Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުލިބޭނެހޭ އަލުން އެހީ 15

Nadhoo
Nadhoo Level 1
September 23, 2024 7 Mins Read
3 Comments

ރޫމަށް ވަދެވުމާ އެކު ހުރިހާއިރު ހިފަހައްޓައިގެން އިން ކަރުނަތައް އޭގެ މަގާމު ދޫކޮށް ޖެނީގެ ކޯތާފަތް މަތިން ފައިބަމުން ދިޔައެވެ. މޫނުގައި ބާލިސް އަޅާލީ ރުއިމުގެ އަޑު އެހެން މީހަކަށް ނީއްވުމަށެވެ. ނަމަވެސް ދޮރުމަތީ ހުރި ރާއިދުއަށް ރަގަޅަށް އެ އަޑު އިވި ހިތުގައި ރިއްސާލިއެވެ. ދޮރުގައި ޓަކި ޖަހާލުމުން ޖެނީ ދޮރު ހުޅުވާލި އިރު ކުރިމަތީގައި އިން ރާއިދު ފެނުމުން އަވަހަށް ދޮރު ލައްޕާލަން އުޅުނު ނަމަވެސް ރާއިދު ގެ ހުށިޔާރުކަމުން ޖެނީއަށް ދޮރު ނުލެއްޕުނެވެ. ރާއިދު އެތެރެޔަށް ވަދެ ދޮރު ތަޅުލިއެވެ. ޖެނީ ފަހަތަށް ޖެހިލާފައި އެނދުގައި އިށީނެވެ. ” ޖެނީ ކިހިނެތްތަ ހާލު ކޮން އިރަކު ރާއްޖެ އައީ؟ ކީއްވެ ނުގުޅީ ” ރާއިދު އަހާލިއެވެ. ” އަހަރެން ނުޖެހޭނެ ރާއިދުގެ އެއްވެސް ސުވާލަކަށް ޖަވާބުދޭން ތީ އަހަރެންގެ ކާކު” ޖެނީ ބުނީ ނުރުހިފައެވެ. ރާއިދު ޖެނީގެ އުނގަޑުގައި އަތް އަޅުވާލަމުން ރާއިދުގެ ގަޔާ ޖެނީ ކާރިކޮށްލުމުން ޖެނީގެ ހިތުގެ ތެޅުން އަވަސްވެ ނޭވާވެސް އަވަސްވެގެން ދިޔައެވެ. ” ޖެނީ ބުނެބަލަ އަހަރެން ކައިރިވީމާ ތި ހިތުގެ ތެޅުން އަވަސް ވާނީ ކިއްވެ؟ އަހަރެން މީ ޖެނީގެ ކާކު؟ ” ޖެނީ ތެޅިގެންފައި އެނދުން ތެދުވިއެވެ. ރާއިދުވެސް ތެދުވެ ޖެނީގެ ކުރިމަތީގައި ހުއްޓުނެވެ. މިތަނުން ދޭ އަހަރެންގެ އަގު ވައްޓާލަން ނޫޅޭ” ޖެނީ ރުޅިވެރި ނަޒަރުން ބަލާލަމުން ބުނެލިއެވެ. ދާން އެނބުރިލާފައި އައިސް ރާއިދު ޖެނީގެ ހަށިގަނޑުގައި ބައްދާލިއެވެ. ޖެނީއަށް ވެސް ބައްދާލެވުނީ އިހްތިޔާރަކާނުލައެވެ. ” ލީވް މީ ” ހަމަބިމަށް އާދެވުމުން ޖެނީ ރާއިދުގެ މޭގައި އަތް އަޅާކޮށްޕާލާފައި ގޮސް ފާހާނާޔަށް ވަދެ ތަޅުލުމުން ރާއިދުވެސް ނިކުމެގެން ދިޔައެވެ.

