Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާދީނީލޯބި

ލޯބީގެ ކުރި ދަތުރު 5

darkqueen38
darkqueen38 Level 210 Stories
September 20, 2023 6 Mins Read
0 Comments

ބަދިގެ ތެރޭ އަވަދިނެތި އުޅެމުންދިޔަ ރައިނާ އުޅުނީ ކޭކު އެޅުމުގެ މަސައްކަތުގައެވެ. އާދައިގެ ޗޮކްލެޓު ކޭކެވެ. ކޭކު މަތީ ޗާޗާ ބަދަނާއި ޗޮކްލެޓު އައިސިިންގް އެހީގައި އެ ކޭކު ރީތި ކުރަމުން ދިޔައެވެ. ރިފްޝާ އޭރު ވީ ނަފާ މެން ބަލާ އައުމުން އެ ގެއަށް ގޮއްސައެވެ. ރިޝްވާން އޭރު އުޅުނީ އެކި ފަހަރު މަތިން ބޭނުން ކޮށްފަ ހުރި ކުލަ ކަރުދާސް ގެ ބާކީ ހުރި އެތިކޮޅުތަކުން ސިޓިންގް ރޫމް ފާރު ޒީނަތްތެރިި ކުރުމުގައެވެ. އުފަން ދުވަސް ފާހަގަ ކުރުމަކީ މަންމަ އެއްގޮތަކަށްވެސް ރުހޭ ކަމެއް ނޫނެއެވެ. މަންމަ ކޭކެއް އެޅުމަށްޓަކައިވެސް ހުއްދަ ދެއްވީ ވަރަށް ހާލުންނެއެވެ. ބައްޕަ ނެތުމުގެ ޝަކުވާ އަބަދުވެސް ހިތަށް ކުރެވެނީ އެހެން ކުދިންގެ ބައްޕަމެން ހަދިޔާ ދޭ މަންޒަރު ފެންނާތީއެއް ނޫނެއެވެ. ބައްޕަ ނެތުމުގެ ޝަކުވާ ހިތަށް ކުރެވެނީ ބައްޕަ އާއި ނުލާ އާއިލާ ފުރިހަމަ ނުވާތީއެވެ. ބައްޕަ އާއި އެކު ހޭދަކޮށްލެވުނު އުފާވެރި ވަގުތުކޮޅުތަކަކީ ދުވަހަކުވެސް ހިތުން ފިލައިގެން ދާނެ ހަނދާން ތަކެއް ނޫނެއެވެ.

ކައިރާ ކޮޓަރީ ސޯފާގަ އޮތް އިރު ކަންފަތަށް ހެޑު ފޯނު ޖަހައިގެން އިނީ ފިލްމުގެ ތެރެއަށް ގޮސް ހުސްވެފައެވެ. އޭނާ އަށް ވެސް މިޔަދަކީ ކޮން ދުވަހެއްކަން އެންގެއެވެ. އަދި މިޔަދު އެކުވެރިޔާއަށް މުހިންމުވާނޭކަން ވެސް ދަނެއެވެ. ކައިރާ ދެކޭ ގޮތުގައި ރައިނާ އަކީ އެކުވެރިއަަކަށް ވުރެ ބޮޑަށް އޭނާއަށްޓަކައި ޚިދުމަތް ކޮށްދޭން އުޅޭ ޚާދިމާއެކެވެ. އަދި އެ ކުޑަ އާއިލާ އަކީ ބަދުނަސީބު އާއިލާއެކެވެ. ގުރޭޑް 7 އަކަށް ދިޔަޔެއްކަމަކު ވިސްނުން ހުންނާނީ މި ފަދަ ގޮތަކަށެވެ. ނަމަވެސް ނަސީބު ވެރިންނާއި ބަދުނަސީބު ވެރިންނަކީ ކޮބައިކަން އަދި ފަހުން އެންގާނެއެވެ. މުޅި ސުކޫލުގައިވެެސް އޭނާ އަށް ވާހަކަދައްކާ ހަމައެކަނި ކުއްޖަކީ ރައިނާ އެވެ.

