ސިއްރު-6
އަހަރެން ސިހިގެން ދިޔައީ މީހަކު ދޮރު ހުޅުވި އަޑަށެވެ. ދެން އިތުރަށް އެ ޚިޔާލީ ދުނިޔޭގައި ނޯންނަން ވެގެން އަހަރެން ވަރަށް ނޫން ކަމަށް ހަދާލާފައި ދޮރާ ދިމާލަށް ބަލާލީމެވެ. ބެލި އިރު ހުރީ މައްމައެވެ. މައްމަ އަކީ އެ ގޮތައް އަހަރެން އިނުމައްފަހު ވަންނަ މީހެއް ނޫނެވެ. ވަގުތުން އަހަންނަށް ކިހިނެއް ވީ ހެއްޔޭ ކިޔާ ސުވާލު ކޮއްލެވުނެވެ. ނަމަވެސް މައްމަ އަހަންނަށް ވަރަށް ފުން ނަޒަރެއް ދިނުމައް ފަހު އައިސް އަހަރެން ކައިރީ އެދުގައި އިށީނެވެ.
އަހަރެން ހުރީ ރަނގަޅަށް ވެސް މި ވާ ގޮތެއް ނޭގިފައެވެ. މައްމަ މިއަދު މި އައީ ކީއްކުރަން ހެއްޔެވެ؟ އަނެއްކާ ޝަހާ ކޮަބައި ހެއްޔެވެ؟ މައްމަގެ ހަރަކާތް ތަކުން މައްމަ އަހަންނާ ވާހަަކައެއް ދައްކަން އުޅޭ ހެން ވެސް ހީވެއެވެ.
“މައްމަމެން މިތިބީ ވަރަށަ އުފަލުން ޒާން މިއަދު ގެއިން ކެއީތީ… ގާއިމު ޝަހާ އައި ފަހުން ޒާން އެއް ގެޔަކުން ނުއެއް ކާ… ޝަހާ ވެސް ހުރީ ވަރަށް އުފަލުން…” މައްމަ މަޑުމަޑުން އަހަރެންގެ އަތުގައި ހިފާލިއެވެ. އަދި ވަރަށް ފުންކޮއް އަހަރެންގެ ދެ ލޮލަށް ބަލާލިއެވެ. އަހަރެން ވެސް އިނީ މައްމަގެ ބަސް އަހައިގެން ރީއްޗަށެވެ. ” މައްމައަށް އިގޭ ޒާން އަދި ވެސް ޝިރާ މަތިން ހަނދާން ވާކަން… މައްމަ ނަމަވެސް މައްމަ އައް ވާނީ ހަމަ ތިހެން… މައްމަ އައްވެސް ވިސްނޭ ޒާން ތިކަމުގެ ސިއްރު ހޯދަން ބޭނުންވާ ވަރު… މައްމަ ތިކަމާ އެއްބަސް… އެކަމު ޝަހާ… ޒާން! ޝަހާ އެއީ ޒާންގެ އަބިމީހާ ދޯ؟ ޒާންގެ ޒިންމާއެއްދޯ ޝަހާ ރަނގަޅައް ބެލުމަކީ؟” މައްމަ އަހަރެންގެ އަތައް ބާރު ކުރަމުން ބުނެލިއެވެ. “މައްމަ ޒާން ކައިރީ މީހަކާ ވެސް އިންނަން ބުނީ… ޝަހާ ދައްކާފަ ޝަހާއާ ވެސް އިންނަން ބުނީ ޚުދު މައްމަ… ކޮންމެހެން ޒާން އެކަމާ އެއްވެސް ވަރަކަށް ހިތް ހަމަ ޖެހޭތީއެއް ނޫން… އެކަމު ވެސް މައްމަ އަބަދު ވެސް ވިސްނަނީ ޒާން އައް ރަނގަޅައް ކަންތައް ކުރެވޭތޯ ދޯ؟ އެކަމު މައްމަ އެއްވެސް ވަރަކައް ޒާން އަކަަައް މަޖުބޫރު ނުކުރަން… މައްމަ ބޭނުމެއް ނުވޭ ޒާން އަބަދު ތިކަންތަކާ ވިސްނާ ބޯގޮއްވާލާކައް… މައްމަ ބޭނުމީ އިޒާންއައް އުފާވެރި ހަމަޖެހޭ ރަނގަޅު ދިރި އުޅުމެއް ހޯދަދޭން… އެހެންވެެ ރަނގަޅު ބައިވެރިޔަކު ހޯދާފަ ދެއްކީ… މައްމައައް އިގޭ ޒާން ގޭގައި ނުހުންނަނީ ޝަހާ ގޭގައި ހުންނަ ތީވެ ކަން ވެސް. ޝަހާއައް ވެސް އިގޭ… ކިތައް ދުވަހު ޝަހާ ބުރަކޮއް ގޭގައި އުޅެފާ ޒާން އައް ކައްކާށޭ ކިޔާ އެ ވަރުބަލި ކަމާއެކީ އެ ކައްކަނީ؟ މައްމައައް އިގޭ އޭނަ އުޅޭ ހާލު… ދެން ތިހެން ކަންތައް ކުރަންޏާ ޝަހާ ކިހާ ދެރަ ވާނެ. އެއްފަހަރު ދެފަހަރު އެއް ނޫނޭ ޝަހާ މައްމަ ކައިރީ ޝަކުވާ ކުރަނީ… ޝަހާ ހުންނަނީ ވަރަށް ދެރަ ވެފަ ޒާން އެގޮތައް ކަންތައް ކުރާތީ… މައްމަ ދެން އުއްމީދު ކުރަން ޒާން އެގޮތައް ކަންތައް ނުކުރާނެ ކަމައް…”
މައްމަ އެއްމެ ފަހު ބަސް އިއްވާލުމައް ފަހު ކޮޓަރިން ނުކުމެގެން ދިޔައެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ހަގީގަތުގައި އަހަންނައް އަދި ކިރިޔާ މި ވިސްނެން ފެށުނީ ޝަހާއާ ދޭތެރޭ އަހަންނަށް ކަންތައް ކުރެވިފައި އޮތް ގޮތާ މެދުގައެވެ. ޝަހާ އަކީ ނުލާހިކު ކެތް ތެރި ކުއްޖެކެވެ. ނަމަވެސް އަހަރެން އަދި އެހެން މީހެއްގެ އަންހެން ދަރިޔަކައް މި ގޮތައް ކަންތައް ކުރެވުމުން ދެރަ ވެސް ވެ ލަދު ވެސް ގަތެވެ. ހަމަ ގާމުވެސް އަހަންނަކައް އަހަރެންގެ ކުއްޖަކާ ދޭތެރޭ އެހެން މީހަކު މިގޮތައް ކަންތައް ކުރާ ތަނެއް ބަލަން ނުހުރެވޭނެއެވެ.
އެހެން އިރުކޮޅަކައް ވިސްނަން އިންދާ އަހަރެންގެ ސަމާލުކަން ދިޔައީ ހުޅުވިގެން ދިޔަ ދޮރަށެވެ. މި ފަހަރު އަހަރެން ބެލީ ފޫހި ވެގެނެއް ވެސް ނޫނެވެ. ރުޅި އައިސް ގެނެއް ވެސް ނޫނެވެ. ނަމަވެސް ހަމްދަރުދީއާ އެކުގައެވެ. ނަމަވެސް އެ ގޮތައް ކަންތައް ކުރެވިފައި އޮތުމުން ވަރަށް ދެރަވެ ހުރެ އެވެ. ޝަހާ ވެސް އަހަންނަށް ލުއި ހިނިތުން ވުމެއް ދިނުމައް ފަހު ގޮސް އެދުގައި އަހަންނާ ދުރައް ވާ ގޮތައް އިށީނެވެ. ޝަހާ އިސްދަށައް ޖަހައިގެން އިން އިރު އިނީ ފޯނާ ކުޅޭށެވެ.
