Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުލިބޭނެހޭ އަލުން އެހީ 12

Nadhoo
Nadhoo Level 1
September 12, 2024 5 Mins Read
4 Comments

އެހެން ސަކަރާތް ޖަހަން އެތެއްއިރަކު ތިބުމަށްފަހު ގެޔަށްދިޔައެވެ. ” ލާރާ މަންމަ އަންނާނެ ނެކްސްޓް ވީކްގަ ބޮޑުބެ ދައްތަ މިހާރު ރަގަޅު ކެންސާރ ސެލްތަކެއް ނެތޯ މިހާރަކު ” އަޔާޒް ބުނުމުން ލާރާ ވަރަށް އުފާވިއެވެ.

މާފު އެދެން ބޭނުން ވިޔަސް އަޔާޒް އަކަށް އެ ހިތްވަރު ނުކުރެވުނެވެ. ކޮންމެ ދުވަހަކު ލާރާ ގެޔަށް ދާތީ އަޔާޒްވެސް މެންދުރު ކާން ދަނީ އެގެޔަށެވެ. އެންމެންގެ ތެރޭގައި ވާހަކަ ދައްކާލާނެ ފުރުސަތެއް ވެސް ނުލިބެއެވެ. ރޭގނޑު އަންނައިރު ލާރާ އޮންނަނީ ނިދާފައެވެ.

