ފެންވަރައިގެން ނިކުން ރުވާން ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ރިންގުވަމުން ދިޔަ ފޯނެވެ. ނޫނެކެވެ. ގުޅަމުން ދިޔަ ފަރާތެވެ. ގުޅަމުން ދިޔައީ ޔޫރާ ކަމުން އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖެހިއެވެ. ދެންފެނުނީ ބާރު ދުވެއްޔެއްގައި ރުވާން ގެއިން ނުކުންތަނެވެ.
******
ފެންވަރައިގެން ނިކުން ރުވާން ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ރިންގުވަމުން ދިޔަ ފޯނެވެ. ނޫނެކެވެ. ގުޅަމުން ދިޔަ ފަރާތެވެ. ގުޅަމުން ދިޔައީ ޔޫރާ ކަމުން އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖެހިއެވެ.
[ހަ-…..] ރުވާންއަށް ބުނެވުނީ އެހިސާބަށެވެ. ދެންއިވުނީ އެކޮޅުން ޔުސްރާ ދައްކަމުން ދިޔަ ވާހަކައެވެ.
[މީންދަފެންނަ ހަޔާއި ކުޑަ އެއްޗާ ކަލޭދޯ މޫސަ މަރާލީ؟؟؟ ކައިވެނި ކުރަން އުޅޭށޭ ބުނީމަދޯ އޭނަ މަރާލީ؟ ބުނަންތަ ރަނގަޅުވާހަކައެއް؟ މޫސަ މަރާލިޔަސް ކަލޭއަކަށް ހަމަ ޖެހިގެން ނޫޅެވޭނެ. އަޑު އިވިއްޖެ؟ މިބުނީނުން ނޫޅެވޭނޭ!!!! ހަޔާއިތް ކުޑަ!!!] ޔޫރާގެ ކަންކަށި މަތީގައި ޖަހަމުން ޔުސްރާ ފެލިގަތެވެ. [ހޫމް.. ދެން ކަލޭމެނާ ޖެހުނީ.. ކަލޭމެން މީނަޔަށް ކުރާނެ ކަމެއް ކުރޭ މަށަށް ވަރިހަމަ މީއްޗަކު މަރާލިޔަސް] ކައިރީގައި ހުރި ޒުވާން ތިން ފިރިހެނުން ގާތުގައި ޔުސްރާ ބުނެލިއެވެ. އެ ތިން މީހުން ޔޫރާއާއި ދިމާލަށް ބަލަން ހުރި ގޮތުންވެސް އެމީހުންގެ ވިސްނުން ރަނގަޅު ނޫން ކަން ޔޫރާއަށް ދެނެގަނެވުނެވެ. ފޯނު އަތުން ދޫވެ ތެޅުނު އިރު ދުއްވައި ގަނެވުނެވެ. ނަމަވެސް ބާރުގަދަ 3 ފިރިހެނުން ކުރިމަތީގައި ޔޫރާއަށް ދެއްކޭނީ ކޮންބާރެއް ހެއްޔެވެ؟ ގޭގެ މައި ދޮރާ ހަމައަށް ނުދެވެނީސް އެމީހުން އަހިސް ޔޫރާގެ ލޫޅާފަތި ހަށިގަނޑުގައި ހިފާދަމާ ގެންގޮސް ޔޫރާގެ ކޮޓަރިއަށް ވެއްދިއެވެ. ދެންފެނުނީ ބާރު ދުވެއްޔެއްގައި ރުވާން ގެއިން ނުކުންތަނެވެ.
