Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހަނދުވަރު ދިން އެރޭ … 16

Hudhufinifenmaa_
Hudhufinifenmaa_ Level 2100 Login10 Stories
December 1, 2024 8 Mins Read
8 Comments

​ހަނދުވަރު ދިން އެރޭ … 16

”މަންމާ …ކިހިނެއްވީތަ؟ ރީހާންއަކަށް ނުވެސް ގުޅޭ… !!“ މައިރާ ހާސްވާންފެށިއެވެ. ”ބައްޕަ ކައިރިން އަހާބަލަ.. ނޭނގެ ވެގެން އުޅޭ ގޮތެއް އަދި ސާފެއް ނުވޭ..“ ހަބީބާ ބުނެލުމާއެކު މައިރާ ހާދީ ހުރި ކޮޓަރިއަށް ދާން ހިނގައިގަތެވެ. ފަހަތުން ހަބީބާވެސް ގޮސް ދޮރުމައްޗަށް މަޑުކޮށްލި އިރު ހާދީ ފޯނުން ވާހަކަ ދައްކަން ހުއްޓެވެ.
”ކޮން ލޯންޗެއްތަ އެކްސިޑެންޓް ވެގެން އުޅެނީ.. ’ސަންސެޓް‘ މީހުންގެ ލޯންޗްތަ؟؟ “ ހާދީގެ އަޑު އިވުމުން މައިރާއަށް ވީގޮތެއް ނޭނގުނެވެ. އެވަގުތު އޭނާގެ ހިތް މޭގައި ތާށިވީކަހަލައެވެ. ކުރިޔަށް އަޅަން ނެގި ފިޔަވަޅާއެކު ހުއްޓުނީ ދެލޯ ބޮޑުވެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަހެން ހީވެއެވެ.

”ސަންސެޓް ލޯންޗާ އެހެން ލޯންޗެއް ޖެހި އެކްސިޑެންޓް ހިނގީ.. ދެ ލޯންޗް ބަންޑުންވެ މީހުން ގެއްލިގެން އެބަ ހޯދާ…އަނެއްކާ ކަނޑު އެހާ ގަދަ.. އެހާ ވިއްސާރަ…“ ހާދީގެ ރަހުމަތްތެރި ހަމީދުގެ ވާހަކައިން އޭނާއަށް ލިބުނީ އަނެއްކާވެސް ސިހުމެވެ. ސަންސެޓް ލޯންޗަކީ ރީހާން ދަތުރުކުރި ލޯންޗްކަން އޭނާއަށް ޔަޤީންވުމުން ދެފައިން ބާރު ދޫވެ ވެއްޓިދާނެހެން ހީވުމުން ކައިރީގައި ހުރި އެނދުގައި އިށީންނަން މަސައްކަތް ކުރިއެވެ. މަންޒަރު ބަލަން ހުރި ހަބީބާ ހުރި ބާރެއްލާފައި ގޮސް ހާދީއަށް އެހީވިއެވެ.
”ހަބަރެއް ވެއްޖެތަ..؟ ކިހިނެއްވީތަ؟؟ “ ހަބީބާގެ އަޑުގަަައިވީ ހާސްކަމެވެ. ހަބީބާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ހާދީ އަށް ބަލާލެވުނީ މައިރާގެ މޫނަށެވެ. އެއްފަހަރު މައިރާގެ މޫނަށް އަނެއް ފަހަރު ހަބީބާގެ މޫނަށް ބަލާލި ގޮތުން ހަބީބާގެ ހިތް ބިރުގަތެވެ.
” ރީހާން.. ރީހާން ދަތުރުކުރި ލޯންޗް.. އެކްސިޑެންޓްވެ މީހުން ގެއްލިގެން ހޯދަނީ.. “ ހާދީގެ އަޑު އިވުމުން ހުއްޓި ހުރި މައިރާގެ އަތުގައި އޮތް ފޯނު ބިންމައްޗައް ވެއްޓުނީ ލިބުނު ޚަބަރުން ބޮލަށް އެނބުރުން އަރައިގެންނެވެ. ހަބީބާއާއި ހާދީ އެއްކޮށް ތެދުވެ މައިރާ ހިފެހެއްޓުނީ ކިރިޔާއެވެ. ”ދަރިފުޅާ… މައިރާ…“ މައިރާ އާއި ވާހަކަ ދެެއްކޭތޯ ހަބީބާ މަސައްކަތް ކުރިއެވެ. ހާދީގެ އެހީއާއެކު މައިރާ ގެންގޮސް އެނދުގައި ބާއްވަމުން ހަބީބާ އޭނާގެ ބޮލުގަައި ފިރުމާލިއެވެ. ހާސްކަމާއި ނުތަނަވަސް ކަމުން ހިތް ފުރިފައި އޭނާގެ ދެލޮލަށް ގިނަވަމުން ދިޔަ ކަރުނަ ހިންދާލަމުން ހިތްވަރުކޮށްފައި ގޮސް ފެންތައްޓެއް ހިފައިގެން އައިސް މައިރާއަށް ދެވޭތޯ ބެލިއެވެ. އޭރުވެސް ހާދީގެ ފޯނަށް ކޯލަކަށްފަހު ކޯލެއް އަންނަމުންދިޔައެވެ.
”ޔަޤީންތަ ރީހާން ދަތުރުކުރި ލޯންޗް ކަން އެއީ… ؟ އަދި ގުޅާބަލަ.. ރިސޯޓުގަ ނެތްތަ ދަންނަ މީހެއް.. ރީހާން ދިޔަކަން ޔަޤީން ވެދާނެއްނު އޭރުން…“ ހަބީބާ އުއްމީދު އާކުރަމުން އަނެއްކާވެސް ސުވާލުކޮށްލީ ހާދީއާއެވެ. ހާދީވެސް މަސައްކަތް ކުރަމުން ދިޔައީ ރިސޯޓުން މީހަކާ ގުޅާލެވޭތޯއެވެ. ލިބުނު ޚަބަރު ދޮގަކަށް ވޭތޯ ހިތުން ދުޢާ ކުރަމުންނެވެ.
ބޮލަށް އެނބުރުން އެރިގޮތަށް ކައިރީގައި ތިބި ހަބީބާއާއި ހާދީގެ ވާހަކަތައްވެސް ވަމުންދާ ގޮތެއްވެސް މައިރާއަކަށް ފަހުމެއް ނުވެއެވެ. އޭނާ ހޭވެރި ކުރެވޭތޯ މޫނުގައި ފެން އުނގުޅަމުން ހަބީބާ އިރު އިރުކޮޅުން މައިރާއަށް ގޮވާލައެވެ.
” ދަރިފުޅާ … ލޯ ހުޅުވަބަލަ.. އަދި ނޭނގެއެއްނު ރީހާންވީ ރިސޯޓްގަ ނޫންކަމެއް.. މައިރާ..!! “ ހަބީބާ އުއްމީދު ކަނޑާލާކަށް ބޭނުމެއް ނުވިއެވެ.
އެގޮތުގައި ބައިގަޑިއެއްހާއިރު ފާއިތުވެ ދިޔަފަހުން ހާދީއަށް ރިސޯޓުން ރީހާން ދަންނަ މީހަކާ ގުޅާލެވުނެވެ. ” ރީހާން އެބަ އުޅޭތަ ރިސޯޓުގަ..؟ ޑިއުޓީއަށް ދިޔަތަ؟ “ ކެތްތެރިކަން ކޮޅުންލާފައިވީ ހާދީގެ އަޑުގައިވީ ނުތަނަވަސްކަމެވެ. ”ނާދޭ.. މިއަދު އަންނަން އޮތް ދުވަސް.. އެކަމަކު ރީހާނެއް ނާދޭ..“ ޖަވާބު ލިބުމުން ހާދީއަށް އޭނާގެ ބޮލުގައި އަތް ހާކާލެވުނީ މާޔޫސްވެއެވެ. ހަބީބާއަށް ބަލާލަމުން ހާދީ ދެފަރާތަށް ބޯ ހަލުވާލުމުން އޭނާއަށްވެސް އިތުރަށް ކެތެއް ނުކުރެވުނެވެ. އޭރުވެސް އެނދުގައި ވާނުވާ ނޭނގޭ ހާލަތުގައި އޮތް މައިރާއަށް ބަލާފައި ހަބީބާއަށްވެސް ރޮވުނީއެވެ.
*****

ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ގަޑީގެ ކަށި ހިނގާއަޑަށް ސަމާލުކަންދީގެން ޒާނާ އޮތެވެ. ކޮޓަރީގައިވާ ފަނޑު އަލިކަމުގެ ތެރެއިން އެ ގަޑިއަށް ނަޒަރު ހުއްޓާލައިގެން އޮތް އިރު އޭނާގެ ހިތާއި ސިކުނޑީގައި ދައުރުވަމުން ދިޔައީ ނޭނގޭ ކަހަލަ މާޔޫސްކަމަކާއި ނުތަނަވަސްކަމެވެ. ކޮންމެވެސް ބޮޑުކަމެއް ދިމާވާން އުޅޭހެން ހިތް ބުނެދޭކަހަލައެވެ. މުޅި ދުވަހު ވެހުނު ވާރޭ ހުއްޓާފައި އޮތް ނަމަވެސް ދުނިޔެވަނީ ވިއްސާރައިގެ ކުލަތަކުން އަލިނުވެއެވެ. ޖެހެމުން ދިޔަ ވަޔަށް ބޯލަނބަމުން ދިޔަ ގަސްތަކުގެ ގޮފިތަށް އިރު އިރުކޮޅުން ފުރާޅުގައި ތެޅެމުން ދާއަޑު މަޑުން ނަމަވެސް އިވެމުން ދިޔައެވެ. ހުޝާމް އޭނާ ގެއަށް ދިޔަފަހުން އެއްވެސް ޚަބަރެއް ނުވުމުން ހުޝާމް ގެ ހިތުގައި އޭނާއަށް މަޢާފު ދޭނެ ޖާގައެއްވެސް ނެތީބާއޭ ޝަކުވާކުރަމުން ފިކުރު ކުރަން އޮވެފައި ހުޝާމްއަށް ގުޅާލަން ފޯނު ނެގިއެވެ.
” ކީއްކުރަން ތި ގުޅަނީ…؟“ ފޯނު ނެގި ގޮތަށް ހުޝާމް ކޮށްލި ސުވާލުން ޒާނާއަށް އިހުސާސްކުރެވުނީ ހުޝާމްގެ ހިތްހަމަނުޖެހުމާއި ނުރުހުމެވެ.
”ހުޝާމް… އަހަންނަށް މަޢާފު ނުކުރާނަންތަ..؟ އަހަންނަށް މަޢާފުވެސް ނުކުރެވޭހާ ބޮޑު ކުށެއް ކުރެވުނީތަ..؟ “ ޒާނާ ހިތްވަރުކޮށްލާފައި ހިތުގައިވި ސުވާލު ކޮށްލިއެވެ.
” އަހަރެންގެ މަޢާފަކުން ކޮންކަމެއް ވަނީ..؟ އަހަރެން ނެތަސް އޭނަ ހުންނާނެއްނު.. އަހަރެން ދޫކޮށްލާއިރަށް ކައިވެނިވެސް ކުރެވޭނެއްނު.. ތި ދެމީހުން ދެމެދުގަ ހުރަހަކަށް ވެގެން މި ހުރެވެނީ މަށަކަށްނު؟؟ ..“ ހުޝާމް ދައްކަމުން ދިޔަ ވާހަކަތައް ޒާނާއަކަށް ނުވިސްނުނެވެ.
” ހުޝާމް … ކީކޭ ތި ކިޔަނީ.. ؟ “ ޒާނާގެ އަޑުގައިވީ ހައިރާންކަމެވެ.
”ނޭނގޭތަ މިއޮތް ހުރިހާ ދުވަހު އޭނައާއި ރައްޓެހިވެގެން ލޯބި ކުޅެމުން ދުވި އިރު؟ ..އަހަރެން ރަށުގައި ނޫޅޭނަމަ އޭނަ މިރަށަށް ގެނެސް ބައްދަލުކޮށް ތުނޑިއަށް މާފޮޅުވަން ގޮސް ހަދާފަ ތިއަހަނީ ކީކޭހޭތަ މިކިޔަނީ..؟ ތި ހުންނަނީ އަހަރެން ޒާނާ ދޫކޮށްލާނެ އިރަކަށް ބަލާކަށް ނޫންތަ؟ “ ހުޝާމް ހުރީ މައިރާ ދެއްކިވާހަކަތައް ޤަބޫލުކޮށް ރަނގަޅަށްވެސް މައިރާ އޭނާގެ ހިތުގައި ރޯކުރި ނަފްރަތުގެ އަލިފާނުގައި އަނދަން ތައްޔާރަށެވެ.
