Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުލިބޭނެހޭ އަލުން އެހީ 11

Nadhoo
Nadhoo Level 1
September 3, 2024 5 Mins Read
8 Comments

އަޔާޒް ގޮސް ހޮސްޕިޓަލަށް ވަން އިރު ލަޔާން ހުއްޓެވެ. ” އަޔާޒް ދޭ ލާރާ ކާރިޔަށް ރޭއްސުރެން ބޭބީގެ އެއްވެސް މޫވްމެންޓެއް ނެތް އެކަމަކު ވިންދު އެބަހުރި ކަމަށް ޑޮކްޓަރު ބުނަނީ ލާރާ ވަރަށް އެބަ ރޮއެ ދޭ އަވަހަށް އޭނަ ކާރިޔަށް އެއްވެސް އެއްޗެއް ނުވެސް ކައި ” ލަޔާން އަށް ބުނެވުނީ ވަރަށް ދެރަވެފައެވެ. އަޔާޒް ގޮސް އެނދުގައި އިސްޖަހާލައިގެން އިން ލާރާގެ އެނދު ކާރިގައި ހުއްޓިލިއެވެ. ލާރާއަށް އަޔާޒް ފެނުމާ އެކު ބަޑިފަޅައިގެން ދިޔައެވެ. އަޔާޒް އައިސް ލާރާގެ ގައިގަ ބައްދާލިއެވެ. ” އަޔާ އަހަރެންގެ ބޭބީ ” ލާރާއަށް ގިސްލަ ގިސްލާފައި ރޮވުނެވެ. އަޔާޒްއަށް ވެސް ރޮވުނެވެ. ” ލާރާ ބުނެބަލަ އަހަރެމެންގެ ބޭބީއަކަށް އެއްވެސް ކަމެއް ނުވާނޭ!”  އަޔާޒް ރޮމުން ރޮމުން ބިންމަތީގައި ކަކޫޖަހާލައިގެން ހުރެ ލާރާގެ ބަނޑުގައި ދެ އަތުން ހިފާލިއެވެ ” ބޭބީ ސޮރީ ބައްޕި އަކީ ވަރަށް ގޯސް މީހެއް މަންމަ ކައިރީ ދަރިފުޅު މަރާލަންވެސް ބުނިން އެކަމަކު މިހާރު ބައްޕި ދަރިފުޅު ބޭނުން ޕްލީޒް ނުދައްޗޭ ބައްޕިއަށް މާފުކުރޭ! ބައްޕިކުރި ކުށުގެ ޝަޒާ މަންމިއަށް ނުދީ” އަޔާޒް ރޮމުން ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ. ” އަޔާ ތެދުވެބަލަ ” ލާރާ އަޔާޒްގެ އަތުގައި ހިފާލުމުން ތެދުވެ ލާރާގެ ގައިގަ ރޮމުން އަޔާޒް ބައްދާލިއެވެ. އެވަގުތު ލާރާގެ ބަނޑުން ބޭބީ ތޮޅިލިއެވެ. ” އަޔާ ބޭބީގެ މުވްމެންޓް ފީލްވިތަ؟ ” ލާރާ އަހާލިއެވެ. ބޯ ޖަހާލުމަށް ފަހު އަޔާޒް ލާރާގެ ބަނޑުގައި އަތް ޖައްސަލުމުން ދެވަނަ ފަހަރު ވެސް ދަރިފުޅު ތޮޅިލިއެވެ. އެވަގުތު ޑޮކްޓަރު އައިސް ވަނެވެ. ” ޑޮކްޓާރ ބޭބީ ދެންމެ މޫވް ކުރި ދެފަހަރު ” ލާރާއަށް ބުނެވުނެވެ. ” މީ ތޯ ލާރާގެ ހަޒްބެންޑް އަދި އަލަށް މި ދިމާވީ ” ޑޮކްޓަރު ޒެއިން ބުނެލިއެވެ. ” ލައްބަ މީ އަޅުގަނޑުގެ ހަޒްބެންޑް އަޔާޒް ” ލާރާ ބުނެލުމުން އަޔާޒް ޑޮކްޓަރަށް ބަލާފައި ހީލިއެވެ. ސްކޭންކުރަމުން ޑޮކްޓަރު ދިޔައިރު ސްކްރީން އަށް ބަލަށް ރޮވިފައި އަޔާޒަށް ހުރެވުނެވެ. ލާރާއަށް އަޔާޒްގެ މޫނަށް ނޫނީ ނުބެލެއެވެ. ” މީ އަހަރެމެންގެ ބޭބީ ތަ މި ފެންނަނީ ” އަޔާޒަށް އަހާލެވުނެވެ. ” ހޫމް ބޭބީ އިޒް ފައިން މަންމީ ތަޅުވާލީއޭ ދޯ ބައްޕިގެންނަން ވެގެން ” ޑޮކްޓަރު ބުނެލިއެވެ. “ހުރިހާ ކަމެއްވެސް އޯކޭތަ ؟ ލާރާ އެންޑް ބޭބީވެސް” އަޔާޒް އަނެއްކާވެސް އަހާލިއެވެ. ” ހުރިހާ ކަމެއްވެސް އޯކޭ އެކަމަކު ލާރާ އެއިނީ އަދި މިއަދު ނުވެސް ކައި އެހެންވެ ވަރަށް ވީކް ނުކައި ހުރީމާ ބޭބީ ވެސް ޮޑަށް ވީކްވާނެ އަވަހަށް ކާންދީ މިހާރު ބޭބީވެސް މޫވްވެސް ކޮށްފިއެއްނު ކުރިންވެސް ބޭބީގެ ހާރޓްބީޓްސް ހަމަ އޯކޭ މޫވްމެންޓްނެތީ ” ޑޮކްޓަރ ބުނެލިއެވެ.  ލާރާ އަޔާޒްގެ އަތުގައި ހިފާލިއެވެ. ޑޮކްޓަރު ދިޔުމުން ގޭ މީހުން ވަން ނަމަވެސް ލާރާ އަޔާޒް އަތުން ދޫކޮށް ނުލުމުން އަޔާޒް ލަދުވެސް ގަތެވެ. ” މަންމާ ކޮބާތާ ދޮންބެއާ ރީން ” ލާރާއަށް އަހާލެވުނީ ފެންނަން ނެތުމުންނެވެ. ” ހަމަ ދެންމެ ބަނޑުގައި ރިއްސާތީ އެ ވެއްދީ ރީންގެ ބަނޑަށް ދުވަސް ފުރިފަ ވީއްޔާ އެހެރީ” މަރިނާ ބުނެލިއެވެ. ” އަސްލުވެސް ސޯ މިއަދު ބޭބީސްތައް އަންނާނެ ދޯ؟ “ލާރާ އަށް އުފަލުން ބުނެވުނެވެ. ” ދަރިފުޅު ރަގަޅު ތަ؟ ” ރަޝާދު އަހާލިއެވެ. ” ލައްބަ ބައްޕާ ލާރާ ގޮވައިގެން މިތާ ކައިރި ތަނަކުން ކާންދީގެން މި އަންނަނީ އަހަރެމެން އައުމުގެ ކުރިން ވިހައިފިނަމަ ގުޅާތި ” އަޔާޒް ބުނެލިއެވެ. ” ލައްބަ އަވަހަށްދޭ މިއަދު އެއްވެސް އެއްޗެއް ނުކައި އެއުޅެނީ” މަރީނާ ބުނެލިއެވެ. އަބަދުވެސް އެހެން މީހުން ފިރިންގެ އަތުގައި ހިފާލައިގެންދާ މަންޒަރު ބަލަން ދެރަވެފައި ހުންނަ ލާރާ މިއަދު އަޔާޒް ކައިރީގައި ހުރުމުން އިނީ އުފަލުން ފޮޅިފައެވެ. އަޔާޒް ގޮސް ލާރާ އެރުވުމަށްފަހު ކާރުގެ ދޮރުޖަހާލާފައި ގޮސް ޑަރްއިވާރ ސީޓަށް އަރާ ދުއްވާލިއެވެ. ރެސްޓޯރެންޓަށް ވަދެ ދެމީހުންވެސް އިށީނދެލިއެވެ. ” ލާރާ ކޯޗެއް ކާނީ؟” މެނޫ ބަލަމުން އަޔާޒް އަހާލިއެވެ. ” ވަރަށް ޗީޒީ ވައިޓް ސޯސް ޕާސްތާ ކާން ބޭނުން ވަނީ ” އަޔާޒް ވޭޓަރު އައުމުން ކާއެއްޗިއްސަށް އޯޑަރުދިނެވެ. ” ލާރާ ކީއްވެ ނުބުނީ އަހަރެން ކާރީ ؟” އަޔާޒް ޝަކުވާކޮށްލިއެވެ. ” އަޔާ ދުރުގަ ހުރީމާ ހާސް ނުކުރުވަންވެގެން” ” އަހަރެން ބުނީމެއްނު ކޮންމެވެސް ކަމެއް ގޯސްކޮށްވާން އުޅޭހެން ހީވާ ވަހަކަ ނަސީބެއްނު މާލެ އާދެވުނުކަންވެސް އަހަރެން ވަރަށް ހާސްވި ލަޔާން