Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންމަޖާލޯބި

ކީމޭ އަލްވަދާޢު (4 ވަނަބައި)

Blossom
Blossom Level 1100 Login
March 18, 2025 5 Mins Read
4 Comments

“އެވާހަކަ ދޯ؟.. ކޮބާ މިހާރު އެއްކަލަ ދިޔާން؟” ޖަނަން އަހާލިއެވެ. އެސުވާލުން އަހަރެންނަށް ފުރަތަމަވެސް ލިބުނީ ހައިރާންކަމެކެވެ. ޖަނަން، ދިޔާންގެ ވާހަކަ ދައްކަންވީ ކީއްކުރަން ހެއްޔެވެ؟ އެވަރަކުން އަހަރެން މިތަނަށް އެގެނައީ އެބުނާ ދިޔާންގެ ވާހަކަ ދައްކަން ހެއްޔެވެ؟ ވަރަށް ފޫހިވެއެވެ. ” ޖަނަން ކީއްކުރަންތަ އޭނަ ތި ހޯދަނީ؟ އޭނަގެ ވާހަކަ ދައްކަންތަ މިތަނަށް ތިއައީ؟ މަށަކަށް ނޭނގެ އޭނަ ވީތަނެއް! އަހަރެން މިދަނީޔޯ ދެން އަޒްވާ ދޫކޮއްލާފައި ދެން އުނދަގޫނުކުރާނަމޯ.. ސޮރީޔޯ…ބްލާ..ބްލާ..ބްލާ… އެހެން ކިޔާފައި ދިޔަ މީހާ ހަބަރެއްވެސް ނުވެ… އޭނަ އުޅޭތަނެއްގައި އުޅެފާނެއެއްނު”.. ހިތްހަމަނުޖެހިފައި އިނދެ އަހަރެން ބުނީމެވެ.

“ހެހެ.. އެހެންދޯ.. ދެން އޭނާ ނުވާނެ ޚަބަރެއް… އޭނަ އެދިޔައީ ދެން.. އޭނާ ނާންނާނެ!”

މަލާމާތުގެ ރާގަކަށް ހީނލުމަށްފަހު އަޒޫ އެހެން ބުނުމުން ބޭއިޚްތިޔާރުގައި އަހަންނަށް ތެދުވެވުނެވެ…”ވަޓް؟ ކީކޭ.. ނާންނާނެޔޭ؟”

=          =          =          =

 

“ހުމްމް.. ނާންނާނެ..” އަހަރެންގެ ސުވާލުތަކަށް ޖަނަން ދިން ޖަވާބު އަހަންނަށް ކަމަކު ނުދިޔައެވެ. “ޖަނަން! ތިކިޔާ އެއްޗެއް ނިކަން ސާފުވާނެހެން ކިޔާބަލަދޯ!” މިފަހަރު އަހަންނަށް ވާހަކަ ދެއްކުނީވެސް ތަންކޮޅެއް ބާރަށެވެ. “އޯކޭ!..އޯކޭ!.. މަ ސާފުކޮށް ރީތިކޮށް ކިޔައިދީފާނަން.. އަޒޫ! ދިޔާން އިއްޔެގައި ވަރަށް ދެރަވެފައި މަށަށް މެސެޖުކުރީ.. ބުނީ އަޒޫއަށް ދިޔާން އެއީ އެއްވެސް މީހެއް ނޫނޯ.. އޭނާ އެހާ ބަލިޙާލުގައި ހުރެ އަޒޫއަށް މެސެޖުކުރީ.. ބަލި ޙާލަތު ކިޔައިދިން.. ކިޔައިދީފަދޯ ބުނީ ޝަރުތެއްގެ މަތިންނޭ ދާނީ؟ ހަމަ އެހެންބުނި ހާއިރުން ޙާލުވެސް އަހާލުމެއްނެތި، ދިޔާން މިހާރު ކިހިނެއްތޯ އަހާލުމެއްވެސް ނެތި ފުރަތަމެވެސް ޝަރުތުވިއްޔާ އަހާލީ.. އެހިސާބުން ދިޔާންއަށް އެނގުނޯ އަޒޫ އެއްވެސް ވަރަކަށް ދިޔާންއަށް ކެއާރނުކުރާކަން… ދިޔާން ފޮނުވައިލަން ބޭނުންވެފައި ހުރިވަރު އެދުވަހު ހާމަވެގެން ދިޔައޯ… އެންޑ އިޓް ބްރޯކް ހިޒް ހާރޓް.. އެމް ނޮޓް ޑިފެންޑިންގ ހިމް.. އެންޑ އެމް ނޮޓް އޮން ހިޒް ސައިޑް.. އެކަމަކު އޭނަ އެހާ ބަލިކޮށް ހުރެފައި އެވާހަކަތައް ދެއްކި އިރު އެޓްލީސްޓް ހާލު އަހާލިނަމަ ދޯ؟ ދެން ދިޔާން އެކަމާ ހާރޓް ބޮރޭކް ވެގެން އަޒޫގެ ލައިފްއާއި އެއްކޮށް ދުރަށްދިޔައީ… ހީ ބްލްކްޑް ޔޫ ފޮރޮމް އެވްރީތިންގް.. އޭނަ ހުރީ ވަރަށް ވަރަށް ދެރަވެފައި..”

