Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުރާނައިގެ ދިރުމޭތިއީ 21 & 22

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
March 30, 2025 6 Mins Read
17 Comments

**21 ވަނަ ބައި**

އަލަކާ ހީކުރި ގޮތާއި ހިލާފައް އަހުމަދު އޭނާ ގާތައް އައެވެ. އޭރު އެކުއްޖާ އޮތީވެސް އަލަކާގެ އަތުގައެވެ. “މިހާރު ދެން ތިވިހީނުން؟ ދެން އުޅޭ ގެއަށް ދާން؟” އެކުއްޖާ އުރާލުމެއްވެސް ނެތި އަހުމަދު އެއްސެވެ. އަލަކާ އިސްޖަހާލިއެވެ. “މިދުވަސްކޮޅު އިހަކައް އަލަކާ މިގޭގަ ބަހައްޓަދޭންވީނުން؟ އަދި އަލަކާއަކައް ބޭބީ ބެލުމުގެ އެއްވެސް ކަމެއް އަނެއްހެން ނުވެސް އެނގޭނެއްނުން؟” ލައިނާ ބުނެލިއެވެ. ބޯކަހާލާފައި އަހުމަދު “އޯކޭ” އޭބުނެލިއެވެ. “އެހެންވެ ބައްޕަ މިދަނީ. ވަރަށް ނިދި އަހިސްފައި މިހުރީ. މާދަމާ އަންނާނަން” އެހެން ބުނެ އަހުމަދު ނުކުމެގެން ދިޔައެވެ.

އަނގައިން މަޑު ރާގެއް ލައްވަމުން ދިޔަ އަހުމަދު ހުއްޓުނީ ފޯނު ރިންގު ވާން ފެށުމުންނެވެ. “ސައިކޭޓްރިކް ހޮސްޕިޓަލް” ގެ ނަމުން ސޭވް ކުރެވިފައި އިން ނަންބަރުން އަންނަ ކޯލު ފެނި އަހުމަދުވީ ފޫއްސެވެ. އެހެން ނަމަވެސް އޭނާ ފޯނު ނެގިއެވެ. “އަހުމަދު އަލީ ދެއްތޯ؟” އެކޮޅުން ކުއްޖަކު ވާހަކަ ދެއްކިއެވެ. “ފާތުން ނިޔާވެއްޖެ” އެކުއްޖާ އެޙަބަރު ދިނެވެ. ވަގުތުން އަހުމަދުގެ ފިޔަވަޅުތައް ހުއްޓުނެވެ.

އަހުމަދުއަށް ފުންނޭވާއެއް ދޫކޮއްލެވުނެވެ. އަހުމަދުގެ ލޯކުރިމަތީގައި ފާތުން ނިޔާވިތާ މިހާރު ކިތޭ ދުވަހެކެވެ. ނަމަވެސް ހަގީގަތުގައި އޭނާ ނިޔާވި ހަބަރު ލިބުމުން އޭނާ ހުއްޓުން އަރާ ގޮތް ވިއެވެ. ފާތުންއަކީ ކާކުބާއެވެ؟ އެޔެއް ބަލާލުމައް އަހުމަދުގެ މާޒީއިން ސަފްހާތަކެއް ހުޅުވާލަމާއެއްނުން ހެއްޔެވެ؟

***އަހުމަދުގެ މާޒީ***

ނަވާރަ ސަތޭކައިގެ އަހަރުތަކެވެ. މަގުމަތީގައި އެއްވެސް ހިލަމެއް ނޯންނައިރު އަބަދުހެން އޮންނަނީ ހަމަހިމޭންވެފައެވެ. ފައްޖެހި އެނދުގައި ނިދި ޖެހިފައި އޮތް އަހުމަދުގެ މޫނުމަތީގައި ހިކިފައި ހުރި ކަރުނަތިކި ހުއްޓެވެ. ހީވާ ގޮތުންނަމަ އޭނާއަށް ނިދިފައި ވެސް އެއޮތީ ރޮއެރޮއެ ވަރުބަލިވެގެންނެވެ.

“އޭ! ބަލަ ކާކުތަ ބުނީ ކަލޭ ގާތު ނިދާށޭ؟ ތެދުވޭ ހަމަ މިހާރު. ވަރަށް ހައި ވެއްޖެ. ދާން އުޅޭ ކާނެ އެއްޗެއް ގަންނަން” ފާތުން އަހުމަދު އެފައްޖެހި އެނދުން ވައްޓާލީ އެއްވެސް ރަހުމެއް ނެތިއެވެ. އަހުމަދު ފާތުންއާއި ދިމާލައް ބަލައިލީ ވޭނުންފުރިގެންވާ ދެލޮލުންނެވެ. “ކޯއްޗެއްތަ ތިބަލަނީ؟ ދާން އުޅޭށޭ” ފާތުން ހަޅޭލަވައިގަތެވެ. ބޯޖަހާލާފައި އަހުމަދު ގެއިންނުކުތެވެ.

