Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުލިބޭނެހޭ އަލުން އެހީ 14

Nadhoo
Nadhoo Level 1
September 19, 2024 6 Mins Read
9 Comments

ރީޝާ ގޮސް ވަހީދުގެ ދެމަފިރިން ކުރިމަތީ ހުއްޓުނެވެ. ” ތިހާ ލޯބިވާ ކުއްޖަކު ލިބުނު ކަމީ ރާއިލްގެ ނަސީބު ” ވަހީދު ރީޝާގެ ބޮލުގައި ފިރުމާލިއެވެ. “ފުރަތަމަ ޝަރުތަކީ ދެން ދަރިފުޅުވެސް ކިޔަންވާނީ މަންމަ އަދި ބައްޕަ ރާއިލް ބައްޕަ އެއް ނޫން ” ވަހީދު ބުނެލީ ހީލާފައެވެ. ” އަޅުގަނޑު ގަބޫލު މަންމާ ބައްޕާ” ރީޝާ ބުނެލީ ދެލޯ ފޮހެލަމުންނެވެ. ” ދެވަނަ ޝަރުތަކީ މި ދަރިފުޅު އުރާލެވޭނެތަ؟ ” ވަހީދު އަހާލުމުން ރީޝާގެ ދެލޯ ކަރުނުން ފުރުނެވެ ނަމަވެސް ބޯ ޖަހާލިއެވެ. ވަހީދު އިލްޝާ އުރާލުމަށްފަހު ގަޔާލާ ބޮނޑިކޮށްލިއެވެ. ” ދަރިފުޅަށް އިނގޭތަ މީ ކާކުކަން މީ ދަރިފުޅުގެ ކާފަ އޭ އަދި ކިރިޔާ މިއެނގުނީ ކާފަ ކީ ކަންވެސް ” ވަހީދު ބުނެލިއެވެ. ” ދެން ގެނޭ މާމައަށް މިހާރުވެސް އުރާލާހިތުން ހުރެވެނީއެއް ނޫން” ފަރީދާ އެހެން ބުނެލާފައި އިލްޝާ އުރާލާފައި ބައްދާލިއެވެ. ” ދެން ގެނޭ ދޮންބެއަށް ” ރާއިދުވެސް ގޮސް އުރާލަން އުޅުނެވެ. ނަމަވެސް އިލްޝާ ފަރީދާގެ ގައިގަ ތައްވެލިއެވެ. އެ މީހުން އުޅެމުން ދިޔަގޮތުން ލާރާ އާއި ރީޝާވެސް ތިބީ އުފަލުން ރޮވިފައެވެ. ” ދަރިފުޅުމެން ހިނގާ ސައި ބޯން ވަރަށް މީރު ބޯކިބަލެއް އެޅިން މިއަދު ” ފަރީދާ ލާރާ އާއި ރީޝާއަށް ބުނެލިއެވެ. އެންމެން ގޮސް ބަދިގޭ ކާ މޭޒު ދޮށުގައި އިށީނެވެ. ” މަންމާ އަޅުގަނޑު ސައި ހަދަން ތަ؟ ” ރީޝާ އަހާލުމުން ފަރީދާ ބޯ ޖަހާލިއެވެ. ” ރާޖޫ އާދޭ އެންމެން އެކީ ސައި ބޯ ރާޖޫ އަށް އިނގޭތަ މީ ކާކުކަން ރީޝާ ދައްކާލުމުން ފަރީދާ އަހާލިއެވެ. ” ނޭގެނީ އަދި ދުވަހަކުވެސް ނުފެންނަނީ ” ރާޖޫ ޖަވާބު ދިނެވެ. ” މީ ރާއިލް ގެ ވައިފް އަދި ބޭބީ ” ފަރީދާ ބުނެލީ ހިނިތުންވެލަމުންނެވެ. ” ރާއިލް ބާބާ ކޮބައިތަ؟ ނުވެސް ފެންނަނީ ” ރާޖޫ އަނެއްކާވެސް އަހާލިއެވެ. ” ރާޖޫ ބައްޕަ ދިނީމެއްނު އީދު ދުވަހު ހެދުމެއް އެހެދުން ލައިގެން މާދަމާ ހަވީރަށް ރެޑީ ވާތި ރާއިލް ބާބާ ކާރިޔަށް ދާން “ވަހިދު ބުނެލިއެވެ. ” ގިފްޓް ވެސް ހަދަން ޖެހެނީނު މާދަން ރާއިލް ބާބާ ބާރތްޑޭ ހުންނަނީ ” ރާޖޫ ސައި ބޮމުން ބުނެލިއެވެ. ” އެ ބުނާހެން ހަދިޔާ ޖެހޭނެ ހޯދަން ފަރީ ” ވަހީދު ބުނެލިއެވެ. ” މަންމަމެން ގެ މާފު ދީ އެއީ ރާއިލް އެންމެ ބޭނުންވާ ހަދިޔާ އަކީ” ރީޝާ ބުނެލީ ހިނިތުންވެލަމުންނެވެ. ” ދަރިފުޅާ މީ ކޮންކުއްޖެއްތަ؟ ” މީ އަހަރެންގެ ތިއްތިބޭ އަންހެނުން ބައްޕައަށް އިނގެއެއްނު އަހަރެންގެ ބައްޕަގެ ކޮއްކޮ ނަސީމާ އޭނާގެ ދަރިފުޅު އަޔާޒްގެ އަންހެނުން އަހަރެމެން އެންމެން މިހާރު އެއް ގެޔަކު އުޅެނީ ” ރީޝާ އޮޅުން ފިލުވާ ދިނެވެ. ” ލާރޫ ކޮން ދުވަހަކު ވިހަނީ؟” ރާއިދު އަހާލިއެވެ. ” ދެން މިހިރީ ކިރިޔަ ކިރިޔާ މާދަންވެސް ޖެހިދާނެ ހަމަ ރާއީ މިހާރު ޑޮކްޓަރުކަން ކިޔަވާ ނިމިއްޖެ ދޯ؟ ލާރާވެސް އަހާލިއެވެ. ” ހޫމް އެއީ މިހާރު ކުޑަ ކުދިންގެ ޑޮކްޓަރު ރާއިދު އޭ” ފަރީދާ ބުނެލީ ހީލާފައެވެ. އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ރީޝާ އާއި ލާރާ ގެޔަށް ދިޔައެވެ.