ބަސްއަހާ ކުއްޖެއް ފަދައިން ޖަނަންގެ ވާހަކަތައް އަހަރެން އަޑުއަހަން އިނީމެވެ. “މަ ހީކުރީ އޭނަ ކަމެއް ކުރީކަމަށް ވިއްޔާ! ބިރުން ނެތް ގޮތެއް.. ޔޫނޯ… މިބުނި ވާހަކަ.. ދިޔާން ދެން ނާންނާނެޔޭ ބުނީމަ އަދި ދިޔާން އެންމެ ފަހުން ދައްކާފައި ހުރި ވާހަކަތަކަށް ބަލާފައި މަ ހީކުރީ އަޒޫ އެހެން ބުނީމަ އޭނަ ކަޑަކަމެއް ކުރީކަމަށް!” އަހަރެން ބުނީމެވެ.

“ހެހެ.. ނޫނޭ.. އޭނާ އެކަހަލަ ކަމެއް ނުކުރެ… މަބުނީން ދިޔާން ކައިރީގައި އަނެއްކާ އެކަހަލަ ކަމެއް ނުކުރަން.. ދެން ދިޔާން ބުނީ އޭނާ ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނެކަމަށް.. އުއްމީދުގެ ހުޅުކޮޅު ނިވިނުކަމުގައި ވިޔަސް އެވަރުގެ ބޮޑު ފާފައެއް ނުކުރާނަން ކަމުގައި.. އިންޝާ ﷲ! ދެން މަ އަޒޫ ބިރުގަންނުވާލަން ވެގެން ބުނީ ކުށްވެރިވެފައޭ ތިޔަހުރީ.. ހަމަ ތަޅުވާލީ.. ވަރަށް ސީރިއަސްކަމަށް ހެދިފައި.. ދެން ބުނެބަލަ.. ދިޔާން ދިޔައީމަ ދެރައެއް ނުވޭތަ؟.. ހަމަ އެއްވެސް ވަރަކަށް ޝައުޤެއްނެތީތަ އޭނަ އެވަރަށް އުޅޭއިރު؟” ޖަނާން އަހާލިއެވެ.

