ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 7
“އަލާރާ ތަ” ފޯނު ކަންފަތުގައި ޖަހާލި ހިނދު އިވިގެން ދިޔައީ ނުވެސް ދަންނަ މީހެއްގެ އަޑެވެ. ބަރު އަޑެކެވެ. އަލާރާ އަށް އެއްޗެއް ބުނެވުމުގެ ކުރިން އެމީހަކުދައްކަން ފެށި ބުނެލި ޖުމްލައިން ގައިން ހީބިހި ހަލުވާލިއެވެ.
***
“މަރުގެ ފުރަތަމަ އެތިފަހަރުން ސަލާމަތް ވީމަ ވަރަށް އުފަލުން ދޯ ތި ހުންނަނީ..ހީ ނުކުރާތި ސަލާމަތް ވި ކަމަށް..ކަލެއަށް ސަލާމަތް އޮތް ހަމައެކަނި ގޮތަކީ ޝަވަންގެ ކައިވެންޏަށް ނޫނެކޭ ބުނުން.”
“ތިއީ ކާކު މަށައް އިންޒާރު ދޭން..” އަލާރާގެ އަޑު ނުކުތީ ނުހަނު އުނދަގުލުންނެވެ.
“ކޮންމެ މީހަކަށް މަ ވިއަސް ކަލެއަށް ކީއް…ބުނަން ޥާހަކައެއް..ދެން ދުއްވާލާނީ ދެލޮލެއް ނޫން…އެ ކައިވެންޏަށް އެއްބަސް ވާން އެންމެ ބަހެއް ތި އަނގައިން ބޭރުވިއަސް އަދި އިތުރު މީހަކަށް މި އިން އެންމެ ބަހެއް އެނގުނަސް ދެންވާނެ ގޮތް ހިތައް ވެސް ނާރުވާތި..ކަލޭ މަރުވާނީ އަހަރެންގެ އަތުން…އަދި ތި އާއިލާ އާއި ޝަވަން ވެސް…ހާއްސަކޮން ކަލޭގެ “ހޮޓް” އަންހެން ކޮއްކޮ އަހަންނަށް ވަރަށް ކަމުދޭ…ހަހަހާ” ނުލަފާ ހިނިގަނޑަކާއި އެކު އެދިން ވަރުގަދަ އިންޒާރުން އަލާރާގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. އަލާރާއަށް އިތުރަށް އެއްޗެއް ބުނެވުމުގެ ކުރިން އެމީހަކު ފޯނު ކަނޑާލައިފިއެވެ. އެމީހެއްގެ އަޑު އޭނާއަށް މިހާތަނަށް އިވިފައިވާ އެއްވެސް މީހެއްގެ އަޑަކާއި ވައްތަރެއް ނޫނެވެ. ރޮވެމުން ދިޔަ އަލާރާއަށް ކައިރީގައި އޮތް އީވާގެ ގައިގާ ބައްދާލެވުނެވެ. އީވައަކީ ފުދޭވަރަކަށް ނިދި ގަދަ ކުއްޖެއް ކަމުން އެއިން ކަމެއް ރެއަކާ ލާގޮތެއް ނުވިއެވެ. އަލުން އެ ނަމްބަރަށް ގުޅުމަށް ފޯނު ނަގައި ތުރުތުރު އަޅަމުންދިޔަ އަތުގެ އިނގިލިތަކުން ފިތަމުން ދިޔަ ނަމަވެސް ލޮލަށް ނުފެންނާތީ ކުރިއެރުމެއް ލިބޭނެ ހެއްޔެވެ. އޭނާގެ ނުކުޅެދުންތެރިކަން އިހްސާސު ވެ ހިތްދަތި ވީ ވީހެން ދިޔައީ އަލާރާއަށް ގިސްލެވެމުންނެވެ. އެތައްއިރަކު އެގޮތުގައި އޮތުމަށްފަހު އިވާގެ ގައިން ދޫކޮށްލުމަށްފަހު އަނެއް ފަރާތައް އެނބުރުނެވެ.
“ޝަވަން އާ އަހަރެންގެ ދިރިއުޅުމަށް ވަނުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ…ހިއެއް ނުވޭ އެމީހެއް އަޑުން ސަމާސަ ކުރަނީހެންނެއް..އަހަންނަށް ވެސް އެނގޭ ކޮންމެވެސް މީހަކު އެދުވަހު އަހަރެން ކޮއްޕާލިކަން” ބައްދާލައިގެން އޮތް ކަންނެޔޮ ބާލީހަށް އިތުރަށް ބޮނޑިވެގަނެ އަލާރާ ދެލޯ ތަޅުޅިކޮށްލިއެވެ. ހީވަނީ އެ ހަގީގަތުން ފިލަން ބޭނުންވީހެންނެވެ. އެންމެންގެ ގާތުގައި ފައި ކައްސާލީ ކަމަށް ބުނެ އޮޅުވާލައިގެން ހުރި ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. އެ ގޭތެރެއިން އެފަދަ ކަމެއް ވެގެން ދިޔައިރު އޭނާއަށް އަދިވެސް ޝައްކުކުރަންވީ ކާކަށް ވަނީ އޮޅިފައެވެ. ސިޑި އިން ހިސާބަކީ ކެމެރާއެއްވެސް ހުރި ދިމާލެއް ނޫން ކަމުން އެގޮތައް ވެސް ކާކުކަން ހޯދޭކަށް ނެތެވެ. ޔަގީނުން ވެސް ގޭތެރޭގައި ގެންގުޅޭ މީހެއް ނޫން ކަން އޭނާއަށް އެނގެއެވެ. އެހެން އޮވެފައި އަލާރާ އަތް ޖައްސާލީ އޭނާގެ ކަނާއަތު ކޮނޑުގައިއެވެ. އެއީ އެމީހަކު އޭނާ ކޮއްޕާލަން އަތްލި ތަނެވެ.