އަހުމަދުގެ އުމުރުން އޭރު އެންމެ 17 އަހަރެވެ. އަހުމަދުގެ ބައްޕަ އަލީ ނިޔާވިއިރު އަހުމަދުގެ އުމުރުން އެންމެ 10 އަހަރެވެ. އެދުވަހުން ފެށިގެން އަހުމަދު ބަލަމުން ދިޔައީ އޭނާގެ މަންމަ ފާތުން އެކަންޏެވެ. ނަމަވެސް ފާތުންގެ އުޅުން ބަދަލުވާން ފެށީ އެސްފިޔަ ޖަހާލާހާ އަވަހަށެވެ. އަލީގެ މަރަށް 40 ދުވަސް ނުވަނީސް ފަހަރަކު ފިރިހެނަކު ގެނެސް ގެއަށް ވައްދަން ފެށިއެވެ. އަދުމަދަށް އަނިޔާ ކުރަން ފެށިއެވެ.

ހިޔާލުތަކުގައި ހިނގަމުން ދިޔަ އަހުމަދު ސިހުނީ ކުރިމަތިން އައި ކުއްޖެއްގައިގައި ލައްވުމުންނެވެ. “ސޮރީ” އަހުމަދު އަވަހައް މަޢާފައް އެދުނެވެ. އެއީ ގައިއްގަނޑަކައް އަހުމަދުއާއި އެއް އުމުރުގެ ކުއްޖެކެވެ. އެޒުވާން ޖިންސުލަތީފު ފެނި ފުރަތަމަ ފަހަރައް އަހުމަދުގެ ހިތުގެ ވިންދު އަވަސްވިއެވެ.

އެދުވަހައް ފަހު 24 ގަޑިއިރު އޭނާއަށް ހޭދަ ކުރެވުނީ އެކުއްޖާގެ ހިޔާލުތަކުގައެވެ. އެކުއްޖާ ދެކެ އޭނާއަށް ލޯބިވެވިއްޖެކަން ދެނެގަންނާކައް މާގިނަ ދުވަހެއް ނުވިއެވެ. އަހުމަދު ބޭނުންވީ އެކުއްޖާއަށް ޓަކައި ރަނގަޅު ވާށެވެ. ކިޔަވައިގެން މޮޅު މީހަކައް ވާށެވެ. އެހެންކަމުން ކުދި މަސައްކަތްތަކެއް ކޮއްގެން ރުފިޔާ އެއްކޮއް މާލެ ދިޔައެވެ. 3 އަހަރު ދުވަހު ކިޔަވަން ހޭދަ ކޮއްފައި އަހުމަދު އެނބުރި ރަށަށް އައި އިރު އަހުމަދުގެ އުމުރުން 20 އަހަރެވެ. ނަމަވެސް އޭރުވަނީ ވަގުތު ފާއިތުވެފައެވެ. އަހުމަދުއަށް ކުރެވުނު ކުށަކީ މާލެ ދިޔުމުގެ ކުރިން އެކުއްޖާއަށް އޭނާގެ ލޯބި އަންގައި ނުދެވުނު ކަމެވެ.

އާއެކެވެ. އޭރު އެކުއްޖާ ހުރީ މިހަކާ އިނދެގެންނެވެ. 3 އަހަރު ފަހުން އަހުމަދުއަށް އެކުއްޖާ ފެނުނީ އެކުއްޖާގެ ބޮޑު ބަނޑާއި އެކުއެވެ. އެކަމުގެ ހިތާމައިގައި އަހުމަދު ކިތަންމެ ދުވަހެއް ހޭދަކުރިއެވެ.

“ކަލޭ މިހާރު އަބަދު ކޮން ރުއިމެއްތަ ތިރޮނީ؟ މަންޖެ ކެޓީތަ؟ ނޫނީ ތެއޮނާށި ކާޅު ޖަހައިގަތީތަ؟ ހަހަ” ފާތުން ބުނީ މަލާމާތުގެ ރާގެއްގައެވެ. “ކަލޭ ކަހަލަ އެއްޗަކާ ޔަގީން މޮޔައެއްވެސް ނީންނާނެކަން” ފާތުން ބުނެލިއެވެ. އަހުމަދު ގާތައް އަރައިގަތީ އަމަށަކު ރުޅިއެއް ނޫނެވެ. އެހެން ނަމަވެސް އެއްވެސް އެއްޗެއް އޭނާ ނުބުންޏެވެ. އަހުމަދު ނުކުތީ ގެއިން ބޭރަށެވެ.