ހޮސްޕިޓަލަށް އަންނަން ބުނީމަ” އަޔާޒް ބުނެލީ ވަރަށް މަޑުމަޑުންނެވެ. ” އަޔާއަށް އިނގޭތަ އަހަރެންގެ ޑިއު ޑޭޓް ؟” ލާރާ ކޮށްލީ މުޅިން އެހެން ސުވާލެކެވެ. ” ކޮންދުވަހެއްތަ؟” އަޔާޒްވެސް ކޮށްލީ ސުވާލެކެވެ. “އުމް އުމް އަޔާގެ ބާރތްޑޭގެ 3 ދުވަސް ފަސް އެކަމަކު ޑޭޓް ލަސްވެސް އަވަސްވެސް ވެދާނެ ކަމަށް ޑޮކްޓަރު ބުނީ” ލާރާ ހީލާފައި ޖަވާބު ދިނެވެ. ” އަހަރެންގެ އުފަންދުވަހު އަންނާކަށް ބޭބީ ބޭނުމެއް ނުވާނެ އެއީ އަހަރެންމީ ވަރަށް ގޯސް މީހެއް ވީމާ” އަޔާޒް ޖަވާބު ދިނީ ދެރަވެލާފައެވެ. އެވަގުތު ކާއެއްޗިހި އައުމުން ލާރާ އަވަސް އަވަހަށް ކާން ފެށިއެވެ. ކަޅުކުލައިގެ އަބާޔާ އަކާ ކަޅު ވަށް ބުރުގާ އަލައިގެން ކަމުން ދިޔަ ލާރާ އާއި ދިމާލަށް ބަލަން ހެވިފައި އަޔާޒްއަށް ހުރެވުނެވެ. ” އަޔާ ކީއްވެ ނުކައި ތި ހުންނަނީ؟” ލާރާ ސުވާލުކޮށްލިއެވެ. ” ލާރާ! އައި ލަވްޔޫ ” އަޔާޒް ބުނެލުމުން ލާރާގެ މޫނު ރަތްވެގެން ދިޔުމުން ހިނިތުން ވެލާފައި އަޔާޒްވެސް ކާންފެށިއެވެ. ކައިގެން ހޮސްޕިޓަލަށް ދާން ކާރުގައި ތިއްބާ މަރީނާ ގުޅާފައި އަވަހަށް އައުމަށް ބުނެލިއެވެ. ” އަޔާ އަދިވާނެ ދޯ މިތަނަށް ކާން އަންނަން އެ ޕާސްތާ ވަރަށް މީރު ” ލާރާ ބުނެލުމުން އަޔާޒް ބޯ ޖަހާލިއެވެ. ލާރާ ކާރު ގެ ސީޓް ތިރިކޮށްލާފައި ހަމަޖެހިލިއެވެ. ހޮސްޕިޓަލަށް ދެވުނު އިރު ލާރާއަށް ނިދުނެވެ. “އަޔާޒް މަރީނާއަށް ލާރާ ނިދިފައި ކަމަށް ބުނެ މެސެޖް ކުރުމުން އަދި ވަގުތު ނަގާނެކަމަށް ޑޮކްޓަރު ބުނިކަމަށާއި ލާރާއަށް ނުގޮވާ ބޭއްވުމަށް ބުނެލިއެވެ. އަޔާޒް މަޑު މަޑުން ކާރު ދުއްވަމުން ދިޔައެވެ. ބައި ގަޑިއެއްހާއިރުން ލާރާ އަށް ހޭލެވުނެވެ. ” ލާރާ މަންމަ ބުނީ އަދިވެސް ނުވިހާކަމަށް ހިންގާ ގެޔަށް ގޮސް ފެންވަރާ ނަމާދުކޮށްލައިގެން އަންނާނީ ދޯ ” ލާރާ ވެސް އަޔާޒް އާއި އެއްބައި ވެލިއެވެ. ދެމިހުން ގޮސް ގެޔަށް ވަނެވެ. ” ލާރު ހިނގާ ސައި ބޯން ” ޖެނީ ބުނެލިއެވެ. ” އަހަރެމެން ކައިގެން މި އައީ މިދަނީ ރެޑީވެލަން ޖެނީވެސް ތައްޔާރުވޭ ހޮސްޕިޓަލަށް ދާން ރީން ވިހަން ވައްދާފަ އޮތީ ” ލާރާ އެހެން ބުނެލާފައި އަޔާޒް އާއެކީ ގޮސް ރޫމަށް ވަނެވެ. ލާރާ ފެންވަރާލައިގެން ނިކުތުމުން އަޔާޒްވެސް ފާހާނަޔަށް ވަދެ ފެންވާރާލައިގެން އައިސް ގޭގައި ނަމާދުކޮށްލިއެވެ.

