Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 5

Annora Level 610 Stories100 Login100 Comments100 Stories
November 2, 2024 10 Mins Read
15 Comments

“ބަނޑުހައެއް ނުވޭތަ..” ، “ވޭ ..އެކަމަކު ވަގުތެއް ނެތް.. ޓެން މިނެޓްސް އިނީ..އައިސް ދެން އެއްޗެއްކާނީ” ލިއާނާ އަތުގައިވާ ގަނޑިއަށް ނަޒަރެއް ދެމުން ބުނެލިއެވެ.

”އަޒީޒްއަށް ގުޅައިފިން..މާދަމާ ހެނދުނު އޭނާ ބަލައި އަންނާނަމޯ ތައްޔާރުވެ ތިބޭށޭ ބުނި..ވޭކްއަޕް އާލީ” ސައިކަލައަށް އަރަމުން ލިއާނާއަށް ބަލައިލަމުން ޒެވިއަލް ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެ ލިއާނާ ވެސް ބޯޖަހައިލިއެވެ.

***

ކްލާސް ދޮރުމައްޗަށް އަރައި ލިއާނާ ގަނޑިބަލައިލި ހިނދު ގަޑިޖެހެން އަދި ދެމިނެޓް އިނުމުން ހިތްހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. އެތެރެއަށް ވަދެވުނު ލިއާނާގެ އިންތިޒާރުގައި އިން ރައިހާ ލޯ އަޅައިލިއެވެ.

” ސާބަސް ލިއާ…ގަޑިން ވީ އިރެއް އިނގޭތަ..އެހެންޏާ އެންމެންނަށްވުރެން އަވަހަށް އަންނަ މީހެކޭ.. ނަސީބެއް އަދި ލެކްޗަރާރ ނާންނަކަން.. ނޭނގޭތަ މަ އަންނަން ވެގެން ގުޅި ވަރެއް..އަދި ފޯނު ވެސް ނަގާ އިންސާނެއް ނޫން މި..ތިގެއަށް ދިޔައިރު ދިރިހުރި އިންސާނެއް ގެޔަކު ނެތް..ވަރަކަށް ދޮރުގައިވެސް ތެޅިން…އެކަމަކާއި ހެދި މަށައް ވެސް ކިރިޔާ މި އާދެވުނީ” ރައިހާގެ ގާތުގައި އިން ހުސްގޮނޑީގައި ލިއާނާ އިށީނުމުން އޭނާ ކުދިކިޔައިލިއެވެ. ދެ މޭޒު ދެމޭޒު ކައިރީގައި ހުންނައިރު އެދެމީހުންގެ ދެމޭޒު ހުންނަނީ އެންމެ ފަހަތު ބަރީގައެވެ.

“އޭޒް އޯލްވޭސް އަރްކާން ހެޕެންޑް..އަހަރެން ފާހާނަގަ އުޅެނިކޮން އެހެންވީ އިރު ތިދިޔައީ.. ދޮންބެ އުޅޭނެ ނީވުނީ ކަންނޭގެ..އެހެންނޫނަސް ރައި ދޮރުގަ ޖަހާނީ ހިންޏެއް  ހާ މަޑުން ހެންވިއްޔަ..ދެން އަޑު އިވޭނެތަ.. ހަހް.. އިނގޭތަ ހެނދުނު އެއްޗެއް ކެއި ގޮތައް މަ ނުވެސް ކައި މިއުޅެނީ..ބަނޑުހައިވެގެން ހުރިހާ ދިމާލަކުން ދުން އަރާއެބަ..ކޮބާތަ އަންނަން އުޅޭ ނިއު ލެކްޗަރާރ” ތުންކޮޅު އޫކޮށްލަމުން ލިއާނާ އެއްފައްޗަކަށް އަމުނާލިއެވެ. އެވަގުތު ވީ ކުލާސްރޫމު ދޮރު ހުޅުވިގެން ދިޔަ ވަގުތެވެ. ހުރިހާ ކުދިންގެ އަޑުން ތަން ހަލަބޮލިވެފައި ވީ ވަގުތެއްގެ ދޮރުގެ އެތެރެއިން ވައިން މީހަކު ފެނި އެންމެން ހިމޭންވީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

މިއިން ކަމެއްގެ ހިލަމެއް ނުވީ ލިއާނާއަށެވެ. ލިއާނާ ވާހަކަ ދައްކަން ފެށި ގޮތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔައެވެ. ރައިހާ ދެތިންފަހަރަކު ކޮއްޓާވެސްލިއެވެ. ލިއާނާގެ ވާހަކަ ނުހުއްޓިގެން ދޮރުން ވަދެގެން އައި މީހަކު ވެސް އޭރު އެމީހުން ތިބި މޭޒާއި ދިމާލަށް އަންނަނީއެވެ. އިސްޖަހައިގެން އިނދެ  އޭނާގެ ދަބަހުން ކޮންމެވެސް އެއްޗެއް ހޯދަމުން ލިއާނާ ހުއްޓުމެއްނެތި ކިޔައިދެމުން ދިޔައީ މިއަދު އޮފީހުގައި ހިނގި ހާދިސާއެވެ. އެ ވާޙަކަ ކިޔައި ދެމުން ދިޔަ ވަރަކަށް ލިއާނާގެ އަޑު ދިޔައީ ބާރުވަމުންނެވެ. އެކަމުން ވެސް އޭނާ އަރްކާން ދެކެ އައިސް  ހުރި ރުޅި ހާމަވެއެވެ.

“އަހަރެން ދެއްކީމެންނު އެ އެއްޗަކު ފޮޓޯ ވެސް..ނިކަން ނުބައި ވައްތަރެއް މޫނައް ވެސް ޖައްސައިގެން އިންނާނީ..ހުވާ ފޫހި މީހާ ގަނޑެއް…ހީވަނީ ތޯއްޗެއް މަ އޭނަ ފަހަތުން އަޅައިގަނެފާނެއޭ..ހުވާކޮށްފަ މިބުނީ އިންނާނެ މީހަކުނުވިއަސް އެ ގޮލާއަކާ މަ ނީންނާނަން…އެހެރަ ދެލޯ ބޮޑުކޮށްލާފައި އިންނަ ގޮތުން ހީވަނީ ދެ ކާށިހެން.. ހާދަ ރުޅިއެއް އައި ހޭ މިހުންނަނީ އެ ބޭގަނޑު ދެކެ…މަ ފަކީރު ހައިބަޑާއޭ ހެނދުނުންސުރެން މިހުންނަނީ..އައި ހޭޓް އަރްރް” ލިއާނާގެ ވާހަކަ ހުއްޓުމަކަށް އައީ ކުއްލިޔަކަށް ނިކަން ބާރަށް ރައިހާ އޭނާގެ ގައިގާ ވިކާލުމުންނެވެ. ތޫލި އަޑަކުން ލިއާނާ ހަޅޭއްލަވައިގަތެވެ.

“އައުޗް ރައީ ..ތަދު..”ނިކަންބާރަށް ލިއާނާ ބުނެބުނެ ހުރެ ޖުމްލަ މެދުކެނޑުމަކަށް އައީ ރައިހާގެ މޫނު ފެނިއެވެ. އޭނާ ލޮލުގެ އިޝާރާތުން ދައްކައިލީ ކުރިމަތީގައި ހުރި މީހާއެވެ. ހައިރާންވެފައި ހުރެ ލިއާނާ ބަލައިލި ހިނދު އޭނާއަށް ހުއްޓުން އެރިއެވެ. ދެލޯ ދިޔައީ ބޮޑުވެގެންނެވެ.