ގިނަ ފަހަރަށް ރައިނާ ކުރިމަތީ އައިސް ސުވާލުކޮށް ހަދައެވެ. ކައިރާ ފަދަ ކުއްޖަކާއެކު އަބަދު ތިއުޅެނީ ކީއްވެގެން ހެއްޔެވެ؟. ނުވަތަ ކައިރާ މުއްސަންދި ވީމަ މުދާކޮޅު ފަހަތުން ނެއްޓެން ނޭންގެނީ ދޯ އެވެ. މި ފަދަ އެތައް ފުރައްސާރައެއް އެ ފަކީރަށް ކުރާއިރު ކައިރާ އަށް ކަމެއް ވާހެނެއްވެސް ހީނުވެއެވެ. އެ ފަދަ ކޮންމެ ވަގުތަކު ރައިނާ ރައްދު ދެނީ ހަނު ހުންނަމުންނެއެވެ. އެ ދުލުން ދުވަހަކުވެސް އެ ކުދިންނަށް ވިޔަސް ކައިރާ އަށް ވިޔަސް ދެކޮޅަށް އެއްޗެކޭ ނުބުނާނެއެވެ. މިޔަދު ރައިނާގެ ހާލަތުން ރައިނާ އަށް ކައިރާ އާ އެކު އުޅުމަށް މަޖުބޫރު ކުރަނީއެވެ. އެ ހާލަތު ބަދަލުވާ ދުވަހަކުން ކައިރާ އަށް ރައިނާ ގެއްލިދާނޭ ކަމާމެދު ޝައްކެތް ނެތެއެވެ.

މަންމާ. މަންމާ. ސުކޫލުން އައި ގޮތަށް މަލްޝާ ބޭނުން ވީ މަންމަ ހޯދާދޭށެވެ.

” ދަރިފުޅާ ކިހިނެއްތަ ވީ؟

” ހާދަ އުފާވެރި ކަމެއް ދިމާވެއްޖެހެން މަންމަ އަށް ހީވޭއެވެ.”

” މާ ބޮޑު ކަމެއް ނުވޭ.”

” މަދަހަ މުބާރާތަށް ކުދިން ހޮވަން ޢިޢުލާން ކޮށްފި.”

” އެހެންތަ”

” މަލޫ ބޭނުންނަމަ ހަމަ ބައވެރިވާން ވީ”

” އޮންލައިންކޮށް ފޯރމް ލާން އިންނަނީ.”

” ހިތަށް އެރީ ހަމަ ބައިވެރިވެލާނީ އޭ.”

” ވަނައެއް ނުލިބުނަސް ބައިވެރިވީ ކަމުގެ ލިޔުން އޮންނާތާ.”

” ދަރިފުޅާ ތިހެން ނުބުނޭ.”

” އިންޝާﷲ ދަރިފުޅަށް ރަންގަޅު ކާމިޔާބީއެއް ލިބޭނެ.”

” ދެންދޭ ފެންވަރާ ހަދާލަން”

ލައްބަ އޭ ކިޔަމުން ދުވެފަ ދިޔަ މަލްޝާ ފެނި ހިނިތުންވެވުނެއެވެ. އައިދާ މެން ކައިރީ އުޅޭއިރު ގެންގުޅޭ ކުޑަކުދިން ގެ ގޮތްގަންޑު ބަދަލެއް ނުވާނެކަން އެންގޭތީއެވެ.