ލާރާ އާއި އަޔާޒް އަދި ޖެނީވެސް އެކުގައި ހޮސްޕިޓަލަށް ދިޔައެވެ. “މިހާރު ވަރަށް ގަދަޔަށް އެބަ ރިއްސާތަ ” ލާރާ ހާސްވަފައި އަހާލިއެވެ. މަރީނާއަށް ޖަވާބު ނުދެވިގެން އުޅެނިކޮށް އިވިގެން ދިޔަ ކުޑަދަރިފުޅުގެ ރުއިމުގެ އަޑުން އެންމެންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ އުފާވެރިކަމެވެ. ބައިގަޑިއެއްހާއިރުން ނަރުސް ކުއްޖަކު އައިސް ލިބުނީ އަންހެންކުއްޖަކާ ފިރިހެން ކުއްޖެއްކަމަށް ބުނެލިއެވެ. އެވަގުތު ނަރުސްކުއްޖާގެ ފަހަތުން ނިކުމެގެން އައި ލަޔާންއަށް އައިސް އޭނާގެ މަންމަގެ ގައިގަ ބައްދާލެވުނެވެ. “މަންމާ އަޅުގނޑުމެން ދުނިޔެއަށް ގެނައުމަށް އުފުލި ބުރަ މިއަދު އިހްސާސް ކުރެވިއްޖެ އައިލަވްޔޫ މަންމާ” ލަޔާން ބުނެލުމުން ލާރާވެސް ގޮސް އެ ދެމީހުންގެ ގައިގަ ލޯބިން ބައްދާލިއެވެ. ” ދޮންބޭ ބޭބީސްތައް ވަރަށް ލޯބިދޯ ދެކޭހިތުން ހުރެވެނީއެއްނޫން ” ލާރާ ބުނެލިއެވެ. ” ލާރު އާ ވަރަށް ވައްތަރު އަންހެން ދަރިފުޅު އިރުކޮޅަކުން ނެރޭނެ ބޭބީސްވެސް ރިންއާއެކީ” ލަޔާން ބުނެލީ ކަރުނަ ފޮހެލަމުންނެވެ. ” ކޮންގްރާ ބަޑީ ” އަޔާޒްވެސް ލަޔާންގެ ގައިގަ ބައްދާލިއެވެ. ރީނާ ޕްރައިވެޓް ރޫމަށް ބަދަލުކުރެވުމުން އެންމެން ގޮސް އެތާ މަރުހަބާ ކިޔަން ތިއްބެވެ. ރީނާގެ ބައްޕަވެސް ހީވަނީ ކާފަދަރިން ލިބިގެން އެހެން ފަދަކަމެއް ހެންނެވެ. “ރީން މައި ޖާން ކިހިނެތްތަ ވަރަށް ތަދުވޭތަ އަދިވެސް ” ލާރާ އަހާލިއެވެ. ” އެހާވަރަށް ނުވިސްނާ ޔޫކޭން ޑޫ ދިސް ތީ ނުލާހިކު ހިތްވަރު ގަދަ ކުއްޖެއްނު ” ރީނާ ބުނެލީ ލާރާގެ އަތުގައި ހިފާލަމުންނެވެ. ލާރާ ގޮސް އެއްކުއްޖަކު އުރާލައިގެން އެނދުގައި އިށީނެވެ. ” ނަން ހޯދިންތަ؟” ޖެނީ އަހާލިއެވެ. ” އައި ތިންކް އައި ނޯ ބޭބީސްގެ ނަން މަންމި ކިޔާނެ ގޮތް؟ ” ލާރާ ބުނެލިއެވެ. ” ނިކަން ދިމާކޮށްބަލަ އަހަރެންކާރި އެކަނި ބުނީ ” ލަޔާން ފޮނިވެލިއެވެ. ” ޔާން އެންޑް ޔާނާ ” ލާރާވެސް ބުނެލީ ވަރަށް ޔަގީންކަމާއެކު އެވެ. ” ރީން ބުނީ ދޯ ލާރު ކާއިރީގަ؟” ލަޔާން ޝަކުވާކޮށްލިއެވެ. ” ދޮންބޭ ހަނދާންނެތުނީތަ އަހަރެންމީ ރީންގެ ބެސްޓްފްރެންޑް ކުޑަ ކުޑަ އިރުއްސުރެން އަބަދުވެސް އެއީ ރީން ކިޔާ އެއްޗެއް ގާރލްއެއް ލިބިއްޖެ ނަމަ ޔާނާ އަދި ބޯއިއެއް ލިބިއްޖެނަމަ ޔާން އޭ އެވެސް ދޮންބެޔާ ގުޅުވާފައި އެހެން މީހަކާ މެރީކުރިޔަސް އެހެން ނަން ކިޔަން ބުނާނެ އެންޑް ޝީ އިޒް ވެރި ލަކީ ލޯބިވާ މީހާ ލިބުނީމާ” ލާރާ ބުނެލުމުން ރީނާ ލަދުން މޫނުގައި އަތްއަޅުވާލިއެވެ. ” ލާރު ވެސް ނުލާހިކު ލަކީ އެއްނު އަޔާޒްވެސް ލިބިއްޖެ އެއްނު އެއީ އެއްނު އަބަދުވެސް ނުލިބިގެން އުޅުނު މީހަކީ އާވާރާ ވެގެން ރާއްޖެ ދޫކޮށް ގޮސް ފިލައިގެން އުޅުނީ ” ލަޔާން ދިމާކޮށްލިއެވެ. ” ބައްޕާ ބަލާބަލަ މި ދޮންބޭ ދިމާކުރަނީ؟” ލާރާ ރަޝާދު ކާރީ ޝަކުވާކޮށްލިއެވެ. ” އަޔާޒް ބުނެބަލަ މީ ދޮގެއްތަ؟ ” ލަޔާން ބުނެލުމުން އަޔާޒް ބޯ ޖަހާލިއެވެ. ” ކޮބާ އަޔާޒް އެއީ މަގޭ ބަޑީ އޭ މަގޭ ކޮޅަށް މިހާރުވެސް އެހެރީ” ލަޔާން އަޔާޒްގެ ކޮޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. ” އެކަމެއް ނޭގުނު ޖެހި އިރަކު” ލާރާ ބުނި އެތިން އެތާ ތިބި އެންމެންގެ ހިނިގަނޑުވެސް ފަޅައިގެން ދިޔައެވެ. ލާރާގެ އަތުގައި އޮތް ދަރިފުޅު އަރާމުކޮށް ނިދާލާފައި އޮތެވެ. އެކަމަކު މަރީނާ އަނެއް ދަރިފުޅު ނިންދެވޭތޯ އުޅެމުން ދިޔައެވެ. ” މަންމާ ދީ ބަލަ އެ ކުއްޖާ ނުރޮއްވާ ” ލާރާ ބުނެލިއެވެ. ލާރާގެ އަތުގައި އޮތް ދަރިފުޅު ރީނާގެ ބައްޕަގެ އުނގުގައި ބޭއްވުމަށްފަހު މަރީނާގެ އަތުގައި އޮތް ދަރިފުޅު ލާރާ އުރާލާފާއި ގަޔާ ކާރިކޮށްލުމުން އެ ދަރިފުޅު ހުއްޓާލިއެވެ. ” ކޮބާ މަރީނާ ލާރާ ހާ އަހަރެމެން ނުވާނެ ޕްރޯއެއް ” ރަޝާދު ބުނެލިއެވެ. ” އާނ އެމަންޖެ އެކަނި މާއެކަނި 6 ދަރިންވެސް ބަލާފާނެ” މަރިނާވެސް ބުނެލިއެވެ. “މަންމަވެސް ދެން ދޯ ބޭބީސް ރޯނީ އަބަދު ނިދަން ނޫނީ ބަނޑުހައިވެގެންނެއް ނޫންދޯ  މިހެން އުރާލާފައި ގަޔާ ކާރިކޮށްބައްދާލުމުން ވެސް ހުއްޓާލާނެ އެއީ އެޓެންޝަން ބޭނުންވެގެން ދަރިފުޅުގެ ރުއިމުގެ ރާގު ތަފާތުވާނެ ބަނޑުހައި ވީމަ އަދި ނިދި އައިމަވެސް ތަފާތު ވާނެ” ލާރާ އެހެން ބުނެލުމުން ލަޔާން ލާރާގެ ކުރިމައްޗައް އަރާފައި ސެލިއުޓެއް ނަގާލިއެވެ. ” ލާރު ގިނަ ޓިޕްސް ދޭން އާދެބަލަ ދުވަސްކޮޅަކަށް އަހަރުން ގެޔަށް ” ރީނާ ބުނެލުމުން ލާރާ ބަލާލީ އަޔާޒް އާއި ދިމާލަށެވެ. އަޔާޒް ބޯ ޖަހާލި ނަމަވެސް ލާރާ ބުނީ ދުވާލު އަންނާނެކަމަށެވެ. އެހެން ސަކަރާތް ޖަހަން އެތެއްއިރަކު ތިބުމަށްފަހު ގެޔަށްދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

