Skip to content
އެސްފިޔަ

ވާނަމޭ އުމުރަށް އެކީ ޖާނާ………..5

ވީ ކިހިނެއްތޯ ބަލާލަން އެނބުރުނު މާއިޝް ސިހުނީ ޒައިނާ އައިސް އޭނާގެ ގައިގައި އޮޅުލައިގަތުމުންނެވެ.ވަގުތުން މާއިޝް ފިނިވެގެން ދިޔައެވެ.ހިތުގެ ވިންދު އަވަސްވެފައި ވާހާލު އޭނާ ޒައިނާ ގާތުގައި ވީކީއްތޯ އަހާލިއެވެ.” ކޮ….ކޮންމެސް……އެ…އެއް…އެއްޗެއް…”ޒައިނާއަށް ވާހަކަ ދެއްކުނީވެސް އުނދަގުލުންނެވެ.އެވަގުތު މާއިޝްގެ ލޮލުގައި އަޅާގަތީ ގޭދޮރުމަތީގައި ލާނެތް ގޮތަކަށް ހީލައިގެން ހުރި ޝައިމްއެވެ.ވަގުތުން އެއީ އޭނަގެ ކަމެއްކަން މާއިޝްއަށް ނަގާގަނެވުނެވެ.ޝައިމްއާއި ދިމާލަށް ކަޅިއަޅާލަމުން މާއިޝް ޒައިނާގާތު އެއީ ޒައިނާއަށް ހީވި ގޮތެކޭބުނެލިއެވެ.

ހުރެވުނު ގޮތް ޒައިނާ ހަނދާންވީ ދެނެވެ.އަވަހަށް މާއިޝްއާއި ދުރުވެލަމުން އޭނާ ދުރުބަލާލިއެވެ.”ސޮރީ”ވަރަށް މަޑުމަޑުން އޭނާ ބުނެލިއެވެ.”ހެހެ.އެއީ އެވަރު ކަމެއް ނޫން”އިސްތަށިގަނޑުގައި އަތް ހިންގަލަމުން މާއިޝް ޖަވާބުދިނެވެ.ޒައިނާ ދުވެފައި ގޮސް ގެއަށް ވަންނަންދެން ބަލަން ހުރެފައި މާއިޝް ވެސް ހިނގާގަތީ ގޭތެރެއަށް ވަންނާށެވެ.

“ޝައިމް ކަލޭ މާމައްޗަށް ތިދަނީ؟”މާއިޝް ދިޔަ ގޮތަށް ގޮސް ޝައިމްގެ ބުރަކަށީގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ.”ކިހިނެއްވީ؟ކަލެއަށް ރަނގަޅެއްނު؟ހަގްއެއްވެސް ލިބިއްޖެ ވިއްޔާ!”ޝައިމް ވަރަށް ނުވާކަމަށް ހަދާފައި ބުނެލިއެވެ.މާއިޝް އިތުރަށް އެއްޗެކޭ ބުނަންނަހަދާ ގޮސް އޮށޯތީއެވެ.

ނިދަން އަރާ އޮތް އިރުވެސް ޒައިނާއަށް ސިފަވަމުން ދިޔައީ އޭނާ މާއިޝްގެ ގައިގައި އޮޅުލައިގަތް މަންޒަރެވެ.ވަގުތުން އޭނާގެ މޫނުމައްޗަށް ލަދުރަކި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.”ހޭލަ އޮވެ ހާދަ ހުވަފެން ބަލާހެން ހީވެޔޭ!”ކޮޓަރިއަށް ނިދަންވަތް ޔޫލީއަށް ޒައިނާގެ މޫނުމަތީވީ ހިނިތުންވުންފެނުމުން ބުނެލިއެވެ.”ހެހެހެ”ވަރަށް ނޫންކަމަށް ހަދާފައި ޒައިނާ ފެށީ ހޭށެވެ.

