Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭވަފާތެރިޔަކީމޭ 32

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
January 18, 2025 4 Mins Read
24 Comments

އުފަލާއި މަޖަލުުގައި ކައިވެނީގެ ޕާޓީ ކުރިއަށް ދަމުން ދިޔައެވެ. ކުޑަކުޑަ ނައިލްއާއި ޔަލީންވެސް ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. މިހާރު ޔަލީންއަށްވެސް ހިނގޭތީވެ ސަކަރާތް ޖަހާނެ ކުޑަކުއްޖަކު ހުންނާތީވެ ނައިލް ހުންނަނީ އަބަދުވެސް ފޯރިއަރާފައެވެ. ވާހަކަ ރަނގަޅަށް ނުދެއްކުނު ނަމަވެސް ނައިލްއާއި އެކު އުޅޭއިރު ޔަލީންވެސް ކޮންމެސް އެއްޗެކޭ ކިޔޭތޯ އުޅެއެވެ. އެކައިވެނީގެ އުފާވެރިކަން އިތުރަށް ފުރިހަމަ ކޮއްދިނީ ގައިމުވެސް ޔަލީންއަދި ނައިލްކަން ގައިމެވެ. އެންމެނަށް ގެޔާ ހަމަޔަށް ވާސިލުވެވުނު އިރު ގަޑިން ހުރީ 12 ވެސް ޖަހައިފައެވެ. އެކައިވެނީގެ ރޭ ނިމިގެން ދިޔައީ އެންމެންގެ ތުންފަތް މަތީގައިވެސް ހިނިތުންވުން ކުރަހާލާފައެވެ.

ފަތިހުގެ ފިނިފިނި ވަގުތެވެ. ނިދިފައި އޮތް ނަވްޔާއަށް ހޭލެވުނީ ކައިރީގައި އޮތް ފޯނު އެލާމުވާ އަޑަށެވެ. ކައިރީގައި އޮތް ޖައިޝްގެ މޫނުގައި ފިރުމާލަމުން ނަވްޔާ ތެދުވީ ފަތިސް ނަމާދު ކޮއްލުމަށެވެ. ނަމަވެސް އަލުން އޮށޯންނަށް ނަވްޔާއަށް މަޖުބޫރުވީ ބޮލަށް އެނބުރުން އެރުމުގެ ސަބަބުންނެވެ. އެނދުގައި އަލުން އޮށޯވެ ބޮލުގައި މަސާޖު ކުރަމުން ދިޔައެވެ. ނަމަވެސް އެއްވެސް ލުޔެއް ލިބޭހެންނެތް ނަވްޔާއަކަށް ހިޔެއް ނުވިއެވެ. މުޅި ހަށިގަނޑަށް އުނދަގޫވަމުން ދިޔަ އިރު މަންޒަރު ދިޔައީ ފުސް ވަމުންނެވެ. ދެން ފެނުނީ އޯކަށް ދެމެމުން ދުވެފައި ނަވްޔާގޮސް ފާޙާނާއަށް ވައިންތަނެވެ.

ހޮޑުލެވި ނިމުމުން ނަވްޔާ ކޯދޮވެލާފައި ހަމަ ޖެހިލިއެވެ. އަމިއްލަ ސޫރައަށް ލޯގަނޑުން ބަލައިލަމުން ނަވްޔާ ހޭވިފައިވީ އިސްތަށިކޮޅު ރީތި ކޮއްލިއެވެ. ދެން ނަވްޔާގެ ދެލޯ ދައުރުކޮއްލީ ނަވްޔާގެ ބަނޑަށެވެ. ހެނދުނު ވަގުތުގައި ހޮޑުލެވޭތާ މިހާރު ގައިމުވެސް ހަފްތާއެއް ވެދާނެއެވެ. ބަނޑުގައި ފިރުމާލަމުން ނަވްޔާ ހިނިތުންވެލީ ހިތަށް އެރި އެއްޗަކުންނެވެ. އެކަން އެހެން ވުމަށް އެދޭހާލު ނަވްޔާ އަވަސްވެލީ ފެންވާލަންށެވެ.