އެ ދޮން ދޮން މޫނާއި އެ ހިމަތޮޅި ނޭފާތާއި މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގެ ސަބަބުން ޝަހާ ކޮންމެ ވެސް ވަރަކައް ޝިރާއާ ވައްތަރެވެ. ބުރުގާ އެޅިޔަސް ވައްތަރެވެ. ނަމަވެސް އަދިވެސް އަހަންނަކައް ޝަހާ ދެކެ ލޯތްބެއެއް ނުވެވުނެވެ. ލޯބި ވާން މަސައްކަތް ކޮއްކޮއްވެސް ލޯބި ނުވެވުނެވެ. އަސްލު ބުނާ ނަމަ ލޯބި ވާކައް އަހަރެންގެ ހިތް ނޭދެނީއެވެ. އަހަރެން ޝިރާ ނޫން އެއްވެސް ފަރާތެއް އަހަރެންގެ ހަޔާތަށް ގެންނަން އަދި ބޭނުން ނުވެއެވެ.
އަހަރެން ވެސް އެހެން އިންދާ ފޯންއަށް ނޮޓިފިކޭޝަން ބައިވަރެއް އަންނަން ފެށުމުން ފޯން ހުޅުވާ ބަލާލީމެވެ. އެގޮތުގައި އިންދާ އަހަރެން މެންދުރު ނަމާދު ވަގުތު ޖެހުމުން ފެންވަރަން ދިޔައީމެވެ.
މެންދުރު ނަމާދަށްފަހު އަހަރެން ގެޔައް އައިސް ވަނީ ވަރަށް ބަނޑުހައިވެ ހުރެއެވެ. އަދިޔަކުން އައްޒާމްގެ ޚަބަރެއް ނުވެއެވެ. ގެޔަށް އައި އިރުވެސް އުޑުމަތި އޮތީ ފާޑަކައް ބަނަ ކޮށެވެ. އަހަރެން ގެޔައް ވަތް ގޮތައް ފުރަތަމަ ވެސް ލިބުނީ ހައިރާން ކަމެކެވެ. އަހަރެންގެ ކުރިމަތީ އެހެރީ އަހަރެންގެ އެއްބަޑު އެއްބަފާ ބޭބެއެވެ. އަހަންނައް ވުރެން 5 އަހަރު ދޮއްޓެއް ކަމަކު އަހަރެމެން ދެމީހުން ނުލާހިކު ގުޅެއެވެ. ދެން ބޭބެ ކައިރީ ކޮޅައް ހުރީ ފަހަރިއެވެ. ބޭބެ އާއި އެއް އުމުރެއް ކަމަކު ފަހަރި ހީވަނީ ހުންނަ ޒުވާން ކަމުން ކުޑަ ކުއްޖެ ހެނެވެ. އެ އިރު މައްމަ ބޭބެ ގައިގަ ހިއްޕާލާފަ ދޫނުކޮއް އޮތެވެ.
އަހަންނައް ބޭބެ ފެނުމާއެކު ނަމުން ގޮވާލެވުނެވެ. “އިޒްޔާން” ދުވެފަ ގޮސް އަހަރެން އިޒްޔާން ގައިގަ ބައްދާލީމެވެ. އެ އިރު އަހަންނައް ފެނުނީ އިޒްޔާން ގެ ފުރަގަހައް ވާ ގޮތައް ހުރި ޝަހާ އުރައިގެން އިން ފަސް މަހުގެ ލޯބި ލޯބި ލިއުޝާއެވެ. ހަޤީގަތުގައި އަހަންނައް އަހަރެންގެ ބޭބެ މި ފެނުނީ 5 ވަރަކައް މަސް ފަހުންނެވެ. އެންމެ ފަހުންް ވެސް މި ކޮޅައް އައީ އަހަންނާ ޝިރާއާ ކައިވެނި ކުރަން އުޅުނު އިރެވެ. އަަހަންނާ ޝަހާއާ ދެމީހުން އިންނަން އުޅުނު އިރު އިޒްޔާން އައް ވަޒީފާގައި ޗުއްޓީ ނުލިބުމުން ނާދެވުނެވެ. މި ކަމާ ވަރަށް ދެރަ ވެގެން އިޒްޔާން އުޅުނެވެ. އަދި ޗުއްޓީ ލިބުނުހާ އަވަހައް އަންނާނެ ކަމައް ވެސް ވައުދުވިއެވެ. ބަލަން ނުހުރެ އަހަރެން ގޮސް ޝަހާ އަތުގައި އޮތް ދަރިފުޅު އުރާލީ ލޯބިންނެވެ.
