Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޕިޔަދަ 6

svetlana Level 110 Stories100 Login
January 18, 2025 8 Mins Read
13 Comments

“އޭނ.އަސްލުތަ؟އެކަމަކު އަހަރެން ވަރަށް ދެރަވޭ މިތަނުން މިހާ އަވަހަށް ދާން ޖެހޭތީވެ.އިއްޔެ ނީލް އައިސް ވަރަށް އަވަހަށް މިނިވަންވާނެ ވާހަކަ ބުންޏަސް އަހަރެން ހީކުރީ މިތާ ތެރޭގަ ހޭދަކޮށްލަން އަދި ދުވަސްކޮޅެއް ލިބޭނެކަމަށް”ފިރާތް ފަރާތްފަރާތައް ނަޒަރު ހިންގާލަމުން ހިތާމަވެރި ރާގަކަށް ބުންޏެވެ.އެއާއެކު ނީލްއާއި އޭނާގެ ގާތުގައި ހުރި ފުލުސް މީހާއަށް އެކަކު އަނެކަކަށް ބަލާލެވުނީ ހައިރާންކަމުން ފުރިގެންވީ ނަޒަރަކުންނެވެ.މި ނަރަކައެއް ފަދަ ހޮހަޅައިގައި ބަންދުވެފައި ހުރި މީހަކަށް މިނިވަންކަން ލިބި ދެރަވި ވާހަކަ ބުނުމުން ހައިރާންނުވާނީ ފަހެ ކާކުހެއްޔެވެ.”އެއީ ކީއްވެ؟”ފިރާތް އެހެން ބުނަންވީ ސަބަބެއް އިނގެން ކެތްމަދުވެފައި ހުރި މީހެއް ފަދައިން ނީލް ސުވާލުކުރިއެވެ.އޭނާގެ ގާތުގައި ހުރި ފުލުސް މީހާވެސް ދިޔައީ ފިރާތްގެ ޖަވާބަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންނެވެ.”އެއީ އަހަރެން ނޫނަސް މި ސެލްގަ ދިރިއުޅޭނެ އިތުރަށް ހަ ހިކަނދި.އެ މީހުން އަހަރެން މަތިން ވަރަށް ހަނދާންވާނެ އަދި އަހަރެންވެސް އެ މީހުން މަތިން ހަނދާންވާނެ”އެ ޖަވާބުން ނީލްއަށް ދެފަރާތައް ބޯ ހޫރާލެވުނު އިރު ދެން ހުރި މީހާ ބިދި ބިދިފައި ހެނީއެވެ.ބަނޑުގައި އަތް އަޅައިގެން ގުދައް އޮތް އިރު އޭނާ އެންމެ ފަހުން ހުއްޓާލީ ނީލްގެ ރުޅިވެރި ނަޒަރާއި ދެލޯ ދިމާވުމުންނެވެ.

އޭނާއަށް ގަދަކަމުން ހުނުން ކޮންޓްރޯލްކުރެވުނު ނަމަވެސް ފިރާތް އެވަރަކުން އަދި ހުއްޓައެއް ނުލިއެވެ.”އިނގޭތަ އަހަރުންނަކީ ޓީމްއެކޭ.އެތަނުން އެކަކު އަހަންނަށް “ބޮސް” ގެ ނަމުން މުޙާތަބުކުރަން ވެސް ފަށައިފި”ފިރާތް ވަރަށް ހިނިއައިސް ހުރެ ބުންޏެވެ.”އަހަރެން އެ ސޮރަށް ކިޔަނީ ނީލް.އޭނާ އެއީ ކުޑަކޮށް ސްނީކީ ތާކުންތާކުނުޖެހޭ ގޮލައެއް.އެހެންވީމަ”ފިރާތްގެ ވާހަކަ ނިންމާލުމާއެކު ނީލް އޭނާއަށް ހަދިޔާކޮށްލި ރުޅިވެރި ނަޒަރުން އޭނާގެ ތުންފަތްމަތީގައި ވީ ހިނިތުންވުން ފުޅާވިއެވެެ.”ހެހެ.ހަމަޖެހޭ ނީލް.މަށަށް އިނގެޔޭ ނީލް އަންނާނެކަން.ނީލް މާ ބިރު ގަތީ ދޯ ނައިނަމަ އަހަރެން ކަންތައްކުރާނެ ގޮތަކާއި ދޭތެރޭ”ފިރާތް މަލާމާތުގެ ރާގަކަށް ބުންޏެވެ.އެއިރު ނީލް ދިޔައީ ފުންނޭވާތަކެއް ލަމުން އެތެރެހަށީގައި އުފެދިފައިވީ ރުޅިގަނޑު ކޮންޓްރޯލްކުރަން މަސައްކަތްކުރަމުންނެވެ.”ކޮންޓްރޯލް ނީލް.ކޮންޓްރޯލް!”ނީލް އަމިއްލަ ނަފްސަށް އިވޭވަރަށް ކިޔަމުން ދިޔައެވެ.”މަގޭ އަތުން ފައިން ގޯހެއް ނެހެދެނީސް އަވަހަށް މިތަނުން ނުކުންނަން ހިނގާ”ނީލް ހަމަޖެހިލަމުން ބުނެ ކުރިމަތީ ހުރި މީހާއަށް އެއްފަރާތްވެލުމަށް އިޝާރާތްކޮށްލިއެވެ.ފިރާތް އެނދު ކައިރީ ތިރީގައި އޭނާގެ ސާމާނު އަޅާފައި ހުރި ކަޅުކުލައިގެ ޑަފްލް ބޭގް އަތައް ނަގައިގެން ނާއިލްގެ ފަހަތުން ހިނގައިގަތެވެ.

އެތަނުން ނުކުންނަން ދިޔައިރުވެސް ފިރާތް އޭނާގެ “އަނގަ މަޖާ” ހުއްޓާލާކަށް ގަސްތެއް ނުކުރިއެވެ.”ނީލްއަށް އިނގޭތަ.އަސްލު މިތަން އެހާ ގޯހެއް ނޫނޭ.އަހަރެން މި ވިސްނަނީ މިތަން ފްރެންޗައިޒްކޮށްލަން.”ފިރާތްސް އަންޑާގްރައުންޑް ރިޓްރީޓްސް.އަ ޕާފެކްޓް ގޭޓްއަވޭ ފޯ ދި ވޯލްޑްސް މޯސްޓް އަންވޯންޓެޑް.ކީކޭ ނީލް ބުނަނީ؟”ފިރާތް އެއްސެވެ.”އަހަރެން ބުނާނީ ފިރާތް މޮޔަވީއޭ”ނީލް އުނދަގޫވެފައި ހުރި ފާޑަކަށް ކަޅި މައްޗަށް ހިންގާލަމުން އަމިއްލަ ނަފްސަށް އިވޭވަރަށް ބުންޏެވެ.ހަމައެހެންމެ އޭނާ ހިނގުންވެސް ބާރުކޮށްލީ އެތަނުން އަވަހަށް ފިރާތު ނެރެވޭތޯ ނޫން ކަމެއްވެސް ނޭނގެއެވެ.

