ނަވްޔާ ހުރިހާ ވާހަކައެއް ކިޔައިދީ ނިންމާފައި ނޭފަތް ދަމާލަމުން ޖައިޝްގެ މޫނަށް ބަލައިލިއެވެ. ނަމަވެސް ޖައިޝްގެ މޫނު މަތިންއެއްވެސް ހައިރާންކަމެއް ނުފެނުނެވެ. ނަވްޔާ ހައިރާންވިއެވެ. ޖައިޝްގެ ޖަވާބު އިވިފައި ނަވްޔާ ވަކިން ބޮޑަށް ހައިރާންވިއެވެ.
**6 މަސް ކުރިން**
“ޖައިޝް މަގޭ ކޮއްކޮދެކެ ލޯބިވޭދޯ؟” ނާއިލްގެ ސުވާލާއި އެކު ޖައިޝް ދިޔައީ ސިއްސައިގެންނެވެ. އެކަން ނާއިލްއަށް އެނގުނީ ކިހިނަކުން ހެއްޔެވެ؟
“ޑޯންޓް ބީ ސްކެއާރޑް. އައިމް ނޮޓް މޭޑް. އަހަރެން ވަރަށް އުފާވާނެ ތެދުތެދަށް ކިޔައިދިނިއްޔާ..” ނާއިލް އަނެއްކާވެސް ބުނެލިއެވެ.
“ލައްބަ. އަޅުގަނޑު ނަވްޔާދެކެ ވަރަށް ލޯބިވޭ..” ޖައިޝް އިނގިލިތަކާއި ކުޅެން އިނދެ ބުނެލިއެވެ.
“ޖައިޝް ނަވްޔާއާއި މެރީ ކުރަންވީނުން؟ މިހާރު އަހަރެންނަކީތާ ވަލީވެރިޔަކީ. އަހަރެން ވަރަށް ގަބޫލު” ނާއިލް ބަލައިލީ ސީދާ ޖައިޝްގެ ދެލޮލަށެވެ. ޖައިޝް އިނީ އިވުނު ވާހަކަ ގަބޫލު ނުކުރެވިފައެވެ. ނާއިލް އަލުން ވާހަކަ ދައްކަން ފެށީ އެހެންވެގެންނެވެ. “އަހަރެންނަށް ޖައިޝް ވަރަށް ކަމުދޭ. ތިއީ ދީންވެރި ރަނގަޅު ކުއްޖެއް. އަހަރެންގެ ކޮއްކޮ، ޔޫހާން ކިޔާ ސޮރަކާއި އެކު ސްލީޕް ކުރީ.. އަހަރެން ބޭނުން އޭނަގެ ދިރިއުޅުން ބަދަލު ކުރަން. އެކަމަކު.. ޖައިޝް އޯކޭ ނޫނީ އިޓްސް ފައިން-”
“ނޫން. އަޅުގަނޑު ބޭނުން ނަވްއަށް މެރީ ކުރަން. އަޅުގަނޑު ނަވްދެކެވީ ހަގީގީ ލޯބި. ދީނުގައިވެސް އަނބިމީހާގެ މާޒީގައިވީ ފާފަތަކަށް އިނގިލި ދިއްކުރުމުގެ ހައްގެ ފިރިމީހާއަކަށް ނޯވޭ. އަހަރެން ނަވްޔާދެކެ އިރާދުކުރެއްވިއްޔާ އުމުރަށްވެސް ލޯބިވާނަން” ޖައިޝް ބުނެލީ ސާބިތު ކަންމަތީގައެވެ. ނާއިލްއަށް ހިނިތުންވެވުނެވެ.