ސިއްރު ސިއްރުން ރާއިލްގެ އުފަން ދުވަހުގެ ތައްޔާރީތައް ޓެރަސްގައި ކުރިޔަށް ދިޔައީ ރާއިލް އަށް ރޭކާވެސް ނުލައެވެ. އެންމެން ބަދިގޭގައި ހަވީރާށް އެކި ވައްތަރުގެ ހެދިކާ ހަދަމުން ދިޔައެވެ. ލާރާ ދިޔައީ ކޭކު ތައްޔާރު ކުރަމުންނެވެ. ލާރާގެ މަންމަމެންވެސް އައިސް ތިއްބެވެ. ” އަޔާ ރީން ގެނެސް ދޭތި އަޔާ ރެޑި ވެލައިގެން ދާތި ބަލާ ދޮންބެ އެ އުޅެނީ ރާއިލް ހިފަހައްޓައިގެން ގެޔަށް ނާދެވޭ ގޮތަށް ޖެނީ ގޮވައިގެން ދާތި ބަލާ ދެކުދިން ރީން އެކަނި އުދނގޫވާނެ އެއްނު ” ލާރާ ބުނެލުމުން އަޔާޒް ބޯ ޖަހާލިއެވެ. ” ލާރާ އެހާ ބުރަކޮށް ނޫން މިގަޑީގަ ދެން ރެސްޓްކޮށްބަލަ ކޭކު ނިމިއްޖެ އެއްނު ބަލާ ބަލަ ތި ދެފައި ދުޅަކަން ” އަޔާޒް ޝަކުވަކޮށްލިއެވެ. ” އޯކޭ މިދަނީ ރެސްޓްކޮށްލަން ” ރޫމަށް ވަން ލާރާގެ ލޮލުގައި އަޅައިގަތީ އެނދުމަތީގައޮ އޮތް ފާރުސަލެވެ. ލާރާގެ ނަން އިނުމުން އަވަހަށް ކަނޑާލިއެވެ. އޭގައި އިނީ ވަރަށް ރީތި ފެހި ކުލައިގެ އަބާޔާ އަކާ ޝޯލް އެއް އަދި ސިލްވާރ ކުލައިގެ ފައިވާނަކާއި ސިލްވާރ ކްލަޗް އެކެވެ. ” ވާވް ވަރަށް ރީތި ތެންކިޔު އަހަރެން އުޅުނީ އާދައިގެ ހެދުމެއް ލާން ކަމަށް ” ލާރާ އަޔާޒްއަށް މެސެޖް ފޮނިވާލިއެވެ.