ގެޔަށް ގޮސް ރޫމަށް ވަދެވުމާ އެކު ރާއިދު އަށް އެނދުމައްޗައް ވެއްޓި ގެނެވުނީ އޭނާގެ ހިތަށް ކޮށްފައިވާ އަސަރަކުންނެވެ. ކޮޓަރި ތެރޭގައި ހަރުކޮށްފައިވާ އޭނާގެ ހިތުގެ މަލިކާގެ ފޮޓޯ ގެ ކުރިމަތީގައި މަޑުމަޑުން ތެދުވެގެން ގޮސް ރާއިދު ހުއްޓުނެވެ. ” އަހަރެންނަށް މިހެން އުޅެން އެހާ ފަސޭހައެއް ނޫން ވަރަށް މިސްވޭ! ދުވަހަކުވެސް ތި ސޫރަ މިހިތަކުން ފިލުވައެއް ނުލެވޭނެ އެކަމަކު މަންމަމެން ގެ ނުރުހުމުގައި އެއްވެސް ކަމެއް ކުރާނެ ހިތްވަރެއްވެސް އަހަރެންގެ އެއް ނެތް” ރާއިދު އެހެން އެ ފޮޓޯ އާއި ވާހަކަ ދައްކަން އެތައް އިރަކު ހުއްޓެވެ.

” ދަރިފުޅާ ރާދް އާދެބަލަ ކާން 10 ޖަހަނީ މަންމަމެންވެސް މި އުޅެނީ ކާން ވެގެން ” ފަރީދާ ގޮވާލުމުން ރާއިދު އަވަސް އަވަހަށް މޫނު ދޮވެލައިގެން ގޮސް ކާން އިށީނެވެ. ” ދަރިފުޅާ ރާދް ދެން މީހަކާ އިންނާކަށް ނުވޭތަ ކުއްޖަކު ހޯދާފިންތަ؟ ” ފަރީދާ އަހާލިއެވެ. ” ނޫން މަންމާ އަހަރެންގެ ދިރިއުޅުމުގައި ނެތް އެއްވެސް ކުއްޖެއް ” ރާއިދު މަޑުމަޑުން ބުނެލިއެވެ. ” މަންމަ ކުއްޖަކު ހޯދަންތަ މިއަދުވެސް ފެނުނު މަންމަ އަށް ވަރަށް ރީތި އަންހެން ކުއްޖެއް ހިތަށް އެރި މި ރާދް ވެސް އެކަހަލަ ރީތި ކުއްޖަކު ގެންނާނެ ނަމައޭ މިގެޔަށް ” ފަރީދާ ބުނެލީ ހީލާފައެވެ. ” ކޮން ކުއްޖެތަ އަނެއްކާ ފަރީ ؟ ” ވަހީދު އަހާލިއެވެ. ” ޖެނީ އެއްނު ހާދަ ރީއްޗޭ އެހެރަ ސާދާކަމެއް ” ފަރީދާގެ ޖަވާބު އަހާފައި ރާއިދު ކޮށި އެރިއެވެ. ވަހީދު އަވަހަށް ފެންތަށި ދިށްކޮށްލިއެވެ. ” ކޮބާ ފަރީ ހީވޭ މި ސޮރަށް ކަމެއް ވާނެހެން އަންހެން ކުއްޖަކު ގެ ނަން ބުނާއިރަށް ކޮށި އަރައިފި ” ވަހީދު ދިމާކޮށްލުމުން ރާއިދު ލަދުން އިސްޖަހާލިއެވެ. ” މަންމާ ޖެނީ އެއީ ދިވެއްވެސް ނޫން އެކަމަކުވެސް މަންމައަށް ހަމަ ޖެނީ ކަމުދޭތަ؟” ރާއިދު ވެސް މަޖާވެލާފައި ކަމަށް ހެދި ހިތުގައި އޮތް އެތި އަހާލިއެވެ. ” ދިވެއްސެއް ނޫނަސް މުސްލިމެއް ދިވެހިން ވާހަކަ ވެސް ދައްކާ އަދި އެހާ ފުރިހަމަ އަހަރެމެންގެ ރީޝާ ކަހަލަ ކުއްޖެއް އެއީ ވަހީދު ބުނެބަލަ ރާދް އަކާ ނުގުޅޭތަ އެމަންޖެ” ފަރީދާ ބުނެލިއެވެ. ” އަސްލު ވަރަށް ގުޅޭ ” ވަހީދުވެސް ބުނެލީ ހީލާފައެވެ. “މަންމަ އާއި ބައްޕަ މިރޭ ހާދަ ވާހަކަ ގިނައޭ ހަމަ ރާލް އާ ބައްދަލު ވެވުމުގެ އުފާ ދޯ މީ ބުނެބަލަ އެމީހުން ކާރީ މިގެޔަށް ބަދަލުވާން އިލްކޮވެސް ހާދަ ލޯބިއޭ މިގޭތެރެ ފަޅު ފިލާނެއެއްނު ” ރާއިދު ބުނެލިއެވެ. ” ބައްޕަ ބުނެލާނަން އެކަމަކު މަޖްބޫރެއް ނުކުރާނަން ދެން ދަރިފުޅުވެސް އުޅޭ ކުއްޖަކު ހޯދަން އޭރުން އަދި ބޮޑަށް ފަޅު ފިލާނެ” ވަހީދު ދެންވެސް ރާއިދު އާ ދިމާކޮށްލިއެވެ. ” ބައްޕާ ދެން! މާދަމާ ޖެނީ ކާރިން އަހާލާނަން މަށާ އިންނާނަންހޭ ވެސް ” ރާއިދުވެސް މަޖާވެލާފައި ބުނެލިއެވެ. ” މަންމަމެން ބޭނުން ވިޔަސް އަދި ދަރިފުޅަށް ވެސް ކަމުދާކުއްޖެއް ހޯދަން ވާނީ މަންމަމެންނަށް ހެޔޮ އެއީ ކޮންމެ ގައުމެއްގެ ކޮންމެ ކުއްޖަކަސް ދަރިފުޅުގެ އުފާ އެންމެ މުހިންމީ” ފަރީދާ ބުނެލުމުން ވާހީދުވެސް އެއްބައިވެލިއެވެ. ރާއިދުގެ މަންމަމެންގެ ވާހަކަ އަހާފައި ރާއިދުގެ ހިނިތުންވުން ފުންވެގެން ދިޔައެވެ.