”ހުޝާމް.. ތި ހީކުރަނީ އަހަރެން މީ ހަމަ އެހާ ގޮތެއް ނެތް މީހެކޭތަ..؟ “ ހިތުގައި ޖެހުނު ވަރުން ޒާނާ އޭނާގެ ލޮލުން ފޫދެމުން ދިޔަ ކަރުނަތަށް މިނިވަންކޮށްލަމުން މަޑުމަޑުން އަހާލިއެވެ. ޒާނާގެ އަޑުން ހުޝާމްގެ ހިތަށް އަސަރު ކުރި ނަމަވެސް އޭނާގެ ރުޅި މައިތިރިއެއް ނުކުރެވުނެވެ. ” އާނ… މަވެސް ހިއެއް ނުކުރަން ތިއީ ތިކަހަލަ ކެހިވެރިޔަކަށް ވެދާނެ ކަމަކަށް.. ތި މޫނުމަތީގައިވާ މައުސޫމުކަމަކީ ހަޤީޤަތް ފޮރުވަން އަޅައިގެން އުޅޭ މާސްކެއްކަން މިހާރު އެނގިއްޖެ.. ކޮންމެ އެއްޗެއް ބުންޏަސް ދެން ޤަބޫލެއް ނުކުރެވޭނެ.. މަށަށް ހުރިހާކަމެއް އެނގިއްޖެ..ހުރިހާ ޝައްކެއް ފިލައި ލޯ ހުޅުވިއްޖެ..“ ހުޝާމްގެ ހިތުގައިވި ރުޅިވެރިކަން ޒާނާގެ ހިތް ޒަޚަމް ކުރަމުން ދިޔައިރު ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުންދިޔައެވެ.
” އަހަރެން ނުބުނަން އަހަރެންގެ ކުށެއް ނެތެކޭ… ތުނޑިއަށް ނުދަމޭވެސް.. އެކަމަކު ހުޝާމް ތި ބުނާކަހަލަ ގޯސްކަމެއް އަހަރެން ނުކުރަން.. “ ގިސްލަމުން ޒާނާ ވާހަކަ ދެއްކިއިރު ހުޝާމް އިތުރަށް ރުޅިގަދަވީއެވެ.
” ކޮންމެ މީހަކުވެސް ބުނާނީ ތިހެން.. ވަގަކު ވައްކަމެއް ކޮށްފަ އައިސް ބުނާނެތަ މި އައީ ވައްކަން ކޮށްފައޭ..؟ ބުނަންތަ ވާހަކައެއް .. އަހަރެންވެސް ގޮތެއް ނިންމައިފިން.. އަހަރެންގެ ފަރާތުން މަޢާފެއް ނުލިބޭނެ.. އަދި ބުނަން… ދެން ޖެހޭނީ އަބަދައްޓަކައި ތިހެން ހުންނަން.. ދުވަހަކުވެސް އޭނައާ އިންނަން ފުރުސަތެއް ނުލިބޭނެ.. އަހަރެންގެ ފަރާތުން މިނިވަންވާކަށް ވެސް ނުކެރޭނެ.. އަހަރެންގެ ގޭގަ އަހަރެން ގާތުގަ ކުރިން އުޅުނު ގޮތަށް އުޅޭކަށްވެސް ނާދެވޭނެ… ތި ހުރިތާ ތިހެން ހުރޭ އުމުރަށް…“ ރުޅިއައިސް ހުޝާމް ބުނި ކޮންމެ ޖުމްލައެއް ވީ ޒާނާގެ ހިތަށް ހެރުނު ތޫނު ތީރުތަކަށެވެ. އިތުރު އެއްޗެއް ބުނަން ވަގުތު ނުދީ ހުޝާމް ފޯނު ކަނޑާލިއެވެ.
ހުޝާމް ފޯނު ކަނޑާލުމުން ޒާނާ ގިސްލަ ގިސްލާފައި ރޯންފެށީއެވެ. ކައިރީގައި ނިދާފައި ތިބި ދެކުދިން ހޭލެވިދާނެ ކަމުގެ ބިރަށް އަނގަމަތީ އަތް އަޅަމުން އޭނާގެ ވޭނީ ރުއިމުގެ އަޑު ހިފަހައްޓާލަަމުން އޮށޯވެ ލޯމަރާލިއެވެ.