ކޮންމެ ގޮތެއްވީނަމަވެސް އަހުމަދަކީ ރަށުތެރޭގައި އެންމެ ނަން މައްޝޫރު އެއް ފިރިހެނާއެވެ. ޒުވާން އަންހެން ކުދިންތައް އޭނާ ފަހަތުން މަށައް މަށައް ގޮވާލެއް މަދެއް ނޫނެވެ. އެހެން ކަމުން އޭނާ ދިޔައީ “ދޯދި” ގެއަށެވެ. އާއެކެވެ. އައިޝާގެ ގެއަށެވެ.

“އައްސަލާމު އަލައިކުމް” އަހުމަދު ސަލާމް ގޮވާލިއެވެ. ކަންވީ އަހުމަދު އެންމެ ބޭނުންވެސް ވީގޮތަށެވެ. ސަލާމް ބަލައިގަތީ އައިޝާގެ ބައްޕަ އާދަނެވެ. “ވާލައިކުމް ސަލާމް. ކޮން ކުއްޖެއް؟” އާދަނު އެއްސެވެ. “އަޅުގަނޑު މިއައީ ބައްޕަގެ ދަރިފުޅުގެ ކައިވެންޏައް އެދިގެން…” އިސްޖަހާލާފައި އަހުމަދު ބުންޏެވެ. އައިޝާއާއި ވާހަކަ ދައްކާފައި އެވާހަކަ ކުރިއަށް ގެންދަން ބުނެ އެދުވަހު ވާހަކަ ކުރުކޮއްލިއެވެ.

ޖެހިގެން އައި ދުވަހު އާދަނު، އާއި އެކު އައިޝާވެސް އަހުމަދުއާއި ބައްދަލު ކުރިއެވެ. އައިޝާ ހުރީ ހަތް އުޑުން މަތީގައެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ އަހަރުތަކެއް ވަންދެން އޭނާ ސިއްރުން ލޯބިވީ ލޯބިވެރިޔާ އޭނާގެ ކައިވެންޏައް އެދި އަހިސް އެއިނީއެވެ. ރަންކިޔުމުގެ ކަންތައް ޖެހިގެން އައި ދުވަހައް ހަމަ ޖެހުނު އިރު ހަފްތާއެއް ފަހުން އައިޝާއާއި އަހުމަދުގެ ކައިވެނި ކުރެވުނެވެ.

***މިހާރު***

އެޙިޔާލު ތަކުން ނުކުމެވުނު އިރު އަހުމަދުގެ ދެލޮލުގައި ކަރުނަ ހުއްޓެވެ. “އައްޗި. މަ ކީއްކުރަންތަ މިރޮނީ” އަހުމަދު މޫނު ކުނި ކޮއްލަމުން ބުނެލިއެވެ.

އިރުގެ ރަން ދޯދިތަށް ދުނިޔެއަށް ދައްކާލިއެވެ. ނިދިފައި އޮތް ލުބައިނާއަށް ދިޔައީ ރޮވެމުންނެވެ. ހަނދާން ކުރަން ބޭނުންނުވާ އޭނާގެ އެ މާޒީ ހުވަފެނެއްގެ ޒަރިއްޔާގައި އަނެއްކާވެސް އޭނާއާއި ކުރިމަތި ލުމުންނެވެ.

***2 އަހަރު ކުރިން***

ލުބައިނާގެ ކޮޓަރިތެރޭގައި ދެކޮޅައް ހިނގާލަ ހިނގާލަ ހުރި ލައިނާގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑު ވުމުގެ އަސަރުތަކެެވެ. އެހެން އޭނާ ދެކޮޅައް ހިނގާލަ ހިނގާލަ ހުންނަތާ ހިނދުކޮޅެއް ފަހުން ލުބައިނާ ނުކުމެ ލައިނާގެ ހަށިގަނޑުގައި ބައްދައިގަތެވެ. “ކިހިނެތްވީ؟ އިސް އިޓް ޕޮޒިޓިވް؟” ބިރުން ހުރެ ލައިނާ އެއްސެވެ. ލުބައިނާ އޭނާ އަތުގައި އޮތް ޕްރެގްނެންސީ ޓެސްޓު ކިޓު ލައިނާ އަތައް ދިނެވެ. ބަނޑުބޮޑު ކަމައް ދައްކާ ދެރޮނގު ފެނުމުން ލައިނާއަށް ދެލޯ މަރާ ބާރުކޮއްލެވުނެވެ.

