ކަންނެތް ކަމާއެކު ނުތެދުވަން ވެގެން ރަޖާގަނޑުގެ ތެރެއަށް ފިލުމަށް މަސައްކަތް ކުރިއެވެ. ސޯނާ ގަޑިން އެލާރމް ވަމުން ދިޔައިރު ލެޕްޓޮޕް ގެ އިތުރުން ފޯނުން ބަންގީގެ އަޑު އިވެމުންދެއެވެ. ވިައްސާރަ ފަތިހެއް ކަމުން ހިތް އެދެމުންދިޔައީ ފިނިން ސަލާމަތް ވުމަށް ރަޖާގަނޑުގެ ތެރޭ އޮތުމަށެވެ. ނަމަވެސް އައިދާމެން ތުއްތު އިރުއްސުރެ މަލްޝާ އަށް އާދަކޮށްދީފައި ވަނީ ފަތިސް ނަމާދުން ދުވަސް ފެށުމަށެވެ. ނިދަން އުޅުނަސް އެއީ ނުވާނެ ކަމެއް ކަން އިންގުމުން ހަތިޔާރު ބަހައްޓަމުން ތެދުވިއެވެ. ތާޒާވެލާ ނަމާދުކޮށްލުމަށްފަހު ގޯތި ތެރޭ ކަހާލުމަށްފަހު ސުކޫލަށް ދިއުމަށް އަވަސްވެގަތެވެ.
މިސްކިތަށް ދިޔުމަށްޓަކައި މިސްރާބު ޖެހި ރާއިކްއަށް މިސްކިތަށް ދެވެނު ހުރީ ތެމިފޯވެފައެވެ. ގެއިން ނުކުތީއްސުރެ ވިއްސާރަ ދިޔައީ ބޯކުރަމުންނެވެ. ޖީބު ތެރެއިން ނެގި ކުޑަ ތުވާލުކޮޅަކުން މޫނުފޮހާލާ ހަދާލުމަށްފަހު ޖަމާޢަތުގައި ބައިވެރިއެވެ. ނަމާދުކޮށް ނިމުނު އިރުވެސް ވެހެމުން އަންނަ ވާރެއަކަށް ބަދަލެއް ނައެވެ. އެހެންކަމުން މިސްކިތުގެ ތެރޭ އިންދެ ހެންދުނުގެ ޒިކުރުތައް ކިޔާލާ ޤުރުއާން ކިޔަވާ ހަދާލިއެވެ. ވާރޭ ކުޑަކޮށް ތުނިކޮށްލަމުން ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. އަދި ސުކޫލަށް ދިޔުމަށްޓަކައި ތައްޔާރު ވިއެވެ.
އެއީ ވެސް ގަދައަށް ވާޖެހޭ ވިއްސާރަ ދުވަހެކެވެ. ދަންވަރު ވެހެން ފެށި ގޮތަށް ބަދަލެއް ނައިސް ތުނިކުރަމުންނާއި ވެއެވެ. ޖަހާ ބާރު ގުގުރީގެ އަޑުތަކުން ނިދާފަތިބި ކުޑަކުދިން ހޭލައްވަމުން ދިޔައެވެ. ކުއްލިއަކަށް ނިދިފައި އޮތް ކުޑަކުޑަ ރައިނާ ސިއްސައިގެން ގޮސް ހޭލިއެވެ. ތުއްތުއިރުއްސުރެ ބާރު އަޑުފަށްގަނޑެއް އިވުނީމަ ރައިނާ ބިރުގަނެއެވެ. ކުއްލިައަކަށް ޖެހި ބާރު ގުގުރިއާއެކު ވިދަމުން ދިޔައިރު ކުޑަކުއްޖަކު ރޯންފެށިއެވެ. މުޅި ގޭތެރޭގައި ގުގުމާލަމުން ދިޔައީ ރުއިމުގެ އަޑުންނެވެ. މި އަޑަށް ރާނިޔާ އާއި ދާނިޝް އަށް ވެސް ހޭލެވުނެއެވެ.