ރާއިކް ކިޔަވަން އިންދެފައި ކުއްލިއަކަށް ހަންދާން ވީ ކަމެއް ފަދައިން ދަބަހުން ޓެބު ނެގިއެވެ. އަދި މުދައްރިސް ލާފައިން މަދަހަ މުބާރާތުގެ ފޯރްމް ހުޅުވާ ބަލާލިއެވެ. އިންޓަރް ހައުސް މަދަހަ މުބާރާތުގެ އުސޫލުތަކާ ޤަވާއިދުތައް. ބޭނުންވާ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. މުބާރާތް ކުރިއަށް ދާނީ ފެބުރުއަރީ 20 އިން ފެށިގެން 27 ވަނަ ދުވަހާ ހަމައަށެވެ. މަދަހަ 3 ކަޑިއަށް ވުރެ އިތުރުވެގެން ނުވާނެއެވެ. ފޯރްމުގައި އަމިއްލައަށް ފުރަންޖެހޭ ހުރިހާ ބައިތަކެއް ފުރުމަށްފަހު ބޮޑުބެދައްތަ ހޯދުމަށްޓަކައި ގޭތެރެއަށް ދުއްވައިގަތެއެވެ. ބެލެނިވެރިޔާ ލައްވާ ފުރުވަންޖެހޭ ބައިތަކެއް ހުރުމުން އެ ބައިތައް ފުރުމަށެވެ. ރާއިކް އަކީ އަމިއްލައަށް މަސައްކަތް ކުރާ ކުއްޖެކެވެ. ސުކޫލު އެއްވެސް ކަމަކު ރާއިކް ކައިރީ ބުނެ ގަދަކަމުން ކުރުވާކަށް ނުޖެހޭނެއެވެ. ހަންދާން ނެތުމަކީ އިންސާނީ ތަބީޢަތުގައި ވެސް ހުންނަ ސިފައެކެވެ. ހުރިހާ މީހުންނަކީ ހުރިހާ އެއްޗެއްވެސް އެންގޭ މީހުންނެއް ނޫނެއެވެ. ރާއިކް އަށް ބައެއްފަހަރު ހަންދާން ކޮށްދޭން ޖެހުނަސް އަނެއްހެން ރާއިކް ގެ ކިޔެވުމުގެ އެއްވެސް ކަމެއްގައި ފާޑުކިޔާކަށް ނުޖެެހެއެވެ.

ދަބަހާ ފޮތްތަކާ އެ ނޫނަސް ކިޔަވަން ގެންގުޅުނު ސާމާނު ސޯފާއަށް ގުޅައަކަށް އެއްލާލިއެވެ. އުފާވެފަ ހުރީމަ ކަމެއް ރުޅިއައިސްގެންކަމެއް ޚުދު ނާއިފް އަކަށްވެސް ނޭންގެއެވެ. ހަމަގައިމުވެސް މި ވަގުތު އޭނާގެ ހަށީގައި ހިނގަމުންދާ އިޙުސާސްތަކަކީ މީގެ ކުރިން ދުވަހަކުވެސް އިޙުސާސްނުވާ މުޅިން އާ އިޙުސާސްތަކެކެވެ. މަލްޝާގެ އޮމާން ޖާދުވީ އަޑެވެ. އެ މަޑު ފެހި ކުލައިގެ ދެލޮލުގެ ބާރުގައިވަނީ ކޮންފަދަ ޖާދޫއެއް ކަންވެސް ނޭންގެއެވެ. އެހެން އޮއްވައި ކުއްލިއަކަށް ކަމެއް ހަަންދާންވެގެން ފުންމައިގެން ތެދުވެ ސްޓަޑީއަށް މިސްރާބު ޖެހިއެވެ. ކިޔަވާ މޭޒުމަތީ އޮތް ލެޕްޓޮޕް ކައިރީ ޗާރްޖަށް ޖަހާފަ އޮތް ޓެބްލެޓް ނެގިއެވެ. މަދަހަ މުބާރާތުގެ ފޯރްމު ފުރާލިއެވެ. އެއަށްފަހު ފެންވަރަން އަވަސްވެގަތީ މަންމަ އިރުކޮޅަކުން އައިސް ކިޔާނެކަން އިންގޭތީއެވެ.

