އޭތް. ކޮބާ ތި މީހުން މަސައްކަތް ނިންމާލީތަ. އާން. ނިންމާލައިފިން. މިހާރު ހާދަ އަވަހަކަށް. އަދި އެބައޮތެއްނު ބާކީ ހަފްތާ އެއް. ބާކީ ހަފްތާއެއް އޮތަސް ފަހުން ތެޅިގެނެން ނުވާނެ. އަނެއް ހަފްތާ މާ ބުރަވާނެ އެހެންނޫނަސް. އެއީ ކީއްވެ؟ މަދަހަ މުބާރަތުގެ އޮޑިޝަން އޮންނާނެ. ހަންދާނެއްވެސް ނެތް. “އައްސަލާމު ޢަލައިކުމް”
“ވަޢަލައިކުމުއްސަލާމް”
” ކޮބާ، ހުރިހާ ކުދިންގެ މަސައްކަތް ކިހާ ހިސާބެއްގަ އޮތީ؟”
” މިސް އުންމީދުކުރަން ހުރިހާ ކުދިންވެސް ފަރުވާތެރިކަމާއެކު މަސައްކަތް ނިންމާނެކަމަށް”
” މި މަސައްކަތުން 10 ޕަސެންޓު ނަގާނެ އިންގޭ”
“ލައްބަ”
” އައްދިއްޔޯއި”
” ކިހިނެއްވީ އެހާ މަޑުން ޖަހާލީ”
” ދެން މަޑުން ވިޔަސް ޖަހަން ޖެހޭތަ”
” މަލްޝާ އަށް ބަލަން އިނަސް ތީ ބޮޑުވަރު ދެން”
” އަޅޭ، އެ ފެހި ކަޅި ހާދަ ރީއްޗޭ”
” ސާބަސް ދެން، ތި ސުވާލު ހަދާބަލަ”
” އަނެއްކާ މިސް އައިސް ކޮޅަށް ނަގާފާނެ”
” ތެދެއް، ބުންޏެއްނު ކިޔަވާ ގަޑީ ވަރަށް ހާޑުކޮށް ޖައްސާނަމޭ، ހޫމް”
ކައިރާ ކައިރާ. ސުކޫލަށްދާ ގަޑި ފަހަނައަޅައި ގޮސް ދިހައެއް ޖެހީއެވެ. ކައިރާ ނުނިކުންނާތީ ރޮޒަލިންޑާ މިހާރު ބައިވަރު ފަހަރު ތަޅައިފިއެވެ. މެންދުރު އެކެއް ޖަހާއިރު ކައިރާގެ މަންމަ އާއި ބައްޕަ އިންގުލެންޑުން އަންނާނެވެ. މި ސަބަބާހުރެ ކުރީބައިގަ ކައިރާ ރެޑީ ކުރުމަށް ކިޔާރާ ވަނީ ރޮޒަލިންޑާ ކައިރީ ބުނެފައެވެ. އެއް އަހަރާ ފަސް މަސް އިންގުލެންޑުގައި ހޭދަ ކުރުމަށްފަހު މިޔަދު މިއީ ދެމަފިރިން ރާއްޖެ އަންނަ ދުވަހެވެ. ކިޔަރައިން ޕެލެސް ގޭގައި މުވައްޒަފުންތައް އަވަދިނެތި އެކި ކަންކަމުގައި ހަރަކާތްތެރި ވަމުންދިޔައެވެ. އެއް ބަޔަކު ސާފުކުރަމުން ދިޔައިރު އަނެއް ބަޔަކު އުޅުނީ ކެއްކުމުގައެވެ. އެހާ ދުވަސްކޮށްލާފަ އެންބުރި ރަށަށް ވަޑައިގަންނަވާތީ މަސައްކަތްކުރާ އެންމެންވެސް ތިބީ އުފަލުންނެވެ.
ރާއިކް ސުކޫލުތެރޭ އިނީ ފޫހިވެފައެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ރާއިކް އަކީ މީހުންނާ ގުޅޭ އެކުވެރި މިޒާޖެއްގެ ކުއްޖެކެވެ. ނަމަވެސް ސުކޫލުގައި އެކުވެރިން ހޯދުމަކީ އެެއް އިރަކުވެސް ފަސޭހަ ކަމެއް ނޫނެވެ. އެހެން ކުދިން އުޅޭހެން ހަލަނިވެގެން ނޫޅުނަސް ބައެއްފަހަރު އެކުދިންނާއެކު އެ މަޖަލުގައި ބައިވެރިވެ ސަކަރާތް ޖަހާލާ ހިތްވެއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މުޅި ސުކޫލު ހުރިހާ މީހުންވެސް ރާއިކް ދެކެނީ ބަސްއަހާ ކުއްޖެއް ގޮތަށެވެ. ނަމަވެސް ބައެއްފަހަރު އެހެންނޫޅެ އެހެން ކުދިން އުޅޭހެންވެސް އުޅެލަންވެސް ބޭނުންވެއެވެ. ކޮންމެއަކަސް އަމިއްލަ ޚިޔާލުގެ ދުނިޔޭގަ އިންދާ ރަނގަބީލު ޖަހަން ފެށިއެވެ.
