ސިއްރު-5
ހެދުން ލައިގެން ބެލްކަނީއަށް ނުކުތް އިރު އުޑު މަތި ވަނީ ވަރައް ބޮޑަށް ބަނަ ކޮއްލާފައެވެ. ކަޅު ވިލާތަކުން އުޑުމަތި ބަނަ ކޮއްލާފައިވާއިރު ހީވަނީ ދެންމެ ދެންމެ އޮއްސާލަފާނެހެނެވެ.
*********************************************************
“އިޒާން… ކާން އާދޭ!” މައްމައަށް އަހަރެން ނުކުތް ކަން އިގުނީ ކޮޓަރީގެ ދޮރު ހުޅުވި އަޑަށެވެ. އަހަރެންގެ ކޮޓަރިޔާއި ބަދިގެ ހުންނަނީ ކައިރީގައި ކަމުން އަހަރެންގެ ކޮޓަރީ ދޮރު ހުޅުވާ އަޑު ނުލާހިކު ސާފުކޮށް ބޭރައް އިވެއެވެ.
އަހަރެން އަޑު ނީވޭ ކަމައް ހަދާފައި ވެސް ބޭރަށް ދާން ނުކުތީމެވެ. ދެން އަހަރެން ބެލްކަނީއަށް ނުކުތީ ސެންޓު ޖަހަމުންނެވެ. ނަމަވެސް ކަޅު ވިލާ ތަކުން ފުރިފައި އޮތް އުޑުމަތި އޭރު މަޑަކުން ނޯތެވެ. ހަމަ ހެސް ކިޔާފަ ވާރޭވެހިގަތީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. އަހަރެންގެ ހިތަށް ކުރިން ބޭރައް ނުނުކުމެވުނު ކަން އެއީ ނަސީބެކޭ އެރިއެވެ. ދެން އިތުރު ގޮތެށޤ ނެތުމުން އަހަރެން ދިޔައީ ބަދިގެޔަށެވެ.
އެއިރު މައްމަ އާއި ޝަހާއާ ދެމީހުން ހުރީ ޑިސްކު މަސްހުނި ތައްޔާރު ކޮއްފައެވެ. މައްމަ އާއި ޝަހާއަށް އަހަރެން ފެނުމާއެކީ ހައިރާން ވިއެވެ. އެހެންޏާ އަހަންނަކީ މިހެން ގޮސް ބަދިގެޔަށް ވެސް ވަރަށް ވަންނަ މީހެއް ނޫނެވެ. އަދި ހާއްސަކޮށް ގޮސް މޭޒު ދޮށުގައި އިށީނުމުންނެވެ. އެހެން ފަހަރުތަކުގައި ވެސް މައްމަ ކާން އައުމަށް އެދެއެވެ. އެހެން ނަމަވެސް މިއީ އަހަރެން ހަގީގަތުގައި ކާން ދިޔަ ފުރަތަމަ ފަހަރެވެ. މައްމަ މެންގެ ހައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައީ އަހަރެން ކާން ހަދާދިނުމަށް އެދުމުންނެވެ. ތެދައް ބުނާ ނަމަ ޝަހާއާ ކައިވެނި ކުރުމަށް ފަހު އަހަރެން ގެއިން ނުކަމެވެ. އިސްދަށަަށް ޖަހައިގެން ހުރެ އަހަރެން ވާހަކަ ދައްކަމުން ދިޔައިރު އެމީހުންގެ މޫނުމަތީގައި އެކި ކުލަވަރުތަށް އަރާ ފައިބާނެކަން ޔަގީނެވެ. މައްމަމެންއައްވެސް ފާހަގަ ވެފަ އޮތް ކަމަކީ ކައިވެންޏަށް ފަހު އަހަރެން ގެއިން ނުކާ ކަމެވެ. އަދި މިއީ އަހަރެން ކާ ފުރަތަމަ ފަހަރު ވެސް މެއެވެ.
