Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުލިބޭނެހޭ އަލުން އެހީ 10

Nadhoo
Nadhoo Level 1
August 28, 2024 7 Mins Read
3 Comments

-ނޯޓް-

ބަލިވެ އުޅޭތީ މި ފަހަރު މި ޕާރޓް އަޕް ކުރެވުނީ ވަރަށް ލަހުން އެހެން ކަމުން ހުރިހާ ކިޔުންތެރިންގެ އަރިހުން މާފަށް އެދެން.

ހެނދުނު ތެދުވެގެން ސައި ހެދުމަށް ފަހު ތައްޔާރު ވެގެން ލާރާ އޭނާގެ މަންމަ އަށް ގުޅާލައިގެން ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔައެވެ. ” މަންމާ ކިހާއިރަކު ޖެނީ އަންނާނީ؟” ” މިރޭ 8 ޖަހާ އެހާކަން އިރު އާދެވޭނެކަމަށް ރަޝާދު ބުނި ” ލާރާގެ ބޮލުގައި މަރީނާ ލޯބިން ފިރުމާލިއެވެ. ” ދަރިފުޅު ވަރަށް ބަލިވޭތަ؟” ” އާން މަންމާ ބައެއް ފަހަރު ވަރަށް ހޮޑުލަވާ ބައެއް ކާ އެއްޗިހި ފެނުނަސް ފޫހިވޭ! މަންމަވެސް އެހެން ވޭތަ؟” ލާރާ އަހާލިއެވެ. ” މަންމަ ލަޔާންއަށް ބަލިވެއިން އިރު 3 މަސް ވަންދެން ތެދުވާނެ ވަރެއްވެސް ނުހުރޭ ދަރިފުޅުގެ ބައްޕަ އަބަދުވެސް ކުރުބަލެއް ޖޫސްތައްޓެއް ހިފައިގެން އަންނާނެ ބުއިމާ އެކީ ގިނަ ފަހަރު ހޮޑު އެންމެ ފަހުން ހުންނާނެ އެނދު ކާރީ ބާލިދީ އެއް ބަހައްޓާފައި ހޮޑުލެވޭ ވަރުން ވަރަށް ހާލުގަ އުޅުނީ އެކަމަކު ދަރިފުޅަށް ބަލިވެ އިން އިރު ވަރަށް ފަސޭހަ ” މަރީނާ ބުނެލިއެވެ. ނަމްބަރު ޖެހުމުން ލާރާ އާ އެކީ މަރީނާވެސް އެތެރެޔަށް ވަނެވެ. ބޭބީގެ ހާރޓް ބީޓް އިއްވާލުމުން ލާރާގެ ހިތުގެ ހިނގުންވެސް އަވސްވެގެން ދިޔައެވެ. އަޔާޒް މަތިން ހަނދާން ވުމުން ލޮލުން ކަރުނަ އައި ނަމަވެސް ހިތްވރުކޮށްލާފައި ކަރުނަ ފުހެލިއެވެ.

