Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބަލާލީމާ 12

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 15, 2024 7 Mins Read
10 Comments

ރިވާއުއާ ނައުރީން ފުރަތަމަ ފަހަރަށް ބައްދަލުވީ އިލްހާމްގެ އާއިލާއަށް ކެއުމަކަށް ސާޖިދު ދިން ދަޢުވަތު ގަބޫލުކޮށް އެ ގެއަށް ދިޔަ ދުވަހުއެވެ. ކެއުން ނިންމާފައި އެންމެންނާ އެކު ވާހަކަ ދައްކަން ތިބެފައި، ރީޢާ ހޭލުމުން ރިވާއު ދާން ތެދުވުމުން، ނައުރީން އެދުނީ ރީޢާ ގާތަށް ނައުރީން ގެންގޮސްދިނުމަށެވެ.

ރިވާއުގެ ފަހަތުން ކޮޓަރީގެ ދޮރާ ހަމައަށް ގޮސްފައި ނައުރީން މަޑުކޮށްލިއެވެ. އެތެރެއަށް ވަދެފައި ރިވާއު އެނބުރިފައި ނައުރީން ގާތު ވަނުމަށް ބުނުމުން އެ ކޮޓަރިއަށް ނައުރީން ވަނީ ޖެހިލުންވެ ހުރެއެވެ.

ކުޑަ އެނދުގައި އޮތް ދެ މަހުގެ ތުއްތު ދަރިފުޅު އުރާލައިގެން ރިވާއު އެނދުގައި އިށީނދެ ކަބަޑު މަތީ ހުރި ބުއްފުޅި ނަގާ ދަރިފުޅަށް ދޭން ފެށިއެވެ.

“ކުޑަ ކުދިން ގެންގުޅެން އެނގޭތަ؟” ރިވާއު އަހާލިއެވެ.

“ނޫން” ހާސްވެފައި ހުރެވެސް ނައުރީން ޖަވާބު ދިނީ ތެދަށެވެ.

“ދެން ކިހިނެއް މި ވަރުގެ ކުއްޖެއްގެ މަންމައަކަށް ވާނީ؟” ނުރުހުން އެކުލެވިގެންވީ ރާގެއްގައި ރިވާއު އެހިއެވެ.

“ފުރަތަމަ ފަހަރަށް ދަރިފުޅު އުރާލި އިރު ރިވާއުއަށް އެނގޭތަ ތި ދަރިފުޅުގެ ހުރިހާ ކަމެއް ކުރަން؟” ރިވާއުގެ އަޑުގައި ވި ނުރުހުން ފާހަގަ ކުރެވި، ހިތްހަމަ ނުޖެހުމުން ނައުރީންވެސް ހަމަ އެ ރާގުގައި އަހާލިއެވެ.

“އޭރު ނޭނގުނަސް އެ ވަގުތުން ފެށިގެން އަހަރެން އައީ ހުރިހާ ކަމެއް ދަސްކުރަމުން” ފަސްނުޖެހި ނައުރީން ސުވާލު ކޮށްލި ގޮތުން ހައިރާންވެފައިވެސް ރިވާއު ޖަވާބު ދިނެވެ.

“މިހާރު އަހަންނަށް ނޭނގުނަސް އަހަރެންވެސް ދަސްކުރާނަން. ކައިވެންޏަށް އެއްބަސް ވީ ތުއްތު ކުއްޖެއްގެ މަންމައަކަށް ވާން ޖެހޭކަން އެނގި ހުރެ، ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން އަހަރެން ތައްޔާރު. ކުރިން ކުޑަ ކުއްޖެއްގެ ކަމެއް ނުކުރިޔަސް، އެއްވެސް ކަމެއްގަ އަހަރެން ފަހަކަށް ނުޖެހޭނަން. ކައިވެންޏަށް ފަހު އަނތްބަކަށް ވުރެ ބޮޑަށް އަހަރެން ވާނީ މަންމައަކަށް ކަން އެނގޭ. އަހަރެން އެއްބަސް ވީ އެއްވެސް ކަމެއް ނޭނގިއެއް ނޫން” ރިވާއުގެ ވާހަކަ ހުރި ގޮތުން ހިތްހަމަނުޖެހިފައި ހުރެ ނައުރީން ބުންޏެވެ.

ރިވާއު އެއްޗެއް ނުބުނެ ނައުރީންގެ މޫނަށް ބަލަން އިރުކޮޅަކު އިނެވެ. ނައުރީންއަކީ ރިވާއުގެ ބައްޕަގެ ރައްޓެއްސެއްގެ ދަރިއެއް ކަން ކުރިންވެސް އެނގެއެވެ. އެހެން ވިޔަސް އެ ދެ މީހުން އޭގެ ކުރިން ދިމާވެފައެއް ނެތެވެ. ނައުރީންއާ މެދު ރިވާއުގެ ހިތުގައި އެކިއެކި ސުވާލު އުފެދުނެވެ.