5 ޖަހަން ވާއިރަށް އެންމެން ތައްޔާރު ވެގެން ޓެރަސް އަށް ދިޔައެވެ. ” ރާއިލް ހާދަ ލަސްވީ ދޭބަލް ރެޑީ ވެގެން އަންނަން އިސްތިރީ ކޯށްފައި އޮތް ހެދުން ލާތި އިނގޭ ލަވް” ރީޝާ އެހެން ބުނުމުން ވެސް ރާއިލް ކަޅިޖަހާނުލާ ރީޝާއަށް ބަލަން ހުއްޓެވެ. ރީޝާ އިނީ ފެހި ކުލައިގެ ލޭސްފޮތީގެ ގައުންއެއް ލާފައެވެ. ބޮލުގައި ވަނީ ބަން އެއްވެސް ޖަހާލާފައެވެ. ” ބޭބީ މިއަދު ހާދަ ރީއްޗޭ މާ ހާއްސަ ދުވަހަކީ ތަ؟ ” ރާއިލް ރީޝާގެ އުނަގަނޑުގައި ހިފާ ކާރިކޮށްލިއެވެ. ” އެހެމް އެހެމް ލާރާ ކަރު ކެހިލުމުން ދެމީހުން ދުރެވެލިއެވެ. ” ރޮމޭސްކުރާކަށް ތަނެއް ތަނެއް ނޯވެޔޭ މި މީހުންގެ ދޯ ރީނާ ވެސް ދިމާކޮށްލިއެވެ. ” އެންމެން ގްރީން ލައިގެން މިއަދު ހާއްސަ ދުވަހެއްތަ؟” ރާއިލް އަހާލިއެވެ. ” އާން މިއަދު އަހަރެންގެ ކުދިންނަށް ތިންމަސް ވީއޭ އަވަހަށް އާދޭ ޓެރެސްއަށް ރެޑީވެގެން ” ރީނާ ބުނެލިއެވެ. ރާއިލް އަވަހަށް ރީނާގެ ވާހަކަ ގަބޫލުކޮށްގެން ދިޔައެވެ. ” ރިޝް އަޅެ ރާއިލްއަކަށް ނޭގެތަ މީ އޭނަގެ އުފަން ދުވަސް ކަމެއް ؟” ލާރާ އަހާލުމުން ރީޝާ ބޯ ޖަހާލިއެވެ. އެންމެން ގޮސް ޓެރަސް އަށް އަރާ ދޮރު ތަޅުލިއެވެ. “އަދި ހަނދާންނެތިފައޭ މިހިރީ ލާރާ ކިހިނެތް ތަ ރާއިދު ދަންނަނީ ؟” ރީޝާ ކޮށްލި ސުވާލުން ޖެނީ ސިއްސައިގެން ގޮސް އަތުގައި ހުރި ތަބު ވެސް ވެއްޓުނެވެ. ” ރާއީ މާލޭގަ؟” ޖެނީއަށް ބުނެވުނެވެ. ” ޖެނީ ! ޖެނީ އަވަހަށް ތަބު ނަގާފައި ދޮވެލާ ނަސީބެއް ނު ހުސް ތަބުކަން ދޯ؟ ” ޖެނީ ބޯ ޖަހާލާފައި ދިޔައެވެ. ” އެއްކޮލެޖަކުން ކިޔެވީ އެހެންވެ އިނގެނީ ” ލާރާ ޖަވާބު ދިނުމުން ރީޝާ ހީލިއެވެ. އައިތޯޓް ކުރީގެ ބިޓެއް ކަމަށް އެންޑް ދޮންބެގެ ހުރޭ ވަރަށް ލޯބިވާ ކުއްޖެއް ކާކު ކަމެއް ނޭންގޭ ޖޫން އެކޯ ރާއިލް ބުނީ ފޮޓޯ ތައް ގެންގުޅެއޭ އެކަމަކު ދެމީހުން ގުޅުމެއް ނެތޯ؟ ” ރީޝާ ބުނެލުމުން ލާރާ ހައިރާން ވިޔަސް އެކަން ފޮރުވާލަމުން ހީލިއެވެ.