“މަންމީ” ނިދިފައި އޮތް އެލީޝާއަށް ހޭލެވުނީ ޔަލީންގެ ތުއްތުއަޑުން އެލީޝާއަށް ގޮވާލުމުންނެވެ. ހީލަމުން އެލީޝާ އޭނާގެ ހަށިގަނޑާ ޔަލީންގާތް ކޮއްލިއެވެ. “ޔެސް މަންމި ލޯބި. ހޭލެވުނީތަ؟” އެލީޝާ ވާހަކަދެއްކިއެވެ. ޔަލީން ބޯޖަހާލިއެވެ.

“ހިނގާ ބައްޕިއަށްވެސް ގޮވަން؟” ނިދިފައި އޮތް ޔޫހާންއަށް އިޝާރާތްކޮއްލަމުން އެލީޝާ ބުންޏެވެ. ވަގުތުން ހީލާފައި ޔަލީން ބޯޖަހާލިއެވެ. ދެމައިންވެގެން ގޮސް ކައިރީ އިން އެލީޝާގެ ފެންފުޅިނެގިއެވެ. އަތަށް ފެން އަޅާފައި ދެމައިން ޔޫހާން މޫނަށް ފެންޖެހިއެވެ.

“ދެން ތެދުވޭ ނިދި ސަންފާ” ޔޫހާން މޫނު ފުހެމުން ކުކުރަން ފެށުމުން އެލީޝާ ބުންޏެވެ. “ދެން ދެކުދިން ބައްޕިއަށް ހަމަ ލަނޑުދިނީދޯ” ޔޫހާން ތުންކޮޅު އޫކޮއްލީ ޅަކުއްޖެއް ފަދައިންނެވެ. ޔޫހާން ޑިއުޓީއަށް ދާން ރެޑީވެފައި އެލީޝާ ރެޑީވާން ވާއިރަށް ޔަލީން ގެންގޮސް އަނާޝާމެންގެޔަށް ލިޔެވެ. ޔޫހާން އެނބުރިގެޔަށް އަހިސް އަވަސްވެގަތީ އެލީޝާއާއި އެކު ހޮސްޕިޓަލަށް ދިޔުމަށެވެ.

ކަނޑުގެ ލޮނުގަނޑު ކަފަމުން އަހިސް ލާންޗު މަޑުކޮއްލީ ހދ ކުޅުދޫފުއްޓަށެވެ. ލާންޗު ދުއްވަން އިން މީހާގެ އިތުރުން އެ އެލާންޗުގައި އިނީ ޒުވާން އަންހެން ކުއްޖެކެވެ. ދެމީހުން އަތުގައި ހިފާލައިގެން ލާންޗުން ފޭބިއެވެ. ރަށުގެ ދެފަރާތް ބަލައިލަމުން އެ ޒުވާން އަންހެން ކުއްޖާ ފޯނު ހުޅުވާލިއެވެ. އެފޯނުން ފެންނަން އިން ޒުވާނާގެ އެ ފޮޓޯ ފެނި އެކުއްޖާގެ ތުންފަތް މަތީގައި ހިނިތުންވުމެއް ކުރަހާލެވުނެވެ.

މެންދުރުގެ ހޫނު ގަދަވަގުތެވެ. ގެޔަށް ވަދެގެން އައި ނަވްޔާގެ މޫނުމަތީގައި އިން ފޮތި ކޮޅުގައިވެސް ވަނީ ދާ ހަރުލާފައެވެ. ލަސް ހިނގުމެއް ގައި ހިނގާފައި ގޮސް ނަވްޔާ ކޮޓަރިއަށް ވަދެ މޫނުފޮތި ކޮޅު ނަގާ އަންގި ބޭލިއެވެ. ފަހު ކަމަކަށް އިސްޓާކީނު ބާލާފައި ނަވްޔާ ވަނީ އަތުގައި އޮތް ކޮތަޅު ހިފާ ފާހާނާއަށެވެ. ކޮތަޅުގައި އޮތް ޕްރެންގްނެންސީ ޓެސްޓް ކިޓް ނަގާފައި ނަވްޔާ ފުން ނޭވާ އެއްދޫކޮށްލިއެވެ.