މަލްޝާ، މަލްޝާ. މަޑުކޮށްބަލަ
“ކީކޭ ފައިނާން”
“މިޔަދު ހަވީރު ކަމެއް އެބައޮތްތަ”
” އަނެއްހެން ވަކި ކަމެއްނެތް”
” ބެޑްމިންޓަން ކުޅެއުޅެންތަ؟”
” ހޫމް، ޔެސް، އޯކޭ”
” މިޔަދު ހަވީރު މިއުޅެނީ ކުޅެންދާންވެގެން”
” އެހެންވެ ހިތަށް އެރީ މަލްޝާ ވެސް ގޮވައިގެންނޭ ދާނީ އޭ”
” އޯވްހް، ކޮންބައެއް ދަނީ؟”
“މީ، ދެން ޒައިނީ، ޒައި ދޮންތި”
“އޭރުން ހަތަރު މީހުންނަށް ކުޅެވޭނެއްނު”
” ކޮންތާކަށް ދަނީ ކުޅެން؟”
” ފުޓްބޯޅަ ދަންޑު އިންގެއްނު، ހޫމް
” ދަންޑު ފަަހަތު އޮވެއެއްނު ހުސް ތަންގަންޑެއް”
‘ ޔެސް ، އެތަނަށް”
” ކޮން ގަޑިއަަކަށް؟”
” އަސުރު ނަމާދު ކޮށްލައިގެން ދާންވީ”
“ދެން އޯކޭ”
” ދަމުން މަލް އަށް ގުޅަންވީނުން”
” މަލް ގާތު ފޯނެއް އޮވޭތަ”
” އޮވޭ، އެކަމު ނީންނާނެ ސިމް އެއް”
” މަލް މަންމަ ނަންބަރު ބޭނުންކުރަނީ”
” އޯކޭ، ދަނީއްޔޭ އިންގޭ މަލް، ބާއި”
ރައިނާ ގެއަށް ވަންއިރު އެކެއްގެ ހިލަމެއްވެސް ނުވެއެވެ. މުޅި ގޭތެރެއެކޭ ފަޅު ގެއެކޭ އެއްގޮތެވެ. ކޮޓަރި ދޮރު ހުޅުވާލިއިރު ރިޝްވާން އެންދުގަ އިނެވެ.
” ކޮބާ ރިފޫ”
” ބެސްޓީ ބަލާ އައީމަ ދިޔައީ”
” މަންމައަށް އިންގޭތަ ދިޔަކަން”
” ލައްބަ، ކައިފިންތަ”
” ނޮޕް، މަންމަ މިޔަދު ބިޒީވެގެން ނުކެއްކި ދިޔައީ”
” ނޫޑްލިސް ކާނަންތަ”
” ޔެސްސް، ދޮންތި ކައްކަންތަ ތިއުޅެނީ”
” އެބަ އަންނަން ފެންވަރާލާ ހަދައިގެން”
” ދޮންތި ފެންވަރައިގެން އަންނަން ވާއިރަށް ކީއްކޮށްދޭންވީ؟”
” ފިޔާ އާއި ލޮނުމެދު ނޮޅާލަދޭންވީނުން”
“ތެންކިޔޫ ދޮންތި ދޫނީ”
” ވަރަށް ލޯބިން ރިޝްވާންގެ ބޮލުގައި ފިރުމާލާފަ އިސްތަށިކޮޅު ހާވާލިއެވެ”
“ދެންން، ދޮންތީ، އެހާ ރީތިކޮށް ފުނާއަޅައިގެން ހުއްޓާ ތި ހަޑިކޮށްލާ”
“ހެހެހެ”
“ރައިނާ ހެމުން ރައިނާގެ ކޮޓަރިއަށް ވަންއިރުވެސް ރިޝްވާން ހުރީ ތުންދަމައިގެންނެވެ”
ގޭތެރެއަށް ވަންނިއިރު ނާއިފް ގެ މިސްރާބު ހުރީ އޭނާގެ ކޮޓަރިއަށެވެ. މަޑުކޮށްބަލަ. ދަރިފުޅާ. ނާއިފް. ޕިސްޕިސް.