ޓެރަސްގެ ދޮރު ތަޅާ އަޑަށް އަޔާޒް ގޮސް ދޮރު ހުޅުވާލިއެވެ. ފެހި ކުލައިގެ ގަމީހުގައި ކަޅު ފަޓް ލޫނުގައި ހުރި ރާއިލް ފެނުމުން އެންމެން ހެޕީބާރތްޑޭ ރާއިލް އޭ ކިޔާ ހަޅޭލަވައިގެތެވެ. ރާއިލް ނޫން އެހެން ހުރިހާ ފިރިހެނުން ތިބީ ހުދު ގަމީސް އަދި ކަޅު ފަޓްލޫނުގައެވެ. ” އަޅޭ ނެތް ހަނދާނެއް ވެސް ރިޝް ނުވެސް ބުނަމެއްނު ” ރާއިލް އަށް ބުނެވުނީ އުފަލުންނެވެ. ” ދެން ސަޕްރައިޒް އޭ ބުނެވޭތަ ދޯ ރީން ” ރީޝާ ރީނާއަށް ދޯ ދިނުމުން އެންމެން ހީލިއެވެ. ” ކޮބާތަ އިލްކޮ މިއަދު އަދި އެ މަންޖެ ނުވެސް ފެނޭ ލޯބިކޮށްލާ ހިތުން ހުރެވެނީ އެއް ނޫން ” ރާއިލް އަހާލިއެވެ. ” އިލްކޮ ވީ ބައްޕި އަށް ދޭން ބައްޕަ އެންމެ ބޭނުންވާ ހަދިޔާ ބަލާ ގޮސް ” ރީޝާ ޖަވާބު ދިނެވެ. ” އެކަމަކު ކާކާ އެކީ ތަ ދިޔައީ އެންމެން ވެސް މިތިބީ މިތާ އެއްނު ؟” ރާއިލް ހާސް ވިއެވެ. އެވަގުތު ރާއިލްގެ ފަހަތުން އައިސް ހުއްޓުނު ރާއިލްގެ އާއިލާ ރާއިލްއަށް ނުފެނުނަސް އެހެން އެންމެނަށް ފެނުނެވެ. ” ދޮންބެ އާ އެކީ ދިޔައީ ” ފަހަތުން އިވުނު ރާއިދުގެ އަޑުން ރާއިލްގެ ހަރަކާތް ހުއްޓުނެވެ. ފަސް އެނބުރި ބަލާލެވުނީ އިހްތިޔާރަކާ ވެސް ނުލައެވެ. ކުރިމަތީގައި ތިބި މަންމަޔާއި ބައްޕަ އަދި ދޮންބެގެ އިތުރުން ރާޖޫ ފެނުމުން ރާއިލް ގެ ދެ ލޯ ފެން ކަޅި ވިއެވެ. ” ތީ ހަމަ ބައްޕަގެ ރާއިލް ތަ؟ ” ވަހީދު ރާއިލްގެ ކުރިމަތީ ހުއްޓިލަމުން އަހާލިއެވެ. ” ބޯވެސް ކޮށާލީ އަތްފައިގަ ހުރި ގަހަނާތައްވެސް ނަގާލީ” ރާއިލް އިސްޖަހާލިއެވެ. ” ދަރިފުޅާ ބައްޕަމެންނަށް މާފުކުރޭ! ” ވަހީދު އަށް އެހެން ބުނެވުނު އިރު ރޮވުނެވެ. ރާއިލް އަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އޭނާގެ މަންމަ އާއި ބައްޕަގެ ގައިގަ އެކީ ބައްދާލިއެވެ. ” މަންމާ ބައްޕާ އަހަނަށް މާފު ކުރޭ މަންމަމެންނާ ދުރު ކުރި އެ ވަބާ އަހަރެން ދޫކޮށްލައިފިން ދެން ދުވަހަކުވެސް އެޔާ ކައިރިއެއް ނުވާނަން” ރާއިލް ރޮމުން ބުނެލިއެވެ. އެތަނުގައި ތިބި އެންމެންވެސް ތިބީ ފެންކަޅިވެފައެވެ. ” ހޫން ދެން ހުއްޓާލާ އެނެމެން މީ އުފާވެރި ދުވަހެއް ހިތާމަވެރި ދުވސް ތައް ނިމުނީ ރިޝްގެ މި ހަދިޔާ ކަމުދޭތަ؟ ” ލާރާ އަހާލުމުން ރާއިލް ރީޝާ ގެނެސް ގަޔާ ކާރިކޮށްލިއެވެ. ރާއިލް އިލްޝާ އުރާލަން އަތް ދިށްކޮށްލުމުން އިލްޝާ ރާއިދުގެ ކަރުގައި ބާރަށް ނުދާންވެގެން ބައްދާލިއެވެ. ” ދޫނީ ބައްޕިއާ ރުޅި ތަ؟” ރާއިލް އަހާލިއެވެ. ” ދޮންބޭ ” ރާއިލް ރާއިދުއަށް ގޮވާލިއެވެ. ރާއިދު ހަމަ އިސްޖަހާލައިގެން އެންމެންގެ ވަށައިގެން ހިނގަންފެށިއެވެ. ” ދޮންބޭ ތި ދެންކޮންކަމެއް ” ރާއިލް އަނެއްކާވެސް ގޮވާލިއެވެ. ” މީ ފާއިތުވެގެން ދިޔަ 3 އަހަރު އަހަރެން ފެނުމުން ރާއިލް ހެދި ގޮތެއްނު ކިތަންމެ ގޮވިޔަސް އަނގައި ބުނެ ނުލާތާ ބަލާވެސް ނުލާނެ ބައްޕަމެން ގެއިން ނެރެލިޔަސް އަހަރެން ދެކެ ކޮން ރުޅިއެއްތަ ރާއިލް ރަގަޅުވީމާ ދޮންބެ ހާދަ އުފާވިޔޭ ރިޝް ބަރާބަރަށް ދޮންބެޔަށް ހުރިހާ އެއްޗެއް ކިޔާދިން އެކަމަކު އަހަރެން މީ ރީޝާ އާ އަޅާގަނެގެން އުޅޭ މީހެކޭ ހިތާ ގުޅީމާ ބަވާލާފައި ނަމްބަރުވެސް ބޮލޮކް ކުރީ ރީޝާ ފަކީރަށް ދެން ނުކެރުނު ގުޅަންވެސް ” ރާއިދު އިސްޖަހާލައިގެން ހިނގަމުން ކިޔާލިއެވެ. ” ދޮންބޭ ސޮރީ އޭ މިހާރު އިލްކޮވެސް ދޮންބެ ސައިޑް ދޯ ” ރާއިލް އަހާލުމުން އިލްޝާ ބޯ ހޫރުވާލިއެވެ. ” އިލްކޮ އާދޭ ކާފާ ކާރިޔަށް ތި ދެމީހުން ތޮޅުން ވަރަށް ހޫނު ވާނެ ” ވަހީދު އިލްޝާ އުރާލައިގެން އައިސް އެންމެނާ ސަލާމްކުރަމުން ދިޔައެވެ. ކުއްލިޔަކަށް ރާއިދު އަތް ނަގާފައި ރާއިލްގެ މޫނުމަތީ ޖެހުމުން ރީޝާ ދާން އުޅުމުން ވަހީދު ރީޝާ ހުއްޓު ވިއެވެ. ” އައި ލަވް ޔޫ  ދޮންބޭ ؟” ދެމީހުން ހީލާފައި ބައްދާލިއެވެ. ” މާފު ކުރިތާ ކޮންދުވަހެއް” ރާއިދު ރާއިލްގެ ބުރަކަށީގައި ޖަހާލިއެވެ. ” މަންމާ ރާލް މިހާރު ހާދަ ސްމާރޓޭ ދޯ ހަށިގަނޑުވެސް އެހާ ވަރުގަދަ އޭ ދޯ ” ރާއިދު ބުނެލިއެވެ. ” އެހާ ރީތީ އަންބަކާ ދަރިޔަކު ލިބުނީމާ އެހެން ވެސް ވާނެ އޭ ހިންގާ ކޭކު ފަޅަން ” ލާރާ ބުނެލިއެވެ. ” އަޔާ ބަލާބަލަ ޖެނީ ކޮބައިތޯ ތައްޔާރު ވާން ދިޔައީ ބުނޭ ކޭކު ފަޅަން ވެއްޖެޔޭ އަންނާށޭ” ލާރާ ޖެނީގެ ނަން ކިޔާލުމުން ރާއިދުއަށް ލާރާ އާއި ދިމާލަށް ބަލާލެވުނެވެ. ލާރާއަށް ވެސް ރާއިދު އާ ދިމާލަށް ބަލާލެވުނެވެ. ” ފެހި ކުލައިގެ ލޭސް ފޮތީގެ ގައުން އެއް ލައިގެން އިން އިރު ޖެނީގެ ފަން ދިގު އިސްތަށި ގަނޑުވީ އެކީ ހެން ދޫކޮށްލެވިފައެވެ. ” ލާރު މި ހިރީ އޭ އަހަރެން ހިންގާ އަވަހަށް ކޭކު ފަޅަން ދޯ ” ޖެނީ މީޓް މައި ފެމެލީ ” ރާއިލް ބުނެލިއެވެ. ” މީ އަހަރެންގެ މަންމަ އާއި ބައްޕަ ދެން މީ އަހަރެންގެ ދޮންބެ ރާއިދު ” ރާއިދު އާއި ދިމާލަށް ބާލާލި ގޮތަށް އެސްފިޔަވެސް ޖަހާލަން ހަނދާން ނެތިފައި ޖެނީ އަށް ހުރެވުނެވެ. އެ ރީތި ދެލޮލޮގެ ޖާދޫގައި ޖެހެވިފައި އިން ޖެނީ އަށް ހޭވެރިކަން ވީ ރާއިލް ގޮވާލުމުންނެވެ. ” މަންމާ މީ ޖެނީ މިގޭ ކުއްޖެއް ލާރާގެ ހެލްޕާރ އެންމެންވެސް ދެކެނީ ގޭ ކުއްޖެއްގެ ގޮތަށް ނޭޕާލް ކުއްޖެއް މުސްލިމެއް ދިވެހިން ވާހަކަ ދައްކަން ވެސް އެހާ މޮޅު ވާނެ” ރާއިލް އެންމެންނަށް ޖެނީ ތައާރަފް ކޮށްދިނެވެ. ” މާޝާﷲ! ކޮންފަދަ ރީތި ކަމެއް ހީވަނީ ދިވެހި ކުއްޖެއް ހެން ” ފަރީދާ ބުނެލިއެވެ. “ޝުކުރީއްޔާ ދައްތާ ހިނގާ ދޯ ކޭކު ފަޅަން ” ޖެނީ ހީލާފައި ބުނެލިއެވެ. ރާއިލް ކޭކު ފަޅަމުން ދިޔައިރު އެންމެން ވެސް ދިޔައީ ހެޕީބާރތްޑޭ ކިޔާ އަތްޖަހަމުންނެވެ. އެންމެން ސައި ބޯން ފެށުމުން ލާރާ ހޯދާލި އިރު ޖެނީ ފެންނަން ނެތުމުން ރާއިދު ފެނޭތޯ ބަލާލި އިރު ރާއިދު ވެސް ފެންނާކަށް ނެތެވެ. ވީ ގޮތް އެނގުމުން ލާރާ އެހެން މީހަކު ތިރިޔަށް ދޭތޯ ބަލަން ފެށިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ޝަލީން 8

