Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 4

Annora Level 610 Stories100 Login100 Comments100 Stories
October 26, 2024 9 Mins Read
15 Comments

އެތައްއިރަކު އެހެން ރުއިމަށްފަހު އަލާރާ އެނދުން ތެދުވަން ހިޔާލުކުރިއެވެ. އެނދުން ބޯ ހިތްލާލި އިރު އަނދިރިކަން ވަށާލި ނަމަވެސް ހިތްވަރު އެލުވާނުލާ  ތެދުވެވޭތޯ މަސައްކަތްފެށިއެވެ. އެނދުގެ ފަޑީގައިވާ ދަގަނޑު ގަނޑުގައި މަޑުމަޑުން ހިފާއިލި އަލާރާއަށް މަޑުޖެހުމެއްއައީ ކޮޓާރީގެ ބޭރުން އިވިލި އަޑަކުންނެވެ. ފަންކާ ނުޖަހާ ހަމައެކަނި އޭސީގައި ހުރުމުން އަޑުމަޑުކަމުން ހުރަހެއް ނެތި އެއަޑު އަލާރާއަށް ކަންފަތާއި ހިސާބަށް ފޯރިއެވެ. ވަގުތުން އެނދުގައި އޮތްތާލީ އެއީ ކުރިމަތިލާން އެއްވެސް ވަރަކަށް ބޭނުން ނުވާ ފަރާތަކަށް ވާތީއެވެ. ދޮރު ހުޅުވިގެން ދިޔަ އަޑުއިވުމުން ދެލޯ މަރާ ތަގުޅިކޮށްލިއެވެ.

***

“ސޯފީ އަންނަކަން ކުރިން އެނގުނު ނަމައެންނު ރަނގަޅު އެއްޗެއް ވެސް ދައްތައަށް ހަދާލަން އެނގޭނީ” ދިނާޔާގެ ފަރާތުން އަލާރާގެ ކޮޓަރިއަށް ވަދެގެން އައީ އިސްކޮޅުން ކުރުކޮން ހުރި އަންހެން ކުއްޖެކެވެ. ގަޔަށް ހިފާލައިފާ ވާ ކަޅުކުލައިގެ މިޑީ އެއްގައި ހުރިއިރު އޭނާ އަރާފާވައި ފައިޥާނުގެ އުސްކަށީގެ އަޑުން މުޅި ހިސާބުގަނޑުގެ ހަމަޖެހުން ނަގާލާފައި ވެއެވެ. ގަދަ މުށިކުލައިގެ އޮމާންކަމުން ދަޅައަޅާވަރުގެ ހަންގަނޑާއި އުނަގަނޑާއި ހިސާބަށް އަރާ ކަޅު ދިހުން ކުލައިގެން އިސްތަށިގަނޑެއްގެ ވެރިއެކެވެ. އިސްތަށިގަނޑުގެ ތިރީގައި އަޅިފުސްކުލައިން ހައިލައިޓް  ކޮށްލާފައިވެއެވެ.

“އެކަމެއް ނޫން..އަލާ އަށް ނިދިފަ ދޯ..ނުގުޅާ އާދެވުނީމަ މި ލިބުނީ މުޅިން ލަނޑެއްނު… އަހަންނަށް އަދި މިއާދެވުނީ..އަލާ އެކްސިޑެންޓް ވި ދުވަހަކީ ގްރެޖްއޭޝަން އަށް މެލޭޝިއާއަށް ދާން ހަމަޖެހިފައި އޮތް ދުވަސް… އެކޮޅަށް ގޮސް ފްލައިޓްއިން ފޭބިތަނާ އީވް ގުޅާފަ ބުނީ އެވާހަކަ..އައި ގޮތައް ގެޔަށް ބޭގްތައް ލާފަ މިއައީ ހަމަ ދެކިލަން… އަލާގާތު ބުނައްޗޭ އައި ވާހަކަ..ނޫނީ އަލާ ހޭލީމަ ދައްތަ ގުޅާލަ.އަހަރެން އަންނާނަން އޭރުން..” ސޯފިއާ އައިގޮތައް އައިސް އިށީންދެލީ އަލާރާ އޮތް އެނދުގެ މަގަތުގައެވެ. ނިކަން ލޯބިން އަލާރާގެ ނިތުގައި ފިރުމާލަ ފިރުމާލަ އިނެވެ. ސޯފިއާއަކީ އަލާރާގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ސުކޫލް ދައުރުން ފެށިގެން ދެމީހުންނަކީ ގާތް މިތުރުންނެވެ. ނަމަވެސް ފަހަކަށް އައިސް ސޯފިޔާ ރާއްޖެއިން ބޭރުގައި އުޅޭލެއް ގިނަކަމުން ދެމީހުން ދިމާވެސް ނުވުމުގެ ސަބަބުން ކުރިއަށް ވުރެން އެމީހުންގެ ރަހުމަތްތެރިކަން ވަނީ ހީނަރުވެފައެވެ. އެކަމަކު އަލާރާގެ އެކްސިޑެންޓްގެ ހަބަރު ލިބުނު ހިނދު ސޯފިއާ އެހުރީ އެކުވެރިއާއަށްޓަކައި ރާއްޖެއައިހެވެ.

ވާހަކައެއްގައި ތިބެ ދިނާޔާއި ސޯފިޔާ ދިޔައަޑަށް އަލާރާ ލޯ ހުޅުވާލިއެވެ.  އޭނާއަށް ފުންނޭވާއެއް ލެވުނު އިރު ދެލޮލުން ފޭދިގެން ދިޔަ ކަރުނަތިކި ކޯތާފަތް މަތިން ރޮގަކަށް އެޅުނެވެ.

“އާހްހް..އަހަރެން ނުކުރަން ކުށެއް… ކީއްވެތަ އަހަރެން މިފިލަނީ” ރޮވެމުން ދިޔަ ހާލުގައި އަތުގެ ނުފުށުން ކަރުނަތައް ފުހެން އަލާރަ މަސައްކަތް ކުރިއެވެ. އެހެނަސް އަޑުބޭރުވަމުން ދިޔައެވެ. އަލާރާއަށް ސިހުމެއް ލިބުނީ އޭނާގެ ކޮނޑުގައި މީހަކު އަތް  ޖައްސާލުމުންނެވެ. ސިހުނު ނަމަވެސް އެއީ އަރުކާންކަން އަލާރާއަށް އެނގުނެވެ.