އެނދު މަތީގައި ބަނޑަށް އުދަނގޫ ވާތީ ފުރޮޅި ފުރޮޅި ލާރާ އޮތެވެ. ” ލާރާ ކިހިނެތްވީ ބަނޑަށް ތަދުވަނީތަ؟” އަޔާޒް އަހާލިއެވެ. ” އަޔާ ނޭންގޭ އެބަވޭ އުނދަގޫ ތަކެއް މަންމައަށް ގޮވާބަލަ ” ލާރާއަށް ބުނެވުނީވެސް ވަރަށް ހާލުންނެވެ. އަޔާޒް ދުވެފައި ނިކުމެގެން ގޮސް އޭނާގެ މަންމައަށް ގޮވާލިއެވެ. ” ދަރިފުޅާ ކާރު ނަގައިގެން އަވަހަށް އާދޭ ” މަންމައާއި ދޮންބެ ދައްތަ މިދަނީ ލާރާ ގޮވައިގެން ތިރިޔަށް ” ނަސީމަ ބުނެލުމުން އަޔާޒް ޓީޝާރޓެއް ގަޔަށް މަހާލަމުން ނިކުތެވެ. ޖެނީ އަވަސް އަވަހަށް ލާރާގެ ހުރިހާ އެއްޗެއް ތައްޔާރު ކޮށްގެން ތިރިޔަށް ގެންދިޔައެވެ. ” އަޔާޒް އައިސް ލާރާ އަޔާޒްގެ އަތްދަނޑިމައްޗަށް ލައިގެން ގޮސް ކާރަށް އެރުވިއެވެ. ” ލާރާ ހިތްވަރު ކުރޭ އިދާރަ ކުރެއްވީޔާ ހުރިހާކަމެއްވެސް ވާނީ ރަގަޅަށް ” އަޔާޒް ލާރާގެ އަތުގައި ހިފާލިއެވެ. ” މަންމަމެން ވެސް އަރާ ފަހަތަށް ލާރާ ކާރިޔަށް ދެން ޖެނީ އަރާ ކުރިޔަށް ” އަޔާޒް ބުނެލިއެވެ. ” އަޔާޒްމެން އަވަހަށް ދޭ އަހަރެން މިދަނީ ރިޝް މެން ކާރީ ބުނެލަން އެމީހުން ފޮނުވާނަން އަހަރެން އިލްކޮ ކާރީ މަޑުކުރާނީ ހެނދުނު ވީމާ ދާނަން ” ޖެނީ ބުނެލިއެވެ.

