Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ސިއްރު
އެހެނިހެންލޯބި

ސިއްރު-7

pumpkin girl Level 1
September 18, 2024 4 Mins Read
3 Comments

އެހެން ކަމުން އަހަރެމެން އަގައިން ބަހެއް ވެސް ނުކިޔާ ގުޑި ލާން ވެސް ނުކެރިފައި ތިބީމެވެ. ރޭގަނޑު ކަމުން ބައްޕަ އޮތީ އާދައިގެ މަތިން މަސްތު ވެފައެވެ.

……………………………………………………………….

އެހެން ހުއްޓާ ބޭބެ އަހަންނައް ހިޔާލެއް ދިނެވެ. މިކަންތައް މީހަކާ ހިއްސާކޮއް ފުލުހުންނައް އެންގުމެވެ. ބޭބެ އަކީ އެއިރު ސޯޅަ ސަތާރަ ވަރަކަށް އަހަރުގެ ކުއްޖެ ކަމުން އެވަރު ވެސް ވިސްނުނީއެވެ. އަހަރެން ފުރަތަމަ މި ކަމައް އިންކާރު ކުރީ މައްމަ ކައިރީ މިކަންތައް ބުނެފައި ކުރުމައް ކަމައް އެދިއެވެ. މައްމަ އަހަރެމެން ބަލައި ބޮޑު ކުރީ ނުލާހިކު ރަނގަޅައް ތަރުބިއްޔަތުކޮއް ދީނީ ކަންކަމައް ބާރުއަޅުވާ ބަޔެއްގެ ގޮތުގައެވެ. އެހެން ކަމުން މައްމަ ބުނާ ގޮތުން ނަމަ ކޮންމެ ކަމެއް ކުރުމުގެ ކުރިން ވެސް މައްމައާ އެކަންތައް ހިއްސާ ކުރަން ވާނެއެވެ. މީގެ ސަބަބުން އަހަރެމެން ދެބެއިން ވެސް ކޮންމެ ކަމެއް ކުރުމުގެ ކުރިން ވެސް މައްމައާ ވާހަަކަ ދައްކާ އެކަންތައް ހިއްސާ ކުރަމެވެ.

ނަމަވެސް ބޭބެ މިކަމާ އެއްބަސް ނުވިޔެވެ. ބޭބެ ބޭނުންވީ މިކަންތައް ވަގުތުން ވަގުތައް ހިއްސާ ކުރާށެވެ. އަހަންނައް ވެސް ވަކި ކުރާނެ އިތުރުކަމެއް ނެތުމުން އިތުރައް ބޭބެ އާއި ދެބަސް ނުވެ ބޭބެގެ ފަހަތުން ގެއިން ނުކުތީ ފިލާގެނެވެ. މަސްތު ހާލުގައި އޮތް ބައްޕައައް މިއިން އެއްވެސް ކަމެއް ރޭކާއެއް ނުލިއެވެ. އަނެއް ކޮޅުން މައްމަގެ ރުއިމާ ހަޅޭކާ އާދޭސް ތަކުގެ އަޑުން މުޅިގެ ގުގުމާލެވިފައި ވާ އިރު ދޮރު ހުޅުވި އަޑު ނީވުނީއެވެ.

އަހަރެމެން އުޅޭ ހިސާބުގައި އެވަރަކަށް މީހުން ނޫޅެއެވެ. މިކަމުގެ ސަބަބުން ބައްޕަ އެކުރާ މުޑުދާރު އަމަލުތަކާ އެދޭ އަނިޔާތައް ދިނުން ވަނީ ވަރަށް ފަސޭހަ ކަމަކައް ވެފައެވެ. އަހަރެމެންނައް ރަށު ޕޮލިސް ސްޓޭޝަންއައް ދެވުނީ ދިހަ ވަރަކައް މިނިޓު ދުވުމައް ފަހުގައެވެ. ރަށަކީ އެއިރު އެހާ ތަރައްޤީ ވެފަ އޮތް ރަށެއް ނޫން ކަމުން ޕޮލިސް ސްޓޭޝަން ހުރީ ވެސް ވަރަށް އާދައިގެ ގޮތަކަށެވެ. ދުވަމުން ފޮޅުމުން ވެއްޓެމުން އަހަންނާ ބޭބެ އާ ދެމީހުން އެދުވަހު ދިޔައީ ދުވޭނެ ވެސް އެއްމެ ބާރަކަށެވެ.

