ލޯބިން ބަލާލީމާ 15
“ދެން…؟ ކީއްވެ ތި އިންނަނީ؟ ދޭބަލަ!” ރިވާއު ސިޑިއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.
“ދޮންބޭ، ގޯ!” ޔައީޝްގެ ކޮނޑުގައި އަތް އަޅާ ކޮއްޕާލަމުން ޝިޔާހްވެސް ބުންޏެވެ.
ޔައީޝް ތެދުވެފައިވެސް ބަލާލީ ރިވާއުއަށެވެ.
“ގޯ! އަހަރެން ކޮޓަރީ ބެލްކަނީގަ ނައު ހުންނާނެ” ރިވާއު ބުންޏެވެ.
ޔައީޝް ދިޔަ ދިމާއަށް ބަލަން ޝިޔާހްއާ ރިވާއު ތިއްބެވެ.
“އެ މީހުން އަންނަން ވާ އިރަށް އަހަރުމެން ކައި ނިންމާލަން ހިނގާ. ކަންތައް ރަނގަޅަށް ގޮއްސިއްޔާ އެކަކުވެސް ދެން ބަނޑުހައެއް ނުވާނެ” ތަށި ކައިރި ކޮށްލަމުން ހިނި އައިސްފައި ރިވާއު ބުނެލިއެވެ.
“ރިވާއަށް އަސްލުވެސް އޯކޭތަ؟” ޝިޔާހްވެސް ބޯޖަހާލާފައި ކާން ފަށަމުން އަހާލިއެވެ.
“އެ ދެމީހުން އެކަކު އަނެކަކު ދެކެ ލޯބި ވަންޏާ އަހަރެން ބޭނުމެއް ނޫން އެ މީހުންގެ މެދަށް ވަންނާކަށް. ހީ އިޒް މައި ބެސްޓް ފްރެންޑް، ނައު އޭނަ ދެކެ ލޯބި ވާ އިރު އަހަރެން ކިހިނެއް ނައުއާ އިންނާނީ؟ ނައުއަކީ ވަރަށް ރަނގަޅު އަންހެން ކުއްޖެއް. ޔައީޝް މޮޔަ ކަމުން ހަތަރު އަހަރު ބޭކާރުވީ” ރިވާއު ބުންޏެވެ.
ޔައީޝް ދޮރު މައްޗަށް އެރި އިރު، ބެލްކަނީގައި ހުރި މޭޒު ކައިރިން އެއް ގޮނޑީގައި، ދެ އަތުން މޫނު ފޮރުވާލައިގެން ނައުރީން އިނެވެ. ޔައީޝް ނިކުމެ ނައުރީންއާ ކުރިމަތި ވާނެހެން ދޮރުފަތުގައި ލެނގިލިއެވެ.
“ނައުރީން…” ކައިރި ވާން ނުކެރިފައި ހުރެ ޔައީޝް ގޮވާލިއެވެ.
ސިހިފައި ކަހަލަ ގޮތަކަށް ބަލާލާފައި އިސް ޖަހާލަމުން ނައުރީން މޫނު ފޮހެލިއެވެ.
“އައިމް ސޮރީ…” ނައުރީން ރޮނީ ކަން އެނގުމުން ޔައީޝްއަށް ދުރަކު ނުހުރެވުނެވެ. ނައުރީންގެ ކުރިމަތީ ކަކޫ ޖަހާލަމުން ތިރިވެ ނައުރީންގެ ދެ އަތުގައި ޔައީޝް ހިފާލިއެވެ.
“ޑިވޯސް ވީތަ؟” ނައުރީން އަހާލިއެވެ.
ޔައީޝް ބޯ ޖަހާލިއެވެ.
“އަހަންނާ ހެދިތަ؟” ނައުރީން އަހާލިއެވެ.
ޔައީޝް އަވަސް އަވަހަށް ދެފަރާތަށް ބޯ ހަލުވާލިއެވެ.
“ދެން؟” ވީ ގޮތް އޮޅުން ފިލުވަން ނައުރީން ބޭނުންވިއެވެ.
ޔައީޝް ހުރިހާ ވާހަކައެއް ކިޔާދިނެވެ.
“ނައުރީންއަށް ގުޅަން އުޅުނިން… އެކަމަކު ނައުރީންއާ ގުޅޭނެ ގޮތެއް އެކަކަށްވެސް ނޭނގޭ. ލަމްހާއަށް އެނގޭނެ ހެން ހީވާތީ ލަމްހާއަށް ގުޅީމަ ނަމްބަރެއް ނުދިން، އަހަރެން ދެކެ ވަރަށް ރުޅި އައިއްސަ ހުރީ. ނަމްބަރު ނުދޭނަމޭ ބުނި ގޮތަށް ދެން ފޯނެއް ނުނެގި. އިތުރަށް ހަދާނެ ގޮތެއް ނުވިސްނުނީ” ޔައީޝް ކިޔާދިނެވެ.