**22 ވަނަ ބައި**

“ކީއްވެ؟ އަޅެ ކީއްވެތަ؟ އަހަރެންގެ ދިރިއުޅުން ހަލާކު ކޮއްފަ އޭނަވީތަނެއް އެއްވެސް މީހަކައް އެނގޭކަމަކައްވެސް ނުވި. ދެން ކީއްވެ؟ ކީއްވެ އަހަރެން މަންމައަކަށް ވާންވީ؟ ނޫން ނޫން!” ލުބައިނާ އިޝާރާތް ކުރީ ރޮމުންނެވެ. ބުނާނެ އެއްޗެއް ނޭނގުމުން ލައިނާއަށް އިސްޖަހާލެވުނެވެ.

ލުބައިނާ ދެލޯ ބޮޑު ކޮއްފައި ރޮއެގަތެވެ. އޭނާ ބޭނުންވީ ހަޅޭ ލަވައިގަންނާށެވެ. އެހެން ނަމަވެސް މިއަދު އެކުޅަދާނަ ކަމެއް ލުބައިނާގެ ނެތެވެ. ސޯފާގައި އިން ޒެވިއާރްއަށް އެމަންޒަރު ފެނި ދުވެފައި ގޮސް ލުބައިނާގެ ހަށިގަނޑުގައި ބައްދައިގަނެވުނެވެ. “އިޓްސް އޯކޭ.. އިޓްސް އޯކޭ” ލުބައިނާގެ އުނގަނަޑުގައި ފިރުމަމުން ޒެވިއާރް ބުންޏެވެ.

ލުބައިނާގެ ރުއިން ހުއްޓުނީ 15 ވަރަކަށް މިނިޓް ފަހުންނެވެ. ޒެވިއާރްއާއި ދުރުވެލަމުން އޭނާ އަހިސް އެނދުމަތީގައި އިށީނީ ފޮތެއް ހިފައިގެންނެވެ. “ރޭގެ ހާދިސާ މަންމަމެން ގާތުގައި ނުބުނައްޗޭ. މަންމަމެން ވަރަށް ހާސްވާނެ..” ލުބައިނާ ލިޔެލިއެވެ. ޒެވިއާރް ބޯޖަހާލިއެވެ. “އަލަކާ ވިހައިފި. އަންހެން ކުއްޖެއް” ޒެވިއާރް ބުނެލިއެވެ. ލުބައިނާ ހީލިއެވެ. “އެކަމަކު ލުބާ މަމް އަކަށް ވާކަށް ޑިޒާރްވް އެއްނޫން..” ލުބައިނާ ލިޔެލިއެވެ.

“ޒެވް އަހާލަންތަ ކީއްވެގެންތޯ ތިހެން ތިބުނީ؟ ލުބާ ކުރިން ރޭޕްގެ ވިކްޓިމްއަކަށް ވީމަތަ؟ އެކަމަކު އެއީކީ ލުބާގެ ކުށެއް ނޫނެއްނުން.” ޒެވިއާރް ބުންޏެވެ. އިރުކޮޅަކު މަޑުން އިނދެފައި ލުބައިނާ ލިޔަން ފެށިއެވެ.

“ގެޓިންގ ރޭޕްޑް ވޯޒް ނޮޓް މައި ފޯލްޓް. އެކަމަކު.. ލުބާ އޭރު ބަނޑުބޮޑުވީ.. އައިވޯސް ސޯ ސޭޑް. އިޓް ފެލްޓް އަން ފެއާރ. ދެން އެދުވަސްކޮޅު ލުބާ އޮތީ އެއްވެސް އެޗެއް ނުކައި ނުބޮއެ. އަބަދު ރުއީ. ލުބާ ޕްރެގް ވިކަން އެނގުންތާ 1 ވީކް ފަހުން ލުބާ އެބޯޓްވީ.. އެއީ ލުބާގެ އިހުމާލުން ވީކަމެއް…” ލުބައިނާ ލިޔެފައި އިނެވެ. ޒެވިއާރްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މިކުއްޖާ މިހިސާބައް އަހިސްފައި މިހުރީ ހާދަ ހާލެއްގައި ތާއެވެ. ނަމަވެސް އެވާހަކަ އެނގުމުން ލުބައިނާއަށް އެހެން ހެދި މީހެއް ހޯދުމުގެ އަޒުމް ވަރުގަދަވެގެން ދިޔައެވެ.