އަރައިގެން އައި އިރުގެ އަލިން މުޅި ދުނިޔެ ދޮން ކުރަމުން ދިޔައެވެ.މާއިޝްމެން ނުހޭލާތީ އެމީހުނަށް ގޮވަން ނުހަދާ ޒައިން ނުކުތީ ބޭރަށެވެ.ދާނޭ ވަކި މިސްރާބެއް ނެތި ހިނގަމުން ދިޔަ ޒައިން ސިހުނީ މީހެއްގެ ގައިގައި އޭނަ ޖެހުމުންނެވެ.”ސޮރީ”އަވަސް އަވަހަށް ޒައިން ބުނެލިއެވެ.ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ މޫނު މަތި ބަނަވެގެންދިޔައީ ނިހާގެ މޫނުފެނުމުންނެވެ.”ކަލޭތަ؟”ދެމީހުނަށް އެއްފަހަރާ ބުނެލެވުނެވެ.”ތި ބަލާލައިގެން ހިނގާނަމަ.ކޮންމެ ފަހަރަކު އައިސް އެބަ ގައިގަ ޖެހިގަނޭ.”އައި ރުޅިން ޒައިން ބުނެލިއެވެ.ނިހާ އެއްޗެކޭ ނުބުނެ ދާންހިނގާގަތީ ޒައިންއާ ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއްކަން އެނގޭތީއެވެ.

ނިހާ އާއި ދިމަވުމުން ޒައިންގެ މޫޑު އެއްކޮށް ޙަރާބުވީއެވެ.އެނބުރި ގެއަދިމާލަށް އޭނާ ހިނގާގަތީ އެހެންވެގެންނެވެ.ނިހާ ފެނުމުން މިހާ ރުޅި އަންނަ ސަބަބެއް ވިސްނާ ވިސްނާ ވެސް ޒައިންގެ ސިކުނޑިއަކަށް ނައެވެ.އޭނާ މީ ދުވަހަކު އަންހެން ކުއްޖަކު ދެކެ މިހާ ރުޅިއައި މީހެއްނޫނެވެ.

ޒައިނަ ރީތި ވެލައިގެން ޔޫލީއަށް ގޮވުމަށްފަހު ކޮޓަރިން ނުކުތީ ކޮފީއެއް ބޯލުމުގެ ނިޔަތުގައެވެ.ކަންދިމާކުރި ގޮތުން ޒައިނާއަށް ނިކުމެވުނީ މައިޝްގެ ކުރިމައްޗަށެވެ.”މޯރނިންގް”މާއިޝް ޒައިނާ ފެނުމައެކު ބުނެލިއެވެ.”މޯރނިންގް”ލުއި ހިނިތުންވުމަކައެކު ޒައިނާަ ވެސް ބުނެލިއެވެޒައިނާ ގޮސް ބަދިގެއަށް ވަތްއިރު މާއިޝް ވެސް އޭނާފަހަތުން ވަދެގެންއައެވެ.”މަށާވެސް ލައިގެން”ޒައިނާ ޖޯޑު ނެގުމުން މާއިޝް ބުނެލިއެވެ.ކޮފީ ގިރައިގެން ދެމީހުން ނިކުތީ ގޯތިތެރޭގައި ހުރި ޖޯލިފައްޗަށެވެ.”ދެން ކޮންމެސް ވާހަކައެއް ކިޔާބަ!”ޒައިނާ މާއިޝްއަށް ބުނެލިއެވެ.”ނެތް ދައްކާނެ ވާހަކައެއް.”މާއިޝް ވަގުތުން ބުނެލިއެވެ.ޒައިނާ ތުންކޮޅު އޫކޮއްލަމުން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.އެމަންޒަރު ފެނި އިޚްތިޔާރަކާ ނުލާ މާއިޝްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