ނަސީމާމެން އަންނަ ދުވަސްކަމުންނާއި ލަޔާންގެ ކުދިންނަށް 7 ދުވަސް ވާ ދުވަސް ކަމުން ލާރާ އުޅުނީ ވަރަށް ބުރަކޮންނެވެ. ހެނދުނު ގެޔަށް ގޮސް ސައިހެދުމުގައި އުޅެފައި އައިސް ނަސީމާމެން އަންނަނީ 12 ޖަހާއިރުކަމުން މެންދުރުގެ ކެއުން ޖެނީ މަނާ ކުރީމާވެސް ތައްޔާރުކުރީ ލާރާއެވެ. ތައްޔާރުކޮށްލާފައި ގޮސް ލާރާ ފެންވަރާ ރީތިވެލިއެވެ. ހެނދުނު ލާރާގެ މަންމަމެންގެއިން ސައި ބޮއެގެން ދިޔަގޮތައް އޮފިހުގައި އުޅެފައި ގެޔަށް އައިސް ވަން އަޔާޒް އަށް ލާރާ ފެނުމުން ހުއްޓުން އެރިއެވެ.  ނޭވީ ބްލޫކުލައިގެ އަބާޔާއާއެކީ އަޅާފައިވާ ލައިޓް ބްލޫ ޝޯލް އިން ލާރާގެ ދޮންމޫނު ވިދާ ބަބުޅައެވެ. ދުވި ސެންޓުގެ މީރުވަހުންވެސް އަޔާޒްގެ ހިއްސުތަކަށް ގޮތްވިއެވެ. ” ކީއްވެ އެހާވަރަށް ތި ބަލަނީ ؟” ލާރާ އަޔާޒް ބަލާވަރުން އަހާލިއެވެ. ” ދެން އަހަރެން އެހާ ބުރަކޮށް އުޅެފަ އަންނަ ގަޑީގައި ނުވާނެދޯ ތިހާ ރީތިވެގެން ހުންނާކަށް އަހަރެން މޮޔަވެދާނެ” އަޔާޒް ބުނެލިއެވެ. ” މޮޔަވެފައި ތިޔަ ހުރީ މިހާރުވެސް ” ފަހަތުން އިވުނު ރީޝާގެ އަޑަށް ދެމީހުންނަށް އެކީ ބަލާލެވުނެވެ. ” މަންމާ!”  ލާރާ އާއި އަޔާޒް އެކު އެކީހެން ގޮސް ނަސިމާގެ ގައިގަ ބައްދާލިއެވެ. ” ލާރާ ދަރިފުޅު ހާދަ ލޮތްބޭ ހީވަނީ ހަމަ ފިލްމްސްޓާރެއްހެން” ނަސީމާ ލާރާގެ ގައިގަ ލޯބިން ފިރުމާލިއެވެ. ” ދެން އަހަރެން ވައްތަރީ ހާމާނުއާތަ؟ ” އަޔާޒް އަހާލިއެވެ. ” އަޅޭ އިލްކޮ ހާދަ ބޮޑުވެއްޖެ އޭ؟ ކުރިޔަށްވުރެންވެސް ލޯބި މިހާރު” ލާރާ އިލްޝާ އުރާލައިގެން ސޯފާގައި އިށީނެވެ. ” އިލްކޯ އަށް އިނގޭތަ ދައްތިގެ ބަނޑުގައި ވެސް ކުޑަކުޑަ ބޭބީ އެއް އެބައޮތޭ ” ލާރާ އެހެން ބުނެލުމުން އިލްޝާ ބޭބީ އޭ ކިޔާލިއެވެ. ” މަންމާ މީ ޖެނީ އަހަރެންގެ ޕާރޓްނާރ ” ލާރާ އެހެން ބުނެލުމުން ޖެނީ ހީލިއެވެ. ” އަދި އަލަށް ދޯ މި ފެނުނީ މިމަންޖެ ރީޝާ ބުނިވަރަށް ވުރެންވެސް މާފުރިހަމަ ” ހަސީނާ ލާރާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ” ހިންގާ އެންމެން ކާން ލާރު ވަރަށް މީރުކޮށް ކައްކާފައި އެބަހުރި ” ޖެނީ ބުނެލުމުން އެންމެން ވެސް ގޮސް ކާން އިށީނެވެ. ” ކާ އެއްޗިސް ހާދަ މީރޭ؟” ރާއިލް ބުނެލިއެވެ. ” ވަރަށް އުފާވެއްޖެ މިރުވީމާ ” ލާރާވެސް ހިނިތުންވެލާފައި ބުނެލިއެވެ. ކައި ނިމިގެން އެންމެންވެސް ގޮސް ސޯފާގއި ޖައްސާލި ވާހަކަ ދައްކާށެވެ. ” މަންމާ އަހަރެންގެ އެއްޗިހިތައް ގެނައިންތަ؟ ” އަޔާޒް އަހާލިއެވެ. ” ޖެނީ މަންމަ ގެނައި ތިން ބޮޑު ކަރުދާސް ފޮށިގެނެސްދީބަލަ ” ނަސިމާ ބުނުމުން ޖެނީ ދުވެލާފައި ފަހަރަކު ފޮއްޓެއް ގެނައެވެ. ” އަމިއްލަޔަށް ކަނޑާ ” ނަސީމާ އަޔާޒް އާއި ދިމާލަށް ބުނެލިއެވެ. ފޮށިތައް ކަނޑާފައި ނެގި ބޭބީ އެއްޗިހިތައް ފެނުމުން ލާރާއަށް އުފަލުން ރޮވުނެވެ. ކުޑަކުޑަ ހެދުންތަކާ، ބޫޓުކޮޅާ،ރަޖާ، ބާލީސް ސެޓް ތައް އަދި ބޭބީދަބަސް ހުރިހާ އެއްޗެއްވެސް ހުރީ ކޮންމެ ޖިންސެއްގެ ކުއްޖެއްވިޔަސް ބޭނުނ ގޮތަށް ގަނެފައެވެ. ” ތެންކިޔު މަންމާ އަދި އެއްވެސް އެއްޗެއް ނުވެސް ގަނެ މިހިރީ” ލާރާ އުފަލުން ބުނެލިއެވެ. ” މަންމަ އެއް ނޫން މީ ހުސް އަޔާޒް އޮންލައިންކޮށް ގަނެފަ މަންމައަށް ޑެލިވާރ ކުރި އެއްޗިހިތައް މަންމަ ހަމައެކަނި ހިފައިގެން އައީ ސޯ ތޭންކް ހިމް ” ނަސީމާ ބުނެލީ ހީލާފައެވެ. ” ތެންކިޔު އަޔާ ހުރިހާ އެއްޗެއްވެސް ވަރަށް ލޯބި ” ލާރާ ހިނިތުންވެލަމުން ބުނެލިއެވެ. ” ތެންކިޔު ނުބުނޭ އަހަރެންގެ ވެސް ބޭބީއެއްނު އެހެން ނޫނަސް އަދި ސަޕްރައިޒަސް ހުރީ ކުރިޔަށް ދޯ ރާއިލް ” އަޔާޒް ރާއިލް އަށް ބަލާފައި ލާނެތް ގޮތަކަށް ހީލާފައި ބުނެލިއެވެ. ޖެނީ އަވަހަށް މި އެއްޗިހިތައް ދޮވެ އިސްތިރީކޮށްގެން ފަތްޖަހާ ހަދާލައްޗޭ” ލާރާ ބުނެލުމުން ޖެނީ ހުރިހާ އެއްޗެއް ހިފައިގެން ގޮސް އޭނާގެ ރޫމަށްވެނެވެ. “މަންމާ މާދަންވާނެ ދޯ ރީންގެ ބޭބީސް ބަލަން އެންމެން އެކީ ގޮސްލަން ” ލާރާ ބުނެލިއެވެ. ” ލާރާ ދެން ދޭ ބަލަ ކުޑަކޮށް ޖައްސާލަން ފަތިހު ތެދުވި ގޮތަށް ތިހިރީ ” އަޔާޒް ބުނެލުމުން ލާރާ ބަސް އަހައިގެން ތެދުވެގެން ގޮސް ކޮޓަރިޔަށް ވަނެވެ. ގަޑިއެއްހާ އިރުން އަޔާޒްވެސް ގޮސް ޖައްސާލިއެވެ. ލާރާ ނިދާފައި އޮތް ލޯބިކަމުން އަޔާޒްއަށް ބަލަން އޮވެވުނީ ހިނިތުންވެފައެވެ. ލާރާއަށް ހޭލެވުނީ އިރުއޮއްސެން ކާރިވެފައި ވަނިކޮށް އަޔާޒް ގޮވާލުމުންނެވެ. ތެދުވެ ފެންވަރާ އަވަހަށް ނަމާދުކޮށްލައިގެން ބަދިގެޔަށް ދިޔައީ ބަޑުހައިވާތީ އެއްޗެއް ކާލުމަށެވެ. ހުރިހާ އެއްޗިހީގެ މަތި ނެގުމަށް ފަހު ކާހިތްވާ އެއްޗެއް ނެތުމުން ލާރާ ބަދިގެއިން ނިކުންނަން ދިޔައެވެ. ” ކިހިނެތްވީ އެއްވެސް އެއްޗެއް ކާހިތް ނެތީ ތަ ؟” ރީޝާ ސުވާލުކޮށްލިއެވެ. ” މިވަގުތު ކާހިތް ވަނީ ހޫނު ހޫނު ޕިއްޒާއެއް ” ލާރާއަށް އެހެން ބުނެވުނީ އަޔާޒް ޕިއްޒާ ހިފައިގެން އައިސް ވަނީއެވެ. ” މިހިރީ ޕިއްޒާ ބޭނުން ވަރަކަށް ކާން ވީ” އަޔާޒް މޭޒުމަތީ ޕިއްޒާތައް ބަހައްޓަމުން ބުނެލިއެވެ. ލާރާ ހަމަޖެހިގެން އިށީނދެ ޕިއްޒާ ކާންފެށުމުން އަޔާޒް އުފާވިއެވެ. ” ވާވް ތިއްތިބޭ ނު ބުނަނީސް އެނގޭދޯ ލާރާ ކާހިތްވާ އެއެޗިހި ހީ އިޒް ވެރީ ސްވީޓް ދޯ ލާރާ؟” ރީޝާ އަހާލިއެވެ. ” މަގޭ ޗޮއިސް އެއްނު” ލާރާ މަޖާވެލާފައި ބުނެލި ގޮތުން އަޔާޒްއަށް ހިނިތުންވެވުނެވެ. ” އިޝާ ނަމާދުން ނިމިގެން މި ދަނީ ޖެނީ އާ އެކީ ކުޑަކޮށް ހިނގާލަން ޑޮކްޓަރ ބުނީ ހިނގާލަން ވާނޭ ކޮންމެވެސް ވަރަކަށް ” ލާރާ އަޔާޒް އާއި ދިމާލަށް ބަލާފައި ބުނެލިއެވެ. ބަންގި ދިނުމުން މިސްކިތައް ގޮސްފައި އަޔާޒް އައިސް ވަން އިރު ޖެނީ އާއި ލާރާ ނިކުންނަނީއެވެ. ” އަހަރެންވެސް ދަންތަ ހިނގާލަން ތި މީހުންނާ އެކީ؟ ” އަޔާޒް އަހާލީ ޖެހިލުންވެފައެވެ. ލާރާ ހީލާފައި ބޯޖަހާލުމުން އަޔާޒްގެ ހިތް އުފަލުން ނަށާލިއެވެ. ލާރާގެ އަތުގައި ހިފާލައިގެން ޖެނީ މަޑު މަޑުން ހިންގަމުން ދިޔައިރު އަޔާޒްވެސް އެމީހުންގެ ފަހަތުގައި ހުރެ ހިނގަމުން ދިޔައެވެ. ލާރާގެ އަތުގައި ހިފާލާ ހިތުން ހުރެވެސް އަޔާޒަކަށް އެހިތްވަރެއް ނުކުރެވުނެވެ. ” ނުލިބޭނެހޭ އަލުން އެހީ؟ ” އަޔާޒަށް ހިތާހިތާ ކިޔާލެވުނެވެ. ” އަޔާ ވޮލެޓް ގެނައިންތަ؟ ” ލާރާ ވަރަށް ލޯބިން އަހާލިއެވެ. ” ނޫން އެކަމް ފޯނު އެބައިން ޓްރާންފާރ ކުރެވޭނެ ކޯޗެއް ބޭނުމީ” އަޔާޒް އަހާލިއެވެ. ” ވަރުބަލިވީ ދެން ނުހިނގޭނެ ގެޔަށްދާން ޓެކްސީއެއް ބޭނުމީ ” ލާރާ ބުނެލީ މާ ނޭވާ ލެވޭ ހާލުއެވެ. ” ހިންގާ މިތާ ކުޑަކޮށް އިށީނދެލަން ދޯ ވަރު ބަލި ފިލުވާލައިގެން ދާނީ ރަސްފަންނުގަ ހުރި ބެންޗަކަށް އަޔާޒް އިޝާރާތް ކޮށްލުމުން ލާރާ ބޯ ޖަހާލިއެވެ. ލާރާމެން އިށީނދެލުމުން އަޔާޒް ގޮސް ފިހާރަޔަކަށް ވަދެފެން ފުޅިއަކާ ޓިޝޫ ޕެކެޓް އަކާ އެއްޗެއް ގަނެގެން ދިޔައެވެ. ވަރަށް ލޯބިން އަޔާޒް ލާރާގެ މޫނުގައި ހުރި ދާތައް ފޮހެލާދިނެވެ. ޓެކްސީ އައުމުން ޖެނީ ގަސްތުގައި ކުރީ ސީޓަށް އެރިއެވެ. އަޔާޒް އާއި ލާރާ ފަހަތު ސީޓަށް އެރިއެވެ. ލާރާ އޯކޭ ނޫން ހެން ހީވާތީ އަޔާޒް ލާރާއަށް ބަލާލިއެވެ. ” ކިހިނެތްވީ ލާރާ ބޯ އަނބުރަނީތަ؟ ހޮޑު ލަވަނީތަ” އަޔާޒް އަހާލުމުން ލާރާ ބޯޖަހާލިއެވެ. ” އަޔާޒް ބުނުމުން ޓެކްސީ މަޑުކުރުމުން ޑްރައިވަރު ދިން ކޮތަޅު ހިފައިގެން އަޔާޒް ލާރާގެ ފަހަތުން ފޭބިއެވެ. ލާރާ ހޮޑު ލަމުން ދިޔައިރު އަޔާޒް ލޯބިން ލާރާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. ލާރާ ނިމުމުން ކޮތަޅު އަތުލުމަށް ފަހު ޖެނީ ހިފައިގެން ފޭބި ފެންފުޅިން ފެން ދީފައި ކޮތަޅު ގޮސް ކުނި ނަގަމުން ދިޔަ ވެމްކޯ މުވަޒިފަކާ އަޔާޒް ހަވާލު ކުރިތަން ބަލަން ލާރާއަށް ހުރެވުނީ ފެންކަޅިވެފައެވެ. ކުރިން ލާރާ ހޮޑުލުމުން ލަދުން އުޅުނު އަޔާޒްގެ އެބަދަލުވުން ލާރާގެ ހިތް އެކީ އަޔާޒްއަށް ސާފުވެގެން ހިތުން ރުހުމުން އަޔާޒްއަށް ލާރާ މާފުކުރިއެވެ. ލާރާގެ ކާރީ ހުއްޓުނު އަޔާޒް އަށް ލާރާގެ ދެލޯ ފެނުމުން އެއްޗެކޭ ބުނަން އުޅުނު ނަމަވެސް ލާރާ އައިސް ބައްދާލުމުން އަޔާޒްގެ އަޑުވެސް ތާށިވިއެވެ. ” ލާރާ އެންމެން ބަލަނީ އަހަރެން މިދަނީ ތިބޭ މާ ފޮޅުވަން ” ޖެނީގެ އަޑަށް ދެމީހުންނަށް ދުރު ވެވުނެވެ. ” ލާރާ އޯކޭތަ ؟ އަޔާޒް ލޯބިން އަހާލިއެވެ. ” ހޫން މިރޭ ފުރަތަމަ ރޭ ވީމާ ޓަޔާރޑް ވީ މާ ބޮޑަށް ނައު ހަމަ އޯކޭ ” ލާރާގެ ފަހަތުން އަޔާޒް ވެސް ކާރަށް އެރިއެވެ. ގެޔަށް ގޮސް ލާރާ ސޯފާގައި  ޖައްސާލިއެވެ. ” މަންމަގެ ލާރާ ހާދާ ވަރު ބަލިވެފަ ” ނަސީމާ ލާރާ ފެނުމުން ބުނެލިއެވެ. އަޔާޒް ހާސްވެފައި ކަންތައް ވީ ގޮތް ކިޔާ ދިނުމުން ނަސީމާ އެއީ ހަމަ އާދައިގެ ކަމެއްކަމުގައި ބުނެލިއެވެ. ” މަންމާ ބަލާބަލަ ލާރާގެ ފައި ކިހިނެތް ވެފައި އެހެރީ ” ދުޅަވެފައިވާ ލާރާގެ ފަޔަށް ބަލާލަމުން އަޔާޒް ބުނެލިއެވެ. ” ދަރިފުޅާ އެއީ ހަމަ ހުރިހާ މީހުންނަށްވެސް މާބަނޑު އިރު ދިމާވާކަމެއް މާ ބޮޑަށް ތި ހާސްވަނީ ” ނަސީމާ ލާރާގެ ފައި މަސާޖްކޮށްދެމުން ބުނެލިއެވެ. ކައިގެން ލާރާ ނަސީމާ އާއި ރީޝާ ވާހަކަ ދައްކަން ސޯފާގއި ތިބުމުން އަޔާޒް ގޮސް އެނދުގައި ޖައްސާލުމުން ނިދުނެވެ.