******

މެންދަންވެ ގަޑިން ދޭއް ޖަހަން ގާތްވީއެވެ. ސިޓިންގް ރޫމް ތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ހާދީ ހުރީ ގޮތް ހުސްވެފައެވެ. އިރުއިރުކޮޅުން އަތުގައި އޮތް ފޯނަށް ބަލާލަނީ ރީހާންއާއި ބެހޭ ޚަބަރެއް ލިބޭތޯއެވެ. ވީނުވީއެއް ބަލަން ހަދާނެ ގޮތެއް ދާނެ ތަނެއް ނެތެެވެ. ވިއްސާރަ އެ ތޫފާނީ ރޭ ވެގެން ދިޔައީ އޭނާގެ ޙަޔާތުގައި އައި އެންމެ ހިތް ނުތަނަވަސް ރޭކަމަށެވެ. އަމިއްލަ ދަރިއެއް ކަމުގައި ރީހާން ދެކެމުން އައި ހާދީގެ ހިތުގައި ވީ އިންތިހާ ބިރުވެރިކަމެވެ. ރީހާން ގެއްލިއްޖެއްޔާ ވާނީ ކިހިނެއްބާއޭ ހިތަށް އަރާ ކޮންމެ ފަހަރަކު އޭނާ ގައިން ހީބިހި ނަގައިގެންދެއެވެ.
ރޭގެ އަރާމް ނިންޖާއި ހަމަހިމޭންކަން ނަގާލައި ފިކުރުކުރުން ނޫން ކަމެއް ކުރެވޭކަށް އޭނާއަކަށް ނެތެވެ.

އަނެއްކާވެސް ހާދީއަށް ގުޅީ ޙަމީދެވެ. ” ތިން މީހެއްގެ ހަށިގަނޑު ފެނިއްޖެ.. ފެނުނު އިރުވެސް ޒަޚަމްތަކާ އެކު ނިޔާވެފަ…އަތޮޅު ހޮސްޕިޓަލަށް އެ މީހުން ގެންދަން އެބަ މަސައްކަތް ކުރޭ.. “ ޙަމީދު ދިން ޚަބަރުން ހާދީގެ ހުރިހާ އުއްމީދެއް ފެނަށްވެގެން ދިޔަ ކަހަލައެެވެ. ހާދީގެ އަޑެއް ނީވުމުން އަނެއްކާވެސް ޙަމީދު ވާހަކަ ދެއްކިއެވެ.
”ހިތްވަރު ކުރޭ .. މިކަހަލަ ހިތްދަތި ޚަބަރު ދޭންވެސް ފަސޭހައެއް ނޫން.. މީ އުނދަގޫ ވަގުތެއް… އަދިވެސް އުއްމީދު ކަނޑާ ނުލަމާ.. ފެނުނު މީހުން އެއީ ކޮންބައެއްކަން ޔަޤީންވާނީވެސް ހޮސްޕިޓަލަށް ގެންގޮސްގެން.. ޚަބަރެއް ލިބުނުހާ އަވަހަކަށް އަހަރެން ގުޅާނަން.. “
ޙަމީދުގެ ވާހަކަތަކަށް އާނ އެކޭ ބުނެލަމުން މާޔޫސްކަމާއެކު ހާދީ ހިނގައިގަތީ ކޮޓަރިއަށެވެ. އޭރުވެސް ހަބީބާ ވަރުބަލިކަމާއެކުވެސް މައިރާ ކައިރީގައި މަޑުކޮށްލައިގެން މައިރާއަށް ހިތްވަރުލައިދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
” މަންމާ .. އަހަންނަކަށް ރީހާންއާ ނުލާ ނޫޅެވޭނެ… އަހަރެން މަރުވެދާނެ… އެނގޭތަ.. ؟ ފުރަން ރީހާންދިޔައިރުވެސް އަހަންނަށް ރީހާން ދެއްކި ވާހަކަތަކަށް ޖަވާބެއްވެސް ނުދެވުނު.. ބަލާވެސް ނުލެވުނު… ރީހާން ކުރި އާދޭަސް އަޑުވެސް ނޭހުން…“ މައިރާ ރޮމުން ރީހާން އެންމެ ފަހުން ފުރަން ދަމުން އޭނާއާއި ދެއްކި ވާހަކަތަށް ހަނދާން އާ ކުރަމުން އޭނާގެ މަންމައަށް ކިޔާދެވޭތޯ ބެލިއެވެ.
އެ މަންޒަރު ފެނި މައިރާގެ ވާހަކަތައް އަޑު އިވުމުން ހާދީއަށް ހަމީދު ދިން ޚަބަރުވެސް ހަބީބާއަށް ދޭކަށް ނުކެރުނެވެ.
” ދަރިފުޅާ އަދި އެހާ އަވަހަށް އުއްމީދު ކަނޑާލާކަށް ނުވާނެ.. ކެތްތެެރިވެ ރީހާން ހެޔޮ ޙާލުގައި ފެނޭތޯ ދުޢާކުރޭ.. اللهގެ ރަޙުމަތުން މާޔޫސްވާކަށް ނުވާނެ.. އިރާދަ ކުރެއްވިއްޔާ ހުރިހާކަމެއް ރަނގަޅުވާނެ“ މައިރާ ކައިރީ އެނދުގައި އިށީންނަމުން މައިރާގެ ބޮލުގައި ފިރުމާލަމުން ހާދީ ބުންޏެވެ.
” ރީހާން މަންމަމެންނަށް ގުޅިންތަ؟ އިލްހާމް އާއި އަސްމާ ކައިރީ ބުނަންވާނެ ދޯ..؟“ ހަބީބާ އަހާލުމުން ހާދީ ބޯ ހޫރާލީ ނޫނެކޭ ބުނެއެވެ.
” ނޫން މި ދަންވަރު ދެން ރަނގަޅުވާނީ މި ޚަބަރު އެ ދެމީހުންނަށް ނުދީ މަޑުކޮށްލުން.. ބުނެގެން އަނެއްކާ ވާނީ ކިހިނެއް ކަމެއް ނޭނގޭ.. އަސްމާ އެއީ ނުލާހިކު ހިތްބަލި މީހެއް.. ރީހާނަކީ އޭނާގެ ދެލޯ.. ކިހިނެއް މި ޚަބަރު ދޭނީ..“ ހާދީ އޭނާއަށް ހީވާ ރަނގަޅުގޮތް ބުނެލުމުން ހަބީބާ ބޯ ޖަހާލިއެވެ.