“އަލަށްވެސް ކައިވެންޏެއް ނުކޮށް ހުރި އަންހެން ކުއްޖަކު ކީއްވެ އަހަރެން ކަހަލަ މީހަކާ ކައިވެނި ކުރަން އެއްބަސް ވީ؟” ރިވާއު ކޮށްލީ ހިތުގައި ހުރި ސުވާލުތަކުގެ ތެރެއިން އެންމެ މުހިންމު ކަމަށް ދެކުނު ސުވާލެވެ.

“އަހަރެންގެ މަންމައާ ބައްޕައަށް އިތުބާރު ކޮށްފަ، އެ މީހުން ބުނާ މީހަކާ ކައިވެނި ކުރުން އެއީ އެންމެ ރަނގަޅު ގޮތް ހެން ހީވާތީ އަހަރެން އެއްބަސް ވީ” ނައުރީން ޖަވާބުގައި ބުންޏެވެ.

“މީ ފެމިލީ އިން އެރޭންޖް ކޮށްގެން ކައިވެނި ކުރާ ޒަމާނެއް ނޫން، ދެން ނައުރީން ކީއްވެ އެ ގޮތަށް ކައިވެނި ކުރަން ބޭނުން ވީ؟” ރިވާއު އަނެއްކާވެސް އަހާލީ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ތެރެއިން ސުވާލެކެވެ.

“އަހަރުމެން ދެ މީހުންވެސް ކައިވެނި ކުރަން މި ނިންމީ އެ ގޮތަށް. ކީއްވެ ރިވާއު އެއްބަސްވީ؟” ރިވާއު ކުރި ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި ނައުރީންވެސް ކުރީ ސުވާލެކެވެ.

“ނައުރީންގެ މަންމަމެން ނުބުނޭތަ އަހަރެން އެއްބަސް ވީ ކީއްވެ ކަން؟ ރީޢާއަށް ޓަކާ އަހަރެން އާނއެކޭ ބުނީ. އަހަރެން ކިތަންމެ ބޭނުން ވިޔަސް ރީޢާގެ ހުރިހާ ކަމެއް ކުރަން އަހަންނަށް އަބަދު ނުހުރެވޭނެތީ. ނުދަންނަ ގޮތް ނޭނގޭ ބިދޭސީ މީހެއްގެ އަތްމައްޗަށް ރީޢާ ދޫކޮށްލާފަ ގޮސް އަހަންނަށް ހިތްހަމަ ޖެހިގެން ނުހުރެވޭނެތީ. އަހަންނާ އިންނަ މީހަކަށް އަހަރެން ކުރާ ޝަރުތެއް އަހަރެންގެ ދަރިފުޅު އެ މީހެއްގެ އަމިއްލަ ދަރިއެއް ހެން ބެލުމަކީ. އެ ނޫން ކަމެއް މުހިންމެއް ނޫން. އަހަރެންގެ ދަރިފުޅާ މެދު ކިރިޔާވެސް އަހަރެން ނުރުހޭ ގޮތަކަށް ކަންތައް ވާތަން ފެންނަ އިރަށް އަހަންނާ ރީޢާގެ ދިރިއުޅުމުން އެ މީހަކު ބޭރު ކުރާނަން. އެ ހުރިހާ ކަމަކަށް އެއްބަސް ވަންޏާ ނައުރީން ގަބޫލު ވާން ވާނީ. ހުރިހާ އެއްޗެއް ސާފުކޮށް މި ބުނީ. މަންމަމެން ކައިރީ އާނއެކޭ ބުންޏަސް އަދި އެ ނިންމުން ބަދަލު ކުރަން ވަގުތު އެބައޮތް” ރިވާއު ބޭނުންވާ ގޮތް ވަރަށް ސާފުކޮށް ނައުރީންއަށް ކިޔާދިނެވެ.

“ތި ބުނި ގޮތުން ހީވަނީ އަހަރެން ލައްވާ ނޫނެކޭ ބުނުވަން އުޅޭ ހެން. ރިވާއު ބޭނުން ނުވަންޏާ ރިވާއުއަށްވެސް ނޫނެކޭ ބުނެވޭނެ” ނައުރީން ބުނެލިއެވެ.

“އަހަރެންގެ ބައްޕަ އަހަންނަށް އަދި ރީޢާއަށް ދެރަ ވާ ގޮތަކަށް ކަމެއް ނުކުރާނެ، އެހެންވެ ބައްޕަގެ ޔަގީންކަމަށް އިތުބާރު ކޮށްފަ ބައްޕަ ބުނި މީހަކާ އިންނަން އާނއެކޭ ބުނީ. އެނގޭ އަބަދު މިހެން ނޫޅެވޭނެ ކަން. އަހަންނާ ރީޢާއަށް އެހެން މީހެއްގެ އެހީ ބޭނުންވޭ. މީހަކާ އިންނަން އަދި ބޭނުން ނުވިޔަސް އެކަން ނުކޮށް އަހަންނަށް ރީޢާ ނުގެންގުޅެވޭނެ ކަން ގަބޫލު ކުރަން. އަހަންނަށް ނޫނެކޭ ބުނެވެން ނެތީ އެހެންވެ” އުނގުގައި އޮތް ދަރިފުޅުގެ މޫނަށް ބަލަން އިނދެ ރިވާއު ބުންޏެވެ.

