ގްރޭޑް ދިހައެއް ނިންމާފައި އަހަރެން ބޭނުންވީ މަތީ ސާނަވީ ތަޢުލީމު ހާސިލުކުރަން މާލެ ދާށެވެ.. އެހެންކަމުން އަހަރެން މާލެއަށް ކިޔެވުން ބަދަލު ކުރީމެވެ.. އަހަންނަކީ އެހާ ދީންވެރި ކުއްޖެއް ނޫނެވެ..ނަމަވެސް ބުރުގާ އަޅައި ބޮޑުހެދުންލައިގެން އުޅޭ ކުއްޖަކީމެވެ.. އަދި އަހަރެން ޤުރްއާން ކިޔަވައި ބަރާބަރަށް ނަމާދުކުރަމެވެ.. މަންމައާއި ބައްޕަ ފަޚުރުވެރިވާ ފަދަ ކުއްޖަކަށް ވުން އެއީ އަހަރެން ދެކެމުން އައި ހުވަފެނެވެ… ރަށުގެ މާހައުލާއި މާލޭގެ މާހައުލު ހާދަ ތަފާތެވެ.. މާލޭގައި މީހުން ގިނައޭ ކިޔާ އަޑު […]
އަޅުގަނޑުގެ ވާހަކަ “ކީމޭ އަލްވަދާޢު” އިހަކަށް މެދުކަނޑާލަން ނިންމައިފީމެވެ. ދެން ވާހަކަ ގެނެސްދެވޭނެ ދުވަހެއް ވަކި އަނެއްހެން ބުނެދެވެން ނެތީތީ ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މާފަށް އެދެމެވެ. އިން ޝާ ﷲ، ދެން ވާހަކަ ގެނެސްދެވޭނީ، ވާހަކަ އެއްކޮށް ލިޔެ ނިމުމުންނެވެ. އަދި މުޅިން އެހެން ނަމެއްގައެވެ. ކިޔުންތެރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ސަޕޯޓާއި ހިތްވަރަށް، ވަރަށް ބޮޑަށް ޝުކުރު އަދާކުރަމެވެ.
ހަމައެވަގުތު މަންމަ، ކާފަ އަހަރެންދެކެ ލޯބިވާވަރު ހާމަކޮށްދިނުމަށް ކިޔައިދިން ވާހަކައެއް މަތިން ހަނދާންވިއެވެ. އެވާހަކަ ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންގެ ދެލޮލުން ކަރުނަ ހިލެއެވެ. ކާފަ ހަމަ އަސްލުވެސް އެދުވަހު އެގޮތަށް ކަންތައް ކުރިހެއްޔެވެ؟ ސުބުޙާނަﷲ! ކޮންފަދަ މަތިވެރި ލޯތްބެއް ހެއްޔެވެ؟ އެއީ އަހަރެންގެ އުމުރުން 4 ވަރަކަށް އަހަރުގައި ހިނގިކަމެކެވެ. އަވައްޓެރި ގެއެއްގެ ކުއްޖަކު ގޮނޑިއަކާއި ބޯޅައެއް ހިފައިގެން ކުޅެން އުޅުނެވެ. އަހަރެންވެސް އެކުއްޖަ އާއިއެކު ބޯޅަ ކުޅެން ބޭނުންވެގެން އެކުއްޖާގެ ކައިރިއަށް ދިޔުމުން އެކުއްޖާ […]
އެއީ ހިނގުމުގައި ކޮރުކަމެއް ހުންނަ ކުއްޖެކެވެ. އޭނާގެ އެކޮރުކަން އަހަންނަށްވީ މަޖާކަމަކަށެވެ. ބައެއް ފަހަރު އެކުއްޖާއާއި މަގުމަތީން ދިމާވުމުން އޭނާ ހިނގާގޮތަށް އަހަރެންވެސް ހިނގާލަމެވެ. އޭނާގެ ކުރިމަތީގައެވެ. އެހުރިހާ ފަހަރަކުވެސް އެކުއްޖާ އެއްވެސް އެއްޗެއް ނުބުނެ އިސްދަށަށް ޖަހައިގެން ދާނެއެވެ. އެއްދުވަހެއްގެ ހެނދުނެވެ. އަހަރެންގެ ދެތިން ރައްޓެއްސަކާއިއެކު މަގުމަތީން ދަނިކޮށް އޭނައާއި ދިމާވިއެވެ. މަލާމަތުގެ ރާގަކަށް ހީނލުމަށްފަހު އަހަރެން، އަހަރެންގެ އެކުވެރިންނަށް އޭނާ ދައްކާލާފައި ބުނީމެވެ. “އޭ ބަލާބަލަ! މިހިރަ އަންނަނީ އެއްކަލަ ކޮރުބެ! ކޮރުބެ ކޮންތާކަށް […]