ފަތިސްވެ އަލިވީ އިތުރު ޚަބަރެއް ނުލިބި މައިރާއަށާއި މުޅި އާއިލާ މޮޅިވެރި ކަމުގެ ތެރެއަށް ގެނބިގެންނެވެ. ކުރަމުން ދިޔަ ވިއްސާރައަކަށްވެސް ނިމުމެއް ނެތްފަދައިން ބޯ ވާރެޔާ ގުގުރުމާއެކު ގަދަވައި ޖެހެމުންނެވެ.

******

ހެނދުނު ހޭލައިގެން ހުޝާމް ތައްޔާރުވެލީ އޮފީހަށް ދާށެވެ. ދިގު ދަތުރަކަށްފަހު އޮފީހަށް ނުކުންނަ ފުރަަތަމަ ދުވަސް ކަމުން ފުރިހަމައަށް ތައްޔާރުވެލިއެވެ. ދުވަހުގެ މޫސުމާއި އޭނާގެ މޫޑާއި ގުޅޭހެން އެ ދުވަހަށް އޭނާ ޚިޔާރުކުރީ ކަޅުކުލައެވެ. ކަޅުކުލައިގެ އޮފީސް ގަމީހަކާ ޓަރައުޒާއެއްގައި އަޅި ކުލައިގެ ޓައީއެއް އަޅައިގެން ލޯގަނޑު ކުރިމައްޗަށް ހުއްޓި އޭނާގެ ރީތި ރާޅުބާނި އިސްތަށިގަނޑު އަތުން ފުނާއަޅާލިއެވެ. އަތުކުރީ ގަޑިއަޅައި ފޯނާއި ވޮލެޓް އަދި އޮފީސް ދަބަސް ނަގައިގެން ނުކުމެލީ އަށެއް ޖެހުމުގެ ކުރިން އޮފީހަށް ދެވޭތޯއެވެ.
”ދަރިފުޅާ ސައިބޮއެގެން ނޫންތަ ދަނީ؟ .. “ ހުޝާމް ފެނުމާއެކު ސަމީރާ އަހާލިއެވެ. ” ވިއްސާރައެއްނު.. ވާރޭ ވެހޭތީ އޮފީސް ކުއްޖަކާއެކު އޭނަގެ ކާރުގަ މިއަދު ދާން މިއުޅެނީ.. މިހާރު އަންނާނެ.. އެހެންވެ ވަގުތެއް ނެތް..“ ގޭގެ ދޮރު ހުޅުވާލަމުން ބޫޓު ހަރުގަނޑުން އޮފީސް ބޫޓު ނަގައި އެއަށް އަރަމުން ހުޝާމް ޖަވާބު ދިނެވެ.
”ދަރިފުޅާ .. ޒާނާ ކޮން އިރަކުން އަންނަނީ ގެއަށް…“ ހުޝާމް އަށް ބަލާލަމުން އަނެއްކާވެސް ސަމީރާ ސުވާލުކޮށްލިއެވެ. ޒާނާގެ ނަން އިވުމުންވެސް އޭނާގެ ބޮލަށް ވީ އުނދަގުލެވެ. ” އަދި ނޭނގެ..“ އަވަސް ޖަވާބެއް ދީފައި ކާރު އައިސް މަޑުކޮށްލުމާއެކު ހަލުވި ހިނގުމެއްގައި ކާރަށް އަރަން ހިނގައިގަތީ ވެހެމުން ދިޔަ ވާރެއިން ނިވާވާން އަތުގައި އޮތް ދަބަސް ބޯމައްޗަށް ނަގަމުންނެވެ.