ލަމްހާ ގާތު، ޔައީޝް ގުޅިޔަސް ނައުރީންގެ ނަމްބަރު ނުދޭން ބުނީ ނައުރީންއެވެ. އަދި އޭގެ ފަހުން ޔައީޝްގެ ވާހަކަ ނައުރީން ގާތު ލަމްހާ ނުދެއްކީވެސް ނައުރީން އެ ގޮތަށް އެދުނިތީއެވެ. ޔައީޝްއާ ޒުހާ ވަރިވެދާނެޔޭ އޭރު ނައުރީންގެ ހިތަށް ކުޑަކޮށްވެސް ނާރައެވެ.
“ދެން ފަހުން ނުބުނީ ކީއްވެ؟ އެ ވަރަށް މެސެޖް ކުރި އިރުވެސް އެއް ފަހަރުވެސް ނުބުނެވުނުތަ؟” ނައުރީންއަށް ޝަކުވާގެ ރާގުގައި އަހާލެވުނެވެ.
“އަހަރެން މާފަށް އެދުނީމަ ނައުރީން ރިޕްލައިވެސް ނުކުރި. އަހަރެން ހިތަށް އެރީ އަހަންނާ ގުޅޭކަށް ނައުރީން ދެން ބޭނުމެއް ނުވެޔޭ… އެހެންވެ ބުނަން ނުކެރުނީ… އެއްވެސް މެސެޖަކަށް ނައުރީން ޖަވާބެއް ނުދޭ… އަލުން އަހަންނަށް ނައުރީންގެ ލައިފްއަށް ދެވިދާނެ ހެން ހީވާ ކަހަލަ އެންމެ ހިންޓެއް ލިބުނު ނަމަވެސް އަހަރެން ދުރުގައެއް ނުހުންނާނަން. ހީވެސް ނުކުރަން މި ކަހަލަ ގޮތަކަށް އަލުން ދިމާ ވެދާނެއެކޭ” ޔައީޝް ބުންޏެވެ.
“އައިމް ސޮރީ ރިޕްލައި ނުކުރެވުނީމަ… ހިއެއް ނުކުރަން ޔައީޝް ޑިވޯސް ވެދާނެ ކަމަކަށް. އެއް ފަހަރުވެސް ހިތަކަށް ނާރާ އަލުން އަހަންނަށް ޔައީޝް ލިބިދާނެއެކޭ… މީހެއްގެ ހައްގަކަށް އަރައިނުގަންނަން ވެގެން އެ މެސެޖްތަކަށް ޖަވާބު ނުދީ ހުރީ. ނޭނގިގެން އެއް ފަހަރު ޒުހާގެ ދިރިއުޅުމުގެ ތެރެއަށް ވަދެވުނީ، ދެވަނަ ފަހަރަށް އެހެން ވާން ބޭނުން ނުވާތީ… އައިމް ސޮރީ ޔައީޝް…” ނައުރީން މާފަށް އެދެމުން ޔައީޝްގެ މޫނުގައި ދެ އަތުން ހިފާލިއެވެ.
“އަހަރެން އަދިވެސް ވަރަށް ލޯބިވޭ ނައުރީން ދެކެ” ޔައީޝް ބުންޏެވެ.
“ޔައީޝް… ރިވާއު… އަހަރެން ކީކޭ ބުނާނީ؟ ކިހިނެއް ހަދާނީ؟ ރީޢާ…” ރިވާއުއާ ރީޢާ މަތިން ހަނދާން ވުމާއެކު ނައުރީންއަށް އަނެއްކާވެސް ރޮވުނީއެވެ.
“ރިވާ އެއީ އަހަރެންގެ ބެސްޓް ފްރެންޑް، ނައުރީންއަކީ ކާކު ކަން އެނގުނީމަ ރިވާ ތި ކައިވެންޏެއް ނުކުރާނެ، އަހަރެންގެ ބެސްޓް ފްރެންޑް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. ނައުރީން ކަންބޮޑު ނުވޭ” ނައުރީންގެ މޫނުގައި އަތް ޖައްސާލަމުން ޔައީޝް ބުންޏެވެ.
“އެކަމަކު އަހަރެންގެ ބައްޕަމެން…” ނައުރީން އެންމެންނާ މެދު ވިސްނިއެވެ.