“އަލާ ..ކިހިނެތް ވީ..ކީއްވެ ރޮވެނީ..” އަލާރާގެ ދެލޮލުގައި ވި ކަރުނަތައް ފެނި އަރުކާންގެ ދެފަޔަށް ލިބުނީ އާދަޔާއި ހިލާފް ބާރެކެވެ. ނިކަން ލޯބިން އަލާރާގެ ގައިގާ ބައްދާލަމުން އަނެއްކާ ވެސް އޭނާއަހައިލިއެވެ.

އަރުކާންގެ ހިމާޔަށް ލިބުމުން އަލާރާއަށް އިތުރަށް ރޮވުނީއެވެ. އެތައް އިރަކު އެގޮތުގައި ރޮވުނު އިރުވެސް އަރްކާން އެގޮތުގައި އިނެވެ.

“ހަމަ ސިޓްއޭޝަން ގެ ސަބަބުން ދެރަވަނީ… ދޮންބޭ..އަހަންނާ ހެދި މަންމަމެން ވޯކްއަށް ނުގޮސް އެހެން ތިބޭކަށް ބޭނުމެއް ނޫން..އަހަރެންގެ ސަބަބުން މަންމައާއި ބައްޕައަށް މިހާރުވެސް ވަރަށް އުނދަގޫ އުފުލަން ޖެހިއްޖެ..އަހަރެމެން ތިން މީހުން ބަލަމުން ކޮމްޕެނީގެ ކަންތައް ކުރަމުން އަރާމެއް ނުލިބި އެހެން އެއުޅުނީ.. މިއަދު އެމީހުންނަށް އެހީވާން ޖެހުނު ދުވަހު އަނެއްކާ ވެސް އިތުރު ބުރައަކަށް އަހަންނަށް މިވެވުނީ…” އަލާރާ ގެ އަޑުގައި ވި ހިތް ހަލާކުކޮށްލާ ފަދަ އަސަރެކެވެ.

އަރްކާން އަށް އަޑެއް ލައްވާލެވުނެވެ. އަލާރާގެ ވިސްނުން  ހުންނާނީ އެހެން ކަން އޭނާއަށް މާކުރިންވެސް އެނގެއެވެ. އަޒީޒް އާއި ދިނާޔާ ކައިރީ އެވާހަކަ އަރްކާން ދެއްކީ ވެސް އެހެންވެއެވެ.

” މަންމަ އާއި ބައްޕަ އެއް ވެސް އަދި ދޮންބެއެއް ވެސް  ނޫޅެން އަލާ ބަލަން ޖެހިގެން ކަންތައް ބޮޑުވެގެންނެއް..މިހާރު ދޮންބެ ކޮމްޕެނީއާއި ހަވާލުވި ފަހުން ތަންކޮޅެއް ލުއިވާނެ މަންމަމެންނަށް… އިންޝާﷲ އަދި އަލާ ރަނގަޅުވާނެ… ރަނގަޅު ވެގެން ހަމަވޯކް ކުރާނީ އޭ ..އޭރުން މަންމަމެން ތިބޭނީ ގޭގަ …”އަލާރާގެ ލޮލުގައި ވި ކަރުނަތައް ޓިޝޫއަކުން ފުހެލައި ދެމުން ވަރަށް ލޯބިން އަރްކާން ވާހަކަ ދެއްކިއެވެ.

“ދޮންބެ ޕްލީޒް ތިކަހަލަ ހޯޕްސް ނުދީފާނަންތަ..އަލާ އަށް އިނގެއޭ ރަނގަޅު ނުވާނެކަން.. މަންމަމެން ކިތަންމެ ސިއްރު ކުރިއަސް ހުރިހާ ކަމެއްވެސް އިނގޭ…ދޮންބޭ މިހެން ބުނަން އުޅެފިން މިހާރު..ކެއާޓޭކާއެއް ހަމަޖައްސަން ވީ އެންނު..އޭރުން އައި ކެން ލިވް ލައިކް ނޯމަލް ޕާސަން..”

“ދޮންބެއަށް އެނގޭ މާކުރިން ވެސް އަލާގެ ވިސްނުން ހުންނާނެ ގޮތް… ދޮންބެ އެވާހަކަ ދައްކަން މިއައީ.. ބައްޕަ ކައިރީގަ އެވާހަކަ ދައްކައިފިން ..ބައްޕަ ބުނީ ބައްޕަ މިއަދު އެކަމާ އުޅޭނަމޭ.. އެކަމަކު މަންމަ އެއްބަހެއް ނުވި އެމީހަކު ގެނަޔަސް މަންތްއެއް ވެސް ނުވަނީ އަލާ އެކަނިކޮށްލާފަ ވޯކްއަށް ދާކަށް.. މަންމަގެ ވިސްނުން އެނގެއެންނު.. މާދަމާ ކަންނޭގެ އެމީހަކު އަންނާނީ..ބައްޕަ ބުނީ ފިރިހެނެކޭ ގެންނާނީ..ދެން އަލާ އަށް ބޭނުންވާ ކަންތަކުގައި މާމަ އާއި މެއިޑްއިން ތިބޭނެ.. މިބުނީ ފާހާނައަށް ދާން ވިއަސް” އަރްކާން ޖަވާބު އިވފައި އަލާރާ އެއިންގޮތައް އިނދެފައި ތުންފަތުގައި ދައިގަތެވެ.

“ފިރިހެނެކޭ..”

“ޔާ ފިރިހެނެއް..އެއްތަނުން އަނެއް ތަނަށް ގެންގޮސް ގެނެސްދީ ..އަލާގެ ކައިރިގަ ހުރެދޭނެ މީހެއް ބޭނުންވަނީ.. އެއްވެސް މީހަކު ބޭނުމެއް ނުވޭ މި ވެގެންދިޔަ ކަންތަކަށް ފަހު އަލާ އެކަނި ދޫކޮށްލާކަށް.. ސޯ ހަމަ ގައިމު ވެސް  އަންހެނަކަށް  އުނދަގު ވާނެ  މި ބުނި ކަންތައް ކުރަން..އެހެންނު..” އަރުކާން އިތުރަށް ބުނެލިއެވެ.

އަލާރާ އިތުރަށް އެއްޗެއް ނުބުނެ ބޯ ޖަހައިލީ އެގޮތާއި އެއްބަސް ވަމުންނެވެ.