Next

ލޯބިން ބަލާލީމާ 14

Next
September 19, 2024

ލޯބިން ބަލާލީމާ 14

Previews
September 19, 2024

ޝަލީން 8

9 Comments!

  1. Cutie girl says:
    September 19, 2024 at 12:05 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Laaroo and ayaa so cute
    Raail and reesh also
    Layaan and reen
    They all are made for each other
    Raaidh and Jenny gulhuvachey
    They both are made for each
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you nadhoo ❤️😍

    1. Nadhoo Nadhoo says:
      September 19, 2024 at 1:02 pm

      LOVE U MORE CUTE GIRL, varah ufaavey abdhuves comment kohlaathi

  2. Mariyam says:
    September 19, 2024 at 10:20 pm

    Wow so beautiful and waiting for the next part.

    1. Nadhoo Nadhoo says:
      September 22, 2024 at 8:50 am

      Thank you Somuch. today will submit

  3. Mm says:
    September 20, 2024 at 9:29 am

    Ragalhu

    1. Nadhoo Nadhoo says:
      September 22, 2024 at 8:51 am

      Shukuriyya

  4. Dream gurll says:
    September 21, 2024 at 7:13 am

    Maashaa Allah
    Next part konirakun…..

    1. Nadhoo Nadhoo says:
      September 22, 2024 at 8:51 am

      varah ufaavejje reethi veema. miadhu submit kohlaanan

  5. Anonymous says:
    September 23, 2024 at 3:55 pm

    15 vana part submited iyyega

Comments are closed.

Next Episodeނުލިބޭނެހޭ އަލުން އެހީ 15←


All Right Reserved!