“ކަމްއޯން ނައުރީން! ތިހާ ފިނޑި ވެގެން ލޯތްބެއް ނުވެވޭނެ!” އެ ވަގުތު ރިވާއުގެ އަޑު އިވުމުން ނައުރީންއާ ޔައީޝް ބަލާލި އިރު ބެލްކަނީގެ ދޮރު ކައިރީ ރިވާއު ހުއްޓެވެ.
“ސީރިއަސްލީ… ބައްޕަ ބުނެފާނެ އެއްޗަކާ މެދު ވިސްނާ ބިރުގަތުމުގެ ބަދަލުގަ ފުރަތަމަ ބައްޕައާ ވާހަކަ ދައްކަބަލަ. ތިހާ އަވަހަށް ބިރު ގަންނަން ވެއްޖެއްޔާ ކިހިނެއް ކަމެއް ވާނީ؟” ނައުރީން ކައިރީ ހުރި ގޮނޑީގައި އިށީނދެފައި ރިވާއު ބުންޏެވެ.
“އައި އެމް ސޯ ސޮރީ ރިވާއު… އަހަންނާ ހެދި—”
“ނައުއާ ހެދި އެއްވެސް ކަމެއް ނުވޭ. އަހަރުމެން ދެ މީހުންވެސް މި ކައިވެނި ކުރަން އުޅުނީ އަހަރުމެންގެ ޕޭރެންޓްސް ބުނެގެން. ރީޢާއަށް ޓަކާ ދެ މީހުންވެސް އެއްބަސްވީ. އެކަމަކު ޔައީޝް ދެކެ ނައުރީން ލޯބި ވާކަން އެނގުމަށް ފަހު އަހަންނަށް ކުރިއަކަށް ނުދެވޭނެ. ރީޢާއާ މެދު ނައުރީން ނުވިސްނާ، އިރާދަ ކުރެއްވިއްޔާ ނައުރީން ކަހަލަ ކުއްޖަކު އަހަންނަށް އަދި ހަމަ ލިބިދާނެއެއްނު؟” ހިތުގެ އަޑިން ރިވާއު އެދެނީ ނައުރީންގެ ލޯބި ނައުރީންއަށް ލިބުމެވެ. ޔައީޝްގެ އިންތިޒާރު ނިމުމެވެ.
“ރިވާ، އަހަންނަށް އަލުން ނައުރީން މި ލިބުނީ ރިވާގެ ސަބަބުން. ތެންކްޔޫ ސޯ މަޗް!” ރިވާއުއަށް ބަލާލަމުން ޔައީޝް ބުންޏެވެ.
“ދެންވެސް އަވަހަށް ނައުއާ ކައިވެނި ކުރެވޭތޯ އުޅޭ. އަވަހަށް ނައުގެ ބައްޕައާ ވާހަކަ ދައްކާ. ގުޑްލަކް!” ޔައީޝްގެ ކޮނޑުގައި ޖަހާލަމުން ރިވާއު ބުންޏެވެ.
އެރޭ ވަރަށް ލަސް ވަންދެން އެ ގޭގައި ނައުރީންއާ ވާހަކަ ދައްކަން ޔައީޝް ހުއްޓެވެ. އެންމެ ފަހުން ނައުރީން ގެއަށް ލައިދިނީވެސް ޔައީޝްއެވެ.
އަނެއް ދުވަހު ނައުރީން ފުރަތަމަ ވާހަކަ ދެއްކީ ހިދާޔާއާއެވެ. އަދި ނައުރީން ކައިވެނި ކުރަން ބޭނުން ވަނީ ޔައީޝްއާ ކަން އިލްހާމް ގާތު ބުނެދިނުމަށް ހިދާޔާ ގާތުން އެދުނެވެ. ހަމަ އެ ދުވަހުގެ ހަވީރު ހިދާޔާ އިލްހާމްއާ ވާހަކަ ދެއްކިއެވެ. އިލްހާމް ކަންބޮޑުވީ ސާޖިދު ގާތު ނައުރީންއާ ރިވާއުގެ ކައިވެނީގެ ވާހަކަ ފުރަތަމަ ދެއްކީ އިލްހާމް ކަމަށް ވެފައި، ނައުރީން އެހެން މީހަކާ ކައިވެނި ކުރަން ބޭނުންވެ އެ ވާހަކަ ބުނުމުން ސާޖިދު ހިތްހަމަ ނުޖެހިދާނެތީއެވެ. އެހެން ވިޔަސް، ނައުރީންގެ ރުހުން ނެތް ކަމެއް ނައުރީންއަށް ކުރަން މަޖުބޫރު ކުރުމަކީ އިލްހާމްއަށް ނުވާނެ ކަމެކެވެ.