“ކޮބާ ޝަވަން” ނާހަން އިނދެފައި އަލާރާއަހައިލިއެވެ.

އެހިނދު އަރްކާން ގެ މޫނު ބަނަވާގޮތް ވިއެވެ. އެ ކުލަތައް އަލާރާއަށް  ނުފެންނާނެކަން އެނގޭތީ ހިތްހަމަ ޖެހުމުގެ ނޭވާއެއް ލުމަށް ލުމަށްފަހު ޖަވާބު ދިނެވެ.

“ނޭނގޭ..އަލާ ކައިރިއަށް އޭނާ އައީ އެންމެ ފަހަރަކު…އެކޮޅަށް ގެންދިޔަ ފަހުން ވެސް އޭނާ ގުޅި އެންމެ ފަހަރަކު…އެކަހަލަ މީހަކާއި އެކު އަލާ ބޭނުން ތަ ކޮންޓިނިއު ކުރަން ރާވައިފާ އޮތް މެރިއޭޖް” އަރްކާން ބަލައިލީ އަލާރާގެ މޫނަށެވެ.

“ވެދާނެ ޝަވަން ބިޒީ ކަމަށް..” އިސްޖަހައިލައިގެން އަލާރާ ޖަވާބު ދިނެވެ.

“އަލާ ބޭނުން ވޭތަ އަދިވެސް ކައިވެނި ކުރިޔަށް ގެންދަން..”އަރްކާން ފަހުން ކުރި ސުވާލަށް އަލާރާ ޖަވާބު ނުދިނުމުން އަރްކާން އަނެއްކާ ވެސް އަހައިލިއެވެ.

އަލާރާ އިތުރު އެއްޗެއް ނުބުނެ ބޯޖަހައިލުމަކުން ނިންމާލިއެވެ. އެއަމަލުން އަރްކާން ހިތްހަމަނުޖެހޭނެ ކަން އެނގޭ ނަމަވެސް އަލާރާ އެ ވަގުތު ބޭނުން ވީ އެކަނިވެލުމަށެވެ. އެއްކޮޅުން އޭނާގެ ހާލަތާއި މެދު ވިސްނާ ފިކުރު ކުރެވޭ އިރު އަނެއްކޮޅުން ޝަވަންގެ ހިޔާލްތަކުން އޭނާގެ ސިކުނޑި ވަނީ ހަލަބޮލިކޮށްލާފައިއެވެ. ޝަވަންގެ ނޭދެވޭ ސިފަތަކާއި އެކުވެސް އޭނާ ޝަވަންދެކެ ވާ ލޯބި  އެނގޭނީ އޭނާއަށް ތާއެވެ. އަރްކާން އިތުރު އެއްޗެއް ނުބުނެ އިނދެ އިނދެފައި ދިޔަކަން ޔަގީންވުމުން އޭނާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.

***

އާބަން ގްރިޑްގެ އެއްފަރާތެއްގައި ސައިކަލް  ޕާކް ކުރުމަށްފަހު ޒެވިއަލް މިސްރާބު ޖެހީ ސިޑިއާއި ދިމާލަށެވެ. ހެނދުނު ވަގުތައް ވެފައި އޮފީސްތެރެ ނުހަނު ހަލަބޮލިއެވެ. އެހުރިހާ ކަމެއްގެ ތެރެއިން ވެސް ޒެވިއަލް ފެނި އަންހެންވެރިން ނަޒަރުތައް ދިޔައީ އަމާޒުވަމުންނެވެ. ކަޅުކުލައިގެ އަތް ދިގު ޓީޝާޓާއި އެކުލައިގެ ޖިންސްގައި ޒެވިއަލް ނުހަނު ފިރިހެންވަންތައެވެ. ދިގުކޮށްފައިވާ އިސްދަށިގަނޑު ފަހަތައް ހުޅި ޖަހާފައިވާއިރު އޭގެ މަތިން ކަޅުކުލައިގެ ތޮއްޕެއް ވަނި އަޅާފައިއެވެ. ދިގުކޮށްފައިފާ ތުނބުޅީގައި އަތް ހިންގާލަމުން ހުޅުވިގެންދިޔަ ލިފްޓަށް ޢޭނާ އެރިއެވެ.

ލިފްޓް ހުއްޓުމާއި އެކު ސާދަވަނަ ފަންގިފިލާއަށް ޒެވިއަލް އެރިއެވެ. އެއީ އަޒީޒްގެ ކެބިން އިންނަ ފްލޯއެވެ. އެތަނުން ފުރަތަމަ ވެސް އޭނާއާއި ބައްދަލް ކުރީ ސުހާދުއެވެ. ޒެވިއަލްއަކީ ކާކުކަން އެނގޭތީވެ ސުހާދުވެސް ހިނިތުންވުމެއް ރައްދުކުރަމުން އަޒީޒްގެ ކެބިން އާއި ހަމަޔަށް ގެންގޮސްދިނެވެ. ޒެވިއަލް ކެބިންގެ ދޮރުގައި ޓަކިޖެހުމުން އެތެރެއިން ވަންނާށޭ ބުނެލިއެވެ.

“އަހާ މިއޮތް އައީނު…އަވަހަށް އިށީންދޭ..”މޭޒު ކައިރީގަ ހުރެފައި ޒެވިއަލް ފެނުމުން ނިކަން ހިނިއައިސްފައި ހުރެ އަޒީޒް ސޯފާއަށް އަށް އިޝާރާތް ކޮށްލިއެވެ.

”ކިހިނެތްތަ ކަންކަން..ކޮފީއެއް ބޭނުންތަ ޒެވް” އަޒީޒް އަހައިލިއެވެ.