އެދުވަހު އެވަގުތު އޭނާ ހުރީ ގޭގެ ތިންވަނަ ފަންގިފިލާގެ ސިޑި ކައިރީގައެވެ. ޝަވަންގެ މަންމަ ނަސްރާ ގުޅުމުން ވާހަކަ ދައްކަމުން އައިސް އެ ހިސާބުގައި އޭނާ މަޑުކޮށްލައިގެން ހުރީ ފޯނު ކޯލް ނިމެންދެނެވެ. ނަސްރާ ފޯނު ބޭއްވުމުން އަލާރާ ކުރިއަށް ދިޔުމަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ސިހިގެން ގޮސް ހުއްޓެން މަޖުބޫރުވީ ކޮންމެ ވެސް މީހަކު އޭނާގެ ކޮނޑުގައި ހިފުމުންނެވެ. ފަހަތައް އެނބުރި ބަލާލަން އުޅުނު ވަގުތު އޭނާ ނުވިސްނާ ހުއްޓާ ސިޑިއާއި ދިމާލަށް ކޮއްޕާލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައިއެވެ. އެމީހެއްގެ އަތައް ރަބަރު އަންގިއެއް ލައްވާފައި ވާއިރު ފިރިހެނެއް ކަން އެނގޭހާ ވީ އެ އަތްތިލަ އަންހެނެއްގެ އަތައް ވުރެން ފުޅާވީމައެވެ.
އެ ހާދިސާ އިއްޔެ ވީ ކަމެއް ހެން ސިކުނޑީގައި ރޯލްވެގެން ދިޔަ ހިނދު އަލާޜާއަށް ކުރިއަށް ވުރެން ބޮޑަށް ރޮވުނެވެ. އެހެން އެތައް އިރަކު ރުއިމަށްފަހު އޭނާ ހަމަޖެހޭ ވަރުވީ ފުދޭވަރަކަށް އިރުންނެވެ.ހިތާއި ސިކުނޑީ ގައި އުފެދިފައިވާ ތޫފާނުގެ ސަބަބުން އޭނާގެ ބޮލުގައި ވެސް ރިއްސަމުންދިޔައެވެ.
އެތައް އިރަކު އެހެން އޮތުމަށްފަހު ދެލޮލަށް ނިދިޖެހުނު އިރު ފަތިސްވާން އުޅެއެވެ.
***
“ޝުހާދު މި ފައިލް ގެން ގޮސް ހަވާލްކޮށްލަ ދީ އަރްކާންއާ..ބުނޭ އަހަރެން ބުންޏޭ ލިއާ އާ އެއްކޮން އައިސް ދޭށޭ ވަރަށް އަވަހަށް..ޝުހާދުވެސް ހުންނަން ވާނެ އިނގޭ..އެއްކަލަ ކަންތަކާ އެއީ” އަޒީޒް ލާނެތް ގޮތަކަށް ހީލުމުން ޝުހާދު އަށް އެއީ ކޮންކަމެއްކަން ވިސްނި ހިނިއަންނަ ގޮތް ވިއެވެ.
އޭނާ މާ ގިނަ އިރެއް ނުވެ ގޮސް އައި އިރު އެކުގައި އަރްކާން އާއި ލިއާނާ ވެސް އައެވެ.
“ބައްޕާ ވަޓް ހެޕެންޑް” އަރްކާން އަހައިލިއެވެ.
“ވީ ގޮތަކީ މި ވީކްގަ އެބައޮތެއްނު މީޓިން އެއް.. އަހަރެމެންނާއި ޖާރމަނީގެ ކުންފުނި ބޮއުވިޝަން ގުޅިގެން ފަށަން މިއުޅޭ ޕްރޮޖެކްޓްގެ އެންމެ ފަހުގެ ތައްޔާރީތައް އަޕްގްރޭޑް ކުރަން ވެގެން އޮންނަ ވަރަށް މުހިއްމު މީޓިންގްއެއް އެއީ… އެތަނަށް ގޮސް އެމީހުންނާ ވާހަކަ ދައްކައިގެން ގެންނަން ޖެހޭ ބަދަލެއް އޮތަސް އެނގޭނީ..އެ ޕްރޮޖެކްޓް ހިންގަނީ ސްޕެއިންގެ މެޑްރިޑްގަ ވީމަ މީޓިންގް ވެސް އެކޮޅުގަ އޮތީ..ދެން މި ވާގޮތަކީ ހަމަ އެ މީޓިންގް އޮތް ދުވަހު އެބަ އޮތް މި ކޮޅުގަ އޮންނަ އިވެންޓްއެއް..އޭޒް ޔޫ ނޯ ބައްޕަގެ ފަސްޓް ރިސޯޓް ހުޅުވަން ހުޅުވަން އެންމެ ފަހުގެ ތައްޔާރީތަކެއް ވަމުން ދަނީ ..އެއި ކޮންމެހެން ވެސް ބައްޕަ ހުންނަން ޖެހޭނެ ތަނެއް..ބޭރުގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނަށް ވެސް ވާނީ ދައުވަތު އަރުވާފަ ރިޒޯޓް އޯޕެނިންގްއަށް.. އެހެންވީމަ އެންމެ މިސްޓޭކް އެއްވެސް ފެންނަން އިންނާކަށް ބައްޕަ ބޭނުމެއް ނުވޭ.. މަންމަ އާއި ބައްޕަ އަދި އޭޒް މައި ސެކްރަޓަރީ ޝުހާދުއަށް މަސްޓް ރިޒޯޓްއަށް ދާން..” އަޒީޒްގެ ވާހަކަ ނިމުނު އިރު ލިއާނާ އާއި އަރްކާންގެ މޫނަށް އެރި ކުލަވަރުން އޭނާއަށް ނުހީ ހިފަހައްޓާލެވުނީ ކިރިއާއެވެ.