އިލްހާމްއަށް ވުރެ ކުރިން ސާޖިދުއާ ވާހަކަ ދެއްކީ ރިވާއުއެވެ. ކަންތައް ވީ ގޮތް ކިޔާދިނުމުން ސާޖިދު ދެކޮޅެއް ނުހެދިއެވެ. ރިވާއު އެހެން ކައިވެންޏެއް ކުރުމަށް ފުރަތަމަވެސް ސާޖިދު އެދުނީ ރީޢާއަށް ޓަކައެވެ. ރީޢާގެ ކަންތަކުގައި ރިވާއުއަށް އެހީވާން އެންމެ ރަނގަޅުވާނީ ރިވާއުގެ އަނބިމީހާއަށް ވާތީއެވެ. އެހެން ވިޔަސް އެ ކައިވެންޏަށް ނައުރީން ހިތުގެ އަޑިން ނޭދޭ ނަމަ ސާޖިދުއަށްވެސް ރަނގަޅީ ކައިވެނި ނުކުރުމެވެ. އެހާ ގާތް އެކުވެރިއެއްގެ ލޯބިވާ ދަރިފުޅަށް އެއްވެސް މަޖުބޫރެއް ވުމަށް ސާޖިދުވެސް ނޭދެއެވެ.
އިލްހާމް ގުޅުމުން އެއްވެސް ކަމަކާ ކަންބޮޑު ނުވުމަށް ސާޖިދު އެދުނެވެ. ނައުރީން އެދޭ މީހަކާ ނައުރީންގެ ކައިވެނި ކޮށްދިނުމަށް ބުންޏެވެ. އަދި ނައުރީންގެ ކައިވެނީގައި ސާޖިދުއާ ސާޖިދުގެ އާއިލާ ބައިވެރި ވާނެ ކަމަށްވެސް ބުންޏެވެ.
އާއިލާއާ ބައްދަލު ކޮށްދިނުމަށް ނައުރީން ޔައީޝް ގެނައީ އިލްހާމްއާ ހިދާޔާގެ އެދުމަށެވެ. އެރޭ ޔައީޝްއާ އެކު ރިވާއު އެ ގެއަށް އައުމުން ހިދާޔާއާ އިލްހާމް ހައިރާންވިއެވެ. ޔައީޝްއާ ރިވާއުގެ ގުޅުމަކީ ކޮބާ ކަން ނައުރީންގެ މަންމައާ ބައްޕައަށް ކިޔާދިނީ ރިވާއުއެވެ. އަދި ހަމަ އެރޭ ޔައީޝްގެ ކުރީގެ ކައިވެނީގެ ވާހަކަވެސް އިލްހާމްއާ ހިދާޔާއަށް ނައުރީން ކިޔާދިނެވެ. ޔައީޝްއާ ނައުރީން ދިމާވެ، ޒުހާއާ ޔައީޝްގެ ވަކިވީ ކިހިނެއް ކަން މަންމަމެންނަށް އެނގުން މުހިންމު ކަމެއް ކަމަށް ނައުރީންއަށް ގަބޫލު ނުކުރެވޭތީ ނައުރީންގެ އެދުމަށް އެ ވާހަކަތައް ޔައީޝްވެސް ނުދައްކައެވެ.
ދެން އައި ދެ ހަފްތާއެއްހާ ދުވަސް ތެރޭ ޔައީޝްގެ އާއިލާއާ ނައުރީންގެ އާއިލާގެ މެދުގައި ގާތް ގުޅުމެއް އުފެދުނެވެ. ކައިވެނީގެ ވާހަކަތައް ދެކެވެމުން ދިޔަ އިރު އެ މަޝްވަރާތަކުގައި ދެ އާއިލާއިންވެސް ފުރިހަމައަށް ބައިވެރިވިއެވެ.
އާލާމެން ފުރުމުގެ ކުރިން ޔައީޝްއާ އަލުން ދިމާވި ވާހަކަ އާލާ ކައިރީ ބުނާނެ ފުރުޞަތެއް ނައުރީންއަކަށް ނުލިބެއެވެ. ޔައީޝްއާ ކައިވެނި ކުރުމަށް ކަންތައްތައް ރާވަމުން ދިޔަ ނަމަވެސް ކޮންމެ ދުވަހަކުވެސް ރީޢާގެ ކަންތައް ކޮށްދިނުމަށް ރިވާއުމެން ގެއަށް ނައުރީން ދެއެވެ. ރީޢާ ކައިރީ ދުވަހުގެ ބޮޑުބައި ހޭދަ ކޮށްފައި ޔައީޝްއަށް ވަގުތު ދެމުން އަދި އާލާ ކައިރިއަށް ނުދެވުނަސް، ކޮންމެ ދުވަހަކު ނައުރީން އާލާއަށް ގުޅައެވެ.
ރިވާއުއާ ކައިވެނި ނުކުރި ނަމަވެސް ރީޢާއާ މެދު ނައުރީން ދެކެމުން އައި ގޮތް ބަދަލެއް ނުވެއެވެ. އެ ތުއްތު ކުއްޖާ ވަނީ ނައުރީންގެ ހިތުން ޖާގައެއް ހޯދާފައެވެ. މަންމައަކަށް ވުމުގެ ކުރިން ނައުރީންގެ ހިތުގައި މަންމައެއްގެ އިހުސާސް އުފެދުނީ ރީޢާގެ ސަބަބުންނެވެ. އެހެން ކަމުން ނައުރީންއަށް ރީޢާއާ ދުރުގައެއް ނުހުރެވެއެވެ.
ޔައީޝްއާ ނައުރީންވެސް ރިވާއުއާ މެދު ވިސްނަމުން ދިޔައެވެ. ރިވާއުއަށް ބައިވެރިއަކު، އަދި ރީޢާއަށް މަންމައެއް ބޭނުން ވާ ކަން ދެ މީހުންނަށްވެސް އެނގެއެވެ. ޔައީޝްއާ ނައުރީން އެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު، މަޖަލަކަށް ހަދާފައި ވިޔަސް، އެ މަގާމަށް މީހަކު ހޯދުމަށް އެ ދެމީހުންނާ ހަވާލު ކޮށްފީމޭ ރިވާއު ބުނެއެވެ. އެހެން ވިޔަސް އެއީ ރިވާއު މާ ބޮޑަށް ވިސްނާ ކަމެއް ނޫންކަން ޔައީޝްއާ ނައުރީންއަށް އެނގެއެވެ.
ދަތުރުގެ ވާހަކަ ދެއްކިތާ ދެ ހަފްތާ ފަހުން އާލާގެ އާއިލާއާ އެކު ނާއިކްއާ އާލާ މެލޭޝިޔާއަށް ދިޔައެވެ. ނާއިކް އުންމީދު ކޮށްގެން ހުރީ އެ ދަތުރު ނިމުމުގެ ކުރިން ދެ މީހުންގެ މެދުގައި އޮތް ދުރުކަން ނައްތާލުމަށެވެ. ނަމަވެސް ނާއިކްގެ އެ އުންމީދު ފުރިހަމަ ނުވެ ދަތުރު ކުރުކޮށްލާފައި ނާއިކް މާލެއަށް އަންނަން ޖެހުނީ އާލާ ނުލައެވެ.
މެލޭޝިޔާއަށް ގޮސް އާލާއާ އެކު އެކަހެރިކޮށް ވަގުތު ހޭދަ ކުރާނެ ގޮތްތައް ނާއިކް ރޭވިއެވެ. އެކޮޅުގައި ތިން ވަނައަށް ވީ ދުވަހު އާލާ ގޮވައިގެން ނިޝްވާ ކައިރިއަށް ނާއިކް ދިޔައީ އެހެންވެއެވެ. އެ ދުވަސް ނިޝްވާގެ އާއިލާއާ އެކު ހޭދަ ކޮށްފައި، ކުރިން ނާއިކް ނިޝްވާއާ ވާހަކަ ދައްކާފައި ކަންތައް ކުރަން އެދުނު ގޮތަށް ނިޝްވާ އެދުނީ ދެތިން ދުވަހަށް އެ ގޭގައި އާލާއާ ނާއިކް މަޑު ކުރުމަށެވެ. އާލާއަށް އެއްޗެއް ނުބުނެވެނީސް ފުރަތަމަ ނާއިކް ދެކޮޅު ހެދިއެވެ. އެހެން ނަމަވެސް ނިޝްވާ ކިޔަން ފެށުމުން އެންމެ ފަހުން މަޑުކުރަން އެއްބަސް ވީ އާލާއެވެ.