ރާއިކް އިނީ ކުލާސް ތެރޭއެވެ. ނަމަވެސް އޭނާގެ ސިކުނޑި އިނީ ކުލާހަކު އެއް ނޫނެއެވެ. މިހެން އިންދާ ކުއްލިއަކަށް އެންމެންގެ ސަމާލުކަން ދޮރާ ދިމާލަށް ދިޔައެވެ. ފިލްމު ތަކުން ފެންނަ ނުބައި މީހާގެ ރޯލު ކުރޭ މީހާގެ ވައްތަރު ޖަހާ އަންދިރި މޭކަޕެއް ކޮށްގެން ހުރި ކުއްޖެކެވެ. ދެލޯ ކަޅުކަންގަދަ އައިލައިނާ އާއި މަސްކަރާ އިން ފަވާލަފައެވެ. އޭގެ އިތުރުން މޫނުގައި ހާކަފަ ހުރި ފައުންޑޭޝަނާ އެއްޗެހި ވެސް މަދެއް ނޫނެއެވެ. ލައިގެެން ހުރި ޔުނީފޯރްމާއި ކޮށްފައި ހުރި މޭކަޕުގެ ސަބަބުން ކައިރާ ވައްތަރީ ބޮޑު ސޭކު ޖޯކަރާ އެވެ. އެކި ކުދިން ކައިރާ އަށް ދިމާލަށް ބަލަބަލާފ އެކި އެއްޗެހި ކިޔަމުން ދިޔައެވެ. މުޅި ކުލާސް އަޑު ގަދަވުމުގެ ސަބަބުން ރާއިކް އަށް ޙިޔާލީ ދުނިޔެއިން ނިކުމެވުނެވެ. މުޅި ކުލާހުގެ އެންމެންގެ ކަޅި ހުރި ދިމާލަށް ބަލާލުމުން މުޅި މީހާ ގަނޑުވިއެވެ. ކައިރާގެ މޫނު ފެނި ހީވީ ބޮޑު ފުރޭތައެއް ފެނުނު ހެންނެވެ.
ފާހަނަބަރި ކައިރިން ކުއްޖަކު ނާއިފްމެންނާ އަރާހަމަ ކުރިއެވެ.
” ކަލެން ކުލާހަށް އެބައުޅޭ އެއްކަލަ ބޮޑު ސޭކު އައިސްގެން”
“ގުޑްލަކް އެންގޭ ނާއިފް”
“ބޮޑު ކަމެއް”
“އޭތް”
“އެއްކަލަ ކައިރާ ވައްޓާލީ ދޯ”
“ޒައިން އަހާލިއެވެ”
“އާން”
“ދެން ކާކު އުޅެނީ ބޮޑު ސޭކު ކިޔާ ސެލެބްރިޓީ އެއް މި ސުކޫލުގަ”
“ޝައިދާން ވެސް އެވާހަކަ އަށް އިތުރު ކޮށްލިއެވެ”
ޝައިދާން ބުނި އެތިން އެ ވަގުތު އެތާ ތިބި ކުދިންގެ އިތުރުން ޒައިންމެން ވެސް ހޭންފެށިއެވެ.
ކުލާހަށް ވަންއިރު ކުލާހުގެ ކަނުގައި އިން ކުއްޖާ ތެދުވެއްޖެއެވެ. ހިންގަމުން އައިރުވެސް ފަޔަށް އެކި ވައްތަރު ޖައްސަމުން ބަންޑިބަޑި ލައްވަމުންނެއެވެ. ކައިރާ އައި ގޮތަށް އައިސް ހުއްޓުނީ ނާއިފް ކުރިމަތީގައެވެ. ޖައްސަމުން އައި ވައްތަރުންނާއި ޖަހާ ވައްތަރުން ޒައިންމެން ތިބީ ހިނިގަންޑު ހިފަހައްޓައިގެންނެވެ. އަނެއްކޮޅުން ނާއިފް ގެ ހާލަކީ ތޯ އެވެ. ސަންތިމަރިޔަންބާއި ސަފަރުކަތްދަވެސް ކައިރާ އަށް ވުރެ ތާހިރުވާނެެހެން ހީވެއެވެ. އިސްވެސް އުފުލާ ނުލާ އިނެވެ. ނާއިފް ގެ ސަމާލުކަން ކައިރާ އަށް ނުލިބުމުން މޭޒުގައި ފުށްޓަކި ޖަހާލިއެވެ. ދެންވެސް ސަމާލުކަން ނުލިބުމުން ކަރުކެހިލިއެވެ. ކަރުކެހެލި އަޑު އިވިފައިވެސް ކަންފަތަށް އަޑެއް އިވުނު ހެނެއް ނުވިއެވެ. އެންމެފަހުން ކައިރާ ގާތަށް ރުޅިއަރައިގެން ގޮސް އިންތަނަށް ދިޔައީއެވެ. ކައިރާ ދިޔުމުން ހިތްހަމަޖެހެމުގެ ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. ކައިރާ ސުކޫލަށް އަންނަ ދުވަހެއްނަމަ ނާއިފްގެ ހާލަކީ މީއެވެ.