“ނޫން.ރަނގަޅު ހުރިހާ ކަމެއް ވެސް..ލިޔާ ކިހިނެތް އުޅެނީ”، “ލިޔާ ވަރަށް ރަނގަޅުހަމަ..އަރްކާން އާއި ދެމީހުން އެހާ ގުޅުން ރަނގަޅެއް ނޫން އެކަމަކް..ބޭބެ އަށް އެނގޭ އެހެން އެ ވީ ވެސް އަރްކާން އާއި ހެދިކަން.. ބޭބެ މިހުންނަނީ އެދުވަހުން ފެށިގެން ވަރަށް ލަދުގަނެފަ. އެދުވަހު ވަރަށް ރުޅިވެސް އައި..އެކަމަކު މިހާރު އެއީ ނުވާކަމަކަށްވެސް ނުވާނެ.. އޭގެ ފަހުންތި ދެކުދިންނާއި މޫނު ހަމަ ކުރަން ވެސް ނުކެރިފަ.. ޒާފިރްއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ..އެކަމަކު އެކުވެރިޔާ އެދުނު އެދުން ވެސް އަހަންނަށް މިއުޅެނީ ފުރިހަމަ ނުކޮށްދެވި ފެއިލް ވުމުގެ މަގުމަތިގަ..ބޭބެ އަށް މާފް ކޮށްދީފާނަންތަ.” އަޒީޒްގެ ދެލޯ ފެންކަޅިވިތަން ހުރަހެއް ނެތި ޒެވިއަލްއަށް ފެންނަމުންދިޔައެވެ.

“އަހަރެންގެ ހިތުގައި ނެތް ބޭބެއަކަށް އެއްވެސް ބުރަކަމެއް..ކުރިމަތިގަ ނުތިއްބަސް ބޭބެ ހުރިހާ ކަމެއް ކޮށްދީގެން އަހަރެމެން މިއުޅުނީ މިހުރިޙާ ދުވަހަކު…ބައްޕަގެ އެންމެ ފަހުގެ ވަސިއްޔަތަކީ ވެސް ބޭބެގެ އާއިލާ އާއި ގުޅިގެން އުޅުން..އެގޮތުގައި މަތީގައި އަހަރެން އަދިވެސް މިހުރީ..އަރްކާން ގެ އަމަލްތައް  އެއްފަރާތުގައި ބާއްވަމާ..އޭނާއަށް އަދި ވިސްނޭނެ..އޭނާގެ ކުރި ކަންތަކުގެ ބަދަލެއް އަހަރެން ނުހިފާނަން ދުވަހަކުވެސް..” ޒެވިއަލް ތުންފަތައް ފަނޑު ހިނިތުންވުމެއް ވެރިކޮށްލަމުން ބުނެލިއެވެ.

“ބޭބެ އަށް އިނގޭ ތިއީ ކިހާ ހިތްހެޔޮ ކުއްޖެއްކަން.. އެކަންތައް ގަނޑުގެ މަތިން ހަނދާން ވާ ކޮންމެފަހަރަކު އަމިއްލަ ދަރިއެއް ނަމަވެސް އަދިވެސް ރުޅި އާދެވޭ އަރްކާން ދެކެ..  ޒެވް…މިއަދު ޒެވް މިގެނައީ ވަރަށް ބޮޑު ވާހަކަ އެއް ދައްކަން …” އަޒީޒް ބުނެލި ހިނދު، ބުނާށޭ ބުނެ ޒެވިއަލް ބަލައިލީ ޝައުގުވެރިކަމާއި އެކުއެވެ.

“ޒެވްއަށް އަލާ ފެނިފަ ނުވެދާނެ..އެއީ އެންމެ ކުރިންސުރެން ވެސް އަލާ އުޅުނީ އަހަރެންގެ ކޮއްކޮގެ ދެމަފިރިންނާއި އެކު ރާއްޖޭން ބޭރުގަ…އެދެމަފިރިންނަށް ކުދިން ނުލިބޭތީ ވަރަށް ލޯބިވާނެ ބޭބެ ގެ ތިން ދަރިން ދެކެ..ދެން އަލާ ގެންދިޔައީ އެދުވަސްކޮޅު ދިނާ ބަލިކޮން އުޅޭތީ.. އޭނާ ކިޔަވާ ނިމިގެން މިކޮޅަށް އައިސް ވަޒީފާ އަށް ވަދެ މާގިނަ ދުވަހެއް ނުވޭ މިކަމެއް ވީ އިރު ..އަލާއަކަށް ވެސް ސީދާ ނޭނގޭ އެދުވަހު ވީ ގޮތެއް..އޭނާ ސިޑި ކައިރީގަ ހުއްޓަ ވީ ގޮތެއް ވީ ވާހަކަ ބުނީ..އެ އެކްސިޑެންޓްއަށް ފަހު ހަމަ އެއްވެސް ވަރަކަށް ލޮލަކަށް ނުފެނޭ.. އެތައް ހޮސްޕިޓަލަކަށް ބޭބެމެން މިހާރު އަލާ ދައްކައިފިން..އެންމެ ފަހުން ޖާރމަނީގެ ހޮސްޕިޓަލަކަށް ދެއްކީމަ ބުނި ދެއަހަރުފަހުން އޮޕަރޭޝަންއެއް ކުރެވިދާނެ ކަމަށް..އެކަމަކު އެއީ އަލާގެ ފުރާނައަށް ވެސް ރިސްކެއް ކަމަށް ބުނީ…ކުރުމަށް ވުރެން ނުކުރުން ބުއްދިވެރިކަމަށް އެކޮޅުން ބުނަނީ..މިކަމެއް އަދި އަލާއަކަށް ނޭނގޭނެ…ޒެވް…އޭނައަކީ ވަރަށް ކަންކަމާއި ވިސްނާ ކުއްޖެއް.. މިހާރު އޭނާ އެ ވިސްނަނީ މަންމައާއި ބައްޕައަށް އޭނާއާއި ހެދި އިތުރު ބުރައެއްޖެހުނީ އޭ ކިޔާފަ އެކަމާ..އެންޒައިޓީ އާއި އޯވާތިންކިންގް އަކީ އޭނާގެ ބަލިފައި..ސަލާމަތުން ހުރިއިރު ވެސް އެކަންތަކާއި ހެދި ބޭސް ކެއި ކުއްޖެއް އެއީ.. މި ބަލި ހާލަތާއި އެކު ވިސްނާ ފިކުރުކުރަމުން ގޮސްވެސް އެފަކީރު ހަލާކުވެދާނެ..އަރްކާން ދިން ހިޔާލަކީ އޭނާއާއި އެކު އުޅެދޭނެ މީހަކު ގެނެސްދޭން.. ޒެވް..އަހަންނަށް ވަރަށް  އުނދަގު ކަމެއް އެއީ އަހަރެންގެ ދަރިން ނުދަންނަ މީހުންނާ ހަވާލް ކުރަން..ޒެވް މިކަން ކޮށްދޭން ވީ އެންނު ބޭބެ އަށް…” އަޒީޒް ދައްކަމުން ދިޔަ ކޮންމެ ވާހަކަތަކުން ޒެވިއަލްގެ ހިތައް އެރި ޒާތެއްގެ ލޮޅުމެކެވެ. ކޮންމެ ޖުމްލައަކުން އޭނާ ހާސް ކުރުވަމުން ދިޔަފަދައެވެ. އަޒީޒް ވާހަކަތަކަށްފަހު ބަލަހައްޓައިގެން އިނީ ޒެވިއަލްގެ ޖަވާބަށެވެ.

