Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާދީނީލޯބި

ލޯބީގެ ކުރި ދަތުރު 7

darkqueen38
darkqueen38 Level 210 Stories
January 3, 2025 2 Mins Read
0 Comments

“ޔެސް، ފައިނަލީ ބޮޑު ބައެއް ނިންމާލެވިއްޖެ ދޯ”

” އާން”

” މަސައްކަތުގަ ލިބުނު އެއްބާރުލުމާއި ވެދިން އެހީތަކަށް ހުރިހާ ކުދިންނަށްވެސް ޝުކުރިއްޔާ”

” އެހެންވީމާ މާދަމާވެސް ހަމަ މިގަޑިއަށް ހުރިހާ ކުދިން މި ގެއަށް އަންނާނީ އިންގޭ”

” އަތްތިލަބަޑި ޖަހަމުން ގުރޫޕު ލީޑަރު ޒައިން މަސައްކަތުގަ އެހީތެރި ވެދިން ހުރިހާ ކުދިންނާ މުޙާތަބުކޮށް ވާހަކަ ދެއްކިއެވެ”

” މިޔަދު މިހާ ހިސާބަށް ނިންމާލެވުނީވެސް ތިޔަ އެކުވެރިންގެ އެއްބާރުލުމާއި އެހީތެރިކަމާއެކު”

” މާދަމާ އޮތް ބައިވެސް ފުރިހަމަ ކުރުމަށްޓަކައި ހުރިހާ އެކުވެރިންގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދު ކުރަން”

” ސީ ޔޫ އޯލް ޓުމޯރޯ”

” ކަލޭ ތީ ހަމަ ރަންގަޅު ލީޑަރެއް”

” ތެދެއް، ޒައިން”

” ރައީސް ކަމަށް ކުރިމަތިލާން ފެނޭ، ތެދެއް”

” ކުރީބައިގާ ބުނެލައްޗޭ، އިންގޭ”

” އެމެރިކާގަ ވެސް ހުރެފަ ކެމްޕެއިން ކުރަން އައިސްދޭނަން އޭރުން”

” ޝައިދާން އާއި ނާއިފް ގެ ވާހަކައިން ޒައިން ގެ އުންމީދު އާލާވިއެވެ”

” ޒައިން ގެ އުންމީދަކީ ބިޒްނަސް ގެ ދާއިރާއިން ފަހި ކުރިމަގެއް ބިނާ ކުރުމަށެވެ”

” މުސްތަޤުބަލުގައި ބައްޕަ ގޮތަށް ސީއީއޯއަކަށް ވުމަކީ އަބަދުވެސް ޒައިން ދެކޭ ހުވަފެނެކެވެ.”

” ޒައިން ގެ ބައްޕަ ޒަހުވާން އަކީ މަޝްހޫރު އެލްރޯސް ކުންފުނީގެ ސީއީއޯއެވެ.”

” ޒައިން އަކީ އެންމެ ބޮޑު ގެ އިތުރުން ހުރި ހަމައެކަނި ފިރިހެން ދަރި3ެ”

” އޭތް، ބުރޯސް، ދަންޑަށް ދިޔުން އޮތީ ކިހާއިރަކު”

” ވަކި ގަޑިއެއް އޮވޭތަ”

” ތެދެއް”

” އެހެންނޫނަސް އަސުރު ނަމާދު ކޮށްލައިގެން ނައްޓާލަނީ އެއްނޫންތަ”

” އަނެއްކާ ނާއިފް އަށް ކިހިނެއްވީ ހަންދާން ބަލިވާން ފެށީ ތި”

” ކުޅެން ވެއްޖިއްޔާ އެހެން ހުރިހާ ކަމެއް މަތިން ހަންދާން ނެތޭ މީހެއްތީ”

” އަނެއްކާ މަލްޝާ ގެ ބުރައުނީސްގަންޑު ކައިގެން ގޮތެއްވީތަ”

” ޕިސްޕިސް، އޭތް މަ ދަނީއްޔޭ ދެން”

” އެ ކަޑަވީ ހެހެހެ”

ރާއިކް އެކަނިމާއެކަނި ކޮޓަރީ ސްޓަޑީގަ އިނެވެ. ޖެހުނު ކުދިންތަކެއްގެ ސަބަބަުން މަސައްކަތުގެ ބޮޑުބައެއް ހަދަންޖެހުނީ ރާއިކް އަށެވެ. މި ސަބަބާހުރެ ގުރޫފު މަސައްކަތްތަކަކީ ވަރަށް ފޫހިކުރުވާ ކަމެކެވެ. އެކަމަކުވެސް ހެވެއެވެ. އަމިއްލައަށް ނިންމަންޖެހޭ ބައިތައް ނިންމާފަ ބެހެއްޓުމަށް ނިންމީ މަސައްކަތް ކުރާހިތް ނުވެގެންނެވެ.