މައްމަމެން ގިނަ އިރު ވަންދެން އެއްވެސް ހަރަކާތެއްނުކޮށް ހުންނަ ކަމުގެ އިހްސާސްވާން ފެށުމުން އަހަރެން ވަކިވަކިން މައްމައާއި ޝަހާގެ މޫނަށް ނަޒަރެއް ދިނީމެވެ. މައްމަ ހުރީ ހައިރާން ކަމާއެކީ އަހަންނަށް ބަލަހައްޓައިގެންނެވެ. ނަމަވެސް ޝަހާއަށް ބެލުމާއެކީ އޭނާ އަހަންނަށް ލުއި ހިނިތުންވުމެށް ދިނުމައްފަހު އަވަހަށް ކާން ހަދަން އުޅުނެވެ. މައްމަ ވެސް ޝަހާގެ ހަރަކާތް ތަކައް ބަލަން ހުރެފައި އަވަހަށް އަހަންނަށް ފެން ތައްޓަކާއި ޖޫސް ތައްޓެށް އެޅިއެވެ. އެއިރު ޝަހާ ކާނެ ތައްޓަކާއި މަސްހުނި ތަށީގެ އިތުރުން ރޮށި އަޅާފައި ހުރި ތަށި ގެނަޔެވެ.
އަހަންނާ ބައިވެލަން މައްމަ އާއި ޝަހާ ވެސް އައެވެ. ކައި ނިމުނުއިރު ވެސް އެކަކު ވެސް އަގައިން ބުނަން ގަސްދު ނުކުރެއެވެ. އަހަރެން ވަކި ބުނާނީ ކީކޭ ހެއްޔެވެ؟ ނަމަވެސް މައްމަ އާއި ޝަހާ ވަރަށް އުފަލުން ތިބި ކަން އަހަންނަށް ފާހަނގަ ކުރެވުނެވެ.
ކައި ނިންމާލުމައްފަހު އަހަރެން ބެލްކަނީއަށް ނުކުތްއިރު ހިމަފޮދު ވާރޭ ވެހިވެހި އޮތެވެ. އަވަހަށް އަހަރެން އައިސް ކޮޓަރިޔަށް ވަނީ އެވާރޭ ތިކިތަކުން ސަލާމަތް ވުމަށެވެ. އަހަރެން ދެން ފޯން ނަގާ މެސެންޖަރ އަށް ވަނީމެވެ. އަދި އައްޒާމް އާ އަހަންނާ ކުރާ މެސެޖް ބަޔަށް ވަނީމެވެ. އެވަގުތު އައްޒާމްގެ ރިޕްލައިއެއް ލިބިފައި އޮތެވެ. އޮތީ މިރޭ ރެސްޓޯރަންޓް އަކުން ބައްދަލު ކުރުމަށް އެދިފައެވެ. މި އައްޒާމް މޮޔައީ ހެއްޔެވެ؟ އަހަރެން ސީސީޓީވީ ފުޓްއޭޖް ފުނުވުމަށް އެދުމުން މީނާ އެދުނީ ރެސްޓޯރަންޓުތަކަށް ކާން ދާން ހެއްޔެވެ؟
އަހަރެން ހިތުން އައްޒާމްއަށް ކުދި ކިޔަމުން ކޮން ރެސްޓޯރަންޓް އަކުން ބައްދަލު ކުރާ ވާހަކައެށް ހެއްޔޭ އެހީމެވެ. މި ފަހަރު އައްޒާމް އިނީ އޮންލައިން ގައި ކަމުން ރިޕްލައި އަންނަން މާގިނަ އިރެށް ނުނަގައެވެ. އޭނާ ބުނީ ސީސީޓީވީ ފުޓްއޭޖް އޭނާގެ ލެޕްޓޮޕްގައި އިނުމުން ދެމީހުން އެކައް އެ ބެލުމަށެވެ. އަހަރެން ހުރީ ހަޤީގަތް އިގެން ކެތް މަދު ވެފައެވެ. އެހެން ކަމުން މި ވަގުތު ބައްދަލު ވެދާނެހެއްޔޭ އަހާލީމެވެ. ނަމަވެސް ދެން އައަޒާމް އަހަރެން ކުރި އެންމެ މެސްޖްއަކަށް ވެސް ހިލެޔަކު ރިޕްލައިއެއް ނުދިނެވެ. އޭނާ ބިޒީ ކަމައް ބުނެ އޮފްލައިން ވެސް ވިއެވެ.
