Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުރާނައިގެ ދިރުމޭތިއީ 23

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
March 31, 2025 3 Mins Read
12 Comments

ޒެވިއާރް އަންނަންދެން އިން ލުބައިނާ ސިހުނީ ފަހަތުން މީހަކު އަހިސް އޭނާ އަނގަމަތީގައި މީހަކު ފޮތިގަނޑެއް އެޅުމުންނެވެ. ލުބައިނާގެ ހިތް ތެޅިގަތީ އިނދެވުނީ އަނދިރި ހިސާބަކައްވެފައި ފެންނަ ހިސާބުގައި މީހަކުވެސް ނެތުމުންނެވެ. ކަރުނައިން ފުސްވެފައިވީ ލުބައިނާގެ ދެލޯ މެރި އޭނާގެ އަތްމަައްޗައް ދެމުނީ ސިކުންތުކޮޅެއް ތެރޭގައެވެ.

ޒެވިއާރް އެނބުރިއައި އިރު ލުބައިނާ ފެންނަން ނެތުމުން އޭނާގެ ހިތްތެޅިގަތީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. ކޮންމެވެސް ނުބައެއް އުޅޭ ކަމުގެ ސިގްނަލް އޭނާގެ ހަވަނަ ނަފްސު ފޮނުވާލިއެވެ. ފަޔައް ލެވުނު ހާބާރެއް ލަމުން ޒެވިއާރް ދުއްވައިގަތީ އާކިންއަށް ގުޅަމުންނެވެ.

ލުބައިނާއަށް ދެލޯހުޅުވުނު އިރު އޭނާއަށް އޮވެވުނީ ހަމަ އެއްކަލަ ކޮޓަރިތެރޭގައެވެ. ހަތަރިސްފައި ބަނދެފައި އިނުމުން ލުބައިނާއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. “ވެލް ވެލް! ލޯންގް ޓައިމް ނޯ ސީ” އެވަގުތު އެޒުވާނާ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. ލުބައިނާއަށް ބޯހޫރުވާލެވުނު އިރު ރޮއެގަނެވުނެވެ. ލުބައިނާއަށް ކަމެއް ވެދާނެތީއަށް ވުރެވެސް ބޮޑައް އޭނާ ބިރުގަތީ އޭނާ ބަނޑުގައި އޮތް ދަރިފުޅައް ގޮތެއް ވެދާނެތީއެވެ. ލުބައިނާގެ ހަރަކާތްތައްފެނި އޭނާ ގާތައް އައީ ނުލަފާ ހިންޏެކެވެ.

“ކިހިނެތްވީ؟ ދަރިފުޅައް ގޮތެއްވެދާނެތީ ބިރުގަތީތަ؟ ދެން ކީއްވެ މަގޭ ދަރިފުޅަށް އެހެން ހަދަން ކެރުނީ؟ އެދަރިފުޅުގެ ކުށަކީ ކޮބާ؟ އެދަރިފުޅު ކަލެއަށް ކީއްތަ ކުރީ؟ އޭނ؟” ލުބައިނާ ކަރުގައި ހިފާ ވާން ކޮއްލަމުން އޭނާ އެއްސެވެ. އޭނާގެ ވާހަކައިން ލުބައިނާއަށް ބޮޑަށް ރޮވުން ނޫންކަމެއް ނުވިއެވެ. ގައިމުވެސް އޭނާ ކަރަށް ވަޅި ހަރާލިމީހަކީ އެއަށް ވުރެ މާ ދުވަސްވެފައި ހުރި މީހެކެވެ. އަދި އޭނާގަޔަށް އަރާފައި މިހުރީ އެހެންވެ އެހެންމީހެއްތާއެވެ.

“ހްމްމްމް. އޯހް ހައު އައި މިސްޑް ޔޫ!. މިރޭ ކޮންމެހެން ހޭނައްތާލުމެއް ނެތްތާދޯ؟ ޔޫ ކާންޓް އީވެން ސްކީމް! ހަހަ” ލުބައިނާ ކަރުގައި ވަސް ގަންނަމުން އޭނާ ބުނެލިއެވެ.