ފުލުސް އޮފީހުން ބޭރަށް ނުކުތުމާއެކު އިރުގެ ރަންދަޅަތައް އައިސް ފިރާތްގެ ހަށިގަނޑުގައި ބީހިލުމާއެކު އޭނާއަށް ކުރެވުނީ މުޅިން ތަފާތު އިޙުސާސެކެވެ.ދުވާލުގެ އަލިކަން އެ ފެނުނީ އެ ހޮހޮޅައިގައި ބަރާބަރު ދެ އަހަރުދުވަސް ހޭދަކުރުމަށް ފަހުއެވެ.މިއީ އެތާ ތެރޭގައި ތިބި ގައިދީންގެ ތެރެއިން ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ނަސީބެއްް ނޫންކަން ދެނެގަނެވުމުން ފިރާތްގެ ހިތުގައި އެ މީހުންނާއި ދޭތެރޭ ރަޙުމް އުފެދުނެެވެ.ބްލެކްހޯލްޑްއަކީ ކިހާވަރެއްގެ ތަނެއްކަން އޭނާއަށް އިނގެއެވެ.އެތާ ތެރޭގައި އޭނާ ތަޙައްމަލު ކުރި ވޭން އޭނާއެކޭ އެއްފަދައިން އެހެން ކުއްވެރީންވެސް ތަޙައްމަލު ކުރަމުން ދިޔަތަން އޭނާއަށް ވަނީ ފެނިފައެވެ.ކޮންމެ މީހަކުވެސް އެ ބިމު އަޑީ ޖަލައް ލަނީ ރާއްޖޭގެ ކްރިމިނަލް ކޯޓުން ވަކި މުއްދަތަކައް ޙުކުމްކޮށްފައި ނަމަވެސް އެ މުއްދަތު ހަމަވުމަށްފަހު އެ ތަނުން ސަލާމަތްވެވުނީ މަދު ބަޔަކަށެވެ.މީގެ ދެ އަހަރު ކުރިން ފިރާތްއަށް އައީ ފަސް އަހަރުގެ ޖަލު ޙުކުމެއް ނަމަވެސް ދެ އަހަރު ފަހުން މިއަދު އޭނާ މި މިނިވަންވީ މާތް اللهގެ އިރާދަފުޅުގެ އިތުރުން ރޭހާންގެ ކުޅަދާނަކަމުންނެވެ.މިއަދު އޭނާއަށް ދުވާލުގެ އަލިކަން ދުށުމުގެ ނަސީބު ލިބުނު ނަމަވެސް އެ މީހުން ތިބެން ޖެހޭނީ މަރު ދުވަހާއި ޖެހެންދެންވެސް އެ ވޭން ތަޙައްމަލު ކުރުމުގައި ކެތްތެރިވެގެންކަން ރޭކާލުމުން ފިރާތް ހިތުގައި ޖެހުނެވެ.އެހެންކަމުން އޭނާ އެތަނުން ސަލާމަތްކޮށްދެއްވި ކަމަށް ޓަކައި ފިރާތުއަށް ހެއްދެވި ފަރާތައް ޙަމްދުކުރެވުނެވެ.ފިރާތް އެންމެ ފަހު ފަހަރަށް އެ އިމާރާތާއި ދިމާލަށް ބަލާލުމަށްފަހު ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ކުރިޔަށް ހިނގައިގަތެވެ.ތަންކޮޅަކަށް ދެވުނުތަނާ ކުރިމަތިން ރޭހާންގެ ސޫރަ ފެނުމުން ފިރާތް ހިނިތުންވެލިއެވެ.”ވެލް ޑަން ރެއިން.އަހަރެން މި ނަރަކައިން ސަލާމަތްކޮށްދިނީތީވެ ވަރަށް ބޮޑައް ޝުކުރިއްޔާ”ފިރާތް ރޭހާންގެ ކޮނޑުގައި ޖަހާލަމުން ބުންޏެެވެ.”މަރުޙަބާ.އެކަމަކު ކީއްވެ ލަސްވީ؟”ރޭހާން އެއް އަތުން ފިރާތްގެ ދަބަސް އަތުލަމުން އަނެއް އަތުގައި އަޅުވާފައި އޮތް ކަޅުކުލައިގެ ޖެކެޓު ފިރާތް އަތައް ދެމުން ބުންޏެވެ.”ނީލް މައްސަލަ”ފިރާތް ޖެކެޓު ގަޔަށް މަހާލަމުން ފޫހި ރާގަކަށް ބުންޏެވެ.”ބިމު އަަޑީ ޖަލެއް ކީއްކުރަން،އިންސާނަކާއި ފަތެއްގެ ދޭތެރެއިންވެސް ނުކުންނަން އިނގޭ މީހެއް ނޫން އެއީ”ފިރާތް ކުރިޔަށް ހިނގައިގަންނަމުން ބުންޏެވެ.”ވަރަށް އުފާވެއްޖެ ފިރޫ އަދިވެސް ތިހާ މަޖާވެފަ އުޅޭތަން ފެނުނީމަ.ޖަލުގަ އުޅުން އިރު ފިރޫ ސީރިއަސްކަމުން އަހަރެން ހީކުރީ ދެން ނުކުތުމަށްފަހު ކުރިމަތިލާން ޖެހޭނީ މުޅިން އާ ފިރާތު އަކާއި ކަމަށް”ރޭހާން ހިނިތުންވެލަމުން ބުންޏެވެ.