ނުވައެއް ޖެހި އިރު ކައި ނިމިގެން ދެ ކުދިންނާ އެކު ނިޝްވާ ނިދަން ވަނެވެ. އާލާއާ ނާއިކް ނިދަން ހަމަޖެހުނު ކޮޓަރި ހުރީ އެ ގޭގެ ދެވަނަ ފްލޯރގައެވެ. ނާއިކްއަށް ވުރެ ކުރިން ނިދަން ދިޔައީ އާލާއެވެ. ލަޔާންއާ ވާހަކަ ދައްކަން ސިޓިންގްރޫމްގައި އިނދެފައި ނާއިކް ކޮޓަރިއަށް ދިޔައީ އިމަރޖެންސީއެއް ދިމާ ވެގެން ލަޔާން ހޮސްޕިޓަލަށް ދިޔުމުންނެވެ. ނާއިކްއަށް ވަދެވުނު އިރު އާލާ ފެންވަރައިގެން ނިކުތީއެވެ. ހަމައެކަނި ތުވާލި އޮޅާލައިގެން ހުރި އާލާ ފެނުމުން ނާއިކްއަށް އިރުކޮޅަކު ބަލަން ހުރެވުނީ، އެ ގޮތަށް އާލާ ނުފެންނަތާ ގިނަ ދުވަސްތަކެއް ވެފައި ވާތީއެވެ.
ނާއިކް ފެނުމުން ހުއްޓިފައި ބަލަން ހުރި އާލާއާ ދިމާއަށް ނާއިކް ދިޔައީ ލަސްލަހުންނެވެ. ކައިރި ވެލާފައި އާލާ އުރާލައިގެން އައިސް އެނދަށް އެރުމާއެކު ހީވީ ނާއިކްއަށް އިތުރަށް ދުރުގައި ނުހުރެވުނު ހެންނެވެ.
“މި އަންނަނީ އިނގޭ…” ދުރަށް ޖެހިލަމުން ނާއިކް ބުންޏެވެ. އަދި އަވަސްއަވަހަށް ލައިގެން ހުރި އެއްޗެހި ބާލަމުން ފާހާނާއަށް ވަނެވެ.
ނާއިކް ނިކުތް އިރު ގައިމަތީ ރަޖާ އަޅައިގެން އާލާ އޮތެވެ. އާލާ ކައިރީ އޮށޯވެ ނާއިކް އާލާ ގައިގައި ބައްދާލިއެވެ.
“ނާއިކް… ވަރަށް ޓަޔަޑް، ނިދާލަން ބޭނުމީ…” ނާއިކްގެ މޭގައި އަތް އަޅާ ދުރުކޮށްލަމުން އާލާ ބުންޏެވެ.
ވަގުތުން ނާއިކް ދުރަށް ޖެހުނެވެ. އިތުރު އެއްޗެއް ނުބުނެ އާލާ އަނެއް ފަރާތަށް އެނބުރި ލޯ މަރާލިއެވެ. ނާއިކްއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އާލާ ދެކެ ރުޅި އައުމުގެ ބަދަލުގައި ނާއިކް ދެރަވީއެވެ. އުނދަގޫ ގޮތަކަށް ހިން ދިރުވާލަމުން ނާއިކް ލޯ މަރާ ބާރުކޮށްލިއެވެ. ފަހަކަށް އައިސް ނިންޖާ ދުރުވެފައި އޮންނަން ޖެހުނު ރޭތަށް ފަދަ ރެއަކަށް އެރޭވެސް ވެގެން ދިޔައެވެ. އެކެއް ޖެހި ފަހުން ނާއިކް ކޮޓަރިން ނިކުމެ ސިޑިން ފައިބައިގެން ބަދިގެއަށް ވަދެ ކޮފީއެއް ގިރައިގެން ބެލްކަންޏަށް ނިކުތެވެ.
“ނުނިދަންތަ؟” ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ހުއްޓާ ނިޝްވާގެ އަޑު އިވުމުން ނާއިކް ދިޔައީ ސިއްސައިގެންނެވެ.
“ދޮންތާ!” ނާއިކްއަށް ގޮވާލެވުނެވެ.
“ސޮރީ ސޮރީ! ގަސްތުގައެއް ނޫން” ނާއިކްއަށް ވީ ގޮތުން ހިނި އައިސްފައި އިނދެ ނިޝްވާ މާފަށް އެދުނެވެ. “ކީއްވެ ނުނިދާ ތިއުޅެނީ؟ ކޮބާ އާލާ؟” ބެލްކަނީގައި ހުރި އުނދޯލީގައި ގައިދަށަށް ދެފައި ލައިގެން އިން ނިޝްވާވެސް އިނީ ކޮފީ މަގެއް ހިފައިގެންނެވެ.