ހަވީރުގެ ވަގުތެއެވެ. ނަފާ ތައްޔާރުވަމުން ދިޔައީ އެކުވެރިޔާގެ ގެއަށް ދިޔުމަށެވެ. ވަރަށް ރީތި ނޫކުލައިގެ އަތްްދިގު ކަކުލާ ހަމައަށް އަންނަ ހެދުމެކެވެ. ހެދުމުގެ މޭމަތީ ހުދު ކުލައިގެ މިނާފުށްތަކަކުން ވަނީ ޖަރީކޮށްލާފައެވެެ. ފަހަތަށް ދިގުކޮށް އިން ވަށްތިރި ހެދުމުގައި މާޝާﷲ ބުނާ ވަރަށް ރީއްޗެވެ. ކޮންޑުން ތިރިއަށް އަރާ ދިގު އިސްތަށިގަންޑު އެއްފަރާތަކުން ހުދު ކުލައިގެ މިނާފުށް ތަކެއް ލާފަ ހުރި ދައްޗެއް ހަރުކޮށްލިއެވެ. ކަރުގައި ވެސް ރިހި ކުލައިގެ ފަށެއް އަޅާލަމުން މަންމަ އަޅުވާފައިން ރަންފަށް ހެދުމުގެ އެތެރެއަށް ނުފެންނަ ގޮތަށް ފޮރުވާލިއެވެ. ކަންފަތުގައިވެސް ރިހި އެހެއް ހަރުކޮށްލިއިރު އެ އެހުގައި ނޫކުލައިގެ ޑައިމޮންޑެއް އިނެވެ. ތުންފަތުގަ ލިޕްސިޓިކް ޖައްސާލަމުން ދެލޯ ކަޅުކަންގަދަ އައިލައިނާ އަކުން ފަވާލިއެވެ. ވިކްޓޯރިޔާ ސީކްރެޓް ގެ ވެނީލާ ސެންޓުފުޅިން އިތިކޮޅެއް ގަޔަށް ބުރުވާލުމަށްފަހު ލޯގަންޑުން ފެންނަަން ހުރި ސޫރައަށް ބަލާލިއެވެ. ހިތް ފުރިއްޖެހެން ހީވުމުން އެންދުމަތީ ނޫކުލައިގެ ވިދާ ކަރުދާހުން ބަންދުކޮށްފަ އޮތް ހަދިޔާ ފޮށިގަންޑު ހިފައިގެން ތިރިއަށް ދިޔައެވެ.

ވާއު.

” ނަފޫ ކޮންތާކަށް ދާން ތިހާ ރީތިވެގެން؟”

ނަފާ އަކީ އާންމުކޮށް އެހާ ރީތިވުމަށް މަސައްކަތްކުރާ ކުއްޖެއް ނޫނެއެވެ. ގިނަ ފަހަރަށް އޭނާ ބޭރަށް ދާއިރު އަޅާނީ ތަންޑިފަޅިއެއް ނުވަތަ އަންގޮށްޓިއެކެވެ. ނަފާ މިހާ ރީތިވާނީ ހަމަ ޔަޤީނުންވެސް އޭނާއަށް ވަރަށް ޚާއްސަ ތަނަކަށް ދާންކަން ނާއިފް އަށް ނަގައިގަނެވުނެއެވެ.

ވޮވް.

” ދޮންތި ހާދަ ބުލޫ އޭ”

” ކިހިނެއްވީ ނާޔޫ ދޮންތި ބުލޫ ލީމަ ހަޑިތަ”

ނޯ.

” ރިފޫ ދައްތިއަށް ނާޔޫ ފަރާތުން ވެސް ވިޝް ކޮށްދެއްޗޭ”

” ދޮންބެ ފަރާތުން ވެސް އިންގޭ”

ކުޅެން ދިޔުމަށްޓަަކައި ބޫޓުގެ ނާޑުވާ އައްސަން ހުރި ނާއިފް އަށް އޭނާގެ ކޮއްކޮމެންގެ ވާހަކަތަކަށް އަންގަ ނުބާނާ ނުހުރެވުނެއެވެ.