“އަހަރެންގެ ފައްސި،މަޖާ ޝަޙުސިއްޔަތު އެތާ އަޑީގައި އަހަންނަށް ސާވައިވްވާން އެހީވެދިނީ.ދެން މަގޭ ލޯބިވާ ހިކަނދިކޮޅު”ފިރާތް މަޑު ހުނުމަކާއެކު ބުނުމުން ރޭހާންވެސް ހިނިތުންވެލަމުން ދެފަރާތައް ބޯހޫރާލިއެވެ.”އެނީވޭ.ބޮޑު ކަމެއް ލައިގަނެއްޖެ”ރޭހާން ބުނުމާއެކު ފިރާތް ބުމަ އަރުވާލިއެވެ.”ކޮން ބޮޑު ކަމެއް؟ނުބުނައްޗޭ ޓެކްސް އޮފީހުން އެންމެ ފަހުން މަށާއި އެއްހަމަ ކުރީއޭ”ފިރާތް ބުންޏެވެ.”ނޫން.ޔޫލިއާ އައިއްސި”ރޭހާންގެ ދުލުން ޔޫލިއާގެ ނަން އިވުމާއެކު ފިރާތް ހުރި ފިޔަވަޅު މައްޗަށް ގަނޑުވިއެވެ.އޭނާއަށް ހައިރާންވެފައި އެސްފިޔަތައް ތަޅުވާލެވުނެވެ.”ޔޫލިއާ؟ޔޫލިއާ ހަސަން؟ރަޝްފާގެ…”ފިރާތް އެއްސެވެ.”އާނ.އޭނަ ފިރޫ އާއި ބައްދަލުކުރަން ބޭނުންވެގެން އުޅެނީ”ރޭހާން ބުންޏެވެ.”އޭނ!އަސްލުތަ؟އަޅެ އަސްލުވެސް ޔޫލިއާ މަށާއި ބައްދަލުކުރަން ބޭނުންވޭތަ؟އެވަރުގެ ބޮޑު ޝަރަފެއް ހައްޤުވާން އަހަންނަށް ކީއްތަ ކުރެވުނީ؟ އަހަރެން އުފާވާންވީތަ؟ނޫނީ އޭނަ އެ އައީ އަހަރެން މަރާލަން ކަމަށް ވެއްޖެއްޔާމުން އެކަމާއިގެން ހާސްވެ ފިކުރުކުރަންވީތަ؟”ފިރާތް ފިލްމީ ގޮތަކަށް މޭމަތީގައި ދެ އަތް އަޅައިގެން ހުރެ ބުންޏެވެ.”ޑްރާމާ ކިންގް.އޭނަ އެ އައީ ފިރޫ މަރާލާކަށް ނޫނޭ.އެޓް ލީސްޓް އަހަންނަކަށް ހިޔެއް ނުވޭ.ވަރަށް ޑިޓާމިންޑް ވެފަ ހުރިހެން ހީވަނީ”ރޭހާން ފުންނޭވައެއް ދޫކޮށްލަމުން ބުންޏެވެ.”އެހެންތަ.ޑިޓާމިނޭޝަން.އެއީ އަންހެނުންގެ ކިބައިގަ ހުރުން އަހަންނަށް އެންމެ ކަމުދާ ސިފަ.ޢާއްމުގޮތެއްގައި އޭގެ މާނައަކީ އެ މީހުން ތިބާގެ ފަރާތުން ވަރަށް އަގުބޮޑު ނޫނީ ނުރައްކާތެރި އެއްޗެއް ބޭނުންވެގެން އުޅެނީއޭ”ފިރާތް ފާޑަކަށް ބުންޏެވެ.”އެއްފަހަރުވެސް މިކަން ސީރިއަސްކޮށް ނަގާބަލަ”ރޭހާން ހިސާބަކަށް ހިތްހަމަނުޖެހުން އެކުލެވިގެންވީ އަޑަކުން ބުންޏެވެ.”އޯކޭ އޯކޭ”ފިރާތް ދެ އަތް މައްޗަށް ނަގައި އަމާންދެމުން ބުންޏެވެ.”ހިނގާބަލަ މީޓްކޮށްލަން.އެކަމަކު އޭނަ މަށާއި ދިމާލަށް އެއްޗެހި އުކަން ފަށައިފިއްޔާމުން ރެއިން ވާންޖެހޭނީ މަގޭ އިންސާނީ ޝީލްޑަށް”ފިރާތް މަޑު ހުނުމަކާއެކު ބުންޏެވެ.

ރަށުގެ ފާލަމާއި ހަމަޔަށް އާދެވުނު އިރު ފިރާތްމެންގެ އިންތިޒާރުގައި ރޭހާން އައި ލޯންޗު އޮތެވެ.ލޯންޗު ކައިރީ ފާލަން މަތީގައި ހަތަރު ބޮޑީގާޑުން ހުއްޓިލައިގެން ތިބި އިރު ކޮންމެ މީހަކުވެސް ފިރާތްއަށް އިޙުތިރާމް އަދާކުރުމުގެ ގޮތުން ބޯ ތިރިކޮށްލިއެވެ.ބަދަލުގައި ފިރާތް އެ މީހުންނަށް ބަލާލުމަށްފަހު ބޯޖަހާލިއެވެ.”ވެލްކަމް ބެކް ބޮސް”ފިރާތް ލޯންޗު ތެރެއަށް ފުންމާލުމާއެކު ލޯންޗު ދުއްވަން އިން މީހާ ބުންޏެވެ.”ޝުކުރިއްޔާ”ފިރާތް އެ މީހާއަށް ޝުކުރު އަދާކުރުމަށްފަހު ގޮސް ފަހަތު ސީޓުގައި އިށީނެވެ.އިރުކޮޅެއްފަހުން ރޭހާންގެ އިތުރުން ބޮޑީގާޑުންވެސް އެރުމުން ލޯންޗު ދުއްވާލިއެވެ.އެއާއެކު ފިރާތް ފުން ވިސްނުމަކަށް ގެއްލުނެވެ.ކަނޑުގެ ލޮނުގަނޑަށް ނަޒަރު ހުއްޓާލައިގެން އިން އިރު އޭނާއަށް ވިސްނެމުން ދިޔައީ ޔޫލިއާއާއި މެދުއެވެ.ޔޫލިއާ ހަސަން އެއްވެސް ސަބަބެއް ނެތި އޭނާއާއި ބައްދަލުކުރާކަށް ނޫޅޭނެކަން ޔަޤީނެެވެ.ވީއިރު ޔޫލިއާ އޭނާގެ ފަރާތުން ބޭނުންވެގެން އެ އުޅެނީ ކޮން ކަމެއް ބާވައޭ ފިރާތްގެ ހިތައް އެރިއެވެ.