“އާލާ ނިދާފަ. ދޮންތަވެސް ތީނީ ހޭލައެއްނު؟ ކޮބާ ލަޔާން؟” އުނދޯލި ކުރިމަތީ ހުރި ސޯފާގައި އިށީނދެފައި ނާއިކް އެހިއެވެ.
“އަދިވެސް ނާދޭ. އެހެންވެ ހޭލާ މި އިންނަނީ. ނާއިކް ކީއްވެ ނުނިދިގެން ތިއުޅެނީ؟” ނާއިކްގެ މޫނަށް ރަނގަޅަށް ބަލާލަމުން ނިޝްވާ އަހާލިއެވެ. ނާއިކް ދެރަވެފައި ހުރިހެން ހީވީ ކީއްވެ ކަމެއް ނޭނގެއެވެ. ކޮއްކޮގެ މޫނުމަތިން ފެންނަން ހުރީ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ ފަދަ މާޔޫސް ކަމެކެވެ.
ނާއިކް ޖަވާބެއް ނުދީ ދުރަށް ބަލާލިއެވެ.
“އަދިވެސް ބޭބީއާ މެދު ވިސްނަނީތަ؟” ނާއިކް ޖަވާބެއް ނުދިނުމުން ނިޝްވާއަށް ހީވާ ގޮތަށް އަހާލިއެވެ.
އެ ވަގުތު ނާއިކްއަށް އިސްޖަހާލެވުނީ ލޮލަށް ގިނަވި ކަރުނަ އިތުރު މީހަކަށް ދައްކަން ބޭނުން ނުވެގެންނެވެ.
“ހޭއި… އިކީ…!” ނާއިކް ފޮރުވަން އުޅުނު ނަމަވެސް ނިޝްވާއަށް ސިއްރެއް ނުވިއެވެ. ކޮއްކޮގެ ލޮލުން ކަރުނަ އައި ތަން ނިޝްވާއަށް އެ ފެނުނީ އަހަރުތަކެއް ފަހުންނެނެވެ. ކުޑަ އިރު ނިޝްވާ ލޯބިން ނާއިކްއަށް ކިޔާ ނަމުން ގޮވާލެވުނީ އެ ވަގުތު ކޮއްކޮއަށް ޓަކާ ކަންބޮޑުވީ ވަރުންނެވެ. ކައިރީގައި ހުރި މޭޒުމަތީ މަގު ބަހައްޓާފައި ނިޝްވާ ތެދުވެގެން އައިސް ނާއިކް ކައިރީ އިށީނދެ ނާއިކް ގައިގައި ބައްދާލިއެވެ. އަދި ސުވާލު ކުރުމެއް ނެތި ކޮއްކޮގެ ބުރަކަށީގައި ފިރުމަމުން ދިޔައީ ނާއިކް އިސްވެ އެއްޗެއް ބުނާނެ އިރެއްގެ އިންތިޒާރުގައި އިނދެއެވެ.
“މިހެން އުޅެއުޅެ ވަރުބަލި ވެއްޖެ މިހާރު ދޮންތާ… އައި ޑޯންޓް ވޯންޓް ޓު…” އިރުކޮޅަކު އެހެން އިނދެފައި ނާއިކް ބުނަން ފަށާފައިވެސް ހުއްޓާލިއެވެ.
“އިޓްސް އޯކޭ ނާއިކް… ބައެއް ފަހަރު ހީވެސް ނުކުރާ ގޮތަށް ކަންތައް ވެދާނެ… އެންމެ އެދޭ ކަންތައް ކާމިޔާބު ވަނީއޭ ހީވެފަވެސް ނުވެ ހިނގައިދާނެ… އެކަމު އަހަރުމެން ޖެހޭނީ ކެތްކޮށްލަން… އަދި ކާމިޔާބު ވާނެ… އެއްވެސް ކަމެއް ގޯސްކޮށެއް ނުވާނެ… އިރާދަ ކުރެއްވިއްޔާ އެއަށް ވުރެ ރަނގަޅު ގޮތެއް ދެން ވާނީ” ނިޝްވާގެ ކޮނޑުގައި ނިތްކުރި ޖައްސާލައިގެން އިން ނާއިކްގެ ބުރަކަށީގައި ފިރުމަމުން ނިޝްވާ ބުންޏެވެ.
“ނުވެއްޖެއްޔާ؟” ބޯ ހިއްލާ ދެ އަތުން މޫނު ފޮހެލާފައި ނިޝްވާއަށް ބަލާލަމުން ނާއިކް އަހާލިއެވެ.