“ޑޭޑް..ޔޫ މީން މީ އެންޑް ހާރ ގޮއިން އޮން އަ ވެކޭޝަން..އައި މީން ވީ އާ ގޮއިން ޓްރިޕް ޓްގެދާރ..އާހްހް.. .ޓްގޭދާރްރް..ނޯ..ނޯ.ނޯވޭ” އަރްކާން ރާގް ދަމާލާފައި ބުނެލި އިރު މޫނަށް ހުރީ ރުޅިވެރިކަމުގެ ކުލަތައް ވެރިކޮށްލައިގެންނެވެ.
އޭރު އަޒީޒްގެ ވާހަކަތައް އިވި ލިއާނާ އިސްޖެހި ގޮތައް ހުއްޓެވެ. އެހުރި ގޮތައް ހުރެ ދަތްކުނޑި ވިކައިގަތެވެ.
“ޝުހާދު ޑިޑް އައި މެންޝަން އަ ޓްރިޕް އޯރ އަ ވެކޭޝަން ހިއާރ..” ، “ނޯ ސާރ” އަޒީޒްގެ ޖުމްލައިން ނުހޭން ކުރަމުންދިޔަ މަސައްކަތް ޝުހާދުއަށް ހީވީ ބޭކާރުވާން އުޅުނުހެންނެވެ.
“ތިޔަ ކަންފަތައް ތެޔޮ ޖަހަންވީނު އަރްކާން ދަރިފުޅޫ..ބައްޕަ ބުނީ މެޑްރިޑްގަ އޮތް މީޓިންގް އަކަށް ދާން.. ވަރަށް ރީތިކޮން ބުނެދީފިން ކަންކަން އޮތް ގޮތް.. ކެން އައި ކެންސަލް ރިޒޯޓް ޕްލޭން އެންޑް ފޯކަސް އޮން މެޑްރިޑް ޕްލޭންސް..ކޮންމެ ގޮތެއް ވިޔަސް ހަތަރު ބިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް މެޑްރިޑް ޕްލޭންސް އަކީ .. ސޯ އޮފްކޯޒް އެ ފުރުސަތު ނެތް ގެއްލުވާލެވޭކަށް…ދެން އޮތީ ބައްޕަގެ ޑްރީމް..ހާދަ ދުވަހެއްގެ އިންތިޒާރޭ ރިޒޯޓް އަކީ…ދެ ބައި މީހުން ދެދިމާލަށް ގޮސްފަ މިކަން ހާދަ ސަޅިކޮން ނިންމާލެވޭނެއޭ.. އެކަމަކު ދަރިފުޅު ދެކޮޅު ހަދައި ފިއްޔާ ބައްޕަ ދެން އަނެއްކާ ޖެހޭނީ ވަން އިޔާރ އަށް ރިޒޯޓް ކަންތައް ކެންސަލްކޮށް ފަހަށް ޖައްސަން..” މޫނު މައްޗަށް ދެރަ ވެފައި ހުރި ކަމުގެ އަސަރު ތަކެއް ގެންނަމުން އަޒީޒް ބެލީ އަރްކާންގެ ކުރިމަތީގައި “އިމޯޝަންލް ގޭމް”އެއް ކުޅެވޭތޯއެވެ. އެ ނޫން ގޮތަކަށް އެއްބަސް ނުޥާނެކަން މިއީ ދުވާލް ފަދައިން އަޒީޒްއަށް އެނގެއެވެ. ދެން އޭނާ ބަލައިލީ ލިއާނާއާއި ދިމާލަށެވެ. އޭރުވެސް ލިއާނާ ހުރީ އިސްޖެހި ގޮތަށެވެ.
“ލިއާ ކީކޭ ތަ ބުނަނީ..”އަޒިޒް ގޮވާލުމުން ލިއާނާ ދިޔައީ ފާޑަކައް ސިހިގެންނެވެ.
“ބޭބެ އަޅު.. އަޅުގަނޑު..އަޅުގަނޑުގެ ކުލާސްތައް އޮންނާ”، “ތި ކަމާ ހާސްނުވޭ.. ބޭބެ މީޓިން ޝެޑިއުލް ކުރީ ބުރާސްފަތި ދުވަހަށް..އެއީ ސަރުކާރު ބަންދު ދުވަހެއް..އޮބްވިއަސްލީ ކޮލެޖް ޔުނިވާސިޓީތައް ވެސް ބަންދު ވާނެ…ބުދަ ދުވަހު ކްލާސް ނިންމާފަ އެރޭ ފުރާގޮތައް މިބެލީ..އޭރުން މީޓިންއަށް ދެވޭނެ ރަނގަޅަށް..ބުރާސްފަތި ދުވަހު ހަވީރު މީޓިންގް ނިންމާފަ ހުކުރު ދުވަހު އިނީ ކޮންސްޓްރަކްޝަން އޭރިއާއަށް ދިޔުން..އެޔުވަހު އެއްކޮން މަސައްކަތުގައި ދެބައި މީހުންވެސް އުޅޭނީ..ދެން ސަޓަޑޭ ގަ ހެނދުނު ދެން އިންނާނީ ދެވަނަ މީޓިންގް..އެއީ ކޮންސްޓްރަކްޝަން ސައިޓުން ދެބައި މީހުންނަށް ފާހަގަ ވި ކަންކަން ބަލާ ގެންނަން ޖެހޭ ބަދަލްތައް ގެނައުމަށް ޑިސްކަސް ކުރުން ކުރިއަށް ގެންދާ މީޓިންގް..ދެން ސަންޑޭ ދޯ..އެއީ ވެސް ސަރުކާރު ބަންދު ދުވަހެއް.. ދަރިފުޅުމެން އަންނަ ގޮތައް ބައްޕަ ނިންމީ ސަންޑޭ އީވްނިންގް ގަ..އޭރުން ޥާވަރަށް ރެސްޓް ވެސްލިބޭނެ މަންޑޭގަ ލިއާ ކޮލެޖަށް ދާން ވާންދެން .. މަންޑޭގަ ލިއާ ވެސް އަރްކާން ވެސް އޮފީހަށް ނުނިކުމެ އެއްދުވަހުގެ ރެސްޓެއް ހަދާލަން ގޭގަ މަޑުކުރާނީ..” އަޒީޒް ވާހަކަތައް ކިއައިދެމުން ދިޔައިރު ހީވަނީ އެތައް ދުވަހެއް ކުރިން އޭނާ އެގޮތައް ރާވާފައިވާ ހެންނެވެ. އިތުރަށް ލިއާނާއަށް ދެއްކޭނެ ބަހަނާއެއްވެސް ނެތްތާއެވެ. ލިއާނާއަށް ވަގުތުން ކަރުއެލުވާލެވުނެވެ.