“އަރްކާންންން” ލިއާނާއަށް ވައި އަޑުން ކިޔާލެވުނެވެ. އެއްފަހަރު ރައިހާއަށް އަނެއްފަހަރު ކުރިމަތީގައި ހަށަން ބަނދެލައިގެން ދެބުމަ ގޮއްޖަހަލައިގެން ހުރި އަރްކާންއަށް ލިއާނާ ބަލައިލިއިރު ގައިން ލަދުން މޫނު ދިޔައީ ރަތްވަމުންނެވެ. އޭރު ކުލާހުގައި ތިބި އެހެން ކުދިންގެ ނަޒަރުވެސް އެމީހުންނާއި ދިމާލަށް އަމާޒުވަމުން ދާތަން ފެނި ލިއާނާ ވަކިން ލަދުގަންނަ ގޮތް ވިއެވެ. އޭނާ  ފުރަތަމަ ވެސް ރައިހާ އާއި ދިމާލަށް ލޯ އަޅައިލިއެވެ.

“ޝަޓް ޔޯ މައުތް ބިފޯރ އައި ކްލެންޗް ޔޯ ޓީތް” އެހެންމީހަކަށް ނީވޭހާ މަޑުމަޑުން އަރްކާން ބުނެލީ ސީދާ ލިއާނާގެ ލޮލަށް ނަޒަރެއް ދެމުންނެވެ. އިތުރު އެއްޗެއް އޭނާ ނުބުނެ ދިޔުމުން ލިއާނާއަށް ހަމަޖެހުމުގެ ނޭޥާއެއް ލެވުނެވެ. އޭރު ލިއާނާ ބަލައިލި  އިރު ހުރިޙާ އަންހެންވެރިން އާވާރާވެފައި ފަދައަކުން އަރްކާންއަށް ކަޅި ޖަހައި ނުލާ ބަލަމުންދިޔައެވެ. އެއަމަލުން ލިއާނާ އިންތިހާއަށް ފޫހިވިއެވެ.

“އައްސަލާމްއަލައިކުމް..ސާރގެ ނަމަކީ އިބްރާހިމް އަރްކާން..މިއަދުން ފެށިގެން ތިކުދިންގެ މި ސެމްގެ ބިޒްނެސް ފޯރ ސްކިސްގެ ގަޑިއަށް އަންނާނީ ސާރ…ސާރ އަކީ ކާކުކަން ތިކުދިންނަށް އެނގޭނެ ކަންނޭގެ..އެކަމަކުވެސް ކުޑަ  ތަޢާރަފް އެއް ދޭނަން ..އެއަށްފަހު ތިކުދިން ވެސް ވާނެ ތައާރަފްއެއް ދޭން” އަރްކާން އޭނާގެ ތައާރަފް ދެމުން ދިޔައިރު ވެސް ހުރީ އޭނާ އާދައިގެ މަތިން މޫނަށް ވެރިކޮށްލައިގެން ހުންނަ ސިރިއަސްކަމުގައެވެ. އެކަމުގެ ސަބަބުން އެއްބަޔަކަށް އަރްކާން ސިފަވީ ‘ރޫޑް”މީހެއްގެ ގޮތުގައެވެ. އަނެއް ބަޔަކަށް ކަމުދިޔައިރު ގިނަ އަންހެންކުދިން އަރްކާން ފެނުނު ގޮތައް ބަސްހުއްޓިފައިވާ ފަދައެވެ.

 

ކުދިންތައް އަމިއްލަ ތައާރަފް ދެމުން ދިޔަ ވަގުތު، ލިއާނާއަށް ދައްކާ ހަރުކަށި ކަން ނުދައްކާ އަރްކާން ދެތިންފަހަރު ތުންފަތައް ލުއި ހިނިތުންވުމެއް ވެރިކޮށްލި ގޮތުން ލިއާނާ އިނީ ކޮސްވެފައެވެ. އޭރު ލިއާނާއަށް ވެފައި އިންގޮތުން ރައިހާ ދިޔައީ  ހެމުންނެވެ.

“މަ ކިތައް ފަހަރު ލިއާ ގެ ގައިގާ ކޮއްޓާލިންތަ..އެކަމަކު ވާހަކަޔާއި ޖެހުނު ގޮތައް އެއިން ކަމެއް ގެޓް ނުވި.” ލިއާނާ ނިކަން ބާރަށް ވިކައިގަތުމުން ތަދުވެގެން ރައިހާ އަށް އަޑެއް ލައްވައިލެވުނެވެ.

“ބަޓް ސްޓިލް ޔޫ ކޭން ސޭ ދޯ މަޑުމަޑުން…ނަސީބެންނު އޭނާގެ ނޭމް ނުބުނެވުން ކަން..އަހަރެން ބޭނުމެއް ނުވޭ މި ގޮލާގެ އޮފީސްގަ މަ ވޯކް ކުރާކަން މިއިން މީހަކަށް އެނގޭކަށް”

“ލިއާ ތި ދެއްކި ހުރިހާ ވާހަކައެއް މިތިބަ އެންމެންނަށް އިވޭނެ.. ހަމަ ނަސީބު އަރްކާންގެ ނަން ނުގަނެ އެމީހާގަނޑޭ ކިޔާފަ ވާހަކަ ދެއްކި ކަން ވެސް… އަދި ބުނެފި އޭ  ރައި އަށް ޕިކް ދެއްކީމެންނު ހޭ..”

“އަޅެ މަށައް ކިހިނެތްތަ އެނގޭނީ މީނަ އަންނާނެ ކަމެއް..ހަމަ ބޮޑު ޝޮކެއް މިލިބުނީ…އެނީވޭސް މި ދެން ކަންތައް ހަމަ ވީ..މިތާގަ މީނަ ނުވިތާކަށް އޮފީހުގަ މީނަ.. ދެން މިއުޅެނީ އެގެޔަށް ޗޭންޖް ވާން..އެތާގަ ވެސް މި ބެއްޔާ  އޭރުން..މުޅި އޮޑީގަ ހަސަނު ދެފަޔޭ ބުނާހެން މީނާގެ ދެފައި ހުރިހާ ތާކު…އަހަރެންހާ ނަސީބު ކުޑަ މީހަކު އަޅެ ހުންނާނެތަ..” ލިއާނާ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް ހަރައިގެން އިން ގޮތުން ރައިހާ ގާތައް ހިނިއަންނަ ގޮތްވިއެވެ.

“ދެން ވެސް މަންޖެ އަނގަ މަޑުކުރަން ފެންނަނީ..އިތުރަށް ފަޞީލަތް ވާން ބޭނުން ނުވަންޏާ..” ރައިހާ ހިނިގަނޑެއް ޖަހާލަމުން ލިއާނާގެ ބޮލުގައި ޖަހައިލިއެވެ.

ދެމީހުން ވާހަކައިގާ ތިއްބާ ހުރިހާ އެންމެން ތައާރަފް ވުމަށް ފަހު އެންމެ ފަހުން ލިއާނާ ޖެހުނެވެ. އޭނާ ވާހަކަ ދައްކަމުން ގޮސް އަރްކާންއާއި ދިމާ ބަލައިލި ހިނދު  އޭނަ ބަލަހައްޓައިގެން ހުރުމުން ދެލޯ އަޅައިލިއެވެ. އަރްކާން ވެސް މޫނައް ވައްތަރެއް ޖައްސައިލާގެން ހުއްޓެވެ.