މެންދުރުގެ ވަގުތެވެ. ޒެވިއާރް އިނީ އާކިން އާއި އެކު ކޮފީއެއްގައެވެ. ޒެވިއާރް އާކިންއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. “އެކަމަކު ތިވާހަކަ ތަކުން ހިޔެއްނުވޭ މިކަމުގައި މިއުޅެނީ އެކަކު ހެންނެއް. އޭރު ލުބައިނާ ބަޔާން ނެގި އިރު ބުނި އެއީ މެދު އުމުރެއްގެ މީހެކޭ. ޔައިލް އަދި އެހާ އޯލްޑް އެއްނޫން” އާކިން ބުނެލިއެވެ.

“ކިތައް އަހަރުތަ އޭނައަށް؟” ޒެވިއާރް އެއްސެވެ. “35” އާކިން ބުންޏެވެ. “ޔެސް. އަނެއް. އަހަރެން ބުނީ.. ލޯޔާރ އެއް ހޯދަދީފާނަންތަ؟ އަންހެން ކުއްޖެއް ބޭނުމީ. އައި ތިންކް ރޭޕް ކޭސްއެއްވީމަ އަންހެން ކުއްޖެއް މާ ރަނގަޅުވާނެހެން.” ޒެވިއާރް ބުނެލިއެވެ. “އޯކޭ، ރިކުއެސްޓް ކޮއްލާނަން” އާކިން ބުނެލިއެވެ.

3 ދުވަސް ފަހުން އަލަކާ ގެއަށް ދޫކޮއްލެވުނެވެ. އޭރު ލުބައިނާވެސް ހުރީ ހަމައަކަށް އެޅިފައެވެ. ދަރިފުޅު ނިދިފައި އޮތުމުން އަލަކާ ވަނީ ފެންވަރާލާށެވެ. ފެންވަރައިގެން ނިކުން އިރު ލުބާން ކޮޓަރީގައިނެވެ. “އަހަރެމެން ބޭބީއަށް ކޮންނަމެއްތަ ކިޔާނީ؟” ލުބާން އެއްސެވެ. “ނޭނގެ. އަލޫ އަސްލުވެސް ހީކުރީ ބޯއި އެއް ކަމައް ލިބޭނީ. އެހެންވެ ބެލުނީވެސް ހުސް ބޯއި ނަންނަން ހެހެ” ބޯކަހާލަމުން އަލަކާ ބުންޏެވެ. ލުބާން ހީލިއެވެ. “ހްމްމްމް… އަހަރެމެންގެ ބޭބީއަށް ކިޔާނީ…. އަލާޔާ. ކަމުދޭތަ؟” ލުބާން ހިނިތުންވެލާފައި އެއްސެވެ. ޔޭސް ވަރަށް ލޯބި” އަލަކާ ހީލިއެވެ. “އަލާޔާ. ލޯބިން ކިޔާނީ ލާޔާ. ބައްޕިގެ ލޯބި ލާޔާ” ހިނިތުންވެލަމުން ލުބާން ބުންޏެވެ.

ހަތްދުވަސް ފަހުން އަލާޔާއަށް ނަންކިޔުމުގެ ހަފްލާއެއް ބޭއްވުނެވެ. އަލާޔާ ޖަހާފައި އިން ވޮންޒީއެއް ލައިގެން އޮތް އިރު އަލާޔާ ވަރަށްވެސް ލޯއިތްބެވެ.

ބޭރު ޖޯލީގައި އިން އަހުމަދުގެ އަތުގައި އޮތީ އަލާޔާއަށް ނަންކިޔުމުގެ އުފަލުގައި ކުރި ސަދަގާތެވެ. “މިއީ އަޅުގަނޑުމެންގެ ލޯބިވާ ދަރިފުޅު އައިޝަތް އަލާޔާ ލުބާންއަށް ނަންކިޔުމުގެ މުނާސަބަތުގައި ކުރެވޭ ސަދަގާތެކެވެ” އެތަންކޮޅު ކިޔާލަ ކިޔާލަ އިން އަހުމަދުގެ ތުންފަތް މަތީގައިވީ ހިނިތުންވުމުގައިވީ ކޮން އިހުސާސްއެއް ކަން ދެނެގަންނަން ދައްޗެވެ.