“ލިއާނާ ބައްޕަ މެން އާއި އެއްކޮން ގެންގޮސްފަ އަހަންނާ ޝުހާދު ގޮސްފާނަން މެޑްރިޑަށް” އަރްކާން އެހެން ބުނެލި ހިނދު އަޒީޒް ބަލައިލީ ޝުހާދުއާއި ދިމާލަށެވެ. އަރްކާންއަށް ނޭނގޭނެހެން އޭނާ އެވަގުތު ޝުހާދުއަށް އެއް ލޯ މަރާލިއެވެ. ނަމަވެސް އެ މަންޒަރު ލިއާނާ ފެނި ކޮންމެވެސް ވަރަކަށް އަޒީޒްގެ މަގްސަދު ލިއާނާއަށް ރެއަކާލާ ގޮތްވިއެވެ. އޭނާއަށް ތުންފަތުގައި ދައިވެސް ގަނެވުނެވެ.
“ސޮރީ ސާރ…އަސްލު ލިއާނާއަކަށް ރިޒޯޓް ޕްލޭންތައް އިން ގޮތެއް ނޭނގޭނެ..އެއީ ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ކަމެއް..އެހާ ބޮޑު އިވެންޓްއެއް ހޯސްޓް ކުރަން ތައްޔާރު ވެގެން ދާއިރު ލިއާނާއަށް ނޭނގޭ ކަމެއް ހަވާލު ކުރުމުގެ ބަދަލްގައި ކޮންސްޓްރަކްޝަން ވޯކް ހަވާލުކުރުން އަޒީޒް ސާރ ބުނުއްވިހެން ރަނގަޅުވާނީ..އެއީ އެކަމުގަ އުޅުނީ ވެސް ލިއާނާ…އަޅުގަނޑަކަށް އެ ވޯކް އާ ބެހޭ އެއްވެސް ކަމެއް އެނގިފައެއް ނެތް..” ފުރަތަމަ ފަހަރަށް އެހާ ގިނައިން އަރްކާންގެ ކުރިމަތީގައި ވާހަކަ ދައްކަން ޖެހުމުން ޝުހާދު ހުރީ ބިރުގަނެފައެވެ. އަރްކާންގެ ރުޅި އަކީ އޭނާއަށް އާ އެއްޗެއް ނޫންވިއްޔާއެވެ.
“ދެން ދަރިފުޅުގެ ވާހަކަ ތިހެން ހުރިއްޔާ ލިއާ ވެސް ބިރުގަނެފަ މިހާރު ހުންނާނީ ޖަވާބެއް ދޭން..އަރްކާން ނުދާނެ ކަން އެގިއްޖެ މިހާރު..އަޅާ ނުލާ ރިޒޯޓް ކަންތައް ކެންސަލް ކޮށްލާނީ” މޫނަށް ވެރިކޮށްގެން ހުރި ހިތާމަ ވެރި ކުލަވަރު އިހުނަށް ވުރެން ފުންކޮށްލަމުން އަޒީޒް ބުނެލިއެވެ.
“ޑޭޑް ޔޫ ޑޯންޓް ހޭވް ޓް ބީ ސޭޑް..އައިލް ގޯ..ސެންޑް މީ އެވްރީތިންގް ރިލޭޓެޑް ޓް ދެޓް..އެންޑް ޔޫ… މައިންޑް ޔޯ މެނާސް ވެން ވީ ގޮ ދެއާރ” އަޒީޒްއަށް ޖަވާބު ދެމުން ލިއާނާއާއި ދިމާ އަރްކާން ބަލައިލީ އިންޒާރެއް ފަދައިންނެވެ. އެއަށްފަހު އެތާގަ މަޑު ނުކޮށް ދިޔަ ގޮތުން އެކަމާ އޭނަ ހިތްހަމަ ނުޖެހިފައި ހުރިވަރު ހާމަވެއެވެ.
“މާ ފޮނި ވެލާފަ އުޅުނަސް އެހެރަ ފެންނަނީ އެކަލޭގެ ސައިޒް..ހަހް ބައްޕާފުޅު އެދިލެއްވީމަ އެހުރީ ދޫޝްމަނާ އެކު ވެކޭޝަނަށް ވެސް ދާން ތައްޔާރަށް..ހޮއިހޮއި ބައްޕާފުޅުގެ ލޯބިވާ ތުއްތު އަރްކާން..ހުރެބަލަ ނިކަން.. ދޫ ލަނޑެއް ނުދޭނަން..” ހިތާހިތާ ކިޔައިލި އިރު ލިއާނާގެ މޫނުމަތިން ފެންނަނީ ނުލަފާ ހީލުމެކެވެ. އަރްކާން ދެކެ ރުޅި އަޔަސް ދެންމެ އެންމެ ފަހުން އެއްބަސް ވެފައި ދިޔަގޮތުން އޭނާ ގާތައް ހުރީ ހިނިއަންނަގޮތްވެފައެވެ.
“އަހަހަހަ..ހަމަ ރަނގަޅަށް މިބުނީ އަހަންނަށް އެނގޭ އެ ސޮރު ގާތު އިމޯޝަން ތައް ދައްކައިގެން ޑްރާމާއެއް ކުޅެލާފިއްޔާ ވަގުތުން އެއްބަސް ވާނެކަން…ހަހަހަ ޝުހާދު ކިހިނެތްތަ އަހަރެންގެ އެކްޓިން.” އަޒީޒް ހޭން ފެށީ އަރްކާން ނުކުތުމުންނެވެ. ސުހާދު ވެސް ހިނިއައިސްފައި ހުއްޓެވެ.
“ލިއާ އޯކޭ ދޯ އެހެންވީމަ..” އަޒީޒް ގޮވާލުމުން ލިއާނާ ދިޔައި ސިހިގެންނެވެ. ގަދަކަމުން ހީލާފައި ބޯޖަހައިލަމުން އޭނާ ނުކުތެވެ.
***
“ދަރިފުޅާ ލޮލަށް ކިހިނެތް ހަދާފަ..ކުޑަކޮން ދުޅަހެން ހީވޭ އެބަ” ހެނދުނު ސައި ދިނުމަށް ޓަކައި ވައިން ދިނާޔާއަށް ފުރަތަމަވެސް އަޅާރާގެ ދުޅަވެފައިވީ ދެލޯ ފެނި އަހައިލެވުނެވެ.
“އެ..އެ ރޭގަ ނުނިދުނީ މަ ކަމަށް ވާނީ..ދެބަ ދޭތެރޭގަ ނިދިން ހޭލެވުނު ގޮތައް ނިދި ފިލައިގެން ފަހުން ނުއެއް ނިދުން” ދިނާޔާގެ އިތުރު ސުވާލެއް އައިސްފާނެތީ އަލާރާ ވަގުތުން ބުނެލިއެވެ.
“މަންމައަށް ގުޅައްޗޭ ދެން އެގޮތައް ނުނިދިއްޖެޔާ އެނގޭ..ދަރިފުޅާ….މަންމަ ކުރީދުވަހު ދަރިފުޅު ކައިރީގަ ބުނީމެންނު ސޯފިއާ އައި ވާހަކަ..އެކަމަކު ދަރިފުޅު ފަހުން ނުބުނާތީ ވެ މަންމަ ނުއެއް ގުޅަން..ދެން ރޭގަ އަނެއްކާ ވެސް އޭނައައި..ދަރިފުޅު ނިދަން ވައިން ވާހަކަ ބުނީމަ ދިޔައީ.” ދިނާޔާ ކުއްލިއަކަށް ހަނދާން ވެގެން ބުނެލިއެވެ.
ދިނާޔާގެ އެ ޖުމްލައިން އަލާރާގެ މޫނުމައްޗަށް އެރީ ތަފާތު ކުލަވަރެކެވެ. އެކަމަކަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނެތްފަދައެވެ. ދިނާޔާއަށް އަލާގެ މޫނުމަތީގެ ކުލަތައް ނަގައި ގަނެވެން ނެގީ މަދު ސިކުންތުކޮޅެކެވެ.
“ދެކުދިންގެ މެދުގަ ކަމެއް ހިނގީތަ…މަންމައަށް މިހާރު އެބަ ހީވޭ ސޯފީއަށް އަލާ އިގްނޯރ ކުރާހެން..މަންމައަށް އެނގިފައި ނުވާ ކަމެއް އެބައޮތްތަ” އަހަން ނާހަން ހުރެފައި ދިނާޔާ އަހައިލިއެވެ.
“އަހަރެންގެ މަތިން ހަނދާން ނުވާތީ ބަޔަކަށް ގޮވާލަން ވެސް ނާދެވުން… މިހާ ދުވަސް ވީމަ ދެން އަހަންނަށް ރަނގަޅީ ނައީ ވިއްޔާ..އަހަންނަށް އަހަރެންގެ އަނދިރި ދުނިޔެ މާ ކަމުދެ އެ މީހުންނަށް ވުރެން..މަންމަމެން ކިތަންމެ ފޮރުވަން އުޅުނަސް އަހަންނަށް އެނގޭ ސޯފިއާ އަހަރެން ދެކޭކަށް ނާންނަކަން..އަހަރެން ގޮވައިގެން އެކި ގައުމުތަކަށް ބޭސް ފަރުޥާއަށް ދިޔައިރު މެލޭޝިއާއަށް ވެސް ދިޔަ..ސޯފީ ހުރީ އޭރު މެލޭޝިޔާގަ..ދެކިލަން ބޭނުން ނަމަ ދެކިލަން އާދެވުނީސް..ދެން ހުރީ ޝަވަން..އާހްހް..ޝަވަ..”ޝަވަންގެ ނަން ގަނެވުމާއި އެކު އޭނާގެ ހިތުގައި މިހުރިހާ ދުވަސްތަކެއް ވަންދެން ބަދެލާފައި ހުރި އިހްސާސްތައް ބޭރުވިއެވެ. ކަރުނައާއި ދެކޮޅަށް ކުރަމުން ދިޔަ ހަނގުރާމައިން ބަލިވީ ބަސްބުނާހާ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ގިސްލަ ގިސްލާފައި ރޮވެން ފެށުމުން މޫނުމަތީގައި ދެއަތް އަޅާލިއެވެ. އަލާރާ ގެނެސް މޭގައި ބޮނޑި ކޮށްލެވުނު އިރު ދިނާޔާއަށް ވެސް ރޮވިއްޖެއެވެ. ދަރިއަކު އެފަދައިން ގިސްލާ ރޯތަން ބެލުމަކީ މައިލަގޮނޑިއަށް ކެތްވާނެކަމެއްނޫނެވެ.