*******
[ނޫން ނޫން ހެޔޮނުވާނެ އާދޭސް ކޮއްފަ މިބުނަނީ އަހަރެންނަށް ތިހެން ނުހަދާ.. ޕްލީޒް އަހަރެން ދޫކޮއްލާ ހެޔޮނުވާނެ އަޅެ ޕްލީޒް..] ޔޫރާ ރޮއެ ރޮއެފައި އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް ކަރުނައިން ހިލަހިތަކަށް އެއްވިސް އަސަރެއްކުރާނެ ހެއްޔެވެ؟ [ހަހަ ކަލޭ ބުންޏޭ ކިޔާފަ އަހަރުން ޖެހޭތަ ހުއްޓަން؟ ކަލޭ ދޮންއަމާ އަހަރުން ކޮންމެ މީހަކަށް 1000 ރުފިޔާ ދީފަފައި ބުނީ ކަލޭއަށް ހަދާނެ އެއްޗެއް ހަދާށޭ ރޭޕް ކޮއްލިޔަސް ހެވޭ] އެތަނުން އެކަކު ބުންޏެވެ. ޔޫރާގެ ދެލޯ ކަރުނުން ފުރުނެވެ. ޔޫރާގެ އިތްފައިތެރިކަން ވެއްޔާ މޮޑެވިގެންދާކަށް ދެން މާގިނަވަގުތެއްނެތްކަން އެނގުމުން ޔޫރާގެ ހިތް ކުދިކުދިވިއެވެ. [އަޅެ ހެޔޮނުވާނެ ތިހެން ނަހަދާ އާދޭސް ކޮއްފަ މިބުނީ ޕްލީޒް] ޔޫރާ ކުރަމުން ދިޔަ އާދޭހުގެ އަޑު ނާހާ ޔޫރާ ލައިގެން ހުރި ރަތް ކުލައިގެ ޓީ ޝާރޓްގެ ކަރުވަޅުގައި ހިފާ ވީދާލިއެވެ. ޔޫރާއަށް ރޮއެގަނެވުނެވެ. ސަލާމަތަށް އެދި ގޮވާނީ ފަހެ ކާކަށް ހެއްޔެވެ؟ އެވަގުތު ރުވާން މަތިން ޔޫރާ އިންތިހާއަށް ހަނދާންވިއެވެ. ނަމަވެސް….
ކުއްލިއަކަށް ޔޫރާ ކޮޓަރިތެރޭގައި ހުރި އެންމެން ސިހުނީ ކޮޓަރީގެ ދޮރު ވެއްޓުނު އަޑަށެވެ. ދޮރު މަތީގައި ހުރީ ރުވާންއެވެ. އެވަގުތު ޔޫރާގެ އިތުރުން ދެން ކޮޓަރީގައި ތިބި މީހުންވެސް ދެލޯ ބޮޑު ވެގެން ދިޔައީ ސިހުންގެނަވަރުންނެވެ. ރުވާންގެ ކަޅުކަން ގަދަ ކަޅި ހުރީ ރަތް ކުލައިގައެވެ. [ކެނައިން] ދަތް ދިގުވެ އަތުގެ ނިޔަފަތި ތައްވެސް ހުރީދިގުވެފައެވެ. ހަށިގަނޑުގެ ހުރިހާ ނާރެއް ފުއްޕާލާފައި ހުރުމުން ހަށިގަނޑު ހުރީ ފާޑަކަށް ނޫވެފައެވެ. ދިގުވެގެން ގޮސް އަނގައިން ނިކުމެފައިވީ [ކެނައިން] ދަތްތަކުގައި ލޭ ހުރުމުން ވަކިން ބިރުވެރިކަމަށް ދައްކައެވެ.
[އޭ ބަލާލަ އެއޮތީ މަރާލާފަ!!!!] ރުވާން ފަހަތުގައި ފުރާނަނެއް ޔުސްރާފެނުމުން އެތެރޭގައި ހުރި އެއް ފިރިހެން ސޮރު ބުނެލިއެވެ.
[އުޅޭ އަވަހަށް މިތަނުންދާން. އެ.އެއީ އިންސާނެއްނޫން] އެންމެން ބިރުން ހުރެ ކިޔަންފެށިއެވެ. ވަގުތުގެ ބޭނުންހިފާ ޔޫރާއަވަސްވެ ގަތީ ޔޫރާގެ ހަށިގަނޑު ނިވާ ކުރުމަށެވެ.