” ވަރެއްގެ ފިރިހެނެއް މި ބޮޑު ކުރެވުނީ”
” ޒާއީ، އެސޮރާ ދިމާލަށް ތިހާ އެއްޗެހި ނުކިޔަބަލަ”
“އެއްޗެއްސެއް ނުކިޔަމޭ އަހުމަދޫ”
” ގޮވާގޮވާ އަޑު ދިޔަޔަސް އެސުރަށް އިވޭ ކަމަކަށް ނުވޭ ވިއްޔާ”
” އޭތް، އެސުރޭ ކިޔައިގެން މިހާރު ވަރަށް ވާހަކަ އިވޭދޯ”
” މިހާރު މިބުނީ، މިޔަދުވެސް ކޮފީގަ އިންދާ ރައްޓެއްސަކު އައިއްސަ ބުނީ”
” މަގޭ ނާއިފް އަންހެން ކުއްޖަކާއެކު މިހާރަކަށް އައިސް ފެންނަ ވާހަކަ”
” އެއީ މި އަަހަރު އަލަށް އައިސްގެން އުޅޭ ކުއްޖެއް”
” މަލްޝާ ކިޔާ ކުއްޖެއް އެއީ”
” އަނެއްކާ އަހަރުންގެ ސޮރު އަޅައިގަތީބާ”
” ނޭންގެ ތިޔެއް ބުނާކަށް”
ކިޔަރައިން ޕެލެސް ގެ އިންނަ ގޯޅިއަށް އަޅަމުންދިޔަ ޖެޓް ބްލެކް ރޯލްސް ރޮއިސް ގެ ކާރަށް ގިނަ ލޯތަށް އަމާޒުވަމުން ދެއެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކާރު އުފައްދާ ބްރޭންޑުތަކުގެ ލިސްޓުގެ ދެވަނައިގަ އޮތީ ރޮއިސް އެވެ. މިޔަދު ރަށަށް އެ ގެނައި ކާރަކީ އެ ބްރޭންޑުގެ އެންމެފަހުން ނެރުނު ކާރުތަކުގެ ތެރެއިން ކާރެެކެވެ. މުއްސަންދި މީހުންގެ ވަނަވަރު ދުނިޔޭގެ ލޯތަކަށް ދައްކާލާނީ މި ފަދަ ގޮތަކަށެވެ. މިއީ އެގޭ މީހުންނަށް މާ ވަރަކަށް އަޅާލަންޖެހޭ ވަރުގެ ކަމަކަށްނުވިއެވެ. ކިޔަރައިން ޕެލެސް އަށް މިޔަދު ވަޑައިގެންނެވި ރާނީ އަށާއި ރަސްގެފާނަށް މަރުޙަބާ ކިޔަމުން ދިޔައެވެ. އެ ހުރިހާ އެންމެންގެ ތެރެއިން މަދީ އެންމެ މޫނުކެވެ. އެއީ ކައިރާއެވެ. މަންމަ އާއި ބައްޕަ އަންނަކަން އިންގުނީއްސުރެ ކައިރާ އޮންނަނީ ކޮޓަރީގައެވެ. އެހެން ކުދިން މިޔަދު އުފަލުން ގޭތެރޭ ދުވެ ހަދާނެއެވެ. ނަމަވެސް ކައިރާ އެކައްޗެއް ވެސް ހިތަކަށް ނޭރިއެވެ. ބޮޑުވަމުން އައި ވަރަކަށް އެމީހުންގެ އަޅާލުން ކުޑަ ކަމުގެ ސަބަބުން މިޔަދު ވަނީ އެކަމަށް ހޭނިފައެވެ.
ދޮންތީ ދޮންތީ.
” ލައްބަ”
” ކައްކާ ނިމުނީތަ”
” ހޫމް، އާދޭ ކާން”
” ރައިނާ އާއި ރިޝްވާން ދެ ކުދިން ވެެގެން ވަރަށް މީރު ނޫޑްލިސް ގަނޑެއް ކައްކާލިއެވެ”
” ދޮންތީ، ރިޝް އަށް އިބައިން މިޔަދު ލީފްލެޓެއް ހަދަން ދީފަ”
” މިސް ބުނީ އަމިއްލަ މަޢުލޫމާތު ބޭނުންކުށްގެން ހަދާށޯ”
” ކޮން މާއްދާއެއްތަ”
” ސައިންސް، ހޫމުް”
” ދޮންތި ފިލާވަޅު ހަދާފަ ހެލްޕް ކޮށްދޭނަން އެންގޭނަނަން”
” އެހަށް ފިލާވަޅު ދަސްކޮށްލާ”
” އިރުކޮޅެއްނުވެ ގޭގެ ދޮރުގަ ބާރަކަށް ޓަކި ޖަހާ އަޑު އިވުނެވެ”
” ކޮއްކޯ، ކޮއްކޯ، މިގޭ މީހެއް ނޫޅެނީތަ”
” ގޮވަމުންދިޔަ އަޑުން ބޮޑަށް ވައްތަރީ ބޭރު މީހެއްގެ އަޑަކާއެވެ.”
” ރައިނާ ދޮރު ހުޅުވާލައިރު ކުރިމަތީ ހުރީ ނޯކަރެކެވެ.”
” ލައިގެން ހުރި އެއްޗެހިން އެއީ ކައިރާމެންގޭ މަސައްކަތް ކުރާ ނޯކަރެއްކަން ނަގައިގަންނާކަށް އުންދަގުލެއް ނުވިއެވެ.
” ކޮއްކޯ، ކޮއްކޮ، މަންމަ”
” އެ މީހާ ވާހަކަ ދައްކަމުން ދިޔައީ މާނޭވަލަމުން އަޅައަޅައިގެންނެވެ.”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