ކެތް ކުރުން ނޫން އިތުރު ކަމެއް ދެން އަހަންނަށް ނެތުމުން އަަހަރެން އެދުގެ ފަޑީގައި ރަނގަޅަށް ލެގިލީމެވެ. އަދި ފޯން އިން އެންމެ ފަހުގެ ޚަބަރުތައް ކިޔަން ފެށީމެވެ. ކޮންމެވެސް އަލީ ޝާމްއެއް ގެއްލިގެން އުޅޭ ކަމުގެ ޚަބަރުތައް މުޅި ސޯޝަލް މީޑިއާގައި ޢާންމުވަމުން އެބަދެއެވެ. މި ލައިގަތީ ދެން ޖެހުނު ކަންތަކެވެ. އައްޒާމް ދެން ފަސޭހައަކުން އަތުގައި ނުޖެހޭނެއެވެ.
އަހަންނަށްް ދެން ވިސްނެން ފެށުނީ ޝިރާ އާ ދޭތެރޭގައެވެ. އެކުގައި ހޭދަވި ދުވަސްތަކުގެ ތެރެއިން ދުވަހެއް އަހަރެންގެ ސިކުނޑިއާއި ކުޅެލީ ކުރިމަތީގައި އަޅުވާފައި ހުރި ފިލްމެއް ފަދައިންނެވެ. މީގެ މަސް ތަކެއް ވުރެން ގިނަ ދުވަސް ތަކެއް ވެފައި ވި ނަމަވެސް އެ ހަނދާންތައް އާވަނީ ކުރިމަތީގައި މިހާރު ވެސް ހިގަމުންދާ މަންޒަރެއް ހާ ފުރިހަމަކޮށެވެ.
***********************
އެއީ ދަންވަރުގެ ވަގުތެވެ. ދަންވަރޭ ބުންޏަސް އެގާރަ ގަޑި ބައި ކަން ހާއިރެވެ. އަހަންނާ ޝިރާއާ ދެމީހުން ތިބީ ޝިރާމެންގެ ދައްތައެއްގެ ރަށުގައި ދަތުރުއައިސް ފާލަން މަތީގައެވެ. ރޭގަނޑުގެ އެ ހަމަ ހިމޭން ވަގުތުގައި އެއްވެސް ދިރޭއެއްޗެއްގެ ހިލަން ނުވާ އެ މާހައުލު ވަރަށް ވެސް ހިތް ގައިމެވެ. މިލަ އެ ހަނދުވަރުގެ އަލި އެއްވެސް އަލި ކަމެއް ނެތް އަނދިރީގެ ތެރެއިން ފެންނަލެއް ވަރަށް ފުރިހަމައެވެ.
އެ ހަަމަ ހިމޭން ކަަންވެސް ފޫ ދުއްވާލީ އަހަންނެވެ. “ޝިރާ… ޔޫ ރެޑީ ފޯރ ނެކްސްޓް ވީކް؟” އަހަރެން މަޑުމަޑުން ޝިރާގެ އަތުގައި ހިފީމެވެ. އެވަގުތު ޝިރާ އަހަރެންގެ ކޮޑުގައި ބޯ މަޑުމަޑުން އެޅިއެވެ. ދެން އޮތް ހަފްތާގައި އަހަރެންމެންގެ ކައިވެނި ހަމަޖެހިފައި އޮތް އިރު މާދަމާ އަހަރެމެން އެންމެން މާލެ ދިޔުމައް އޮތީ ހަމަޖެހިފައެވެ. އެއީވެސް ކަޑު ބޯޓަކުން މިރަށުގައި ތިބި ތިމާގެ މީހުންނާ އެއްކޮށެވެ. އަހަރެމެން ދެމީހުން މި ރަށައް އައިސް އެންމެ ސިކުންތެއް ވެސް ބޭކާރު ގޮތުގައި ހޭދަކުރާކަަށް ބޭނުން ނުވުމުން އެންމެ ފަހު ވަގުތު ގައި ވެސް ތިބެން ބޭނުން ވީ އެއްކޮށެވެ.