“ހެހެ.އެ އެހެން ބުނި އެއްޗެއް ނޫނޭ!ސުވާލެއް އަހާލަންތަ؟”މާއިޝް ޒައިނާގެ ލޮލާ ލޯ ސީދާ ކޮއްލަމުން އަހާލިއެވެ.”ޒައިއަށް ލިބޭ ބޯއީ ވާންބޭނުންވަނީ ކޮނަކަހަލަ މީހަކަށް؟”ޒައިނާ ބޯޖަހާލުމުން ވަރަށް ނުވާ ކަމަށް ހަދާފައި މާއިޝް އަހާލިއެވެ.”މްމްމް….އެމްއެންޑީއެފް މީހަކަށް.”ކުޑަކޮށް ވިސްނާލުމަށް ފަހު ޒައިނާ ބުނެލިއެވެ.”ހައު އެބައުޓް ޔޯރ ގާރލް؟”ޒައިނާ ވެސް ނުސީދާކޮށް އަހާލިއެވެ.”ޑެފިނިޓްލީ ޑޮކްޓަރ.”މާއިޝް ޖަވާބުދިނެވެ.ނޭނގިނަމަވެސް ޒައިނާއަށް ހިނިތުންވެލެވުނެވެ.

އޮލަ ވާހަކައިގައި ތިއްބާ ދެމީހުން ސިހުނީ ދޮރޯށި ލެއްޕުނު އަޑަށެވެ.”ދޮންބެ!ކޮންތާކުން ތިއައީ؟”ގޯތިތެރެއަށް ވަދެގެން އައި ޒައިންއަށް ބަލާލަމުން ޒައިނާ އަހާލިއެވެ.”ތާކުންނޫން.”ގަޔާނުވް އިނދެ ޒައިން ޖަވާބުދިނެވެ.”ކަލޭ ހާދަ ހާޑުވެފަ؟ކިހިނެއްވީ؟”ޒައިންގެ މޫނު ފެނުމުން މާއިޝް އަހާލިއެވެ.”ކީއްނުވަނީ؟ދާ ކޮންމެތަނަކުން އެބަ އެހަންޑިއާ ދިމާވޭ.އަދި ހމަ ފެންނައިރަށް އައިސް ޖެހިގަނެޔޭ!”ޒައިން އައިސް ޖޯލިފައްޗަށް ވެއްޓިގަންނަމުން ބުނެލިއެވެ.”ހަންޑި؟؟؟”ވާނުވާގައި ހުރެ ޒައިނާ އަހާލިއެވެ.”ހޫން.ޒޭން ނިހާއަށް ކިޔަނީ ހަންޑި.ހެހެހެ”މާއިޝް އޮޅުންފިލުވައިދިނެވެ.”ހަންޑި!ހެހެހެ.ތިހެން އުޅެމުން ދޮންބެ ނީ ދެކެ ލޯބިވެވިއްޖެއްޔާ ހުންނާނެ ފޯރި”ހުސްވި ކޮފީ ޖޯޑު ހިފައިގެން ދާން ހިނގާގަންނަމުން ޒައިނާ ބުނެލިއެވެ.

“ހޫން.ދެން ކިޔައިބެ!ކިހިނެކޭ ވީ؟”ޒައިނާ ދިޔުމުން މާއިޝް އަހާލިއެވެ.”މަ ދިޔައީ ބުރެއް ޖަހާލަން ކަމަށް. އެކަމު ވަކި ހިސާބަކުން މީހެއް ގައިގަ ޖެހުނީމަ ބަލާލިއިރު މީނަ.ހުވާ މިބުނީ މަ ގާތަށް ހާދަ ރުޅިއެއް އައޭ.”ޒައިން ކިޔައިދިނެވެ.”ކޮން ވާހަކައެއްގަ؟”ގޭ ތެރެއިން ނުކުމެގެން އައި ޝައިމް އާއި ޔަޢީޝް އަހާލިއެވެ.}”ޒޭންގެ ލަވް ސްޓޯރީ ކިޔައިދިނީނު.”ޒައިންއަށް ބަލާލަމުން މާއިޝް ބުނެލިއެވެ.”އެ ތެދެއް؟މަވެސް ތިކަމާ އުޅެންވީ”ޝައިމް ބުނެލިއެވެ.”އުނހު.ކަލޭ ހުރޭ ތިހެން މުސްކުޅި ވަންދެން .”ޔަޢިީޝް ޝައިމްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.”ހޫން ދެން މާއްޓެ ޒޭންގެ ޅިޔަންބެއަށް ވެފަ ޒޭން މީހަކާ އިނދެފަ ކަލޭ މީހަކާ އިނީމަ މަ ހުންނަން ވީ މިހެންތަ؟”ޝައިމް އަހާލިއެވެ.”އޭ ކާކު ބުނީ މަމީ ޒޭންގެ ޅިޔަންބެޔޭ؟”މާއިޝް ޝައިމްއާ ދިމާލަށް ކަޅިއަޅާލަމުން ބުނެލިއެވެ.