***

ފަތިސް ނަމާދު ކޮށްގެން ޒެވިއަލް  ބެލްކޮންޏަށް ނުކުތީ ކޮފީއެއް ބޯލުމުގެ ނިޔަތުގައެވެ. ހިފައިގެން ހުރި ކޮފީ މަގުން އަރަމުން ދިޔަ އާވީގެ މީރުވަސް ތަނުގައި ވަނީ ހިފާލައިފައެވެ. ބިންގަނޑަށް އަލި ނުވިނަމަވެސް ދުރުދުރަށް ދާންދެން ފެންނަން ހުރި ލައިޓްތަކުން އަލިކަންވެއެވެ. ވަގުތުގެ ގޮތުން ދިމާލަށް ފެންނަން އޮތް މަޖީދީ މަގުން ވެސް ދުއްވާފައި ދާ އުނދުފަހަރުވެސް މަދެވެ. އަމުދުން މީހެއްގެ ހިލަމެއް ނުވެއެވެ.   ޖެހެމުންދާ ލުއިލުއި ވައިރޯޅިތަކާއި ކުރަމުން ދިޔަ ދުންފިނީގެ އަސަރުން ފިނިވަމުން ދިޔަ ނަމަވެސް ކޮފީގެ ސަބަބުން ލުޔެއް ލިބެމުންދިޔައެވެ. ޒެވިއަލް ސިކުނޑިއަށް ތާޒާވީ ވަރުން ލޯ މަރައިލެވުނެވެ.

އެ ހިތްގައިމް ވަގުތު ކޮޅު ނިމުމަކަށް އައީ ލިއާނާގެ އަޑުނެވެ.

“ދޮންބޭ..އަޒީޒް ފޮނުވައިގެން އެބަހުރި ބަލާ އައިސް..” އޭރު ލިއާނާ ހުރީ އޭނާގެ ހޭންޑް ބޭގައި ލެޕްޓޮޕް ދަބަސް އެއްއަތުން ހިފާލައިގެންނެވެ. އަނެއް އަތުން ކުޑަ ފޮއްޓެއް ހިފައިލައިގެންނެވެ.

“އެހެންތަ..ހިނގާ ދާން..ރޫމް ޑަބަލް ކީ ނެގިން ދޯ..” ޒެވިއަލް އޭނާގެ ދަބަސް ހިފައިގެން ނުކުމަތެވެ.

“ހާދަ ކުޑަ ދަބަހެއް ..ޔަގީން ތިއަށް ހަތަރު ޓީޝާޓުވެސް ނުލެވޭނެ..” ، ” ޔާހް އެހާ ގިނައަކުން ނުގެންދަން ބޭނުންވީމަ ބަލާ އާދެވޭނެ އެންނު..” ލިއާނާ އަށް ރައްދު ދެމުން ޒެވިއަލް ހީލިއެވެ. ލިއާނާ ވެސް އިތުރަށް އެއްޗެއް ނުބުނެ ބޯ ޖަހައިލިއެވެ.

ދެމީހުން ބޭރަށް ނުކުން އިރު އަޒީޒްގެ ޑްރައިވަރު އާސިފް އެމީހުންގެ އިންތިޒާރުގައި ކާރުގެ ކައިރީގައި ހުއްޓެވެ. ޑިކީ ތެރެއަށް ދެމީހުންގެ ސާމާނު އަޅައިގެން ދަތުރުފެށިއެވެ.

ކާރުގެ ލޯގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިން އިރު ޒެވިއަލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެގެއަށް ބަދަލްވުމާއި ހިސާބުން ދެން ކަންތައް ވާނެ ގޮތަކާއިމެދު އޭނާ ކަންތައްބޮޑުވެއެވެ. ލިއާނާގެ ކުރިމަތީގައި ހަމަޖެހިގެން ހުރިނަމަވެސް ހަގީގަތުގައި އެގެއަށް ދާން ނިންމި ހިސާބުން އޭނާގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. އޭނާގެ ނިންމުން ބަދަލްކޮށް އެގެއަށް ނުދެވޭނެ ވާހަކަ އަޒީޒްގެ ގާތުގައި ބުނެފާނަމޭ ވެސް ޒެވިއަލްގެ ހިތައް އެތައް ފަހަރަކު އެރިއެވެ. ނަމަވެސް ބައްޕަމަތިން ހަނދާންވެ އެގޮތައް ހަދަން ފަސްޖެހެވެނީއެވެ. އަހަރެއް ހާ ދުވަހު މަސައްކަތްކޮށްފައި އަލުން އެނބުރި ގެޔަށް ދާނީއޭ ވެސް އޭނާގެ ހިތައް އަރަމުން ދިޔައެވެ. އަމަލުންނާއި ދުލުން ހާމަނުކުރި ނަމަވެސް އަރްކާންއަށް އެހިތުގައި އަށަގަނެފައި ހުރި ރުޅިވެރިކަން އަދިވެސް ހުރީ ތާޒާކަން މަތީގައިއެވެ. އަލިފާންފަދައިން އަނދައަނދާއެވެ.

ހެންވޭރު “ކޯޒީ” ގެ ގޭޓުން ކާރު އެތެރެވި އިރު ޒެވިއަލް އަށް ގެއާއި ދިމާލަށް ނަޒަރެއް ދެވުނެވެ. ފަސްއަހަރުފަހުން އާދެވުނު އިރު ތަފާތު އަސަރެއް ޒެވިއަލްގެ ހިތައް ކުރިއެވެ. ކިތަންމެ ބޮޑަކަށް ވެސް ބޭރުން ތަފާތު ނަމަވެސް އެގޭގެ ފަސްގަނޑުގައި ފައި ޖެހުމުން މާޒީގެ ހަނދާންތައް އެހިތައް ތަދުކުރަންފެށިއެވެ. އެއީ އޭނާގެ މައިންބަފައިންނާއި އެކު ހާދަ ވަރަކަށް އައިސް އުޅުނު މަންޒިލެކެވެ. ދެވަނަ ގެއޭ ބުންޏަސް ދޮގަކަށް ނުވާނެކަން ގައިމެވެ.  އެހާ ވެސް  އަމިއްލަވަންތަކަން އިޙްސާސްވެއެވެ. އެގެޔަކީ އަރްކާން އާއި ޒެވިއަލްގެ  ރަހްމަތްތެރިކަމުގެ ފެށުނުތަނެވެ. ނަމަވެސް މިއަދު އެގެޔާއި އަނެއްކާވެސް ކުރިމަތި ލެވުނު އިރު މިވަނީ ހާލަތު ބަދަލުވެފައެވެ. މިއަދު ބައްދަލްކުރީ ދެ ރަހްމަތްތެރިން ދެ ދުޝްމަނުންގެ ގޮތުގައެވެ.

