Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭވަފާތެރިޔަކީމޭ 31

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
January 14, 2025 3 Mins Read
22 Comments

“ޑިޑް އައި ވޭކްޔޫ؟” ނަވްޔާގެ ބަނޑާ ދިމާލުގައި އޮތް ޖައިޝްގެ އަތުގައި ފިރުމާލަމުން ނަވްޔާ އެއްސެވެ. “ނޫނޭ. އައި ވޯސް އަވޭކް” ޖައިޝް ބުނެލީ ނަވްޔާގެ ހަށިގަނޑު ޖައިޝްގެ ހަށިގަނޑާ ތަތްކޮއްލަމުންނެވެ.

“ދެން. އަޅެ ދޫކޮއްލަބަ. ފެންވަރަން ދާންށޭ” ނަވްޔާ ލަދުން ހުރެ ބުނެލިއެވެ. “ހިނގާ ދެމީހުން އެއްކޮއް ވަންނަން؟” ޖައިޝް ލޯހުޅުވާލަމުން ނަވްޔާގެ މޫނާ ގާތްވެލަމުން ޖައިޝްއެއްސެވެ. ނަވްޔާގެ މޫނުގައިވީ ރަތްކަން ގަދަވެލިއެވެ. “ދެން. ދޫކުރޭ” ނަވްޔާ ތެދުވަން ގަދަ ހަދާލިއެވެ. ޖައިޝް ނަވްޔާ އަތްދަނޑި މައްޗައް އުފުއްލާލައިގެން ގޮސް ވަނީ ފާހާނާއަށެވެ.

ހެޔޮވަރު ސްޕީޑްއެއްގައި އައި ޓެކްސީ ހުއްޓީ ޔަލްވީ ދިރިއުޅެމުންދާ އެޕާރޓްމެންޓް ކުރިމަތީގައެވެ. ޑްރައިވަރަށް ރުފިޔާ ދީފައި ޝާހާ ނުކުމެ ގޮސް ނަވީ ޔަލްވީ އުޅޭ ކޮޓަރި ކުރިމަތީގައެވެ.

“ހެއީ. ވަޓްސް އަޕް؟” އިސްޖެހިފައި އިން ޔަލްވީގެ މޫނަށް ބަލައިލަމުން ޝާހާއެއްސެވެ. “ޝާ… ރިލްވާން ޕްރޮޕޯޒްޑް ޓު މީ. ރޭގަ. އެގެއަށް މަ ގެންގޮސް އޭނަ މަންމައާއި ބައްޕަ ކުރިމަތީގަ މަ ގާތު އިންނަން އެހީ. މަންމަމެން ކުރިމަތީގަ ވީމަ ނުކެރުނު ނޯ ބުނަން.. އެހެންވެ ޔެސް ބުނީ. ޑިޑް އައި މޭޑް ދި ރައިޓް ޗޮއިސް؟ އަހަރެން ބޭނުން ޔޫހާން.. އައި އެކްޗުއަލީ ޑޯންޓް ވޯޓް ރިލްވާންއެއް..” ޔަލްވީ އިނގިލިތަކާއި ކުޅެމުން ބުނެލިއެވެ.

“ޔެސް ޔަލް.. ޔޫ ޑިޑް ދި ރައިޓް ޗޮއިސް. މިހާރު ބަލަ. ޔޫހާން އިސް މެރިޑް. ނޭނގެ ޔަލްއަށް އެނގޭ ކަމެއް އެކަމަކު ރޭގަ އެލީޝާ ވިހަންވެސް ވިހައިފި. ދެން އަސްލުވެސް އެންމެ ރަނގަޅު ގޮތަކީ ޔޫހާން މަތިން ހަނދާން ނައްތާލުން. ރިލްވާން ގައިމުވެސް ޔަލްދެކެ ލޯބިވޭ” ޝާހާ ބުނެލިއެވެ. ޔަލްވީ ބޯޖަހާލިއެވެ. ހަގީގަތުގައި ކަން ކުރުން އެންމެ ރަނގަޅުގޮތަކީ އެއީ ކަން ޔަލްވީވެސް މިހާރު ގަބޫލު ކުރެއެވެ.