ނައުރީން އެއްޗެއް ނުބުނެ ހުރީއެވެ.

ރީޢާއަށް ނިދުމުން ރިވާއު އެ ކުއްޖާ އެނދުގައި ބާއްވާލިއެވެ.

“ބެލްކަންޏަށް ނިކުމެލަން ވީނު؟” އެތެރެއިން ފެންނަން ހުރި ދޮރަށް އިޝާރާތް ކޮށްލަމުން ރިވާއު ބުންޏެވެ. އަދި ނައުރީން ބޯ ޖަހާލުމުން ދެ މީހުން އެކީހެން ނިކުތެވެ.

“ނައުރީން މި ކައިވެންޏަށް އެއްބަސް ވާންވާނީ ވަރަށް ބޮޑަށް ވިސްނާފަ، ނައުރީން ވާނީ ހަމައެކަނި އަނތްބަކަށް ނޫން، ތުއްތު ކުއްޖެއްގެ މަންމައަކަށް ވުމަކީ ވަރަށް ބޮޑު ޒިންމާއެއް. އަހަރެންގެ ދަރިފުޅަށް ރަނގަޅު މަންމައަކަށް ނައުރީން ވެއްޖެއްޔާ އަހަރެން ނައުރީންއަށް ރަނގަޅު ފިރިއަކަށް ވާނަން. އެ ޔަގީންކަން އަހަރެން ދެން. އެ އަންޑަސްޓޭންޑިންގއާ އެކީ ދެ މީހުންވެސް ކުރިއަށް ދާން އޯކޭތަ؟ ނޫނީ … އަސްލު ޕަރޒަނަލް ކަމަކާ ބެހޭކަށް ނޫން … އެކަމަކު ނައުރީންއާ ބެހޭ ގޮތުން އަހަންނަށް އެނގެން ޖެހޭ ކަމެއް އޮވެދާނެތަ؟” ރިވާއު އަހާލިއެވެ.

ޖަވާބެއް ނުދީ އިސްޖަހާލައިގެން އިނދެ ނައުރީންއަށް ވިސްނާލެވުނެވެ. ކުރިން ވެފައިވާ ކަންތައް ރިވާއުއަށް އެނގުން މުހިންމު ހެއްޔެވެ؟ ރިވާއުއަކީ ވާން އުޅޭ ފިރިމީހާއަށް ވާ އިރު ނައުރީންގެ މާޒީގައި ހިނގާފައިވާ ހުރިހާ ކަމެއް ރިވާއުއަށް ކިޔާދޭން ޖެހޭނެ ހެއްޔެވެ؟ އެއާއެކު ނައުރީންގެ ހިތުން ޖަވާބު އައެވެ. ނަމަވެސް ފުރަތަމަ ބައްދަލު ވީ ފަހަރު އެ ހުރިހާ ވާހަކައެއް ކިޔާދޭކަށް ނައުރީންގެ ހިތެއް އެއްބަހެއް ނުވިއެވެ.

ދެން އައި ދެ ހަފްތާއެއްހާ ދުވަސް ތެރޭ ކޮންމެ ދުވަހަކު ހެން ރިވާއުމެން ގެއަށް ނައުރީން ދެއެވެ. މަޑުމަޑުން ރީޢާގެ ކަންތައް ކުރަން ދަސްކުރީ ފުރަތަމަ ރިވާއުގެ އެހީއާ އެކުއެވެ. ރީޢާގެ ކަންތަކުގައި ރިވާއުއަށް ނައުރީންއަށް އިތުބާރު ކުރެވެން ފެށިއެވެ. ނައުރީންއާ ރިވާއުގެ މެދުގައި އެކުވެރިކަން އުފެދިގެން އައެވެ. ކޮންމެ ދުވަހަކު ހަވީރު ރީޢާ ނިދާ ވަގުތުކޮޅަކީ ނައުރީންއާ ރިވާއު ބެލްކަނީގައި ތިބެ އެކިއެކި ވާހަކަ ދެއްކުމުގައި ހޭދަ ކުރާ ވަގުތުކޮޅަކަށް ވިއެވެ.

ނައުރީންއާ ރިވާއު ކައިވެނި ކުރާނެ ދުވަހެއް ކަނޑައަޅަން އިސް ނަގައިގެން އަމިއްލައަށް ނުބުނާތީ އެއް މަސް ފަހުން ކައިވެނި ކުރާ ގޮތަށް  ނިންމީ ސާޖިދުއާ އިލްހާމްއާ ހިދާޔާއެވެ.

“އައި ލަވް ސަމްވަން އެލްސް …” ކައިވެނި ކުރުމަށް ތާރީޚް ކަނޑައެޅުނު ދުވަހު ރިވާއުއާ އެކު ބެލްކަނީގައި ކޮފީ ބޯން އިނދެފައި ނައުރީން ބުނެލިއެވެ.