” ޔެސް، އެކަމު ދޮންބެ ޗޮކްލެޓެއް ދޭ މަތިން”

” ރިފޫ އަށް ދޭން ދީފާނަން ޗޮކްލެޓެއް”

” ދެން ނާޔޫ މެންނަށްށޯ؟”

“ދެން ފަހަރަކުން ދޯ”

ބައިސްކަލަށް އަރާ ދުއްވާލަމުން ނާއިފް ދަންޑާ ދިމާލަށް މިސްރާބު ޖެހިއެވެ.

ހަވީރުގެ ފިނިފިނި ވަގުތެވެ. އުޑުމަތި އޮތީ ހުދު ކުލައިގެ އެކި ވައްތަރުގެ ވިލާތަކުން ފަވާލާފައެވެ. ހަވީރުގެ ތާޒާ ފިނި ވައިރޯޅިން އިސްތަށިގަންޑު ހަރާބު ކުރަމުން ދިޔައިރު މަލްޝާ އަށް އުންދަގޫ ވެސް ނުވާ ފަދައެވެ. އޭނާގެ މިސްރާބު ހުރީ މިޔަދު ނާއިފް އާއެކު ދިޔަ ދިމާލަށެވެ. މަލްޝާ އަކީ ދުވަހަކުވެސް ފިރިހެން ކުއްޖަކާ ރައްޓެހިވި ކުއްޖެއް ނޫނެއެވެ. އޭނާ ދެކޭ ގޮތުގައި ފިރިހެނުންނަކީ ދުވަހަކުވެސް އަންހެން ކުދިންނަށް ޤަދަރު ކުރަން އެންގޭ ބައެއް ނޫނެއެވެ. ފަހަރުގައި އެެއީ އޭނާއަށް ކަންތައްތައް ދިމާވެފަ ހުރި ގޮތުން ކަމުގައި ވާނެއެވެ.

އެއީ ގުރޭޑް 3 ގަ އުޅުނު އަހަރެއެވެ. ކިޔެވުމަށް ލޯބި ކުރާ މަލްޝާ ހުރީ ކިޔެވުން ފެށޭތީ ވަރަށް އުފަލުންނެއެވެ. މުޅިން އާ މުދައްރިސްތަކަކާއެކު އާ ކުލާސް ކުދިންތަކެކެވެ. ލޫތު އަށް މާ ކުރިން ވެސް މަލްޝާ އަކީ ކާކުކަން ވަރަށް ރަންގަޅަށް އެންގެއެވެ. މަލްޝާ އޭ ބުނެފިއްޔާ މުޅި އިސްކޫލުގައިވެސް އެއީ ކާކު ކަން ނޭންގޭ ވަރުގެ މީހުންނެއް އެ ސުކޫލަކު އެއް ނުހުންނާނެއެވެ. އާދައިގެ މެދުމިނުގެ އާއިލާއަކުން އައިއްސަހުރި ހުނަރުވެރި ވިސްނުން ތޫނު ކުއްޖެކެވެ. ސުކޫލުގެ ހުރިހާ މުދައްރިސުންގެ ޤަދަރާއު ލޯބި ލިބިފައިވާ މަލްޝާގެ ދިރިއުޅުން އެ ފުށް މިފުށަށް ޖެހުމުގެ އަސްލަކީ ވެސް ލޫތު އެވެ. އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ލޫތު ގެ އަމާޒުފަތްގަންޑަކަށް ވީ މަލްޝާ އެވެ. ލޫތު ވިސްނާ ވިސްނާވެސް މަލްޝާ ކުރިއަރައިގެން ދިޔުމުން ހުއްޓުވާނެ ގޮތެއް ނޭންގުނެއެވެ. ހަސަދަވެރިކަން ކަށީގައި ހަރުލައްވައިފި މީހާ ގެ ސަބަބުން ނޭންގި ކުށެއްނެތި އިންސާނުންނަށް އެ ދެވޭ ދެރައަކީ ނުވަތަ އަނިޔާ އަކީ އެ އިންސާނުންގެ ހަންދާނުން ފިލައިގެން ދާނެ ހަންދާން ތަކެއް ނޫނެއެވެ.