” އޯ ހާދަ ސަޅިވެލައިން.. ހާއްސަ ކަމެއް އޮތީތަ..؟ “ ހުޝާމް ކާރަށް އެރުމާއެކު އޮފީހުގައި އޭނާއާއި އެކު އެންމެ ގިނަ ދުވަހު މަސައްކަތް ކުރަމުން އައި މުސްޠަފާ ހިނިތުން ވެލަމުން އަހާލިއެވެ. ” ކޮން ހާއްސަ ކަމެއް އޮންނާނީ ވަކި.. އޮބި ނޯންނަ ވަރަށް މަސައްކަތް… ނޫންތަ؟ “ ހުޝާމް ހީލަމުން ޖަވާބު ދިނެވެ.
” އާނ.. ތިބުނީ ރަނގަޅަށް .. އެކަމް އެނގޭތަ.. އެބަ އުޅޭ އަލަށް އޮފީހަށް ޖޮއިން ކުރި މަންޖެއެއް.. ހަފްތާއެއް ވީ އަދި.. އެބަ ޖެހޭ އޭނަ ޓްރެއިން ކުރަން.. މަ ވާ ބޯހަލާކު.. މަ މިހުންނަނީ ހުޝާމް ނައިސްގެން ލަސްވެފަ.. ޓްރެއިނިންގ ދޭން އެންމެ ފިޓް މީހަކީ ތީ ހަމަ.. “ ކާރު ދުއްވާލަމުން މުސްޠަފާ ކިޔައިދިނެވެ.
” ހްމްމް.. އޯކޭ ވާނެ.. ބަލާނަން..“ ހުޝާމް އާނއެކޭ ބުނެލަމުން ހިނިތުންވެލިއެވެ.
ދެމީހުން އެކި ވާހަކަ ތަކުގައި ގޮސް އޮފީހަށް މަޑުކޮށްލީ އޮފީހުގެ ސްޓާފް ޕާކިންގް އޭރިއާ އަށެވެ. އެވަގުތުވެސް ވާރޭ ވެހެމުން ދިޔައިރު ހުޝާމްއާއި މުސްޠަފާ އެކުގައި ކާރުން ފޭބި އިރު އިތުރު ކާރެއްވެސް އައިސް މަޑުކޮށްލިއެވެ. ކާރުން އައި މީހަކު ދޮރު ހުޅުވާލުމުން ހުޝާމް ބަލާލިއެވެ.
މަޑު ފިޔާތޮށި ކުލައިގެ ފްލޯރަލް ޓޮޕެއްގައި ހުދު ކުލައިގެ އޮފީސް ޖީންސެއް ލާފައި އުސް ކަށިލީ ފައިވާނަކަށް އަރައިގެން ހުރި އެ އަންހެން ކުއްޖާގެ ބުޅި އިސްތަށިގަނޑުވަނީ މިނިވަންކަމާއެކު ދޫކޮށްލާފައެވެ. އަތުގައި ޒަމާނީ ފެޝަނަށް ފެތޭ ކަހަލަ އަތްދަބަހެއް އޮތް އިރު އަތުކުރީގައި ސްމާޓް ވޮޗެއް އޮތެވެ. ރީތި ދޮން ހިމަތޮޅި ރޫފަ ރީތި ފަންމިންޏެކެވެ. ކާރުން ފައިބައިގެން ކާރުގެ ދޮރު ލައްޕާލަމުން މޫނުމަތީ ވަޔާއެކު ނަށަމުން ދިޔަ އިސްތަށިގަނޑު އަތުގެ އިނގިލިތަކުން ރަނގަޅުކޮށްލިއިރު ހުޝާމަށް އެ މޫނު ފެނި ހައިރާންވީ އޭނަގެ ލޮލަށް ފެންނަމުން ދިޔަ ސޫރަ ޔަޤީން ނުކުރެވިގެންނެވެ.