އެ ގޮތުގައި އިރު ކޮޅެއް ހޭދަ ކޮއްލުމައް ފަހު އަހަރެމެން ދިޔައީ ބަދިގެޔާވީ ފަޅިއައް މެންދުރުގެ ނާސްތާ ކުރާށެވެ. މިއީ އަހަރެންގެ ކުޑަ ކުޑަ އާއިލާއެވެ. އަހަރެންގެ އާއިލާގައި އަދި އަންހެން ކޮއްކޮ އެއްވެސް ހުރެއެވެ. އެކަމަކު އެއީ އަހަރެންގެ އެއްބަނޑު އަދި އެއްބަފާ ކުއްޖެއް ނޫނެވެ. އެއީ މައްމަ މިހާރު އިދެގެން އުޅޭ އަހަރެންގެ ދޮން ބައްޕަ ކުރިން ކުރި ކައިވެންޏަކައް ލިބުނު ދަރިފުޅެކެވެ. އެ ކުއްޖާގެ މައްމަ އެ ކުއްޖާ ވިހެއުމުގެ ތެރެއިން ދުނިޔެ ދޫކޮއް ދިޔައީއެވެ. އަހަރެމެންނައް ވުރެން ހަ އަހަރައް ހަގަސް އަހަރެމެންނާ ވަރަށް ގުޅޭނެއެވެ. މައްމަ އަހަރެންގެ ދޮން ބައްޕައާ ކައިވެނި ކުރި އިރު އަހަންނައް ގާތް ގަޑަކައް 13 އަަހަރެވެ. އަދި އެ ކުއްޖާއައް ވާނީ 7 އަހަރެވެ. އެ ކުއްޖާ ހުންނަނީ އަހަރެންގެ ދޮން ބައްޕަ ކަމައްވާ ޝަފީއު އާ އެއްކޮއް ކިޔަވަން ކެނެޑާއައް ގޮހެވެ. ރުފިޔާ ލިބި ތަނަވަސް އާއިލާއަކައް ވެފަ އޮތް އިރު ރާއްޖެއައް ވުރެން ރަނގަޅައް ކިޔެވެން އޮތް ތަނަކައް ދޮން ބައްޕަ ދިޔައީ އޭނާގެ އެދުމުން އަހަރެމެން އެންމެންގެ ރުހުމާ ވެސް އެކީގައެވެ.
އުމުރުން އަދި އެކުއްޖާއައް ވާނީ އަޝާރަ ވަރަކައް އަހަރެވެ. އެ އީ ނަޝްވާއެވެ. ބައްޕަމެން ބުނި ގޮތުން މީގެ ހަފްތާއެއް ފަހުން ހަމަޖެހިފައި އޮތް ނަޝްވާގެ ގްރެޖުއޭޝަންއައް ފަހު ބައްޕަ މެން މިކޮޅައް އަންނާނެއެވެ. އަހަރެންގެ ދޮން ބައްޕަ އަކީ މާލޭގެ ނަން މަޝްހޫރު ވިޔަފާރި ވެރިއެކެވެ. އަހަރެން އުޅޭ އޮފީހަކީ ވެސް ދޮން ބައްޕަގެ ތަނެކެވެ. ދޮން ބައްޕަގެ ދެ ތިން އޮފީހާއި ހަ ވަރަކައް ފިހާރާއި ދެ ބިލްޑިންގ މާލޭގައި އިދެއެވެ. އަހަރެން ހަވާލުވެގެން ހުންނަނީ އެންމެ މުހިންމު އެއް އޮފީހާއި އެވެ. ދެން ތިބޭ ތަން ތަނާއި ހަވާލުވެގެން އުޅެނީ ދޮން ބައްޕަގެ ރައްޓެހިންނާއި ތިމާގެ މީހުންނެވެ.