ރައިނާ ގެ ގޭތެރެއިން ކުދިން ގެ ހުނުމުގެ އަޑު ނޫން އެހެން އަޑެއް ނީވެއެވެ. ރައިނާ އާ ރިޝްވާން އާ ވެގެން މާ ބޮޑު ކަމެއް ނުކުރެވުނެއްކަމަކު ރިފްޝާ އުޅުނީ އުފަލުން މުޅި ގޭތެރޭ ދުވެދުއެވެ. މި މަންޒަރު ފެނުމުން ދެ މީހުން ކައިރިއަށް ވެސް ހިނި އައެވެ.

” ދޮންތާ”

” ލައްބަ”

” ޓެބްލެޓެއް އޮތް ނަމަ މިޔަދު”

” ވާން ކީއްކުރާ ޓެބްލެޓެއް”

” އޭރުން ފޮޓޯ ނަގާފަ ބެހެއްޓޭނެއްނު”

މިޔަދު މި ކުޑަ އާއިލާ އަކީ ތަނަވަސް އާއިލާ އެއް ނޫނެއެވެ. ނަމަވެސް އެ ކުދިންނަށް މިހާރު އެ ލިބިފައިވާ މިންވަރަށް ޝުކުރުކުރެއެވެ. މި ޕާރޓީގެ މައިގަނޑު ޚަރަދެއް ކުރީ ނަފާ ގެ އާއިލާ އިންނެއެވެ. ގިނަ މީހުންނާއި ކުދިން އަންނަމުން ދިޔައީ ވެސް އެހެންވެއެވެ. ރައިނާ މެން ޕާރޓީ ބާއްވަން އެއްބަސްވާން ބޭނުންނުވީ އެ އާއިލާއަށް ރައިނާމެންގެ އާއިލާގެ ފަރާތުން މާ ބޮޑު ކަމެއް ނުކޮށްދެވޭނެތީއެވެ. ނަމަވެސް އަހުމަދުބެ އާއި ޒައިޝައްތަ އައިސް އެ ކުދިން ސިޓިންގްރޫމުން ފޮނުވާލިއެވެ. އަދި ނަފާމެން ކައިރިއަށް އެ ގެއަށް ދިޔުމަށް ބުންޏެއެވެ. ރައިނާމެން އެންމެ ހާލުގައި ޖެހުނު ދުވަހު ގާތުގައި ހުރެ އެހީތެރިވީ ޒައިޝައްތަ އާއި އަހުމަދުބެއެވެ. އެހެންކަމުން އެ ދެމީހުންނަށާއި އެ އާއލިާ އަށް އަބަދުވެސް ޝުކުރުވެރިވެ އިޚުތިރާމު ކުރެއެއެވެ. ބޭނުނުންނުވިޔަސް ރައިނާ މެންނަށް ގޮތްދޫކުރަން ޖެހުނީ އެހެންވެއެވެ. ރައިނާމެން އެ ގެއަށް ގޮއްސަ އައިރު ޕްރިންސަސް ތީމް އަކަށް މުޅި ގޭތެރެ އޮތީ ޒީނަތްތެރިކޮށްލާފައެވެ. އަދި ރައިނާމެން އެޅި ކޭކުގެ އިތުރުން ކާރްސަލް އެއް އިން ވަރަށް ރީތި ކޭކެއްވެސް މޭޒުމަތީ ބައިންދާފަ އިނެވެ.