އަށް ފަންގިފިލާއަށް ހަދާފައިވާ ހުދުކުލައިން ފެންނަން ހުރި އެގޭ ބޭރުންވެސް އެހާ ފުރިހަމައެވެ. ގޭގެ ދެފަރާތައް ވާހެން ފެންނަން އޮތީ މާމެލާމެލީގެ ބަގީޗާއެވެ. އެތަނުގައި އާންމުކޮން ރާއްޖެއިން ނުފެންނަ ޒާތުގު މަލުގެ ވައްތަރުތައް ވެއެވެ. އެސްޓާ، ގާޑޭނިޔާ،ކާނޭޝާން، ޑިފޮޑިލް، ހޭތާ، ކެމޭލިއާ އަދި ބޯގަންވިލާގެ ވައްތައު ތަކާއި ރަތާއި ހުދުކުލައިގެ ފިނިފެން މަލުގެ ބަގީޗާއެކެވެ. އެންމެ ތަފާތުކަމަކަށް ފެންނަނީ ގޭގެ ފުރަގަހަށް ވާހެން ހުރި “އީސްޓަން ރެޑް ބަޑް” ބަގީޗާއެވެ. އޭގެ ކައިރީގައި ހިމަ ދިގު ބެންޗް ވާއިރު އެތަނާއި ދުރުނޫން ހިސާބަކަށް ވާހެން އޮތީ ބޮޑު ފަތާ ފެންގަނޑެވެ.

ޒެވިއަލް އާއި ލިއާނާ އެތެރެއަށް ވަނުމާއި އެކު އެންމެ ފުރަތަމަ ވެސް އެމީހުންނަށް މަރުހަބާ ކީ ދެމީހުންގެ އިންތިޒާރުގައި ކުރީން ސުރެން ތިބި އަޒީޒް އާއި ދިނާޔާ އެވެ.

“ދައްތަގެ ލޯބި ލިއާ އެންމެ ފަހުން ގެޔަށް އައިސްފި..އަލްހަމްދުލިއްލާހް….ހާދަ  ލޯތްބޭ ދަރިފުޅު މާޝާﷲ.. ކުޑަކޮން ފުށް ވެސް ވެއްޖެ ދޯ މިހާރު..ހެހެހެ..ސީދާ މި ހަމަ ޝާލީގެ ތައްގަނޑެއް..ދައްތަ މެން ލިއާ އާ މީޓްކުރަން ދާ ފަހަރަކު ނޫނީ ދިމައެއް ވެސް ނުވޭ..ދެން ނުފިލައްޗޭ އެހެން.. އަހަރެމެންނަކީ ކިހާ ގާތް ބައެއް..އެއް ތަށިން ކައިގެން އުޅުނު އެއް ފެމެލީ އެއް ހަމަ މީ..ލިއާ މަތިން ކޮންމެ ދުވަހަކު ވެސް ހާދަ ހަނދާން ވެޔޭ”ލިއާނާގެ ގައިގާ ބައްދާލައިގެން ހުރެ ދިނާޔާ މިހުރިހާ އިރު ހިފަހައްޓައިގެން ހުރި ޝަކުވާތައް ބަންޑުން ކުރަމުން ދިޔައެވެ. އޭނާ އުޅެމުން ދިޔަ ގޮތުން އެދެބެން އައުމުން އޭނާ އުފާވެފައި ހުރިވަރު ހާމަވެއެވެ. އަޒީޒް އަދި އެމީހުން އަންނާނޭ ބުނި ނަމަވެސް ދިނާޔާ ހުރީ ގަބޫލް ނުކުރެވިފައެވެ. ޒެވިއަލް އާއި ލިއާނާ ފެނުމުން އުފަލުން ގޮސް އޭނާއަށް ހުރީ ރޮވިފައެވެ.

“ސޮރީ ދައްތާ..ވަރަށް ބޭރަށް ނުނިކުންނަން..އެހެންވެ ނާދެވެނީ..ދައްތަ މެންނަށް ކަންނޭގެ އެންމެ ގިނައިންވެސް އަހަރެން ފެންނާނީ..ހެހެހެ.ދެން އެކަމަކު އެހެނެއް ނުވާނެ އިންޝާﷲ..މިހާރު މިގެއަށް މި އާދެވުނީ” ލިއާނާ ވެސް ދިނާޔާގެ ގައިގާ ބައްދާލައިގެން ހުރެ ބުނެލިއެވެ. އޭނާ ވެސް ހުރީ ދިނާޔާ އެއްފަދައިން ޖަޒުބާތީވެފައެވެ. އަރުކާންދެކެ އިންތިހާ އަށް ރުޅި އައި ނަމަވެސް އަޒީޒް އާއި ދިނާޔާ ދެކެ ހިތުގައި ކަނެއް ކުލުނު އަބަދުވެސް ވެއެވެ. އަރްކާންދެކެ އަންނަ ރުޅި އެމީހުންނަށް ބާލަން އުޅުނަސް ކާމިޔާބު ނުވަނީ އެހެންވެއެވެ.

“ދެން  އެކުން މާ ވާހަކަ ގިނަ ނުކޮށް އެއްޗެއް ކާލަން ހިނގާ..އާދޭ އަރްކާން ސައިބޯން ދާން” އެމީހުންނާއި ތަންކޮޅެއް ދުރުން ސިޑިކައިރީގައި ހުއްޓި ހުރި އަރްކާން އަށް ބަލައިލަމުން އަޒީޒް ބުނެލިއެވެ.

އަޒީޒްގެ އަޑަށް ޒެވިއަލްއަށް ވެސް އެދިމާލަށް ބަލައިލެވުނެވެ. އެއާއި އެކު އަރްކާންއާއި ދެމީހުންގެ ހަތަރުކަޅި ހަމަ ވިއެވެ. އަރްކާން ބަލައިލީ އަލިފާނުގެ ނަޒަރަކުންނެވެ. އެހެން ހުރެފައި އޭނާ ސިޑިން އަރައިގެން މައްޗައް ދިޔައީއެވެ. ހިތުގައި ކޮންމެ އެއްޗެއް އޮތަސް ޒެވިއަލް ބެލީ މޫނުމަތިން އެކަން ނުދައްކާ ވޭތޯއެވެ. އޭނާ އިސްޖަހާލައިގެން ހުރެ ލިވިންގް ރޫމު ސޯފާގެ ކައިރީގައި ގެނައި ދަބަސްތައް ބަހައްޓާފައި މިސްރާބު ޖެހީ ކާކޮޓަރިއަށެވެ.

“އަރްކާން އުޅޭނެ އެހެން..އޭނާއާއި ދޭތެރޭގަ ނުވިސްނާތި..ތިދެކުދިންނަށް އެންމެ މަތީ ފްލޯ ވާނެ ރެޑީ  ކޮށްދީފަ..އެކަމަކު ކާން ވާނީ މިބައިން..ކައްކަން ނޫޅެއްޗޭ..އޭރުން ދައްތަ ރުޅި އަންނާނަން…މަދީހް.. މަދީޙޫ.. އެއިޓް ވަނަ ފްލޯއަށް ލާދޭތި ސޯފައޭރިއާގަ ހުރި ބޭގްތައް..” ދިނާޔާ ގޮވާލީ ގޭގައި ގެންގުޅޭ މަސައްކަތު މީހެއް ކަމުގައިވާ މަދީހުއަށެވެ. އޭނާ އެއީ ބަގްލަދޭޝްގެ ރައްޔިތެކެވެ. އޭރު އީވާ ނައިސްގެން އަޒީޒް އުޅެއެވެ.

“އޭނާ ނައެއްނު..ހުރިހާ ކުދިން  ކާން ފަށާ އޭނައަށް އިންތިޒާރު ކުރަނިކޮން އިރުވެސް އޮއްސިދާނެ” އަޒީޒްގެ ޖުމްލަ  ނިމުނުތާ މާ ގިނައިރެއް ނުވަނީސް ދުވެފައި ކަހަލަ ގޮތަކަށް އައިސް އީވާ ކާކޮޓަރިއަށް ވަނެވެ.

