ނުލިބޭނެހޭ އަލުން އެހީ 13
” ކާކާތަ ވައްތަރީ؟” އަޔާޒް އަހާލުމުން ޑޮކްޓަރު އަދި ލާރާ އަށް ވެސް ބާރަށް ހެވުނެވެ.
“އަޔާ ރީން ކާރިޔަށް ގޮސްލާފައި ދޯ ގެޔަށް ދާނީ؟ ” ލާރާ ބުނެލުމުން އަޔާޒް ބޯޖަހާލިއެވެ. ” އަނހާ ދަރިފުޅުމެން ބައްޕަ އެ ކިޔަނީ ހަވީރު ހިނގާށޯ ލާރާ ކާރިޔަށް ނުވެސް އާދެޔޭ ” މަރީނާ ބުނެލީ ލާރާގެ ގައިގަ ފިރުމާލަމުންނެވެ. ” މަންމާ ކޮބާ ރީން އާ ބޭބީސް ” އެބަ އުޅޭ މަންމަ ކޮޓަރީގަ ދޭ ބަލަ” ރަޝާދު ބުނެލިއެވެ. ލާރާ ފެނުމުން ނައަންނާތީ ރީނާ ވެސް ޝަކުވާކޮށްލިއެވެ. ” ރީން ދެން އާދެވުނު ވަރަކުން މިއަންނަނީ އެއްނު ދޯ މިއައީ ޑޮކްޓަރަށް ދައްކާފަ އަންނަމުން ވިހައިގެން ނުވެސް އާދެވޭނެ މި އޮތް ދުވަސްކޮޅު އާދެވޭނީ އަޔާވެސް ރޫމް ގަ ކުޑަކަމެއް ކުރާތީ ދެން ވަރަށް ބިޒީ ވާނެ ” ލާރާ ކުޑަ ޔާނާ އުރާލީ ޔާން ނިދާފައި އޮތުމުންނެވެ. “ކޮބާ ލަޔާން ” އަޔާޒް އަހާލިއެވެ. މިތާ ކާރި ފިހާރަކަށް ދިޔައީއައިސް ކަރީމް ގަނެލަން މިހާރު އަންނާނެ ” ރީނާ ބުނެލިއެވެ. އުފާވެރި ވަގިތުކޮޅެއް ހޭދަކުރުމަށްފަހު ލާރާ މެން ގެޔަ ދިޔައީ ހަވީރު ވެސް ވީފަހުންނެވެ.
ދުވަސްތައް ފާއުތ ވަމުން ގޮސް ލާރާގެ ބަނޑަށް ނުވަމަސް ވެއްޖެއެވެ. ވިހަންވާއިރަށް ކޮޓަރި ތައްޔާރު ކުރުމަށް އަޔާޒު އުޅެމުން ދިޔައީ ވަރަށްވެސް ބުރަކޮށްނެވެ. ނަމަވެސް ލާރާ ގޮވައިގެން ޑޮކްޓަރަށް ދިޔުމާ ހިންގާލަން ދިޔުމަށް ވަގުތު ހޯދައިގެން އެކަން ކުރިއެވެ. އަޔާޒު އަށް އެކަމަކުވެސް ކުރެވުނު ކަންތަކަށް ލާރާ ކައިރިން މާފަށް އެދޭކަށް ނުކެރުނެވެ. ވާހަކަ ދައްކާލަން އެކަނި ފުރުސަތެއްވެސް ނުލިބެނީއެވެ. އަޔާޒު އޮފީސް ނިންމާފައި އައިސް ރާއިލް އާއި ވެގެން ރޫމް މަސައްކަތް ކޮށް ނިމޭއިރު ލާރާ އޮންނަނީ ނިދާފައެވެ. ފެންވަރައިގެން ނިކުތް އަޔާޒްއަށް އެނދުމަތީ އިށީނދެގެން އިން ލާރާ ފެނުމުން ކާރިޔަށް ދެވުނީ އެއްވެސް އިހްތިޔާރަކާ ނުލައެވެ. ލާރާ ގެނެސް ލޯބިން ބައްދާލުމަށް އަޔާޒްގެ ހިތް ގޮވަމުން ދިޔަ ނަމަވެސް އަޔާޒްގެ އަތް ހަރަކާތެއް ނުކުރިއެވެ. ” އަޔާ ރޫމް ނިމުނީތަ؟ އަހަރެން ވަރަށް ބަލާހިތުން މިހިރީ އަޔާ މަނާކޮށްފަ އޮތީމަ ނުނިމެނީސް ނުވެސް ބަލާ މިހިރީ ހިނގާބަލަ މިރޭ ދައްކާލަން ” ލާރާ ބުނެލުމުން އަޔާޒް ބޯ ޖަހާލިއެވެ. ޓީޝާރޓް އަކާ ސޯޓެއް ލައިގެން ސިޑިން ލާރާގެ އަތުގައި ހިފައިގެން މައްޗައް އެރިއެވެ. ދޮރު ހުޅުވާލުމުން އެތެރެޔަށް ވަން ލާރާ އަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. މަޑު ފިޔާ ތޮށިކުލަ މުޅި ކޮޓަރީގައި ލާފާއި ވާއިރު ގަދަފިޔާތޮށި ކުލައިން ބޭބީގެ އެނދާއި ކަބަޑުގެ އިތުރުން ހުރިހާ ފަރުނީޗަރެއް ވަނީ ބަދަލުކޮށްލާފައެވެ. ކުޑަ އެނދުގައިވެސް މަޑު ފިޔާތޮށި ކުލައިގެ ބެޑިން ސެޓެއް އަޅާފައި ބޮޑު އެނދުގައި ވެސް ހުރީ ހުސް ޕިންކް އެއްޗިއްސެވެ. ” ވާވް އަޔާ ވަރަށް ރީތީ ބޭބީ ލިބުނީމާ ދޯ ޗޭންޖްވާނީ ” ލާރާ އުފާވެފައި ބުނެލިއެވެ. ” ލާރާ ބޭނުން ގޮތެއް އެއްވެސް ޗޭންޖެއް ގެންނަން ބޭނުން ތަ ؟ އަޔާޒް އަހާލީ ލާރާ އާއި ދިމަލށް ބަލާފައެވެ. ” ނޫން ހަމަ ޕާރފެކްޓް ” ލާރާ ބުނެލުމުން އަޔާޒް އަށް ހިނިތުންވެވުނެވެ. ” އަޔާޒް ރޫމް ދައްކާލީތަ ލާރާ އަށް؟ ” ވަދެގެން އައި ރާއިލް ސުވާލުކޮށްލިއެވެ. ” ހޫމް ލާރާ އަށް ވަރަށް ހިތް ހަމަޖެހިފަ އެހެރީ ތެން ކިޔު ރާއިލް ” އަޔާޒް ރާއިލްގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ” ކަމޯން އަޔާޒް އަހަރެން ހަމައެކަނި ކަބަޑު ތަކާ އެއްތިހި ޖެހީ އެކަމަކު ޑިޒައިން ކުރީ އަޔާޒްތާ ދޯ ” ރާއިލް އެހެން ބުނެލުމުން އަޔާޒް ބޯ ޖަހާލިއެވެ. ތިން މީހުން އެކީ ތިރިޔަށް ދިޔައެވެ. ލާރާ ގޮސް ނަސީމާގެ ގައިގަ ބައްދާލިއެވެ. ” މަންމަގެ ދަރިފުޅު ހާދަ އުފާވެފަ ރޫމް ދައްކާލީތަ؟ ” ނަސިމާ އަހާލުމުން ލާރާ އުފަލުން ބޯޖަހާލިއެވެ. ” ރިޝް ގެ ރާއިލް މީ ވަރަށް ޓެލެންޓެޑް މީހެކޭ އަހަރެން ބުނި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ހުރިހާ އެއްޗެއް ހަދާލީ ވަރަށް އިމްޕްރެސް ވި ” އަޔާޒް ބުނެލުމުން ރާއިލް އިސް ޖަހާލިއެވެ. ” ކިހިނެތް ވީ ބްރޯ އަނެއްކާ ގޯސް އެއްޗެއް ބުނެވުނީތަ؟ ” އަޔާޒު ދެންވެސް އަހާލިއެވެ. ” ނޫން ކުރީގެ ހަނދާނެއް ވީ ފުރަތަމަ އަހަރެން އަޔާޒް އާ ދިމާ ވި ދުވަސް ރީޝް އަހަރެން އިންޓްރޮޑިއުސް ކޮށްދޭން ދިޔަ ދުވަހު އަހަރެން ކުރިމަތީ އަޔާޒް ބުނީ ތި ނޫން މީހަކު ނުފެނުނީހޭ ދުވަހަކުވެސް ނުވާނޭ ރަގަޅެއް ބަޓް ރިޝް އަހަރެން ދެކެވީ ލޯބިން ރިޝް ކުރި ހިތްވަރުން އަހަރެން މިހިރީ މި މުޖުތަމައު ބަލައިގަންނަ ކަހަލަ މީހަކަށް ވެފައި އެހާދުވަހު ޑްރަގް ނެގުމަށް ފަހު އެޔާ ދުރުވާން ފެށުމުން އަހަރެން ގައިގަ އެޅިވޭން ފެނުމުން ރޮމުންވެސް ރިޝް ހާދާ ހިތްވަރު ކުރިއޭ ރިޝްތީ އަހަރެންގެ ނަސީބު ވަރަށް އުފާވޭ މިހާރު ރިޝްގެ ފެމެލީ އަހަރެން ބަލައިގަތީމަ ދެން އެންމެ އުފާވާނީ އަހަރެންގެ މައިންބަފައިން އަހަރެން މީ ކުރީގެ ރާއިލް ނޫންކަން ގަބޫލުކޮށް އަހަރެންގެ ދަރިފުޅާ އަންހެނުން ދެކިލަން އައި ދުވަހަކުން ” އެހެން ބުނެވުނު އިރު ރާއިލްގެދެލޯ ފެންކަޅި ވެގެން ދިޔުމުން ރީޝާ ރާއިލްގެ ގައިގަ ބައްދާލިއެވެ. ” އިރާދަކުރެއްވީއްޔާ އެދުވަސް ވެސް އަދި އަންނާނެ ސޮރީ އެދުވަހު އެހެން ބުނެވުނީތީ ” އަޔާޒް އެހެން ބުނެލުމުން ރާއިލް އެއި އޯކޭ ކަމަށް ބުނެލިއެވެ. ” ދަރިފުޅުމެން ހިނގާ ދެން ކާން މިއަދު ކެއްކީ ރީޝް މަންމައޭ ދޯ ޖެނީ ” ހަސީނާ ބުނެލުމުން ޖެނީ ލޯ ފޮހެލާފައި ބޯ ޖަހާލިއެވެ. ” ޖެނީ ކޮންކަމަކާ ތި ރޮނީ ” ލާރާ ދިމާކޮށްލިއެވެ. ” ލާރޫ ދެން ރާއިލްބޭގެ ވާހަކަ އަހާފައި ރޮވުނީ އޭ ކުއްޖަކު މަތިން ހަނދާންވެފަ ” ޖެނީއަށް އެހެން ބުނެވުނީ ގަސްތަކާ ނުލައެވެ. ” ޖެނީ ބިޓެއް ވެސް ހުރޭތަ؟ ” ރީޝާ އަވަހަށް ސުވާލުކޮށްލިއެވެ. ” އެވާހަކަ ދޯ ހިންގާ ކައި ނިމިގެން ކިޔާ ދޭނަން ” ޖެނީ ބުނެލިއެވެ.
އަހަރެންނަށް ލޯބި ވެވުނީ ދިވެހި ކުއްޖެއް ދެކެ ލާރު އަށް އިނގޭނެ އަހަރެމެން އުޅުނިން އަހަރެއް ވަންދެން އެކީގަ އެކަމަކު އެ ކުއްޖާ ފަހުން ބުނީ އަހަރެންދެކެ ލޯބި ނުވެޔޭ އެ ބޭރުގައި ކިޔަވަން އުޅުނު ދުވަސްވަރު ފޫހިފިލުވާލީ އޭ އެހެން ނޫނަސް ރާއްޖެން ބޭރު މީހުންނާ މެރީ ކުރަން މަންމަމެން ނުރުހޭނެޔޭ އެހިސާބުން އެ ކަން ނިމުނީ އެކަމަކު އަދިވެސް މި ޖެނީގެ ހިތުގައި ވަނީ އެސޫރަ އަހަރެން އޭނަޔަށް ޓަކާ އިސްލާމް ދީންވެސް ގަބޫލުކުރީ އެކަމަކު މީހާރު އުފާވޭ މުސްލިމަކަށް ވެވުނީތީ އެކަމަކު ލޯބިވެރިޔާ ގެއްލުނީ” ޖެނީ ދެރަވެލާފައި ހުރިހާ ވާހަކައެއް ކިޔާދިން އިރު އެންމެންވެސް ތިބީ ދެރަވެފައެވެ.