”ހާނީ…“ މުސްތަފާ ގޮވާލުމާއެކު ހާނީ ގޮސް މުސްޠަފާ ކައިރިޔަށް މަޑުކޮށްލަމުން ހިނިތުންވެލިއެވެ.
”ގުޑް މޯނިން މުސްތޮ..“ ހެނދުނުގެ ސަލާމް ކޮށްލަމުން ހާނީ ހުޝާމްގެ މޫނަށް ބަލާލިއެވެ. އޭރުވެސް ހައިރާންެ އާގަމަވެފައި ހާނީ އަށް ބަލަން ހުޝާމް ހުރީއެވެ
” ހުޝާމް .. މީ ހާނީ.. ހާނީ މީ ހުޝާމް..“ މުސްތަފާ އެ ދެމީހުން ތަޢާރަފްކޮށްދިނެވެ.
”ހާއި ހު..ޝާމް…ނައިސް ޓު މީޓް ޔޫ..“ ހުޝާމްއާއި ސަލާން ކުރުމަށް އަތް ދިއްކޮލަމުން ހާނީ ފުން ނަޒަރަކުން ހުޝާމަށް ބަލާލަމުން ހިނިތުންވެލިއެވެ. އެވަގުތު މުސްތަފާ ކައިރީގައި ބަލަން ހުރުމުން ހުޝާމްވެސް އަތް ދިއްކޮށްލަމުން ސަލާމް ކޮށްލައި ހިނިތުންވެލިއެވެ.
” ނައިސް ޓު މީޓް ޔޫ ޓޫ…“ ހުޝާމް އަވަސް އަވަހަށް އެއަތުން ދޫކޮށްލަން މަސައްކަތް ކުރަމުން ބުނެލި ނަމަވެސް ހާނީ ހުރީ ހުޝާމް ސަލާމަށް ދިއްކުރި އަތުގައި ބާރަށް ހިފަހައްޓައިގެން ހުޝާމްގެ މޫނަށް ބަލާށެވެ.
”ހިނގާ ދޯ އެތެރެއަށް .. މިތަނަށް ކިރިޔާ ވާރޭ ހިޔާވަނީ ނު.. ތެމިދާނެ ވަޔާއެކު ވާރޭ ވިއްސަމުން އަންނައިރު.. “ މުސްތަފާގެ އަޑަށް ހާނީ ހުޝާމްގެ އަތް ދޫކޮށްލައި އިސްޖަހާލީ ރަކި ގޮތަކަށް ހުޝާމަށް ހީލަމުންނެވެ.
ތ​ިން މީހުން އެކުގައި އޮފީސް ދޮރާ ދިމާއަށް ހިނގައިގަތް އިރު ހުޝާމްގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ” ގުޑް މޯނިންގ..“ އެކި ސްޓާފުންނަށް ހެނދުނުގެ ސަލާމް ކުރަމުން އެންމެންވެސް އެމީހަކަށް ހާއްސަ ކެބިން އެއްގައި ހަމަޖެހިލަމުން މަސައްކަތާއިގެން މަޝްއޫލުވެލިއެވެ.
” މިއަދުން ފެށިގެން ހާނީގެ ޓްރެނިންގ ކުރިޔަށް ގެންދާނީ ހުޝާމް.. އައި ހެވް ޓޯލްޑް ހިމް .. ހުޝާމް އަށް ވ ރަނގަޅަށް އެނގޭނެ މަސައްކަތްތައް ކުރިޔަށް ގެންދަންވާ ގޮތްތައް ކިޔާދޭން.. ސޯ ޔޫކޭން ގޯ ޓު ހިޒް ކެބިން ހާނީ.. “ މުސްތަފާ ހާނީގެ އަތަށް ފައިލްތަކެއް ހަވާލުކުރަމުން ހަދަންވީގޮތް ބުނެދިނެވެ.