“ހޮނެސްޓްލީ… ނޯ! އަހަރެން ކުޑާކޮށް ބިރު ގަަނޭ… އައި މީން ލައިފް ގަ މިހާ ބޮޑު ޑިސިޝަންއެއް ނަގަަން ދޯ މިއުޅެނި؟” ޝިރާ ބުންޏެވެ. އަހަރެން ވަކި އެއްޗެކޭ ނުބުނެ ދުރުން އެ ފެންނަ މިލަ ހަނދުވަރަށް ބަލަން އިނީމެވެ. އަދި ޝިރާގެ ކޮންމެ ބަހެއް ވެސް ވަރަށް ރަނގަޅަށޤ އަޑުއަހަން އިނީމެވެ. “ޒާން؟ ޒާން ބުނެބަލަ ޒާން ބިރު ގަނޭތަ؟” ޝިރާ އެންްމެ ފަހުން ގޮސް އަހަރެންގެ މޫނަށް ބެލިއެވެ. އަހަރެން ވެސް މަޑު މަޑުން ބޯ އަބުރާލުމަށް ފަހު ޝިރާއަށް ބަލާލީމެވެ.
“އާނ… އެކަމު ޖެހޭނެ ދޯއެކަންތަކާާ ވެސް ކުރިމަތި ލާން ކޮންމެވެސް ދުވަހަކުން… އަބަދަކު ފިލައިގެން ވެސް ނޫޅެވޭނެ ދޯ؟” އަހަރެން އަނެއްކާ ވެސް ދުރުން އެ ފެންނަ ހަނދަށް ނަޒަރު ބަދަލު ކޮއްލީމެެވެ. ޝިރާ ވެސް އެހެން މަޑުމަޑުން އޮތުމަށް ފަހު އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.
“ޒާން ކިޔާދީބަލަ ލަވައެއް… ޕްލީސް…” ޝިރާ އހަރެން ކައިރީ އެދުނެވެ.
“ނޯ… ނޯ… ނޯ… މައި ވޮއިސް ރީތި ނޫން… ޝިރާ ވީ އެއްނު އަހަންނައް ލަވައެއް ކިޔާ ދޭން… ޕްލީސް…” އަހަރެން ވަގުތުން ޝިރާ ބުނި ބަހަައް އިންކާރު ކޮއްލީ ޝިރާގެ ލޯބި ލޯބި އަޑުން ލަވައެއް ކިޔާ އަޑު އަހާލުމަށެވެ.
“އާނ… އޯކޭ އޯކޭ…. ނުވާނަމޭ ބަދަލެއް ހުވާ ޔާރާ……… ވާނަމޭ އުމުރައް އެކީ ޖާނާ………. ނޭދެމޭ ދުރުވާކަށެއް ލޯބިވާ………. ނުވާނަމޭ ބަދަލެއް ހުވާ ޔާރާ………..”
ޝިރާ ލަވައެއްގެ ބައިތެއް ކިޔާލިއެވެ. އަހަރެން ވަގުތުން ތައުރީފުގެ ބަސްތަކެއް ޝިރާއައް އޮއްސާލީމެވެ.
*************************************
އަހަރެން އޮތް ހުވަފެނީ ދުނިޔެއިން ނުކުމެވުނީ މީހަކު އައިސް ދޮރު ހުޅުވާލި އަޑަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.

Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Zaan nuvaane Sahaa ah Ehn hadhaakah
Mi part kiyaafa rovijje
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍
thx for ur support…
Mi part ves vrh reethi🤍 when next part🥰
thx His girl…
aslu v bxy koh ulhey theeve… test week mi ee… insha allah next week ga kiyan libeyne varu koddheynan…
Reethi mi part ves pumpkin😜
thx gosip ge bestie…. ekm dhn upload kuraa part thankolheh las vedhaane… but try kuraanan dhigu kureveythw… v busy vaane next wk… hope u will understand…
thx gosip ge bestie…. ekm dhn upload kuraa part thankolheh las vedhaane… but try kuraanan dhigu kureveythw… v busy vaane next wk… hope u will understand…
I understand pumpkin
Hi! Babies this is a nice story.hope you add more stories like this
thx..