މަންޒިލް 34
“ރިކް؟” ހިނިތުންވެފައި އޭނާއަށް ބަލަން ހުރި އެރިކް ފެނުމުން މިންހާގެ ހާސްކަން އެކީ ފިލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އެރިކްގެ މޫނުގައި ހުރި ލޭފެނި ނުތަނަވަސްވިއެވެ. އެރިކްއަށް ރަނގަޅަށް ބަލާލުމުން އޭނާ ވަރަށް ބަލިކަށިކަން އެނގެއެވެ. މިންހާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އެރިކް އޭނާ ގައިގައި ބައްދާލަމުން މިންހާ ނިތުގައި ބޮސްދިނެވެެ. އެރިކްގެ އެ އަމަލުން ގުޑިލަން ވެސް މިންހާއަށް ނޭންގުނެވެ. މާ ގިނައިރަކު އެހެންނެއް ދެމީހުންނަކަށް ނުތިބެވުނެވެ. އެރިކް ގައިން ވަރު ދޫވެ ބިންމައްޗަށް ތިރިވިއެވެ.
***
އެމްބިއުލާސްގައި އެރިކް ހޮސްޕިޓަލަށް ގެންދެވުނެވެ. އަވަސް ފަރުވާދޭ ކޮޓަރިއަށް ވައްދާ އަވަސް ފަރުވާ ދެވުނެވެ. ގިނަ ޒަޚަމުތަކާއި އެކު ގެނައުމުން ހޮސްޕިޓަލުން ވަގުތުން ފުލުހުންނަށް އެންގިއެވެ.
ފުލުހުން އައިސް ފުރަތަމަ ވެސް ސުވާލު ކުރީ މިންހާއާއެވެ. އެރިކްއަށް އަނިޔާ ލިބުނީ ކިހިނެއްކަން ޚުދު އޭނާއަށް ވެސް ނޭންގެއެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ އަހާން އާއި ޒާޔާއަށެވެ. ނަސީބަކުން އެރިކް ވެއްޓުނު ވަގުތު ވެގެން ދިޔައީ އަހާން އާއި ޒާޔާއަށް ވެސް އެތަނަށް އާދެވުނު ވަގުތަށެވެ. އަހާން ވަގުތުން އެމްބިއުލާންސަށް ގުޅިއެވެ. އެރިކްއާއެކު މިންހާ ފޮނުވާފައި އޭނާއާ ޒާޔާ ކާރުގަ އަންނާނަން ކަމުގައި ބުންޏެވެ.
މިންހާ އަތުގައި ފޯނު ނެތުމުން އިތުރު މީހަކަށް ވެސް ނުގުޅެނެވެ. އެރިކް ގެނައިތާ ގަޑިއެއްގެ އިރު ވީއިރު ވެސް އަހާން ނާދެއެވެެ. އޭރުވެސް ފުލުހުން ހަރަކާތްތެރި ވަމުން ދިޔައެވެ.
ނަސީބަކުން އެރިކްެއަށް ނުރައްކާވާވަރުގެ ގެއްލުމެއް ނުލިބެއެވެ. ގައިގައި ވަރުޖެއްސުމަށް ގުޅާފައި ހުރި އައިވީފުޅި ހުސްވުމުން ދޫކޮށްލާނެ ކަމަށް ޑޮކުޓަރު އެންގިއެވެ. އެރިކް ހޭއެރުމުން ފުރަތަމަ ވެސް އެތެރެއަށް ވެއްދީ ފުލުހުންނެވެ. ފަސް ވަރަކަށް މިނެޓު ފަހުން އެމީހުން ނިކުމެގެން ގޮއްސިއެވެ. އެއާއެކު އެރިކް ގާތަށް ދިއުމުގެ ހުއްދަ މިންހާއަށް ލިބުނެވެ.
މިންހާ ސުވާލު ކުރުމުންވެސް އޭނާއަށް އަނިޔާ ލިބުނީ ކިހިނެއްކަމެއް އެރިކް ނުބުންޏެވެ. އޭގެ ބަދުލުގައި ވާހަކަ އޮޅުވާލިއެވެ.