“ސޮރީ ސޮރީ މަންމާ..އީވް ހޭލިން ހަމަ..އެކަމަކު ދޮންތި ކައިރީގައި އޮއްވަ އަނެއްކާ ނިދުނީ” މައުސޫމް ކަމާއި ތުންކޮޅު އޫކޮށްލަމުން އީވާ ބުނިލެއް މަޖާކަމުން އެންމެންނަށް ހެވުނެވެ.

“ތީ ކޮންމެ ދުވަހެއްގެ އާދަ އެންނު” ދިނާޔާ، އީވާގެ ބޮލުގައިޖަހާލިއެވެ. އީވާ ދެނޭ ކިޔާ ކުސްތަޅާލިއެވެ.

“ހޭއި ލިއާ….ހައުސް ޔޫ..އާފްޓާ ލޯންގް ޓައިމް” އީވާ އައިގޮތައް ލިއާނާގެ ގައިގާ ބައްދާލިލެއް ބާރުކަމުން ލިއާނާއަށް ހީވީ ކަށިތައް ވެސް މުގުރުނުހެންނެވެ. ތަދުވިނަމަވެސް ހިނިއައިސްފައި ހުރެ އީވާގެ ގައިގާ ދެއަތް ވަށާލިއެވެ.

“އަލްހަމްދުލިއްލާހް..ރަނގަޅޭ ހަމަ..ކިހިނެތްތަ އީވް..” ލިއާނާގެ ކައިރީގައިން ގޮނޑީގައި އީވާ އިށީންދެ ވާހަކަ އަޅުވާލި ގޮތައް ދެން އެދެމީހުންނަށް އެތާގައި އިތުރު  ބަޔަކު ތިބިހެން  ވެސް ހީނުވެއެވެ.

ޒެވިއަލް ގާތައް ހިނިއަންނަ ގޮތް ވީ އެގެޔަށް ނާންނަން ލިއާނާ އުޅުނު ގޮތް ހަނދާންވެފައެވެ. މިހާރު އެތާގައި އޭނާ އިންކަން ވެސް ލިއާނާއަށް ޔަގީނުންވިއްޔާ ނޭނގޭނެއެވެ.

“ހޫމް ހޫމް ބަޔަކަށް ދެން ނޭނގޭނެ އަހަރެމެން މިތަނުން ދިޔަސް..އެތިބީ ގެއްލިފަ ވިއްޔާ” އަޒީޒް ވެސް އިނދެފައި އެމީހުންނާއި ދިމާކޮށްލިއެވެ. އެވަރުންވެސް ދެމީހުން ތިބީ އެމީހުން އަމިއްލަ ދުނިޔޭގައެވެ.

އަޒީޒް އެވަގުތު އަލާރާގެ ހާލަތު އިތުރަށް ޒެވިއަލްއަށް ކިޔައިދިނެވެ. ޝައުގުވެރިކަން ދައްކައިގެން އަޑުއަހަން އިންކަމުގައި ވިޔަސް ހަގީގަތުގައި ޒެވިއަލް އިނީ ކަންބޮޑުވެފައެވެ. އެ ޒިންމާ އަދާކުރެވިދާނެ ބާއޭ އޭނާގެ ހިތައް އަރައަރައެވެ.

***

“އަހަންނަކަށް ނުވިސްނުނު ދޮންބެ އޭނަ ދެކެ ތިހާ ރުޅި އަންނަން ވީ ސަބަބެއް..އަހަރެން ދުވަހަކު އޭނާ ނުދެކުނަސް މަންމަމެން ފަރާތުން އިވިފަ ހުރީ ޒެވް އެއްގެ ވާހަކަ..އެމީހުން ބުނާ  ގޮތުގައި ދޮންބެ ގޯހީ.. ދޮންބެ ތިބުނީ އޭނަ ކަމަށް ގޯހީ..” އިސްޖޖަހައިގެން އިނދެ އަލާރާ  ކުޑަކޮން އިސްއުފުލާލިއެވެ.

“ދެން އަލާ ވެސް ތަ..އޭނާ ގޯސް ވީމަ އެންނު އޭނަ ޖެއިލް ކުރާނީ..އަހަންނަށް ފުރަތަމަ ވެސް އެނގޭ އަލާއަށް މީހަކު ހަމަޖައްސަން ބުނާ އިރަށް ބައްޕަ އޭނަ ކައިރިގަ ބުނާނެ ކަން..އާހްހް..އެނގޭތަ އޭނައަށް ވުރެން އަދި ކަންތައް ބޮޑީ ދެން އެހުރި ކުޑަ އެތި.. މަ ބޭނުމެއް ނޫން އޭނަގެ ނަން ގަންނާކަށް ވެސް..ރޭގަ ވެސް ކިރިޔާ މަ ކައި ނުލީ” އަރްކާން ވާހަކަ ދައްކަމުން ދިޔަ ގޮތުން އަލާރާ ގެ ތުންފަތައް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އެކްސިޑެންޓްއަށްފަހު އޭނާގެ މޫނުމަތިން ކުޑަ ނަމަވެސް ހިނިތުންވުމެއްގެ އަސަރު އެ ފެނުނީ އަދި އަލަށެވެ. އެކަމުން އަރްކާންއަށް ލިބުނު ހިތްހަމަ ޖެހުނ ލޮލާއި ހަމައަށް ވާސިލްވިއެވެ. ދެލޮލުން ނިރާލި ކަރުނު ތިކި ފުހެލަމުން އަލާރާގެ ނިތުގައި ބޮސްދިނެވެ.

“ކިހިނެތް ވީ ދޮންބެކުއްލިއަކަށް އަލާ ދެކެ މާ ލޯބި ވީ..ރޭގަ ތިބުނާ  ކުއްޖާ ކިހިނެތް ތަ ހެދީ.. އެކުއްޖާ ހީވޭ ދޮންބެ އަށް ވަރަށް ސްޕެޝިއަލް ހެން..އަދި އަލަށް ވިއްޔާ ދޮންބެ ގާލް އެއްގެ ވާހަކަ ތި ދެއްކީ” އަލާރާ ބުނެލި ގޮތުން އަރްކާން ނޫނެކޭ ވަގުތުން ބުނެލިއެވެ.

“ދޮންބެ އަބަދުވެސް ލޯބިވޭ އަލާ އާއި އީވް ދެކެ..ދެން ރޭގަ ދޯ..އެވާހަކަ ބާއްވަމާ..އެއީ ހަމަ ފައްކާ މޮޔައެއް..” އަރްކާން އިނދެ ފާޑަކަށް އަނގަހަދާލިއެވެ.