އޭރު ޒެވިއަލް އަށް ލިބުނު ޝޮކްއިން އިނީ ހުއްޓުން އަރާފައިއެވެ. މީހާގެ މޫނު ހުދުވެފައި ވެފައި ވީއިރު ދުލަށް ބަހެއް ވެސް ނައެވެ.

“ބޭބެއަށް އިނގޭ ވަރަށް އެހެން ކަހަލަ ކަމަކަށް ކަން މި އެދެވުނީ..ޒެވް  މިރޭ އަށެއް ޖަހަންދެން ވިސްނާލަން ވީނު ޖަވާބެއް ނުދީ …ބޭބެ ބޭނުން އަލާ ގާތައް ވީހާ ވެސް އަވަހަށް މީހަކު.. ޒެވް ނޫން މީހަކު ބޭބެއަކަށް ނުފެނޭ.. ބޭބެ އަކީ ތާކުން ފެންނަހާ މީހަކަށް ދަރިންގެ ކަންކަމުގައި އިތުބާރު ކުރާނެ މީހެއް ނޫން..އަނެއްކާ ޒެވްއާއި ލިޔާ ކައިރީގަ ވެސް ބަހައްޓަންވެސް ބޭނުންވޭ.. ނޫނެކޭ ނުބުނައްޗޭ” އޭރުވެސް ޒެވިއަލް އިންގޮތައް އިނެވެ.

“ތިގޭގަ އުޅެން ޖެހޭނެ ވާހަކަ ތަ ތިބުނަނީ..އަހަރެން ދެކެ އަރްކާން ކިހާ ރުޅި އަންނަކަން ބޭބެ އަށް އެނގެއެންނު.. އަޑުއެހިން ކައިވެނި ކުރަން ތައޔާރުވެފައި ވަނިކޮންނޭ މިހެން ދިމާވީ..އެހެން ވިއްޔާ އޭނާ ވެސް ހުންނާނެ އެންނު.” ޒެވިއަލް ބުނެލިއެވެ.

“ލައްބަ ދެކުދިން ގެޔަށް އައީމަ ފަސޭހަ ވާނެ … ބޭބެ ބޭނުން ދެކުދިން ލޮލަށް ފެންނަ ހިސާބު ކައިރީގަ ގެންގުޅެން..އަރްކާން ބަހައްޓަބަލަ..އޭނާ އެވާހަކަ ދެއްކި އިރު ވެސް އޭނާއަށް އެނގޭނެ ބޭބެ ނުހޯދާނެކަން ޒެވް ނޫން މީހަކު..އަލާގެ ކައިވެނި ދޯ..އެ ޝަވަން ވެސް ބަހައްޓާ..އެއި ބޭބެ އެހާ ކުރަން ބޭނުންވާ ކަމެއް ނޫން…ދެން އެވާޙަކަ ބާއްވަމާ ޒެވް މިކަމާ ވިސްނާލަ ގެޔަށް ގޮސްފަ..” އަޒީޒްގެ ވާހަކައަށް ބޯޖަހައިލަމުން ޒެވިއަލް ނުކުމަންނަން މިސްރާބް ޖެހިއެވެ.

ގެއަށް އާދެވުން އިރު ވެސް ޒެވިއަލްގެ ސިކުނޑި ފުރާލާފައި ވަނީ އަޒީޒްގެ ވާހަކަ ތަކެވެ. އެތައް އިރެއް ވަންދެން މުޅި ކޮޓަރިތެރެ އަނދިރިކޮށްލައިގެން އެނދުގައި އޮވެ ޒެވިއަލް ވިސްނިއެވެ. އެހެން އޮވެއޮވެފައި ބަނޑުހައި ކަމުގެ އިހްސާސް ކުރެވެން ފެށުމުން އެނދުން ތެދުވެ ބަދިގެއަށް ވަނެވެ.

***

“ވަދޭ އެތެރެއަށް” އަރްކާންގެ ކެބިންގެ ބޭރުގައި ލިއާނާ މަޑުކޮށްލައިގެން ހުރިއިރު އަތުގައި އޮތީ އިރުކޮޅެއްކުރިން އަރްކާން އޭނާއަށް ނިންމަން ހަވާލްކުރި ފައިލެކެވެ. ލިއާނާ  އެތެރެއަށް ވަދެގެން އައި އިރު އަރްކާން ބަލާވެސް ނުލާ އޭނާ ކުރިންސުރެން ކުރަމުން ދިޔަ މަސައްކަތް ކުރުމުގައި އަވަދިނެތި އިނެވެ. އަޅިކުލައިގެ ގަމީހާ ހިމަ ދިގު ޓައީ ގައި އަރްކާން ފެންނަނީ ނުހަނު ފުރިހަމަ ކޮންނެވެ. އެރީތިކަމަށް ހިތުގެ ކޮންމެވެސް ހިސާބަކުން ތައުރީފް ކުރެވެން ފެށުމުން ލިއާނާ އަވަހަކަށް ދެފަރާތައް ބޯ ހަލުވާލިއެވެ.

ފާއިތުވެގެ ދިޔަ ތިން ހަފްތާއެއްހާ ދުވަސް ތެރޭގައި އެދެމީހުންގެ ގުޅުން އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައެވެ. ދެމީހުން އެކަކު އަނެއްކަކާ ދިމާ ހިތުން ރުހުމުން ބަލާ ނުލާތާ ވާހަކަ ދައްކަނީ ވެސް މަޖުބޫރު ވެގެންނެވެ. ވާހަކަ ދައްކާ ފަހަރަކުވެސް ދެމީހުންގެ ކޯޅުމާއި ޒުވާބު އިންތިހާއެވެ. ބައެއް  ދުވަސް ދުވަހު ޝުހާދުއަށް ވެސް  ދެމީހުން ދުރުކުރަން ޖެހެއެވެ.