ޓެސްޓު ހަދާ ނިންމާފައި އަތްދޮންނަ ތަށިމަތީގައި ކިޓު ބާއްވާލަމުން ނަވްޔާ އަތްދޮވެލިއެވެ. އޭރު ނަވްޔާގެ ހިތުގެ ވިންދުވެސް ހީވަނީ ރޭސް ޖަހާހެންނެވެ. އަތުގެ ނިޔަފަތިތަށް ހެފެމުން ދިޔައިރު މުޅި ކުއްޖާ ހުރީ ދަލުން ފޯވެފައެވެ. ހިނދުކޮޅެއްގެ އިންތިޒާރަކަށް ފަހު އެކިޓުން ނަވްޔާގެ ހަށިގަނޑުގައި އެހެން ހިތެއްގެ ވިންދު ޖަހަމުން ދާކަމުގެ އިއުލާން ނެރެލިއެވެ. ވަގުތުން ނަވްޔާގެ ދެލޯ ފުރި ބާރުވީ އުފާވެރިކަމުގެ ކަރުނައިންނެވެ. ޓެސްޓު ކިޓު ހިފައިގެން ނަވްޔާ ދުއްވައިގަތީ މައުނާ ކޮޓަރިއަށެވެ.

މައުނާ ކޮޓަރިއަށް ވައިން އިރު، ނައިލާ އަދި ނައިލްވެސް މައުނާއާއި އެކު ކޮޓަރީގައި އިނެވެ. ދުވަހަކީ މައުނާ ހަވީރު ޑިއުޓީ އޮތް ދުވަހަކަށްވުން އެއީ ނަސީބެކޭ ނަވްޔާ ހިތަށް އެރިއެވެ. ދުވެފައި ގޮސް ނަވްޔާ ނައިލާ ގައިގައި ބައްދައިގަތެވެ.

“މަންމާ. މައު ދައްތާ… ނަވް ބަނޑުބޮޑު.. އައިމް ހޭވިންގ އަ ބޭބީ.. އަލްހަމްދުލިއްލާހް” ނަވްޔާއަށް އެހެން ބުނެވުނު އިރު ރޮވިއްޖެއެވެ. ވަގުތުން މައުނާވެސް ކައިރިވެލިއެވެ. “އަސްލުތަ؟ ކޮން އިރަކު އިނގުނީ؟ ކިހާދުހެއް؟” ނައިލާއަދި މައުނާއަށް އަހާލެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ.

ނަވްޔާ ގައިގައި ބައްދަބައްދައިފައި ނައިލާއަދި މައުނާ އުޅޭތަން ބަލަން ދުރުގައި 2 އަހަރުގެ ނައިލް އިނީ ދިރާސާ ކުރާ ކަހަލަ ގޮތަކަށެވެ. ނަމަވެސް ނަވްޔާ ބުނި “އައިމް ހޭވިންގ އަ ބޭބީ” މަތިން ހަނދާންވެ ނައިލް ކުރިއަށް ޖެހިލާ ހަރަންބަނެލާފައި ކަރުކެހިލީ އެންމެންގެ ސަމާލުކަން ހޯދައިލި ފަދައިންނެވެ.

“ތުއްތައަށް ބޭބީއެއް ލިބެނީތަ؟؟” އެއްބުމަ ހިއްލާލަމުން ނައިލް އެއްސެވެ. ނަވްޔާ ހީލާފައި ނައިލްގެ ކުޑަކުޑަ ހަށިގަނޑުގައި ބައްދާލިއެވެ.

“ޔެސް ތުއްތަ ފުރާނަ. ﷲ އިރާދަކުރެއްވީތީ ދެން ދުވަސްކޮޅަކުން ނައިލް ކުޅޭނެ ކޮއްކޮއެއް ލިބޭނެ” ނަވްޔާގެ ޖުމްލަ އިވީ ނައިލް ބާރަކަށް “ޔޭ” އޭބުނެލީ ތިންމައިންގެ ތުންފަތަށްވެސް ހިނިތުންވުމެއް ގެނެސް ދެމުންނެވެ.