3 ދުވަސް ފަހުން އެލީޝާ ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. ކުޑަކުޑަ ޔަލީން ގޮވައިގެން ގެޔަށް ވަދެވުމުން އެލީޝާއަށް އެރީ މާ ވަރުގަދަ ފޯރިއެކެވެ. ގެވަށާ ހިނގަމުން އެކި ކޮޅުކޮޅު ދައްކަމުން ދިޔައީ ކުޑަ ކުއްޖެއް ފަދައިންނެވެ. މިދުވަހަށް އެލީޝާ އިންތިޒާރު ކޮއްފައިިވާ މިންވަރު އެލީޝާގެ ކޮންމެ ހަރަކާތަކުންވެސް ދިޔައީ ފެންނަމުންނެވެ.

މުޅި ގޭތެރެ ވަށާ ހިނގާފައި ދެން އެލީޝާ ވަނީ ކޮޓަރި ތެރެއަށެވެ. “މިއީ އިނގޭ ޔަލޫގެ ރޫމް. މި ކޮޓަރީގަ ތިބޭނީ މަންމި އާއި ބައްޕި އާއި ދަރިފުޅާ ތިންކުދިން އިނގޭ. ދެން މިއީ ދަރިފުޅުގެ ބެޑް. މަންމި ހުންނާނެ ބައިވަރު ކުޅޭ އެއްޗެހިވެސް ދަރިފުޅަށް ގަނެދީފަ. ދަރިފުޅު ބޮޑުވީމަ މަންމިއާއި ބައްޕިއާއި ތިންކުދިން ކުޅެން ދޯ” އެލީޝާ ވާހަކަ ދައްކަމުން ދިޔައީ ކުޑަކުއްޖެއް ފަދައިންނެވެ.

“ސާބަހޭ އެލާ. ދެން އަޅެ ތާކު އިށީންދެލަބަލަ. އަދި ވިހޭތާވެސް އެހާދުވަސް ނުވެ އެހާ ހިނގުން އެހާ ރަނގަޅެއް ނުވާނެ ކަންނޭނގެ” ޔޫހާން ކޮޓަރިއަށް ވަދެ ބުނެލިއެވެ. އެލީޝާ ހީލާފައި ގޮސް އެނދުގައި އިށީނެވެ.

ދުވަސްތަށް ފާއިތުވަމުން ގޮސް މިއަދަކީ 7 ދުވަސް ފުރި ޔަލީންއަށް ނަން ކިޔާ ދުވަހެވެ. ގޭ ސިޓިންގ ރޫމް ފާރުގައި ފުއްޕާހަމުން އައިޝަތް ޔަލީން ޔޫހާން ޖަހާލެވިފައިވީ އިރު ފިޔާތޮށިކުލައިގެ ކޭކެއްވެސް އިނެވެ. ބިންމަތީގައިވެސް ފުއްޕާހަން ހުރުމުން މަންޒަރު ވަކިން ރީތި ކަމަށް ދައްކައެވެ. ޔަލީން ޖަހާފައި އިން ފާރު ކުރިމަތީގައި އިން ސޯފާގައި އެލީޝާ އިން އިރު އެލީޝާގެ އުނގުގައި ކުޑަކުޑަ ޔަލީން އޮތެވެ. ހުދާއި ފިޔާތޮށިކުލައިގެ ކުޑަ ހެދުން ކޮޅެއް ލައިގެން އޮތް އިރު ލައިގެން އޮތް ހެދުން ކޮޅުގައި އަރަބި ބަހުން ޔަލީން ޖަހާލެވިފައިވެއެވެ. އަންނަ ކޮންމެ މެހެމާނަކުވެސް ދިޔައީ ޔަލީންގެ ކޮލުގައި ކޮއްޓާލަމުންނެވެ. ޔަލީންގެ ލޯބިކަމުން އެންމެންގެ ހިތުގައިވެސް އެކުއްޖާއަށް ޓަކައި ލޯބި އުފެދެމުން ދިޔައެވެ.