“އެވާހަކަ ދޯ؟.. ކޮބާ މިހާރު އެއްކަލަ ދިޔާން؟” ޖަނަން އަހާލިއެވެ. އެސުވާލުން އަހަރެންނަށް ފުރަތަމަވެސް ލިބުނީ ހައިރާންކަމެކެވެ. ޖަނަން، ދިޔާންގެ ވާހަކަ ދައްކަންވީ ކީއްކުރަން ހެއްޔެވެ؟ އެވަރަކުން އަހަރެން މިތަނަށް އެގެނައީ އެބުނާ ދިޔާންގެ ވާހަކަ ދައްކަން ހެއްޔެވެ؟ ވަރަށް ފޫހިވެއެވެ. ” ޖަނަން ކީއްކުރަންތަ އޭނަ ތި ހޯދަނީ؟ އޭނަގެ ވާހަކަ ދައްކަންތަ މިތަނަށް ތިއައީ؟ މަށަކަށް ނޭނގެ އޭނަ ވީތަނެއް! އަހަރެން މިދަނީޔޯ ދެން އަޒްވާ ދޫކޮއްލާފައި ދެން އުނދަގޫނުކުރާނަމޯ.. ސޮރީޔޯ…ބްލާ..ބްލާ..ބްލާ… އެހެން ކިޔާފައި […]
ވަރަށް ބޮލަށް ފަސޭހަދޯ މިދިޔަ ދުވަސްތަކުގައި އަހަރެންގެ ޚަބަރެއް ނުވީމަ؟ އަސްލު އަހަރެން އެދުވަހު މީހަކާ އިންނަ ވާހަކަ ބުނީ މަޖަލަކަށް. އަޒޫ ހަދާ އެއްޗެއް ބަލައިލަންވެގެން. އެހެން ހުއްޓާ އަހަރެން އެކްސިޑެންޓެއްވީ. އެހާ ބޮޑުވަރެއް ނުވޭ އެކަމު އަހަރެންގެ އަތް ބިންދައިގެން ދިޔަ.. ދެން ބޯވެސް ފެޅިފައޮތް. އެހާ ބޮޑަކަށް ނޫން.. މިހާރު އަހަންނަށް ފާޑަކަށް ޔަޤީން ވެއްޖެ.. އަޒޫއަށް އަހަންނަކީ އެއްވެސް މީހެއް ނޫންކަން.. ވެދާނެ އަހަރެން މެރީކުރާ ވާހަކަ ބުނީމަ އަޒޫ ޚަބަރު […]
އައްސަލާމު ޢަލައިކުމް ކީމޭ އަލްވަދާޢުގެ 3 ވަނަ ބައި ލަސްވަމުންދާތީ ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މާފަށް އެދެމެވެ. މިދުވަސްކޮޅަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްވަރަށް ވާތީއާއި ޖޮބްގައި ބިޒީކޮށް އުޅެން ޖެހުމާއި އެކީ ވާހަކައިގެ 3 ވަނަ ބައި ނިންމާލުމަށް ވަގުތު ނުވެވެވެނީއެވެ. އިންޝާ ﷲ، ވަރަށް އަވަހަށް 3 ވަނަ ބައި އަޕްލޯޑް ކުރެވޭތޯ މަސައްކަތް ކުރާނަމެވެ. ކިޔުންތެރިން ތިޔަ ދެއްވަވަމުން ގެންދަވާ ސަޕޯޓަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަމެވެ. އެންމެހާ ފަރާތްތަކަށް […]
މައިރީން މަންމައަށް ވީގޮތް ކިޔައިދިނުމުން މަންމަ ހުރީ އަހަރެންދެކެ ފާޑަކަށް ހިތްހަމަނުޖެހިފައެވެ. “އަޒްވާ ދެން ތީ ކޮންކަމެއް؟ ގޭގައި ފުށް ނެތިގެންނޭ ފުށްކޮޅެއް ގެންނަން ބުނީ.. އަނެއްކާ މިޖެހުނީ ފުށް ހޯދަން. މިދެމީހުން އެއްވިއްޔާ ކޮންމެވެސް ޖެއްސުމެއްކޮށްކޮށް ތިބޭނީ.. މިފަހަރު އަޒްވާ ދޭ ފުށް ބަލައި ތިއްތަމެން ގެއަށް..” އަހަރެން ލައްބައޭ ބުނަމުން މައިރީން އާއި އެކީ މައިރީންގެ ގެއަށްދާން ގެއިން ނިކުތީމެވެ. އެވަގުތު އަނެއްކާވެސް ދިޔާން ގުޅިއެވެ. މިފަހަރު އަހަރެން ފޯން ނަގާފައި ސަލާމް […]
= އައްސަލާމު ޢަލައިކުމް. މިއީ އަޅުގަނޑު މިވެބްސައިޓަށް ވާހަކައެއް ލާ ފުރަތަމަ ފަހަރެވެ. މިސްޓޭކްސް ހުރުންވެސް އެކަށީގެންވެއެވެ. އުއްމީދު ކުރަނީ އެންމެހާ ކިޔުންތެރިންނަށް މިވާހަކަ ކަމުދާނެކަމަށެވެ. = ފިހާރައިން އައިސް، ޢަޞްރު ނަމާދު ކޮށްލުމަށްފަހު، އަހަރެން ކާގެއަށް ވަނީ ކޮންމެވެސް ކޫސަނި އެއްޗެއް އަނގަޔަށް ލުމުގެ ނިޔަތުގައެވެ. މޭޒުމަތީގައިވެސް އެހާ ގަޔާވާކަހަލަ އެއްޗެއް ނެތުމުން އަހަރެން ދެފޮތި ޕާން ނަގައި ޓޯސްޓާރއަށްލާފައި ހޮޓް ޗޮކްލެޓް ޕެކެޓެއް ނަގައި ގިރަން ހުރީމެވެ. އަހަރެން ހުމްމް އަޅުވަމުން ހޮޓް ޗޮކްލެޓް […]