“މަންމަގެ ދަރިފުޅާ..ހުއްޓާލަ..އަވަހަށް ހުއްޓާލަ..މަންމަގެ ހިތައް ކެތެއް ނުވޭ ތިހެން ރޯތަން ބަލާކަށް..މަންމައަށް ވާނެކަމެއް ނަމަ ހުރިހާ ކަމެއް ވެސް ރަނގަޅުކޮށްދޭނަން…ދަރިފުޅާ ކިތަންމެ ދެރަވިއަސް ބައެއް ކަންތައްތަކަކީ ހާސިލް ވާނެ ކަންކަމެއް ނޫން..ޝަވަންއަކީ ކުރިން އެހެން އުޅުނު ކުއްޖެއް ނޫން..އޭރު އަލާ އާއި ދެކުދިން ކިހާ ލޯބިން އުޅުނީ..ބައެއްފަހަރު އޭނާ އުޅޭގޮތުން ހީވޭ އޭނާގެ މަންމަމެން ދެކެ އޭނާ ވާ ލޯތްބަށް ވުރެން ، ދަރިފުޅު ދެކެ އޭނާ ވާ ލޯބި ބޮޑުހެން…އެކަމަކު އެހުރިހާ ކަމެއް ފަޅި ސިކުންތު ތެރޭގަ ބަދަލް ވެއްޖެ…ދަރިފުޅު އަނދިރި ހަބަރު ލިބުނު ދުވަހުން ފެށިގެން އެ ބަދަލެއް އައީ..އެއިން އެނގެނީ އޭނާ އެދުވަހު ލޯބީގެ ކުލަތައް ދެއްކި ނަމަވެސް އެއީ ލޯބި ނޫން ކަން..އެއީ ދަޅަ.. މަންމަ މިހެން ބުނެގެން ދަރިފުޅު ރުޅި ނާންނާތި..ދެރަ ވެސް ނުވާތި..”ދިނާޔާގެ ވާހަކަތައް ހުއްޓުމެއްނެތި ދައްކަމުން ދިޔައިރު ވެސް އަލާރާ އިނީ އެގޮތުގައި ރޯށެވެ.
ކިތަންމެ ކައިވެނި ކުރަން ދެފަރާތު އާއިލާއިން އެދުނަސް އޭނާ މިކަމާ ނޫޅެންޏާ އުފަލެއް ނެތެއްނު ދަރިފުޅާ..މަންމަ މިދެނީ ނަސޭހަތް..މަންމައަކަށް ނުފެނޭ ނަސްރާމެން ކިޔާކިޔާ ބޮލަށް އުނދަގުވެގެން އައިސް އިންނަން އެހުމުން އަލާ އެއްބަސް ވާކަށް..ނަސްރާ އިހަށް ރޭ ގުޅާފަ ބުނި ޝަވަން ދައްކާފިއޭ ކައިވެނި ކުރާ ވާހަކަ…ހުކުރު ދުވަހުގެ ރޭ އޭނާ ރަސްމީ ކޮން ކައިވެންޏަށް އެދެން މިގެޔަށް އޭނާ އަންނާނެ ވާހަކަ ބުނި… އޭނާގެ އަޅާލުން ކުޑަކަމާއި އެކު ވެސް އަލާ ބޭނުންވަންޏާ ބައްޕަ މަނައެއް ނުކުރާނެ..ބީ ކެއާފުލް ދަރިފުޅާ އަބަދުވެސް…އެކަމަކު މިގޭގަ އުޅެންވާނީ..މެރީ ކޮށްގެން ވަކިން ގެޔަކަށް ދަންޏާ މަންމައަކަށް ރުހިގެނެއް ނުހުރެވޭނެ.. ޝަވަން އެކަންތައް ކުރިގޮތުން އޭނައަށް މަންމަ ކުރަމުން ދިޔަ އިތުބާރު މުޅިން ގެއްލިއްޖެ” ދިނާޔާގެ ވާހަކަ ނިމުމުން އަލާރާ އަށް ބޯ ހިތްލާލިއެވެ.
“މަންމާ ކީއްވެތަ އެންމެ އަހަރެން ކައިރީގަ ދުރުވާން ކިޔަނީ..އޭނާ އެ ގޮތައް ކަންތައް ކުރިއަސް ހާދަ ލޯބިވެއޭ އަދިވެސް” އަލާރާ ރޮމުން ދިޔަ ގޮތުން ދިނާޔާއަށް ހީވީ ހިތުގައި މީހަކު ވަކިއަޅުޥާލިހެންނެވެ. ހިތްފަޅައިގެން ދާ ވަރުވިއެވެ.
“ދަރިފުޅާ މަންމަ މިހުރިހަ ވާހަކައެއް ކިޔާ ދޭ އިރު ވެސް ދަރިފުޅަށް އެއްޗެއް ވިސްނޭ ހެނެއް ހިޔެއް ނުވޭ.. ލުކް ދޫނީ..މަންމަ ނުބުނަން ސީދާ ވަކިވާކަށް..ދަރިފުޅުގެ އުފަލަކަށް ހުރަސް އަޅާނެ މީހަކު މިގެއަކު ނުހުންނާނެ.. އެކަމަކު މަންމަ އާއި ބައްޕަ އަދި ދޮންބެ އެއްވެސް މަޑަކުން ނުހުންނާނެ ދަރިފުޅަށް ގެއްލުމެއް ލިބޭތަނެއް ދެކޭކަށް..ދަރިފުޅަށް ވެސް ހެޔޮ ނުބައި ވަކިވާނެ މިހާރު.. އެއްވެސް މީހަކު ހިތުން ރުހުމުން ގަބޫލެއް ނުވާނެ ތިކަމަކަށް…އެވާހަކަ މިބުނީ ދެންމެ ވެސް.. އަލާ ކައިވެނި ކުރަން ބޭނުންނަމަ އާއެކޭ ބުނޭ އޭނަ ކައިރީ.” އަލާގެ ބޮލުގައި ފިރުމާލަމުން ދިނާޔާ ބުނެލިއެވެ.
