުގެ ވަގުތެވެ. ލުބައިނާ ގާތަށް ވަންނަން ހުއްދަ ލިބުނެވެ. “ދަރިފުޅު ވަދޭ.” ޒެވިއާރް ބޯޖަހާލާފައި ވަނެވެ.
ލުބައިނާ އޮތް ހާލުފެނި ޒެވިއާރްއަށް ރޮވުނެވެ. ލުބައިނާގެ ހަށިގަނޑުގެ އެތައް މިތަނައް އެކި ވައްތަރުގެ މެޝިން ގުޅުވާފައިވިއެވެ. މެޝިނެއްގެ އެހީގައި ނޭވާލަމުން ދިޔައިރު ލުބައިނާ އޮތް ހާލުފެނި ހިތެއް އޮތް މީހަކަށް ނަމަ އަސަރު ކުރީހެވެ.
“ލުބާ.. އައިމް ސޮރީ.. އައި ފީލް ލައިކް ދިސް ވޯސް މައި ފޯލްޓް..” ލުބައިނާ އަތުގައި ހިފާލަމުން ޒެވިއާރް ވާހަކަ ދެއްކިއެވެ.
“ލުބާ.. އަހަރެމެންނަށް ލިބުނީ ލުބާ ބޭނުންވިހެން ފިރިހެން ކުއްޖެއް.”
***
“ލުބާ ބޭނުމީ ކޮންކަހަލަ ކުއްޖެއްތަ؟” ސްކޭން ކުރަން އަހިސް އިން ދުވަހަކު ޒެވިއާރް އެއްސެވެ.
“އަމްމް. ލުބާ ބޭނުމީ ބޯއީއެއް. ލުބާ އަބަދުވެސް ބޭނުންވީ ބޯއި އެއް ފަސްޓު” ލުބައިނާ ފޯނުގައި ލިޔެލިއެވެ. “ހެހެ ކޮންކަހަލަ ނަމެއް ކިޔަން ބޭނުމީ؟ ހެހެ މޯލްޑިވިއަން ނަމެއްތަ ސްޕެއިން ޖަމެއްތަ؟” ޒެވިއާރް އެއްސެވެ. “ސްޕެއިން ނަމެއް. ހަމަ އެކްސް އަކުރަކުން. އޭރުން އަވާރް ބޭބީ ވިލް ފީލް ސްޕެޝިއަލް އެއްނުން.؟ ލުބައިނާ ލިޔުނެވެ. “ހެހެ އޯކޭ. ގޮޓް އެނީ ނޭމްސް އިން މައިންޑް؟” ޒެވިއާރް އެއްސެވެ. “ގާލްއެއް ވިއްޔާ ޒިވިއާރް. ބޯއި އެއް ވިއްޔާ ޒިވިއަން. ކަޑަ؟” ލުބައިނާ ލިޔުނެވެ.
***
މާޒީގެ އެހަނދާން ވުމުން ޒެވިއާރްއަށް ބޮޑަށް ރޮވުނެވެ. މިއަދަށް އޭނާ ކިހާ އިންތިޒާރެއް ކުރިހެއްޔެވެ؟ އެކަމަކު މިއަދު ކަންވެގެން މިދިޔައީ އޭނާ އުންމީދުކުރިގޮތާ މުޅިން ޙިލާފަށެވެ.