ކޮންޕިއުޓަރ ކީބޯޑުގައި ޓައިޕް ކުރަމުން ދިޔަ ޖައިޝްގެ ސަމާލުކަން ވަނީ ކޮންޕިއުޓަރަށް ގެއްލި ހުސްވެފައެވެ. ޖައިޝްއަށް ހަމަޖެހިފައިވީ ދިމާލުގައި ކީބޯޑުގެ އަޑުނޫން އެހެން އަޑެއްނީވޭ އިރު އެކަމަށް ޖައިޝްގެ ހުރި ކުޅަދާނަކަން ދިޔައީ ފެންނަމުންނެވެ. އެވަޒީފާ އެހާ ފަސޭހައިން އޭނާއަށް ލިބުނު އެއްސަބަބަށް ގައިމުވެސް އެކަން ވާނެއެވެ.

ފަޒާގައި ގުގުމާލި އަސުރު ނަމާދުގެ ބަންގީގެ އަޑާއި އެކު ޖައިޝް މަސައްކަތް މަޑުޖައްސާލިއެވެ. ފުން ނޭވާއެއްލާ ފެންފޮދެއް ބޯލަމުން ޖައިޝް ހިނގައިގަތީ މިސްކިތަށް ދިޔުމަށެވެ. ނަމާދުން އަހިސް އޭރު ހެދި މަސައްކަތް ނާއިލްއަށް މެއިލް ކޮއްލުމަށް ފަހު ޖައިޝް ހިނގައިގަތީ ނާއިލްގެ ކެބިންއަށެވެ.

“ޖައިޝް ނާއިލް ސާރ ހޯދަންތަ؟” ނާއިލްގެ ކެބިންގެ ދޮރުގައި ޓަކި ޖަހަން ނެގި އަތް ތިރިކޮއްލެވުނީ އެވަޒީގައި އުޅޭ އެހެން މުވައްޒަފެއް ކަމަށްވާ ޒާލިފްގެ އަޑަށެވެ. “ލައްބަ” ޖައިޝް ބުނެލިއެވެ. “ނާއިލް ސާރ ނެތް މިވަގުތު. ނާއިލް ސާރ ބުނުއްވީ ޖައިޝްއަށް ހަވާލުކުރެވުނު މަސައްކަތް ނާއިލް ސާރ އަށް މެއިލް ކޮއްލަދީފައި ގެޔަށް ދިޔަނަމަވެސް އެންމެ ރަނގަޅުކަަމަށް. ނައިލް ސާރ ގެ މެސެޖެއް” ޒާލިފް ބުންޏެވެ. ޒާލިފްގެ ވާހަކަ އަހަން ހުރެފައި ބޯޖަހާލާފައި ޖައިޝް ހިނގައިގަތީ ގެޔަށެވެ.

ގެޔަށް ވަދެގެން އައި ޖައިޝްއަށް ގޭތެރެއިންކިއީ ހިމޭން ކަމުގެ މަރްހަބާއެވެ. ގޭތެރެއިން އެއްވެސް މީހަކު ފެންނަންނެތް އިރު، ހުރިހާބޮކި ތަކެއްވެސް ހުރީ ނިއްވާފައެވެ. ހަވީރުގެ ވަގުތަށް ވުމާއި އެކު އެންމެން ގޭގައި ނެތީކަމަށް ނިންމާފައި ޖައިޝް ހިނގައިގަތީ ކޮޓަރިއަށެވެ.