ހޮސްޕިޓަލުން ނިމިގެން ގެޔަށް ގޮސް ލާރާ މެންދުރަށް ބަތާ ގަރުދިޔަ އަދި މަހެއްވެސް ފިހެލާފައި ކާން ހެދުމަށްފަހު ކައިގެން ގޮސް ފެންވަރާލައިގެން ޖައްސާލިއެވެ. މެންދުރު ގެޔަށް ކާން އައި އަޔާޒް ނިދާފައި އޮތް ލާރާ އާއި ދިމާލަށް ބަލާލި ނަމަވެސް ރޭއްސުރެން ލާރާ އަނގައިންވެސް ނުބުނާތީ ގޮވާކަށް ނުކެރުނެވެ. ކައިގެން އަޔާޒު އޮފިހަށް ދިޔައެވެ. ލާރާއަށް ހޭލެވުނީ 5 ވެސް ޖެހި ފަހުންނެވެ. ލާރާ ޕިއްޒާ ކާހިތުން ޕިއްޒާ އަކަށް ގުޅާލިއެވެ. ޑެލިވަރީ އައުމުން ޕިއްޒާހިފައިގެން ގޮސް ލާރާ ޓީވީ ޖައްސައިގެން ސޯފާގައި އިނދެ ޕިއްޒާ ކަމުން ދިޔައެވެ. “ބެލް ޖަހާލުމުން ލާރާ ގޮސް ދޮރު ހުޅުވާލި އިރު ކުރިމަތީގައި އިން ރީނާ ފެނިފައި އުފަލުން ބައްދާލިއެވެ. ” ވަޓް އަ ސަޕްރައިޒް ރީން ” ލާރާ އަށް ބުނެވުނީ ވަރަށް އުފާވެއެފައެވެ. ރީނާވެސް ގޮސް ލާރާ އާއެކީ ސޯފާގައި އިށީނެވެ. ” މިއަދު ވަރަށް މީރު ފޮނި އެއްޗެއް ހެދީމާ ހަމަ ހިތައް އެރީ ލާރު އަށް ދޭން ގެންނާނި އޭ ” ރީނާ އޭނާ ގެނައި ކޮތަޅު ލާރާއަށް ދިނެވެ. ” ލާރު ހުރިހާ ކަމެއްވެސް ރަގަޅު ތަ؟” ރީނާ އަހާލިއެވެ. ” ހޫމް ރަގަޅު ކީއްވެ ތިހެން ތި އެހީ؟” ” ތިހެން ބުނީމާ ލާރުގެ ފަހަރި ގަބޫލުކުރިޔަސް ލާރުގެ ބެސްޓް ފްރެންޑް ނުކުރާނެ ސޯ ބުނޭ އެދުވަހު ގޭގަވެސް ނޭހީ މަންމަމެން ތިބީމާ” ރީނާ މަޑުމަޑުން ލާރާގެ ކޮނޑުގައި އަތްބާއްވާލުމުން ލާރާގެ ބަޑި ފަޅައިގެން ދިޔައެވެ. ” ހުއްޓާލާފައި ކިޔާދީބަލަ ތީ ނުލާހިކު ހިތްވަރު ގަދަ ކުއްޖެއްނު ” ރީނާ ލޯބިން ލާރާގެ ކަރުނަ ފޮހެދިނެވެ. ލާރާ ހުރިހާ ވާހަކައެއްވެސް ރީނާ އަށް ކިޔާދިނެވެ އަދި އެއްވެސް މީހަކު ކާރީ ނުބުނުމަށް ވެސްބުންޏެވެ. ” އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަގަޅުވާނެ އަޔާޒް އަށް އަދި ވިސްނޭނެ ” ރީނާ ދިޔުމުން މައްރިބް ނަމާދުކޮށްލައިގެން ގޮސް ލާރާ ރޭގަނޑަށް ކައްކާލިއެވެ. 8 ޖަހަންވާއިރަށް ތައްޔާރުވާން ފެންވަރަންވެގެން ލާރާވަނެވެ.

ރަޝާދު ފްލައިޓް ޖެއްސައިގެން ޖެނީ އައުމުން އަވަހަށް ކާރާއަރާ ދުއްވާލިއެވެ. “ރަޝާދުބޭ ކޮންތާކުންތަ ޖޮބްލިބުނީ؟ ” ޖެނީ ސުވާލުކޮށްލިއެވެ. ގިނަ ދުވަހު ލާރާ އެކީ އުޅެފައިވާތީ ޖެނީއަށް ދިވެހިން ވަރަށް ރީތިކޮށް ވާހަކަ ދައްކަން އިނގެއެވެ. ” ދެމަފިރިޔަކު އުޅޭ ގެޔަކަށް މިދުވަސްކޮޅު އަނބިމީހާ ބަނޑު ބޮޑުވީމާ ބަލިކޮށް އުޅޭތީ އެހީ ތެރިޔަކު ބޭނުން ވެގެން ބުނުމުން އެގެޔަށް މި ގެންދަނީ” ރާޝާދު ޖަވާބު ދިނެވެ.