“ޙުމް ދޮންބެ ބުނާނެ ތިހެން..އޯކޭދެން މިފަހަރު ގަބޫލް ކޮށްފިން..ކޮބާ ކިހިނެތް ތަ ރޭގަ ކްލާސް.. ކީއްވެގެންތަ ކުއްލިޔަކަށް ދޮންބެ ލެކްޗަރާރް އަކަށް ތި ދާން ފެށީ”

“ބައްޕަ ފްރެންޑް މާޖިދުބެ ބުނީ ބައްޕަ ކައިރީގަ އަސްލު ގޮސް ކިޔަވައިދޭން..ދެން ބައްޕަ މިހާރު އެހެން ބަލި ގޮތަކަށް އުޅެނީ އެކަމަކު މާޖިދުބެ އަލަށް އަދި ކަމަކު ބުނީމަ ބައްޕަ އަށް ނޯ ޖަހަން ނުކެރިފަ ހުރީ…އެހެންވެ ދޮންބެ އަމިއްލައަށް ބުނީ ބައްޕަ ބޭނުމިއްޔާ ދޮންބެ ގޮސްފާނަމޭ.. އެންމެ ސެމްއަކަށްނު..އަނެއްކާ ނައިޓް ގަ އިނީ ކްލާސްތައް.. ވަރަށް ފަސޭހައިން ބައްޕަ ބުނެފި އޯކޭ އޭ..ހީވީ ހަމަ އަހަރެން އެހެން ނުބުނެގެން ހުރިހެން” އަރްކާން ކިޔައިދިނެވެ.

“ބައްޕަގެ ބަސް އަހާ ދަރިފުޅު..ޕްރައުޑް އޮފް ޔޫ ދޮންބެ” އެއިން ގޮތައް އިނދެ އޭނާގެ އަތުގެ ތެރޭގައި އޮތް އަރްކާންގެ އަތުގައި ފިރުމާލިއެވެ.

ދެމީހުން ވާހަކައިގާ ތިއްބާ ކޮޓަރީގެ ދޮރުގައި ޓަކި ދޭ އަޑު އިވުނެވެ.

“އޭނަ ކަންނޭގެ ދޮންބެ ދަނީއޭ..ޓްރައި ޓް ކޯޕަރޭޓް ހިމް.. އެޓްލީސް ހީ ހޭޒް ސޯ ކޯލްޑް ހިއުމޭނިޓީ އަންލައިކް މީ..ބަޓް ވަޓް އަ ބޭޑް ގާއި ތޯ..ސްޓޭ އެލާޓް”އަރްކާން ދަމުން ވައި އަޑުން ބުނެލި އެތިން އަލާރާ ގާތައް ކުރިއަށް  ވުރެން ބޮޑަށް ހިނި އަންނަ ގޮތް ވިއެވެ.

އަރްކާންގެ ފިޔަވަޅު އޮބުނު ފަހުން އިތުރު މީހެއްގެ ފިޔަވަޅުތައް އިވުނެވެ. އެއީ ޒެވިއަލް ކަން އަލާރާއަށް އެނގުނެވެ. ތަންތަން ނުފެނު ކަމުގައި ވިޔަސް އޭނާ އިސްއުފުލާލަމުން ދިމަ ދިމާލަށް ކަޅިހިންގާލިއެވެ.

އަލާރާ ފުރަގަސް ދީގެން ހުރުމުން އޭނާގެ ފަހަތައް އައިސް ހުއްޓުނު ޒެވިއަލްއަކަށް އަލާރާގެ މޫނެއް ނުފެނެއެވެ.

“ހައި” ވާހަކަ ދައްކަން ފަސްޖެހިފައި ހުރި ނަމަވެސް އިރުކޮޅަކު މަޑުކޮށްލައިގެން ހުރެ ޒެވިއަލް ގޮވާލިއެވެ. އޭނާ ހުރީ އަލާރާ އިން ސޯފާގެ ފުރަގަހަށް ވާހެންނެވެ.

“ހޭއި..ޔޫ ކޭން ސިޓް ހިޔާ” އަންހެންވަންތަ އަޑެކެވެ. ހަމައެކަނި އެ އަޑު އިވިފައި ޒެވިއަލްގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އޭނާ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އެނގުންވެލިއެވެ. ހަރަކާތެއް ވެސް ގެންނަން ނޭނގިފައި ހުއްޓާ އަލާރާގެ އަޑު ދެވަނަ ފަހަރަށް އިވުމުން މަޑުމަޑުން ޒެވިއަލް އޭނާގެ މޫނު ފެންނަ ހިސާބަށް ދިޔައެވެ. އެ މޫނު ފެނުނު ހިނދު އޭނާ ލައިލައި ހުރި ނޭވާވެސް ހީވީ އަރުގައި ތާށިވިހެންނެވެ. އުމުރުން ވީ ފަންސަވީސް އަހަރު ތެރޭގައި އޭނާގެ ހަޔާތުގައި އަންހެންކުއްޖެއް ފެނިގެން ދުވަހަކު ވެސް ނުވާގޮތެކެވެ. ބަސްހުއްޓިފައިވީ ފަދައަކުން އަލާރާގެ ރީތި މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. އާޝޯހްކަންމަތީގައެވެ. އަލާރާ ލާފައި އިން ހުދުކުލައިގެ ކުރުތާއާއި ނޫކުލައިގެ ޖިންސުގައި ވަކިން ފުރިހަމަހެން ހީވެއެވެ.  އޭނާގެ ދިގު އިސްތަށިގަނޑު އެއްފަރާތު ކޮނޑުމަތިން ގެނެސް ހާމައަށް ދޫކޮށްލާފައި އޮތެވެ. އެއްވެސް މޭކަޕެއް ކޮށްފައި ނުވާއިރު ނަޒަރު ވަކިކޮށްލަން އުނދަގޫ ރީތިކަމެކެވެ. ނަމަވެސް އަލާރާގެ ކައިވެނީގެ ހަބަރުގެ މަތިން އޭނާ ހަނދާންވިއެވެ. ވަގުތުން އިސްޖަހާލައިގެން ހުރެ އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރިއެވެ.

“އަމް ޒެވިއަލް..އަލާރާ ދޯ..މްމް..އަލް ކޮންޓިނިއު މައި ޑިއުޓީ” އިސް އުފުލާލަމުން ޒެވިއަލް ބުނެލިއެވެ. އަލާރާ އެއްވެސް އެއްޗެއް ނުބުނެ ބޯޖަހައިލިއެވެ. ޒެވިއަލްގޮސް އިށީންނީ އެކޮޓަރީގެ ކުޑަ ބެލްކޮނީ ކޮޅުގައި އިން އެކަކަށް އިނދެވޭ ވަރު ސޯފާއެއްގައެވެ. އެހެން އިންނަ އިރު ނުބަލަން ހުރި ނަމަވެސް އަލާރާ ފެންނަމުންދިޔައެވެ. އެ ސޫރަ ފެންނަ ކޮންމެ ވަގުތު ކޮޅަކު އޭނާގެ ހިތުގެ ހަމަޖެހުން ނަގާލައެވެ.

“އާހް..ވަޓްސް ރޯންގް ވިތް މީ..ކިހިނެތްތަ މަށައް މިވަނީ..އަލަށް ފެނުނު މީހަކާ ދޭތެރޭގަ މިހާވަރަށް މި ވިސްނެނީ ކީއްވެތަ..” އަމިއްލަ ނަފްސަށް އިވޭވަރަށް ޒެވިއަލް އަޑުލައިގަތެވެ.

“އެއްޗެކޭ ބުނިންތަ” ޒެވިއަލް ސިހުނީ އަލާރާގެ އަޑުންނެވެ. އަލާރާ އިން ސޯފާ އިންނަނީ ސީދާ ބެލްކޮންޏަށް ދިމާ ވާހެންނެވެ. ބުނެވުނީ ފުދޭވަރަކަށް ބާރަށް ކަން އިހްސާސްވީ ވެސް އެވަގުތުއެވެ. ވަގުތުން ޒެވިއަލްގެ ހިތް ތެޅިގަތެވެ. ޒެވިއަލް އަވަސްއަވަހަށް ކަމެއް ނުވެއޭ ބުނެލިއެވެ.