ހެނދުނު ލާރާ ސައި ބޮއެގެން އައިސް ސޯފާގައި ހުއްޓާ އަޔާޒް އާއި ރާއިލް ފިލާ ތަކެއް ހިފައިގެން ބޭރު މީހުންނާ އެކީ ވަންނާތީ ފެނުނެވެ. ” މީ ކޮންކަމެއް ރާއިލް ؟” ލާރާ ސުވާލުކޮށްލިއެވެ. ” ލާރާމެން މިއަދުން ފެށިގެން ބަދަލުވޭ ތިރީގައި އިން ރޫމް އަށް ” ރާއިލް ޖަވާބު ދިނެވެ. “އެ ކީއްވެ ؟” ލާރާ ސުވާލުކޮށްލިއެވެ. ” އެއީ އަޔާޒް ބޭނުން ވަނީ ބޭބީ ވިހަން ވާ އިރަށް ތި ރޫމްގަ ބޭބީގެ ކަބަޑް އަކާ ކުޑަ އެނދެއް ޖަހުވަން އޭނާގެ އަމިއްލަ ޑިޒައިނަކަށް އެހެންވެ ދުވަސްކޮޅަކަށް ތިރީގަ އުޅޭނީ ” ރާއިލް ގެ ޖަވާބު އަޑު އަހާފައި ލާރާގެ ދެލޯ ކަރުނުން ފުރުނެވެ. އަޔާޒް ލާރާއަށް ވުރެން ބޮޑަށް ބޭބީ އަންނަން ވާއިރަށް ރެޑީވާތީ ލާރާ އުފާވިއެވެ. ” ލާރާ މިއަދު ޖެހޭ ދޯ ޑޮކްޓަރަށް ދައްކަން ދާން ” އެޕޮއިންޓްމެންޓް ނަހަދާކަން ވެސް ލާރާ ހަނދާންވީ އަޔާޒް އަހާލުމުންނެވެ. ” އެކަމަކު އަޔާ އަހަރެން އެޕޮއިންޓްމެންޓެއް ނަހަދަން ނެތް ހަނދާނެއް ވެސް ” ލާރާ ބުނެލީ ދެރަވެލާފައެވެ. ” 2 ޖަހާއިރަށް ދާންޖެހެނީ އެޕޮއިންޓްމެންޓް ލިބިފަ އިނީ ރެޑީ ވެގެން ހުންނާތި އަހަރެންވެސް ދާނަން” އަޔާޒް ބުނެލިއެވެ. ” އަޔާތަ އެޕޮއިންޓްމެންޓް ހެއްދީ؟” ލާރާ އަހާލުމުން އަޔާޒް ބޯ ޖަހާލިއެވެ.