“ދެން އަޅެ ކޮންތަނެއްތަ ބަލާނީވެސް؟؟؟” މާޔޫސްވެފައި ހުރެ ޒެވިއާރްއަށް އެހުނެވެ. އޭރު އޭނާ ހުރީ ރޮވެން ގާއިތްވެފައެވެ. “އޭ! އެންމެ ފަހުން އޭނާ ކިޑްނެޕް ވީދުވަހު އޭނަ އޮތީ ކޮންތާކުކަން އެނގުނުތަ؟ ލުބައިނާ ހަމަހޭގައި ހުރެ އަމިއްލަ އަށެއްނުން އެތަނުން ނުކުތީ؟” އާކިން އެއްޗެއް ހަނދާންވީ ފަދައިން ބުންޏެވެ. “އާނ! ޔެސް!. އަހަރެން މިދަނީ އެތަނައް” ޒެވިއާރް އެހެން ބުނެފައި ދުއްވައިގަތެވެ. އާކިންވެސް ޒެވިއާރް ފަހަތުން ދިޔައެވެ.

ލުބައިނާ ކިޔައިދިން ދިމާލައް އާދެވުނު އިރު އޭނާގެ ލޮލުގައި އަޅައިގަތީ ކުޑަ ޖިފުޓި ގަނޑެކެވެ. ޒެވިއާރް އަހައްް އެތަނައް ވަނެވެ. އޭރު ޒެވިއާރްގެ ހިތް ދިޔައީ ބާރުބާރައް ތެޅެމުންނެވެ. އެތަނުގައި އިން ކޮޓަރިދޮރު ހުޅުވާލެވުނު އިރު ފެނުން މަންޒަރުން ޒެވިއާރްއަށް ހަޅޭލަވައިގަނެވުނެވެ. “ލުބާ!!!”

ލުބައިނާގެ ނިތްމަތި ފަޅައިގެން ގޮސްލޭ އަންނަމުން ދިޔައިރު އޭނާގެ ނޭފަތުންވެސް ދިޔައީ ލޭއަންނަމުންނެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތް އިރު، ހަށިގަނޑުގެ އެކި ދިމަދިމާލުގައި ވަކި އަޅުވާ، ދަތް އަޅާފައި ހުރި ތަންތަން ދިޔައީ ފެންނަމުންނެވެ. ތެއިން ކަޅިވެފައި އޮތް ލުބައިނާގެ ހަށިގަނޑު ފެނި ޒެވިއާރް އެންމެ ބިރުގަތީ އޭނާގެ ދަރިފުޅައް ގޮތެއް ވެދާނެތީއެވެ. “ލުބާ…” ލުބައިނާގެ ހޭވެރިކަން ނެތް ހަށިގަނޑު ނަގާ އުނގުގައި ބާއްވާލަމުން ޒެވިއާރް މަޑުމަޑުން ގޮވާލިއެވެ. އެނދުމަތީގައި އޮތް ބެޑްޝީޓުން ލުބައިނާގެ ހަށިގަނޑު ނިވާކޮއްލާފައި އޭނާ ކޮނޑައް ލައިގެން ދުއްވައިގަތީ ހޮސްޕިޓަލާއި ދިމާލަށެވެ.

ހޮސްޕިޓަލައް ގެނެވުމާއި އެކު ލުބައިނާ އިމާރްޖެންސީ ރޫމްއަށް ވެއްދުނެވެ. މޫނުމަތީ އަތް އަޅައިގެން އިނދެ ޒެވިއާރް ރޮމުން ދިޔައީ ކުޑަކުއްޖެއް ފަދައިންނެވެ. “ލުބާ މަންމަމެންނައް ގުޅައިދޭންތަ؟” އާކިންއެއްސެވެ. ޒެވިއާރް ބޯޖަހާލާފައި އޭނާގެ ފޯނުދިނެވެ.

އަލަކާއާއި ލުބާން ގޮވައިގެން ގެއަށް ވައިން ވަގުތެވެ. އާދިލްއަށް އައީ ފޯނުކޯލެކެވެ. ނުދަންނަ ނަންބަރެއް ވުމުން ނުނަގަން ހުރެފައި ވެސް އާދިލް ފޯނުނެގިއެވެ. “އައްސަލާމު އަލައިކުމް..” އާދިލް ސަލާމް ގޮވާލިއެވެ. ހަމަ އެސިކުންތުގައި އޭނާ ސީރިޔަސްވީ ޒެވިއާރް ރޯއަޑު އިވުނު ހެން ހީވެގެންނެވެ. “ލުބައިނާގެ ބައްޕަތޯ؟” އާކިން އެއްސެވެ. އާދިލް ލައްބައޭ ބުނެލިއެވެ. “ލުބައިނާގެ ހާލު ވަރަށް ސީރިޔަސް.. އަނެއްކާވެސް އެމީހުންގެ ފަރާތުން އޭނާއަށް އެޓޭކްއެއް އަތުވެއްޖެ..” އާދިލްއަށް އެހެން ބުނެވުނު އިރު ރޮވިއްޖެއެވެ. “މަގޭ ދަރިފުޅު.. ހިނގާ އަވަހަށް ހޮސްޕިޓަލަށް” ލަައިނާ ބުންޏެވެ. “މަންމާ އަހަރެންވެސް ދާނަން” ލުބާން ބުންޏެވެ. “ނޫނޭ ދަރިފުޅު މަޑުކުރޭ” އާދިލް ބުންޏެވެ. “ނޫން ބައްޕާ. ދޮންތިއަށް ވީނުވީ އެއް ނޭނގިމިރޭ އަޅުގަނޑަކަށް އެއްވެސް އުފަލެއް ނެތް” ލުބާން ބުންޏެވެ. “ބާން ދޭ. އަލޫއަށް އޯކޭ. އަލޫ މަޑުކުރާނަން ލާޔާ ގޮވައިގެން” އަލަކާ ބުންޏެވެ. އެހެން ކަމުން 3 މީހުން އަވަސްވެގަތީ ހޮސްޕިޓަލައް ދިޔުމަށެވެ.