****

ތަނަވަސް ބޮޑު ކެބިންއެކެެވެ.ޝާކް އޯކް ފަރުނީޗަރުތަކުން މުޅި ތަން ފަޅުފިލުވާލެވިފައިވާއިރު ކެބިންގެ މެދުގައި ހުރި ބޮޑު މޭޒުގެ ބިއްދޮށުގައި ހަރު އުމުރުގެ ފިރިހެނަކު އިށީނދެގެން އިނެވެ.ނުރަޖަހަން ފަށާފައިވާ އިސްތަށިގަނޑު ކަޅުކުރެވިފައިވާ އިރު ނޫ ކުލައިގެ ކޯޓް ފަޓްލޫނުގައި އޭނާ ފެންނަލެއް ރީއްޗެވެ.އެ އުމުރުގެ އެހެން ފިރިހެނުންނާއި އަޅައި ބަލާއިރު މޫނުމަތިންވެސް ޒުވާން ވައްތަރު ޖަހަމުން ދިޔައެވެ.މޭޒުމަތީގައި ބެހެއްޓިފައި ހުރި ނޭމް ޕްލޭޓުގައި ބޮޑު އަކުރުން “ނާއިލް އަސްލަމް.ޗެއަރމެން”ލިޔެވިފައި އޮތުމުން އޭނާ އަކީ މަތީފަންތީގެ ބޭފުޅެއްކަން ދޭހަވެއެވެ.ބޮޑު ގޮނޑީގައި އިން ނާއިލްގެ އަޅި ކުލައިގެ ދެލޯ ހުއްޓިފައިވަނީ އަތުގައި އޮތް ޓެބްލެޓުން ފެންނަމުން ދިޔަ އާޓިކަލްއަށެވެ.”ފިރާތް ހަސަން ޖަލުން ދޫކޮށްލައިފި— މާފިއާ ޕްރިންސް އެނބުރި އައުން”އެ ސުރުޙީ ފެނިފައި ނާއިލްއަށް ބުމަ ގާތްކޮށްލެވުނެވެ.ނާއިލްއަށް އޭނާގެ ގޮނޑީގައި ލެނގިލެވުނެވެ.އިރުކޮޅެއްފަހުން އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.”އެންމެ ފަހުން ފިރާތް މިނިވަންވީތާ”ނާއިލް އަމިއްލަ ނަފްސަށް އިވޭވަރަށް ބުންޏެވެ.ނާއިލް ދެން ބަލާލީ އެ ޙަބަރުގެ ތަފްސީލަށެވެ.އާޓިކަލް ކިޔަމުން ދިޔަވަރަކަށް އޭނާގެ ހިނިތުންވުން ފުޅާވިއެވެ.

އިރުކޮޅެއްފަހުން ޓެބްލެޓަށް ގެއްލިފައި އިން ނާއިލް އިސްއުފުލާލީ ކެބިންގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުމުންނެވެ.”ވަދޭ”ނާއިލްގެ ހުއްދައާއެކު ބޭރުގައި ހުރި އޭނާގެ ޕީއޭ ޝަހާން އެތެރެއަށް ވަނެވެ.”މިސްޓަރ އަސްލަމް އަޅުގަނޑު ހޯއްދަވަނީތޯ؟”ޝަހާން އަދަބުވެރިކަމާއެކު ދޮރުން އެތެރެވަމުން ވާހަކަ ދެއްކިއެވެ.އެ އަޑުގައި ކޮންމެވެސް ވަރެއްގެ ތުރުތުރެއް އެކުލެވިގެންވިއެވެ.”އާނ ޝަހާން.ދޮރު ލައްޕާފަ އާދޭ”ނާއިލް މިހެން ބުނެ ޝަހާންއަށް ކައިރިއަށް އައުމަށް އިޝާރާތްކުރިއެވެ.ނާއިލްގެ އަމުރަށް ތަބާވުމުގެ ގޮތުން ޝަހާން ދޮރު ލައްޕާލުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ނާއިލް އިން މޭޒު ކައިރިއަށް އައެވެ.”ފިރާތް ހަސަން މިނިވަންވެއްޖެ”ނާއިލް އަތުގައި އޮތް ޓެބްލެޓްގެ ސްކްރީން ޝަހާންއަށް ދައްކާލަމުން ބުންޏެވެ.”އެ އާޓިކަލް ފެނުމާއެކު ޝަހާންއަށްވެސް ވީ ނާއިލްއަށް ވީ ވަރެވެ.އެ މޫނުމަތިން ފާޅުވަމުން ދިޔައީ ހައިރާންކަމުގެ ކުލަވަރެވެ.”ވަރަށް ހީނުކުރާ ގޮތަކަށް ކަންތައް މި ވީ.އަހަރުމެން ކަންބޮޑުވާންވީތަ؟”ޝަހާން ނާއިލްއަށް ބަލާލަމުން ބުންޏެވެ.”ކަންބޮޑޭ؟ނޫން ޝަހާން.އަސްލު އަހަރެންގެ ހިތައް ވަރަށް ބޮޑަށް ލުއިވެއްޖެ”ނާއިލް މަޑު ހުނުމަކާއެކު ބުންޏެވެ.އެއާއެކު ޝަހާންގެ މޫނުމަތިން ފެނުނު ހައިރާންކަމުގެ ކުލަވަރު އިތުރުވިއެވެ.”ލުއިވީއޭ؟”ޝަހާން ލޯ ކުޑަކޮށް ބުމަ އަރުވާލަމުން ބުންޏެވެ.އެއާއެކު ނާއިލް ބޯ ޖަހާލިއެވެ.އިނގޭތަ އަހަރުމެންނަށް ޖެހިގެން މި އުޅެނީ ކިހާ ބޮޑު މުސީބާތެއްކަން ޝަހާން؟މުޅި އެމްޕަޔާ އިން ލޭކޮށެނީ.އަހަރެން މުވައްޒަފުންނޭ މި ކިޔާ ތާކުންތާކުނުޖެހޭ މީހުން ކްރިއޭޓްކޮށްފަ އޮތީ ވަރުގަދަ ސްކޭންޑަލްއެއް.އެއީ އަހަރުމެންގެ ވާދަވެރިންނާއި ވަޒަން އަޅާ ހަމަކޮށްފަ އޮތް ބަޑިއެއް ހަވާލުކުރުމާ އެއްްފަދަ ކަމެއް”ނާއިލް ގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއި ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.”ލައްބަ ސަރ.އަޅުގަނޑަށް ރިޕޯޓުތައް ފެނުނު”ޝަހާން ނުތަނަވަސްކަމާއެކު ބުންޏެވެ.