އަހާން އާއި ޒާޔާ ހޮސްޕިޓަލަށް ވަނީ ޕޮލިހުން ނުކުމެގެން ދިޔަކަން ޔަޤީން ކޮށްފައެވެ. ރިސެޕްޝަނުގައި އިން ކުއްޖާ ގާތުން މަޢުލޫމާތު ހޯދުމަށްފަހު އެރިކްއޮތް ބަޔަށް ދިޔައެވެ. އެރިކްގެ ހާލު ރަނގަޅުކަން އެނގުމުން އަހާންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. “އޭ މިންނު ގޮވައިގެން ދޭބަ އެއްޗެއް ކާންދޭން، މިންނު ވެސް ހީވަނީ ގައިގަ ވަރުނެތް މީހެއްހެން، މަ މަޑުކޮށްލާނަން މިތާ” މިންހާ އެތަނުން ފޮނުވާލުމުގެ ބޭނުމުގައި އަހާން ޒާޔާ ގާތު އެދުނެވެ. ބަނޑުހައިވެފައި ހުރުމުން މިންހާ ވެސް ޒާޔާއާ އެއްކޮށް އެއްޗެއް ކާލަން ދިޔައެވެ.
“މަށެއް ނުބުނަން އަސްލު ވީ ގޮތެއް، އަހަރެން ބުނިން ޕޮލިހަށް މައްސަލަ ހުށަހަޅަން ބޭނުމެއް ނޫނެ، އެމީހުން ދެން އިތުރަށް ސުވާލެއް ނުކުރޭ” އަހާން ފުލުހުންގެ ވާހަކަ އެހުމުން އެރިކް ކިޔާދިނެވެ. އަހާންއަށް ފުން ނޭވައެއް ދޫކޮށްލެވުނީ އިޝަލްގެ ނަން އެރިކް ހާމަނުކުރާކަން ޔަޤީން ވުމުންނެވެ. އިޝަލްދެކެ ނުރުހިފައި ހުރި ކަމުގައި ވިއަސް އެކުވެރިޔާގެ ނަން ބަދުނާމުވާކަށް އަހާން ނޭދެެއެވެ. “އަހާން، ކޮންމެ ގޮތަކަށް ކަންތަށް ވިއަސް އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، އެލެކްއަށް ގެއްލުމެއް ލިބޭފަދަ ކަމެއް ގަސްތުގަ މަށެއް ނުކުރާނަން” އަހާންގެ މޫނަށް އެރި ކުލަވަރު ފެނުމާއެކު އެރިކް ބުންޏެވެ. އަހާން ބޯޖަހާލުމަށްފަހު އެރިކްގެ ވާހަކަ ޤަބޫލު ކުރާކަމަށް ބުންޏެވެ.
އެރިކްއަށް ވީ ގޮތް ޒާޔާ ގާތު އެހެމުން ޒާޔާ ވެސް ވާހަކަ ބަދަލު ކުރަން މަސައްކަތް ކުރީއެވެ. އޭނާއަށް ނޭންގި ބޮޑު ކަންތަށްގަނޑެއްް ވެއްޖެކަން މިންހާއަށް ރޭކައިލީ އެހިސާބުންނެވެ. ކުއްލިއަކަށް އިޝަލް މަތިން ހަނދާންވީ ދެނެވެ. ރުޅިގަދަވެގެން އޭނާ އެކަނި ހާލަށް މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ގޮތް ހަނދާންވުމާއެކު މިންހާ މެއަށް ނުބައި ގޮތެއްވިއެވެ. އެރިކްއަށް އެހާލު ޖެއްސީ އިޝަލްއޭ ސިކުނޑީގެ ކަނަކުން ގޮވާލިއެވެ. އެކަން ޤަބޫލު ކުރަން ބޭނުންނުވެ ހުރެ ޒާޔާ ގާތު އަހާލިއެވެ. އެ ސުވާލުން ޒާޔާގެ މޫނު ހުދުވެގެން ދިޔައެވެ. ޒާޔާ އަނގައިން ނުބުނި ކަމުގައި ވިއަސް އޭނާގެ ސުވާލުގެ ޖަވާބު ލިބުނެވެ.
ކުރެވުނީ ރަނގަޅު ކަމެއް ނޫންކަން އިޝަލްއަށް ވިސްނުނީ ރުޅިގަނޑު މައިތިރިވި ފަހުންނެވެ. މިންހާ އެކަނި ހާލަށް މަގުމައްޗަށް ދޫކޮށްލާފައި އާދެވުނީތީ އަމިއްލަ ނަފުސުދެކެ ރުޅި އާދެވުނެވެ. އަލައިކާއަށް ވީ ގޮތް ކިޔާދިނުމުން އޭނާގެ ރުޅި ވެސް އިޝަލްއަށް އަމާޒުވިއެވެ. ރޭގަނޑު ގަޑީ މިންހާ މަގު މައްޗަށް ދޫކޮށްލާފައި އައުމުންނާއި އެރިކްއަށް އަނިޔާ ކުރުމުންނެވެ. އަދި އިޝަލްގެ ރުޅިގަނޑު މައިތިރިކުރަން ދަސްކުރަންވެއްޖެ ކަމަށް ބުނެ އިޝަލްއަށް ނަސޭހަތްދިނެވެ. އަލައިކާގެ ރުޅިގަނޑު ކިރިޔާވެސް ފިނިވީ އަހާން ގުޅާފައި މިންހާ ފެނިއްޖެކަމަށާއި އެރިކްއަށް ވެސް މާބޮޑު އަނިޔާއެއް ނުވާކަން އެންގުމުންނެވެ.