ދޮން ބައްޕަގެ މި ވިޔަފާރީގެ ދާއިރާ ވަނީ ހަމަ އެކަނި ރާއްޖޭގައި އެއް ނޫނެވެ. މިހާރު ދޮން ބައްޕަގެ ކުންފުނި ތަކީ ވެސް ގިނަ ބޭރު ބޮޑެތި ގައުމުތަކުގައި ވެސް ކުރިއަރަމުންދާ ވިޔަފާރި ތަކެވެ. އެންމެ ބޮޑައް އޮންނަނީ ޔޫއޭއީ ގެ 2 ސްޓޭޓްއެއް ކަމުގައި ވާ ދުބާއީ އާއި އަބޫ ދާބީގައެވެ. އަދި މިހާރު ކެނެޑާގައި ވެސް ވަނީ ބައްޕަގެ ވިޔަފާރި ވަރަށް ކާމިޔާބު ކޮއްފައެވެ.
ދެން ހުރީ އަޅުގަނޑުު މި ދުނިޔެމަތިން ވެސް އެންމެ ފޫހި ވާ ފަރާތް ކަމުގައިވާ އަޅުގަނޑުގެ އަސްލު ބައްޕައެވެ. އެ ބައްޕަގެ ވާހަކަ ދައްކަމާ ހިގާ ތޯއެވެ.
އަހަރެމެން އެންމެ ކުޑަ އިރުން ވެސް ބައްޕަ އަހަރެން ދެކެ ވަރަށް ފޫހި ވާނެއެވެ. އަހަރެން އެކަނި އެއް ނޫނެވެ. މައްމަ އާއި އަހަރެންގެ ބޭބެ ދެކެ ވެސް މެއެވެ. ބައްޕަ އަހަންނަށް ލޯބިން ދަރިފުޅާއޭ ކިޔާ ގޮވި ހަނދާނެއްވެސް އަހަރެންގެ ނެތެވެ. ހިތާމައަކީ ކުޑަ އިރުން ފެށިގެން ބައްޕައެއްގެ ލޯތްބައް އެދި އެދި ހުރި އަހަރެންގެ ހިތް ފުރާލަދިނީ އަހަރެންގެ އަސްލު ބައްޕައެއް ނޫނެވެ. އެހެންނަމަވެސް އަހަރެންގެ ދޮން ބައްޕައެވެ. އެ ބައްޕަގެ ލޯތްބާއި އަޅާލުން ލިބޭނެ ކަމުގެ އުއްމީދުގައި އެތަކެއް ދުވަހެއް އަހަރެން ވޭތުކުރީމެވެ. އެހެންނަމަވެސް ބައްޕަ އަހަރެމެން ދެކެ އެ އަންނަ ރުޅި އެއީ މާ ގަދަ ވެގެންވާ އެއްޗެކެވެ. ރުޅި އަންނަ ސަބަބެއް އަހަންނަކައް ނޭގެއެެވެ. ނަމަވެސް ބައްޕަގެ ރުޅީގެ ރޯޅިގަނޑު ނާރާ ދުވަހެއް ނުދާނެ އެވެ. އަރާއިރު ގެ ހީވާނީ ވައްޓާލަފާނެ ހެނެވެ. މި ކަމުން މައްމަ އައް ކުރާ އަސަރު މާ ބޮޑެވެ.