އެ އަޑު އިވުމުން، އިސްޖަހައިގެން އިން ނައުރީންގެ މޫނަށް ރިވާއު ބަލާލިއެވެ.

ނައުރީންއާ ބެހޭ ގިނަ ކަންތައްތަކެއް އެ ވަގުތު ރިވާއުއަށް ސާފުވިއެވެ. އެ ކައިވެންޏަކީ ތަފާތު ކައިވެންޏަކަށް ވާނެކަން ކުރިންވެސް ރިވާއުއަށް އެނގެއެވެ. ކޮންމެ ގޮތެއް ވިޔަސް އެ ކައިވެންޏާއިގެން ކުރިއަށް ދާން ރިވާއުއަށް ވުރެ ނައުރީންއަށް ދަތި ވާނެކަން ރިވާއުއަށް އެނގެއެވެ. އަދި އަމްދުން އެހެން މީހެއް ދެކެ ލޯބި ވާ އިރު ނައުރީންއަށް ވަކިން އުނދަގޫ ވާނެއެވެ.

“ކީއްވެ އެ މީހަކާ މެރީ ނުކުރީ؟” ރިވާއު އަހާލިއެވެ.

“ހީ ވޯޒް އޯލްރެޑީ މެރިޑް … އަހަންނަށް އެނގުނީ މާ ފަހުން … އެނގުމަށް ފަހު އޭނައާ ވާހަކައެއް ނުދައްކަން … އެއީ ފަސް އަހަރު ކުރިން” ނައުރީން ޖަވާބު ދިނެވެ.

ރިވާއުއާ ކައިވެނި ކުރަން ނައުރީން އެއްބަސްވީ ސަބަބު ރިވާއުއަށް ވިސްނުނެވެ.

“އިޓްސް އޯކޭ … އަހަރެންވެސް ރީޝަމްއާ މެރީ ކުރީ ވަރަށް ލޯބިން. މޭބީ ވިތް ޓައިމް އަހަރުމެންގެ މެދުގަވެސް ކަންތައްތައް ބަދަލު ވެދާނެ …” ރިވާއު ބުންޏެވެ.

“އަހަރެން … އަހަރެން …” ހިތުގައި އޮތް އެއްޗެއް ބުނަން އުޅެފައިވެސް ނައުރީން ފަސް ޖެހުނެވެ.

ނައުރީން ބުނަން އުޅޭ އެއްޗެއް އަޑު އަހަން ރިވާއު އިނެވެ.

“އަހަންނަކީ … ރިވާއު ހީކުރާ ކަހަލަ މީހަކަށް ނުވެދާނެ … އަހަރެން …” ދެންވެސް ނައުރީންއަށް ބުނަން އުނދަގޫ ވިއެވެ.

“އިޓްސް އޯކޭ … ނައުރީންގެ ޕާސްޓްއާ ބެހޭ ގޮތުން އަހަރެން ސުވާލެއް ނުކުރާނަން” ރިވާއު ބުންޏެވެ.

“ނޫން  … އަހަރެން ނުބުންޏަސް ރިވާއުއަށް ފަހުން އެނގޭނެ … އަހަރެން އަލަށް ރިވާއުއާ އިނަސް … އައިމް ނޮޓް—” ވާން އުޅޭ ފިރިމީހާއަށް ވާތީ ހުރިހާ ކަމެއް ކިޔާދޭން ބޭނުން ވެގެން ވާހަކަ ދައްކަން ފެށި ނަމަވެސް ނައުރީންއަށް ކުރިއަށް ގެންދަން އުނދަގޫވިއެވެ. މޫނަށް ރަތް ކުލަ އަރައިގެން ދިޔުމާއެކު ނައުރީން އިސްޖަހާލީ ރިވާއުއަށް މޫނު ފޮރުވާށެވެ.

ނައުރީންއަށް އެ ވަރަށް ބުނެވުނު އިރަށް ނައުރީން ބުނަން އުޅުނު އެއްޗެއް ވިސްނުމުން ރިވާއު ކުރިއަށް ޖެހިލާ ނައުރީންގެ އަތްތިލައިގައި ހިފާ ބާރުކޮށްލިއެވެ.

“އައި އަންޑަސްޓޭންޑް … ޔޫ ލަވްޑް ހިމް، އެހެން ވެދާނެ، އައި އަންޑަސްޓޭންޑް … ހުރިހާ އެއްޗެއް އަހަންނަށް ކިޔާދޭކަށް ނުޖެހޭނެ. އަހަރެން ނައުރީން ޖަޖްއެއް ނުކުރާނަން. ޕްލީޒް، ނައުރީން ކަންބޮޑު ނުވޭ، އެއީ މަސައްލައެއް ނޫން” ދެފަރާތަށް ބޯ ހަލުވާލަމުން މަޑުމަޑުން ރިވާއު ބުންޏެވެ.