***
“އަހަރެން ނަވްއަށް މެރީ ކުރީ އެހުރިހާ ކަމެއް އެނގިހުރެ. ދެންވެސް އަހަރެންނަކަށް ނަވްދެކެ ރުޅިއެއް ނާދެވުނު. ނަވް އަހަރެންނަށް ތިހާ އިހާނަތިކޮއް ކަން ކުރި އިރުވެސް މަށަކަށް ނަވްދެކެ ރުޅިއެއް ނާދެވުނު. އަހަރެންނަށް ނަވްދެކެ ވެވުނީ ހަގީގީ ލޯބި. ނަވް އުމުރުދުހު ތިހެން ކަން ކުރިޔަސް މައަބަދުވެސް ލޯބިވާނަން. އަހަރެން ނަވްގެ ލޯބިބޭނުން. އަހަރެންވެސް މީ ފުރާ ފުރިހަމަ ވެފަ ހުރި ފިރިހެނެއް އަހަރެން ބޭނުންވެސްވޭ. އެކަމަކުވެސް ނަވްގެ ނުގަބޫލުގައި ނުކުރަން މަ މިއޮއް ހާދުވަހު އެވާހަކަ ނުދެއްކީވެސް. އަމިއްލަ ނަފްސަށް ޝަކުވާ ކުރިން. ޔޫހާންގެ އޮތީ މަނެތް ކޯއްޗެއްތޯ. ލޯބިވިޔަސް.. ނަވް ކަން ކުރި ގޮތުން މައި ސެލްޕް އެސްޓީމް ގޮޓް ސޯ ލޯ. އެކަމަކުވެސް.. އައި ސްޓިލް ލަވް ޔޫ ސޯ މަޗް” ޖައިޝް ފުރަތަމަ ފަހަރަށް ނަވްޔާގެ ކުރިމަތީގައި އޭނާގެ ހިތުގެ ފޮތް ހުޅުވާލިއެވެ.
އެސްފިޔަ ޖަހާނުލާ ނަވްޔާއަށް ހުރެވުނީ ޖައިޝްގެ މޫނަށް ބަލާށެވެ. އިވުނު ވާހަކަތަށް ގަބޫލުނުކުރެވިފައި ހުރި އިރު ނަވްޔާއަށް ދިޔައީ ކުއްވެރިޔެއްގެ އިހުސާސް ކުރެވެމުންނެވެ. ނަވްޔާ މިއަނިޔާ ދިނީ ކިހާ ސާފު ހިތަކަށް ހެއްޔެވެ؟ އެހާ ލޯބިވާ ފިރިޔަކު ލިބޭނީ ގައިމުވެސް ހާހަކުން އެކަށްކަން ގައިމެެވެ.
“ދެން ކީއްވެ ޖައިޝް ނަވްދެކެ ފޫހި ނުވީ؟ އެއީ ކުޑައިރުން ސުރެ ޖައިޝްގެ އެހާ ގާތް ރަައްޓެއްސެއް. ނަވްދެކެ ރުޅިއެއް ނާދޭތަ؟ ފަކުރެއް ނުގަނޭތަ؟” ނަވްޔާގެ އަޑު ނިކުތީ ކެނޑި ކެނޑިގެންނެވެ.
“ނަވް އަހަރެންނަށް ކިޔައިދީބަލަ ނަވްދެކެ ރުޅި އަންނާނީ ކިހިނެތްކަން؟ އަހަރެން ނަވްދެކެ ފޫހިވާނީ ކިހިނެތްކަން؟ ނަވްދެކެ ލޯބިނުވާނީ ކިހިނެތްކަން؟” ޖައިޝްގެ ލޮލުގައިވެސް ކަރުނަ ވިދާލިއެވެ. އެދެލޮލުންވެސް ދިޔައީ ޖައިޝް ނަވްޔާދެކެ ވަމުން ދިޔަ ލޯބި ހާމަ ކޮއްދެމުންނެވެ.
ނަވްޔާގެ ފަރާތުން ޖަވާބެއް ނުލިބުމުން ޖައިޝް ލަސް ހިނގުމެއްގައި ހިނގާފައި ގޮސް ދެފަރާތުން ނަވްޔާގެ ކޯތާފަތުގައި ހިފާ މޫނާ ގާތްކޮއްލަމުން ނަވްޔާގެ ތުންފަތަށް ބޮސްދިނެވެ. ނަވްޔާ ދެލޯ މަރާލަމުން ޖައިޝް ލައިގެން ހުރި ޓީޝާޓުގައި ހިފާބާރުކޮއްލިއެވެ. ޖައިޝްގެ އެ އަމަލަށް ހިތުން ރުހުމުން ނަވްޔާ ރުހުން ދިނީ އެމާތް ފިރިމީހާ ކިބައިން މާފަށް އެދި އާދޭސް ކުރަމުންނެވެ. ނަވްޔާގެ ރުހުން ލިބުންކަން ކަށަވަރު ވުމުން، ޖައިޝް ނަވްޔާގެ އުނަގަނޑުގައި ހިފާ ގަޔާ ތަތްކޮއްލިއެވެ. މަޑުމަޑުން ދެމަފިރިންގެ ހަށިގަނޑުގައިވީ ފޮތި ކެހެމުންގޮސް އެކީ ފަރުދާ ކެހުނެވެ. ލޯބިން ފުރިގެން ވާ ނަޒަރަކުން ނަވްޔާއާއި ދިމާލަށް ބަލައިލަމުން ޖައިޝް ނަވްޔާ އުރާލީ ލުއި ފަތެއް އުފުއްލާލާހާ ފަސޭހައިންނެވެ. ލަސް ހިނގުމެއްގައި ހިނގާފައި ގޮސް ޖައިޝް ނަވްޔާ އެނދުގައި ބާއްވާލިއެެވެ. އެފިނި ފިނިރޭގެ ބާކީ އޮތްބައި ދެމަފިރިން ހޭދަކުރީ އެކައިވެނީގެ ހަރުފަތް އައު ހަރުފަތަކަށް ނެރެމުންނެވެ.