“ދެންމެ ދެއްވި ފައިލް ” ، “ތިތާގަ ބާއްވާފަ ދޭބަލަ.” އަރްކާންގެ ޖަޥާބު އިވިފައި ލިއާނާ އަނގަހަދައިލިއެވެ.

“އެއްވެސް މަސައްކަތެއް އަދި އެބަ އިންތޯ..ނެތިއްޔާ އަޅުގަނޑު ދިޔަސް މައްސަލައެއް ނެތް ތޯ..”ގެއަށް ދާން ކުޑަތަންވެފައި ހުރުމުން ލިއާނާ ބެލީ އިތުރަށް އެއްޗެއް ނުބުނެ ދެވޭ ތޯ އެވެ.

“އޭ އަދި މަޑުކޮށްބަލަ..މިހިރަ ފައިލްތައް އެހެރަ ހަރުގައި ނަމްބަރު ތަރުތީބުން އަތުރާ” ޓައިޕްކުރަން އިން ލެޕްޓޮޕްއިން ނަޒަރު ވަކިކޮށްލަމުން އަރްކާން ބަލައިލީ ނުލަފާ ހިނިތުންވުމަކާއި އެކުއެވެ.

އެބުނާ ފައިލް ބަރިއަށް ލިއާނާއަށް ނަޒަރެއް ދެވުނީ އޭނާ އެހެން ބުނީމައެވެ.  ކެބިންގެ އެއްފަރާތަކަށް ވާހެން ހުރި ސޯފާ ސެޓާއި  އޭގެ ކުރިމައްޗަށް ވާހެން ހުރި މޭޒު މަތީގައި ފުނިޖަހާފައި އެތައް  ބައިވަރު ފައިލްތަކެއް އޭނާއަށް ފެނުނެވެ. ލިއާނާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ.

“ޖެއްސުމަށްތަ”ލިއާނާ ހަށަން ބަނދެލަމުން އެއްސެވެ.

“ގައިމެއް ނޫންތަ..އެހެން ނޫނަސް ތިހާ އަވަހަށް ދާން އުޅޭނީ ވަރަށް ފްރީ ވީމަ އެންނު..އައި ހޭވް އަ ލޮޓް ޓު ޑޫ..އޭޒް މައި ސެކްރަޓަރީ ޔޫ ޝުޑް ހޭވް ޓު ޑޫ ތިންގްސް ދެޓް އައި އާސްކް ފޯރ..” އަރްކާންގެ ޖުމްލަ އިވި ލިއާނާގެ ލޭ ކެކިގަތެވެ. އެދިޔަ ބާރު މިނުގައި ގޮސް އަރްކާންގެ މޭޒުގައި ނިކަން ބާރަށް ޖަހައިފިއެވެ.

“ބުނަން ވާހަކައެއް..އަހަންނަނީ ކިޔަވާ މީހެއް..މި ފައިލް ތައް ނަގަން އަހަރެން ހުރެއްޖެނަމަ މިރޭގެ ކްލާސް ވެސް މިސް ވެދާނެ.. މި އޮތީ އަރްކާން ހަދާފައޮތް ބޮޑު ކުނިގޮނޑެއް ..މި ސާފް ކުރަން ވަގުތު ނަގާނެ..ހަމަ ގައިމް ވެސް މިތާކު މީ މީޓިންތައް ބާއްވާނެ ތަނެއް ވެސް ނޫން.. މާދަމާއަކަށް ލަހެއް ނުވާނެ”ރުޅި މަޑުކުރަން އުޅެއުޅެ ލިއާނާއަކަށް އެކަމެއް ނުވިއެވެ.

“ހައު ޑެއާ ޔޫ..މިތަނަކީ ކުނި ގޮނޑެކޭ ބުނަން ކޮން ހައްގެއް އޮތީ..ވަރުގެ ކޮޅަށް ނަލަހެދިގެން އޮފީހަށް އައިސް އޮފީސް މަސައްކަތްތައް ނުނިންމާ ކިޔެވުމުގެ ބަހަނާގަ ތިއުޅެނީ ފިލަން..ފިރިހެނުންނަށް ތިއްތި ދެއްކެން ވިޔސް ބޮޑުވަރޭ ތި… އެކަން ކުރާތި ދިޔުމުގެ ކުރިން ..އަދިއޮފީހުގަ މަނާ ކުރާނަން ބިޓުން ނަގައިގެން އުޅެން” ހަރުކަށި އަޑަކުން އަރްކާން ބުނެލިއެވެ.

“ޑޭމްމް..ދެން މަނާ ކޮށްބަލަ..އައިމް ނޮޓް އަ ލެޒް..ސޯ އަހަރެން ބީއެފް އެއް ވެސް ނަގާނަން..ނަގާފަ މެރީކޮށްފަ ދައްކާލާފަ ހުއްޓާލާނީ..ހަހް…އަހަރެން މެރީ ކުރަން ވީ މަ މިތަނުން ވަކިވެދާނަން.. މިހާރުވެސް އުޅޭ ހިތަކުން ނޫނޭ މިއުޅެނީ..އާންން އަދިބުނަންތަ..އަހަންނަނީ އަރްކާން ހެން ދޮގުހަދާ މަކަރާއި ހީލަތުން އުޅޭ މީހެއް ވެސް ނޫން..އަދި އެންމެ ގާތް މީހުންނަށް ދޯކާ ވެސް ދޭނެ މީހެއް ނޫން..އޮފްކޯޒް އަހަރެން ބޮސް އަކަށް  ދޯކާއެއް ނުދޭނަން…މަންމަ އާއި ބައްޕަ ނެތް ނަމަވެސް އަހަންނަށް އަހަރެންގެ ދޮންބެ ދަސްކޮށްދިން މީހަކަށް ވާން..ސޯ ޝަޓް އަޕް..ކްލާސް މިސްވެ ފެއިލް ވިޔަސް މަ މި ކަން ކޮށްދީފަ ދާނަން..ހޯޕް ޔޫ ފީލް ބެޓާ..” ލިއާނާގެ ޖުމްލަތަކުން އަރްކާންއަށް ހުއްޓުމެއް އައެވެ. އަރްކާން އިތުރު އެއްޗެއް ބުނެފާނެ ތީ ވެ ހޭންޑް  ބޭގް ތެރެއިން ނެގި ހެޑްސެޓްއެއް ކަންފަތުގައި އަޅާލިއެވެ. ލިއާނާ ގަނޑި ބަލައިލި އިރު ހަތަރެއް ޖަހަނީއެވެ. އޭނާ އަތްމަތި އަވަސްކޮށްލައިގެން ފައިލްތައް ނަގަން ފެށިއިރު ބައެއް ފައިލްތަކުގައި ހިރަފުސް ހުރުމުގެ ސަބަބުން ފޮޅަން ވެސް ޖެހުނެވެ.