“ލުބާ… ކަން ކަން މިވީގޮތުން.. ޒެވްއަށް ރިއަލައިޒް ވެއްޖެ.. ލުބާ.. އައި ލަވް ޔޫ. އައި ލަވް ޔޫ ސޯ މަޗް.. އައިމް ސޮރީ.. ލުބާގެ ޝަރުތުތުތަކާއި ޙިލާފު ވެވުނީމަ. އެކަމަކުވެސް.. ޒެވް ދުވަހަކުވެސް ކުއްޖަކު ދެކެ ލޯއިތްބެއް ނުވަން. އެހެންވެ ޒެވްއަށް ނޭނގުނީ.. ލުބާއަށް ކަމެއްވީމަ، ބިރުގަންނަނީ، ދެރަވަނީ. ލުބާ އުފާވީމަ ޒެވްވެސް އުފާވޭ. އައި ލަވް ޔޫ ލުބާ.. ޕްލީޒް. ޒެވް ދޫކޮށްލާފަ ނުދައްޗޭ. އިންޝާ ﷲ ލުބާއަށް އެހެން ހެދިމީހަކު ޒެވް ހޯދާނަން” ޒެވިއާރް ބުނެލީ އަޒުމާއި އެކުއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް 7 ދުވަސް ފާއިތުވިއެވެ. ދަރިފުޅު ގެއަށް ދޫކޮށްލެވުނަސްވެސް ލުބައިނާ އޭރުވެސް އޮތީ ކޯމާގައެވެ. ހިތާމައިން ފޯވެފައިވީ ހިތަކާއި އެކު ޒެވިއާރް ދަރިފުޅު ގެއަށް ގެންދިޔައެވެ. ކޮޓަރިއަށް ވަދެވުމާއި އެކު ޒެވިއާރްގެ ދެލޯ ކަރުނުން ފުރުނެވެ. ލުބައިނާއާއި އެކު ހޭދަ ކުރެވުނު ވަގުތުތައް މަތިން ހަނދާންވެ މެޔަށް ބަރުވާ ކަހަލަ އިހުސާސްއެއް ކުރެވުނެވެ. ކުޑަކުޑަ ދަރިފުޅު އެނދުމަތީގައި ބާއްވާލަމުން ޒެވިއާރް އެކުއްޖާއާއި ދިމާލަށް ބަލައިލިއެވެ. ނިދިފައި އޮތް އިރުވެސް މައުސޫމް ކަމުގެ ނަމޫނާއެކެވެ.
“ޓޮއް ޓޮއް” ދޮރުގައި ޓަކި ޖަހާލާފައި ޔޫސުފްވަނެވެ. “ހިތްވަރު ކުރޭ ދަރިފުޅާ. އިންޝާ ﷲ ލުބައިނާ ހޭއަރާނެ. މިއަދު މިދަރިފުޅުގެ ހުރި ހަމަ އެކަނިމީހަކީ ތިއީ. މިދަރިފުޅަށް ޓަކައިވެސް ޒެވްވާނެ ވަރަށް ހިތް ވަރު ގަދަވާން” ޔޫސުފް ހިތްވަރު ލައިދިނެވެ. ޒެވިއާރް ކަރުނަ ފުހެލާފައި ބޯޖަހާލިއެވެ. “ހަތް ދުވަސްވެސްވީނުން؟ ދަރިފުޅަށް ނަންކިޔަންވީނުން؟” ޔޫސުފް ބުންޏެވެ. ޒެވިއާރް ބޯޖަހާލިއެވެ. “ކޮންނަމެއްތަ ކިޔާނީ؟” ޔޫސުފް އެއްސެވެ. “ޒެވިއަން”
ޖެހިގެން އައި ދުވަހެވެ. އާދައިގެ މަތިން މިއަދުވެސް ޒެވިއާރް ދިޔައީ ލުބައިނާ ގާތަށެވެ. ލުބައިނާއަށް އޭނަ ދައްކާވާހަކަ ނޭނގުނަސްވެސް ކޮންމެ ދުވަހަކު އޭނާ ލުބައިނާއަށް ކިތަންމެ އިރަކު ވާހަކަ ދައްކަން އިނދެއެވެ.
“ހެއި ލުބާ. މިއަދު އަހަރެމެންގެ ބޭބީއަށް ނަންކީމި. ހަމަ ލުބާ ބޭނުންވީ ނަންމިކީ. މުހައްމަދު ޒެވިއަން ޒެވިއާރް. ލޯބިދޯ؟” ޒެވިއާރް ބުންޏެވެ. “ލުބާ.. ޕްލީޒް ދެން ހޭލަބަލަ ހެޔޮނުވާނެ. ޒެވް މޮޔަވެދާނެ. ޒެވިއަން މަންމައަކަށް ބޭނުންވެގެން ރޯރުއިން އަހާކަށް ޒެވްއަކަށް ދެން ކުޅަދާނައެއް ނުވާނެ. އެފަކީރު އަބަދު އެއޮންނަނީ ބަނޑުގައިވެގެން ރޯލަ ރޯލަ. ގިރައިފައި ދިނީމަ ޒެވިއަންއަކަށް ކަމަކު ނުދޭ. އެކުއްޖާ އަބަދު އެއޮންނަނީ މަންމައަށް ބޭނުންވެގެން ރޯލަ ރޯލަ. ހެޔޮނުވާނެ” ޒެވިއާރް ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.