މައްމަ ބައްޕަ އާއި ކައިވެނި ކޮއްގެން އުޅުނީ ބައްޕަގެ ރަށުގައެވެ. ބައްޕަ އަކީ ރ.އުނގޫފަރައް ނިސްބަތް މީހެކެވެ. އަދި މައްމަ އަކީ ލ.ފޮނުދޫ މީހެކެވެ. އަހަރެންގެ މައްމަ އަކީ ކުރިން ވަރަށް ނިކަމެތި ކޮއް އުޅުނު މީހެެކެވެ. މައްމަގެ މައިންބަފައިން ވަނީ މައްމަ ވަރަށް ކުޑަ އިރު ވެސް ނިޔާވެފައެވެ. މީގެ ސަބަބުން މައްމަ އުޅެ ބޮޑުވީ ވަރަށް ނިކަމެތި ހާލުގައެވެ. ބައްޕަ އާއި ދިމާވި ފަހުން ދެމީހުން އިދެގެން އުޅުނީ ބައްޕަގެ ރަށުގައެވެ. މައްމަގެ އާއިލާ ބައެއް މީހުންނާ އަހަރެން ދިމާވި ކަމުގައި ވިޔަސް ދުވަހަކު ވެސް ބައްޕަގެ އާއިލާ ބަޔަކާ ދިމަލެއް ނުވެއެވެ.

އަހަރެމެން ޕޮލިސް ސްޓޭޝަން އައް ގޮސް މާ ގިނައިރު ތަކެއް ނުކުރަމެވެ. ވަގުތުން ވެގެން އުޅޭ ގޮތް ކިޔައި ދިނީމެވެ. އެތާގައި ވެސް ލަސް ނުކޮއް ޕޮލިސް ޓީމް އަކާ އެކީ އަހަރެމެން ދެން އަވަހައް ދިޔައީ ގެޔަށެވެ.

އަހަރެމެން ގެޔައް ދިޔަ އިރު ބައްޕަ އޮތީ ކޮއްމެ ރެޔެއް ފަދައިން އަންހެނުން ވައްދައިގެން މަސްތުގެ ކަނޑަކައް ޣަރަގުވެފައެވެ. ބޭބެ އަހަންނައް މިފަދަ މަންޒަރު ތައް ނުދައްކަން ވެގެން އަހަރެން ގޮވައިގެން ބޭރައް ނުކުތެވެ.

މައްމަ އޮތީ ތަންކޮޅެއް ދުރުގައި ވެއްޓިފައެވެ. ބޮލުން ތަންކޮޅެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ހެކި ދެނީ މައްމަގެ ބޮލުން އޮހޮރެމުން ދިޔަ ލޭ ކޯރެވެ. މައްމަގެ މުޅި ހަށިގަނޑުގެ އެތަން މިތަނުން ޒަހަމް ތަކެއް ވެފައި ވާއިރު ނޫފަރު ގަނެ ފާރު ގަޑުތައް ހެދި ލަކުނުތައް ނެތް ގުނަވަނެއް ނެތެވެ. އަހަރެން ވަރަށް ދެރަ ވެސް ވިއެވެ. މައްމަ އެ ނިކަމެތި ހާލުފެނި  ބަލަން އަހަންނަށް ކެތް ނުކުރެވުނު ފަދައެވެ.