“ތެންކްޔޫ!” ފެންކަޅިވެފައި އިން ނައުރީން ބުންޏެވެ.

ނައުރީންއާ މެދު ރިވާއުގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އެވަގުތު ރިވާއުއަށް ހިތާހިތުން ދުޢާ ކޮށްލެވުނީ ނައުރީންއަށް ނައުރީންގެ ލޯބި ލިބުމަށެވެ. އެހެން މީހެއް ދެކެ ލޯބިވާ އިރު، ރިވާއުގެ އަނތްބަކަށް ވުން އެއީ ނައުރީންއަށް ކިހާ އުނދަގޫ ވާނެ ކަމެއް ކަން އިހުސާސް ކުރެވޭތީއެވެ.

މަހެއް ފަހުން ކުރަން ހަމަ ޖެހުނު ކައިވެނި، ނައުރީންގެ އެދުމަށް ރިވާއު ލަސްކޮށްލީ ނައުރީންގެ އެންމެ ގާތް އެކުވެރިޔާއަށް ދިމާވި ކަމެއްގެ ސަބަބުންނެވެ.

 

ދަރިފުޅު އުފަން ވާނެ ދުވަހެއްގެ އިންތިޒާރުގައި އާލާއާ ނާއިކް ދުވަސްތައް ގުނަމުން ދިޔައެވެ. ދުވަހެއް ދުވަހަކަށް ހީވީ ނާއިކް އާލާ ދެކެ ވާ ލޯބި އިތުރު ވަމުން ދިޔަ ހެންނެވެ. އެ ގޮތުގައި އާލާގެ ބަނޑަށް އެގާރަ ހަފްތާ ފުރުނެވެ. ކުރިން އާލާ އަބަދު މޭނުބައި ކޮށްފައި ހުންނާތީ ކާ ހިތް ނުވެފައި ހުރި ނަމަވެސް އެ ކަންތައް ވަނީ މުޅިންހެން ރަނގަޅު ވެފައެވެ. އެހެންވެ ގޭތެރޭގެ ބައެއް ކަންތައް އަމިއްލައަށް އާލާ ކުރަން ފެށިއެވެ.

ކަމެއް ގޯސް ވާ ކަމުގެ ނިޝާނެއް ފުރަތަމަ ފެނުނީ އާލާ ހެނދުނު ފާހާނާއަށް ވަން ވަގުތުއެވެ. ލޭކުލަ ފެންނަން ހުރުމުން ބިރު ގަނެފައި ހުރި އާލާ ނާއިކްއަށް ގޮވާލިއެވެ.

އާލާ ގޮވާލި ގޮތުން ކަންބޮޑުވެފައި ނާއިކް އައެވެ.

“އަދި ކްލިނިކް ނުވެސް ހުޅުވާނެ … ހޮސްޕިޓަލަށް ދާން ވީތަ؟” ވީ ގޮތް އެނގުމުން އާލާއެކޭ އެއްގޮތަށް ނާއިކްވެސް ހާސްވިއެވެ.

އެއްވެސް ކަމެއް ގޯސްވާން ބޭނުން ނުވާތީ އާލާ އެދުނީ ވަގުތުން ހޮސްޕިޓަލަށް ދިޔުމަށެވެ. ރަމްލާ ނުވަތަ ސާއިމާއަށް ގުޅަން ތޯ ނާއިކް އެހުމުން އަދި މަޑުކޮށްލުމަށް އާލާ ބުންޏެވެ.

ހޮސްޕިޓަލަށް ދިޔުމުން އެ ވަގުތު އާލާ ބެލި ޑޮކްޓަރ ބުނި ގޮތުން އެއި ބަލިވެ އިނުމުގެ ކުރީކޮޅު ވެދާނެ ގޮތެކެވެ. ޑޮކްޓަރ ލަފާކުރާ ގޮތުން އެއީ އިންފެކްޝަންއެކެވެ. ކޮންމެވެސް ވަރަކަށް ބަނޑަށް ތަދުވުންވެސް އެކަށީގެންވާ ކަމަށް ބުނެ ކަންބޮޑު ނުވުމަށާ، ގިނައިން ފެން، ޖޫސް ފަދަ ދިޔާ ތަކެތި ބުއިމަށާ އަދި ވީހާވެސް ގިނަ ވަގުތު އަރާމު ކުރުމަށް ނަސޭޙަތްތެރިވެފައި ޑޮކްޓަރ އާލާ ފޮނުވާލީއެވެ.