“ބޭބީ އެކަންޏެއް ނޫން.. ޒެވްވެސް… ޒެވް ކިހިނެތް ލުބާއާއި ނުލާ އުޅޭނީ؟ ޒެވްގެ ދިރިއުޅުމުގެ އުންމީދަކީތިއީ. ޒެވްގެ ފުރާނައިގެ ދިރުމަކީ ތިއީ.. ޕްލީޒް ލުބާ. ދެން ހޭލަބާ” ޒެވިއާރް ލުބައިނާގެ ދޮން މޫނާއި ގާތްވެލިއެވެ. ހިކި އަނަރޫފަ ވެފައިވީ ލުބައިނާގެ ތުންފަތުގައި ފިރުމާލަމުން ޒެވިއާރް ލުބައިނާގެ ތުންފަތައް ބޮސްދިނެވެ.
ހަމަ އެވަގުތެވެ. ލައިނާއަދި ޒަވްޔާގެ އިތުރުން އަލަކާވެސް އުޅުނީ ޒެވިއަން ރޯވަރުން މަސަލަސް ނުކުރެވިގެންނެވެ. އެވަގުތު ޒެވިއާރް އަހިސް އެތެރެއަށް ވަނެވެ. “ހަމަ ނުބުއިތަ؟” ލައިނާ އަތުގައި އިން ބުއްފުޅިއަށް ބަލައިލަމުން ޒެވިއާރް އެއްސެވެ. ލައިނާ އިސްޖަހާލާފައި ބޯޖަހާލިއެވެ. “ދީބަލަ އަޅެ ޒެވް އަތަށް” ޒެވިއަން އުރާލަމުން ޒެވިއާރް ބުއްފުޅި ދެވޭތޯ މަސައްކަތް ފެށިއެވެ. އެފަހަރު ނަސީބަކުން ޒެވިއަން ބުއްފުޅީގައި އަނގަޖެހިއެވެ.
އެނދުމަތީގައި އޮތް ލުބާންގެ ނަޒަރު ހުއްޓިފައިވަނީ ނިދިފައި އޮތް އަލާޔާގެ ދޮން މޫނަށެވެ. ނަމާދުކޮށް ނިންމާފައި އަލަކާ އަހިސް އެނދުގައި އިށީނެވެ. “ދެން ތިވަރަށް ނުވިސްނާ. އިންޝާ ﷲ ދޮންތި ރަނގަޅުވާނެ” އަލަކާ ބެލީ ލުބާންއަށް ހިތްވަރުދެވޭތޯއެވެ. ލުބާން އަލަކާގެ މޫނަށް ބަލައިލަމުން އަލަކާގެ އުނގުގައި އޮށޯއޮތެވެ. “އަލޫ. ބޭނުމެއް ނޫން ވިސްނާކަށް. އެކަމަކު ހަމަ ވިސްނެނީ. ޒެވިއަން އެވަރަށް ރޯތަން ފެނި ހަމަ ކެއް ނުވަނީ. ހިތަށް އަރަނީ ދޮންތި ހޭނާރައިފިއްޔާ….”
“ބާން. ތިހެން ނުވިސްނާ. އިންޝާ ﷲ ދޮންތި ހޭއަރާނެ. އަހަރެމެންނަށް މިހާރު ދޮންތިއަށް ދުޢާކޮށް ދިނުން ނޫންގޮތެއް ނެތް. އަލަކާ ބުންޏެވެ.
ރޮއެ ރޮއެފައި ޒެވިއަންއަށް ނިދުނެވެ. ޒެވިއަން ގޮވައިގެން ޒެވިއާރް ކޮޓަރިއަށް ވަދެ އޮށޯވެލިއެވެ. ބޮލަށް ބަރުވެފައި ހުރިނަމަވެސް ނިދިވީ އޭނާގެ ދެލޮލާ މާދުރުގައެވެ. އެހާދިސާއަށް ފަހު އަދި އެންމެ ފަހަރަކުވެސް ޒެވިއާރް ނިދާލާފައެއް ނެތެވެ.
