********************* އެގޮތުގައި އުޅުނިކޮއް އަހަރެމެންނަްއް ދިމާވީ ވަރަށް ރަނގަޅު ބޭބެ އެކެވެ. ވަރަށް ހިތް ހެޔޮ ވެފައި އަހަރެމެންގެ ހާލަތު އިގުމުން އެހީވާން ވެސް އެއްބަސް ވިއެވެ. އެގޮތުން އެ ބޭބެ އަހަރެމެން މާލެ ތިބިހައި ހިނދަކައް އަހަރެމެންގެ ކުލިތައް ދައްކާނެ ކަމައް އެއްބަސް ވިއެވެ. އަދި އަހަރެމެން އެބޭބެ އުޅޭ ގެޔައް ވެސް ގެނައެވެ. އެ ބޭބެގެ ވެސް ކުޑަ އަންހެން ކުއްޖަކަު ހުރެއެވެ. އެބޭބެ ބުނި ގޮތުން ނަމަ އެކުއްޖާ މައްމަ އެއް ނެތެވެ. […]
އެހެން ކަމުން އަހަރެމެން އަގައިން ބަހެއް ވެސް ނުކިޔާ ގުޑި ލާން ވެސް ނުކެރިފައި ތިބީމެވެ. ރޭގަނޑު ކަމުން ބައްޕަ އޮތީ އާދައިގެ މަތިން މަސްތު ވެފައެވެ. ………………………………………………………………. އެހެން ހުއްޓާ ބޭބެ އަހަންނައް ހިޔާލެއް ދިނެވެ. މިކަންތައް މީހަކާ ހިއްސާކޮއް ފުލުހުންނައް އެންގުމެވެ. ބޭބެ އަކީ އެއިރު ސޯޅަ ސަތާރަ ވަރަކަށް އަހަރުގެ ކުއްޖެ ކަމުން އެވަރު ވެސް ވިސްނުނީއެވެ. އަހަރެން ފުރަތަމަ މި ކަމައް އިންކާރު ކުރީ މައްމަ ކައިރީ މިކަންތައް ބުނެފައި ކުރުމައް […]
އަހަރެން ސިހިގެން ދިޔައީ މީހަކު ދޮރު ހުޅުވި އަޑަށެވެ. ދެން އިތުރަށް އެ ޚިޔާލީ ދުނިޔޭގައި ނޯންނަން ވެގެން އަހަރެން ވަރަށް ނޫން ކަމަށް ހަދާލާފައި ދޮރާ ދިމާލަށް ބަލާލީމެވެ. ބެލި އިރު ހުރީ މައްމައެވެ. މައްމަ އަކީ އެ ގޮތައް އަހަރެން އިނުމައްފަހު ވަންނަ މީހެއް ނޫނެވެ. ވަގުތުން އަހަންނަށް ކިހިނެއް ވީ ހެއްޔޭ ކިޔާ ސުވާލު ކޮއްލެވުނެވެ. ނަމަވެސް މައްމަ އަހަންނަށް ވަރަށް ފުން ނަޒަރެއް ދިނުމައް ފަހު އައިސް އަހަރެން ކައިރީ އެދުގައި […]
ހެދުން ލައިގެން ބެލްކަނީއަށް ނުކުތް އިރު އުޑު މަތި ވަނީ ވަރައް ބޮޑަށް ބަނަ ކޮއްލާފައެވެ. ކަޅު ވިލާތަކުން އުޑުމަތި ބަނަ ކޮއްލާފައިވާއިރު ހީވަނީ ދެންމެ ދެންމެ އޮއްސާލަފާނެހެނެވެ. ********************************************************* “އިޒާން… ކާން އާދޭ!” މައްމައަށް އަހަރެން ނުކުތް ކަން އިގުނީ ކޮޓަރީގެ ދޮރު ހުޅުވި އަޑަށެވެ. އަހަރެންގެ ކޮޓަރިޔާއި ބަދިގެ ހުންނަނީ ކައިރީގައި ކަމުން އަހަރެންގެ ކޮޓަރީ ދޮރު ހުޅުވާ އަޑު ނުލާހިކު ސާފުކޮށް ބޭރައް އިވެއެވެ. އަހަރެން އަޑު ނީވޭ ކަމައް ހަދާފައި ވެސް […]
އަހަރެން ވަރަށް ފަރުވާ ކުޑަ ގޮތެއްގައި ރަޖާގަނޑެއް ނަގާ ޝަހާގެ ގައިމަތީގައި އަޅާލީމެެވެ. އެޔައްފަހު ލަސްނުކޮއް އަވަހައް މިސްކިތައް ދެވޭތޯ ބެލީމެވެ. ……………………………………………………. އަހަރެން އެދުވަހު ފަހުންް އޮފީހައް ގޮސް ޗުއްޓީގެ ކަންތައް ހަމަޖެއްސުމާއިގެން އުޅުނީމެވެ. އަހަންނަކީ އެ އޮފީސްގެ ވެރި ފަރާތައް ވުމުން އަހަރެން މަސައްކަތް ކުރަމުން އައީ އެންމެ މަތީ މަޤާމުންނެވެ. އެހެންކަމުން އަހަރެންގެ މަސައްކަތަކައް ވެފައި އޮތީ އަހަރެން ކުރަން ޖެހޭ ކަންތައް އަހަރެންގެ (ޕްރައިވެޓް އެސިސްޓެންޓް) ޕީއޭ އާ ހަވާލު ކުރުމެވެ. […]
“ޒާން؟ ކޮންކަމަކާ ތި ވިސްނަނީ؟ ކޮން ފޫއްސެއް ތި ވަނީ؟ ކިހިނެއްވީ؟” އަހަރެން ވިސްނަން އިންކަން ދެނެގަންނަން އައްޒާމް އައް މާ އުނދަގޫ ނުވިއެވެ. ………………………………………………………………….. “ކަމެއް ނުވޭ… ދަތުރު ދޯ؟ ދެން ދާނީ އެއްނު؟” އަހަރެން މަޑުމަޑުން ހީލަމުން ވަރަށް ނޫން ކަމައް ހަދާލާފައި ބުނެލީމެވެ. ކިތަންމެ ދާ ހިތެއް ނެތަސް އަހަންނަށް ދާން މަޖްބޫރު ވިފަދަ އެވެ. އެކުވެރިޔާ އެފަދަ ކަމަކައް އެދުމުން ނޫނެކޭ ބުނަން ވެސް ނުކެރުނީއެވެ. “ބްރޯ… ކައިރީ ރިސޯރޓް އަކައް […]
ކިޔުންތެރިންގެ ސަމާލު ކަމައް! 1. މި ވާހަކަ އަކީ އަޅުގަނޑު މި ސައިޓުގައި ލިޔާ ފުރަތަމަ ވާހަކަ ކަމުން މި ވާހަކާގައި ކުއްތައް ހުރެފާނެ އެވެ. މި ކަމައް ކިޔުން ތެރިންގެ ފަރާތުން ނިހާޔަތައް މަޢާފައް އެދެމެވެ. އަދި އަޅުގަނޑަށް ދިމާވާ ކުއްތައް ފާހަނގަކޮައް ދިނުމައް ވެސް އެދެމެވެ. އެއިރު ކުރިޔައް އޮތް ތާނގައި އެކަންތައް ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރާނަމެވެ. 2. “ސިއްރު” މި ވާހަކާގެ ފުރަތަމަ ޕާރޓު އަޅުގަނޑ އަޕްލޯޑު ކޮއްފަ އިންނާނީ ތަފާތު […]