އެނދުމަތީގައި އޮށޯވެލައިގެން އޮތް ޔައިލްގެ ނަޒަރު ހުއްޓިފައިވަނީ އޭނާ އަތުގައި އިން ފޮޓޯ ގަނޑަށެވެ. އެފޮޓޯގަނޑުގައި ރޫޖެހިފައި އޮތުމުން އެއީ ވަރަށް ކުރީގެ ފޮޓޯއެއްކަން ދޭހަވެއެވެ. ފޮޓޯ ގަނޑުގައި އިނީ ކުޑަ އާއިލާއެކެވެ. މަންމައަކާއި ބައްޕައެކެވެ. ދެން އޮތީ ކުޑަ ދެކުދިންނެވެ. ހީވާގޮތުން ނަމަ އެންމަބަނޑު ދެކުދިންނެވެ.

“މަންމާ… ބައްޕާ… ކޮއްކޯ… ކީއްވެ؟ މަންމަމެނާއި އެކު ބޮޑު ވުމުގެ ފުރުސަތު އަޅުގަނޑައް ނުލިބެންވީ ކީއްވެ؟ އަޅުގަނޑުގެ ކުށަކީ ކޮބާ؟” ޔައިލްއަށް ރޮވުނީ އަމިއްލަ މީހާގެ ބަދުނަސީބުކަން ހިތައް އަރާފައެވެ. ކޮޓަރި ދޮރު ހުޅުވާލި އަޑާއި އެކު ޔައިލް ފޮޓޯ ފުހެލާ ކަރުނަތައް ވެސް ފުހެލިއެވެ.

“ޔައިލް އަނެއްކާވެސް ރަށުން ދާން ވެއްޖެ!” އޭނާ ބުންޏެވެ. “އެކީއްވެ؟ ބައްޕަ ބުނީމެއްނުން ދެން ދާކަށް ނުޖެހޭނޭ؟” ޔައިލް އެއްސެވެ. “އެކަމަކު އެހެން ގޮތެއް މިދުވަސް ކޮޅަކު ނެތް! ފުލުހުން މިހާރު ޔައިލް ހޯދާއެބަ” އޭނާ ފޫހިވެފައި ބުންޏެވެ.

“އަޅުގަނޑު ހައިޑް އައުޓް ގަ ހުންނަންތަ؟” ޔައިލް އެއްސެވެ. “ހޫމް އޯކޭ. މަނުބުނަނީސް އެތަނުން ނުކުމެގެން ނުވާނެ! ދެން މިއޮތީ އައު ފޯނެއް. މިއީ އެހެން ނަންބަރަކާއިވެސް އެކު” ޔައިލްއަތައް ފޯނެއް ދިއްކޮއްލަމުން އޭނާ ބުނެލިއެވެ. ޔައިލް ފޯނުގައި ހިފަމުން ބޯޖަހާލިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ހިމަތޮޅިކޮއް ހުރި ލުބައިނާ ފަލަވެފައި ހުރުމުން ވަކިން ރީތިހެންވެސް ހީވެއެވެ. ވިހަން ގާތްވެފައި ހުރުމުން ލުބައިނާ އަބަދުހެން އޮންނަނީ ނިދިފައެވެ. ނިދިފައި އޮންނަ ނަމަވެސް، ޒެވިއާރް ޑިއުޓީ ގަޑި ނޫން ގަޑިގަޑީގައި ޒެވިއާރް އޮންނަނީ ލުބައިނާ ގާތުގައެވެ.

ކުޑަ ކުޑަ އަލާޔާވެސް ދިޔައީ ބޮޑު ވަމުންނެވެ. 4 މަސް ފުރުފައިވީ އިރު ހީވަނީ ހަމަ ލުބާންގެ ކޮޕީއެއް ހެންނެވެ. އެހާ ކުޑަ އިރުވެސް އެކުއްޖާ ސަކަރާތް ޖެހުމައް އެހާ ފޯރި ހުރެއެވެ. އޭގެ އިތުރުން އަލަކާއާއި ލުބާން ދިޔައީ އެދެމީހުންގެ ކައިވެންޏައް ތައްޔާރު ވަމުންނެވެ. އެހެން ކަމުން އެދުވަސްކޮޅު ވެފައިވަނީ އެއާއިލާއަށް ވަރަށް އުފާވެރިދުވަސް ކޮޅަކަށެވެ.