އިންސާފް (އަށާރަވަނަ ބައި)

Next

ޙަޤީޤަތް ހޯދުމޭ 11

Next
September 3, 2024

ޙަޤީޤަތް ހޯދުމޭ 11

Previews
September 3, 2024

އިންސާފް (އަށާރަވަނަ ބައި)

8 Comments!

  1. Cutie girl says:
    September 3, 2024 at 12:51 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Laaroo and ayaa so cute
    Layaan and reen also
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you nadhoo ❤️😍

    1. Nadhoo Nadhoo says:
      September 4, 2024 at 2:14 pm

      Love you more my lovely reader. abadhuves emme furathama comment kuraathi varah ufavey

  2. Anonymous says:
    September 4, 2024 at 8:41 am

    Vaahkah nimuneethww eh

    1. Nadhoo Nadhoo says:
      September 4, 2024 at 2:12 pm

      Noon Adhi nunimey

  3. Aminath says:
    September 4, 2024 at 8:41 am

    Vaahkah nimuneethww eh

    1. Nadhoo Nadhoo says:
      September 4, 2024 at 2:15 pm

      Adhi nunimey ingeytho

  4. love imko 🤗🤗🤗 says:
    September 7, 2024 at 7:43 pm

    When is next part. Can wait next part

    1. Nadhoo Nadhoo says:
      September 11, 2024 at 12:12 pm

      imko Haadha dhuvahe fahun mi comment eh kohli varah ufaa vejje. 12 vana part submit kohfa inaanee eythi up load vee haa avahakah 13 vana part ves submit kohlaanan

Comments are closed.

Next Episodeނުލިބޭނެހޭ އަލުން އެހީ 12←


All Right Reserved!