“މަގޭ ދަރިފުޅު. ކޮބާ އޭނަ؟ ކީކޭ ޑަކްޓަރު ބުނީ؟” ލައިނާ އަވަސްއަވަހައް އެއްސެވެ. އެވަގުތު ވެގެން ދިޔައީ ޑަކްޓަރުވެސް ނުކުން ވަގުތަށެވެ.

“ލުބައިނާގެ ހާލު ވަރަށް ދަށް. ލުުބައިނާގެ ޕެލްވިކްއަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައި. އިންޓާރްނަލް ބްލީޑިންގްވެސް އެބަ ހުރި. ޝީ ނީޑްސް ސާޖަރީ އިމީޑިއެޓްލީ. ދެން ބޭބީ.. ބޭބީގެ ހާލަތުވެސް ވަރަށް ދަށް. އޮކްސިޖެން ލެވެލްވެސް އަދި ހާޓް ރޭޓްވެސް ވަރަށް ދަށް. ސީ ސެކްޝަން ހަދާފަ ނަގަން ޖެހޭނީ. އެހެން ނޫނަމަ ބޭބީގެ ފުރާނަ ސަލާމާތެއް ނުކުރެވޭނެ” ޑަކްޓަރް ޔަނާ ބުންޏެވެ. ލައިނާއަށް ރޮއެގަނެވުނެވެ. “ކޮންމެގޮތެއް ހަދާފަ ވިޔަސް މަގޭ ދަރިފުޅާ މާމަ ދަރިފުޅު ސަލާމަތް ކޮއްދީ ހެޔޮނުވާނެ. އާދޭސް މިކުރީ” ލައިނާ ބުންޏެވެ. “އިންޝާ ﷲ ރަނގަޅުވާނެ” ޔަނާ ބުންޏެވެ.

ތެޅިތެޅި އޮތް ހިތަކާއި އެކު އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ލުބައިނާ އޮޕަރޭޝަން ތިއޭޓަރުން ނުކުންނާނެ ވަގުތަށެވެ. އޭރު ޔޫސުފްއާއި ޒަވްޔާވެސް އެތަނުގައި ހުއްޓެވެ. ގަޑިއިރެއްހާއިރު ފަހުން ޑަކްޓަރު ނުކުތެވެ.

“އަލްހަމްދުލިއްލާހި. އޮޕަރޭޝަން ކާމިޔާބު. ފިރިހެން ކުއްޖެއް. ދަރިފުޅުގެ ހާލަތު މިހާރު އެބަ ސްޓޭބަލްވޭ. އެކަމަކު ރީންދޫ ހުން ޖެހިފައި ހުރީ. ދުވަސްނުފުރައި ވިހެއުމުނާއި އެކު، ރީންދޫ ހުން ޖެހިފައި ހުރުމުން އެން.އައި.ސީ.ޔޫ އަށް ލާނަން.” ޔަނާ ބުންޏެވެ. “ދެން ލުބާ؟” ޒެވިއާރްއެއްސެވެ. ޔަނާ ދޫކޮއްލީ ފިނި ނޭވާއެކެވެ.

“ލުބައިނާގެ ހާލަތު އަދިވެސް ވަރަށް ދަށް. މިހާރު ބްލީޑިންގ ތައް ހުއްޓުމުގެ ސާޖަރީ ހަދަން މިއުޅެނީ. އޭރަށް އަދި އެއްޗެއް ބުނެވޭނީ” ޔަނާ ބުންޏެވެ.