“އައި ޑޯންޓް މީން ޓު ޕްރައި… ނާއިކް… އާލާއާ ދެ މީހުން އޯކޭތަ؟” ނާއިކް އަހާލި ގޮތުން ހިތުގައި އުފެދުނު ސުވާލު ނިޝްވާ ކޮށްލިއެވެ.
ނާއިކް އަނގައިން ނުބުނެ ދެ ފަރާތަށް ބޯ ހަލުވާލިއެވެ.
“ނާއިކް، ކިހިނެއް ވީ؟” ނިޝްވާ އަހާލިއެވެ.
“މައްސަލައެއް ޖެހިގެންނެއް ނޫން… އޭގެ ފަހުން އާލާ ބަދަލު ވެއްޖެ…” ނާއިކް ބުންޏެވެ.
“އާލާއާ ދެ މީހުން އެ ވާހަކަ ދައްކަންތަ؟ ދޮންތައަށް ފާހަގަ ކުރެވޭ އާލާ މާ މަޑުން ހުންނަ ކަން… އާލާ ނާއިކްއާ އެ ވާހަކަތައް ދައްކާތަ؟” އާލާއާ ނާއިކްގެ މެދުގައި ކުރިން ނުވާ ދުރުކަމެއް އުފެދިފައި ވާކަން ނިޝްވާއަށް ވަނީ ފާހަގަ ކުރެވިފައެވެ. ނާހަން ހުރެފައިވެސް ނިޝްވާ އަހާލީ އެ ދެމެދުގައި މައްސަލައެއް ޖެހިގެން އުޅޭ ހެން ހީވާތީއެވެ.
“އާލާ ބޭނުމެއް ނުވޭ ބޭބީގެ ވާހަކަ ދައްކާކަށް… އަހަރެން އެއްޗެއް ބުންޏަސް އަޑު އަހާކަށްވެސް ބޭނުމެއް ނުވޭ…” ނާއިކް ބުންޏެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.








Mi part vx v Reethi masha allah
Curiously waiting for next par
Keep it up
Mi part kiyaafa rovijje
Aaala and naaik dhuru nukurachey
They both are made for each other
Rivaau ge baby ah mom eh hoadhaa avahah
Yaish and nau marry kuruvaa avahah
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you maash ❤️😍
thank u Cutie, Rivaau ge would be bride dho, e girl aissi vaahaka ah, adhi fahun engeyne kaaku kan. Aala and Naaik kanthah kuraa gotheh ves adhi engeyne
Hama rovihje…
Aala vx vaane dhw naaik aa medhu visnan…
Aala dhera vaa fadhain naaik vx hama dhera vaane dhw…
Naaik vx vaane hiyy varu khfa aala ah e hithaama in araigathumah e heevaan…
Dhemyhun vaahaka dhahkan v avahah ithuru kameii nuvaness…
Aala ge hithuge hurihaa udhaaheii naaik aa hihsaa kohbala…
Eyrun aala ah vx hamajehumeii libeyny….
Kurin kuhjaku nulibigen ulhun iru vx naaik hama aala dheke rulhi eii naadhey dhw…
Aala ah visneyne
They both are made for each other…
And I’m happy for naureen and yaish…
Mi part vx varah varah reethi…
Hithah araa knme dhuvahaku kiyaalan libeyne namaey…
Ekm ingey ehn nuvaane kan…
Marsha stry thakaee kithanme ginain kiyas foohi nuvaane kahala story thakeii…
Alhugandu veh ufaavey marsha busy kh ulhemun vx vaahaka up khdheythy….
Thy vrh hunaruveri vaahaka Liyuntheri eii
Mee hama thedheh…
I love your stories… 1 faharah vure vx ginain kiyaafa hunnaane hurihaa vaahaka eii vx🥰
oh, thank u so much Nawar, hmm Aala needs to talk to Naaik dho, or maybe ehen myhakaa viyas, lets see vaa gotheh dho
Aala aa rivaau gulhen Ohk vaane, Mihaaru knthah vaavothun hyvany Ehn hn Dhn vaani Neynge dhw ekm hama guess eh Ekm I want Aala and naaik to be together. Finally yaeesh and nau are getting married, so happy for them. Waiting for the next part.
Hingaa balama dho kaaku kaaka tho gulheny, Rivaau ge would be wife Reeshh mennaah fenifa hunnaany, Aala aa Naaik ah vaa gothehves adhi engeyne fahun
I think it is minhaal. I just pray it’s not Aala
reesh! lets hope thats not naureen or Aala dho.
Reesh, Nadhoo, hehe, lets see, InShaAllah vaahaka nimumuge kurin engeyne