އަލަކާއަށް 18 އަހަރުފުރި އެއް ހަފްތާވީ ދުވަހުގެ ރެއަކީ ލުބާންއާއި އަލަކާގެ ކައިވެނީގެ ރެޔެވެ. ހުދު ކުލައިގެ ބޮޑު ވެޑިންގ ޑްރެސްގައި އަލަކާ ހީވަނީ ރާނީ އެއްހެންނެވެ. ހުދުކުލައިގެ އެ ޓާރްކިޝް ހެދުމުގައި އަލަކާ ހުރި އިރު މޫނުމަތީގައި ވަނީ ލުއި މޭކަޕްއެއް ކޮއްލާފައެވެ. އަލަކާ ރެޑީވެ ނިމުނު ވަގުތަކީ އަލާޔާ ރެޑީ ކޮއްގެން ލައިނާ ކޮޓަރިއަށް ވައިން ވަގުތުވެސްމެއެވެ.

“ބަލާލާ މީނި ކުއްޖެއް އަޅެ” އަލާޔާ ދައްކާލަމުން ލައިނާ ބުނެލިއެވެ. އަލާޔާވެސް ލައިފައި ވަނީ އަލަކާ ލައިގެން ހުރި ފަދަ ހެދުމެކެވެ. “މާޝާ ﷲ ދެކުދިން ވަރަށް ލޯބި” ލައިނާ ބުންޏެވެ. އަލަކާ ހީލިއެވެ.

30 8 ވީ އިރު އަލަކާއާއި ލުބާންގެ ކައިވެނީގެ ހަފްލާ ފެށުނެވެ. 1،000 ރުފިޔާގެ ރަނައް އަލަކާއާއި ލުބާންގެ ކައިވެނި ކުރެވުނެވެ.

ފަހަރަކު މީހަކު އަހިސް އަލަކާއާއި ލުބާންއަށް މަރްހަބާ ކިޔަމުނަ ދިޔަ މަންޒަރު ދުރުގައި ބަލަން ޒުވާނަކު ހުއްޓެވެ. ކަޅު ކުލައިގެ ހޫޑީ އަކާއި އެކު، ކަޅު ޖީންސްލާފައި ހުރި އިރު އަޅާފައިވީ މާސްކުން ފެންނަނީ އެޒުވާނާގެ ތޫނު ދެލޮލާއި ތުންފަތް އެކަންޏެވެ.

ޕާޓީ ނިމި ދެން އޮތީ ދެމަފިރިން އެކުގައި ފޮޓޯ ނެގުމެވެ. އޭރު ލުބައިނާ އިނީ އޮށޯވެލަން ބޭނުންވެފައެވެ. “ލުބާ ނިދި އަހިސްފަތަ؟” ޒެވިއާރް އެއްސެވެ. ލުބައިނާ ތުންކޮޅު އޫކޮއްލާފައި ބޯހާލިއެވެ.

“ހެހެ އޯކޭ. އުޅޭ ދޯ އެހެންވެ ގެއަށް ދަމާ. ޕާޓީވެސް ނިމުނީނުން.” ޒެވިއާރް ބުންޏެވެ. ލުބައިނާ ބޯޖަހާލިއެވެ. ޒެވިއާރްއާއި ލުބައިނާ ކޭތަށި ޑަސްބިނައް ލާށާއި އެކު ޒެވިއާރް ދިޔައީ ލުބައިނާ ގޮވައިގެން ގެއަށް ދާވާހަކަ ބުނުމަށެވެ.

ޒެވިއާރް އަންނަންދެން އިން ލުބައިނާ ސިހުނީ ފަހަތުން މީހަކު އަހިސް އޭނާ އަނގަމަތީގައި މީހަކު ފޮތިގަނޑެއް އެޅުމުންނެވެ. ލުބައިނާގެ ހިތް ތެޅިގަތީ އިނދެވުނީ އަނދިރި ހިސާބަކައްވެފައި ފެންނަ ހިސާބުގައި މީހަކުވެސް ނެތުމުންނެވެ. ކަރުނައިން ފުސްވެފައިވީ ލުބައިނާގެ ދެލޯ މެރި އޭނާގެ އަތްމަައްޗައް ދެމުނީ ސިކުންތުކޮޅެއް ތެރޭގައެވެ.

(ނުނިމޭ)

عيد مبارك ހުރިހާ ކުދިން!! 21 އަދި 22 ވަނަ ބައި އެއްކޮއް މިގެނެސް ދިނީ ޢީދު ހަދިޔާއެއްގެ ގޮތުގައި. 🥰

🌙🤍

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހާސިލްވުމަށް އެދެނީ 6

Next

އެކްޓަރ (ޕާޓް 5)

Next
March 30, 2025

އެކްޓަރ (ޕާޓް 5)

Previews
March 29, 2025

ހާސިލްވުމަށް އެދެނީ 6

17 Comments!

  1. Ishu says:
    March 30, 2025 at 8:01 am

    Eid mubarak shiherr
    Eid hadhiyaa vrh kamudhey
    Mi part ves vrh salhi
    When next??
    Lysssm shiherrr