“ދެން އިނގޭތަ މި ހުރިހާ ކަމެއް ރަނގަޅުކުރެވޭނީ ކާކަށް ކަން؟”ނާއިލް މޭޒުމަތީގައި ދެއަތް ވިއްދާލަމުން ބުންޏެވެ.”ފިރާތް ހަސަން.އަހަރުމެން މި މުސީބާތުން ސަލާމަތްކޮށްދެވޭނީ ހަމައެކަނި އޭނައަށް.އަބަދުވެސް މި ކަހަލަ ކަންތަކާއި ޑީލްކުރަން ވަރަށް ރަނގަޅަށް ދަންނަ ސޮރެއް އެއީ.އެހެންވެ އަހަރުމެން އެހާ ގިނަ ދުވަހު އެކުވެރިންގެ ގޮތުގަ އުޅުނީ.އޭނަ ޖަލަށް ލުމުގެ ކުރިން”ނާއިލް ބުންޏެވެ.”ހީވޭތަ އޭނަ އަހަރުމެންނަށް އެހީވާނެހެން؟”ޝަހާން އަހަންނާހަން ހުރެވެސް ނާއިލް ކުރެން ސުވާލުކުރިއެވެ.އެއާއެކު ނާއިލް ހީލިއެވެ.އޭނާގެ މޫނުމަތިން މަކަރުވެރިކަމާއި އަމިއްލަ ނަފްސަށް އޮތް އިތުބާރުގެ ޔަޤީންކަން ފެންނަން ހުއްޓެވެ.”ޔަޤީން އޭނަ ކުރާނެ.ފިރާތް އެއީ ޢާއްމުކޮށް އެކަނިވެރި ހިޔަޅުގެ ބައި ކުޅޭ މީހެއް.އެކަމަކު އޭނާ އެއީ އެކުވެރިކަމުގެ އަގު ވަޒަންކުރަން ދަންނަ މީހެއް.ކުރިން އަހަރުމެންނަކީ އެކުވެރިން.އަދި ޢަމްދުން ތިމާ މީހާގެ މޮޅުކަން ސާބިތުކޮށްދޭން ލިބޭ ފުރުސަތަކަށް އޭނާ ފުރަގަހެއް ނުދޭނެ”ޝަހާންއަށް އިތުރު އެއްޗެއް ބުނެވުމުގެ ކުރިން ނާއިލްގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ.މޭޒުމަތީގައި ބަންޑުން އޮތް އެންމެ ފަހުގެ އައި ފޯނު އަތަށް ނަގަމުން ނާއިލް އޭގެ ސްކްރީނަށް ބަލާލިއެވެ.ފޯނަށް އައީ މެއިލްއެކެވެ.ސަބްޖެކްޓުގައި ލިޔެވިފައި އޮތީ “އެނުއަލް ގާލާ އިންވިޓޭޝަން-އެލީޓް މެމްބާސް އޮންލީ”މިހެންނެވެ.އެ ތަން ފެނި ނާއިލްގެ ހިނިތުންވުން ފުޅާވިއެވެ.”ރަނގަޅު ވަގުތެއް މިއީ”ނާއިލް ބުންޏެވެ.

“ކޯއްޗެއް؟”ޝަހާން ސުވާލުގެ ނަޒަރަކުން ނާއިލްގެ އަތުގަައި އޮތް ފޯނަށް ނަޒަރެއްދެމުން ބުންޏެވެ.ނާއިލް ފޯނުގެ ސްކްރީން ޝަހާންއަށް ދައްކާލިއެވެ.”ބިޒްނަސް ގާލާ.އަހަރުގެ އެންމެ ބޮޑު އިވެންޓް.ޑީލްތައް ހަދައި،އިއްތިހާދުތައް ހަދައި،ދުޝްމަނުންތައް ވަޒަންކުރާ ތަން އެއީ.އަހަންނަށް ފިރާތް އިނގޭނަމަ އޭނަ އެތާގަ ހުންނާނެ.އެ މީހުންގެ ގުދުރަތީ ދިރިއުޅުމުގައި ނުފޫޒުގަދަ މީހުން އޮބްޒާވްކުރުމުގެ ފުރުސަތެއް އޭނަ ދުވަހަކުވެސް ގެއްލުވައެއް ނުލާނެ”ނާއިލް ބުންޏެވެ.ޝަހާން ނާއިލްއާއި އެއްބަސްވުމުގެ ގޮތުން ބޯޖަހާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.”އެހެންވީމަ ތައްޔާރީތައް ފަށަންވީތަ؟”ޝަހާން އެއްސެެވެ.”އާނ.ހުރިހާ ކަމެއްވެސް ތައްޔާރުކުރެވިފަ ހުރިތޯ ޔަޤީންކުރާތި.އެއްވެސް ކުށެއް އޮވެގެން ނުވާނެ”ނާއިލް އިންޒާރުގެ ނަޒަރަކުން ޝަހާންއަށް ބަލާލަމުން ބުންޏެވެ.ޝަހާންއަށް ހިންދިރުވާލެވުނެވެ.”ވިސްނިއްޖެ ސަރ”ޝަހާން މިހެން ބުނެ ކެބިން އިން ނުކުންނަން ދިޔައެވެ.

ޝަހާން ދިއުމާއެކު ނާއިލް ގޮނޑީގައި ހަމަޖެހިލަމުން ކެބިންގެ ބިއްލޫރި ފާރުން ބޭރަށް ނަޒަރުހުއްޓާލިއެވެ.އޭނާގެ ސިކުނޑީގެ ފުރޮޅުތައް އެނބުރެންފެށީ ދެން ކަންތައް ކުރާނޭ ގޮތަކާއި މެދު ވިސްނަމުންނެވެ.”އެނބުރި އައީތީ މަރުޙަބާ ފިރާތް.ކުރިއެކޭ އެއްފަދައިން މިހާރުވެސް ކަލޯ ހަމަ އެހާ ތޫނުފިލިތޯ ބަލަމާ ހިނގާ”ނާއިލް އަމިއްލަ ނަފްސަށް އިވޭވަރަށް ބުނިއިރު އެ ތުންފަތްމަތީގައި ކުޅެލާފައިވަނީ ފިނި ހިނިތުންވުމެކެވެ.