އިރު ކޮޅަކުން ނުކުންވީ ބައްޕައެވެ. ރެޑް ހޭންޑުކޮއް މަސްތުވާ ތަކެއްޗާއެކީ އިތުުރު ދެ އަންހެނަކާ އެކީ ނުކުންވީ މި ފަހަރު ހެދުމުގައެވެ. އެކަމަކު އެ ތިން މީހުންގެ އަތުގައި ވެސް ވަނީ ބިޑި އެޅުވިފައެވެ. އަހަރެމެންނައް ބައްޕަ ފެނުނުކަމުގައި ވިޔަސް ބައްޕަ އަކައް އަހަންނާ ބޭބެ އެއް ނުފެނެއެވެ. ނަމަވެސް ދިޔައީ ދިވެހި ބަހުން އެތައް ހުތުރު ބަހަކާ އެއްޗެއް ފުލުހުންނައް ގޮވައި އެތަކެއް އިންޒާރެއް ދެމުންނެވެ. ހަގީގަތުގައި އަހަރެން ހުރީ ވަރަށް ލަދުންނެވެ. ސަބަބަކީ އެއީ އަހަރެންގެ ބައްޕަގެ ހާލުކަމައް ވުމުންނެވެ. އިރުކޮޅަކުން އެންބިއުލާންސްގެ އަޑު އިވިގެން ދިޔުމާ އެކީ އަހަރެންގެ ހުރިހާ ސަމާލުކަމެއް ހުއްޓިގެން ދިޔައީ އެދިމާލަށެވެ.

މައްމަގެ ހާލު ވަރަށް ގޯހެވެ. އަހަރެމެން އެކަކައް ވެސް އިގިފައި ނެތް ކަމަކީ މައްމަ ބަލިވެ އިން ކަމެވެ. އަހަރެންއާ ބޭބެއާ ދެމީހުން ހާސް ވާން ފެށި އެންމެ ބޮޑު ސަބަބަކައް ވެފަ އޮތީ މިކަންތަކެވެ. މައްމަ އަހަރެމެންނައް މިކަން ސިއްރު ކުރި ސަބަަބެއް ނޭގެއެވެ. ނަމަވެސް ޑޮކްޓަރު ބުނި ގޮތުން މައްމަ އައް އެންމެ އެކަށޭނެ ފަރުވާއެއް މި ކޮޅުން ނުދެވޭނެއެވެ. އެހެން ކަމުން އަހަރެމެން ކައިރީ ބުނީ ވީ އެންމެ އަވަހަކާ މާލެ ދާށެވެ. ނަމަވެސް އަހަރެމެން ކަަހަލަ ނިކަމެތި ފަގީރުންގެ އަތުގައި ފައިސާ ތިބޭ ހެއްޔެވެ؟ ޒަމާނަކީ ރާއްޖެ މާ ބޮޑައް ކުރިއަރައިފައި އޮތް ޒަމާނެއް ވެސް ނޫނެވެ. އެހެން ކަމުން އާސަންދަ އެއް އެއިރުގައި އެއް ނެތެވެ. ބައްޕަގެ ނުބައިކަމުން މައްމައައް ވަޒީފާ އަދާކުރުމުގެ ފުރުސަތެއް ބައްޕަ މައްމަ އަކައް ނުދޭނެއެވެ. ލިބޭ ލާރިއެއް ބައްޕަ އަކީ ފަހައް ބޮޑު ކަމެއް ޖެހިދާނެތީ ރައްކާ ކުރާ މީހެއް ވެސް ނޫނެވެ.

އެންމެ ފަހުން ގޮސް އަހަރެމެންނައް ޖެހުނީ ރަށުގްއި ސަލާމް ޖަހއިގެން ވެސް ފައިސާ އެއް ކުރާށެވެ. ނަމަވެސް ލިބުނު ފައިސާ އިން އަހަރެމެންނައް ވާކައް ނެތެވެ. ލިބުނު 9500 ރުފިޔާ އިން އަހަރެމެންނައް އެކޮޅައް ގޮސް ކުލި ދައްކައި ކައިބޮއި ހެދޭކޮައް ނޯންނާނެއެވެ. އަހަރެމެން މިފަދަ ނިކަމެތި ހާލެއްގައި އުޅެނިކޮއް އިޒްޔާންގެ ރައްޓެއްސެއް އަހަރެމެންނައް 15،000 ރުފިޔާ ދޭން ނިންމީ ހެޔޮ ނިޔަތުންނެވެ. އެ ކުއްޖާ އަކީ އެގޭގެ ހުންނަ ހަމައެކަނި ކުއްޖާ ކަމުން އޭނާގެ މައިންބަފައިން އޭނާ ގެންނުޅެނީ ރަން ދަރިޔެއް ފަދައިންނެވެ. އަންހެން ކުދިން ހިތް ކިޔާ ކަހަލަ އެތަކެއް ސިފައެއް އޭނާއައް ލިބިފައިހުރި ކުއްޖަކަސް އެއްވެސް އަޚުލާގެއް ނެތް ބޮޑާ ކަމާއި ކިބުރުވެރިކަމުން ފުރިގެންވީ މީހެކެވެ. ތަންކޮޅެއް ކުރިން އަހަންނާ ވެސް ވަރަށް ޖެހިލައިގެން އުޅުނު ވަރަށް ފޮނި ބޮޑު ސޮރެކެެވެ.

