Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް 35

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
December 12, 2024 5 Mins Read
5 Comments

މިންހާ އާއި އެރިކް އަދި އިޝަލްއާ ދެމެދު ބޮޑު ފާރެއްލެވިގެން ދިޔައެވެ. މިންހާ އަދިވެސް ހުރީ އިޝަލްދެކެ ހިތްހަމަ ނުޖެހިފައެވެ. އިޝަލް އަދި އެރިކް ތިބީ ކުރެވުނު ކަންތަކާ މެދު ކުއްވެރިކަން އިހްސާސް ކުރެވި އަނގައިން ބުނަން ނުކެރިފައެެވެ. އޭގެ އަސަރު އެމީހުންގެ ކުޅުމަށް ވެސް ކުރިއެެވެ. ޕްރީ ސީޒަންގައި އެމީހުން ކުޅުނު މެޗުތަކުގައި އިޝަލް އާއި އެރިކް ރަނގަޅަށް މުޢާމަލާތު ނުކުރުމުގެ ސަބަބުން ދެ މެޗުން ބަލިވިއެވެ. އެހެން ކުޅުންތެރިންނަށް ވެސް އެދެމީހުން ދެމެދުގައި ކޮންމެސް މައްސަލަ ޖެހިއްޖެކަން ރޭކައިލިއެވެ.

 

ޕްރީ ސީޒަން ޓުއާރ ފަހުން ކުޅުންތެރިން އެނބުރި އިނގެރޭސި ވިލާތަށް އައީ ފުޓުބޯޅަ ސީޒަން ފެށުމުގެ ހަފްތާއެއް ކުރިންނެވެ. ޓްރާންސްފާރ މާކެޓުގައި ގިނަ އަދަދެއްގެ ކުޅުންތެރިން އެހެން ކުލަބުތަކަށް ބަދަލުވަމުން ދިޔައެވެ. ފްރާންސް ލީގުގެ އެންމެ ވަރުގަދަ ކުލަބު ކަމުގައިވާ ޕީއެސްޖީ އިން އެރިކް ބޭނުންވިއެވެ. އެމީހުން އާސެނަލްއަށް އެރިކް ގަންނަން ހުށަހެޅުމުން ފުރަތަމަ އާސެނަލް އިން ދެކޮޅުހެދިއެވެ. ޕީއެސްޖީއިން ކިތަންމެ ބޮޑު އަގެއް ހުށަހެޅިކަމުގައި ވިއަސް އެރިކް ނުވިއްކާނަން ކަމުގައި އާސެނަލް މެނޭޖުމެންޓުން ބުންޏެވެ. ދެވަނަ ފަހަރަށް ޕީއެސްޖީން އެދުނީ ލޯނު އުސޫލަށް އެރިކް ދޫކުރުމަށެވެ. އާސެނަލް އިން އެގޮތް ބޭނުމެއްނުވިއެވެ. އެހެނަސް އެރިކް އަމިއްލައަށް އެދުމުން ދެކުލަބުގެ ދެމެދުގައި މަޝްވަރާތަށް ފެށުނެވެ.

އެރިކްގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. އާއިލާ ލަންޑަނަށް ގެނައްސައި އޭނާ އެދަނީ އެނބުރި ޤައުމަށް ދާށެވެ. ޕީއެސްޖީއަށް ބަދަލުވުމުގެ ހުރިހާ ކަމެއް ވަނީ ހަމަޖެހިފައެވެ. ދެން އޮތީ ހަމައެކަނި މެޑިކަލް ހެދުމަށް ފަހު ސޮއެ ކުރުމުވެ. އޭނާ ޕީއެސްޖީއަށް ބަދަލުވާކަން ، އާއިލާގެ އިތުރަށް މިންހާ ގާތުގަ ވެސް އަދި ނުބުނެއެވެ.