ގެއަށް އައިސް އިތުރު ކަމެއް ދިމާ ނުވާތީ އާލާ އިތުރަށް ޑޮކްޓަރަށް ދައްކާ ޚިޔާލެއް ނުކުރެއެވެ. އެ ދުވަހު ނާއިކް އޮފީހަށް ނުގޮސް އާލާ ކައިރީ މަޑު ކުރީއެވެ. އެހެން ނަމަވެސް ތިން ދުވަސް ވީ އިރު، ރަނގަޅުވުމުގެ ބަދަލުގައި ފާހާނާއަށް ދާ ކޮންމެ ފަހަރަކު ލޭ ހުންނާތީ އާލާ ބިރު ގަންނަން ފެށިއެވެ. ކަންބޮޑުވާން ވީ ކަމެއް ނޫން ކަމަށް ޑޮކްޓަރ ބުނެފައި ވީ ނަމަވެސް އާލާ އެދުނީ އާލާ އާންމުކޮށް ދައްކާ އަންހެނުންގެ ޚާއްސަ ޑޮކްޓަރަށް ދެއްކުމަށެވެ. ނަމަވެސް ކަން ދިމާވި ގޮތުން ޑޮކްޓަރ ޖީލާން ހުރީ އިމަޖެންސީ ޗުއްޓީއެއްގައެވެ.

އެހެން ވިޔަސް އެ ކްލިނިކްގައި ދެން ބަލާ އަންހެނުންގެ ޚާއްސަ ޑޮކްޓަރއަށް އާލާ އެޕޮއިންޓްމެންޓް ހެއްދިއެވެ. އެޕޮއިންޓްމެންޓް ލިބުނީ އަނެއް ދުވަހުގެ ހެނދުނަށެވެ.

ޑޮކްޓަރަށް ދެއްކުމުގެ ކުރިން އާލާގެ ބަނޑުގެ އެއްފަރާތުގައި ރިއްސަން ފެށިއެވެ. އޭގެ އިތުރުން ބޯ އަނބުރާ މޭ ނުބައި ކުރަން ފެށިއެވެ. ހަވީރު ވާން ވީ އިރު އާލާ އިތުރަށް މަޑު ކުރާކަށް ބޭނުމެއް ނުވިއެވެ. ރަމްލާއާ ސާއިމާއަށް ގުޅުމަށް ފަހު ނާއިކްއާ އެކީ ހޮސްޕިޓަލަށް ދިޔައީ ކުރިން ކިރިޔަކިރިޔާ ފެންނަން ހުރި ލޭ ކުލަ ގަދަވާން ފެށުމުންނެވެ. ޑޮކްޓަރގެ ބަސް އަހައިގެން އެހާ ދުވަހުވެސް މަޑު ކުރެވުނީތީ އެކަމާ އާލާ އޭރު ހުރީ އަމިއްލަ ނަފްސު ކުށްވެރި ކުރެވިފައެވެ. ނާއިކްވެސް ހުރީ އެ ޑޮކްޓަރގެ ބަހަށް އިތުބާރު ކުރެވުނީތީ ދެރަވެފައެވެ.

ހޮސްޕިޓަލަށް ދެވުމާއެކު އިމަޖެންސީގައި އާލާ އެޑްމިޓް ކުރެވުނެވެ. އަންހެނުންގެ ޚާއްސަ ޑޮކްޓަރ އައިސް އެކިއެކި ސުވާލު ކުރުމަށް ފަހު އެހީ ކުރިން ސްކޭންއެއް ކުރިން ތޯއެވެ. އާލާގެ ފުރަތަމަ ސްކޭން ކުރަން ޑޮކްޓަރ ޖީލާން ބުނެފައި އޮތީ އެ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެ ވާހަކަ އާލާ އެ ވަގުތު އައިސް ހުރި ޑޮކްޓަރ ގާތު ބުންޏެވެ. ޑޮކްޓަރ އެދުނީ ވަގުތުން ސްކޭންއެއް ހެދުމަށެވެ.

ސްކޭންގެ އިތުރުން ހެދި ޓެސްޓްތަކުގެ ނަތީޖާ ބެލުމަށް ފަހު ޑޮކްޓަރުންގެ ފަރާތުން ލިބުނީ އާލާގެ ހިތް ކުދިކުދިވެގެން ދިޔަ ޚަބަރެކެވެ. ދަރިފުޅު އަށަގަނެފައި ވަނީ ރަހިމުން ބޭރުގައި، ބިސް ދަތުރު ކުރާ ހޮޅީގައި ކަމަށް ވާތީ، އެއީ “އެކްޓޯޕިކް ޕްރެގްނެންސީ”އެއް ކަމުން، އުފެދެމުން އަންނަ ދަރިފުޅު އެ ހިމަ ހޮޅީގެ ތެރޭގައި ތާށިވެ ފަޅައިގެން ދިޔުމުގެ ފުރުޞަތު ބޮޑެވެ. އެހެން ވެއްޖެ ނަމަ އާލާގެ ފުރާނައަށް ނުރައްކާ ވެދާނެއެވެ. އެހެން އެ ކަންތައް ވުމުގެ ކުރިން ވީހާވެސް އަވަހަށް އޮޕަރޭޝަންއެއް ކުރަން ޑޮކްޓަރުން ބޭނުންވެއެވެ.