ޑޮކްޓަރު ލާރާ ބެލުމަށް ފަހު އަދި ވަގުތު ނަގާނެކަމަށް ބުނެލިއެވެ. ތަދު އަރާ ވަގުތު އަޔާޒް ލާރާގެ އުނަގަނޑުގައި މަސާޖްކުރަމުން ދިޔައީ ވަރަށް ލޯބިންނެވެ. ” ބޭބީ މަންމިއަށް އެހާ ތަދު ނުކޮށް އަވަހަށް އާދޭ ” އަޔާޒް ލާރާގެ ބަނޑުގައި ފިރުމާލިއެވެ. ތަދު މަޑުވުމުން ލާރާއަށް ނިދުނެވެ.

ހޮސްޕިޓަލަށް ދިޔައިރު ޖެނީ ނެތުމުން ރާއިދު މާޔޫސްވެގެން ދިޔައެވެ. ނަމަވެސް އެންމެންގެ ތެރޭގައި ދާކަށްވެސް ނުކެރުނެވެ. ފަތިސް ވާން ކައިރިވީފަހުން ލާރާގެ ބަނޑުގައި ގަދަޔަށް ރިއްސަންފެށުމުން ވިއްސާ ވޯޑަށް ވެއްދިއެވެ. ބައި ގަޑިއެއްހާއިރުން އިވިގެން ދިޔަ ރުއިމުގެ އަޑުން އެންމެންގެ ލޯ އުފަލުން ފޮޅުނެވެ. ރާއިލް އައިސް އަޔާޒްގެ ގައިގަ ބައްދާލިއެވެ. އެންމެން އަޔާޒް އަށް މަރުހަބާ ކިޔަމުން ދިޔައެވެ. ” މިހާރު އަހަރެން ދެރަކޮށްލާފަ ބޭބީ އައުމުން އަޔާއަކަށް ބޭބީ ނުވެސް ދައްކާނަން އައިސްގެން ވެސް ނުވާނެ ކާރިޔަށް ” ކުއްލިޔަކަށް އަޔާޒް ގެ ހަނދާނަށް އައީ މީގެ ކުރިން ލާރާ ބުނެފައިވާ އެއްޗެކެވެ. “އެދަރިފުޅު ބެލުމުގެ އެއްވެސް ހައްގެއް އަހަރެންނަކަށް ނުވޭ ” އަޔާޒް ދެރަވީވާރުން އެއްވެސް މީހަކަށް ނުފެންނާނެހެން އެތަނުން ނިކުމެގެން ދިޔައެވެ. ދަރިފުޅު ނެރުނު އިރުވެސް އަޔާޒް ނެތުމުން ނަސީމާ ދަރިފުޅު އުރާލިއެވެ. ” ހީވަނީ ހަމަ އަޔާޒްހެން މިހާ ކުޑައިރުވެސް ހާދަ ވައްތަރޭ ” ނަސީމާއަށް ބުނެވުނެވެ. ” ކޮބަތަ ތިއްތިބޭ ؟ ކޮންތާކަށް އެ ދިޔައީ ” ރީޝާވެސް އަހާލިއެވެ. ” ނޭންގޭ ފޯނެއްވެސް ނުނަގާ” ރާއިލް ބުނެލިއެވެ. ލާރާ ވޯޑަށް ބަދަލުކުރެވުނު އިރުވެސް އަޔާޒް އެއް ނާދެއެވެ. ” މަންމާ ކޮބާތަ އަޔާ؟ ” ލާރާ އަހާލިއެވެ. ” މަންމަވެސް މިހިރީ އަޔާޒް ދިޔަ ތަނެއް ނޭގިފައި ކަންބޮޑުވެފައި ފޯނުވެސް ނުނަގާ ގެޔަކުވެސް ނެތް ” ނަސީމާ ޖަވާބު ދިނެވެ. “އަޔާ އަށް ބޭބީ ފެނުނުތަ؟ ” ލާރާ އަހާލުމުން ރީޝާ ބޯ ހޫރުވާލިއެވެ. ” ދޮންބޭ އަޅެ އަޔާ ކޮބައިތޯ ބަލާ ދީބަލަ ” ލާރާ ލަޔާން އަށް ބުނެލުމުން ލަޔާން ބޭރަށް ނިކުތެވެ. ” ރާދް ދޭ ބަލަ ޖެނީ އާއި އިލްކޮ ބަލާ ” ރާއިލް ބުނެލުމުން އުފަލުން ރާއިދު ނިކުމެގެން ދިޔައެވެ. ބެލް އެޅުމުން ޖެނީ ދޮރު ހުޅުވާލިއެވެ. ” ރާއި ” ޖެނީއަށް ކިޔާލެވުނެވެ. ” އަދި އެއްފަހަރު ތިހެން ގޮވާލަބަލަ ” ރާއިދު އަށް ބުނެވުނެވެ. ޖެނީ އަނގައިން ވެސް ނުބުނެ ތަން ދެއްކުމުން ރާއިދު އެތެރެޔަށް ވެނެވެ. ” އިލްކޮ އަދި ނު ހޭލާ ކުޑަކޮށް މަޑުކޮށްލާތި އަހަރެން މިދަނީ އެތެރެޔަށް” ޖެނީ ދާން ފެށުމުން ރާއިދު ޖެނީގެ އަތުގައި ހިފާ ދަމާލިއެވެ. އެފަދަ ކަމަކަށް ނު ވިސްނާހުރި ޖެނީ ގޮސް ރާއިދުގެ މޭގައި ތައްވިއެވެ. ރާއިދުއާއި ދިމާލަށް ބަލާލެވުނު ހިނދު ޖެނީގެ ދެލޯފެންކަޅި ވެގެން ދިޔައެވެ. ” ޖޫން އަދިވެސް އަހަރެން ދެކެ ލޯބިވޭ ދޯ؟ ” ރާއިދު އަހާލިއެވެ. ” ދޫ ކުރޭ އަހަރެންގެ ގައިން އަނެއްކާވެސް ފޫހިފިލުވާލަން ބޭނުންވީ ދޯ އެކަމަކު މިފަހަރު އެހެން މިހަކު ހޯދާ” ޖެނީ ބުނެލީ ރުޅި އައިސްފައެވެ.” އަހަރެން އެހެން މީހަކާ އެކީ ފޫހިފިލުވާތަން ބަލަން ޖޫންއަށް ކެތްވާނެތަ؟ ” ރާއިދު ދެންވެސް އަހާލިއެވެ. ” ހެޔޮ ދުވާލަކު 6 މީހުން ގޮވައިގެން ފޫހިފިލުވިޔަސް ” ޖެނީ ވެސް ގޮތުގައި ހިފަހައްޓާލިއެވެ. ” އެކަމަކު ޖެނީ އާ އެކީ ބޭނުންވަނީ ފޫހިފިލުވަން މިހާރު ކުރިޔަށް ވުރެންވެސް މާ ރީތި ” ރާއިދު ބުނެލީ ވައި އަޑުންނެވެ. ޖެނީ ދުރުވާން މަސައްކަތް ކުރަމުން ދިޔައެވެ. ކުއްލިޔަކަށް ދޮރު ހުޅުވުނު އަޑަށް އެތާހުރި ތަނބަކާ ޖެނީ ގޮވައިގެން ރާއިދު ނިވާވެލިއެވެ. ވަދެގެން އައި ހަސީނާ ސިޓިން ރޫމް ސޯފާގައި އިށީނެވެ. ފުރުސަތުގެ ބޭނުން ހިފާ ރާއިދު ޖެނީ ގައިގަ ބާރަށް ބައްދާލިއެވެ. ދުރުވާން ޖެނީ މަސައްކަތް ކުރަމުން ދިޔައެވެ. ޖެނީގެ ތުންފަތުގައި ރާއިދު ބޮސްދިނެވެ. ޖެނީއަށް ދެކޮޅު ނުހެދުނުތާ އެތަށް ދުވަހެއް ފަހުން އެލިބުނު އަރާމްގައި ބެހިގެން ދެވުނެވެ. ހަސީނާ ރޫމަށް ވަނުމުން ރާއިދު އާއި ޖެނީ ދުރުވެލިއެވެ. ” ކިހިނެތްވެގެން ރާއިދު ތި އުޅެނީ ދެން އަހަރެންގެ ގައިގަ ޖެހިގެން ވެސް ނުވާނެ ރާއިދު ބޭނުންހާ ގޮތެއް ދެން މަށަކަށް ނުހެދޭނެ “ޖެނީ ރުޅި އައިސްފައި ބުނެލުމުން ރާއިދުއަށް ހިނިތުންވެވުނެވެ. ” އަހަރެން ކިހިނެތް ބުނެދޭނީ އަހަރެން ޖޫން ދެކެ ލޯބިވާވަރު މިސްވާވަރު އަދި މީހާރު އަހަރެމެން ދެމީހުން ގުޅުމަށް އެއްވެސް ހުރަހެއް ނުވާކަމަށް ” ރާއިދު ހިތާހިތުން ބުނެލިއެވެ.