 

އިޝަލްގެ ހަމަޖެހުން ނަގާލީ މީހަކު ބާރަކަށް އޭނާ ކޮޓަރީ ދޮރުގައި ތަޅަން ފެށުމުންނެވެ. ނުހަނު ހަމަޖެހިގެން އޮއްވާ އެމީހަކު އުނދަގޫ ކުރުމުން އޭނާ ގާތަށް ރުޅިއައެވެ. “އަހާން.. ކަލޭ ވެއްޖެޔާ ނިމުނީ އިނގޭ…” އަހާން ކަމަށް ހީކޮށް ދޮރު ހުޅުވި އިޝަލް މޫނުގެ ކުލަވަރު ބަދަލުވިއެވެ. ރުޅި ފިލާ ގޮސް ކަންބޮޑުވުމުގެ ކުލަވަރު އެރިއެވެ. “ކުރިން ވެސް ބުނިން ދޯ މަށާ އެރިކްއާ ދެމެދަށް ވަންނަން ނޫޅެއްޗޭ! ކީއްވެ އަހަރެންގެ އުފަލަށް ހުރަސް އަޅަން ތި އުޅެނީ؟” ރުޅި އައިސް ރޮވިފައި ހުރެ މިންހާ ސުވާލުކުރިއެވެ. މިންހާ ދައްކާ ވާހަަކަ ފަހުމު ނުވެފައި އިޝަލް ހުއްޓެވެ. “އައި ހޭޓް ޔޫ އިޝަލް، އިޝަލްގެ ސަބަބުން އެރިކް މަށާ ދުރަން އެދަނީ، އަހަރެން އެކަންޏެއް ނޫން އޭނާގެ މުޅި އާއިލާއާ ވެސް، އެރިކް ނުލާހިކު އެކްސައިޓްވެފަ ހުރީ ފެމެލީއާ އެއްކޮށް އަލުން ދިރިއުޅެވޭތީ، އެކަމު އިޝަލް އާ ހެދި އެރިކް އެ ދަނީ” “މިންހާ ހަމަޖެހިބަ.. އެރިކް ކޮންތާކަށް ދާ ވާހަކަތަ ތި ދައްކަނީ؟” މިންހާ ރޮމުން ވާހަކަ ދައްކާތީ އޭނާ ކިޔާއެއްޗެއް ސާފުކޮށް އިޝަލްއަށް ދޭހައެެއް ނުވިއެވެ. “ހީ އިޒް ގޮއިން ބެކް ޓު ފްރާންސް، ސަޓަޑޭގަ ޕީއެސްޖީއަށް ސޮއެ ކުރަން” އާސެނަލްއިން އެރިކް ޕީއެސްޖީއަށް ވިއްކާލާނެކަމަކަށް އިޝަލް ޤަބޫލެއް ނުކުރެއެވެ. އެ ވާނީ މިންހާއަށް އޮޅުނީކަމަށެވެ. މިންހާއަށް އެއްޗެއް ބުނުމެއް ނެތި އިޝަލް ދިޔައީ އޭނާ ބައްޕަ ހޯދަންށެވެ. އަކްމަލް ގާތު އެރިކް ޕީއެސްޖީއަށް ދަނީތޯ އެހުމުން މިނެޓެއްހާއިރު މަޑުކޮށްފައި ބޯ ޖަހާލިއެވެ. އެރިކް އަމިއްލައަށް ބޭނުންވެގެން ދާން އެދުނީ ކަމަށް ބުންޏެވެ.

ފުރާންސަށް އުފަންވި ކަމުގަައި ވިއަސް އެރިކް އެންމެ ފޫހިވާ އެއް ކުލަބަކީ ޕީއެސްޖީއެވެ. ކިތަންމެ ބޮޑު އަގު ދިން ކަމުގައި ވިއަސް ޕީއެސްޖީއަށް ދާން އެރިކް ބޭނުންނުވާ ވާހަކަ އެކުވެރިން ގާތު އަބަދުވެސް ބުނާނެއެވެ.

 

މަންމަ އާއި ބައްޕަ ހިތްހަމަ ނުޖެހުނު ކަމުގައި ވިއަސް އޭނާގެ ނިންމުމަށް އެއްބާރުލުން ދިނެވެ. މިވަގުތު އެރިކްގެ ކެރިއަރަށް މުހިންމީ އެގޮތް ކަމުގައި ވާތީއެވެ. އެރިކް ދިއުމުން އެމީހުން ތިބެން ބޭނުންނުވި ކަމުގައި ވިއަސް މިއާ އާއި ދެންތިބި ކޮއްކޮމެންގެ ކިޔެވުމަށްޓަކައި ލަންޑަންގައި މަޑުކިރުމަށް މަންމަމެން ގާތުން އެރިކް އެދުނެވެ.