“ނަވް؟ ކޮބާތަ އަދިވެސް ނުނިމޭތަ؟” ސިޓިންގ ރޫމްގައި އިން ޖައިޝް ނަވްޔާ ލަސްވެގެން ގޮވާލިއެވެ. ރެޑީވާން ވައިން ނަވްޔާ ކޮޓަރީގައި ހުރިތާ މިހާރު 45 މިނިޓް ވީއެވެ. އަދިވެސް ނުނިކުންނާތީވެ ޖައިޝްގެ ހިތުގައި ފާޑެއްގެ ބިރުވެރިކަމެއް އުފެދުނެވެ. “ވަދެބާ މިހުޅުވީ” ކޮޓަރި ދޮރު ހުޅުވި އަޑާއި އެކު ނަވްޔާގެ އަޑުއިވުނެވެ. ޖައިޝް އަވަސްއަވަހަށް ދޮރު ހުޅުވާލިއެވެ. ފެނިގެން ދިޔަ މަންޒަރުން އިރުކޮޅަކު ހައިރާންވެފައި ހުރެވުނު ނަމަވެސް ޖައިޝްގެ މޫނުމަތީގައި އުފާވެރިކަމުގެ ހިނިތުންވުމެއް ފާއްދާލީ ފަޅިސިކުންތު ތެރޭގައެވެ.

ކުރިމަތީގައި ހުރި ނަވްޔާ ހުރީ ކަޅު ކުލައިގެ ދޫ އަބާޔާއެއް ލައިގެންނެވެ. އަތުގައި އަންގިއެއް އިން އިރު އިސްޓާކީނަށްވެސް ވަނީ އަރާފައެވެ. އަޅާފައިވީ ބޮޑު ބުރުގަލާއި އެކު އަޅާފައިވީ މޫނުން ފެންނަމުން ދިޔައީ ނަވްޔާގެ ތޫނު ދެލޯ އެކަންޏެވެ.

“ކަމުދޭތަ މި ޗޭންޖް؟” ނަވްޔާ ހެދުމުގައި ހިފާ އެނބުރިލަމުން އެއްސެވެ. ޖައިޝް ހީލާފައި ގޮސް ނަވްޔާގެ ހަށިގަނޑުގައި ބައްދާލިއެވެ. “ވަރަށް ވަރަށް ކަމުދޭ” ޖައިޝް ހިނިތުންވެލިއެވެ. ފާއިތުވެ ދިޔަ ހަފްތާއެއްހާދުވަސްތެރޭގައި ނަވްޔާއާއި ޖައިޝްގެ ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ކޮޓަރި ދޮރު ހުޅުވާފައި ހުރުމުން ގެޔަށް ވަދެގެންއައި ނާއިލްއަށް އެމަންޒަރު ފެނި ހިނިތުންވެވުނެވެ. އެންމެ ފަހުން އޭނާ އިންތިޒާރު ކުރި ދުވަސްވެސް އައީއެވެ. ހިނިތުންވެލާފައި ނާއިލް ﷲ އަށް ހަމްދު ކުރިއެވެ.

**10 މަސް ފަސް**

ރޭގަނޑުގެ ވަގުތެވެ. އަތިރިމަތީގައިވީ އަދިރިކަން ފިލުވާ ކުލަގަދަ ކޮއްލާފައިވަނީ ޔަލްވީ، ރިލްވާން އަދި ޝާހާ، މައިކަލްގެ ކައިވެނީގެ އުފަލުގައެވެ. ފަހަރަކު މީހަކު އަހިސް މިދެޖޯޑަށް ސަލާމްކޮށް މަރްހަބާ ކިޔަމުން ދިޔައެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި ރިލްވާން ހުރި އިރު ރީތި ގޮތަކަށް ވަނީ އިސްތަށިގަނޑު ސްޓައިލް ކޮއްލާފައެވެ. ގާތުގައި ޔަލްވީ ހުރިއިރު އޭނާ ލައިގެން ހުރި ބޮޑު ވެޑިންގ ޑްރެސް ވަނީ މުޅި ތަނަށް ފެތުރިފައެވެ. ލައިގެން ކުރި ކޮނޑު ނެތް އެހެދުމުގެ ފަހަތުގައި ރީތި ޑިޒައިނެތް އިން އިރު، މޭމަތީގައި ބޮޑު މަލެއް އިނެވެ. ބޮލުގައި ހުޅިއެއް ޖަހާލެވިފައިވީއިރު، ބޮލުގައި ރީތި ތާޖެއް އަޅާލެވިފައިވިއެވެ.