“ސަޕްރައިޒް!!!” ކޮޓަރި ދޮރުހުޅުވާލިއިރަށް އެއްއަޑުން އެންމެން ގޮވާލިއެވެ. މުޅިކޮޓަރި ތެރެވަނީ ނޫކުލައިންނާއި ފިޔާތޮށިކުލައިން ޖަރީކުރެވިފައެވެ. ނަވްޔާގެ އިތުރުން ނައިލާ، މައުނާ، ނާއިލް އަދި ނައިލް ހުރި އިރު އެންމެންގެ މޫނު މަތިންވެސް ފެނިގެން ދިޔައީ ހިނިތުންވުމެކެވެ. ނަމަވެސް ޖައިޝްގެ މޫނު މަތިން ފެނިގެން ދިޔައީ ސުވާލު މާރކްއެކެވެ. ދުވަހަކީ ޖައިޝްގެ އުފަންދުވަސް ނުވަތަ ކައިވެނީގެ އެނިވާރސަރީއެއްވެސް ނޫނެވެ. ޖައިޝްގެ ލޮލުގައި އެންމެންގެ ފުރަގަހުގައި ފުއްޕާހަމުން “ހެލޯ ޑެޑީ” ޖަހާފައި އިންތަން އަޅައިގަތީއެވަގުތެވެ. ކޮޓަރި ތެރޭގައި ނުލާ ފިޔާތޮށިކުލައިގެ ޑިޒަރިން ހުރުމުން ކޮންމެވެސް ވަރަކަށް ވާނުވާ ޖައިޝްއަށް ފަހުމްވިއެވެ.

“އަހަރެމެންނަށް ބޭބީއެއް ލިބެނީތަ؟” ލަސްހިނގުމެއްގައި ހިނގާލާފައި ގޮސް ނަވްޔާގެ އަތުގައި ހިފާލަމުން ޖައިޝް އެއްސެވެ. ނަވްޔާ ބޯޖަހާލި ހިނިތުންވަމުންނެވެ. “އަލްހަމްދުލިއްލާހި” އޭބުނަމުން ޖައިޝް ނަވްޔާ އުރާލާފައި އެނބުރިލިއެވެ. އެވަގުތު މުޅިކޮޓަރި ތެރޭގައި ނަވްޔާގެ ލުއި ހުނުމުގެ އަޑު އިވެމުން ދިޔައިރު، ނައިލާއާއި ނާއިލްގެ އިތުރުން މައުނާ ދިޔައީ އެމަންޒަރު ފޯނުގައި ރައްކާކުރަމުންނެވެ.

ރޭގަނޑުގެ ވަގުތެވެ. ދުވާލެކޭ އެއްފަދައިން ރޭގަނޑުގައިވެސް ހޮސްޕިޓަލުގައި މީހުންތަށް ދިޔައީ ހޭލަމޭލަ ވަމުންނެވެ. ރަަށަށް އަހިސްވެފައި ހުރި ވަރުބައްޔާއި އެކު ޒުވާން އަންހެން ކުއްޖާ ނިދަން އޮވެފައި ހޮސްޕިޓަލަށް އައީ ރޭގަނޑު 7 ވެސް ޖެހިފަހުންނެވެ. ހޮސްޕިޓަލަށް ވަދެ އެކުއްޖާ ހިނގަމުން ދިޔައީ މީހަކު ހޯދަން އުޅޭފަދައިންނެވެ.

“އެކްސްކިޔުޒް މީ؟” ފަހަތުން އިވުނީ ލީޝާގެ އަޑެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 16

Next

ކަނުކަބުރު

Next
January 18, 2025

ކަނުކަބުރު

Previews
January 17, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 16

24 Comments!

  1. Shiunii says:
    January 18, 2025 at 8:09 am

    Vrhhh refreshing Mi part vx omg

    1. shihaamaa ali shihaamaa ali says:
      January 19, 2025 at 4:51 pm

      jazaakallah khairan

  2. cutie girl says:
    January 18, 2025 at 8:10 am

    mi part ves v reethi masha allah
    curiously waitig for next part
    keep it up
    jaish and nav dhuru nukurachey
    elaa and yoohan ves
    mau and naail ves
    they all are made for each other
    fainally nav and jaish ah baby eh libeni congra both
    leesha ah heyo visnun dhevaadheyve
    v intresting story eh
    v kiyaala hithun kiyani
    your my fav author
    i appreciate your hard work
    love you shihaa

    1. shihaamaa ali shihaamaa ali says:
      January 19, 2025 at 4:51 pm

      jazaakallah khairan
      lyt

  3. Shiuniii says:
    January 18, 2025 at 8:10 am

    Knmme epsd Eh ninmaafa buneladheeba dhn Stry up kureveyne date Plss eyrun Vrh ufaavaane

    1. shihaamaa ali shihaamaa ali says:
      January 19, 2025 at 4:52 pm

      labba

  4. Nawar says:
    January 18, 2025 at 9:13 am

    Maashaa Allah mi part vx varah varah reethi…
    Awwn navya and jaish ah baby eh libeny…..
    Eii kn anhen kuhjehbaa????
    Whn next??