****

އަމީނީ މަގުގައި ހުންނަ ރެހެންދި ފްލެޓް ކުރިމައްޗަށް ހުއްޓުނު ކަޅުކުލައިގެ ބީ އެމް ޑަބްލިއު ކާރުގެ ތެރެއިން ނުކުން މެދު އުމުރުގެ އަންހެން މީހާއަށް މަގު ހިނގާ މީހުންގެ ނަޒަރު ދިޔައީ ހުއްޓެމުންނެވެ. އެކަމުން އޭނާ ބޮޑާވެފައިވާ މިންވަރު އެ މޫނުމަތިންވެސް ފެނެއެވެ.

“ނަސްރާ މެޑަމް..ކޮން  އިރަކުންތޯ ބަލާ ދުރު ވާންވީ” އިމާރާތުގެ ތެރެއަށް ވަނުމަށް ހިނގައިގަން ނަސްރާގެ ފިޔަވަޅުތައް ހުއްޓުނީ އޭނާގެ ޑްރައިވަރުގެ އަޑުންނެވެ.

“ކަލެއަށް  މަ ގުޅާނަން ބަލާ އަންނަން ވީމަ..މާ ގިނަ ސުވާލް ނުކޮށް ދާން އުޅޭ މިތަނުން” ބޮޑާ ކިބުރުވެރި ރާގެއްގައި ބުނެލަމުން އިތުރަށް މަޑު ނުކޮށް އޭނާ އެތެރެއަށް ވަންނަން ދިޔައެވެ. ލިފްޓަށް  އެރި އިރު ވެސް އަރައިގެން ހުރި އުސް ކަށި ލީ ފައިވާނުގެ ޓޮއްޓޮއް އަޑުން މާހައުލުގެ ހަމަހިމޭން ކަން ގެއްލި މީސްތަކުންގެ ލޯތައް އަމާޒުވަމުން ދިޔައީ ވަކިވަރަކަށް ނޫނެވެ. ލާފާއި ހުރި ގަޔަށް ބާރު ފެހިކުލައިގެ ކުރު ގަމީސް ކޮޅާއި ކަޅުކުލައިގެ ބާރު އޮފީސް ޓްރައުޒާ ގައި ހުރި ނަސްރާއަކީ ފެޝަނަށް ލޯބިކުރާ މީހެއް ކަން އެނގޭހާވެއެވެ. އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުން ދާއިރު މޫނުމައްޗަށް ވެރިވެފައިވާ ރޫތައް ފޮރުވުމަށް އަލިގަދަ މޭކަޕެއް ވެސް ވަނީ ކޮށްފައެވެ. އޭނާގެ މަޑު މުށިކުލަ ޖައްސާފައި އޮތް އޭނާގެ ރާޅުބާނި އިސްތަށިގަނޑު ކުރިމައްޗަށް ގެނެސް އޮތީ އައްސާފައެވެ.

ނަސްރާ ފޭބީ އެގާރަ ވަނަ ފަންގިފިލައަށެވެ. ލިފްޓާއި ޖެހިގެން އިން އެޕާޓްމަންޓް ދޮރުގައި އޭނާ ދެތިންފަހަރު ޖެހިއެވެ. އިޝާރާތެއް ނުވުމުން ދަބަހުން ނެގި ތަޅުދަނޑިއަކުން އޭނާ ދޮރު ހުޅުވިއެވެ. އޭރު ލިވިންގްރޫމު ސޯފާގައި ނިކަން ހަމަޖެހިފައި ޝަވަން ފޯނު ހިފައިގެން އޮތެވެ.

“އަޅެ މަންމަ އައިސް ދޮރުގައި ތެޅި އަޑު ޝަވަންއަށް ނީވެނީތަ” ނަސްރާ އަހައިލީ ނުރުހުމާއި އެކުއެވެ. ޝަވަން އަޅައިވެސް ނުލާ  އޮތްގޮތައް އޮތެވެ. “ދަރިފުޅަކާ ނޫންތަ މަންމަ މި ވާހަކަ ދައްކަނީ..ކީއްވެ ގެޔަށް ނުގޮސް މިތާގަ ތި އޮންނަނީ” ނަސްރާ އަނެއްކާ ވެސް އަހައިލިއެވެ. މިފަހަރުވެސް ޝަވަން އިވޭ ކަމަށް ވެސް ހަދާނުލިއެވެ. އިސްޖަހައިގެން އިންގޮތައް އިނީއެވެ. ނަސްރާގެ ގާތައް ރުޅި އައީ ދެނެވެ.

”ބަލަ ޝަވަން ތިއީ ނުވިސްނެން ކުޑަ ކުއްޖެއްތަ..އަހަރެމެން ދައްކާ އެއްވެސް ވާހަކައެއް ޝަވަންގެ ކަންފަތައް ނުފޯރަ..އެ ކައިވެނި އަވަސް ކުރަން ބުނެގެން ތިހާ ފޯރިއެއް އަންނަން ޖެހޭ ސަބަބެއް މަންމައަކަށް ނުވިސްނޭ.. އަލާ ކަހަލަ ލޯބި ޅީދަރިއެއް އަހަންނަކަށް ނުލިބޭނެ..މި ކައިވެނީގެ ސަބަބުން އަޒީޒް މެންނާއި އޮތް ގުޅުން ވެސް އިތުރަށް ބަދަލިވެ ވިޔަފާރިވެސް އިތުރު ހަރުފަތަކަށް ގެންދެވޭނެ..އެކަން ވެސް ނުވިސްނޭތަ ޝަވަންއަށް.. އޭންން” ނަސްރާ ނިކަން ބާރަށް ހަޅޭއްލަވައިގަތެވެ. އެހުރިހާ އިރު ޝަވަން އިސްޖަހައިގެން އިނދެ އިސް އުފުލާލިއެވެ.

”ލޯ އަނދިރި މީހަކާ އިނދެގެން ކޮން އުފުލެއްތަ މަށައް އޮތީ..މަންމާ މަށައް އަދި ތިރީސް އަހަރު ނުވެގެން މިއުޅެނީ..އަހަރެން ބޭނުން ހިތްހަމަޖެހިގެން މަޖާކުރަން” ޝަވަންގެ ޖުމްލަތައްވީ އަނދައަނދާހުރި އަލިފާނަށް ދަރުއެޅުން ކަހަލަ ކަމަކަށެވެ.

”މީ ފައިނަލް އާންސާރ އޭ ބުނެ ޝަވަން އިހަށް ދުވަހު މި ކައިވެންޏަށް އެއްބަސް ވީ އިރު ވެސް އަލާރާ ހަމަ ބްލައިންޑް.. ދިނާއަށް ގުޅާފަ އެދުވަހު މަންމަ ބުނިން އެވާހަކަ..ދެން ރޭގަ ބައްޕަ ކައިވެނި އަވަސްކުރާ ވާހަކަ ބުނުމުން ޝަވަން ކުއްލިޔަކަށް އައިސް ކައިވެނި ނުކުރާނަމޭ ބުނީމަ ބައްޕަވެސް ރުޅި އަންނާނެ އެންނު.. ޝަވަންއަށް ހީވަނީ މީ ކުޅޭ ކުޅިވަރެއް ހެން ދޯ…” ނަސްރާ އައިސްފައި ހުރި ރުޅިގަނޑު މަތަކުރަން އުޅުނު ނަމަވެސް އެކަން ކާމިޔާބް ވާކަށް ނޫޅެއެވެ.