ފަރި ހިނގުމެއްގައި މުޅި އޮފީހުގެ އެންމެންގެ ސަމާލުކަން ހޯދަމުން ގޮސް ހާނީ ހުޝާމްގެ ކެބިންއަށް ވަނެވެ. އެ ތަނުގައި އިތުރު ސްޓާފަކު ނެތުމުން ހާނީ އިތުރަށް އުފާވިކަން އޭނާގެ މޫނަށް އެރި ކުލައިން އެނގޭހާވެއެވެ.
”އާރ ޔޫ ތިންކިންގް އެބައުޓް މީ…“ ގޮނޑިއަށް ލެނގިލައިގެން ލޯމަރާލައިގެން އިން ހުޝާމްގެ ފުރަަގަހުން މަޑުމަޑުން ގޮސް ހުޝާމްގެ ކަންފަތް ދޮށުގައި ވައި އަޑަކުން ހާނީ ބުނެލިއެވެ.
ސިއްސައިގެން ގޮސް ހުޝާމަށް ގޮނޑިއާއެކު ދުރަށް ޖެހިލެވުނެވެ. ”ވާ…ޓް… !!! “ ހުޝާމްގެ ދުލުން ބޭރުވީ ހަމަ އެކަނި އެ ބަހެވެ. އެއާއެކު ހާނީ ހުޝާމްގެ ތުންފަތުގައި އޭނާގެ ޝަހާދަތް އިނގިލި އަޅައި ބާރުކޮށްލަމުން ވަށައިގެން ހޯދާލިއެވެ.
”ޝްޝްޝް…!! މަޑުން މަޑުން .. ސަޕްރައިޒްޑް ޓު ސީ މީ ދޯ… އަފްޓާ ސޯ މެނީ ޔާސް..!! އެނގޭ ހައިރާންވާނެކަން ހުޝާމްގެ މާޒީ މިގޮތަށް ހިނގާލާފަ އައިސް ހުޝާމް ކުރިމަތީ މަޑުކޮށްލުމުން.. !!! އަހަރެން މަތިން އަނެއްކާ މުޅިން ހަނދާންނެތުނީތަ.. މުސްތޮ ތަޢާރަފް ކޮށްދިނީމަ ދަންނަ މީހެކޭވެސް ބުނެލަން ނުކެރުނީ…؟“ ހާނީ ގުދުވެލަމުން ހުޝާމްގެ މޫނާ ކައިރިވެލަމުން ޖާޒުބީ އަޑަކުން ވާހަކަދެއްކި އިރު ހުޝާމް ހުރީ ބަސްހުއްޓި ކުރާނެ ކަމެއް ނޭނގިފައެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައިރު މާޒީގެ ހަނދާންތައް ސިކުނޑީގައި އާވަމުން ދިޔައެވެ. ޚިޔާލުތަކުން ދުރުވާން މަސައްކަތް ކުރަމުން
އޮފީހުގެ އެ ބޮޑު ގޮނޑިއާއެކު އަނެއްކާވެސް ފަހަތަށް ޖެހިލައި ހުޝާމް ފުން ނޭވާއެއްލިއެވެ.
” ކީއްކުރަން މި އޮފިހަށް ހާނީ ތި ޖޮއިން ކުރީ.. ؟“ ހުޝާމް ސުވާލުކޮށްލީ އޭނާގެ ލެޕްޓޮޕާ ދިމާއަށް އެނބުރި މޭޒުމަތީގައި އަތް ވިއްދާލަމުން ހާނީއަށް ފުރަގަސް ދެމުންނެވެ.
” ޓު ސީ ޔޫ އެވްރީ ޑޭ.. ޓު ޓޯކް ވިތް ޔޫ.. ޓު ސްޕެންޑް ޓައިމް ވިތް ޔޫ…“
ހާނީ އަނެއްކާވެސް ހުޝާމްގެ މޫނު ފެންނަ ހިސާބަށް ޖެހިލަމުން ހިނިތުންވެލާފައި ޖަވާބުދިނެވެ. ހާނީގެ އަޑު އިވުމުން ހުޝާމްއަށް ހާނީއަށް ބަލާލެވުނީ ސުވާލުގެ ފުން ނަޒަރަކުންނެވެ. ”ވައި…؟ ވައި ނައު…ޔޫ ނޯ އައިމް މެރިޑް… އެންޑް އައި ހޭވް ކިޑްސް..“ ކޮޅަށް ތެދުވަމުން ހުޝާމް ސުވާލުކޮށްލީ އޭނާގެ ހަޤިޤަތް އެނގޭއިރުވެސް ހާނީގެ ވާހަކައިން ލިބުނު ހައިރާންކަން ބޮޑުވުމުންނެވެ.
”ޑަޒަންޓް މެޓާ…އޯލް އައި ވޯންޓް އިޒް ޔޫ.. އައިލް އެކްސެޕްޓް އެވްރީތިންގް …ވައިފް ވެސް …ކުދިން ވެސް އައިވް ބީން ވެއިޓިން ސިންސް ލޯންގް….ދެން އިންތިޒާރުގަ ނުހުރެވޭނެ… ވިލް ޔޫ މެރީ މީ؟“

(ނުނިމޭ)​

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Hudhufinifenmaa_
Follow Me Written By

Hudhufinifenmaa_

Level 2100 Login10 Stories

Other Articles

Previous

ބޭވަފާތެރިޔަކީމޭ 2

Next

ގޮތެއް ނޭގުނު ތިހިތް ރުއްސާ

Next
December 1, 2024

ގޮތެއް ނޭގުނު ތިހިތް ރުއްސާ

Previews
November 30, 2024

ބޭވަފާތެރިޔަކީމޭ 2

8 Comments!

  1. cutie girl says:
    December 1, 2024 at 12:21 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    reehan ah gotheh nuhadhachey
    naa and reehan gulhuvachey
    they both are made for each other
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      December 4, 2024 at 11:58 am

      Thank you cutie girl 😊

  2. Purple_Daisy015 says:
    December 2, 2024 at 8:59 am

    🙂 ! ވަރަށް ރީތި! ވަރަށް ފުރިހަމަ! ކެތްތެރިކަމާއެކު 17ވަނަ ބަޔަށް އިންތިޒާރު ކުރަން

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      December 4, 2024 at 12:01 pm

      Thank you Purple daisy… ☺️

  3. Mar Sha Mar Sha says:
    December 2, 2024 at 1:06 pm

    wow, varah rythi, vaahaka kiyun medhukandaalaafa 4 parts ehkoh mi kiyaaly. Maira gasthuga Zaana ge life halaakukollan miulheny, and Husham akahves nethehnu Zaana aa dhimaa ah ehcheh buneveykah, Ryhan ah vy gothah balan beynun asap, waitung for 17. once again, vaahaka varah rythi

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      December 4, 2024 at 12:06 pm

      Thankyou Marsha ☺️🫶… v ufaa vehje comment kiyaafa.. Reehan ah veegotehh engeyne v avaha.. lets wait and see dhw .. part 17 ves avaha up koh dheveytho balaanan ..IA ☺️

  4. Nadhoo Nadhoo says:
    December 7, 2024 at 11:46 am

    vaahaka varah reethi 17 vana bai ge inthizaaruga mihiri. reehaan ah veegothe neygeythi varah dheravefa…. mairaa haadha gohey

    1. Hudhufinifenmaa_ Hudhufinifenmaa_ says:
      December 9, 2024 at 11:50 am

      Thank you Nadhoo ☺️ Reehan ah kihineh baa vaanee dhw.. lets see

Comments are closed.

Next Episodeހަނދުވަރު ދިން އެރޭ …17←


All Right Reserved!