އަލާރާ އެތައް އިރަކު އެގޮތުގައި ރޯން އޮތުމަށްފަހު ހުއްޓުނީ ދިނާޔާގެ އެތައްވާހަކަ ތަކަކަށްފަހުއެވެ.
“މަންމާ…ސޯފިއާއަށް ހަދާނެ ގޮތެއް ނޭނގޭ..ކުރިން އޮތް ގުޅުމެއް ދެން އޮންނާނެ ހެނެއް ހިއެއް ނުވޭ..އަހަރެންގެ ނެތް އެއްވެސް އެކުވެރިއެއް.. މި ހާލަތު މިދިމާ ވީ ވެސް އެ އެންމެންގެ އަނދިރި ސިފަ އަހަރެންގެ އަނދިރީގެ ދުނިޔެއިން ތަސްވީރު ވާން ކަންނޭގެ”
“ދަރިފުޅާ ދެން ތި ހެން ވާހަކަ ނުދައްކާ.. މިވަގުތު ދަރިފުޅު ކައިރީގަ އެއުޅެނީ ދަރިފުޅަށް ހެޔޮ އެދޭމީހުން…ބައިދަވޭ..ޒެވް އާ ވާހަކަ ދައްކަން ތަ”ދިނާޔާ އަހައިލިއެވެ. ވަގުތުން އަލާރާ ނޫނެކޭ ބުނެލައިފިއެވެ.
“ކީއްވެ..އެއީ ވަރަށް ރަނގަޅު ކުއްޖެކޭ..އަލާގެ ލައިފްގެ އެކުވެރިއެއް ނެތް ތަންކޮޅުވެސް އޭރުން އެޔޮތީ ފޫ ބެއްދިފަ…ވަރަށް މަޑުމަޑުން ހުންނަ ކުއްޖެއް އެއީ..އަލާ ވާހަކަ ނުދައްކާތީވެ ކަންނޭގެ ޒެވް ޥާހަކަ ނުދައްކަނީ..ކުރިން ދޮންބެ އާއި ދެކުދިން އެއީ އެންމެ ގާތް ރަހުމަތްތެރިން..ދޮންބެ އެ ކުރި ކަމަކުން އެކުއްޖާއަށް ކިހާ ގެއްލުން ލިބުނު..އަހަރެމެނާ ހެޔޮ ހިތުން އަނގައިން ބުނާކަން ވެސް ރަނގަޅު..އެ ހާދިސާ އަށް ފަހު ހިޔެއް ނުކުރަން ދުވަހަކު ވެސް އެދެބެން އަހަރެމެންގެ ކުރިމައްޗަށް އަރާނެ ކަމަކަށް ވެސް…އަދިވެސް ރޮވޭ އެދުވަސްތައް ހިތައް އަރާފަ.. އަލާ.. އަލާ ތި ހިތާމަ ކުރަނީ ލޮލަށް ނުފެންނާތި..އެކަމަކު މަންމައަށް ވިސްނޭ ގޮތުގަ ޒެވްގެ ދިރިއުޅުމުގަ މިހާ ތަނަށް ކަންތައް ވެފަ އޮތީ ތި އަށްވުރެން މާ ބޮޑަށް ވެސް ބޭއިންސާފުން.. ސާލީ އާއި ޒާފިރް ނިޔާވިތާ ދެވަނައަށް ވީ ދުވަހު އަރްކާން އޭނާ ފްރޭމް ކޮށްގެން ޖަލަށް ލީ..ކިހާ ދެރަ ވާނެ..އެ ފަކީރު ގިނިކަންޏާ ކިހާ ގަނައެއް ތެޅޭނެ…އެއްކަމަކަށް ފަހުން އަނެއްކަމެއް…އޭރު އެއީ ކުޑަ ކުޑަ ދަރިއެއް..ޅަ އުމުރުގައި ވެސް ކޮއްކޮއެއްގެ ޒިންމާ އުފުލަން ހުރި ބޭބެއެއް..އެކަމަކު މާޝާﷲ ކިހާ ހިތްވަރުގަދަ… ލިއާގެ ފަރާތުން އެނގުނު ގޮތުގަ އޭގެ ފަހުން އޭނާ އެއްވެސް އެކުވެރިއަކަށް އިތުބާރު ނުކުރޭ…އެކުވެރިއެއް ނުވެސް ހުރޭ…އެހެން ވާނީ ވެސް..ޖަލުގަ ހުއްޓަ ދިމާވި ކުއްޖަކާ މިހާރު އަނގައިން ބުނާ ކަމަށް ވޭ..ދަރިފުޅު ރާއްޖޭން ބޭރުގަ އުޅުނީމަ މިތާގަ އަރްކާން އާއި ޒެވް އުޅުނު ގާތް ކަން ނުފެންނާނެ.. އެއްތަށިން ކައި އެކުގައި ގިނަވަގުތު ދެކުދިން ހޭދަ ކުރީ.. ޒެވް އަށް ކޮންމެ އެއްޗެއް ލިބުނަސް ދޮންބެއަށް ނުދީ ނުކާނެ.. ޒެވް ކިޔައިދޭނެ ސާލީ އަށް ނުކިޔާދޭ ވާހަކަތައް ވެސް ދޮންބެއަށް..އެވަރުން އުޅެނިކޮން ދޮންބެ އެކުރި ކަންތަކުން ކިހިނެތް ވާނީ..އަރްކާން އަކީ އަމިއްލަ ދަރިއަކަސް މަންމަ އަބަދުވެސް އެކަމުގަ ނަގާނީ ޒެވްގެ ސައިޑް… އޭރު ޒެވް ވަރަށް މަޑުމަޑުން ހުންނާނީ..އެކަމަކު ކިތަންމެ މަޑުން ހުއްޓަސް އަބަދުވެސް ހިނިތުންވެފަ ކޮންމެ މީހަކާވެސް ވާހަކަ ދައްކާނީ .. ހިތްހެޔޮ ކުއްޖެއް އެއީ..އެކަމަކު މިހާރު ތަފާތު.. ސީރިއަސްކަން ނޫން ކުލައެއް އެމޫނަކު ނުވޭ…ލިއާ އާ އެއްކޮން ހުންނައިރު ކިރިޔާ ވެސް ހީލުމެއްގެ އަސަރު އެމޫނުން ފެންނަނީ..އޭނަ ނުކިޔަކަސް ވިސްނާނެ ކަން އެނގޭ.. އަދި އަދަށް ދާންދެން ވެސް ޒެވްއަށް ދޮންބެ އެހެން ހަދަން ޖެހުނު ސަބަބެއް އެކަކަށް ވެސް ނޭގެ..ދުނިޔޭގަ އުޅޭއިރު ވަރަށް ގިނަ އަޕް އެންޑް ޑައުންސް އަންނާނެ..ކެތްތެރިވާން ޖެހޭނީ..ޒެވް އައީމަ ވާހަކަ ދައްކައްޗޭ..އެކުވެރިކަން އުފެދިއްޖެޔާ އަލާގެ ހިތާ ސިކުނޑިއަށް ވެސް ފަސޭހަ ވާނެ” ދިނާޔާގެ ވާހަކަތައް ކަނުލާ އަޑުއަހަން އިން އަލާރާގެ ހިތައް އަރާ ފައިބަމުން ދިޔައީ ތަފާތު ޝުއޫރުތަކެކެވެ.