މަޑު މަޑުން ހުރި ރުވާން އެތެރެއަށްވަދެ އެންމެނަށް ހަމަލާ ދޭން ފެށީ ކުއްލިއަކަށެވެ. ފަހަރަކު މީހަކަށް ރުވާން ހަމަލާ ދެމުން ދިޔަ އިރު، ޔޫރާ ހުރީ ފެންނަމުން ދިޔަ މަންޒަރު ގަބޫލު ކުރުމަށް ދަތިވެފައެވެ. އެންމެ ފަހުން ރުވާން ހިނގައިގަތީ އެންމެ ބިޔަކޮށް ހުރި ސޮރު ކައިރިއަށެވެ. އޭރު ދެންތިބި އެންމެން ބިންމަތީ ތިބި އިރު އެއިން އެކަކުގެވެސް ފުރާނަ ހުރިހެންއެއް ހިޔެއްނުވެއެވެ. އޭނާ ބޭނުންވީ ސަލާމަތް ވާށެވެ. ނަމަވެސް އޭނާއަށް ކުރެވުނީ ކޮއްގެން ވާނެ ކަމެއް ނޫނެވެ. އަތުގައި އޮތް ލައިޓަރު ނަގާ ފަހަތުގައި ހުރި ސްވިޗްގައި އޭނާ ރޯކޮއްލިއެވެ. ވަގުތުން ސްވިޗް ގޮވާ ކޮޓަރީގައި އަލިފާން ހިފިއެވެ.
[ރުވާން!!!!!] ދުރުގައި މަންޒަރު ބަލަން ހުރި ޔޫރާ އަށް ހަޅޭ ލަވައިގަނެވުނެވެ. ޔޫރާ ދުއްވައިގައި ރުވާން ސަލާމަތް ކުރެވޭތޯއެވެ. ނަމަވެސް އޭރު ވަގުތު ފާއިތު ވެއްޖެއެވެ. އިސާހިތަކު ރުވާން ގައިގައިވެސް ވަނީ އަލިފާން ހިފާފައެވެ. ފެނަނަމުން ދިޔަ މަންޒަރު ދުމުގެ ސަބަބުން ފުސް ނަމަވެސް ރުވާން ބަލައިލީ ޔޫރާއާއި ދިމާލަށެވެ. ރުވާންއާއި ދިމާލަށް އަންނަމުން ދިޔަ ޔޫރާ ފެނި ރުވާން އަތުގެ އިޝާތުން ދިޔުމަށް ބުނެލިއެވެ.
ޔޫރާގެ ހިތް މަރުވިފަދައެވެ. ލޯބިވެރިޔާ އަލިފާނުން އަނދަމުން ދިޔަ އިރު ޔޫރާވީ ނުކުމެގެން ދާން ހެއްޔެވެ؟ ޔޫރާ ހުރި ފިޔަވަޅު މަތީގައި ގަބުވެފައި ހުއްޓެވެ. އެވަގުތު ފަޔާފައިޓާރސް އަންނަ އަޑު އިވުނެވެ. ދެންވީނުވީއެއް ޔޫރާއަކަން ނޭނގުނެވެ.
****
ޔޫރާހޭއެރި އިރު ޔޫރާ ގާތުގައި ނަބީލް އިނެވެ. ނަމަވެސް ޔޫރާގެ ދެލޯ ހޯދައިލީ ރުވާންއެވެ.
[ރު..ރުވާން؟؟؟ ކޮބާތަ މަގޭ ރުވާން؟؟] އަވަސް އަވަހަށް ޔޫރާއެއްސެވެ. އޭރު އެދެލޮލުގައި ކަރުނަވިދަމުން ދިޔައެވެ.
[އައިމް ސޮރީ ޔޫރާ…. ރުވާން އިސް…. ނޯމޯރ..] ނަބީލް އިސް ޖަހާލަމުން ބުނެލިއެވެ. ނަބީލްގެ ހިތަށްވެސް ވަނީ ފުންއަސަރުތަކެއް ކޮއްފައެވެ. ގެއްލިގެން އެދިޔައީ އަމިއްލަ ކޮއްކޮ އެއްހެން ދެކުނު ފަރާތެކެވެ. ޔޫރާ ދިޔައީ ގިސްލަ ގިސްލާފައި ރޮމުންނެވެ.