އަހަރެމެން އެފައިސާ ގައި ހިފީ އިތުރު ގޮތެއް ނެތުމުންނެވެ. އަދި ތިން ދުވަސް ތެރޭ މާލެ ވެސް ދެވުނެވެ. ނަމަވެސް މައްމަގެ ހާލަތު ދިޔައީ ދުވަހުން ދުވަހައް ގޯސް ވަމުންނެވެ. މިކަމާ އަހަންނާ ބޭބެ ވަރަށް ކަންބޮޑު ވެސް ވީމެވެ. ނަމަވެސް ލޯބިވާ މައްމައައްޓަކައި އަހަަރެމެން ތިބީ އެއްވެސް އުއްމީދެއް ކަޑާނުލާ އެ މައްމަ އަހަރެމެންނައް ގުރުބާންވި ފަދައިން މިއަދު މައްމަ އައް ގުރުބާން ވާން ތައްޔާރަށެވެ. އަހަރެމެންވީ ސުކޫލައް ގޮސް ކިޔެވި ދަރިވަރުން ނޫން ކަމުން މާ ބޮޑު އެއްޗެއް އަހަރެމެން ނުދަނެއެވެ. މިކަމުގެ ނަތީޖާ އަކައްވީ މާލޭގައި އުޅުން ވަރަށް އުދަގޫ ކަމަކައް ވެފައެވެ. ނަމަވެސް މައްމަ އަހަރެމެން ދެބެއިން ތަރުބިއްޔަތު ކޮއްދީފައި ވަނީ އަޚުލާގުގެ ފެންވަރު ރަނގަޅު ކުދިބަޔެއްގެ ގޮތުގައި ކަމުން އަހަރެމެންގެ އަޚުލާގުގެ ފެންވަރު އެބަހުުއްޓެވެ. ބައްޕަ ފަދަ ނުބައި ނުލަފާ މީހަކައް އަހަރެން ނުވި ކަމީ ކިތަންމެހާ ވެސް އަހަރެން ޝުކުރުވެރި ވާކަމެކެވެ.

މިއީ އަހަރެމެންް މާލެއައް އައި ފުރަތަމަ ފަހަރު ކަމުން މާލޭގެ ގެތަކާއި ފިހާރަތައް ތިބޭ ތަންތަނެއް އެހެން ވަކި ކުރަން ވަރަށް އުނދަގޫވިއެވެ. އަދި ޚާއްސަކޮއް ފޯނެއް ފަދަ އެއްޗެއް އަތުގައި ނެތުމަކީ ވެސް ވަރަށް އުދަގޫ ކަމެކެވެ. މައްމަ ގެނައި ގޮތައް ލީ އައި.ޖީ.އެމް.އެޗް އައިސީޔޫ އަށެވެ. އަހަރެމެންނައް ފުރަތަމަ އަހަރެމެން ކުއަޔައް ހިފި ގެޔައް ހޮސްޕިޓަލުން ދާކައް ނޭގުނެވެ. ދެތިން މީހެއްގެ އެހީއާ އެކީ އަހަރެމެންނައް ގެޔައް ދެވުނީ ގަޑިއެއްހާ އިރު މާލޭގެ އެ މަގުތަކުގައި ތޮޅެމުންނެވެ. ގެއިން ހޮސްޕިޓަލައް ވެސް ދެވުނީ ހަމަ އެހާލެއްގައެވެ. މައްމަ އައިސީޔޫގައި އޮތް އިރު 24 ގަޑި އިރު ވަންދެން އެކަކައް ވެސް ނުވަދެވޭނެ ވާހަކަ ޑަކުޓަރު ވަނީ އަންގަވާފައެވެ. މިކަހަލަ ކާރު ބާރު ބޮޑު ރަށަކައް އައި ފުރަތަމަ ފަހަރު ކަމުން ވަރަށް ގޮންޖެހުންތަކާ ވެސް ކުރިމަތި ވިއެވެ. އެންމެ ބޮޑު އެއް މައްސަލައަކައް ވެފަ އޮތް ކަމަކީ މާލޭ ބަސް ނޭގުމެވެ. އަހަރެމެން އުނގޫފަރުގައި އުޅުނު ކަމުގައި ވިޔަސް ވާހަކަ ދައްކައި ހަދައި އުޅުނީ ލ. ބަހުންނެވެ. އެހެން ކަމުން މީހުންނާ މުއާމަލާތް ކުރުންވީ ވަރަށް އުދަގޫ ކަމަކަށެވެ. އަހަރެމެންނައް އައި.ޖީ.އެމް.އެޗް އިން ގެޔައް އައިސް ކައިރީ ފިހާރަތަކާ ހޮޓާތައް ހިތުދަސް ކުރެވުނީ ގާތް ގަޑަކައް ހަފްތާއެއް ވަަރު ވުމުންނެވެ.