ބެލް އަޅާ އަޑަށް އަޔާޒް ގޮސް ދޮރު ހުޅުވާލިއެވެ. ރަޝާދުގެ ފަހަތުން ވަދެގެން އައި ޖެނީއަށް ސޯފާކާރީ އިން ލާރާފެނުމުން ދުވެފައި ލާރާގެ ކާރިޔަށް ގޮސް ބައްދާލިއެވެ. ” ލާރު! އަޅޭ ރަޝާދުބޭ ނުބުނޭ ލާރު ކާރިޔަށޭ މިގެންދަނީ ބޭބީ އެއް ލިބެނީ ދޯ އައިއެމް ސޯ ހެޕީ އެއީ ލާރު ހަޒްބެންޑްތަ؟ ” ޖެނީ އަހާލިއެވެ. ” އަޔާ މީ ޖެނީ އަހަރެންގެ އެހީތެރިޔާ ” ލާރާ ބުނެލުމުން އަޔާޒް ހެލޯ އޭ ބުނެލިއެވެ. “އަޔާ އާ ތަ ލާރު މެރީކުރީ؟” ހައިރާންވެގެން ޖެނީ އަހާލިއެވެ. ނަމަވެސް ރަޝާދު ހުރުމުން އޮޅުވާލަންވެގެން ކޮންކަހަލަ ބޭބީ އެއްހޭ އަހާލިއެވެ. ” ޖެނީ އޯކޭ ވާނެ އެންމެނަށްވެސް މިހާރު އިނގޭ އަޔާގެ ކަންތައް އަދި އަހަރެންގެ ފިލައިގެން ގޮސް އުޅުނީ ޖެނީ ކާރީ ނޭޕާލުގައި ކަންވެސް އިނގޭ ” ލާރާ ޖަވާބު ދިނެވެ. ” ދެން އެވާހަކަތައް ނުދައްކަމާ ދޯ އެދުވަސްތަކުގައި ލާރު އުޅުނު ހާލު ހަނދާން ވިޔަސް ރޮވޭ ވަރަށް ހައި ކޯޗެއް ކައްކަންވީ؟” ޖެނީ އަހާލިއެވެ. ” ބައްޕާ ނުބުނަންތަ ޖެނީ ކާރީ މާދަމާއިންނޭ ޑިޔުޓީފެށޭނީ؟ ހިނގާ އެންމެން ކާން އަހަރެން ވަރަށް މީރު ބަތްގަނޑެއް ހެދިން ” ލާރާގެ ފަހަތުން އެންމެން ގޮސް ކާ މޭޒު ދޮށުގައި އިށީނެވެ. “ބައްޕަޔަކަށް ނޭންގެޔޭ ބައްޕަގެ ލާރާ މިހާ ކައްކަން މޮޅުކަމެއް މި ހަދާފަހުރި ކުކުޅު ވަރަށް މީރު ” ރަޝާދު ބުނެލިއެވެ. ބައްޕާ މަންމަ ހުއްޓާ ގޭގައި ވަދެވޭ ދޯ ބަދިގެޔަށް އަހަރެން ކައްކަން ދަސްކުރީވެސް ބޭރުގައި އުޅުނު އިރު ދޯ ޖެނީ ވަރަށް ގިނަ ތެލި ވެސް އެނދި އޭ ” ލާރާ މަޖާވެލާފައި ބުނެލިގޮތުން އެންމެންވެސް ހެވުނެވެ. ކައިގެން ރަޝާދު ދިޔުމުން އަޔާޒްވެސް ކޮޓަރިޔަށް ދިޔުމުން ލާރާ ޖެނީއަށް އޭނާގެ ވާހަކަތައް ކިޔާދިނެވެ. ޖެނީ ލާރާއަށް ވަރަށް ހިތްވަރު ދިނެވެ. ލާރާ ގޮސް ވަން އިރު އަޔާޒް އެނދުމަތީގައި އިށީނދެގެން އިނެވެ. ލާރާ ފާހާނާޔަށް ވަދެލާފައި ހެދުން ބަދަލުކޮށްގެން ހަރުވާޅަކާއި ޓީޝާރޓެއް ލައިގެން އައިސް އެނދުގައި އޮށޯތެވެ. އަޔާޒުއަށް ލާރާގެ ހަރަކާތްތަކަށް ބަލަން ހުރުން ނޫން އެހެން ކަމެއް ނުކުރެވުނެވެ. ކަންތައް ކޮންމެގޮތަކަށް ހުއްޓެއް ކަމަކު ލާރާ ދެކެވާ ލޯބިން ދުރުގަވެސް ހުރެވެނީއެއްނޫނެވެ.

ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ގޮސް ލާރާގެ ބަނޑަށް 7 މަސްފުރިއްޖެއެވެ. އަޔާޒު އާއި ލާރާ އާއި ދެމެދުގައި ގުޅުން އަދިވެސް ރަގަޅެއް ނޫނެވެ. ލާރާގެ ގޭ މީހުން ދުވާލު ގަޑީ އަބަދުވެސް އައިސް ތިބެއެވެ. ގޭގައި ހުރިހާކަމެއްވެސް ކުރަނީ ޖެނީއެވެ. ނަމަވެސް އަޔާޒުގެ ހެދުންތައް އިސްތިރިކޮށް ކާން ހަދަނީ ލާރާއެވެ. އަޔާޒްގެ ކަންތައް ލާރާ އެހެން މީހަކު ލައްވާކުރުވާކަށް ބޭނުމެއް ނުވެއެވެ. ދުވާލު ހަތަރު ދަމު އަޔާޒު އުޅެނީ އޮފީހުގައެވެ. މެންދުރުވެސް ގެޔަށް ކާން އާދެވޭ ވަރެއް ނުވެއެވެ ގެޔަށް އާދެވޭނީ ރޭގަނޑުއެވެ. ގިނަރޭރޭ ލާރާ އަޔާޒް އައުމުގެ ކުރިން ނިދައެވެ. ކިތަންމެ ވާހަކަ ދައްކާ ހިތުން ހުއްޓަސް އަޔާޒް އަކަށް ލާރާ އަށް ގޮވާކަށް ނުކެރެއެވެ. އަޔާޒްއަށް ކަންތައްކުރެވުނީ ރަގަޅަ ނޫންކަން މިހާރު އިހްސާސްވެއެވެ. ލާރާގެ ކާރިން މާފަށް އެދެންވެސް ބޭނުމެވެ އެކަމަކު ލާރާ އާއެކީ ވާހަކަ ދައްކާލާނެ ވަގުތެއް ނުލިބެއެވެ. އަބަދުވެސް ލާރާގެ ކާރީގައި ޖެނީ ހުރެއެވެ. ހުކުރު ދުވަހުވެސް ލާރާ ދަނީ ކާންހަދާފައި ލާރާގެ ގެޔަށެވެ. ލާރާ އާއި އަޔާޒްގެ ގުޅުން ރަގަޅު ނޫންކަން އެންމެނަށް އެނގޭ ނަމަވެސް އެކަކުވެސް އެކަމާ މާ ބޮޑަށް އަޅާލާނަހަދައެވެ. ނަސީމާވެސް އަބަދު ގުޅާ ހާލު ބަލާ ހަދައެވެ. އަދިވެސް ނަސީމާ ބޭބޭ ގެ އަންހެނުން ރަގަޅުނުވާތީވެ ރީޝާ އެކަނިކޮށްލާފައި އިންޑިޔާއިން އަންނާކަށް ނުކެރުނެވެ. ކުޑަކުއްޖަކު ގޮވައިގެން ކެންސަރު ޖެހިފައިވާ މަންމަ ބަލަން ރީޝާ އެކަނި ނުކުރަންވެގެން އޭނާގެ މަރުވެފައި ވާ ބޭބެޔަށްޓަކާ ވެސް ނަސީމާ މަޑުކުރަން ނިންމީއެވެ.