އަނެއް ދުވަހުގެ ހަވީރުވެގެން ލާރާ ގެޔަށް ފޮނުވާލި އިރުވެސް އަޔާޒްގެ އެއްވެސް ހަބަރެއް ނުވެއެވެ. އެންމެން ވެސް އެކަމާ ތިބީ ކަންބޮޑުވެފައެވެ. ” މަންމާ އަހަރެންގެ ހާލު ރަގަޅު އަހަރެން ދިޔައީ އަމިއްލަ އިހްތިޔާރުގައި ” އަޔާޒް ނަސީމާއަށް މެސެޖެއް ފޮނުވާލިއެވެ. ” ދަރިފުޅާ ލާރާ ތި ދެކުދިން މައްސަލައެއް ޖެހުނީތަ؟ ” ނަސީމާ މެސެޖް ދައްކާލާފައި އަހާލިއެވެ. “ނޫން މަންމާ ދުށީމެއްނު އަހަރެން ވިހާ ވޯޑަށް ވެއްދި އިރުވެސް އަޔާ އިނީ އަހަރެންގެ އަތުންވެސް ދޫކޮށްލަން ބޭނުން ނުވެފަ އެއްނު މިހާރު ފޯނުވެސް ނިވާލާފައި ވީ ގޮތެއް ބުނީމަ ދޯ އިނގޭނީ ވެސް” ލާރާ އަށް ބުނެވުނީ ވަރަށް ދެރަވެފައެވެ. އެންމެންވެސް ލާރާއަށް ހިތްވަރު ދެމުން ދިޔައެވެ. ” ލާރު ދެން ނުރޮއެ ހުއްޓާލަބަލަ އަޔާޒް އަކަށް ލާރު އާއި ދުރުގަ ކެތެއް ނުވާނެ އަދި އަންނާނެ ވެދާނެ އެ ދިޔައީ ލާރު ޕްރެގް ވުމުން ކަންތައް ކުރެވުނު ގޮތުން ގިލްޓީ ފީލްވެގެން ކަމަށްވެސް” ރީނާ ބުނެލުމުން ލާރާއަށް ވިސްނާލެވުނެވެ. ” ޔޭސް ރީން ތީ ވެދާނެ ގޮތެއް ” ލާރާއަށް ބުނެވުނެވެ. ” އަޔާޒް ލާރާ ކާރިން އެކަންތަކަށް މާފަށް އެދުނުތަ؟ ” ރީނާ އަހާލުމުން ލާރާ ބޯ ހޫރުވާލިއެވެ. ” އެކަމަކު އަހަރެން އަޔާއަށް މާފުކުރިތާ ކޮންދުވަހެއް ” ލާރާއަށް ބުނެވުނެވެ. “ލާރު ބުނިންތަ މާފުކުރި ވާހަކަ ” ރީނާ ދެންވެސް އަހާލިއެވެ. ” ނޫން ނުބުނަން ” ލާރާ އަށް ބުނެވުނު އިރު އަނެއްކާވެސް ބޮޑަށް ރޮވުނެވެ. ” ދެން މިކުރަނީ ވަރަށް ޕާރސަނަލް ސުވާލެއް އެކަމަކުވެސް ޖަވާބު ދޭތި އޭރުން އަޔާޒް އަށް ވީ ގޮތް ޔަގީން ކުރެވޭނީ މީ ލާރު ފަހަރި އަކަށް ވުމުގެ ކުރިން ލާރުގެ ބެސްޓީ އެއްނު ދޯ” ރީނާ ބުނެލުމުން ލާރާ ބޯޖަހާލިއެވެ. ” އެންމެ ފަހުން ތި ދެމީހުން ހަގް އެއް ކުރީ ކޮން ދުވަހަކު ލަދުން އިނދެވެސް ރީނާ އަހާލިއެވެ. ” ފުރަތަމަ ހިނގާލަން ބޭރަށް ދިޔަރޭ އެރޭ އަހަރެން އަޔާއަށް މާފް ކުރީވެސް ” ލާރާ ބުނެލިއެވެ. ” ލާރު ތި ދެމީހުން އެކަކު އަނެކަކު ދެކެ ކިތަންމި ލޯބި ވިޔަސް ދެމެދު ޖެހުނު މައްސަލައަށް ފަހު އެކަން ހައްލު ނުކުރެވި ތިވަނީ ދެމީހުން ވަރަށް ދުރެވެފައި އެހެންވެ އަޔާޒް އެ ދިޔައީ ގިލްޓީ ފީލްވެގެން ލާރު އާ ކުރިމަތި ލާނެ ހިތްވަރު ނެތީމާ ލާރުވެސް ހަނދާންވޭތަ މިސް އަންޑަސްޓޭންޑިންގް އެއްގަ ލާރުވެސް ފިލައިގެން އުޅުނީމެއް ނު މިހާރު އަޔާޒް އެހެރީ ހަމަ އެކަހަލަ ސިޗުވޭޝަންއެއްގަ ” ރީނާ ބުނެލީ މަޑުމަޑުންނެވެ. ” ރީން އަހަރެންނަށް ނުވެސް އިނގޭ އަހަރެމެން ދެމީހުން އެހާ ދުރުވެގެން ދިޔަކަމެއް އަހަރެން ބޭނުން އަޔާ އާއި ވާހަކަ ދައްކަން އަހަރެންނަކަށް ނޫޅެވޭނެ އަޔާ އާ ނުލައެއް ރީން ޕްލީޒް އަޔާ ގެނެސްދީ” ލާރާ ރޮމުން ރޮމުން ބުނެލިއެވެ. ” ލާރު ދެން ތިހާވަރަށް ނު ރޮއެ ބަލަ އަހަރެންގެ ހިތް ބުނަނީ އަޔާޒް އަންނާނެކަމަށް ބޭބީ އަށް ފީޑް ކޮށްބަލަ އެ ރޮވެން ފެށީ ބަނޑުހައިވެގެން ކަން ނޭންގޭ ” ލާރާ ދަރިފުޅު ނަގާ ބައްދާލިއެވެ. ” ދޫނިވެސް ބައްޕި މަތިން މިސްވޭދޯ ” ލާރާ ދަރިފުޅާ ވާހަކަ ދައްކަމުން ދަރިފުޅަށް ބުއްދޭން ފެށުމުން ރީނާ އެތަނުން ނިކުމެގެން ދިޔައެވެ.