އެންމެން ނިދަން ދިޔުމުން ލާރާ ރީޝާ އާއި އެކީ މަޑުކޮށްލިއެވެ. ” ރިޝް ޑޫ ޔޫ ނޯ ރާއިލްގެ ގެ؟” ލާރާ އަހާލުމުން ރީޝާ ބޯ ޖަހާލިއެވެ. ދުވަހަކުވެސް ދިމާވިތަ އެމީހުންނާ؟ ” ރާއިލް ބައްޕަ އާއި ދިމާވި އެއްދުވަހު ރައިލް އާއި ގުޅުނުތާ ހެން ބުނީ އަހަރެން މޮޔަވީހޭ ހަކުރު ބޯ މީހަކާ އެކީ އުޅެނީ އަހަރެން ބައްޕަ އަކީ ރާއިލް ބައްޕަ ދަންނަ މީހެއް ” އެފަހުން ދިމަލެއް ނުވޭ ގެއިން ނެރެލާފައި ނުވަންނާށޭ ބުނެފަ އޮތީމާ ރާއިލް ނުދޭ އެއީ އެހާވެސް ކިޔަމަންތެރި ދަރިއެއް ” ރީޝާ ދެރަވެލާފައި ބުނެލިއެވެ. މާދަން ނޫން އަނެއް ދުވަސް ރާއިލްގެ އުފަންދުވަހެއްނު ދޯ ހިންގާބަލަ ރާއިލްގެ އުފަންދުވަހު ހަދިޔާއަކަށް ރާއިލްގެ މަންމަމެން ގެ މާފު ހޯދަދޭން ހިނގާ މާދަން އެގެޔަށް ދާން އަހަރެމެން ދެމީހުން ދާނީ؟” ލާރާ ބުނެލުމުން ރީޝާ އަށް ދެ ލޯ ބަޑޮކޮށްލެވުނެވެ. ” ނޫން ލާރާ އަހަރެންނަކަށް ނުކެރޭނެ” ރީޝާ ވަގުތުން އިންކާރު ކުރިއެވެ. ” ޕްލީޒް ރާއިލް އަށްޓަކާ އެއްފަހަރު ޓްރައި ކޮށްލަމާ ” ރީޝާ އެންމެފަހުން ބޯ ޖަހާލިއެވެ.
ހަވީރު ވުމުން ދުއްވާލަން ކަމަށް ބުނެ ކާރުގައި ރީޝާ އާއި ލާރާ އިލްޝާ ވެސް ގޮވައިގެން ރާއިލްގެ ގޭ ކާރީގައި ކާރު ޕާރކްކޮށްލާފައި މަޑުމަޑުން ގޮސް ރާއިލް މަންމަމެން އުޅޭ ބަޔަށް ގޮސް ލާރާ ދޮރުގައި ޓަކި ޖަހާލިއެވެ. ދޮރު ހުޅުވާލީ ބޭރު މީހެކެވެ. ” ފަރީދާ އެބައުޅޭތޯ؟ ” ރީޝާ އަހާލިއެވެ. ” ވަންނަނީ ސޯފާގަ މަދުކުރަނީ އަހަރެން މެޑަމް ކާރީ ބުނަނީ ” އެމީހާ އެހެން ބުނެލާފައި ގޮސް ފަރީދާ އަށް ގޮވާލިއެވެ. ފަރީދާ އައިސް ހައިރާންވެގެން ލާރާމެންނާ ދިމާލަށް ބަލާލިއެވެ. ފަރީދާގެ ފަހަތުން އައި ވަހީދު ފެނިފައި ރީޝާ އަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. ވަހީދު ރީޝާއަށް އަތުން އިށީނުމަށް ބުނެލައި ސޯފާގައި އިށީނެވެ. ” ކީއްކުރާ ކުދިންނެއް؟ ” ފަރީދާ އަހާލިއެވެ. ” ދައްތާ މިހިރީ ރާއިލްގެ އަންހެނުން ރީޝާ އަދި ރާއިލްގެ ދަރިފުޅު އިލްޝާ” ވަރަށް ހިތްވަރު ކޮށްފައި ލާރާ ބުނެލި ވާހަކައިން އެ ދެމަފިރިންގެ ދެ ލޯ ދިޔައީ ބޮޑުވެގެންނެވެ. ވަހީދު އަދި ފަރީދާވެސް އިލްޝާއަށް އަދި ރީޝާއަށް ވަކިވަކިން ބަލާލިއެވެ. ” ދެން އަހަރުމެން ކީއްކޮށްދޭންވީ؟ ދަރިފުޅާއީ އޭނާގެ އަންހެނުންގެ ހަރަދު ބަލަހައްޓަދޭންވީދޯ ކުރިންވެސް އިނގޭ މިތަން އަންނާނެކަން” ވަހީދުގެ ޖުމްލައިން ރީޝާ ހިތްހަމަ ނުޖެހުނެވެ. ” ނޫން ރާއިލް ބައްޕާ އިރާދަކުރެއްވީއްޔާ އަހަރެންގެ އަދި ދަރިފުޅުގެ ހުރިހާ ހަރަދެއް ކުރެވޭ ވަރަށް ރާއިލް އަށް ލާރި ލިބޭ އަނގައިންބުނެލި ކޮންމެ އެއްޗެއް ވަގުތުން ގެނެސްދޭ ބުނެލުން ލަސްވާނީ އަދި އެ ލާރި ހޯދަނީ ވެސް ރާއިލް ބައްޕ ތިޔަ ހީކުރާކަހަލަ ގޯސް ކަމެއް ކޮށްގެނެއްނޫން ބުރަ މަސައްކަތް ކޮށްގެން މިހާރު ދިވެހި ރާއްޖޭގައި އެންމެ ގިނަ މީހުންގެ މަގްބޫލުކަން ލިބިފައިވާ “ވަހީފަރީ” ކިޔާ ލަކުޑީގެ މަސައްކަތް ކުރާ ކުންފުންޏެގެ ވާހަކަ އަޑު ވާނީ އިވިފައި އެ ކުންފުންޏަކީ ރާއިލްގެ ކުންފުނި އެޔަށް ނަންދީފައިވަނީ އޭނާގެ މައިންބަފައިންގެ ނަމުން އަދި އަހަރެންގެ ބައްޕަ އަކީ ކާކުކަން ރާއިލްގެ ބައްޕައަށް އޮޅިފައެއް ނޯންނާނެ އެ ކުންފުނީގެވެސް ހުރިހާކަމެއް ބަލަނީ ރާއިލް އެއީ މިހާރު އެ ކުންފުނީގެ ސީއީ އޯ ރާއިލް ބައްޕައަށް ނޭގުނަސް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެގެން ވަރަށް ބުރަ މަސްއްކަތުން އުޅޭ ހީވާގި ޒުވާނެއް ރާއިލް އަކީ އެކަމަކުވެސް ރާއިލް އޭނާގެ މައިންބަފައިންގެ މާފު ބޭނުންވާ ވަރުން ކެތްނުވެގެން މިހިސާބަށް އަންނަން ޖެހުނީ މިގެއިން ނެރެލީ ނުވަނުމަށް އެނގުމަށްފަހުކަމުން ރާއިލް އަކަށް ނުކެރުނު އަންނާކަށް އެހާ ވެސް ކިޔަމަންތެރި ދަރިއެއް އެއީ ދޮންބެ އަށް ވެސް އިނގޭނެ ރާއިލް މިހާރު ކިހާ ރަގަޅުކަން އެކަމަކު ދޮންބެޔަށް ވެސް ނުކެރުނީ އެވާހަކަ ބުނަން ދޯ ދޮންބޭ” ރީޝާ އެހެން ބުނުމުން އެހުރިހާ އިރު މީހުންގެ ވާހަކަ ތައް އަޑު އަހަން ތަނބަކާ ނިވާވެގެން ހުރި ރާއިދު އައިސް ސޯފާގައި އިށީނެވެ. ރާއިދު ފެނުމުން ލާރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ރާއީ” ލާރާއަށް ބުނެލެވުނެވެ. ރާއިދުވެސް ލާރާ އާއި ދިމާލަށް ބަލާލާފައި ހީލިއެވެ. “ބައްޕާ އެއީ ތެދެއް ރާއިލް މިހާރު ވަރަށް ރަގަޅު ބައްޕައަށް ފެނުނަސް ނުވެސް އިނގޭނެ އެހާ ރީތި ހީވަނީ ހަމަ ބައްޕަގެ ކުރީގެ ފޮޓޯކޮޕީއެއްހެން ޕްލީޒް ބައްޕާ މަންމާ ރާއިލްއަށް މާފުކުރޭ! ” ރާއިދު ބުނެލީ އޭނާގެ ބައްޕަ އާއި މަންމަގެ ކުރިމަތީ ބިންމަތީ ކުޑަ ކަކޫ ޖަހާ އިށީނދެ އަތުގައި ހިފާލުމުންނެވެ. އޭރު އިސްޖަހާލައިގެން އެދެމަފިރިން ތިއްބެވެ. ” މީ ދޮންބެގެ ދޫނި ތަ އަދި ކިރިޔާ މި ފެނުނީ” ރާއިދު އުރާލަން އުޅުމުން އިލްޝާ ދުރު ބަލާފައި ރީޝާގެ އަތުތެރޭ ބޮނޑިވެލިއެވެ. ” ދޫނިވެސް ބައްޕި ގޮތައް ރުޅިތަ ކޮންމެ ދުވަހަކު މިސްކިތުން ދިމާވޭ އެކަމަކު ދޮންބެޔާ ދިމާލަށް ބަލާވެސް ނުލާނެ ދަރިފުޅުގެ ބައްޕި ވެސް ” ރާއިދުއަށް އެހެން ބުނެވުނު އިރު ލޮލުން ކަރުނަ ހިލުނެވެ. ” ކީކޭ މިސްކިތުންނޭ” ވަހީދުއަށް އަހާލެވުނެވެ. ” ލާރާ ހިންގާ ދާން މިތާކު ނެތް އަހަރެމެންގެ އެދުން ފުރިހަމަކޮށްދޭނެ މީހެއް” ރީޝާ ތެދުވިއެވެ. ” ބޭބޭ މާދަމާ އަކީ ރާއިލްގެ އުފަންދުވަސް އެހެންވެ ގޭގައި ކުޑަކަމެއް ބާއްވަން މި އުޅެނީ އެހެންވެ އުފަން ދުވަހުގެ ހަދިޔާ އެއްގޮތުން އޭނާގެ މައިންބަފައިންގެ މާފު ލިބޭތޯ އާދޭސް ކުރަން ޕްލީޒް ރާއިލް ވަރަށް އުފާވާނެ ޕްލީޒް ދައްތާ ހަމަ އެންމެ ފަހަރަކުވެސް އެ ދަރިފުޅު މަތިން ހަނދާން ނުވޭތަ ؟ ދެކިލާހިތް ނުވޭތަ؟ ލޯބިން މޭގަ ޖައްސާލާހިތެއް ނުވޭތަ؟ ޕްލީޒް ހެޔޮނުވާނެ ހިނގާބަލަ ” ލާރާއަށް ބުނެވުނީ އެހާ ވަރަށެވެ. ރީޝާ ލާރާގެ އަތުގައި ހިފައިގެން ދާން އެނބުރުނެވެ. “2 ޝަރުތެއްގެ މަތިން މާފުކޮށް ދެވޭނީ ” ވަހީދުގެ އަޑަށް ރީޝާ އާއި ލާރާ ހުއްޓުނެވެ. ” ރާއިލް ބައްޕާ ކޮބާ ޝަރުތަކީ އަހަރެން ރާއިލް އަށްޓަކާ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރު ” ރީޝާ ގޮސް ވަހީދުގެ ދެމަފިރިން ކުރިމަތީ ހުއްޓުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Laaroo is the best
Anehka Kobaa baa sharutha kee
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you nadhoo ❤️😍
Hada lahey vaahaka kiyaalan libey leh
Thankolheh avahah next part laidhyba
Vaahaka nimunee tho… haadha laheh eba vey upload vaaleh
Guyx give nadhoo a brk she will be very tired dhw. Egey ehnu vhk upload kuraane kan. Just let her be fully rested and well.
Vrh reethi mi part vx
Love you nadhoo