    1. shihaamaa ali shihaamaa ali says:
      January 19, 2025 at 4:53 pm

      hehe yesss nav and jaish are gonna be parents soon
      hehe let’s see dhw eii kon gender ehthw?
      in sha allah Tuesday ga

  5. Your fav babe says:
    January 18, 2025 at 10:24 am

    Oh my God!!
    Nav is pregnant
    Congratulations 🎊 👏 💐 🥳 🎊
    Then jaish innaane thaa I’m gonna be a dad ey kiyaafa lallalaa Kiyan lol!!!
    Very interesting
    Rashah jassaalaigen e elheny kon ba eh???
    Why do I feel yoohaan hoadhan hen???
    When next??
    Lysssssm
    Anyways story hama habeys!!!

    1. shihaamaa ali shihaamaa ali says:
      January 19, 2025 at 4:53 pm

      hehe yesss nav and jaish are gonna be parents soon
      hahaha yess yess
      hehe balamaa dhw eii kaaku thw?
      neynge dhw hehe
      in sha allah Tuesday ga

  6. Mar Yam says:
    January 18, 2025 at 10:41 am

    Vrh reethi mi part vx… 👍🏽
    Finally Nav and jaish ah Bby eh libeny 🎉🎉
    Kon anheh kujje tha eii 😩
    Whens next part..? Can’t wait

    1. shihaamaa ali shihaamaa ali says:
      January 19, 2025 at 4:54 pm

      hehe yesss nav and jaish are gonna be parents soon
      let’s see dhw hehe
      in sha allah Tuesday ga

  7. imko says:
    January 18, 2025 at 12:01 pm

    Mi part ves varha reethi Masha Allah
    Unmeedhu kuran next part kiyaalan libeene kama
    Can’t wait for next part
    When is next part
    Love you so much sis

    1. shihaamaa ali shihaamaa ali says:
      January 19, 2025 at 4:55 pm

      jazaakallah khairan
      in sha allah Tuesday ga next ep

  8. zozo says:
    January 18, 2025 at 12:55 pm

    AWW nav and jaish ah baby eh libenee dho
    very good
    keep it up
    rashah ais gen miulhenee kon manje eh tha
    very curiosly waiting for the next part

    1. shihaamaa ali shihaamaa ali says:
      January 19, 2025 at 4:55 pm

      jazaakallah khairan
      in sha allah Tuesday ga next ep
      hehe balamaa dhw kaaku thw

  9. Naikko says:
    January 18, 2025 at 1:07 pm

    Mi part bes v v reethi……
    Keep it up……
    Curiously waiting for the next….…..
    When next?????

    1. shihaamaa ali shihaamaa ali says:
      January 19, 2025 at 4:56 pm

      jazaakallah khairan
      in sha allah Tuesday ga next ep

  10. gurrrrl says:
    January 18, 2025 at 2:31 pm

    Vrh reethi whn next??
    🫶🏻🤭ly

  11. shihaamaa ali shihaamaa ali says:
    January 19, 2025 at 4:56 pm

    jazaakallah khairan
    in sha allah Tuesday ga next ep
    lyt

  12. Shiunii says:
    January 19, 2025 at 8:51 pm

    Knmme dhuvahaku epsd Eh up eh nukohdheveyne tha i Caaanttttt waittttt

    1. shihaamaa ali shihaamaa ali says:
      January 20, 2025 at 10:48 am

      ya i’ve been very busy lately

  13. Shiunii says:
    January 20, 2025 at 1:28 pm

    OK ehnviya knmme dhuvahaku epsd up kohffa thiryga nimunyma dhn aneh ep up kuraa date jahaa dhehchey

    1. shihaamaa ali shihaamaa ali says:
      January 20, 2025 at 5:37 pm

      Alryt

Comments are closed.

Next Episodeބޭވަފާތެރިޔަކީމޭ 33←


All Right Reserved!