އަޔާޒް އޮފީހުގައި އުޅެފައި މެންދުރު ނަމާދުން ނިމިގެން ގެޔަށް އައީ ބޮލުގަ ރިއްސާތީ ކުޑަކޮށް ނިދާލަންވެގެން ކަމަށް ފާހާނަޔަށް ވަދެލާފައި ހެދުން ބަދަލުކޮށްގެން ނުވެސް ކައި އައިސް އަޔާޒް އެނދުގައި ޖައްސާލިއެވެ. އަޔާޒްގެ އަމަލުތަކަށް ބަލަށް އިން ލާރާއަށް ކަމެއް ގޯސްވެސްޖެހެން ހީވުމުން އަޔާޒްގެ ކާރިޔަށް ދިޔައެވެ. “އަޔާ ކިހިނެތް ވީ ؟ ބަލީތަ؟ ” ލާރާ މަޑުމަޑުން އަހާލިއެވެ. ” ބޮލުގައި ރިއްސާތީ ނިދާލަންވެގެން ކަމަށް ލާރާ ކައިފިންތަ؟ ” އަޔާޒް ބުނެލިއެވެ. ” ހޫމް ކައިފިން އެބައަންނަން ބޭސް ގުޅައެއް ހިފައިގެން ” ލާރާ ބޭސް ހިފައިގެން އައިސް ދިނުމުން އަޔާޒް ބޭސްގުޅަ ކާލާއިގެން ޖައްސާލުމުން ލާރާވެސް އަޔާޒްގެ ކާރީ ޖައްސާލުމުން ނިދުނެވެ. އަޔާޒަށް ހޭލެވުނީ 5 ވެސް ޖެހި ފަހުންނެވެ. ކާއިރީގައި ނިދާލާފައި އޮތާ ލާރާގެ މޫނަށް ބަލަން އަޔާޒަށް އޮވެވުނެވެ. ލޯބިން ލާރާގެ ބޮލުގައި ފިރުމާލުމުން ނިދީގަ އޮވެ ލާރާ އަޔާޒްގެ ގައިގަ ބައްދާލިއެވެ. ލާރާގެ ބޮޑުވަފައިވާ ބަނޑަށް އަޔާޒަށް ބަލާލެވުނެ ހިނދު ހިތަށް އެރިއެވެ ބަނޑުބޮޑުވީފަހުން ލާރާގެ ރީތިކަން ދެގުނައަށް އިތުރުވެއްޖެއެވެ. އަޔާޒްގެ ގައިގަ ޖެހިފައިވާ ބަނޑުން ދަރިފުޅުގެ ތޮޅިލުން ފުރަތަމަ ފަހަރަށް އިހްސާސްކުރެވުމުން އަޔާޒްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ދެވަނަ ފަހަރު ތޮޅިލާތޯ އަޔާޒް އަތްޖައްސާލަން އުޅެފައި ވެސް ނުކެރުމުން ތެދުވާން އުޅުނު ވަގުތު ލާރާ އަޔާޒްގެ އަތުގައި ހިފާލާފާއި ލާރާގެ ބަނޑުގައި އަތް ޖައްސާލިއެވެ. ދަރިފުޅު އަނެއްކާވެސް ތޮޅިލިއެވެ. އަޔާޒްގެ ލޮލުން ކަރުނަ ހިލުނީ އެއްވެސް އިހްތިޔާރަކާ ނުލައެވެ. ” ލާރާ ސޮރީ ” އަޔާޒަށް ބުނެވުނީ ވަރަށް މަޑުންނެވެ. ލާރާ ދުރައްޖެހިލާފައި ތެދުވެގެން ގޮސްފާހާނާޔަށް ވަދެފައި ސައިބޯން ބޭރަށް އައުމަށް އަޔާޒް ކާރީ ބުނެފައި ބޭރަށް ނިކުތެވެ. އަޔާޒްވެސް ފެންވަރާލައިގެން ބޭރަށް ނިކުތެވެ. ” ޖެނީ އައިސް ކްރީމް ހުސްވީތަ؟” ލާރާއަށް ދެރަވެލާފައި އަހާލެވުނެވެ. ” ޖެނީ ހުސްވީކަމަށް ބުނުމުން ގޮސް ސޯފާގއި އިށީނދެ ލާރާ ރޯންފެށިއެވެ. ” ލާރު ކޮންވައްތަރެއް ބޭނުމީ ގަންނަން މިދަނީ ދެން އަވަހަށް ހުއްޓާލަބަލަ” ޖެނީ ބުނެލުމުން ލާރާ ކަރުނަ ފޮހެލިއެވެ. ޖެނީ ގޮސް ކާ މޭޒު ކާރި ހުއްޓުނެވެ. ” ޖެނީ ކީއްވެ ލާރާ އެހާ ކުޑަކަމަކާ އެ ރޮނީ އެހެން ކަމަކާ ދެރަވެފަ ހުރީތަ؟” އަޔާޒަށް އަހާލެވުނެވެ. ” ނޫން އަޔާޒް މާބަނޑުއިރު އެކަހަލަ ކަންތައް ކޮންމެ އަންހެނަކަށްވެސް ދިމާވާނެ ބައެއްފަހަރު އެއްވެސް ކަމެއް ނުވިޔަސް ހަމަ ރޮވިދާނެ ނޫނީ ވަރަށް އުފާ ވެދާނެ ރުޅިވެސް ގަދަވެދާނެ އަދި އިނގޭތަ ބައެއް މީހުން ޑިޕްރެޝަނާވެސް ކުރިމަތި ލާންޖެހޭ އެ ނުވަމަސް ދުވަހަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވަރށް ގިނަ ކަންތައް އަންހެނުން ތަހައްމަލް ކުރަންޖެހޭ ދުވަސްކޮޅެއް އެދުވަސްވަރު ބޭނުންވާނީ ގާތް މީހުންގެ ލޯތްބާއި އަޅާލުން ހާއްސަކޮށް ފިރިމީހާގެ ލޯބި” ޖެނީ ވާހަކަ ނިންމާލާފައި ދިޔުމުން އަޔާޒްވެސް ބޭރަށް ދިޔައެވެ. ލާރާ ވެސް ފެންވަރާލުމަށް ކޮޓަރިޔާ ދިމާލަށް މިސްރާބު ޖެހިއެވެ. ލާރާ ރީތި ވާން ހުއްޓާ އަޔާޒް އައިސް ކޮޓަރިޔަށް ވަނެވެ. އެކަމަކު އަޅާވެސް ނުލާ ލާރާ ނިކުމެގެން ބޭރަށް ދިޔައީ ޖެނީ ފިހާރަޔަށް ދިޔަތޯ ބަލަންވެގެންނެވެ. ” ސާބަސް ޖެނީ އަދިވެސް އައިސް ކްރީމް ގަންނާކަށް ނުދަންތަ؟” ލާރާ ޝަކުވާކޮށްލިއެވެ. ” އައިސްކްރީމް ލާނެ ތަނެއް ނެތޭ ފްރިޖްގައެއް ދެން ކިހިނެތް ގަންނާނީ ” ޖެނީ ހީލާފައި ޖަވާބު ދިނެވެ. ލާރާ ގޮސް އައިސް އަލަމާރީގެ ދޮރު ހުޅުވާލިއެވެ. ” ޖެނީ ގަނޑު އަދި އައިސް ކްރީމް ގެނެސް ލާފައޭ ދޯ އެކަމަކު ހާދާ ބައިވަރެކޭ ” ފްރިޖްއިން ކޮޓޮންކެންޑީ އައިސް ކްރީމް ޓައްޕު ނަގައިގެން ގޮސް ލާރާ މޭޒު ކާރީގައި އިށިނދެކާން ފެށިއެވެ. ” ލާރު ތި އަހަރެން ގެނައި އެއްޗެއް ނޫން ކަމަނާގެ ފިރިކަލުން ގެނައީ އަހަރެން ނިކުތް އިރު ހުރީ އައިސް ކްރީމް ތައް އައިސް އަލަމާރިޔަށް ލާން” ޖެނީގެ ޖަވާބު އަޑު އިވިފައި ލާރާގެ ދެ ލޯ ބޮޑުވިއެވެ. ” އަސްލުވެސް އަޔާތަ ގެނައީ؟ ” ލާރާއަށް އަހާލެވުނެވެ. ” ޔޭސް އަދި ވެސް ވަރަށް ސާމާން ގެނައޭ ފްރުޓް ޖޫސް ޕެކެޓްސް ކިރު ފެކެޓް ޗޮކްލެޓް އެކަމަކު މާގިނައިން ނުކާތި ފޮނިއެއްޗިހި ތައް ” ޖެނީ ޖަވާބު ދިނެވެ. ” ޖެނީ ތި ދައްކަނީ އަޔާގެ ވާހަކަތަ ހަމަ” ލާރާ ދެންވެސް އަހާލިއެވެ. “އާން ހަމަ ކަމަނާގެ ފިރިމީހާގެ ވާހަކަ ” ޖެނީ ވެސް ޖަވާބު ދިނީ ހީލާފައެވެ. ” އެކަމަކު އަޔާ ކޮން އިރަކުތަ ބޭބީ އާ ދޭތެރޭ ވިސްނަން ފެށީ ؟” ” ދެން ލާރާ ވެސް ދޯ ވެދާނެ ދޯ ވިސްނުނީކަމަށް ހީ ލަވްސް ޔޫ އަ ލޮޓް އޭ ކުރީ ދުވަހުވެސް އިން ލެޕުން ދެމީހުންގެ ވެޑިން ފޮޓޯތައް ބަލަން ” ޖެނީ ބުނެލުމުން ލާރާ ޖަވާބެއް ނުދީ އައިސް ކްރީމް ކަމުން ދިޔައެވެ. ލާރާ ކޮޓަރިޔަށް ވަން އިރު އަޔާޒް ސޯފާގައި އިނެވެ. “ލާރާ އަހަރެން އެބަޖެހޭ ވީކް އަކަށް ނިއު ރިސޯޓް ހަދާ ސައިޓަށް ގޮސްލަން މިހާރު ލަޔާންވެސް ނޫޅޭތީ އެބަޖެހޭ ކޮންމެހެންވެސް ދާން ” އަޔާޒް މަޑުމަޑުން ބުނެލިއެވެ ” ދެން ދޭ އަވަހަށް ” ލާރާ ޖަވާބު ދިނެވެ. ” ލާރާ އަހަރެންނަކަށް ނޭންގޭ ބުނެދޭކަށް ނޭންގޭ ފާޑެއްގެ ބިރުވެރިކަމެއް ހިތު ތެރޭގައި އުފެދެނީ ހީވަނީ ލާރާ ނޫނީ ބޭބީއަށް ކަމެއް ވާން އުޅެނީހެން އަހަރެން ބިރުގަނޭ ” އަޔާޒަށް ބުނެވުނީ ވަރަށް ލަސްލަހުންނެވެ. އަޔާޒްގެ ދުލުން ބޭބީއަށް އަށް ކަމެއްވެދާނެތީ ބިރުގަންނަ ވާހަކަ އިވުމުން ގަބޫލުވެސް ނުކުރެވިފައި ލާރާ އިނެވެ. ” ލާރާ ބުނެބަލަ އެއްޗެކޭ؟” އަޔާޒަށް ބުނެވުނެވެ. ” އަޔާ ހާސްނުވޭ އެއްވެސް ކަމެއް ނުވާނެ އިރާދަކުރެއްވީއްޔާ އަވަހަށް ގޮސް މަސައްކަތް ނިންމާލާފަ އާދޭ” ލާރާ އަޔާޒްގެ އަތުގައި ހިފާލިއެވެ. ” އަޔާ ތެންކިޔު އައިސްކްރީމް ގެނެސް ދިނީމާ ” ލާރާ އެހެން ބުނެލީ މައުލޫ ބަދަލުކުރުމުގެ ބޭނުމުގައެވެ. “ބަޓް މާގިނައިން ނުކާތި އިނގޭ އެއީ ޕްރެގްއިރު ހަކުރު މަތިވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ ” އަޔާޒް ބުނެލިއެވެ. ” އަޔާއަށް ކިހިނެތް އެނގުނީ؟” ލާރާ އަހަލުމުން އަޔާޒް ކަޑަވިއެވެ. ” އެއީ އެއީ އެއީ؟ ” ” ނުބުނެވުނެއްނު ” ލާރާ ބުނެލިއެވެ. ” ކޮންއިރަކު ފުރަނީ؟” ލާރާ އަހާލިއެވެ. ” މެންދުރު ފަހު 2 ޖަހާއިރު އިނީ ފުރަން ” އަޔާޒް ޖަވާބު ދިނެވެ. ” އޯކޭ އެހެން ވީމާ ދެން މިދަނީ ނިދަން ހެނދުނު ޕެކްކޮށްލަދޭނަން އިނގޭ” ލާރާ އެހެން ބުނެލުމުން އަޔާޒް ބޯ ޖަހާލިއެވެ. ލާރާ އޮށޯވެ ނިދާލިތާ އިރުކޮޅެއް ފަހުން އަޔާޒްވެސް ގޮސް ލާރާގެ ކާރީގައި އޮށޯތެވެ. ލާރާގެ މޫނަށް އެހެން ބަލަން އޮއްވާ އަޔާޒަށްވެސް ނިދުނެވެ.