“ހަމަ ޔަޤީންތަ އެދިޔައީކަން؟ ކުރީ ފަހަރުވެސް އެބުނީނު މަ ހަދާ އެއްޗެއް ބަލައިލީއޭ.. ހުމް.. މަ އަސްލު ދެރައެއްނުވޭ އެކަމު ޔޫ ނޯ.. އާއްމުކޮށް އެގޮތަށް ކެއާރކޮށް ފަހަތުން އުޅޭ މީހުން ދިޔައީމަ ވެއެއްނު ގޮތެއް؟ ލައިކް ފާޑަކަށް މާޔޫސްވުން..” ފޯނު ނަގައި ގަޑި ބަލައިލަމުން އަހަރެން އަހާލީމެވެ. ޖަނަން ކޮނޑު އަރުވައިލަމުން ނޭނގެޔޭ ބުނެލިއެވެ. “ނުވޭތަ އެހެނެއް؟ މަށަށް ވެޔޭ އެހެން” އަނެއްކާވެސް އަހަރެން އަހާލީމެވެ. ޖަނަން ލޯ ހަނިކޮށްލަމުން ދިމާކުރާ ފާޑަކަށް އަހަންނަށް ބަލައިލަމުން އެއްމިޔަކަނުން ހީނލިއެވެ. “ޕިސް… އެހެނެއް ނޫނޭ.. މަ ސީރިއަސް އެއްޗެކޭ މިބުނީ.. އައި ޑޯންޓ ލައިކް ހިމް… އައި.. އައި ލައިކް… ސަމްވަން… އެލްސްސްސް…. ހިހި..” ކުޑަކޮށް ޖެހިލުންވެ އިނދެފައި އަޅައަޅައިގަންނަމުން އަހަންނަށް ބުނެވުނީވެސް ޖަނަންގެ ރިއްކަޝަން އަންނާނީ ކިހިނެތްކަން އަހަންނަށް އެނގޭތީއެވެ. އަމުދުން އެއީ ކާކުކަން އެނގިއްޖެއްޔާމު ޖަނަން އަހަރެން ނޮޅައި ކާލާނެކަންވެސް ޔަޤީނެވެ. ޖަނަންއަށް އިންތަނުން ތެދުވެވުނެވެ. އަދި ދެލޯ ބޮޑުކޮށްލަމުން އަހާލިއެވެ. “ވަޓް؟؟؟” އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލީމެވެ. އަދި އެންމެފަހުން ބުނި ވާހަކަ އަނެއްކާވެސް ތަކުރާރުކޮށްލީމެވެ. “އައި ޑޯންޓ ލައިކް ހިމް… ބިކަޒް.. އައި.. ލައިކް ސަ..ސަމްވަން އެލްސޭ މިބުނީ ހިހި…”

“ކާކު އެއީ؟ ކޮން އިރެއްގެ ކަމެއް؟ ކީއްވެ އަހަރެން ގާތު ކުރިން ނުބުނީ؟ ތިއީތަ ބުނަން އުޅުން ވާހަކައަކީ؟” ހައިރާންވެހުރެ ޖަނަން ސުވާލުތައް އޮއްސަމުން ދިޔަ ވަރަކަށް އަހަރެން ޖެހިލުންވަމުން ދިޔައެވެ. ކަޑަވެފައި އިނދެ އަހަންނަށް ޖަނަންގެ މޫނަށް ބަލައިލެވުނެވެ. ޖަނަންގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރުތައް ފެންނަން ހުއްޓެވެ. “ޔޫ ނޯ.. ހިމް… ހިހި..” ނަން ބުނަން ނުކެރިފައި އިނދެ އަހަރެން ބުނީމެވެ. “ހިމް؟.. ހިމް؟ ހޫ؟..” އަތުގެ އިޝާރާތުން ކާކުހޭ ބުނަމުން އަނެއްކާވެސް ޖަނަން ސުވާލުކުރިއެވެ.

“ދެން އެނގޭނު؟ މަންމަމެން ރަށު…” އަހަންނަށް ބުނެވުނީ އެހިސާބާށެވެ. ޖަނަން އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުނެވެ. އަދި އާދޭހުގެ ރާގަކަށް އަހާލިއެވެ. “އަޒޫ! ޕްލީޒް… ޕްލީޒް.. ޑޯންޓ ޓެލްމީ އިޓްސް އެއުޅޭ ރިއުމާންގަނޑޭ!”

އަހަންނަށް ކަޑަވެފައި އިސްދަށަށް ޖަހައިލެވުނެވެ. “ސޮރީ ޖަނަން.. އެއީ.. ހަމަ ރިއު.. އެންޑ.. އެމް އިން އަ ރިލޭޝަންޝިޕް.. ވިތް ހިމް..” އަހަރެން ހިތަށް އެރިއެވެ. ޔަޤީނެވެ. އަހަރެންގެ ދުވަސް މިދިޔައީއެވެ. އިސްއުފުލާ ބަލަން ނުކެރިފައި އަހަންނަށް ހުރެވުނީ ކުށްވެރިއެއް ފަދައިންނެވެ. “އަޒޫ! ވަޓް ދަ ހެކް އިޒް ވްރޯންގ ވިތް ޔޫ؟ އަޒޫ މޮޔަވީތަ؟ އެނޫން މީހެއް ނުފެނުނީ އޭނ؟ ވައި ހިމް؟ އަޒޫއަށް ހަމަ ރަނގަޅަށް އެނގޭނެ އެ ރިއުމާންގެ ގޮތް! ތަނަކުން ފެންނަހާ އަންހެން ކުއްޖަކާ ފްލާރޓް ކުރަމުން ދުވާ ސޮރެއް އެއީ! އާރރގް! އަދި އޭނަ އާއިއެކީ ރިލޭޝަންއެއްގަޔޯ! އަހަރެން ހަމަ ހައިރާންވެ އަންތަރީސް ވެއްޖެ! އަޒޫ!” ޖަނަންގެ ރުޅި ކިތަންމެ ގަދަވެފައި ހުއްޓެއްކަމަކު އޭނާ ވާހަކަ ދެއްކީ ތަންކޮޅެއް މަޑުންނަމަވެސް ހަރުކަށިކޮންނެވެ. ޖަނަން ހުރީ ރުޅިއައިސްގެން ފަޅައިގެންދާ ވަރުވެފައެވެ. އަހަރެންނަށް ރައްދުގައި އެކައްޗެއްވެސް ނުބުނެވުނެވެ. ހީވީ އަހަރެންގެ ދުލުގައި ތަޅެއްލެވުނުހެނެވެ.

“އަޖައިބެއް! އަޒޫއަށް ކަމުދަނީ ފްލާރޓް ކުރަމުން އަންހެންކުދިން ފަހަތުން ދުވާ މީހުންދޯ؟ އެހެންނުމިވީ! އަޒޫއަށް ދިޔާން ކަމަކު ނުދިޔަވިއްޔާ! ދިޔާން ކިހާ ރަނގަޅު! އޭނަ ނަމާދުވެސް ކުރޭ.. ސިނގިރެޓްވެސް ނުބޮއެ.. އަދި އެހެން އަންހެންކުދިން ފަހަތުން ދުވެ ނުހަދާ.. ކިރިޔާވެސް ފަހަތުން ދުވި ހަމަ އެކަނި އަންހެން ކުއްޖަކީ ތީ! ރިއުމާންއާއި އަޅައި ބަލާފައި ދިޔާންއަކީ ހަމަ ރަންގަނޑެއް! ޔެސް.. އެއީ ހަމަ ރަންގަނޑެއް! ދިސް ޓައިމް އެމް ޑިފެންޑިންގ ހިމް.. ދިޔާންއަކީ ހަމަ ޖެމްއެއް!”

އާއެކެވެ. ޖަނަން އެބުނި ވާހަކައަށް އަހަރެންވެސް ތާއީދުކުރަމެވެ. ރިއުމާންއާއި އަޅައި ބަލާފައި ދިޔާންއަކީ ހަމަ ޖަވާހިރެކެވެ. ނަމަވެސް މީގައި އަހަރެން ކުރާނީ ކީއްހެއްޔެވެ؟ އަހަރެންގެ ހިތް ދަމާފައި ގެންދިޔައީ ރިއުމާންގެ ކޮޅަށެވެ. އަހަރެންހެ ހިތް ދެވުނީވެސް ރިއުމާނަށެވެ. ކިތަންމެ ގަދަ ހަދަން ބޭނުންވިޔަސް އަހަރެންގެ ހިތާއި ދެކޮޅުވެވޭކަށް ނެތެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ ޖަނަން ބެންޗުގައި އިށީނދެ އިނެވެ. އަދި އަނެއްފަރާތަށް މޫނު އަނބުރައިގެން އިންގޮތުން ހީވަނީ ދެން ދުވަހަކުވެސް މޫނު އަނބުރާފައި އަހަންނާއި ދިމާލަށް ބަލައިނުލަން ހުވާކޮށްގެން އިންހެނެވެ. އިރުކޮޅަކުން ޖަނަން ނޯއްދަމާ އަޑުއިވެން ފެށިއެވެ. އަހަރެން ރަނގަޅަށް ބަލައިލިއިރު ޖަނަން އޭނާގެ އަތުން ލޯފުހެމުން ދިޔައެވެ. ޖަނަން ރޮނީކަން އަހަންނަށް އެނގުނީ ދެނެވެ. ޖަނަން ރޯތަން ފެނުމުން އަހަރެންގެ ހިތަށް ތަދުވިއެވެ. އަހަރެން މަޑުމަޑުން ޖަނަންއަށް ގޮވައިލީމެވެ. “ޖަނަން… ރޮނީތަ؟”