[ހުއްޓާލާ ޔޫރާ.. އިންޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އެންޑް.. މިއޮތީ.. ދިސް ވޯސް އިން ރުވާންސް ރޫމް.. އައި ބްލީވް ދިސް ބިލޯންގްސް ޓު ޔޫ..] ޔޫރާގެ އަތަށް ގަނޑުކޮޅެއް ލައިދެމުން ނަބީލް ބުނެލިއެވެ. ހިތްވަރުކުރަން ބުނެލަމުން ނަބީލް ނުކުމެގެން ދިޔައީ ޔޫރާއަށް ވަގުތުކޮޅެއް ދިނުމަށެވެ. ނަބީލް ނުކުމެގެން ދިޔުމުން ޔޫރާއަވަސް އަވަހަށް އެ ގަނޑުކޮޅު ކިޔާލިއެވެ.
[ ލޯބިވާ ޔޫރާއަށް…..
ޔޫރާ… މިނޯޓް ކޮޅު ލިބޭ އިރު އަހަރެން ހުންނާނީ ޔޫރާއާއި ވަރަށް ދުރުގަ. ޔޫރާ.. އަހަރެން ޔޫރާ ދެކެ ވަރަށް ވަރަށް ލޯބިވޭ. މިހާރު ޔޫރާއަށް އަހަރެންގެ އަސްލު ސިފަވާނީ ފެނިފާ. މިއި އަހަރެންގެ ބައްޕަ އަހަރެން ކުޑަ އިރު އަހަރެންނަށް ހެދި އެކްސްޕެރިމެންޓް އެއްގެ ނަތީޖާ. އަހަރެންނަށް މިވަނީ [ޔޫބީޓީ-01] ނަމަކަށް ކިޔާ ވައިރަސްއެއް ޖެހިފަ.. މީހުންގެ ތެރޭގައި މައްޝޫރު ނަމުން ނަމަ [ވޭމްޕަޔާރ] އެކެވެ. ބައްޕަ ބޭނުން ކުރި ވާލުގެ [އެބިލިޓީސް] ވެސް އަހަރެންގެހުރޭ. އާދައިގެ އިންސާނުންނަށްވުރެ އެތަށް ހާސް މޭލެއް ބާރަށް ދުވެވޭ. އާދައިގެ އިންސާނުންނަށް ވުރެ މައްޗަށް ފުންމާލެވޭ. ރުވާންއަށް މީހަކު ކިތެންމެ ސިއްރުން ދައްކާވާހަކަވެސް އަޑު އިވޭ. ލޭ ފެނުމުންނޫނީ ރުޅި އައުމުން ނޫނީ ރުވާން ހުންނަނީ ހަމަ އިންސާނެއްގެ ސިފައިގަ. ލޭ ފެނިއްޖެ ނަމަ، ލޮލުގެ ކަޅިރަވަ ރަތް ކުލައަށް ބަދަލުވެ، [ކެނައިން] ދަތްތަށް ދިގުވެ، ނިޔަފަތިތަށްވެސް ދިގުވޭ. ހަށިގަނޑުގައި ހުރި ހުރިހާ ނާރެއް ފުއްޕާލާއިރު މުޅި މީހާ ހުންނަނީ ފާޑަކަށް ނޫވެފަ. އޭގެ ފަހުން ރުވާންގެ އިސްތަށިގަނޑު ރަތްކުލައަށް ބަދަލުވީ. ކަޅު ކުލަ ޖައްސަން އުޅުނުނިންވެސްމެއެވެ. ނަމަވެސް އިސްތަށިގަނޑުގައި ކުލަ ނުވެސް ހޭކެއެވެ. މިއީ ރުވާންގެ ހަގީގަތަކީ.. މިކަމުގެ ސަބަބުން މީހަކާ ލޯބީގެ ގޮތުން ގުޅުން ރުވާންއަށް ވަނީ މަނާވެފަ.. އައިމް ސޮރީ.. އައި ލަވްޔޫ ޓޫ ޔޫރާ.. އެހެންވެ އަހަރެން ނޯ ބުނީ.. އައިމް ވެރީ ސޮރީ..
ލޯބިވާ ރުވާން…. ]
(ނިމުނީ)
2 Comments!
Comments are closed.







Varehga salhi keep it going…….❤️
Varehga salhi keep it going…….❤️