ހެނދުނު ތެދުވެ ސައި ބޮއެގެން ލާރާ އަޔާޒްގެ ބޭގް ޕެކްކޮށް ނިންމާލިއެވެ. އަޔާޒްވެސް ތެދުވެގެން އޮފީހަށް ގޮސްލާފައި ގެޔަށް އާދެވުނު އިރު މެންދުރު ނަމާދު ވަގުތު ކާރިވުމުން ފެންވަރާލައިގެން މިސްކިތަށް ދިޔައެވެ. މިސްކިތުން ނިމިގެން އައިސް ކައިގެން ގެންދަންޖެހޭ ފައިލް ތައް އެއްކޮށް ބެކްޕެކަށް އަޅާ ނިމުނު އިރު ފުރަން ދާ ގަޑިވެސް ޖެހިއްޖެ އެވެ. ” މިހިރީ އަޔާގެ ފޮށިވެސް ޖެނީ ގެނެސްދިފައި ” ލާރާ ބުނެލީ ސޯފާގައި އިން އަޔާޒަށް ބަލާލަމުންނެވެ. ” އަޔާ ކިހިނެތްވެފައި ތި ހިރީ ހީވަނި ކަމަކާ ވިސްނާހެން ” ލާރާ އަހާލިއެވެ. ” އަހަރެން ބުނީމެއްނު ހިތް ބިރު ގަންނަނީ އޭ ” އަޔާޒަށް ބުނެވުނީ ވަރަށް މަޑުންނެވެ. ” އަޔާ އެހާ ނުވިސްނަބަލަ އެއީ ކާރު އައި އަޑު އަވަހަށް ދޭ” ލާރާ ހީލާފައި ބުނެލިއެވެ. މޫނުމަތިން ނުދެއްކި ނަމަވެސް އަޔާޒް ދާތީ ލާރާވެސް އިނީ ދެރަވެފައެވެ. ” ލާރާ ކޭން އައި ހަގްޔޫ ދިޔުމުގެ ކުރިން؟” އަޔާޒް އަހާލި ވަގުތު ޖެނީ ބޭރުން އައިސް ވަނެވެ. އެހެންވެ އަޔާޒް އަކަށް ލާރާކާރިޔަށް ދާކަށް ނުކެރުނެވެ. ދަނީ ކަމަށް ބުނެލާފައި އަޔާޒް ދިޔައެވެ. އަޔާޒް ދިޔުމުން ލާރާ އަށް ރޮވުނެވެ. ” ވަރަށް މިސްވާނެ އަވަހަށް އަންނާތި ” މަޑުމަޑުން ލާރާއަށް ބުނެވުނެވެ. ” ފޯނަށް މެސެޖެއް އައުމުން ލާރާ ފޯނު ބަލާލިއެވެ ” ވަރަށް މިސްވާނެ ” އަޔާޒްގެ މެސެޖް ފެނުމުން ލާރާއަށް ހިނިތުން ވެވުނެވެ. ދެމީހުންގެ މެދުގައި މައްސަލަތަކެއް ހުއްޓެއް ކަމަކު ދެމީހުން އެކަކު އަނެކަކު ދެކެވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