****

މާލޭގެ އުސް އިމާރާތްތަކުގެ ތެރެއިން ފަންސަވީސް ބުރިއަށް ނަގާފައި ހުރި ބޮޑު އިމާރާތެކެެވެ.އިރުއޮއްސެމުން ދިޔައިރު މުޅި އިމާރާތް ވަނީ ރިހިކުލައިން ދިއްލާ އަޅާފައެވެ.އިމާރާތުގެ އިމާރާތުގެ ބޭރުގައި އެކްރޯސްޓިކް ޕޮޔަމްއެއްގައި އަކުރުތައް އެތުރިފައި ހުންނަހެން އިމާރާތުގެ މަތިން ފެށިގެން ތިރިއަށް ކަޅުކުލައިން “ވައިވޮނިކް” އެޅިފައިވާއިރު އަކުރުތަކުގެ ކަައިރިފަށް ވަނީ ރަންކުލައިގެ ލެޑް ލައިޓުން ޖަރީކޮށްފައެވެ.އިމާރާތުގެ ބޭރުފުށުންވެސް އެއީ ކުޅަދާނަ އާކިޓެކްޓެއްގެ މިންނެތް މަސައްކަތުގެ ނަތީޖާކަން ދޭހަވެއެވެ.ބަލާ ބެލުމުގައި ދުބާއީގެ ބުރުޖު ޙަލީފާ އާއި އަޅައި ނުކިޔުނަސް އެ ތަނުގެ ރީތި އިމާރާތްތަކުންކުރެ އިމާރާތެއް ރާއްޖެއިން ފެންނަން ހުރިހެންވެސް ހީވެއެވެ.ނަމަވެސް މިއީ ވައިވޮނިކްގެ ރާއްޖެ ގޮފީގެ މައި އޮފީސް ހުންނަ އިމާރާތެވެ.ކުންފުނީގެ ހައިބަތު ދައްކުވައިދޭ ބަލާލަން ރީތި ހިތްގައިމު ދިވެހި ބިމުގައި ހުރި އަލިގަދަ ތަރިއެކެވެ.

އިމާރާތުގެ ފަނަރަ ވަނަ ފަންގިފިލާގައި އޭނާއަށް ޙާއްސަކުރެވިފައި ހުރި ކެބިންގައި ޔޫލިއާ އިނެވެ.ބިންމަތީގައި ހުރި މާބްލް ޓައިލްސްތައް ދިޔައީ ސީލިންގްގައި ހަރުކޮށްފައި ހުރި ޗާންދަލިޔާގެ ރަން އަލީގައި ދަޅައަޅަމުންނެވެ.ކެބިންގެ އެއް ފަރާތު ފާރުގައި ހަރުކުރެވިފައި ހުރި “ފްލޯ ޓު ސީލިންގް”ކުޑަދޮރުތަކުން މާލޭގެ ދިއްލާ އަޅާފައިވީ މަގުތައް ހުރަހެއްނެތި ދުރުދުރަށް ދާންދެން ފެންނަން ހުއްޓެވެ.ކެބިންގެ މެދުގައި ކަޅުކުލައިގެ މާބްލް އިން ފަރުމާކުރެވިފައިވާ އޮފީސް މޭޒެއް ބެހެއްޓިފައި ހުރި އިރު މޭޒު މަތީގައި ލެޕްޓޮޕަކާއި އާވި އަރަ އަރާ ހުރި ކޮފީ ތައްޓެއް ބެހެއްޓިފައި ހުއްޓެވެ.ކަޅުކުލައިގެ ބޮޑު ގޮނޑީގައި ޔޫލިއާ އަތުގައި އޮތް ޓެބްްލެޓުން މާލީ ރިޕޯޓްތަކެއް ދިރާސާކުރަން އިނެވެ.ވީއިރު އޭނާގެ މޫނުމަތީގައިވީ އަސަރުތައް ދެނެގަންނަން އުނދަގުލެވެ.މާލޭގެ ކާރޫބާރު ބޮޑު މަގުތަކުން އިވެމުން ދިޔަ އަޑުތައް ކެބިންގެ ބިއްލޫރި ކުޑަދޮރުތައް ފޫއަޅުވާލާފައި ވަންނަމުން ދިޔަ ނަމަވެސް އެ ކަމަށް ފަރުވާލެއްނެތި ޔޫލިއާ އިނީ ކުރަން އިން މަސައްކަތާއިގެން މަޝްޢޫލުވެގެންނެވެ.އިރުކޮޅަކުން އިވުނީ ކެބިންގެ ދޮރުގައި ޓަކި ޖަހާލި އަޑެވެ.”ވަދޭ”ޔޫލިއާ އިސްއުފުލާލުމެއްނެތި ބުންޏެވެ.

“އާހް.މީޓިންގްސް މީޓިންގްސް މީޓިންގްސް.މަ ވާ ވަރުބަލިވެގެން ގޮސް ހަލާކުވެއްޖެ”ދޮރުހުޅުވާލާފައި އެތެރެއަށް ވަދެގެން އައި ނޯރާ ކުދިކިޔަމުން ޔޫލިއާ އިން މޭޒުގެ ކުރިމަތީ ހުރި ގޮނޑިތަކުން ކުރެ ގޮނޑިއަކަށް ވެއްޓިގަތެވެ.”ހެހެ މަ ވެސް.މިއަދު މުޅި ދުވަސް ހޭދަވެގެން މި ދިޔައީ މިކޮޅުގަތާ.މަ މިކޮޅަށް އައި މަޤްސަދުވެސް ހަނދާން ނުނެތުނިއްޔާ ރަނގަޅު ބިޒީވެގެން ގޮސް”ޔޫލިއާ ޓެބްލެޓް ލައްޕާލަމުން ސަމާސާ ރާގަަކަށް ބުންޏެވެ.”އެނީވޭ.މީގަ ހުންނާނެ ޔޫރޯ ބްރާންޗްގެ އަޕްޑޭޓްކޮށްފަ ހުރި ލޮޖިސްޓިކްސް ރިޕޯޓުތައް.އެކަމަކު ޔޫލީ އަށް ފެންނަންޖެހޭ އެހެން އެއްޗެއްވެސް އެބަހުރި”ނޯރާ ފުޅާ ހިނިތުންވުމަކާއެކު އަތުގައި އޮތް ޓެބްލެޓް ޔޫލިއާ އަތައް ދިނެވެ.ޔޫލިއާ ސުވާލުގެ ނަޒަރަކުން ނޯރާއަށް ބަލާލުމަށްފަހު ހުޅުވިފައި އޮތް ޓެބްލެޓުގެ ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ.”ހީވަނީ ނާއިލް އަސްލަމްގެ އެޕްމަޔަރުގަ އުނދަގޫތަކެއް އުފެދިގެން އުޅޭހެން.އޭނަގެ ބައެއް މުވައްޒަފުންނާއި ގުޅޭ މައްސަލަތައް ޢާއްމުވެފައިވާ އިރު އެކަމުގެ ސަބަބުން ވިޔަފާރި ދުނިޔޭގައި ފުދޭވަރަކަށް ބޮޑު ހަަލަބޮލިކަމެއް އުފެދިއްޖެ”ނޯރާ ބުންޏެވެ.”އެހެންތަ”ޔޫލިއާ ކޮފީތަށީގައި ތުން ޖަހަމުން އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުންޏެވެ.”މުހިއްމު ބޮޑު އެމްޕަޔަރެއްގައި ބޮޑެތި މައްސަލަތަކެއް-މުވައްޒަފުންތަކެއް ތަހުޤީގުގެ ދަށުގައި”ޔޫލިއާ ޓެބްލެޓުން ފެންނަމުންދިޔަ ނޫސް އާޓިކަލްގެ ސުރުޙީ ކިޔާލިއެވެ.”އޯހް.މިއަދު ބިޒީކަމުން މަށަށް މިއިން އެއްވެސް ކަމެއް ނޭނގުނު”ޔޫލިއާ ނިތުގައި ފިރުމާލަމުން ބުންޏެވެ.”ކިހިނެކޭ ވެގެން މި އުޅެނީ؟”ޔޫލިއާ ޓެބްލެޓުން ނަޒަރުވަކިކުރުމެެއްނެތި ނޯރާ ކުރެން އެއްސެވެ.