ރާއިކް ތައްޔާރުވަމުން ދިޔައީ ރައިނާމެންގެ ގެ އިން ދަޢުވަތު ކާޑު ފޮނުވާފަ އޮތުމުން އެ ތަނަށެވެ. އެ ތަނުން ބޮޑުބޭބެ އާއި ބޮޑުބެދައްތަ އާ އެކު ސައިބޮއިގެން އޭނާ އާންމުކޮށް ދާ ގަސްދޮށު ކައިރިއަށް މިސްރާބު ޖެހިއެވެ. އަތިރިމަތީ މިޔަދު ވަރަށް ވެސް މީހުން މަދެއެވެ. ނަމަވެސް އެތާ ކައިރީ އިން ގަސްދޮށު ކައިރީ އިންދޯލީގައި އިން އަންހެން ކުއްޖާ އެތާ އިންނަން ވީ ކީއްވެކަން ރާއިކް އަކަށް ނަގައިނުގަނެވުނެއެވެ. ނޫކުލައިގެ ހެދުމެއް ލައިގެން ހުރި އިރު އެ އިސްތަށިގަންޑު ދައްޗެއްގެ އެހީގައި ހުޅިއެއް ޖަހާފަ އިނެވެ. ރާއިކް އަށް ފެންނަމުންދިޔައީ އެ އަންހެން ކުއްޖާގެ ފުރަގަސް ފަރާތެއެވެ. ފުރަގަހުން ވިޔަސް އެ އަންހެން ކުއްޖާ އަކީ ކައިރާކަން އެންގެއެވެ. ރާއިކް އަށް ނުވިސްނުނީ ކައިރާ މިތާ އެކަނި އިންނަންވީ ސަބަބެވެ.

ރައިނާގެ އެންމެ ގާތް އެކުވެރިޔާ ގެ ގޮތުގައި ހުރެ އެކުވެރިޔާގެ އުފަލުގައި ބައިވެރިނުވާންވީ ކީއްވެހެއްޔެވެ؟. ރައިނާ އާއި ކައިރާ އާ ދެކުދިންގެ މެދުގައި ދެބަސްވުމެއް ހިންގީ ބާވާއެވެ؟. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ރައިނާ އަކީ މަޑުމައިތިރި އަރާރުންވެ ގަދަބަސް ބުނާ ކުއްޖެއް ނޫނެކެވެ. ރައިނާ އޭނާގެ ދިފާޢުގައި ގަދަބަސް ބުނާނަމަ ކައިރާ އާ ރައިނާގެ ގުޅުން މިޔަދަކާ ހަމައަކަށް ނޯންނާނެއެވެ. ވީ އިރު މިޔަދު މިވީ ކިހިނެއްބާވާއެވެ؟. ޖަވާބެއް ނެތް ސުވާލުތަކުން ސިކުންޑި ފަޅައިގެންދާހެން ހީވަމުން ދިޔައިރު ދެ އަތުން ދެ ކަންފަތުގައި ބާރަކަށް އަޅާލިއެވެ. އަދި ގައިގަ ހުރިއްޔާ ހުރި ބާރެއް ލާފަ ދެލޯ މަރާލަމުން ހަޅޭއްލަވައިގަތެއެވެ. އެހެނީ އޭނާގެ ހަޅޭކުގެ އަޑު އެކަކަށްވެސް ނީވޭނެކަން އިންގޭތީއެވެ.

ކުޅެނިމިގެން ގެއަށްދާން އަވަސްވެގަތް ނާއިފް އަށް ކުއްލިއަކަށް މަލްޝާ މަތިން ހަންދާންވިއެވެ. އެހެންނޫނިއްޔާ ނާއިފް ކުޅޭތަން ބަލަން މަލްޝާ އަންނާނެއެވެ. އެހާ ގިނައިރު މަޑު ނުކުރިޔަސް އެ މަގުން ދުއްވާފަ ދާތަން ފެންނާނެއެވެ. މިޔަދު އެންމެ ފަހަރަކުވެސް އެތާ ކައިރިން ނުފެނުމުން މަލްޝާ އަށް ވީ ގޮތެއް ބަލައިލަން ނާއިފް ބޭނުންވިއެވެ. ބައިސްކަލުން މިސްރާބު ޖެހީ އޭނާއާ މަލްޝާ އާ ބައްދަލު ކުރުމަށް ދާ އަތިރި ޖޯލި އުންދޯލިތަކާ ދިމާލަށެވެ. އޭނާއަށް ހީވީ ހަމަ ރަންގަޅަށެވެ. ޖޯލި އުންދޯއްޔެއްގައި ފޮތެއް ހިފައިގެން އިން އިރު ހީވަނީ ކަމަކާ ވަރަށް ބޮޑަށް ފިކުރު ކުރާ ހެންނެވެ. މަޑުމަޑުން ބައިސްކަލު ޕާރްކް ކޮށްލަމުން ގޮސް މަލްޝާ ކައިރީ އިށީންނެވެ.

