ނުލިބޭނެހޭ އަލުން އެހީ 9
ރޭގަނޑު 8 ޖެހި އިރު އޮފިސް ނިންމާލާފައި ގެޔަށް ގޮސް ކޮޓަރިޔަށް ވަން އަޔާޒްއަށް ދެލޯ ބޮޑޮކޮށްލެވުނެވެ. މުޅި ކޮޓަރި ވަނީ ރަތްކުލައިގެ ހާރޓް ބެލޫންސް އިން ފުރާލާފާއެވެ. އެނދުގައި ހުދު ކުލައިގެ ބެޑް ޝީޓެއް އަޅާފައި ރަތްކުލައިގެ ފިނިފެންމާ ފިޔަތަކުން ލަވްޔޫ އަޅާފައި އިނެވެ. ވެނީލާ ކެންޑްލްގެ މީރު ވަސް މުޅިތަނުގައި ހިފާފައި ހުއްޓެވެ.ފާހާނާގެ ދޮރު ހުޅުވާލާފައި ރަތްކުލައިގެ ކުރުކުރު ނައިޓީއެއްލައިގެން ނިކުތް ލާރާ ފެނިފައި އަޔާޒުވެފައިވާ ވަރުބަލިކަންވެސް ހަނދާންނެތުނެވެ. ލާރާގެ ދިގު ފަން އިސްތަށިގަނޑުވީ ދޫކޮށްލެވިފައެވެ. ލެޕްޓޮޕް ބޭގް ބެހެއްޓުމަށް ފަހު އަޔާޒް ގޮސް ލާރާގެ ކުރިމަތީގައި ހުއްޓުނެވެ. ” ލުކިން ސޯ ހޮޓް އަހަރެން މޮޔަވެދާނެ ބޭބީ ” އަޔާޒް ލާރާގެ މޫނުގައި އަތުގެ ނުފުށުން ފިރުމާލިއެވެ. އެބަ އަންނަން ފްރެޝްވެލައިގެން އަޔާޒް ލާރާގެ ނިތްކުރީގައި ބޮސް ދިނެވެ. ފެންވަރާލައިގެން ތުވާލި އޮޅާލައިގެން ނިކުމެގެން ގޮސް ކަބަޑު ހުޅުވާލާ ލާނެ އެއްޗެއް އަޔާޒް ހޯދަމުން ދިޔައެވެ. ނަމަވެސް ލާރާއަކަށް އިތުރަކަށް ކެތެއް ނުވިއެވެ. ގޮސް ފުރަގަހުން އަޔާޒްގެ ގައިގަ ބައްދާލިއެވެ. ” އަޔާ އައި ލަވްޔޫ” ލާރާ އެގޮތަށް ބުނެލުމުން އަޔާޒްގެ ގައިން ހީބިހިނަގައިގެން ދިޔަ މީ ފުރަތަމަ ފަހަރެވެ. އަނެއް ފަރާތައް އެބުރި ލާރާގެ ގައިގާ ވަރަށް ލޯބިން އަޔާޒް ބައްދާލިއެވެ. ” އައި ލަވް ޔޫ ޓޫ ” އަޔާޒް ލަރާ ގެ ނިތްކުރީގައި ބޮސް ދިނެވެ. އަޔާޒް ލާރާގެ މަޑު ފިޔާތޮށިކުލައިގެ ތުންފަތުގައި އަޔާޒްގެ ބޮޑުވާ އިނގިލިން ފިރުމާލިއެވެ. ލާރާ ލަދުން ދުރަށް ދާން އުޅުނެވެ. ނަމަވެސް އަޔާޒު ހުރީ އެކަމަށް ވަރަށް ހުށިޔާރުވެގެން ކަމުން ލާރާއަކަށް ނުދެވުނެވެ. އަޔާޒް ލާރާގެ އިސްތަށިގަނޑު ތެރެޔަށް އަތް މަހާލުމަށް ފަހު ލާރާ އާ ކިސްކޮށްލިއެވެ. ލާރާ ލަދުން މޫނު ފޮރުވާލިއެވެ ” ބޭބީ ލަދުވެސް ގަނޭތަ؟ އެން މީ އަހަރެމެންގެ ފަސްޓް ކިސްއެއް ވެސް ނޫނެއް ނު ” އަޔާޒް ބުނެލީ ލާރާ އިތުރަށް ލަދުގަންނަވާލުމުގެ ބޭނުމުގައެވެ. އަޔާޒް ލާރާ އުފުލާލައިގެން ގޮސް އެނދުގައި ބޭއްވިއެވެ. ” ލާރާ ދެކެ އަހަރެން ވަރަށް ލޯބިވޭ ބޭނުން ވަނީ މުޅި އުމުރަށްވެސް ލާރާ އާއެކީ އުޅެން މީ އަހަރެން ވަރަށް އިންތިޒާރުކުރި ވަގުތެއް ލާރާބޭނުން ވެގެން ކާރި ވާންދެން އަހަރެން މިކެތްކުރީ ބަޓް ނައު އައި ޖަސް ވޯންޓް އީޓް ޔޫ ” އަޔާޒް ލާރާގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ. ލާރާއަށްވެސް އަޔާޒްގެ އަތު ތެރެޔަށް ވިރިގެން ދެވުނެއެވެ. ދެ ޖިސްމުގައި ހިފާފައިވާ އުލްފަތުގެ ހުޅުގަނޑުން ދެ ޖިސްމު އަނދަމުން ދިޔައެވެ. އެތައް ދުވަހެއްގެ އިންތިޒާރަށްފަހު އެންމެ ފަހުން ދެމީހުން ބޭނުންވީ ލޯބި ހާސިލްވީއެވެ. ” ލާރާ ހެޕީތަ؟ ” އަޔާޒް އަހާލިއެވެ. “ވަރަށް ހެޕީ އަސްލު ހިޔެއް ނުކުރަން ދުވަހަކުވެސް އަޔާ ލިބިދާނެކަމަކަށް ” ލާރާ ބުނެލީ އަޔާޒްގެ މޭމަތީގައި ބޯ އަޅާލަމުންނެވެ. ” އަހަރެންވެސް ހީޔެއް ނުކުރަން ހިތަށް ވެސް ނާރާ އަހަރެން ވެސް އަދި ފަހުން މޮޔަވެގެން އުޅޭނެޔޭ ލާރާދެކެ ލޯބިވެގެން ” އަޔާޒް ބުނެލުމުން ލާރާ ހީލިއެވެ. “އަޔާ ދެން ހިނގާބަލަ ކާން ނުވޭތަ ބަނޑުހައެއްވެސް” ލާރާ އަހެން ބުނެލާފައި ތެދުވިއެވެ. “މިރޭ ބަނޑާ ހިތްވެސް ފުރިއްޖެ ” އަޔާޒް ލާނެތް ކަމާއެކީ ބުނެލިއެވެ. ލާރާގެ ފަހަތުން އަޔާޒްވެސް ގޮސް ކާމޭޒު ކާރީ އިށީނެވެ. “ވާވް! މައި ފެވަރިޓް ޕާސްތާ ” އަޔާޒް އުފާވެފައި ބުނެލިއެވެ. ދެމީހުންވެސް ކައިގެން ގޮސް ނިދާލިއެވެ.