” ރާއީ ކާން އަންނަންވީނު”

” ނުވެސް ކާ ތި އުޅެނީ”

” މީ ކޯއްޗެއް”

” ގުރޫޕު މަސައްކަތެއް”

” ހެލްޕެއް ބޭނުންތަ”

” އަނެއްހެން އޯކޭ”

” މި މަޢުޟޫއަށް ރަންގަޅު މަޢުލޫމާތު ހޯދޭނެ ވެބްސައިޓެއް ބުނެބަ”

” ސައިންސް އެންޑް ލިޓަރޭޓަރް.ކޮމް”

” ތެންކްސް”

” ތި ފޮތްތައް ލައްޕާފަ ކާންއަންނަންވީ”

” ލައްބަ”

” ހަވީރު ފިންޏަށް ބުރުޖަހަން ނުކުންނަ މަލްޝާ މިޔަދު ބޭރަށް ނުނިކުންނާތީ އައިދާ މަލްޝާގެ ކޮޓަރި ބަލާލިއެވެ.”

” ދަރިފުޅާ”
” ލައްބަ”

” ބޭރަށް ނުދާ ދުވަހެއްތަ”

” ބޭރުގަ އުޅެފައެއްނު މިއައީ”

“ކިހިނެއް ގުރޫޕު މަސައްކަތް ދިޔައީ”

” ހަމަ ރަންގަޅަށް، ހުރިހާ ކުދިންވެސް ކޮންމެވެސް ރޯލްއެއް އަދާކުރަން އިން”

” ދަރިފުޅު ވަރަށް ހިތްހަމަޖެހޭ މި އާ ފެށުމާ ދޭތެރޭ”

” ލައްބަ މަންމާ”

” ޝުކުރިއްޔާ އަޅުގަންޑު އާ ސުކޫލަކަށް ބަދަލުކޮށްދިނީމަ”

” އެކަމު ދަރިފުޅު ވާނެ މަންމަ ކައިރީ ބުނަން އެންގޭ ކޮންމެ ކަމެއް ވިޔަސް”

” ކުއްޖަކު ޖެއްސުންކުރަންޏާ ވެސް”

” ލައްބަ މަންމާ”

” ކީއްކުރަން ތި އުޅެނީ”

” ކުރަހަން”

” ނިންމާލާފަ މަންމައަށް ދައްކާލައްޗޭ”

” އޮފްކޯރްސް”

” މަންމަ މި ދަނީ ޒައިޝައްތަ މެންގެއަށް އިންގޭ”

  • * ސަލާމް ހުރިހާ ކިޔުންތެރިންނަށް ދުވަސްކޮޅަކަށް ފަހު އާ ޕާރޓަކާ އެކު ބައްދަލު ކޮށްލެވުނީތީ އުފާކުރަން.
  • * ހަމަ އެއާ އެކު އަޅުގަންޑު ކުރިން އަޕްލޯޑު ކުރެވިފައި އިނީ 8 ވަނަ ޕާރްޓް ކަމުން ކިޔުންތެރިންނަށް ދަންނަންވާލަން.”
  • * އަސްލު އެހެން ވީ އަޅުގަންޑުވެސް ޗެކް ނުކޮށް އަޕްލޯޑް ކުރެވުމުގެ ސަބަަބުން ކިޔުންތެރިންގެ ކިބައިން މާފަށް އެދެން.
    * އިންށާﷲ އަޅުގަންޑުގެ އުންމީދަކީ މި އަހަރުތެރޭ މި ސިރީސް މެދުކެންޑުމެއްނެތި ކިޔުންތެރިންނާ ހިއްސާކޮށްލުން”
  • * މި ފެށުނު އާ އަހަރުގެ ހެޔު އެދުންތަކާ ތަހުނިއްޔާ އެންމެހާ ކިޔުންތެރިންނަށް އަރިސްކުރަން.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

darkqueen38
Follow Me Written By

darkqueen38

Level 210 Stories

Im a girl who loves reading and writing her own story. Through my fantasies in my own world.

Other Articles

Previous

ޙައިރާންވީމެވެ.

Next

އިންސާފު ލިބޭނެބާ – 10

Next
January 3, 2025

އިންސާފު ލިބޭނެބާ – 10

Previews
January 3, 2025

ޙައިރާންވީމެވެ.



All Right Reserved!