“ނޭނގޭމި ކޮން ޒަމާނެއް ވަންދެން މިތާގަ ހުރި އެއްޗެއް ކަމެއް ވެސް…ހުވާ މިއަދު ގަޑިޖެހިއްޖެޔާ މިގޮލާއަށް ދޫ ލަނޑެއް ނުދޭނަން..އަދި މިއަދު އަލަށް އަންނަ ލެކްޗަރާރް ވެސް އަންނަ ރޭ..” ހައެއް ޖަހާ ބޮޑުވިއިރު ވެސް ނިމެން ނޫޅުމުން ލިއާނާ ހުރީ ބޯ ހާސްވެފައެވެ. އޭރު އަރުކާން ދިޔަތާ އިރުކޮޅެއް ވެއްޖެއެވެ. އެންމެ ފަހުން ސުހާދުއަށް ގުޅައިގެން ގެނެސް އެގޮތުގައި އެކަން ނިމުނު އިރު ހަތެއް ޖަހަން ހުރީ ދިހަ މިނެޓެވެ. ކުލާސް ފެށެނީ އަށެއް ޖަހާއިރު ކަމުން ޝުހާދު، ލިއާނާ ގެއަށް ގެންގޮސްދިނެވެ.

ގެއަށް އައިސް ވައިން އިރު ސިޓިންގްރޫމް އަނދިރި ކޮށްލައިގެން ޒެވިއަލް ސޯފާގައި އޮތެވެ. ތަނަށް ލިބޭ ހަމައެކަނި އަލިކަމަކީ ހުޅުވާފައި ހުރި ޓީވީގެ އަލިކަމެވެ.

“ދޮންބޭ..ކިހިނެތް ވީ ބަލީތަ..އެއްޗެއް ކައިފިންތަ”ޒެވިއަލް އޮތް ގޮތުން ލިއާނާއަށް އެދިމާލަށް ދެވުނެވެ.

“ނޫނޭ  ބައްޔެއް ނޫން.. މިދެން މިތާގަޖައްސާލައިގެން އޮތީ..ޔެސް ކައިގެން މިއުޅެނީ ރަމްލާތަ ހުރި އެއްޗިސް ފޮނުވާފަ..ކިހިނެތް ވީ މިއަދު އެހާ ލަސް ވީ..ގުޅަން ވެސް ގުޅައިފިން” ޒެވިއަލް ތެދުވެ އިށީންދެލަމުން އަހައިލިއެވެ.

“އާގް ލޯންގް ސްޓޯރީ..އަރްކާން ހެޕެންޑް..ޝުހާދު ބުނި ދޮންބެ ދިޔައޭ އަޒީޒް އާއި މީޓް ކުރަން..އެނީތިންގް ރޯންގް..” ލިއާނާ އަހައިލިއެވެ.

“އެ ވާހަކަ ދައްކަން މި މަޑުކުރީ ލިއާ އަންނަން ދެން” އަޒީޒް ދެއްކި ވާހަކަ ތައް ތަފްސީލާއި ޒެވިއަލް، ލިއާނާއާއި ހިއްސާ ކުރިއެވެ.

“ވަޓް..އޭޒް އަ ބޮޑީގާޑް..” ، “ޔާހް ކައިންޑް އޮފް..” ހައިރާންވެގެން އަނގަ ހުޅުވިފައި އިން ލިއާނާގެ މޫނަށް ބަލައިލަމުން ޒެވިއަލް ޖަވާބުދިނެވެ.

“މިއަދު ހަތަރުދަމު ވާވަރަށް މިކަމާއި ވިސްނިއްޖެ…އަމް ގޮނަ ސޭ ޔެސް..އަށެއް ޖަހާއިރު އަޒީޒް ގުޅާނެ ކަންނޭގެ..އޭގެ ކުރިން އަހަރެން ގުޅަން މިއުޅެނީ..” ސޯފާގެ ލެނގޭބަޔަށް ލެނގިލަމުން ޒެވިއަލްއަށް ދެލޯ މަރައިލެވުނެވެ.

“ވަޓް..ދޮންބެ އާރ ޔޫ ކްރޭޒީ އޯ ވަޓް..ދޮންބެ ޔެސް ބުނެފިއްޔާ  ވީ ހޭވް ޓް ގޯ.. ސީރިއަސްލީ އަހަންނަށް އެ އަރްކާން އެކޭ ކިޔުނު ޑެވިލްއާއެކު އެންމެ ދުވަހަކު ވެސް ކެތެއް ނުކޮށްލެވޭނެ…އަހަރެން މިތާގަ އުޅޭނީ..ނޫނީ ދާނީ މަންމަގެ ފެމެލީގެ ގާތައް” ލިއާނާ ހެދީ ދެކޮޅެވެ.

“ލިއާ..އެނގެ އެންނު ވަކި ހިސާބަކުން އެނގެޔަށް ދާން ޖެހޭނެކަން.. ބައްޕަ ވެސް ބުނެފައޭ އޮތީ ދާން ޖެހޭނެ ވާހަކަ..ބައްޕަގެ ފެމިލީ އެއް މިކޮޅުގަ ނޫޅެ.. މަންމަގެ ފެމިލީ މީހުން ތިބެފަ ވެސް އެހީ އެއް ވިތަ..މަންމަ ދުނިޔޭގަ މަންމަ ދެކިލަން ނާންނަ ބަޔަކު އަންނާނެ ތަ އަހަރެމެން ބަލަން..ހަމަ އެ އަޒީޒް އޭ ބެލީ..އަހަރެން އޭނާއަށް ރެސްޕެކްޓް ކުރާނަން..އަރްކާންގެ ކަމަކު ނޫނޭ ދާން މިއުޅެނީ..އެންމެ ހާލުގަ ޖެހުނު ދުވަހު ތިކިޔާ މަންމަގެ ފެމެލީ ވެސް ބޭނުން ވީ ބައްޕަ އެހާ މަސައްކަތުން ހެދި މިގޭ..އެކަން އެމީހުންނަށް ކާމިޔާބު ނުވީ އަޒީޒްގެ ސަބަބުންކަން ލިއާ ހަނދާން ނެތުނީތަ..” ޒެވިއަލް ސީރިއަސްވެފައި އިނދެ ވާހަކަ ދެއްކީ ލިއާނާ އަށް ކަމެއް ހަނދާންކޮށްދޭ ފަދައަކުންނެވެ.