އެރިކްއަށް އަރާމު ކުރަން ފުރުސަތު ދީފައި މިންހާ އާއި ޒާޔާ ގެއަށް އައެވެ. އަހާން އަމިއްލައަށް ބޭނުންވެގެން މަޑު ކުރީއެވެ. އެރިކްއަށް އަނިޔާ ކުރީ އިޝަލްކަން އެނގުމުން މިންހާ ވަކި އެއްޗެއް ނުބުނެއެވެ. އެކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކާކަށް ޒާޔާއަކަށް ވެސް ނުކެރުނެވެ.
މިންހާ އާއި ޒާޔާ ގެއަށް ވަން އިރު އިޝަލް އާއި އަލައިކާ ތިބީ ސިޓިންރޫމުގައި އެ ދެކުދިންގެ އިންތިޒާރުގައެވެ. އިޝަލް މިންހާއަށް ގޮވާލުމުން މިންހާ ބަލާލި ގޮތުން ހީވީ އޭނާ އަންދާ އަޅިއަށް ހަދައިފާނެހެންނެވެ. މިންހާގެ އެ ނަޒަރުން އިޝަލް ބިރުގަތެވެ. “އިޝަލް، މި ދައްކާ ވާހަކަ ރަނގަޅަށް އަޑު އަހާތި! އިޝަލް ބޭނުންވިއަސް ނުވިއަަސް އަހަރެން އެރިކްއާ އެއްކޮށް އުޅޭނަން. އައި ލަވް ހިމް. އެހެންވީމަ އިޝަލް ދެރަވެދާނެތީއޭ ކިޔާފަ މަށެއް އެރިކްއާ ވަތްކެއް ނުވާނަން، އިޝަލް ގާތު ކުރިން އަހަރުމެންގެ ރިލޭޝަންޝިޕް ނުބުނެވުނު ކަމަށްޓަކާއި މާފަށް އެދެން…..އެކަމަކު އިޝަލްއަށް ވެސް ހައްޤެއް ނެތް އެރިކްެއަށް އެފަދަ ބޮޑު އަނިޔާއެެއް ދިނުމުގެ… އެރިކް މަދެކެ ލޯބިވުން އެއީ ކުށެއް ނޫން.. ”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.






Mi part ves v reethi masha Allah
Can’t wait for next part
Erik and Minha dhuru nukurachey
You are so talented
Keep it up 👍
Love you ❤️
Mi episode ves varah reethi Masha Allah
Can’t wait for the next part
Erik and minnu ah vure rifoo aha maa gulhey eshal and minnu.
Dhen kiyaa ah dho ingeyni.because you know dho best Rifoo ah vure.
Sorry comment nukohlevuny ma fahun kiyaafa.aslu varah ufaa vey anehkaa ves mi story genesdheythee.medhu kandaalaafa vx genesdheythee ves.because this is one of my favourite story.football story eh veema.ehen stories aa varah thafaathu.your so talented ingey aslu vx
Once again mi episode ves varah reethi Masha Allah
Love you so much dear 😘
eshal aa minnu v ma kamaku nuheynu
erick aa minnu
ahan aa zaya
dn miya aa eshal
eyrun salhi vaaane
enmenah ves partners ves hama vaane dw heheh cux e 6 kudhin ennu myge maigadu bayakyves
vvv reeethi hykuran avahaha next part ves kiyaalanlibeyne kamah
Next ep kn irakun
Kaleyney mee foavahi foavahsah kiyaalan libey vhk eii thr?
Ehn nubunaa varaeii viyyaa 😐😐
Eii mahu genehsiyyaa dhn kuriah oii thaa nulibeyne kiyaakah.. dhn libeyny anna aharu…
Mi vhk huhtaa laifiyaa bunan v nu thimanna vhk liyun Hijra laifymey…
Dhn noonihyaa vhk up nukurevey sababu vx angaala dhevidhaane dhw….
Mi varun vhk nuliyunihyaa rangalhuvaane….
Dhn mi vhk kiyaahithun thibey myhun thiben v inthizaaru ya dhuvas guna gunaa…
Mee mihaaru vhk liyaa meehunge haalath…..