 

ގޯތިތެރޭ ހުރި މާ ގަސްތަކަށް ފެންދިނުމުގައި މިއާ އުޅުނެވެ. އަނގައިން ރާގެއް އަޅުވަމުން، ކުޑަކޮށް ނަށަމުން ދިޔައިރު ފެންނަ މީހަކަށް ހީވަނީ ޑިސްނީ ކާޓުނެއްގެ އަމީރާއެއް ހެންނެވެ. އަމިއްލަ ދުނިޔެއަށް ގެއްލިފައި އިނދެ މިއާ ފެން ހޮޅިން މުޅި ގޯތިތެރެއަށް ފެން ޖަހަން ފެށިއެވެ. މިއާއަށް ނޭންގުނު ކަމަކީ އެގަޑީ އިޝަލް އައިސް އެގެއަށް ވަން ކަމެވެ. ގޯތިތެރޭ ހުރި ވިނާޔާއެކީ އިޝަލް ވެސް ތެމިފޯވިއެވެ.

މިއާއަށް ބަލަހައްޓައިގެން އިޝަލް ދެއަތްމުއްކަވައިގެން އިނެވެ. ތެމި ފޯވެގެން އޭނަ ހުންނަތާ މިނެޓެއް ވީއިރުވެސް އެކަން މިއާއަށް ރޭކައެއް ނުލައެވެ. އަދިވެސް އެ ހޮޅިގަނޑުން މުޅިތަނަށް ފެންޖަހަމުން ދިޔައެވެ.

 

ފަހަތުން އައިސް މީހަކު އޭނާ ހިފަހައްޓާ ބަހައްޓާ އަތުގައި ހޮޅި އަތުލިއެވެ. ލިބުނު ޝޮކުގައި އިތުރު އެންމެ އަޑެއްވެސް ލައްވާލާކަށް މިއާއަށް ނުކެރުނެވެ. އޭނާ އަތުގައި ހިފައި އެމީހާއާ ދިމާއަށް އަނބުރާލުމަށްފަހު އޭނާގެ ދެއަށް ފުރަގަހަށްލާ ހައްޔަރު ކޮށްލިއެވެ. “މިއާ ޑާރލިންގް ޔޫ ރިއަލީ ނީޑް ޓު ސްޓޮޕް ޑުއިން ދިސް” މިއާ މަޑު މަޑުން ލޯ ހުޅުވާލީ އިޝަލްގެ އަޑު އިވުމުންނެވެ. އޭރު ސީދާ އޭނާގެ ލޮލަށް ބަލަހައްޓައިގެން އިޝަލް ހުއްޓެވެ. ތެމިފައި އޮތުމާއެކު އިޝަލްގެ އިސްތަށިގަނޑުން އެއްބައި އޮތީ މޫނުމައްޗަަށް ވެއްޓިފައެވެ. އޭނާގެ މޫނުން މަތިން ފެންނަމުން ދިޔައީ ނުރުހުންތެރިކަމެވެ. ވާނީވެސް އެހެންތާއެވެ. ފެނުގެ ހަމަލާ މިއާ، އިޝަލްއަށް އެދިނީ ދެވަނަ ފަހަރަށް ވިއްޔާއެވެ.

 

މިއާގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރުން އިޝަލްއަށް މަޖާވިއެވެ. މުޅި ކުއްޖާ އެކީ ރަތްވެގެން ގޮސް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. މޫނު މައްޗަށް ނުރުހުރުމުގެ ކުލަވަރު ދައްކައިގެން ހުރީ އިތުރަށް މިއާ ބިރުގެންނެވުމަށެވެ.

 

އަޅައަޅައިގަންނަމުން ވާހަކަ ދައްކަން މިއާ މަސައްކަތް ކުރިއެވެ. އެހެނަސް އިޝަލް ބަލަހައްޓައިގެން ހުރި ގޮތުން ދުލުން އެންމެ ލަފުޒެއްވެސް ބޭރު ކޮށްނުލެވުނެވެ. ލަދުން އިސްޖަހާލެވުނީ ބޭއިޚްތިޔަރުގައެވެ.