“ހާއި” ނާއިފް މަލްޝާ ކައިރީ އިށީންނަމުން ގޮވާލިއެވެ.

“ހާއީ” މަލްޝާ ވެސް މަޑުމައިތިރި އަޑަކުން ރައްދު ދިނެއެވެ.

އިންދޯލީގައި މަޑުމަޑުން އިން އިރު އަތުގަ އޮތް ޑްރޯވިންގް ބްލޮކްގައި ފަންސޫރު ކާތަން އިނެވެެ.

” މަލްޝާ ކުރަހަންތަ”

” ހޫމް”

” ވަރަށް ރީތި”

” ތެންކިޔު”

ކުރިމަތިން ފެންނަމުންދިޔަ ތަސްވީރު އެއްވެސް އުނިކަމެއްނެތި ގަންޑުގައި ފަންސޫރު ކާތަން އިންގޭނީ ވަރަށް ވެސް ހުނަރުވެރި މީހަކަށެވެ. މަލްޝާ ގެ ކުރެހުން އެއްކޮށް ފުރިހަމަ ނުވިޔަސް މަލްޝާގެ ކުރެހުމުގެ ހުނަރު ފެނި ހަމަގައިމުވެސް ނާއިފް އާސޯޚްކޮށްފިއެވެ.

މަޤުރިބު ނަމާދަށް ބަންގި ގޮވިއިރުވެސް ކައިރާ އިނީ އުންދޯލިން ގުޑާވެސްނުލައެވެ. އިރުއޮއްސޭއިރު އަތިރިމަތީ ހުރުމުގެ ނުރައްކާތެރިކަން އެންގޭއިރުވެސް ކައިރާ އަށް ވެސް ނޭރިއެވެ. އެހެން ނޫނިއްޔާ ފޫހިވާތީ އޭނާގެ ފޫހިފުލަވައިދޭން އަންނަ ރައިނާ މިޔަދު އެންމެ ފަހަރަކުވެސް ކައިރާ ހޯދާކަށް ނޫޅެއެވެ. ސިކުންޑީގައި ރާވާމުން ދިޔައީ މާދަން ރައިނާ އާ ދިމާލަށް ރަންގަޅަށް ބަވާލުމަށެވެ. އެކަން ކުރަންވެއްޖެނަމަ މާދަން ސުކޫލަށް ދާން ޖެހޭނެއެވެ. ކިޔެވުމަކީ ކައިރާ ދެކޭ ގޮތުގައި ހޭދަކުރެވޭ ބޭކާރު ވަގުތުތަކެވެ. ސުކޫލަށް ދާ ހިތްނުވާ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ މުދައްރިސުން އެދޭ ނަސޭޙަތްތަކެވެ. މުދައްރިސުންނަށް ބަދަލުނުވާނެކަން އެންގޭ އިރުވެސް ފާޑެއްގެ ގޮންޑިއެއްގައި އެތައް އިރަކު ބައިންދައިގެން އެކިޔާ އެކައްޗެއް ކިޔާފަ ހުރެދާނެއެވެ. ބައެއްފަހަރު މުޅި ސުކޫލުގެ ދަންފަޅިވެސް މި ގޮތުގައި ހޭދަވެގެން ދެއެވެ.

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

darkqueen38
Follow Me Written By

darkqueen38

Level 210 Stories

Im a girl who loves reading and writing her own story. Through my fantasies in my own world.

Other Articles

Previous

ޔާރާ އަހާށޭ 16

Next

އަލްމާ

Next
September 20, 2023

އަލްމާ

Previews
September 19, 2023

ޔާރާ އަހާށޭ 16



All Right Reserved!