“އެ ގޮލާގެ ބައެއް މުވައްޒަފުން ބަސްނޭހީމަ ލިބިގެން އުޅޭ ލަނޑެއް އެއީ”ނޯރާ ދެ ފަރާތައް ބޯ ހަލުވާލަމުން ބުންޏެވެ.”އެކަމަކު އަހަރެން ހިތައް އަރާ މި ވަރު ބޮޑު ކަމެއް ކުރަން ކެރުނީ ކާކަށް ބާވައޭ.ނާއިލްއަކީ އޭނަގެ މުވައްޒަފުން ވަރަށް ރަނގަޅަށް ކޮންޓްރޯލްކޮށްގެން ގެންގުޅޭ މީހެއް.ކޮންމެ މީހަކަށް ވިޔަސް އެ މީހަކަށް އެވޯޑެއް ދިނުން ހައްޤު”ނޯރާ މަޑު ހުނުމަކާއެކު ބުންޏެވެ.”މިއީ ޕީ.އާރް މުސީބާތެއް.އަހަންނަކަށް ނުފެނޭ އޭނަ އަވަހަކާ މި މުސީބާތުން ސަލާމަތްވާތަނެއް.ޔޫލީއަކަށް ހިޔެއްނުވޭތަ އަހަރުންނަށް މިކަމުން ފައިދާއެއް ކޮށްފާނެހެން؟”ނޯރާ އެއްސެވެ.”ފަހަރެއްގަ”ޔޫލިއާ ޓެބްލެޓް ބައިންދަމުން ބުންޏެވެ.”އެކަމަކު އަދި މިކަހަލަ ނިންމުންތައް ނިންމަން މާ އަވަސް.ނާއިލްއަކީ މިއަށްވުރެ މާ ގޯސް ހާލަތްތަކުން ސަލާމަތްހޯދާފަ ހުރި މީހެއް”ޔޫލިއާ އަތުގައި އޮތް ގަލަމުން މޭޒުމަތީގައި ޖަހާލަމުން ވިސްނުންތެރިކަމާއެކު ބުންޏެވެ.”ޔޫލީ ހާދަ ހަމަޖެހިހަފައޭ ތި އިނީ.އަހަރެން ޔޫލީ ރަނގަޅަށް ނުދަންނަ ނަމަ އަހަރެން ބުނާނީ ޔޫލީ ދެން ކަންތައް ވާނޭ ގޮތަކާއި މެދު ކުޑަކޮށްވެސް ޝަޢުޤުވެރި ކަމެއް ނެތީއޭ”ނޯރާ ޔޫލިއާގެ މޫނުމަތީގެ ޝުޢޫރުތައް ދިރާސާކުރަމުން ބުންޏެވެ.”ހިހި.އަދި މާ އަވަސް.ޖެހޭނީ ކަންތައްތައް ވެގެން ދާ ގޮތް ބަލަން ކެތްތެރިކަމާއެކު މަޑުކޮށްގެން ތިބެން”ޔޫލިއާ ނިތްމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅެއް ކަންފަތް ބިއްދޮށަށް ލައްވާލަމުން ބުންޏެވެ.”އެނީވޭ.އެއްކަލަ ލޯޔަރ.ރޭހާން ގުޅާފަ ބުނި ފިރާތް މިނިވަންވެއްޖެޔޭ”ނޯރާގެ ޖުމްލައިން ޔޫލިއާއަށް ސިއްސައިގެން ގޮސް ބަލާލެވުނެވެ.”ފިރާތް؟”ޔޫލިއާއަށް ކިޔާލެވުނެވެ.