ހަނދާން ހުންނަން ފެށި އިރުގައި ބައްޕަ އެ ގޮތައް ކަންތައް ކުރަން ފެށި ފުރަތަމަ ދުވަސް ކޮޅު ބޭބެ އަހަރެން ގޮވައިގެން ކޮޓަރިޔައް ނޫނީ ބޭރައް ދެއެވެ. އެ އިރު އަހަރެން ވާނީ ހަތަރު ނޫނީ ފަސް ވަރަކައް އަހަރެވެ. ކޮޓަރިޔައް ވަންނަ އިރު މައްމަގެ އާދޭސްތަކާއި ރޮއި ހަޅޭއްްލަވާ އަޑު ހުންނަނީ މުޅި ގޭގައި ގުގުމާފައެވެ. މި ކަމާ އަހަރެން މައްމަ އާއި ވެސް އަދި ބޭބެ އާއި ވެސް ސުވާލު ކުރުމުން ހަމަ އެކަނި ދެނީ ލުއި ހިނިތުން ވުމެކެވެ. އެ އިރުވެސް ބައްޕަގެ ނުފޫޒު ގަދަކަމުން އަހަރެމެންނައް ސުކޫލައް ދިޔުން ވަނީ މަނާ ކޮއްފައެވެ. އަދި ބައްޕަމެން އަހަރެމެން އެންމެން ގެންގުޅުނީ ވެސް ބިރު ދައްކައިގެންނެވެ.
އަހަރެންގެ ބޭބެ އަކީ ކުޑާއިރުއްސުރެން ވަރަށް ބޯހަރު މީހެކެވެ. ބައްޕަގެ އަނިޔާތައް ފަހުން ގޮސް ބޭބެއައް ވެސް ލިބެން ފެށީ ގާތްގަޑަކައް ބޭބެގެ އުމުރުން އެގާރަ ނޫނީ ބާރަ ވަރަކަށް އަހަރުންނެވެ. އެ އިރު އަހަރެން ގޮވައިގެން ކޮޓަރިޔައް ވަންނާނެ މީހަކު ނުވުމުން މި ހުރިހާ ކަމެއް ހިގާ ދަނީ އަހަރެންގެ ލޯ ކުރިމަތީގައެވެ. މައްމަ އާއި ބޭބެ އަހަރެން ކައިރީ ކޮޓާރިޔައް ދާށޭ ބުންޏަސް އަހަންނައް ހަމަ ހުރެވެނީއެވެ. ފަހަކައް އައިސް އަހަންނައް މި މަންޒަރު ތަކައް ހޭނެން ފެށުނެވެ. ދެން އެ ރޯޅިގަޑު އަހަންނައް އަންނަން ފެށިއެވެ. ކޮންމެ ދުވަހަކު ނިކަމެތި ހާލުގައި އަހަންނައް މި އަނިޔާތައް ތަހައްމަލް ކުރަން ޖެިފައި ވެއެވެ. އަދި ޚާއްސަކޮއް ރޭގަޑުގައި ބައްޕަ ކުރާ އަނިޔާ އިތުރައް ބޮޑުވާ ފަދައެވެ. އެ އިރު އެއީ ކީއްވެ ކަމެއް އަހަންނަކައް ނޭނގެއެވެ.