ހަނދުއޭގެ ވާޖިބު އަދާ ކޮއްނިންމާފައި ދުނިޔެއަށް އައު ދުވަހަކަށް މަރްހަބާކިއީ ނަވްޔާއަދި ޖައިޝްގެ އިތުރުން އެލީޝާއަދި ޔޫހާންގެ ލޯބީގެ ދިރިއުޅުމަށް އައު ދިރުމެއް ގެނެސް ދެމުންނެވެ. ނަމަވެސް އެނދުމަތީގައި ބަންޑުން އޮތް ޔަލްވީގެ ސިކުނޑިވަނީ ހަލަބޮލިވެފައެވެ. ޔަލްވީ ގްރެޖުއޭޓުވީހާ އަވަހަކަށް ރިލްވާންގެ މައިންބަފައިންނަނަށް ޔަލްވީ ތަޢާރަފް ކޮއްދޭނެވާހަކަ ރިލްވާންވަނީ ކުރިންވެސް ބުނެފައެވެ.ނަމަވެސް އެކަން ހިނގާ ދިޔައީ އެއްގޮތަކަށްވެސް ޔަލްވީ އުންމީދުކުރިފަދަ ގޮތަކަށް ނޫނެވެ. ފުން ނޭވާއެއްދޫކޮށްލަމުން ފޯނު ނަގާ ނަންބަރަކަށް ޑައިލްކޮއްލިއެވެ.
“އަހަރެމެންގެ ބޭބީއަށް އެހެންވެ ޔަލީންދޯ ކިޔާނީ؟ އައިޝަތް ޔަލީން ޔޫހާން. ލޯބިދޯ؟” ކުޑަކުޑަ ކުއްޖާގެ ކޮލުގައި ކޮއްޓާލަ ކޮއްޓާލަ އިން އެލީޝާ ބުނެލިއެވެ. ޔޫހާން ހީލާފައި ބޯޖަހާލިއެވެ. އެވަގުތު އެކޮޓަރިއަށް ވަދެގެން އައި މައުނާއާއި ނައިލް ފެނި ޔޫހާން ބޭރަށް ނުކުމެލިއެވެ.
“ހެއީ. މިއާދެވުނީ ހަމަ. ކިހިނެތްތަ؟ ދަރިފުޅު ބަލާބަ މިއޮތީ ލޯބި ކޮއްކިއެއް” ޔަލީން އުރާލަމުން ނައިލްއަށް އެކުއްޖާ ދައްކާލާފައި މައުނާ ބުނެލިއެވެ. ކުޑަކުޑަ ނައިލް ޔަލީންގެ މޫނަށް ބަލައިލީ ޝައުގުވެރިވެފައިވީ ކަހަލަ ގޮތަކަށެވެ. “މަންމީ ބުނީމޭނުން ގާލް ބޭބީއެކޭ. ތީ ބޯއި ބޭބީއެއްނުން” ކުޑަކުޑަ ނައިލް ދަތްދޮޅީގައި ހިފަހައްޓައިގެން ހުރެ ބުނެލި ގޮތުން ހީވީ ދިރާސާއެއް ކޮއްލިހެންނެވެ. ވަގުތުން މައުނާއަދި އެލީޝާއަށްވެސް ހެވުނެވެ.
“ނައިލްކޮ ބޭނުމީ ދެންވެސް އެހެންވެ ބޯއީ ކޮއްކޮއެއްދޯ؟” ނައިލް އިސްތަށިކޮޅު ހާވާލަމުން އެލީޝާ އެއްސެވެ. ވަގުތުން ނައިލް ބޯޖަހާލިއެވެ.
“ކޮބާތަ ނާއިލް؟ މިހާރު ކިހިނެތްތަ ހުރިހާ ކަންތައްތައް؟ ޖައިޝްއެންޑް ނަވްޔާ ހަމަ ސޭމްތަ އަދިވެސް؟” އެލީޝާއެއްސެވެ. ޔޫހާންއަށް ނޭނގުނު ނަމަވެސް ނަވްޔާގެ ހާލަތު އެލީޝާ ދިޔައީ ގަވައިދުން ބަލަމުންނެވެ. އެލީޝާއަކީ ސައިކޭޓްރިސްޓްއަކަށް ވެފައި، އޭނާގެ ހިތުގެ އުދާސްތަށް އެލީޝާއަށް އިހުސާސްވެސް ވާތީއެވެ.
“ކީއްކުރާނީ؟ މަފަކީރުވެސް އެމަންޒަރު ފެނި ދެރަވޭ. ހާދަ ހާލެއްގައޭ އެސޮރު އުޅެނީ. އެކަމަކު ޖައިޝް ނަވް ކުރިމަތީގަ އުފްވެސް ނުބުނޭ. ނަވްދެކެ ޖައިޝް ހަމަ ވަރަށް ލޯބިވޭ” މައުނާދޫކޮށްލީ ފިނިނޭވާއެކެވެ.
“އަހަރެންގެ ސަބަބުންދޯ ނަވްއަށް މިހެންމިވީ؟ އަސްލު އައި ތިންކް.. ޔޫހާންދެކެ ލޯބިވީ ނަމަވެސް.. އޭރު އަހަރެން ބަނޑުބޮޑު ނޫންނަމަ އައި ވުޑް ހޭވް ފައިލްޑް ފޯރ ޑިވޯރސް….” އެލީޝާ އިސްޖަހާލިއެވެ.
“ނޫން އެލާ. އެއީ އެލާގެ ކުށެއްނޫން. މިއީ ލައިފް. އަބަދަކު ހުރިހާކަމެއް ޕާރފެކްޓްވެސް ނުވާނޭނުންދޯ؟” މައުނާބުނެލީ ފުންނޭވާއެއް ދޫކޮށްލަމުންނެވެ. ވާހަކައިގައި ދެއެކުވެރިން އެހެން ކިތޭއިރަކުތިއްބެވެ.
ނިދިފައި އޮތް ނަވްޔާއަށް ހޭލެވުނީ ހީގަނެގެންނެވެ. ފޮތިގަނޑު ރަނގަޅުކޮއްލަމުން ނަވްޔާ ލޯހުޅުވާލިއެވެ. ނަވްޔާގެ މޫނާ ޖެހޭ ނުޖެހޭ ހިސާބުގައި ނިދިފައި އޮތް ޖައިޝްގެ މޫނު ފެނި ނަވްޔާގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. ފިނިކޮއްލާފައިވީ އޭސީގެ އިތުރުން މަޑުން ޖައްސާފައި ހުރި ފަންކާގެ ސަބަބުން ޖައިޝްވެސް އޮތީ ފިނިވެފައި ކަން ނަވްޔާއަށް އެނގުނެވެ. ތެދުވެ އިށީންދެފައި ޖައިޝްއަށް ފޮތިގަނޑު ރީތިކޮއްލި ނަވްޔާއަށް ދެމީހުންވެސް ތިބީ ހުސްގަޔާކަން ރެއަކާލިއެވެ. އެވަގުތު ރޭގަކަންވިގޮތް ހަނދާންވުމާއި އެކު ނަވްޔާގެ މޫނުމައްޗަށް ޖަންބު ކުލަވެރިވިއެވެ. ޖައިޝްއަށް ފޮތިގަނޑު ރީތިކޮއްލަ ދީފައި ނަވްޔާތެދުވީ ފާހާނާއަށް ދާށެވެ. ނަމަވެސް އެކަން ކުރުމަށް ހުރަސް އެޅުނީ ޖައިޝް ނަވްޔާގެ އަތުގައި ހިފާ ގެނެސް އަލުން އެނދުގައި ބޭއްވުމުންނެވެ.