އަޔާޒް ލާރާގެ އަތުގައި ހިފާލައިގެން ގޮސް ވެއިޓިން އޭރިޔާގަ މަޑުކޮށްލީ ނަމްބަރު ޖެހެންދެނެވެ. އިރުކޮޅަކުން ނަމްބަރު ޖެހުމުން ދެމީހުންވެސް އެތެރެޔެށް ވަނެވެ. ” ލާރާ ކޮބާ ހާލު ރަގަޅު ތަ ހިނގާލަން ދިޔައިންތަ؟ ” ޑޮކްޓަރ ޒޭން އަހާލުމުން ލާރާ ބޯ ޖަހާލިއެވެ. ސްކްރީން އަށް ވަރަށް ފަރުވާތެރިކަމާއެކު އަޔާޒް ބަލަމުން ދިޔައެވެ. ” ޑޮކްޓަރ ބޭބީ ރަގަޅުތަ؟ ބޮޑުވޭތަ؟ ގުނަވަންތައް އުފެދިފައިތަހުރީ؟ ނިޔަފަތި އަދި ބޮލުގެ އިސްތަށި؟ ހުރިހާ އިނގިލިއެއް ހަމަތަ؟ ވިހާ އިރު ލާރާއަށް ވަރަށް ތަދުވާނެތަ ؟ ” އަޔާޒްގެ ސުވާލުން ލާރާ އަދި ޑޮކްޓަރު ވެސް ހެވުނެވެ. ” ލާރާ މިހާރު މި އެނގުނީ ހަޒް ގޮވައިގެން ކުރީގަ ނައަންނަނީ ކީއްވެކަން އެހާ ސުވާލު ކުރާތީ ދޯ ؟” ޑޮކްޓަރ ބުނެލުމުން އަޔާޒް އަށް އިސްޖަހާލެވުނެވެ. ” އަޔާޒް ޑޯންޓް ވޮރީ ބޭބީ ވަރަށް ހެލްތީ ލާރާ އަކީ ވަރަށް ހިތްވަރު ގަދަ ކުއްޖެއް ލާރާ ވަރަށް ކެތްރެތިވާނެ އައިނޯ ހާރ ވެރީ ވެލް ” ޑޮކްޓަރ ބުނުމުން އަޔާޒް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ” އަޔާ ޒެއިން އަކީ އަހަރެންގެ ކްލާސް މޭޓޭއް ” ލާރާ ޖަވާބު ދިނެވެ. ” ބޭބީގެ ޖެންޑަރ ބަލަން ބޭނުންތަ؟” ޑޮކްޓާރ އަހާލުމުން ލާރާ ބަލާލީ އަޔާޒް އާއި ދިމާލަށެވެ. ” އަހަރެންނަށް އޯކޭ ކޮންމެ ކަހަލަ ބޭބީ އެއް ލިބުނަސް އެކަމް ބޭނުން ބަލަން ލާރާ ބޭނުންތަ ” އަޔާޒް އަހާލީ ލާރާގެ އަތުގައި ހިފާލަމުންނެވެ. ލާރާ ބޯ ޖަހާލުމުން ޑޮކްޓަރ އަންހެން ކުއްޖެއް ކަމަށް ބުންޏެވެ. ” ކާކާތަ ވައްތަރީ؟” އަޔާޒް އަހާލުމުން ޑޮކްޓަރު އަދި ލާރާ އަށް ވެސް ބާރަށް ހެވުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ލޯބިން ބަލާލީމާ 11

Next

ލޯބީގެ ބާރުގައި…. (ކިޔުންތެރިންގެ ސަމާލުކަމަށް)

Next
September 12, 2024

ލޯބީގެ ބާރުގައި…. (ކިޔުންތެރިންގެ ސަމާލުކަމަށް)

Previews
September 12, 2024

ލޯބިން ބަލާލީމާ 11

4 Comments!

  1. Cutie girl says:
    September 12, 2024 at 11:28 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Alhamdhulilah Laaroo and ayaa finally so cute
    Layaan and reen ves
    They all are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you nadhoo ❤️😍

    1. Nadhoo Nadhoo says:
      September 16, 2024 at 10:02 am

      Thank You Cute Girl. Love you more

  2. Fathimath Saeedha says:
    September 13, 2024 at 1:50 pm

    Vvv rythi ekam apukuraa leh Las v ma dw

    1. Nadhoo Nadhoo says:
      September 16, 2024 at 10:02 am

      13 vana part submit kohfin. ufaavey vaahaka kamudhaathi

Comments are closed.

Next Episodeނުލިބޭނެހޭ އަލުން އެހީ 13←


All Right Reserved!