“ކޮބާ ކިހިިނެކޯ ވަނީ؟” ކޮޓަރި ދޮރުހުޅުވާލާފައި ވައިން މީހާ ފެނި ޔައިލް އެއްސެވެ. އޭނާ އެއްލީ އޭނާ އަތުގައި އޮތް ޕާރުސްލް ތައްޓެވެ. “މިއީ އަޅުގަނޑުމެންގެ ދަރިފުޅު މުހައްމަދު ޒެވިއަން ޒެވިއާރްއަށް ނަންކިޔުމުގެ އުފަލުގައި ކުރާ ސަދަގާތެވެ” ޔައިލް އެތަން ކޮޅު ކިޔާލިއެވެ. “އަދިވެސް އޭތި މަރުނުވަނީތަ؟” ޔައިލް އެއްސެވެ. “މަރުވޭތަ؟ މިހާރު ގެއަށްވެސް ދޫކޮށްލައިފި” އެމީހާ ރުޅި އަހިސްފައި ބުންޏެވެ. އައި ރުޅީގައި އަތުގައި އޮތް ތަށިހޫރާލެވުނެވެ. ވަގުތުން އޭގައި ހުރި ބޮނޑިބަތާއި ކުޅުކޮޅު މުޅިތަނަށް ބުރައިގެން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.







When’s next part
Is lubaa gonna wake up
Ly💗
Jazaakallah khairan Aara
Hehe neynge dhw balamaa.. in sha allah tnrw next ep. Lyt❤️
mi part ves vrh reethi whens next part
Jazaakallah khairan
In sha allah tmrw
Pls make a happy ending for this story 😭
Hehe lets see dhww 🫶🏻
Hope your enjoying the story❤️❤️
Salaam hurihaa kiyuntherin,
First of all I want to say I am very sorry that I have not been answering to you guys ge comments☹️
I’ve been so busy but i am trying my best to up a ep a day.. Ikk how annoying it can be when someone is writing a mysterious story and the ep’s are late😭
I do read all of your comments and it makes me very happy.. bigggg jazaakallah khairan for everyone who has been commenting on my story even when I am not possible to reply soon
Ily u all smmmm🥰❤️
It’s okay shierr!
Don’t be sorry
I feel bad when you’re sorry!!
I appreciate your hard work ❤❤
You are a creative author
Lysssssssssm shierr💗💗💗
awww jazaakallah khairan
this made me sooo happyyy 🙂
lyttt
shihaa sissy mi part vx vrh reethi Masha Allah 💗
its okay sis reply nudhevunakas…
take care of yourself sis 💖
lysssm sis 😘
Jazaakallah khairan for understanding leeshaa, take care too🫶🏻
Alheyyy rovihje…..
Luba maraa nulahcheyy…
When next??
awlheyy sorry rovvaalevunyma 🙁 in sha allah tmrw
We understand shiherr
Plss luba ah dhera gotheh nuhadhahchey
Zevian ah ves dhera gotheh nuhadhahchey
Mi part ves maasha allah vrh reethi
When next???
i can’t wait to read the next part
Lyssssssm shiherrr
Tc💗
jazaakallah khairan Ishuu
hehe lets see dhw. in sha allah next ep tmrw. lyttt, tc 2
Luba dhen avahah heyraaba😭😭
Imagine a baby’s life without a mum 💔
Heyonuvaane thihen hadhaa mihaku hayyaru kureyy
I loved this part
When next??
I appreciate ur hard work ❤️
Lyssssssm shierr ❤️
dhww 🙁
jazaakallah khairan sooo happy u loved itt
lytttt
Alheyy
First, Shiha it’s okay.. we can understand
No need to worry. Just remember, you’re a human too and you’re just trying your best
And as for the story and how it’s going, alhe varah dheravey eba Xavian roathee. I can’t even imagine the life of a newborn without the mother.. 💔 😥
BTW, I have a question: I know Lubaa ge baby dhuvas nufurai kan vihee. But how many months was it? I don’t think it was mentioned, or even if it is, I don’t remember. So please tell me, OK?
And Lubaa ah thihaa nafrathu kuraa meehaku hayyaru kuran vejje ehnu dhwww. I’m so mad rn
Anyways, varah reethi mi episode. And I’m very happy that you’re uploading an episode once a day. I’m really happy 😊
Lysmm Shiherr 💖💖
jazaakallah khairan Oero gurll. this comment made me so happy. Oreo gurrl i would love to have a little chitchat with you 🫶🏻
yes, lubaa viheii dhuvass nufuraa, at the beginning of 8 months.
lyttt oreo gurll
vrh reethi mi bai ves whn next cant waiit hama
jazaakallah khairan, in sha allah tmrww