 

މިއާގެ މޫނު މައްޗަށް ވެއްޓުނު އިސްތަށިކޮޅު އިޝަލް އެއްފަރާތްކޮށްލިއެވެ. އަދި ދަތްދޮޅީގައި ހިފައި މައްޗަށް އުފުލާލިއެވެ. އިޝަލްގެ ކުއްލި ހަރަކާތުން މިއާ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްގެން ޤަބޫލު ކުރަން ދާތިވެފައި އިނދެވުނެވެ. “ޗިލް ބާރބީ، އެހާ ބިރުގަންނާކަށް ނުވާނެ، މިހާރު ހީވަނީ ޓޮމާޓޯއެއްހެން ހަހަހަހަ….” މިއާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އިޝަލް ހޭންފެށުމުންނެވެ. އިޝަލް ދިން ވަނަމުންނާއީ ހޭންފެށި ގޮތުން މިއާ ރަކިވިއެވެ. ” އެލެކް ވަރަށް ބޮޑަށް ސޮރީ ގަސްތަކު ނޫން، އެލެކް އައިކަމެއް ނޭންގޭ.. އެހެން ނޫންނަމަ ފެން ނުޖެހީމުސް….” ނަފްސު ހަމައަކަށް އަޅުވާލަމުން މިއާ މާފަށް އެދުނެވެ. އެއީ އެވަރުކަމެއް ނޫން ކަމަަށް ބުނެފައި އެރިކް ކޮބާތޯ އިޝަލް އެއްސެވެ.

 

މިއާއާ އެއްކޮށް ގޭތެރެއަށް ވަދެގެން އައި އިޝަލް ފެނުމުން އެރިކްއަށް ކޮޅަށް ތެދުވެވުނެވެ. ދެމީހުން ރަނގަޅަށް ސުލްހަ ނުވެ ހުއްޓާ އިޝަލް އޭނާ ގެއަށް އައުމުން ހިތުގައި ސުވާލު އުފެދުނެވެ. ބުނަންވީ ކީކޭކަމެއް ނޭންގި ހުއްޓުން އަރާފައި އެރިކްއަށް ހުރެވުނެވެ.

“މިއައީ ވަރަށް ބޮޑު ކަމަކަށް އެރިކްގެ ފަރާތުން އެދެންވެގެން. އަހަރެން އުއްމިދު ކުރަން އަހަރެންގެ އެދުމަށް އެރިކް ދެކޮޅު ނުހަދާނެކަމަށް..” އެރިކްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އިޝަލް އައި ބޭނުން އޭނާ ހާމަކުރިއެވެ. އިޝަލްގެ މޫނު މަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. އިތުރު އެއްވެސް އަސަރެއް އެމީނުން ފާޅެއް ނުވެއެވެ. ދެން ވެސް އެރިކްއަށް ބުނާނެ އެއްޗެއް ނޭންގުނެވެ.

އިޝަލް މިއާއަށް ބަލާލުމަށްފަހު މިއާ އަތުގައި ހިފިއެވެ. އިޝަލްގެ އެހަރަކާތުން މިއާއަށް ސިހުން ލިބުނެވެ. މިއާއެކޭ އެއްފަދައިން އެރިކްގެ ހައިރާންކަން ވެސް ބޮޑުވިއެވެ. އެއް ފަހަރު މިއާއަށް، އަނެއް ފަހަރު އިޝަލްއަށް ބަލާލިއެވެ. “އެރިކް އަހަރެން ބޭނުން އެރިކްގެ ކޮއްކޮއާ ކައިވެނިކުރަން..”

 

އެރިކްގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރު ފެނި އިޝަލް ގާތަށް ހިނިއަންނަ ގޮތް ވިއެވެ. އެރިކްއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް މިއާ އިޝަލް އަތު ތެރެއިން އޭނާގެ އަތް ފޮޅުވާލުމަށްފަހު އެއީ ދޮގެގޭ ބުންޏެވެ. އޭނާއާ އިޝަލްއާ ދެމެދު އެކަހަލާ އެއްވެސް ގުޅުމެއް ނެތްކަން އެރިކްއަށް ޔަގީންކޮށްދިނެވެ. “ބާރބީ، މަށެއް ނުބުނަމެއްނު އަހަރުމެން ދެމީހުންގެ ދެމެދުގަ ގުޅުމެއް އެބަ އޮތެކޭ.. މަ ބުނީ މަ ބޭނުމޭ ބާރބީއާ އިންނަން..” ދެފަރާތަށް ބޯހޫރާލަމުން އިޝަލް މިއާއަށް ބަލާލިއެވެ. އޭރުވެސް މިއާ ހުރީ އިޝަލް ދައްކާ ވާހަކައިން ވާނުވާގައެވެ. މިއާއަށް ރޮވެން އުޅޭހެން ހީވުމާއެކު އިޝަލް ބާރަށް ހޭންފެށިއެވެ. “ބާރބީ އަދި ރޯކަށް ނުވެއެއްނު…. ހަހަހހަ…. މަށެއް ނޫޅެމޭ ބާރބީއާ އިންނާކަށް…”ހަމަޖެހުމުގެ ނޭވާއެް މިއާއަށް ދޫކޮށްލެވުނެވެ. އިޝަލްއަށް ދެލޯ އަޅާލުމަށްފަހު އޭނާގެ ކޮޓަރިއަށް މިއާ ދިޔައެވެ.