ކުއްލިއަކަށް ޖަނަންގެ ބަޑިފަޅައިގެން ގޮސްފިއެވެ. އިސާހިތަކު އެއްވެސް ހިފެހެއްޓުމެއްނެތި ޖަނަންގެ ލޮލުން ހޯސްލާފައި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތެވެ. ޖަނަން މޫނުގައި ދެއަތް އަޅައި ރޯންފެށިއެވެ. އަހަންނަށްވެސް ރޮވިއްޖެއެވެ. ނަމަވެސް ކަރުނަތައް ފުހެލާފައި ހަމަޖެހިލީމެވެ. އަހަރެން ރުއިކަން ޖަނަންއަށް އެނގިއްޖެއްޔާ ވަކީންބޮޑަށް ދެރަވާނެއެވެ. މަޑުމަޑުން އަހަރެން ޖަނަންގެ ކައިރިއަށް ޖެހިލާފައި އަހަރެންގެ ކޮނޑުގައި ޖަނަންގެ ބޯ ބާއްވާއިލީމެވެ.

“އަޒޫ!.. އެމް… ސޯ ސޮރީ.. އައިއެމް.. ރިއަލީ ވެރީ ސޮރީ… އަހަންނަށް މާފުކުރޭ! އަހަރެން ގަސްތުގައި ރުޅިއައީކީ ނޫން! ރުޅި އާދެވުނީ! އެއްޗެހި ކިޔުނީ! އެކަމަކު އެއީ ގަސްތުގައެއް ނޫން! އަހަރެން ބޭނުން ނޫން އަޒޫއަށް ދެރަގޮތެއް ވާކަށް…” ޖަނަން ގިސްލަމުން ވާހަކަ ދައްކަމުން ދިޔައެވެ. “އެ އޯކޭ ވާނެޔޭ! އައި ނޯ ޖަނަންގެ ރިއެކްޝަން އެކަހަލަ ގޮތަކަށްކަން އަންނާނީ.. އެހެންވެ ނުބުނެވުނީވެސް.. އެކަމަކު އަހަރެން ދެން ވަކި ކާކު ގާތުގައި މިވާހަކަ ދައްކާނީވެސް.. ޔޫ އާރ މައި ބެސްޓީ ވިއްޔާ! އެންޑ އައި ނޯ ކެރާރ ކުރާތީކަން ރުޅިއާދެވުނީވެސް.. މަނަމަވެސް ވާނީ ތިހެން ކަންނޭނގެ ދޯ!” ޖަނަންއަށް ހިނިތުންވެލަމުން އަހަރެން ބުނީމެވެ. އަނެއްކާވެސް އަހަރެން ފޯން ނަގައި ގަޑި ބަލައިލީމެވެ. މިހާރު ގަޑިން އެގާރަ ޖަހަން އުޅެނީއެވެ. “ދެންވެސް އަވަހަށް ހުއްޓާލާ! ހިނގާބަލަ ކާފަ ކައިރިއަށް ދާން ދޯ! ކާފަ ވަރަށް އުފާވާނެ ޖަނަން ފެނުނީމަ..” ޖަނަންގެ ބޯ ދުރުކޮށްލަމުން އަހަރެން ބުނީމެވެ.

ޖަނަން އޭނާގެ ދެއަތުން ކަރުނަތައް ފުހެލިއެވެ. ހަމަޖެހުމުގެ ފުން ނޭވާއެއް ލުމަށްފަހު އަހަންނާއި ދިމާލާށް ބަލައިލުމަށްފަހު ހީނލިއެވެ. “މިހާރު އެމް ވެރީ އޯކޭ! އާނ! ހިނގާދަމާ.. މަވެސް ބޭނުން އަޒޫގެ ކާފައާއި މީޓްކޮށްލަން.. ހިހި… މަ މޫނުން އެނގޭތަ ރޮއެފަހުރިކަން؟” ޖަނަންގެ މޫނުން ކޮންމެވެސް ވަރަކަށް ރޮއެފައި ހުރިކަން އެނގެއެވެ. އަހަރެން އަތުގެ އިޝާރާތުން ބީޗްގައި ހަދާފައި ހުރި އިސްކޫރު ބަރިތައް ދައްކާލުމަށްފަހު އެތަނުން މޫނު ދޮވެލުމަށް ބުނީމެވެ.