“މަށެއްނު މިބުނީ.އެހެންނޫނަސް މިވާހަކަ ނޭނގޭ މީހަކު ނެތް މިތާކު.އަހަރުމެއްނަ އެނގޭ ކަލޭ މިރަށަށް އައިސްފަ ވަރަށް ހިންގާލައިފިކަން.ދޯ ޒޭން؟”ޝައިމް ޒައިންއަށް ދޯދިނެވެ.”އާނ ދެން ކަލޭ ތިކަން ކުރަންޏާ ކުރަންވީނު.”ޒައިން ބުނެލިއެވެ.”ތެދެކޭ.އެހެންނޫނީ ފެންނާނީ ތިހެންހުއްޓާ ކާޅު ތެޔޮ ނާށިޖަހާގަންނަތަން.”ޔަޢިޝް ވެސް އެދެމީހުންނާ އެއްބައިވެލިއެވެ.”ޒޭން ކަލޭ ހަމަަަަަަަތަ؟އެއީ ކަލޭގެ ކޮއްކޮއޭ.؟”މާއިޝް އަހާލިއެވެ.”ބަލަ މަ ހަމައޭ.ކަލޭ މަގޭ އެންމެ ގާތް އެކުވެރިންތެރެއިން އެކަކަށް ވުންމާނައެއް ނޫންދޯ މަގޭ ކޮއްކޮއާ ކަލެއަކާ ނީނދެވޭނެއޭ.މަށަށް މާރަނގަޅު ތަނަކުން ނޭނގޭ މީހްކު ގެނައުމަށް ވުރެ މިތަނުން މީހަކާ ޒައި އިނުންވެސް.”ޒައިން ބުނެލިއެވެ.”މިތަނުން މީހެއްނޫނޭ.މާއްޓެ.”މާއިޝް ރުޅި އަރުވާނުލާ ޝައިމް އަކަށް ނީނދެވުނެވެ.

“އާދޭ ހުރިހާ ކުދިން ސައިބޯން”ގޭތެރެއިން ބޯދިއްކޮށްލަމުން ނަހުޒާ ގޮވާލިއެވެ.”މިދަނީ”ޖޯލިން ތެދުވަމުން ޔަޢީޝް ޖަވާބުދިނެވެ.ސައިބޯންތިބި އިރު މޭޒުމަތީ ދެކެވުނީ ދެން މިޔަދު ކުރާނެކަމެއްގެ ވާހަކައެވެ.”ހިނގާ ކައިރީ މިއޮށް ފަޅުރަށަށް!”ޔަޢީޝް ޚިޔާލުދިނެވެ.”ސަޅިވާނެ.”ޝައިމްވެސް އެޚިޔާލަށް ތާޢިދުކުރިއެވެ.”ނިހާ ގޮވައިގެން ދާނީ.”ޒައިންއަށް ބަލާލަމުން ޒައިނާބުނެލިއެވެ.”ރަނގަޅުވާނެ.މީހުން ގިނަވި ވަރަކަށް މަޖާވާނީ.”ޔަޢީޝް އިތުރުކޮއްލިއެވެ.ހަތަރު ފިރިހެންކުދިން ދަތުރަށް ތައްޔާރުވަމުން ދިޔައިރު ޔޫލީ އާއި ޒައިނާވީ ގެންދަން ބޭނުންވާ ސާމާނު ގަތުމަށް ބާޒާރު ކުރަން ގޮހެވެ.