ހަފްތާ ދިޔަލެއްވެސް އަޔާޒްއަކަށް ނޭގުނެވެ. އުޅެން ޖެހުނުލެއް ބުރަކަމުން ގިނަ ދުވަހު ނިދާލަންވެސް ލިބެނީ މަދު ވަގުތުކޮޅެކެވެ. އެކަމަކުވެސް ލާރާއަށް މެސެޖްކޮށްފަ ނޫނީ ގުޅާލާ ލާރާ އިނީ ކައިގެން ތޯ ރަގަޅު ތޯ ކޮންމެ ދުވަހަކު އެތައް ފަހަރަކު އަހައެވެ. އަޔާޒް އެހާ ކެޔާރ ކުރާތީ ލާރާ ހުރީ ވަރަށް އުފާވެއެވެ. މާލެ ދާން ލޯންޗުގައި އިން އަޔާޒްއަށް ރޭއްސުރެން ލާރާގެ އެއްވެސް ހަބަރެއް ނުވާތީ އިނީ ކަން ބޮޑުވެފައެވެ. ޖެނީގެ ފޯނަށް ވެސް އެތައް ފަހަރަކު ގުޅުމުން ވެސް ޖަވާބެއް ނުލިބުނެއެވެ. ކާރުން ފައިބައިގެން ގޮސް ބެލް ޖެހުމުންވެސް ދޮރު ނުހުޅުވުމުން އަޔާޒް އޭނާގެ އަތުގައި އިން ތަޅުދަނޑިން ދޮރު ހުޅުވާލިއެވެ. އެއްވެސް މީހެއްގެ އަލާމާތެއް ފެންނަން ނެތުމުން އަޔާޒްގެ ކަންބޮޑުވުން އިތުރު ވިއެވެ. އަޔާޒް ފޯނުނަގާ ލަޔާނަށް ގުޅާލިއެވެ. ” ހެލޯ ލަޔާން ލާރާ އެބައިންތަ ތި ގޭގަ؟ ގެޔަކު ނެތް ރޭއްސުރެން ފޯނުވެސް ނުނަގާ ނުވޭ ހަބަރެއް” އަޔާޒް އަވަސްއަވަހަށް އަހާލިއެވެ. ” އަޔާޒް މާލެއައީތަ އަވަހަށް އާދޭ އައި ޖީ އެމް އެޗްއަށް” ލަޔާން ބުނެލުމުން އަޔާޒްގެ ހިތުގައި ރިއްސާލިއެވެ ” ކިހިނެތް ވީ ލާރާ އޯކޭތަ ” އަވަހަށް އާދޭ ލަޔާން ދެންވެސް ބުނެލިއެވެ. އަޔާޒް ގޮސް ހޮސްޕިޓަލަށް ވަން އިރު ލަޔާން ހުއްޓެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ފިނި ހިތް 19

Next

ޙަޤީޤަތް ހޯދުމޭ 10

Next
August 28, 2024

ޙަޤީޤަތް ހޯދުމޭ 10

Previews
August 28, 2024

ފިނި ހިތް 19

3 Comments!

  1. Cutie girl says:
    August 28, 2024 at 11:22 am

    It’s ok Shafakallah
    Mi part ves v Reethi masha allah
    Curiously waiting for next part
    Keep it up
    Finally Laaroo and ayaa so cute 😍
    Laaroo ah khineh vee baa
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you nadhoo ❤️😍

  2. Cutie girl says:
    August 28, 2024 at 11:49 am

    Laaroo ah dhera gotheh nuhadhachey
    Mi part kiyaafa rovijj
    Vuufaa vejje ayaa ah visnuneema

  3. Cherry says:
    August 29, 2024 at 2:20 pm

    Vrh reethi vhk Masha Allah ❤️
    Vhk ge 11 part ah inthizaaru kurevey eyba

Comments are closed.

Next Episodeނުލިބޭނެހޭ އަލުން އެހީ 11←


All Right Reserved!