ކާފަގެ ގެއަށް ދެވުނުއިރު ކާފަ އިނީ ފަންގި ވިންނާށެވެ. ކާފައަކީ މުރާލިމީހެކެވެ. އަބަދުވެސް ކާފަ ފެންނާނީ ކޮންމެވެސް މަސައްކަތެއްގައި އަވަދިނެތި އުޅޭތަނެވެ. ކާފައަށް އަހަރެން ހަމަ ފެނުމާއިއެކުހެން ބައްތިރީސް ދަތްތައް ފެންނަވަރަށް ހިނިތުން ވެލިއެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންމީ ކާފަގެ ރަންދަރިއެވެ. މަންމަމެން ބުނާގޮތުން ކާފަދަރިންގެ ތެރެއިން ކާފަ އެންމެ ލޯބިވާނީވެސް އަހަރެންދެކެއެވެ. ސިއްރުސިއްރުން ހަދިޔާ ގެނެސްދެއެވެ. އެކަމާ އާއިލާގެ އެހެން މީހުން ޝަކުވާވެސް ކުރާކަމަށް މަންމަމެން ބުނެއެވެ.

މިސްކިތުން ނިކުމެގެން އަންނައިރު ގިނަ ފަހަރު އަހަރެންގެ ގެއަށް ވަދެނުލައި ފަހަރެއް މަދުވާނެއެވެ. އަހަރެން އުޅޭ ޙާލެއް ބަލައިލާށެވެ. އަހަރެން ނަމާދުކުރިތޯ ބަލާށެވެ. އަހަރެން ހުރީ ކައިގެންތޯ ބަލާށެވެ. އަހަރެންވެސް ކާފަދެކެ އިންތިހާޔަށް ލޯބިވެއެވެ. އެއީ ހަމަ ބެސްޓެވެ.  އެފަދަ ލޯބިލޯބި ކާފައެއް ދެއްވެވީތީ އަހަރެން އަބަދުވެސް މާތް ﷲ އަށް ޙަމްދުކުރަމެވެ. އަލްޙަމްދުލިﷲ!

ހަމައެވަގުތު މަންމަ، ކާފަ އަހަރެންދެކެ ލޯބިވާވަރު ހާމަކޮށްދިނުމަށް ކިޔައިދިން ވާހަކައެއް މަތިން ހަނދާންވިއެވެ. އެވާހަކަ ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންގެ ދެލޮލުން ކަރުނަ ހިލެއެވެ. ކާފަ ހަމަ އަސްލުވެސް އެދުވަހު އެގޮތަށް ކަންތައް ކުރިހެއްޔެވެ؟ ސުބުޙާނަﷲ! ކޮންފަދަ މަތިވެރި ލޯތްބެއް ހެއްޔެވެ؟

(ނުނިމޭ)

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Blossom
Follow Me Written By

Blossom

Level 1100 Login

✨...Stories are how I connect with the world, and I'm so glad to share mine with you..✨

Other Articles

Previous

ހިތް ބޭނުމޭ ދުލުން 12

Next

ދުރުވާން ޖެހުނަސް 09

Next
March 18, 2025

ދުރުވާން ޖެހުނަސް 09

Previews
March 18, 2025

ހިތް ބޭނުމޭ ދުލުން 12

4 Comments!

  1. cutie girl says:
    March 19, 2025 at 6:13 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up

    1. Blossom Blossom says:
      March 21, 2025 at 6:53 pm

      Jazakillah khairan!! Cutie Girl! ❤️❤️

  2. Zulaikha Kareem says:
    March 20, 2025 at 7:38 pm

    Dhe lafzun eh lafzu ingireysin otheema varah kamunudhey

  3. Blossom Blossom says:
    March 21, 2025 at 6:54 pm

    Hihi.. Okyi!
    In shA Allah, Rangalhu kollaanan! ❤️

Comments are closed.

Next Episodeކިމޭ އަލްވަދާޢު [5 ވަނަ ބައި]←


All Right Reserved!