މި ގޮތައް ގޮސް އުމުރުން އައް ވަރަކަށް އަހަރުން ފެށިގެން ބައްޕަ ގެޔައް އަންހެނުން ގެންނަން ފެށިއެވެ. އަދި މައްމަ އެކަމާ ވަރަށް ދެރަވެ ހިތާމަ ކުރިތަން ވެސް ފެނުނެވެ. އެ އިރުގައި މައްމަ އެގޮތައް ބައްޕަ ފަދަ ނުލަފާ މީހެއް ދެކެ ލޯބި ވެވި ބޭކާރު ކަރުނަތައް އަޅާތީވެ އަހަރެންގެ ހިތުގައި މައްމައާ ދޭތެރޭ ވަރަށް ޝަކުވާ އުފެދުނެވެ. އެއިރުގައި ލޯތްބަކީ ކިހާ ބާރުގަދަ ކޯއްޗެއް ކަމެއް ނުދަންނަ އަހަރެމެންގެ ބޮލައް ވިސްނެނީ ވަކި ރަނގަޅު ޖަވާބު ތަކެއް ނޫނެވެ. ޚުދު އަހަރެން މިހާރު ލޯބިވާ މީހަކު ބީވެ ދިޔުމުން ވާ އިހުސާސް ވެއެވެ. އަންހެނުން ގެންނަ އިރު ބައްޕަ މަސްތުވާ ތަކެތި ވެސް ގެނެއެވެ. އެއިރު އެއީ ކީއްކުރާ ކޯއްޗެއް ކަމެއް ނޭގެއެެވެ. އެ އިރުގައި ބައްޕަ މަސްތުހާލަތުގައި އޮވެ އަރުވާ ވައްތަރުތަކުން ބައެއް ފަހަރު ބައްޕަ އަކީ ބޯ ހަމަ ނުޖެހޭ މީހެއް ކަމައް ވެސް ހީކުރެވުނެެވެ. މިކަންތައް ވެސް ތަކުރާރު ވަމުން ގޮސް އެންމެން ވެސް މި ކަންތަކައް ހޭނެން ފެށިއެވެ. އަހަރެން ވެސް ބޮޑު ވަމުން އަންނަން ފެށުމުން މަސްތުވާ ތަކެއްޗަކީ ކިހިނެއްވާ ކޯއްޗެއް ކަން ބޭބެ ކިޔާދިނެވެ. ފުރަތަމަ އަހަރެން ބައްޕަ އެފަދަ ކަމެއް ކޮއްފާނެއޭ ހީވެސް ނުކުރަމެވެ. ނަމަވެސް ކޮންމެ ރެޔަކު ތަކުރާރުކޮއް ފެންނަމުންދާ އާންމު މަންޒަރަކައް އެ ކަންތައް ވެގެން ދާތީ ގަބޫލު ކުރަން ކިތަންމެ ދަތިވި ކަމުގައި ވިޔަސް ގަބޫލުކުރީމެވެ.ފުރަތަމަ ދުވަސް ކޮޅު ބައްޕަ އަހަރެމެންނައް އެ ހުރިހާ އަނިޔާއެއް ކުރަމުން ދިޔަ އިރު ވެސް އަހަރެން ބައްޕަ ދެެކެ ހިތުގެ އަޑިން ލޯބި ވީމެވެ. ނަމަ ވެސް ފުރާ ވަރަށް އެޅެން ފެށުމުން ބައްޕަ ދެން ބަދަލު ނުވާނެއޭ ހިތާ އަހަރެން ފަހުން ގޮސް ބައްޕަ ދެކެ ފޫހިވެ ނަފްރަތު ކުރެވެން ފެށުނެވެ.
މި ގޮތުން ވެސް ދުވަހެކެވެ. މައްމަ ދިޔައީ ބައްޕަގެ އަނިޔާތަކައް ކެތް ކުރަމުންނެވެ. މަންޒަރު ބަލަން ދަތި ވެފައި ބޭބެއާއި އަހަރެން ދުރުގައި ބަލަން ތިބީ ކުރާނެ ވަކި އިތުރު ކަމެއް ނޭގޭ ހާލުގައެވެ. ބޯ ހަރަސް އަހަރެންގެ ވިސްނުން އަދި އެންމެ އެކަށޭނެ ވަރަށް ނުދެއެވެ. އެހެންކަމުން އަަހަރެމެން އަގައިން ބަހެއް ވެސް ނުކިޔާ ގުޑިލާން ވެސް ނޭގިފައި ތިބީމެވެ. ރޭގަނޑު ކަމުން ބައްޕަ ވެސް އޮތީ އާދައިގެ މަތިން މަސްތުވެފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Mi part kiyaafa rovijje
Izaan Sahaa ah Ehn hadhaakah nuvaane
Izaan aa Sahaa dhuru nukurachey
They both are made for each other
Nafurathakee loabeege feshun
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍
V reethi baraboa waiting for the next part…🐓
innaane upload koffa… thxx…