“މަންމާ.. މަ ވިސްނާނަން ތިކަމާ” ނަސްރާގެ ގަދައަޑުން ބޮލަށް އުނދަގު ވެގެން ހުރި ފާޑަކަށް ޝަވަން ބުނެލިއެވެ.

“އަހަރެން ހަމަ ހައިރާން ވޭ..ބަލަ ޝަވަން ތީ އަނެއްކޮޅުން އަލާ އާ ސްކޫލް ދައުރުން ސުރެން ގުޅިގެން އުޅުނު ކުއްޖެއް…މި ކައިވެނި ހުއްޓުމަކަށް އައިސްފިއްޔާ މީޑިޔާގަ އެވާހަކަ އޮންނާނީ..ޝަވަންއަށް އެނގެން ވާނެ ދޯ އަހަރެމެން މީ ކޮން ބައެއްކަން ވެސް..ބައްޕަގެ ނަމާއި ބިޒްނެސް ގެ ނަން ކިލަނބު ވާން ބެނުންތަ” ޝަވަން އެކަމާ ވިސްނާނަމޭ ބުނުމުން ނަސްރާގެ ރުޅިގަނޑު ހުރީ މަތަވާ ގޮތްވެފައެވެ.

“އެހެންވެ އޭ މިބުނީ ވިސްނާނަމޭ..އައި ޕްރޮމިސް..ދެން ނިންމާ ގޮތް ބަދަލެއް ނުކުރާނަން..މަންމަ އިހަށް ދާން ވީއޭނު.. ބޯ ހަމަ ޖައްސާލައިގެން ގެޔަށް ދާނަން”ޝަވަން މިފަހަރު ބުނުމާއި އެކު ނަސްރާ ނިކަން ފަސޭހައިން އެއްބަސްވެ އެތަނުން ނުކުމަތެވެ.

ނަސްރާ ނުކުން ކަން ޔަގީން ވުމުން ޝަވަން އިންތަނުން ތެދުވެ މިސްރާބު ޖެހީ ވަންނަ ދޮރާއި ދިމާލަށް ވާހެން ހުރި ކޮޓަރިއަށެވެ. ޝަވަން  އެތެރެއަށް ވައިން ވަގުތު ކޮންމެވެސް މީހަކު އޭނާގެ ގައިގާ ނުހަނު ބާރަށް ބައްދާލިއެވެ. ޝަވަން ކޮޓަރީގެ ދޮރު ލައްޕާ ތަޅުލި ހިނދު ދެން އިވުނީ ދެމީހެއްގެ ހުނުމުގެ އަޑެވެ.

****

(ނުނިމޭ)

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ފިރުމާލުމަށް އެދެމޭ…

Next

ހިމޭން

Next
November 2, 2024

ހިމޭން

Previews
October 31, 2024

ފިރުމާލުމަށް އެދެމޭ…

15 Comments!

  1. Lam’aa says:
    November 2, 2024 at 9:28 am

    I was like first straight face eh like this dheegen 🙂 innan
    But irukolheh v kuyaa nimun irh ves hunugadu nuhuhtun
    Heeheee halaaku🤣🤣🤣🤣🤣
    Plx let me live with them
    Haadba majaley lia😭😭🤣🤣🤣🤣🤣
    Vvvvvvv reeethi mj vaahaka
    Cant wait shavan e kuri kameh balan🥴 nubai hola eh hen haadha heeveyey eba

  2. Shahula says:
    November 2, 2024 at 10:33 am

    Finally 🥰🥰🥰🥰
    Vvv reeethi mi vaahaka
    Irukolhakaa beley vaahaka up vefa inthoa
    Kon irakun tha next part 😘

  3. Zevii says:
    November 2, 2024 at 10:37 am

    Shavan ekuri kameh is so obvious
    Can’t wait to see lia and arkaan fall in love😆
    My zev and ala is the best match, Shavan ge kanthah bust kohlaafa zev and ala ge marriage fix kohbaa
    Ala ge eyesight libeyne gotheh hadahchey😔

  4. Cutie girl says:
    November 2, 2024 at 11:19 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Zev and alaa gulhuvachey
    Lia and Arkaan gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

  5. gurrrrl says:
    November 2, 2024 at 11:58 am

    this liaaa ehhh hama
    I think ehme fahun date kuraani lia n arkaan eh ehn ulhen yaa this is si hilarious 😂
    n finally zev n alaa meet vehje dhnn vaani kihinehbaa …. alaa n zev gulhuvahche
    cant wait for it keep it up when next part kiyaalan libeynii
    love you so much

  6. Chummi says:
    November 2, 2024 at 12:03 pm

    Waaa waa liaaa🤣🤣🤣🤣
    Her vibes are always vibing🤣🤣🤣
    Heehee halaaku😭😭🤣🤣🤣
    Avahaha aneh part up kohla dheeba
    U r my fav author 🥹😘🥰

  7. Fiza says:
    November 2, 2024 at 1:31 pm

    Masha Allah. Vrh salhi. hama heekuri gothah mivee. Alaa fenifa Zev moya vejje. Kon Shavan ehtha? Zev vaanee Alaa ge huriha ufalakah… balan thibehchey. dhen oiy bayah keh’madhu hama…. ❤️

  8. Yuma says:
    November 2, 2024 at 3:47 pm

    Ahahah😂😂 they are so funny
    I find lia is tooo cute🥰🥹😂
    V reethi mi vaahaka

  9. Malher says:
    November 2, 2024 at 6:40 pm

    Heehee bali vehje 🤣🤣🤣🤣
    Lia r arkaan dww😂😂😂
    Vvvvvvvv reeethi
    Plx plx nwxt part avahah up kihdheeebaa

  10. Shaviyani says:
    November 2, 2024 at 6:41 pm

    Hama mj visna h shavan r ekkon dhen ehyry kaakh baa ey🥴
    Nubai firiheneb
    Hhvaa jahan v 🔪🔪🔪 i wanna slap him🥴
    When next cant wait 😩😩😩

  11. Ayan 1997 says:
    November 2, 2024 at 10:04 pm

    V reeethi igey mi vaahaka
    Keep up the good work 🤎

  12. Jeela says:
    November 3, 2024 at 6:45 am

    I just read meege hurihaa baeh
    V reethi vehje
    Someone recommended this to me 🥹🙉🙉🫶🫶
    Gurll this is sooooooooop gooooodddd
    I hate shavan🤨 and bad sense for sofia
    🤨
    Where is kayaan 😔
    Bring more fights about lia and arkhan😂😂
    Cnt wait to read next part 🥰😘

    1. Anonymous says:
      November 4, 2024 at 12:44 pm

      There’s no kayaan I guess

  13. Haii says:
    November 3, 2024 at 9:15 am

    Aigooooo😂😂😂 dhen nuhehvabaa🤣🤣
    Vvvv salhi igey
    Avahah aneh part genesdheebala🥲❤️❤️

  14. Dhrr says:
    November 5, 2024 at 7:50 pm

    This shavan is giving me a headache.
    Btw the story is awesome as always.
    Waitinggggggg forrrr the next part 🤍🤍

Comments are closed.

Next Episodeނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 6←


All Right Reserved!