ލިބެން އުޅޭ ދަރިފުޅަށް އިންތިޒާރު ކުރެވެމުން އައީ ކިހާ ވަރަކަށް ކަން ނާއިކްއަށް އިހުސާސް ކުރެވުނީ އެ ވަގުތުއެވެ. ނަރުސް ކުދިން އައިސް ހަވާލު ކުރި ފޯމްގައި ސޮއި ކުރަން ގަލަމުގައި ހިފި އިރު ނާއިކްގެ އަތް ތުރުތުރުލަމުން ދިޔައެވެ.

“ދަރިފުޅާ …” އަމީން އައިސް، ގަލަމާ އެކު ނާއިކްގެ އަތުގައި ހިފާލަމުން ގޮވާލިއެވެ. އަވަސް އަވަހަށް ސޮއި ކޮށްލާފައި ނަރުސް ކުއްޖާ އަތަށް ފޯމް ދިނުމާއެކު އެނބުރިފައި އަމީން ގައިގައި ބައްދާލި އިރު ނާއިކްއަށް ރޮވިއްޖެއެވެ. ކައިރީގައި ހުރި ރަމްލާއަށްވެސް ދަރިފުޅުގެ ޙާލަށް ކެތް ނުވެގެން ރޮވިފައި ހުރެ ނާއިކްގެ ބުރަކަށީގައި ފިރުމާލިއެވެ.

އާލާ އޮތް އެނދު ކައިރިއަށް ނާއިކް ދިޔަ އިރު ސާއިމާގެ ކޮނޑުގައި ބޯ ޖައްސާލައިގެން އޮވެ އާލާ ގިސްލާފައި ރޮނީއެވެ. ނާއިކް ފެނުމުން ސާއިމާ ލޯ ފޮހެލާފައި އާލާގެ ކޮނޑުގައި ހިފާ ދުރު ކޮށްލިއެވެ.

“ނާއިކް …” ނާއިކް ފެނުމާއެކު އާލާ ގޮވާލިއެވެ.

“އާލާ … ދެން ނުރޮއެ …” އާލާ ކައިރީ އިށީނދެ ދެ އަތުން އާލާގެ މޫނުގައި ހިފާލަމުން ނާއިކް ބުންޏެވެ. އެއާއެކު އާލާ ދެފަރާތަށް ބޯ ހަލުވާލަމުން ނާއިކް ގައިގައި ބައްދާލިއެވެ.

އަނެއް ދުވަހު ހެނދުނު އޮޕަރޭޝަން ކުރެވުނެވެ. ދެ ދުވަސް ފަހުން ދޫކޮށްލަމުން ދެން ކަންތައް ކުރަން ވީ ގޮތް ޑޮކްޓަރުން ކިޔާދިނެވެ. އިތުރު ފަރުވާއާ އެކު ދެންވެސް އާލާ ބަލިވެ އިނުމުގެ ފުރުޞަތު އޮތް ކަމާ، އެހެން ވިޔަސް މަދު ވެގެން ތިން މަސް ދުވަހަށް ފަހު ކުއްޖަކު ހޯދުމަށް މަސައްކަތް ކުރުމަށް ޑޮކްޓަރ ލަފާ ދިނެވެ.

ސާއިމާ އަދި ރަމްލާވެސް އެ މީހުންނާ އެކު ގެއަށް ދިޔުމަށް އާލާއާ ނާއިކް ގާތުން އެދުނެވެ. އާލާ ބޭނުން ވީ ސާއިމާއާ އެކު ދާށެވެ. ރަމްލާ ދެކޮޅު ހެދުމެއް ނެތި ވަގުތުން އެ ގޮތާ ގަބޫލުވީ، އެ ދުވަސްކޮޅު އެހެން އެންމެންނަށް ވުރެ ބޮޑަށް މަންމަގެ އެހީ އާލާއަށް ބޭނުން ވާނެތީއެވެ. އާޒިމް އެދުނީ އާލާއާ އެކު ނާއިކްވެސް އައުމަށެވެ. އާލާ އެދޭ ކޮންމެ ގޮތަކަށް ކަންތައް ކޮށްދޭން ތައްޔާރަށް ހުރި ނާއިކް އެއްބަސް ވިއެވެ.

އާލާ ކައިރިއަށް އަންނަން ބޭނުން ވި ނަމަވެސް، އަމާނީ ވިހަން ކައިރިވެފައި އިނުމުން ޝާދިޔާއަށް އާދެވޭ ގޮތެއް ނުވިއެވެ. އެހެން ވިޔަސް ކޮންމެ ދުވަހަކު އެތައް ފަހަރަކު ގުޅައިގެން ޝާދިޔާ އާލާގެ ޙާލު ބަލައެވެ.