އަހަރެެމެން މާލެ ދިޔަ ދުވަހު މައްމަގެ އެކި ޓެސްޓު ތަކެއް ހެދިއެވެ. ނަތީޖާ ލިބުނީ ދެދުވަސް ވަރެއް ފަހުންނެވެ. އަހަރެމެން ދުއާ ކޮއްކޮއް ތިބީ އެކުޑަ ފުރާނަ ސަލާމަތް ވުމައް އެދި އެެވެ. އެހެންނަމަވެސް ޓެސްޓު ނަތީޖާ ލިބުމުން އިގުނީ ކުއްޖާ ބައިގެން ގޮއްސި ކަމަށެވެ. އަހަރެމެން ތިބީ ވަރަށް ދެރަ ވެސް ވެފައެވެ. މައްމަ ގެޔައް ދޫކުރީ ދެހަފްތާ ފަހުންނެވެ. އޭގެ ފަހައް ވެސް ދެހަފްތާ އިތުރައް މަޑުކުރަން އަހަރެމެންނައް ވަނީ ޖެހިފައެވެ. ސަބަބަކީ ޑޮކްޓަރު ބުނީ މައްމަ އަދި އިތުރައް ރަނގަޅު ތޯ ބެލުމައް ދެހަފްތާ ވަންދެން ވާ އެއްޗެއް ބަލާފަ ދެއްކުމަށެވެ. އެހެންކަމުން ފައިސާގެ ދަތިކަން ވީ ވަރަށް ބޮޑު މައްސަލައަކައް ވެފައެވެ. އެކި މީހުންގެ ގެތަކުގައި ސަލާމް ޖަހަމުން ނޯކަރީ ކަން ކުރަމުން އަހަރެމެން އުަޅުނީ އެދުވަސް ކޮޅު ވަރަށް ނިކަމެތިކޮށެވެ. އެހެންނަމަވެސް އަހަރެމެން އެއިރު އެވީ ކެތްތެރިކަމާ އެ ކުރެއްވީ ދުއާ އިޖާބަކުރީ ކިތަންމެހާވެސް ފުރިހަމަކޮށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

pumpkin girl

Level 1

Other Articles

Previous

އިންސާނެކީމޭ………..

Next

ހަނދުވަރު ދިން އެރޭ

Next
September 18, 2024

ހަނދުވަރު ދިން އެރޭ

Previews
September 18, 2024

އިންސާނެކީމޭ………..

3 Comments!

  1. Cutie girl says:
    September 19, 2024 at 6:57 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Zaan and Sahaa dhuru nukurachey
    They both are made for each other
    Nafurathakee loabeege feshun
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

  2. Anonymous says:
    September 25, 2024 at 12:24 pm

    salaam.when will the next chapter b published. love this story sm!

    1. pumpkin girl says:
      September 26, 2024 at 5:29 pm

      midhethin dhuvas thankalheh bxy v ma… i will try honihiru dhuvahu genesdhevey thw…

Comments are closed.

Next Episodeސިއްރު-8←


All Right Reserved!