    1. shihaamaa ali shihaamaa ali says:
      April 1, 2025 at 6:09 pm

      Jazaakallah khairan happy to hear soo❤️❤️❤️

  2. unknown gurll says:
    March 30, 2025 at 8:05 am

    mi part ves vrh reethi maasha allah eid mubarik shiher and other readers

    1. Aalerrr says:
      March 30, 2025 at 8:53 am

      Masha Allah mi part vx vrh reethi ❤️💯
      When’s next part??
      Next part avahah up kohla dhehcheyy 🤍🕊️
      Can’t wait..
      Btw, best Eid hadhiyaa ever😘
      Eid Mubarak ✨

    2. shihaamaa ali shihaamaa ali says:
      April 1, 2025 at 6:09 pm

      Jazaakallah khairan eid mubaarak❤️❤️❤️

  3. Anonymous says:
    March 30, 2025 at 8:54 am

    Eid Mubarak
    Alhey haadha curious kohlaafa ey thi nimmaaly
    Please next part avas

    1. shihaamaa ali shihaamaa ali says:
      April 1, 2025 at 6:10 pm

      Jazaakallah khairan eid mubaarak❤️❤️❤️

  4. Zozo! says:
    March 30, 2025 at 9:21 am

    Mi part ves v reethi!
    Can’t wait for the next part!
    V curious kohlaafa thi nimmaalee!
    Eid Mubarak!😊

    1. shihaamaa ali shihaamaa ali says:
      April 1, 2025 at 6:10 pm

      Jazaakallah khairan eid mubaarak zozo!❤️❤️❤️

  5. Your fav bab says:
    March 30, 2025 at 9:30 am

    Eid Mubarak shierrrr💖💖💖💖💖
    Lubaa ah haadha varakashey e stalk kuranee!!
    So ahmed ge ves past eh ovey dhwrr!
    The Story just obiness to the max^^3
    Lysssssssm💗💗💗💗💗
    I appreciate ur hard work
    Tyssssssm mi part thah varah avah up kohdheythee!!!
    Lyssssssm✨
    When next?
    Tc

    1. shihaamaa ali shihaamaa ali says:
      April 1, 2025 at 6:10 pm

      Jazaakallah khairan eid mubaarak❤️❤️❤️

  6. gurrrrl says:
    March 30, 2025 at 2:04 pm

    mashallah vrh reethi

    1. shihaamaa ali shihaamaa ali says:
      April 1, 2025 at 6:10 pm

      Jazaakallah khairan❤️❤️❤️

  7. Oreo gurll says:
    March 30, 2025 at 3:22 pm

    Ohh.. I knew Faathun was Ahmed’s mother. But how did she went into the mental hospital?
    And, Alaayaa is a beautiful name. Although I do think maybe if they’ve mixed Alakaa and Lubaan’s name together, it would be much nicer.
    Lubaina was pregnant before!! But, even if it feels unfair, and even if it’s not her fault, hama dhari fulheh dhw. Dhiri huri furaana akaa medhu ehaa faruvaa kuda vaakah nuvaane
    But I’m glad she accepted the child this time. But now I wonder if the both of them will be able to give the child, the love of a mother and father. Aslu emeehun dharieh beynun vegen hoadhi kujjeh noonehnu
    And, what’s with that weird photograph which Yail was holding??
    Is that guy not his real dad? And he had a twin?? I feel like there’s much more than we know now..
    Alhe ekam Lubaa ah keehtha e v?
    Anekkaa baby abort vaa kahala kameh nukurahchey.. e kidnap kuri bayaku…
    Xav aadhey avahah lubaa save kuran. Maybe she could develop some feelings for him through that..
    (It has happened in a lot of stories and dramas I’ve watched)
    And Shiherrrr… varah reethi mi 2 episode ves.
    Thank you so much for bringing two episodes at once
    Eid Mubaarak to you too Shihaa
    Lysmmm

    1. shihaamaa ali shihaamaa ali says:
      April 1, 2025 at 6:11 pm

      Jazaakallah khairan oreo gurll ilysmmm❤️❤️❤️

  8. Anonymous says:
    March 30, 2025 at 5:50 pm

    I feel that Ahmed is yail ge dad

    1. shihaamaa ali shihaamaa ali says:
      April 1, 2025 at 6:11 pm

      👀

Comments are closed.

Next Episodeފުރާނައިގެ ދިރުމޭތިއީ 21 & 22←


All Right Reserved!