ގެއަށް ދިޔަ ފަހުން އާލާ އިންނަނީ ބަސް މަދުވެފައެވެ. ސާއިމާއާ ނޫނީ ވާހަކައެއް ނުދައްކައެވެ. ނާއިކްއާ ވަކިން ދުރުވާން އާލާ މަސައްކަތް ކުރާހެން ނާއިކްއަށް ހީވިއެވެ. އެހެން ވިޔަސް އެކަމާ ނާއިކް ޝަކުވާއެއް ނުކުރެއެވެ. ނާއިކްއާ ވަކިން ބައްދަލުކޮށް، އާލާގެ މިޒާޖަށް އައިސްދާނެ އެފަދަ ބަދަލުތަކާ ބެހޭ ގޮތުން ޑޮކްޓަރ ކިޔާދީފައި ވާތީ، އެ ހުރިހާ ކަމެއް ނާއިކް ބަލައިގަތެވެ. ދަރިއަކު ލިބުމަކީ އާލާ ކިހާ ވަރަކަށް އެދޭ ކަމެއް ކަން ނާއިކްއަށް އެނގެއެވެ. އެހާ ދުވަސް ފަހުން ބަލިވެ އިނުމަށް ފަހު އެ ދަރިފުޅާ ވަކިވާން ޖެހުމުން އާލާގެ ހިތަށް ކުރާނެ އަސަރު ނާއިކްއަށް ވިސްނެއެވެ. ނާއިކް އެހާ ދެރަވާ އިރު، އާލާގެ ހިތް މުޅިން ކުދިކުދި ވާނެކަން ނާއިކްއަށް އެނގެއެވެ. އާލާގެ ހިތާމަ ލުއިކޮށްދޭން ކިތަންމެ ބޭނުން ވި ނަމަވެސް އާލާއާ އެކުގައި ހުރުން ފިޔަވާ ނާއިކްއަށް ކޮށްދެވޭނެ ކަމެއް ނެތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ތެމި ވާރޭގައި ވީމޭ 39

Next

އަހަރެންގެ މަންމަ!

Next
September 16, 2024

އަހަރެންގެ މަންމަ!

Previews
September 14, 2024

ތެމި ވާރޭގައި ވީމޭ 39

10 Comments!

  1. Reeshh says:
    September 15, 2024 at 7:55 pm

    Oh damn Kihineh mivy,vrh sad Aala ah vygoi, let them have a baby later. Don’t let naaik get married to someone else under his grandma’s pressure, also bring him closer to Aala. And about nau and yaish I have no words, I guess rivaau is gonna be a good husband to her, still I want yaish and nau to be together, waiting for Tuesday curiously

    1. Mar Sha Mar Sha says:
      September 17, 2024 at 8:15 am

      adhi neyngeynu vaane gotheh, lets see dho

  2. ކިއުންތެރިއެއް says:
    September 15, 2024 at 7:59 pm

    މި ސައިޓަށް މާޝާ ކުރީކޮޅު ލިޔުނު ވާހަކަތަކުގެ އިބާރާތްކުރުމާ އަޅައިބަލާއިރު މިހާރުގެ އިބާރާތްކުރުން މާ ބޮޑަށް ވެސް އޮމާންވެފައި ހިތްގައިމު. މުބާރިކުބާދީ ރައްދުކުރަން

    1. Mar Sha Mar Sha says:
      September 17, 2024 at 8:16 am

      thank u dear

  3. Nawar says:
    September 15, 2024 at 8:39 pm

    Noooooo😭😭😭😭
    Keeive thr abadhu aala ah dhera goii vany😭
    Hope naaik ehn meehakaa marry nukuraane kamah 🙃
    Naureen and yaish gulhuvaa 💝
    Yaish bunebala naureen kairy married eii nooney 🥰😊
    Mi part vx vrh vrh reethi…
    Miadhu vx vrh gina in belun up vehje thw 🤣
    Next ge inthizaaruga…😊

    1. Mar Sha Mar Sha says:
      September 17, 2024 at 8:18 am

      Naaik Aala dheke loabi vaa vareh engidhaane thaa dho. Yaeesh ah eba jehey gotheh hadhan dho

  4. :) says:
    September 15, 2024 at 8:52 pm

    Oh dear.. that’s really really sad.. Alaa n naaik be strong guyss.. plx let em have a bby.. vrh hiyy dhathi vehiji mi part kiyaafa.. n abt nau n riwaau.. I think riwaau will be a good partner for nau.. still hoping nau n yaish to be together tho.. Curiously waiting for next part.<3

    1. Mar Sha Mar Sha says:
      September 17, 2024 at 8:20 am

      vaa gotheh balama dho, mihaaru enmenves mi thiby crossroads ehga, kon dhimaalakah baa dhaany

  5. Cutie girl says:
    September 15, 2024 at 10:18 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Mi part kiyaafa rovijje
    Rivaau will be best husband
    But yaish and nau v gulhey
    Be do things easy for naaik and Aaala 😭
    Mi bai kiyaafa hiy kudhi kudhi vejje
    Naaik Ehn meehaka marry nukuruvachey
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you maash ❤️😍

    1. Mar Sha Mar Sha says:
      September 17, 2024 at 8:21 am

      hmm dhen Naaik adhi Yaeesh hadhaany kihineh??

Comments are closed.

Next Episodeލޯބިން ބަލާލީމާ 13←


All Right Reserved!