ޖެހިގެން ތިބި ޝާހާއަދި މައިކަލްވެސް އެޖޯޑަށް ވަކި ދޫކުރާވަރެއްނޫނެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި މައިކަލް ހުރި އިރު ގާތުގައި ހުރި ޝާހާ ލައިގެން ހުރި ބޮޑުވެޑިންގ ޑްރެސްވަނީ ރީތިގޮތަކަށް ފަތުރާލެވިފައެވެ. ލައިގެން ހުރި ބޮޑު ވެޑިންގ ޑްރެސްގައި ރީތި ގޮތަކަށް ޑިސްކޯ ހުރި އިރު ލުއި މޭކަޕެއް ވަނީ ކުރެވިފައެވެ. އަޅާފައިވީ ހުދު ބުރުގާއިން ޝާހާގެ ދޮން މޫނުފެންނަނީ ވަރަށް ލޯބިކޮށެވެ. ކައިވެނީގެ އެއުފަލުގައި އެރޭ ޝާހާވަނީ ބުރުގާއަޅާފައެވެ.

“މަރްހަބާ 4 ކުދިން” ޔޫހާންއާއި އެކު ވަދެގެންއައި އެލީޝާ ބުނެލިއެވެ. އެލީޝާ ލައިގެން ހުރި  ބޭބީ ޕިންކް ކުލައިގެ ޝޯލްއާއި ހުދުކުލައިގެ ބޮޑުހެދުމުން އެލީޝާ ވަަރަށް ލޯއިތްބެވެ. އެލީޝާގެ އުރުގައި އިން 10 މަހުގެ ތުއްތު ލައިގެން އިން ހުދާއި ޕިންކް ކުލައިގެ ކުޑަ ހެދުންކޮޅުން ހީވަނީ ހަމަ ގާތުގައި ހުރި ޔޫހާންގެ ކޮޕީއެއް ހެންނެވެ. ބޮޑުވަމުން ދިޔަ ވަރަކަށް ޔަލީންގެ ސޫރަ ދިޔައީ ޔޫހާންއާއި އެތްގޮތް ވަމުންނެވެ. ހުދުކުލައިގެ ފަޓުލޫނަކާއި އެކު ބޭބީ ޕިންކް ގަމީހުގައި ހުރި ޔޫހާންވެސް ވަރަށް ނަލަ ކަމަށް ދައްކައެވެ.

އުފަލާއި މަޖަލުުގައި ކައިވެނީގެ ޕާޓީ ކުރިއަށް ދަމުން ދިޔައެވެ. ކުޑަކުޑަ ނައިލްއާއި ޔަލީންވެސް ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. މިހާރު ޔަލީންއަށްވެސް ހިނގޭތީވެ ސަކަރާތް ޖަހާނެ ކުޑަކުއްޖަކު ހުންނާތީވެ ނައިލް ހުންނަނީ އަބަދުވެސް ފޯރިއަރާފައެވެ. ވާހަކަ ރަނގަޅަށް ނުދެއްކުނު ނަމަވެސް ނައިލްއާއި އެކު އުޅޭއިރު ޔަލީންވެސް ކޮންމެސް އެއްޗެކޭ ކިޔޭތޯ އުޅެއެވެ. އެކައިވެނީގެ އުފާވެރިކަން އިތުރަށް ފުރިހަމަ ކޮއްދިނީ ގައިމުވެސް ޔަލީންއަދި ނައިލްކަން ގައިމެވެ. އެންމެނަށް ގެޔާ ހަމަޔަށް ވާސިލުވެވުނު އިރު ގަޑިން ހުރީ 12 ވެސް ޖަހައިފައެވެ. އެކައިވެނީގެ ރޭ ނިމިގެން ދިޔައީ އެންމެންގެ ތުންފަތް މަތީގައިވެސް ހިނިތުންވުން ކުރަހާލާފައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…63

Next

މައިރާ (5 ވަނަ ބައި)

Next
January 15, 2025

މައިރާ (5 ވަނަ ބައި)