“ޑިޑް އައި ވޭކްޔޫ؟” ނަވްޔާގެ ބަނޑާ ދިމާލުގައި އޮތް ޖައިޝްގެ އަތުގައި ފިރުމާލަމުން ނަވްޔާ އެއްސެވެ. “ނޫނޭ. އައި ވޯސް އަވޭކް” ޖައިޝް ބުނެލީ ނަވްޔާގެ ހަށިގަނޑު ޖައިޝްގެ ހަށިގަނޑާ ތަތްކޮއްލަމުންނެވެ.
“ދެން. އަޅެ ދޫކޮއްލަބަ. ފެންވަރަން ދާންށޭ” ނަވްޔާ ލަދުން ހުރެ ބުނެލިއެވެ. “ހިނގާ ދެމީހުން އެއްކޮއް ވަންނަން؟” ޖައިޝް ލޯހުޅުވާލަމުން ނަވްޔާގެ މޫނާ ގާތްވެލަމުން ޖައިޝްއެއްސެވެ. ނަވްޔާގެ މޫނުގައިވީ ރަތްކަން ގަދަވެލިއެވެ. “ދެން. ދޫކުރޭ” ނަވްޔާ ތެދުވަން ގަދަ ހަދާލިއެވެ. ޖައިޝް ނަވްޔާ އަތްދަނޑި މައްޗައް އުފުއްލާލައިގެން ގޮސް ވަނީ ފާހާނާއަށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.







I saw it 3 sec ago
I’ll comment after I read
❤️
Vrh reethi mi part
Jaish n nav 🙈
I didn’t expect tat
Anyways story hama vrh best
Curiously waitin for the next part
Lots of love from me to u 💗💜💜
Asluves jaish n nav plot twist😂😂😂😂😂😂😂😂😂😂
😭
jazaakallah khairan
hihihihi
happy to hear that
stay tuned and lots of love from me too
Woahh! Vrh vrh reethi ty for making it long😆
Keep it up!!✌❤
jazaakallah khairan
Story hama habyss!!!!
I never expected that navya’s cold attitude towards jaish will soften!!!
But thank God for giving her good thinking
When next??
I appreciate you’re hard work👏👏👏👏👏👏
Lyssssssm💗💗💗💗
hihi jazaakallah khairan
in sha allah tuesday ga part 31 kiyaalan libeyne
lyt
Maashaa Allah mi part vx varah varah reethi…
Awwn jaish haadha rom ey….
Can’t wait for next….
Whn next??
jazaakallah khairan
hihi hiding the rom for nav onlyy keke
in sha allah tuesday ga
Wow heeves nukuran nav aa jaish ge romance ehaaavaha kiyaalan libidhaaney…..varah reethi varah inthizaaru kurevey up vaane vaguthakah… thy hama molhu liyuntherieh❤️❤️
hihi
awwnn jazaakallah khairan vrh ufaa vejje thihn bunelyma
Aww🙈🙈🙈
So cute when next part
Can’t wait for next
Love youuu shiherr
Keep it up
jazaakallah khairan
in sha allah tuesday ga
lyt guuurl
mi part ves v reethi masha allah
curiously waiting for next part
keep it up
jaish and nav haadha rom ey
they both are made for each other
finally nav ah jaish dheke loabi vevuni
elaa and yoohan ves dhuru nukurachey
v intresting story eh
v kiyaala hithun kiyani
i appreciate your hard work
your my fav author
love you sihaa
Jazaakallah khairan❤️
Mi part ves varha reethi Masha Allah
Unmeedhu kuran next part kiyaalan libeene kama
Love you sis
Can’t wait for next part
Jazaakallah khairan❤️
Mi part ves v v reethi………..
Keep it up……
When next?????
Jazaakallah khairan❤️
In sha allah tmrw
Adhi mikuvunee omg!! I wasn’t expecting that
Arrgg varah reethi!
Hama varah best!
I love u’re story!
When next!
Jazaakallah khairan❤️
In sha allah tmrw
Wooww… Vrh Niceee👍🏽👍🏽
Finally Nav and jaish dhw 😀
When’s next part
Can’t wait 😭😭😩
Jazaakallah khairan❤️
In sha allah tmrw
Did u watch when the phone rings. Idk why but I’m getting hints of it.
Luv the storyyyyyy
Lym 🖤🖤🖤🖤
Jazaakallah khairan❤️
Ya i did watch it but i wrote jaish nd nav ge ebai e drama nukuthumuge kurin.. its hama my own imagination
Maashaa allah varah interesting story eh 😍😍❤️❤️
Keep it up👏👏💯👏