ހޮސްޕިޓަލުން ގެޔަށް އައިތާ 5 ދުވަސް ވެގެން ދިޔައިރުވެސް އަޔާޒްގެ އެއްވެސް ހަބަރެއް އެއްވެސް މީހަކަށް ނުވެއެވެ. އެކަމަކު ލާރާ ދެރަވެދާނެތީ އެކަކުވެސް އެވާހަކަ ނު ދައްކައެވެ. ވީހާ ގިނަވަގުތު ލާރާ އާއެކީ ހޭދަ ކުރެވޭތޯ އެންމެންވެސް ބަލައެވެ. ” ލާރާ ސުވާލެއް ކުރަން ތަ؟” ޖެނީ ލޯބިވާ ކުއްޖަކީ ދޮންބެ ދޯ ” ރީޝާ އަހާލިއެވެ. ” ކިހިނެތްވީ ކާކު ކީކޭ ކީ ރިޝް ކާރީ ” ލާރާ އަޅަ އަޅައި ގަންނަމުން ބުނެލިއެވެ. ” ލާރާ ޕްލީޒް ބުނޭ އަހަރެންގެ އަތުގައި ވެސް ވާހަކައެއް އޮތީމާ މި އަހަނީ” ލާރާ މަޑުމަޑުން ބޯޖަހާލިއެވެ. ” ޖެނީ ބުނީ ދޮންބެ ލޯބި ނުވާ ވާހަކަ އެކަމަކު އެއީ ހުސް ދޮގު ދޮންބެ އެހެރީ އަދިވެސް ޖެނީ އަށް ޓަކާ އޭނާ އަދިވެސް ލޯބިވަނީ ޖެނީ ދެކެ އަހަރެން މިރޭ ދޮންބެގެ ރޫމަށް ވަނިން އެތާ ހުރީ ޖެނީ ގެ ވަރަށް ރީތި ބޮޑު ފޮޓޯ އެއް އަދި ކަބަޑުގަވެސް ހުރި ވަރަށް ގިނަ ފޮޓޯތައް ދެމީހުންގެ ” ހުވާތަ؟” ލާރާއަށް ވެސް އަހާލެވުނެވެ. ” ދެން ކީއްވެ ބާ ޖެނީ ކާރީ އެހެން ބުނީ؟ ލާރު ހިންގާ ޑްރާމާ އެއް ކުޅެން” ރީޝާ ދެއްކި ވާހަކަ ތައް އަހާފައި ކާމިޔާބު ވާނެކަމަށް ލާރާވެސް ބުނެލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ވާނަން އެކުގައި… 01

Next

ކަނޑުމަތިން

Next
September 23, 2024

ކަނޑުމަތިން

Previews
September 23, 2024

ވާނަން އެކުގައި… 01

3 Comments!

  1. Cutie girl says:
    September 24, 2024 at 4:03 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Ayaa Ehn nuhadhaa Laaroo ah
    Mi part kiyaafa rovijje
    Reen and layaan ves v gulhey
    They all are made for each other
    Ayaa and Laaroo dhuru nukurachey
    They all are made for each other
    Raaidh and joon ves gulhuvaa
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you nadhoo ❤️😍

  2. Mariyam says:
    September 25, 2024 at 2:21 am

    Waiting for the next part and Masha Allah this story is so beautiful can’t wait for the next chapter.

  3. Angel says:
    September 28, 2024 at 11:57 pm

    Hii when is next part. Plx avahah upload kohla dheeba. Can’t wait hama

Comments are closed.

Next Episodeނުލިބޭނެހޭ އަލުން އެހީ (ފަހު ބައި)←


All Right Reserved!