Previews
January 13, 2025

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…63

22 Comments!

  1. cutie girl says:
    January 14, 2025 at 11:13 am

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    fainally emmen gulhunee
    they all are made for each other
    leesha ah ves visneyne insha allah
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work
    your my fav author
    love you shihaa

    1. shihaamaa ali shihaamaa ali says:
      January 15, 2025 at 3:14 pm

      jazaakallah khairan

  2. Isnaa says:
    January 14, 2025 at 11:18 am

    Vrh reethi ❤️

    1. shihaamaa ali shihaamaa ali says:
      January 15, 2025 at 3:14 pm

      jazaakallah khairan

  3. Naikko says:
    January 14, 2025 at 11:19 am

    Mi part ves v v reethi………..
    V v interesting story eh…….
    Keep it up……
    When next?????

    1. shihaamaa ali shihaamaa ali says:
      January 15, 2025 at 3:15 pm

      jazaakallah khairan
      in sha allah vrh avahah kiyaalan libeyne

  4. Your fav bab says:
    January 14, 2025 at 12:29 pm

    Dude!!!!
    This story is so interesting
    Yalvee fakeerah heyo visnun dhehveethee thank god!!!
    Navya ves change vee yo👏👏👏
    When next??????

    1. shihaamaa ali shihaamaa ali says:
      January 15, 2025 at 3:15 pm

      jazaakallah khairan vrh happy vejje thihen bunelyma
      in sha allah vrh avahah kiyaalan libeyne

  5. Quinnn says:
    January 14, 2025 at 1:20 pm

    Curiously waiting for the nxt part

    1. shihaamaa ali shihaamaa ali says:
      January 15, 2025 at 3:15 pm

      jazaakallah khairan in sha allah vrh avahah kiyaalan libeyne

  6. Nawar says:
    January 14, 2025 at 1:40 pm

    Maashaa Allah mi part vx varah varah reethi
    Navya ah vx heyo visnun libuny… i’m happy for navya and jaish…
    Whn next??

    1. shihaamaa ali shihaamaa ali says:
      January 15, 2025 at 3:16 pm

      jazaakallah khairan
      hehe yes nav changed
      in sha allah vrh avahah kiyaalan libeyne

  7. No one says:
    January 14, 2025 at 3:10 pm

    Navya and jaish omg
    Me part ves vrh reethi

    1. shihaamaa ali shihaamaa ali says:
      January 15, 2025 at 3:16 pm

      jazaakallah khairan
      in sha allah vrh avahah kiyaalan libeyne

  8. Zozo! says:
    January 14, 2025 at 3:30 pm

    Nav and jaish, very unexpectedly!
    Hurihaa Emmen ves gulhunee dho!
    Varah reethi!
    Navya moonu buruqa elheetha!
    Keep it up!
    Love you!

    1. shihaamaa ali shihaamaa ali says:
      January 15, 2025 at 3:17 pm

      jazaakallah khairan
      yess emmen gulhuny
      yess nav is a niqabi now
      lyt

  9. gurrrrl says:
    January 14, 2025 at 5:12 pm

    Awww vrh reethi hama Ehme perfect
    When next part kiyaaalan libeyni
    🥹🥹vrh reethi keep it up
    Love ya shiherrr

    1. shihaamaa ali shihaamaa ali says:
      January 15, 2025 at 3:17 pm

      jazaakallah khairan
      lyt guuurlll

  10. imko says:
    January 14, 2025 at 7:22 pm

    Mi part ves varha reethi Masha Allah
    Unmeedhu kuran next part kiyaalan libeene kama
    Can’t wait for next part
    When is next part
    Love you sis

    1. shihaamaa ali shihaamaa ali says:
      January 15, 2025 at 3:18 pm

      jazaakallah khairan
      in sha allah vrh avahah kiyaalan libeyne
      lyt

  11. ITS MEE says:
    January 17, 2025 at 9:14 am

    NEXT PART KIYAALAN LIBEYNY KONIRAKUN????!
    CAN’T WAIT …
    VARAH INTRESTING KOH MI DHANY

  12. Urfav says:
    January 18, 2025 at 7:23 am

    When is next part????
    Caaanttttt waittttt

Comments are closed.

Next Episodeބޭވަފާތެރިޔަކީމޭ 32←


All Right Reserved!