“އާނ.ފިރާތް ހަސަން.ދަ އިންފޭމަސް މާފިއާ ޕްރިންސް”ނޯރާ ޔޫލިއާގެ ހަރަކާތްތަކަށް ބަލަން އިނދެ ލާނެތް ހިނިތުންވުމަކާއެކު ބުންޏެވެ.”އެނގެއެއްނު.މުޅި މާލެ ބިރުގަންނަވާލާ ނޫނީ ހައިރާންކޮށްލާ މީހެއްނު އެއީ.ރޭހާން ބުނި ޔޫލީ އޭނައާއި ބައްދަލުކުރަން ބޭނުންވަނީއޭ ކޮންމެސް އެއްޗެކޭ.މަށަށް އޮޅުންފިލުވައިދީފާނަންތަ ކީއްވެގެންކަން؟މަ ހީކުރީ ޔޫލީ ރޭހާންއާއި މީޓްކުރަން އުޅުނީ ފިރޫ އަންކަލް މިނިވަންކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރަން ކަމަށް.ކޮންތާކުން އައި ފިރާތެއް؟”ނޯރާ މޭމަތީގައި ދެ އަތް ހުރަސް ކޮށްލަމުން ބުންޏެވެ.”ބިޒްނަސް ނޯރާ.އަބަދުވެސް ބިޒްނަސް”ޔޫލިއާ ކަޅި މައްޗަށް ހިންގާލަމުން ބުންޏެވެ.”ބިޒްނަސް މައި ފޫޓް”ނޯރާ ތުން އޫކޮށްލަމުން ބުންޏެވެ.”ރޭހާން ވަރަށް ހޮޓް.އެކަމަކު ފިރާތް…އެއީތާ އަސްލު މީހަކީ.ޑޭންޖަރަސް..ޑޭޝިންގް.ދެން ހީވަނީ އޭނައަށް އޭނަގެ ޑީލްތައް ސެޓުކުރަން އިނގޭނެހެން.އަންހެނެއްގެ ހައިސިއްޔަތުން ޔޫލީ ޤަބޫލުކޮށްބަލަ ޔޫލީގެ ހިތައް ވެސް ގޮތްތަކެއް އެބަ ވާ ކަމަށް”ނޯރާ ލާނެތް ރާގަކަށް ބުންޏެވެ.”ޕިސް.ކުޑަކޮށްވެސް ނުވޭ.”ޔޫލިއާ އެހެން ބުނިއިރު ނޭނގިނަމަވެސް އޭނާގެ ތުންފަތްމައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.”ދޮގު”ނޯރާ ހެމުން ބުންޏެވެ.”ޔޫލީ ހާސްނުވޭ.އަހަރެން ރޭހާން ކައިރިއަކު ނުބުނާނަމޭ ޔޫލީ ފިރާތްއާއި ބެހޭގޮތުން ޙިޔާލީ ފޮލާ ކައްކަނީއޭ.އެކަމް ރޭހާންވެސް ވާ ރީއްޗޭދޯ”ނޯރާ އެ ބަސްތައް ބުނުމަށްފަހު އަނެއްކާވެސް ހޭން ފެށިއެވެ.”ޔޫ އާ އިމްޕޮސިބަލް ނޯރީ”ޔޫލިއާ ދެފަރާތައް ބޯ ހޫރާލަމުން ބުންޏެވެ.”އެންޑް ޔޫ އާ ޕްރެޑިކްޓެބަލް”ނޯރާ ގޮނޑިން ތެދުވަމުން ބުންޏެވެ.”ޔޫލީ ތި ކުރާ ކަމެއް ކުރޭ.އެކަމަކު ހަނދާންކުރައްޗޭ.ޔޫލީގެ ތި ބަދަލުހިފުމުގެ ރޭވުންތަކުން ނޫނީ ފިރާތްގެ ކިބައިން ބްރޭކެއް ބޭނުންވެއްޖެއްޔާމުން އަހަރެން މިހިރީ ރޭގަނޑު ކާންދާން ތައްޔާރުވެގެން”ނޯރާ ޔޫލިއާގެ މޭޒުމަތީ އޮތް އޭނާގެ ޓެބްލެޓް ނަގަމުން އެއްލޯ މަރާލަމުން ބުންޏެވެ.ނޯރާގެ އެ ހަރަކާތުން ޔޫލިއާއަށް ހެވުނެވެ.”ނޯޓެޑް.ދެން ދޭ.މަ ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަ ހުއްޓޭ”ޔޫލިއާ ބުންޏެވެ.

ނޯރާ ދިއުމާއެކު ޔޫލިއާގެ ހިނިތުންވުން ފޭދުނެވެ.އޭނާ ޓެބްލެޓުން ނޫސް އެޕަށް ވަދެ ނާއިލްގެ ކުންފުނީގެ ވާހަކަ ލިޔެފައި އޮތް އާޓިކަލްއަށް ދިޔައެވެ.އާޓިކަލް ކިޔަމުން ދިޔައިރު އެ މޫނުމަތިން ހިނދުކޮޅަކަށް ނަމަވެސް ހަމަޖެހުމުގެ އަސަރު ފާޅުވިއެވެ.ނަމަވެސް ދެވަނަ ސިކުންތުގައި ޔޫލިއާ އެ ކުލަވަރު ފޮރުވާލިއެވެ.”ކިހާ ދުވަހަކު ތިހެން އުދުހި އުޅެވޭތޯ ބަލަމާ ހިނގާ ނާއިލް”ޔޫލިއާ އަމިއްލަ ނަފްސަށް އިވޭވަރަށް ބުނުމަށްފަހު ޓެބްލެޓް ނިއްވާލުމަށްފަހު މޭޒުމަތީގައި ހުރި ރިޕޯޓުތައް ހުޅުވާލަމުން ކުރަން އިން މަސައްތައްް ރުޖޫޢަވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

svetlana

Level 110 Stories100 Login

An avid reader and storyteller at heart, weaving tales that captivate and inspire. Passionate about exploring the depths of human emotions.crafting worlds that linger in the imagination.Writing is not just a passion—it's my way of breathing life into dreams.

Other Articles

Previous

ބަދަލުވީ މަގޭ ޙަޔާތޭ 1

Next

އިންތިޒާރުގެ ނިމުން

Next
January 18, 2025

އިންތިޒާރުގެ ނިމުން

Previews
January 18, 2025

ބަދަލުވީ މަގޭ ޙަޔާތޭ 1

13 Comments!

  1. Anonymous says:
    January 19, 2025 at 3:02 pm

    V reethi mi part ves when next

    1. Svetlana says:
      January 19, 2025 at 7:53 pm

      Thanx💗insha Allah vrh avahah

  2. Your fav bab says:
    January 19, 2025 at 3:07 pm

    Vaahaka kiyan feshi iru heehee hama halaaku vejje huvaa mi bunee!!!😂😂😂😂😂😂😂😂😂😂
    Konme ves hikanjeko!!LMAO!!!!!
    Very interesting
    When next??

    1. Svetlana says:
      January 19, 2025 at 7:53 pm

      Thanx for the comment.💗Same even I was laughing while writing it.next part up kollaanan vrh avahah insha Allah 😊

  3. Your big fan says:
    January 19, 2025 at 6:00 pm

    V reethi mi part ves can’t wait when next

    1. Svetlana says:
      January 19, 2025 at 7:54 pm

      Thanx💗vrh avahah insha Allah

  4. The idol says:
    January 20, 2025 at 12:27 pm

    Hehe firaath he’s so funny btw vaahaka Hama best

    1. Svetlana says:
      January 20, 2025 at 3:01 pm

      Thanks 😊 will do my best in future chapters as well 🤗

  5. Unknown says:
    January 20, 2025 at 12:29 pm

    Hahahaaaa so funny
    V REETHI mi part ves

    1. Svetlana says:
      January 20, 2025 at 3:03 pm

      Thanx will try to upload the next parts too v emme avahakah 💗🤗

  6. Uno says:
    January 20, 2025 at 12:30 pm

    He’s so funny oh my 🤣🤣🤣

    1. Unknown girls bestie says:
      January 20, 2025 at 12:31 pm

      It’s my comment Uno aslu my name is unknown girls bestie

    2. Svetlana says:
      January 20, 2025 at 3:03 pm

      Yeah didn’t wanna make him a cold type male lead hehe 😉😂

Comments are closed.

Next Episodeޕިޔަދަ 7←


All Right Reserved!