ޒައިންއާއެކު ކުކުޅުގެ ހަންނޮޅާ ނިންމުމަށްފަހު އަތްދޮވެގެން ޝައިމް ހިނގާގަތީ ގޭތެރެއަށް ވަންނާށެވެ.ނަމަވެސް އޭނާ ސިހުނީ ކުރިމަތިން އައި އަންހެން ކުއްޖާގެ ގައިގައި އޭނާ ޖެހި އެކުއްޖާ ވެއްޓެން ދިޔުމުންނެވެ.އަވަސް ހަރަކާތާއެކު ޝައިމް އެކުއްޖާގެ އަތުގައި ހިފައި އޭނާގެ ކައިރިއަށް ދަމާލަމުން އެކުއްޖާގެ ހިމަ އުނަގަނޑުގައި އަތްއަޅުވާލިއެވެ.އެކުއްޖާގެ ލޮލަށް ބަލާލުމާއެކު ވަށައިގެންވީ މާހައުލުގައި ހިނގަމުން ދިޔަ ކަންތަށް ވެސް އޭނާ ހަނދާން ނެތުނުކަހަލައެވެ.

ވާނީވެސް އެހެންތާއެވެ.ހިތިފަތު ބުމައަކާއި ތޫނު ދެލޯ ލިބިފައިވީ ކުއްޖެކެވެ.ހަންގަނޑު މާއަލި ނޫންނަމަވެސް އެކަޅުކަންގަދަ އިސތަށިގަނޑުގެ ސަބަބުން އޭނާގެ ރީތިކަން އިތުރުވެފައިވީ ކަހަލައެވެ.”އުހުމްމްމް.ޝައިމްބެ ހިތްކީތަ؟”ޝައިމް ސިހުނީ ޒައިނާގެ އަޑަށެވެ.ވަގުތުން އެކުއްޖާ ދުރަށް ޖައްސާލަމުން ޝައިމް ދުރުބަލާލިއެވެ.”މީ އަހަރެންގެ އެކުވެރިއެއް.އައިކާ.އައިކާ!މީ ޝައިމް.މައި ބްރަދަރސް ފްރެންޑް.”ޔޫލީ އެދެމީހުން ތަޢާރަފު ކޮއްދިނެވެ.”ހައި”އައިކާ ބުނެލިއެވެ.”ހައި”ޝައިމް ވެސް ރައްދުގައި ބުނެލިއެވެ.

ޝައިމް އާއި އައިކާއާ ދެމެދު ހިނގާދިޔަ ހާދިސާ ފެނި ޔޫލީގެ ހިތަށް އަސަރުކުރިއެވެ.ނަމަވެސް އޭނާ ހުރީ ކަމެއްނުވާކަމަށް ހެދިގެނެވެ.

“ޕޮއް”ޒައިނާ މަޖާހަދަން ކިޔާވަރުން ގެންދާނެ ކުންނާރުކޮޅެއް ބިންނަން ހުރި ޒައިން ސިހުނީ މީހަކު އޭނާ ސިއްސުވާލުމުންނެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (12)

  1. Girlyy

    Woww varah reethi mi part vess..Hoping to get the next part soon…

    1. DevilQueen
      Girlyy

      thx
      vhk hama nunerifa dhw theenee

  2. DevilKing

    Mi lart vess varah salhi Masha allah..Curiously waiting for the next part..

  3. DevilKing

    Mi part vess varah salhi Masha allah..Curiously waiting for the next part..

    1. DevilQueen
      DevilKing

      Thankyou so much
      insha allah nxt part vv avahah kiyaalan libeyne

  4. cutie girl

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    zai and maaish gulhuvachey
    zain and niha gulhuvachey
    they all are made for each other
    v intresting story eh
    v kiyaala hithun kiyani
    i appreciate your hard work
    alhugandu ge support abadhuves libeyne inshaa allah

    1. DevilQueen
      cutie girl

      Thankyou Cutie girl

  5. SnowWhite

    vvvv reethi storyeh
    vvv interesting
    like your descriptions
    curiously waiting for the nxt part

  6. jerry

    alhey.. mi part ves vrh reethi kn irajuntha nxt part

  7. jerry

    alhey.. mi part ves vrh reethi . waiting 4 nxt ingey

    1. DevilQueen
      jerry

      VVV avahah nxt part neredheynan midhuvaskolhu school kamaku buxy vegen vhk nuliyevuny

  8. Tom

    varah reethi mi part ves masha allah.keep it up waiting for next part

Comments are closed.