 

މިންހާ އާއި ޒާާޔާ ތިބީ މިންހާގެ ކޮޓަރީގައެވެ. މިންހާ ހުއްޓުމެއް ނެތި އިޝަލްއަށް ކުދި ކިޔަމުން ދިޔައެވެ. މިންހާ ކިޔާ އެއްޗިއްސަށް ރައްދު ދިނުމެއް ނެތި ޒާޔާ އިނީ އަޑު އަހާށެވެ. އޭނާއަށް ބުނެވޭ އެއްޗަކުން މިންހާ އޭނާދެކެ ވެސް ރުޅި އަތުވެދާނެތީ ޒާޔާ އިނީ ބިރުންނެވެ. “ހަމަ ހުވާ މި ބުނީ، އަހަރެން އިޝަލްއަށް އުޅެން އުނދަގޫ ވާވަރު ކުރާނަން…..” “މިންނު ތިހެން ބުނާކަށް ނުވާނެ… އެލެކްއަކީ މިންނުގެ ބެސްޓް ފްރެންޑެއް ނޫންތަ، މަށަށް އެނގޭ އެލެކް ކުރީ ރަނގަޅު ކަމެއް ނޫންކަން، އެކަމު އޭގެ މާނައެއް ނޫން ދޯ މިންނު އޭގެ ބަދަކު ހިފަން ޖެހޭނޭ… ” ޒާޔާ ބެކީ މިންހާގެ ވިސްނުން ބަދަކު ކުރެވޭތޯއެވެ. މިވަގުތު އިޝަލްދެކެ އައިސްފައި ހުރި ރުޅީގެ ސަބަބުން އެމޭރުމުން ވާހަކަ ދެއްކި ކަމުގައި ވިއަސް އިޝަލްއަކީ މިންހާއަށް އެންމެ ޚާއްސަ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. “ޒީ… ހީ ލެފްޓް މީ އެލޯން…… ވިއްސާރަ ރެއެއްގެ އަހަރެން ނުވެސް ދަންނަ މަގަކަށް އެކަނި ކޮށްފަ ދިޔައީ.. އަހަރެން ރޮއެ ރޮއެ ހުއްޓަ… ނުދާން އާދޭސްކޮށްކޮށް އޮއްވަ ދިޔައީ އެކަނި ކޮށްފަ…އަހަރެންގެ އަމިއްލަ ނަފުސަށް ވުރެ އިޝަލްއަށް އިތުބާރު ކުރިން…. އިޝަލް ދުވަހަކުވެސް އަހަރެން އެކަނި ނުކުރާނެ ކަމަށް ، އެރެއަށް ފަހު އެ އިތިބާރު ގެއްލިއްޖެ…. އަހަރެންގެ އެލެކްއެއް ދުވަހަކުވެސް އެ ގޮތަށް އަހަރެން އެކަނި ކޮށްފައެއް ނުދިޔައީސް…އިޝަލްއަށް އޭނާގެ ރުޅި މުހިންމުވީ މަށަށް ވުރެ…” މިންހާގެ ރުޅި މައިތިރިވިއެވެ. މިންހާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ރުޅީގެ ބަދަލުގައި ހިތްދަތިކަން އޭނާގެ މޫނަށް ވެރިވިއެވެ. އެރޭގައި އިޝަލް އޭނ އެކަނި ކޮށްފައި ދިޔަ ގޮތް ދުވަހަކުވެސް ހަނދާންނެއް ނުނެތޭނެއެވެ. އެރޭ އޭނާއަށް އިހާސް ކުރެވުނު އެކަނިވެރިކަމާ. ބިރުވެރިކަން ހިތުން ފިލައިގެން ނުދާނެއެވެ.