ބުރޭކް ގަޑި ޖެހުމުން އެންމެ ކުރިން ނުކުތް އެކަކީ މަލްޝާއެވެ. އެހެންނޫނިއްޔާ ފައިނާންމެން ފަހަތު އަޅުވައިގެން އުޅޭ ކުއްޖާ މިޔަދު ކުރިން ނިކުތުމުން ހައިރާން ވިއެވެ. މޭޒެއް ކައިރީ އިށީންދެގެން ތިއްބާ ދުރުން މަލްޝާ އަންނަތަން ފެނި ހަނާ އަޅާލިއެވެ.
“ހޭއި”
“ކޮންތާކަށް ދިޔައީ؟”
” އޯވްހް”
މީނީ މަލްޝާ ގެ ގޮންޑި.
“ތޭންކްސް”
“މަލްޝާ މިޔަދު ދިން ގުރޫޕު ޕްރޮޖެކްޓް ކިހިނެއް ހަދާނީ؟”
“ތިކަން ކުރަން ވާނީ ގުރޫޕު ހުރިހާ ކުދިންނާ މަޝްވަރާ ކޮށްގެނެންނު”
“ތެދެއް، މަލްޝާ އެ ބުނަނީ ރަންގަޅު ވާހަކައެއް”
‘ކުރިން ނިންމާލެވުނީމަ ފަސޭހަ ވާނީ”
ޒައިން އިތުރު ކޮށްލިއެވެ.
“އާން، ފަހު ވަގުތަށް ބަހައްޓައިގެން ރަންގަޅަކަށް ނުނިންމޭނެ”
“ހެލޯ ގާއިޒް”
“ކޮން އޮލަ ވާހަކައެއްގަ”
“މިޔަދު ދިން ގުރޫޕު މަސައްކަތުގެ ވާހަކަ”\
“ޝައިދާންމެން ބޭނުމީ ކޮންގޮތެއް؟”
“މިޔަދު ފަށާނީތަ ނޫނީ މާދަންތަ؟”
“އަހަރުންނަށް ހެޔޮ ކޮންމެ ގޮތެއް ވިޔަސް”
“އަވަހަށް ނިންމާލެވުނީމަ ބޮލަށް ފަސޭހަ ވާނީ”
“ރަންގަޅު ވާހަކައެއް، ނާއިފް”
“އެހެންވީމާ ގަޑިއަކާއި ތަނެއް ކަންޑައަޅާ”
” ގަޑިއަކީ މެންދުރު 2 ކުން ހަވީރު 4 އަކަށް”
“އޭރުން ލިބޭނެ ތި މީހުންނަށް ކުޅޭނެ ވަގުތުވެސް”
“ބަރާބަރު އިންގޭ، ޒައިނީ އަށް ޝުކުރު ހަމަ ހައްޤު”
ލޯގަނޑު ކުރިމަތީ ފުނާއަޅަން ހުރި މަލްޝާ ފެނި މާއިދު އަށް ހެވުނެއެވެ.
“މަންމާ”
“މާރޝްމެލޯ ވަރަށް މޭކަޕު ކުރޭ އެބަ”
“މިޔޮށް ހޫނުގަދަ މެންދުރު ގަޑީ އެވެސް”
” ދަރިފުޅާ ކޮންތާކަށް؟”
ކޮންޑުގަ ދަބަހެއް އަޅުވައިގެން ހުރިއިރު ލައިގެން ހުރީ މެސީ ޖޯޒީ އެކެވެ. ފަން އިސްތަށިގަންޑު ރީތިކޮށް ގަތާލަފަ ހުރި އިރު ވަރަށް ސާދާއެވެ.