ޒެވިއާރްއަށް ހުރިތަނަށް ތިރިވެވުނެވެ. މެޔަށް ފިތޭ ކަހަލަ އިހުސާސްއެއް ކުރެވެމުން ދިޔައެވެ. ދަރިފުޅުގެ ފުރާނަ ސަލާމަތްވުމުން އުފާވީނަމަވެސް ލުބައިނާގެ ހާލަތު އެނގުމުން އޭނާ މިހާރު އެހުރީ ވާންވީ އުފާކަމެއް ދެރަކަމެއް ނޭނގިފައެވެ.

އެމީހުނަށް ނޭނގުނު ނަމަވެސް އޭރު ދުރުގައި އޭނާ ހުއްޓެވެ. ޑަކްޓަރު ޔޫނީފޯމުގައި ހުރުމުން އެއްވެސް މީހަކަށް އެއީ ކާކު ކަމެއް ނޭނގުނެވެ. “އެވަރުންވެސް އެކުއްޖާގަނޑު މަރުވާކަށް ނޫޅުނުތާ” އަޅައިގެން ހުރި މާސްކު ތިރިކޮއްލަމުން ޔައިލް ބުންޏެވެ. އޭރު އޭނާގެ ދެލޮލުން ދިޔައީ އަލިފާން ކަނި ބުރަމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އަބަދަށްޓަކައި ހިތުގެ ލޯބި 13

Next

ލިބިދޭތޯ އިންނާނަން ލޯބިން-9

Next
March 31, 2025

ލިބިދޭތޯ އިންނާނަން ލޯބިން-9

Previews
March 31, 2025

އަބަދަށްޓަކައި ހިތުގެ ލޯބި 13

12 Comments!

  1. leeshaa says:
    March 31, 2025 at 6:17 pm

    omg shihaa mi part vx vrh reethi Masha Allah 💗
    can’t wait for next part
    btw shihaa take care of yourself 😘
    lysssm shihaa 💖

    1. shihaamaa ali shihaamaa ali says:
      April 1, 2025 at 6:12 pm

      Jazaakallah khairan leeeshaaa🥰🥰🥰

  2. gurrrrl says:
    March 31, 2025 at 7:14 pm

    waah yail i hate youuu
    lubaa yah ehn hadhan jehunu sababeh ohaanaane dhw
    haadha fooi meehaa gadhekeyy dahhh
    btw mi part ves vrh reethi mashallah whn next cant wait hama
    ly

    1. shihaamaa ali shihaamaa ali says:
      April 1, 2025 at 6:12 pm

      Hehehehehe Jazaakallah khairan gurrrrl🥰🥰🥰

  3. Your fav bab says:
    April 1, 2025 at 2:29 am

    Bro Luba got raped again??
    Haadha vrakeyy dhw luba ah e ekollanee!!
    Mi part ves varah furihama Maashaa Allah!!
    When next?
    Lysssssm💗💗
    I appreciate your hard work

    1. shihaamaa ali shihaamaa ali says:
      April 1, 2025 at 6:12 pm

      Jazaakallah khairan your fav bab🥰🥰

  4. Ishu says:
    April 1, 2025 at 3:36 am

    Againn!!!!😳
    I hope luba is ok…
    Mi part ves varah reethi
    Keep up the gud work shiherr
    When next???
    Can’t wait to read the next part
    Lyssm shiherrr

    1. shihaamaa ali shihaamaa ali says:
      April 1, 2025 at 6:13 pm

      Jazaakallah khairan Ishuuuu🥰

  5. Oreo gurll says:
    April 1, 2025 at 2:02 pm

    Alheyyyyyyyyyyyyy
    I hate that Yail so damn much now
    Alhe lubaa anekkaa rape kohleee eyy. What did she ever do?
    I’m so glad the baby is okay
    But Lubaa.. do your best
    You’ll survive this.. please don’t dieee
    Alhe, baby ovva rape kohleema haadha vareh vaaneyy
    So glad Xavier found her before it’s too late
    She can still do it
    Please don’t die
    Please please
    And varah furihama mi episode ves. Hope to see the next one soon. BTW, when??
    Take care Shiherrrr

    1. shihaamaa ali shihaamaa ali says:
      April 1, 2025 at 6:13 pm

      Jazaakallah khairan Oreo gurll
      Tc tooo🥰

  6. unknown gurll says:
    April 1, 2025 at 3:02 pm

    mi part ves vrh reethi

    1. shihaamaa ali shihaamaa ali says:
      April 1, 2025 at 6:13 pm

      🫶🏻

Comments are closed.

Next Episodeފުރާނައިގެ ދިރުމޭތިއީ 24←


All Right Reserved!