އެވާހަކަތަކަށް ފަހު އަލާރާގެ ހިތުގައި ޒެވިއަލްއާއި މެދު ނޭނގޭ ޝައުގުވެރިކަމެއް އުފެދުނެވެ. އިތުރު އެއްޗެއް ނުބުނެ އޭނާ ބޯޖަހައިލިއެވެ.
****
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.





Masha Allah. Vrh reethi. Waiting for next episode. Kiyaa hithun hiy obinoavey.
Waaawaa
I cant wait lia and arkan trip ah dhaa hisaabu kiyan mihaaru ves😂😂😂
Vvv loabi gothakah mihaaru story mi dhany😭🥰🥰
Avvv reethi
masha allah
Vvvvv reeethi
Majaa igey eulhe dhegola😂😂😂
Avahah next beynunn🫂😩
😂🤣🤣🤣🤣lia and arkaan
I bet enmmen emme beynun vefa thibeyny their trip ga kanthah vaa goi balance kan
Curiously waiting for the next part
Love you ❤️
Frrrrr 🤣🤣🤣
Hureveng eh noooonnn mihaaru😂😂😂😂
This is the best strory so far
Lwbi vey best author 🫂🥰🥰🥰😘😘😘😘❤️❤️❤️
Maasha Allah mi part vx varah varah reethi…
Whn next??
Avahah up kohdhehchey…
Kiyaahithun keii madhu….
Alhe arkaan zel boluga kn kameii baa e elhuvy…
Liaa and arkaan ge bai enme majaee..
Kaaku baa alaaraa ah inzaaru dheny e …….
Vrh shauguveri vaahaka eiii ……
May Allah bless you…..
Abadhu vx thi gothuga kuriah dhaane kamah ummeedhu kuran..l
Can’t wait for my loobies arkan and lia😂
Ala you should believe everyone and cancel the marriage, Shavan he’s no good for you.. zev is gonna be more caring then him
I feel like Sofia and Shavan are betraying alaa, just keep her safe an regain her eyesight back
Thank you so much dear loving readers for the lovely lovely words 🥺🫶🫶 Because of my busy schedule I couldn’t reply you guyz😭 but i have read every single comments and those comments made my day 🥰🥰
It means a lot 🤍
Once again Thank you so much for the kind words and the support u all are giving me
It means a lot 🥹🫶🫶
I look forward to your continued support in the future.
Love you readers🤍🤍
WE LOVE YOU THE BEST AUTHOR 🫶🫶🫶
Its oki we understand 🫶🫶🫶🫶
You write the besteste stories
Haters gonna hate you
Lovers gonna love you
You have more people who loves you
🫶🫶🫶🫶
Ey avass mi trip eh balan kehmadhu😭😭😭😂😂😂😂
Reeehcheh vaahaaka as usual 🥰❤️
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Alaa and zev gulhuvachey
They both are made for each other
Liaa and Arkaan gulhuvachey
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you
woww my dear this is hama ehme perfect mashallah vrh reethi
lia n arkaan so funny e trip ah inthixaarukurevnii kihineh baa dhn vaani
n alaa yh inxaaru dhinii kaakuba..vrh interesting cant wait for it
love you 😍
Vvv reethi vaahaka eh
Hama kiyaa hithun irukolhakaa up vey tho beley
When next🤍🤍🤍
Masha Allah curiously waiting for the next part 🫶🏼 I love this part your my one of fav author…vrh faahaga kohlevey annora ge stories reethi kan❤️ vrh reethi vhk liyedheefa sifa kohdheefa hunna goiy…v interesting story eh kan vx faahaga kohlan..lia and arkaan ge Bai vrh kiyaalaa hiy vey I’m js waiting for the next 😉
Keep it up dear🫶🏻