” ކޮބާ، މަންމަ ކައިރީ ބުނީމެއްނު މޭކަޕު ކޮށްގެންނޭ އެއައީ”
“ޕިސްޕިސް ހަމަ ފުނާ އަޅާލިޔަސް ތި ވަރުވާތި”
“ދެން އެންމެ ރަންގަޅު، ތޮޅުން ފަށާނެ ކަމެއްނެތް”
” ޒައިނީ މެންގެއަށް ގުރޫޕު ޕްރޮޖެކްޓު ހަދަން ދަނީ އިންގޭ”
“ބާއި”
ޒައިނީ ގަންޑާ ކީކޭ؟
” އަޅެ ޝައިދާން ގަންޑޫ، ނެއްތަ ކާއެއްޗެއް”
“ތެދެއް، ކަމަނާ މިޔަދު ކާއެއްޗެއް ނުހަދާ ދުވަހެއްތަ”
“ކޯއްޗެއްތަ ހަދާނި؟”
“އަހަރުންނަކަށް ނޭންގެ”
“ކަލެންނަކަށް ނޫންތަ ހަކުރު ބަސްތާ ކައްކަން އިންގެނީ”
” ބްރައުނީ ގަންޑެއް އަޅަމާ”
“ޔެސްސް”
“އެހެންވީމާ ކޯއްޗެއް ބޭނުމީ ތި ހަދަން”
“ލިސްޓު ހަދާފަ ގެނޭ”
“އޭރުން ފިހާރައިން އަންނަން ވާއިރަށް ރެޑީކުރަން ފެނެއެއްނު”
“ތެދެއް، އަން، މިޔޮއްތީ ބޭނުނުންވާ އެއްޗެހި”
ކައިރާ އޮތީ ކޮޓަރި ތެރޭ އޮތް ބޮޑު އަރާމު ތަންމަތީ އޮށޯއްވެގެންނެވެ. ސުކޫލުން އައީއްސުރެ އެންދަށް ޖެހުނު ގޮތަށް ގުޑާވެސް ނުލިއެވެ. ކައިރާ ކާން ނާންނާތީ ރޮޒަލިންޑާ ވެސް އެކޮޓަރީ ތަޅާތަޅާފަ ދިޔައީއެވެ. ކައިރާ ވިހެއީއިްސުރެ ކައިރާގެ މައިންބަފައިންނަށް މުހިންމުވީ ވިޔަފާރީއެވެ. ކުއްޖާއަށް 1 އަހަރު ފުރުނު ދުވަހުން ފެށިގެން ކިޔާރާ ވަޒީފާ އަށް އަންބުރާ ނިކުތެވެ. ކައިރާ ގެ މަންމަ ކިޔާރާ އަކީ ކުޑައިރުއްސުރެ މުއްސަންދި ދިރިއުޅުމަކަށް ލޯބިކުރާ މީހެކެވެ. މުއްސަންދި އާއިލާއަކަށް ލިބުނު ހަމައެކަނި ދަރިއަކީ ކިޔާރާ އެވެ. މި ސަބަބާހުރެ ކިޔާރާގެ ބައްޕަގެ މުދަލުގެ ހިއްސާދާރަކީ ކިޔާރާ އެވެ. ކައިވެންޏެއް ކޮށް ދަރިއަކު ލިބުމުންވެސް އުޅުމަކަށް ބަދަލެއްނައެވެ. ކިޔާރާ ކައިރާ އަށް 10 މަސް ވީއިރު ހަވާލުކުރި މެއިޑް އަކީ ރޮޒަލިންޑާއެވެ. ރޮޒަލިންޑާ އަކީ ކުދިން ލިބުމުގައި މައްސަލަ ހުންނަ މީހެެކެވެ. މި ސަބަބާހުރެ ކައިރާ ތުއްތުއުރުއްސުރެ ބަލަމުން އައީ އަމިއްލަ ދަރިއެއް ފަދައިންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


salaam hurihaa kiyuntherin mi part aslu mi part 8 alhuhugandu check nukoh upload kohdhevuneethi hurihaa kiyuntherinnah maafan edhen