“އޯކޭ ދޮންބޭ..އަމް ސޮރީ..އެކަމަކު އަހަރެން އެކަނި އުޅެންވެސް އަންނާނަން އެ އަރްކާން އާއި ހެދި ނޫޅެވުނިއްޔާ”

“އެހިސާބަށް ދިޔައީމަ ދޮންބެ އަށް ވެސް އެނގޭނެ..ދޮންބެ ވެސް ނުހުންނާނަން ލިއާ އަށް ދެރަ ގޮތެއް ވަންޏާ…”ޒެވިއަލް ހީލަމުން ލިއާނާގެ ބޮލުގައި ފިރުމާލިއެވެ. މާގިނައިރު ވާހަކަ ދައްކަން ހުރެވެން ނެތުމުން ލިއާނާ ވަނީ ކޮޓަރިއަށެވެ. އޭނާ އަށް ތައްޔާރު ވެގެން ނުކުމެވުން އިރު ޒެވިއަލް ވެސް އިންތިޒާރުގައި އިނެވެ.

“ބަނޑުހައެއް ނުވޭތަ..” ، “ވޭ ..އެކަމަކު ވަގުތެއް ނެތް.. ޓެން މިނެޓްސް އިނީ..އައިސް ދެން އެއްޗެއްކާނީ” ލިއާނާ އަތުގައިވާ ގަނޑިއަށް ނަޒަރެއް ދެމުން ބުނެލިއެވެ.

”އަޒީޒްއަށް ގުޅައިފިން..މާދަމާ ހެނދުނު އޭނާ ބަލައި އަންނާނަމޯ ތައްޔާރުވެ ތިބޭށޭ ބުނި..ވޭކްއަޕް އާލީ” ސައިކަލައަށް އަރަމުން ލިއާނާއަށް ބަލައިލަމުން ޒެވިއަލް ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެ ލިއާނާ ވެސް ބޯޖަހައިލިއެވެ.

***

(ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ބީވެދާކަށް ނޭދެން ހުވާ 7

Next

ބްލަޑް 2 ޓްރެއިލާ

Next
October 27, 2024

ބްލަޑް 2 ޓްރެއިލާ

Previews
October 26, 2024

ބީވެދާކަށް ނޭދެން ހުވާ 7

15 Comments!

  1. Malher says:
    October 26, 2024 at 8:38 pm

    Aaaaiiiiii nuves egi huttsss🥹🥹😭😭
    Cant wait to next part
    This is just sooooo good 🥰

  2. Jana says:
    October 26, 2024 at 8:57 pm

    Waaaaa miulhey dhegolaa dhw😭😂😂😂😂
    I wonder kaaku baa ey liaa ge new lecture aky
    Maybe arkaan dhw😭😭😭
    Majaa vaane eyrah😭😭😂😂 v reethi mi vaahaka

  3. Ruthushaa says:
    October 26, 2024 at 10:02 pm

    Vvvv reethii
    I cant wait next part ah

  4. Shayerrr 💞 says:
    October 26, 2024 at 11:52 pm

    Vvvvvvvv reethi
    Alheyy cant wait next part ah 😭😭😭… this part is hilarious😂 darling u r my fav❤️‍🩹 cute cute alaa
    Aa zev finaly dhimaa vany
    So excited 🥰🥰🥰🙉🙈🙈❤️

  5. Maishaan mohamed says:
    October 26, 2024 at 11:54 pm

    Long time no see dear
    This part is nice as it is
    Please upload next part as soon as possible ❤️

  6. cinnamon mania says:
    October 27, 2024 at 12:00 am

    V reethi vahaka eh
    Literally the best one so far❤️
    Your words have been more than just ink on a page; they’re a light for so many of us. Your stories bring out hope, strength, and connection that inspire us to see the world differently. Remember, even on days when the words come slow or the ideas feel distant, you have a unique gift that touches countless hearts.
    The best author
    The best writer ✍️
    The. Best storyteller

  7. Fiza says:
    October 27, 2024 at 10:02 am

    Masha Allah. vrh reethi mibaives. dhen anna bayah kehmadhu. inthizaaru ehaa dhigu nukuruvahchey. Alaa fenifa yageeney Zev moyavaane kan. ❤

  8. Kaaayer says:
    October 27, 2024 at 10:17 am

    I need kayaan
    🙉
    Bring more about kayaan
    I miss him mi part kiyaafa 🫣🥹
    Vvvvvvvvvvvvvvv loabi mi part ve🥰🥰🥰

  9. Ishu says:
    October 27, 2024 at 10:21 am

    Sofia and shavan ge side eh idhey kanneyge
    Ala ah ehen Nuvaane ehn noonanama
    I guess
    Mibuny ehaa nuforuveyne ey ala eh
    I don’t wanna be a apoiler
    Let me excuse myself 😭🤣🤣
    But this story is really goooooood as ur other ones
    The perfect 🤩
    Next please 🙏 avas😭

  10. Cutie girl says:
    October 27, 2024 at 12:30 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Milaan and rau guluvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

  11. gurrrrl says:
    October 27, 2024 at 12:33 pm

    wow finally up vehje dhw
    mi part vx vrh vrh reethi
    when next part kiyaalan libeyne
    cant wait….for it
    keep it up
    love yuu author

  12. Lam’aa says:
    October 27, 2024 at 2:36 pm

    Ahannah ves lia ekoyali hen daaaaaammnnn ey kiyihjeh🤣🤣🤣
    Plx more about kayaan i would love to readddss
    My bias🥹😩😩
    Cant wait🫶

  13. Anony mee says:
    October 27, 2024 at 5:50 pm

    Eyy finally
    Vvvvv salhi
    Avahah next part

  14. Raaee says:
    October 27, 2024 at 10:13 pm

    Eha inthizaaru nukuruva Dhn in part vx Avas kodehcheyy😔

  15. Kamana says:
    October 28, 2024 at 6:01 pm

    V salhi
    Kin irakunbaa dben in part libeyny

Comments are closed.

Next Episodeނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 5←


All Right Reserved!