 

މިންހާގެ ވާހަކަތަށް ދޮރު ކައިރީގައި ހުރި އިޝަލްއަށް އަޑު އިވުނެވެ. އޭނާގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލިހެންނެވެ. އެ ރޭގައި ކަންތަށް ކުރެވުނު ގޮތާއި މެދު ކުށްވެރިކަން އިހްސާސް ކުރެވުނެވެ. އޭނާގެ ފަރާތުން މިންހާ އަދި އެރިކްއަށް ވެސް ދެވުނު އަނިޔާގެ ބަދަލު ދޭން އަމިއްލަ ނަފުސަށް ވަޢުދުވިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ބޭވަފާތެރިޔަކީމޭ 14

Next

ބޭވަފާތެރިޔަކީމޭ 15

Next
December 13, 2024

ބޭވަފާތެރިޔަކީމޭ 15

Previews
December 12, 2024

ބޭވަފާތެރިޔަކީމޭ 14

5 Comments!

  1. Your fav bab says:
    December 12, 2024 at 7:04 pm

    Really kiyaaraa!!!!
    It’s been months and users and decades!!!!
    Why??? It took u so long to go this!!!
    Anyways it’s very beautiful and interesting keep it up!!!!
    Lots of love from me
    Next time make it fast

    1. Kiyara says:
      December 12, 2024 at 7:08 pm

      Hello thank you for the love and support,last few months i was unable to access esfiya website as i am living abroad that’s why it took me this long to update, I can’t promise that i am gonna update soon again but i will try my best to update and finish this story.. once again i want to thank everyone who’s supposed and ready my stories, luv you all and i appreciate all of you❤️❤️

    2. Kon babeh says:
      December 13, 2024 at 6:44 pm

      Meena ah hurihaa thaaku ves rude van dw egeny
      Furatahama ahaalabala e fakeeru kihineh tho and situation
      As reader first everyone should know writers or authors do have a life
      They will get bxy or things will happen to them also
      You have to connect with authors miyah vuren

      Thi person first ruin ehn author ehge mulhi comment section
      I can be stupid ey kiyaafa fashaany abadhuves

      Meena ehn myhunaa behi behi fa meehaku ehcheh bunaa irah bunaane thimanna nubehenees kyhkuran hey thi udhagu kurany or behney

      Cmon every time u started

      Mivaru ge meeheh nethigen

  2. Vempire girl says:
    December 12, 2024 at 8:31 pm

    Mi part vx varah varah reethi…
    Esfiya site hulhuvaali iru vx hiyeh nukuran mi vaahaka up vefa indhedhaaney…
    Up vefa inyma I was like what surprise you give…
    Dhn kiyaaly vrh vrh reethi…
    Mee hama vrh dhigu inthzarehge nimun…
    I can’t believe…..
    I can’t explain what I feel when I see this part up vefa inthan….
    Next part vx varah varah avahah up kohdheyne kamah ummeedhu kuran..
    Miaaa and ishal gulhuvahcheyy..
    And minhaa and erik vx ….
    They are made up for each other…
    Once again i love this part very very much ❤️❤️

  3. RIFSHA says:
    December 13, 2024 at 1:26 pm

    Whatt???dhen eshal ah ehen nahadhaba pls pls kiyaa.eshal kury rangalhu kameh noon ekam vxx.eshal and minnu mn ge dhemedhuga massala jehunyma aslu varah dhera vejje.hope Erik vx eshal ah maaf kuraane kamah because eii dhe bestie dho.mi vaahaka ge mi season ga ulhey enme reethi duo eii.mia and eshal gulhuvahchey ingey.mihaaru vaa gothun eba heevey ehen hen vaany.dhen Erik and minnu dhuru nukurahchey ingey kiyaa.mi vaahaka akee hama rifoo ge fav vaahaka thakuge there in vaahaka eh hehe
    Kon irakun next part?varah kiyaalaa hithun mi hiry kithanme lahun kiyaaalan libunass ok
    Love you kiyaa ❤️

Comments are closed.

Next Episodeމަންޒިލް 36←


All Right Reserved!