ލާރާ އާއި އަޔާޒްގެ ހަޔާތައް ބަހާރު މޫސުން އައިސްގެން އުޅޭ ހެން ދެމީހުން އަބަދާއަބަދު މާފޮޅުވަމުން ދިޔައެވެ. ދުއްވާލަން ގޮސް އެކީ މޫދަށްގޮސް ޖޮގިންއަށްވެސް ބައެއް ދުވަހު ދެމީހުން އެކީ ދެއެވެ. އެހެން އުޅޭތާ ދެމަސް ވާން އުޅެނިކޮށް ލާރާއަށް އުނދަގޫތަކެއްވާތީ ލާރާ ގޮސް ޑޮކްޓަރަށް ދައްކާލުމުން ބަނޑުބޮޑުކަން އެނގުމުން ލާރާ އުފަލުން އަޔާޒަށް ގުޅާފައި އަވަހަށް ގެޔަށް އައުމަށް ބުނެލުމުން އަޔާޒް ވެސް ގެޔަށް ދިޔައެވެ. އަޔާޒް ފެނުމުން ލާރާ އަޔާޒްގެ ގައިގަ ބައްދާލިއެވެ. “އަޔާ އައި ލަވްޔޫ އަޔާ ބައްޕައަކަށް ވަނީ” ލާރާ އުފާވެލާފައި ބުނެލިއެވެ. ނަމަވެސް ލާރާ އުއްމީދު ކުރިކަހަލަ އުފާވެރިކަމެއް އަޔާޒްގެ ފަރާތުން ނުފެނުމުން ލާރާ ކަންބޮޑުވިއެވެ. ” އަޔާ ނުވޭތަ އުފަލެއް؟ ” ލާރާއަށް އަހާލެވުނެވެ. ” ތެދުތެދަށް ބުނާނަމަ އަހަރެންނަކަށް ނޭންގޭ ރިއެކްޓް ކުރަންވީ ގޮތެއް އަހަރެން އަދި ބޭބީ އެއް ބޭނުމެއް ނޫން އަހަރެން ރެޑީއެއް ނޫން އަހަރެން ބޭނުންވަނީ ލާރާ އާއެކީ ވަރަށް ލޯބިން މުޅިދުނިޔޭގައި އުދުހެން އަހަރެމެން ނަށް ލޯބިން އުޅެލަން މި ލިބުނީ ވަރަށް ކުޑަދުވަސްކޮޅެއްނު ” އަޔާޒް ބުނެލިއެވެ. ” އެކަމަކު އަޔާ ބޭބީސް ދެކެ ލައިކްވޭ އެއް ނު ބޭބީ ލިބުނަސް މިގުޅުމަކަށް ބަދަލެއް ނައަންނާނެއޭ” ލާރާ އަށް ބުނެވުނީ ދެރަވެލާފައެވެ. ” ބޭބީސް ދެކެ ލައިކްވެޔޭ އެކަމަކު އަހަރެން އަދި ބޭނުމެއް ނޫން ބޭބީއެއް އަދި ބޭނުމީ ހަމައެކަނި ލާރާ ” އަޔާޒް ލާރާގެ އުނަގަނޑުގައި ހިފާލާފައި ކާރިކޮށްލުމަށްފަހު ލާރާގެ ތުންފަތުގައި ބޮސްދިނެވެ. ” އެކަމަކު އަޔާ މިހާރު ބޭނުން ނުނަސް ބޭބީ މިއޮތީ އަހަރެންގެ ބަނޑުގައި ދެން އަހަރެމެން ޖެހޭނީ ރެޑީވާން” ލާރާގެ ބަހަށް އެއްވެސް ޖަވާބެއް ނުދީ އަޔާޒް ގޮސް ފާހާނާޔަށްވަނުމުން ލާރާ ދެރަވިއެވެ.
ދެހަފްތާ ވެގެން ދިޔައިރުވެސް ލާރާ އާއި އަޔާޒު އެވާހަކައެއް ނުދައްކައެވެ. ލާރާ ދައްކަން އުޅުނަސް އަޔާޒް ވާހަކަ އޮޅުވާލައެވެ. ” ލާރާ ހިންގާބަލަ މިރޭ ހުޅުމާލެޔަށް ދާން ދޭ ބަލަ ރޭޑީ ވާން ” އަޔާޒު ލޯބިން އައިސް ބުނެލިއެވެ. ” އަޔާ އަހަރެން ފާޑަކަށް މޭ ނުބައި ކޮށްފަ މިހުންނަނީ ދެ ފަހަރަކު ހޮޑުވެސް ލެވިއްޖެ އެހެން ރެޔަކުން ދަމާ ދޯ ” ލާރާ ބުނެލިއެވެ. ” މިހާރު ތި ނޫން ވަރެއް ނުވެއެއްނު އެހެންވެ އަހަރެން ބުނީ އަދި މާ އަވަހޭ އަދިވެސް ލަހެއް ނުވޭ ހިންގާ އެބޯޝަން އެއް ހައްދަން ” އަޔާޒު ބުނެލީ ހިތްހަމަ ނުޖެހިފައެވެ. ” ކީކޭ އަޔާ މޮޔަވީތަ ؟ އަހަރެންނަކަށް ނުކެރޭނެ އެއްވެސް ކުށެއްނެތް މައުސޫމު ފުރާނައެއް ދުއްވާލާކަށް ” ލާރާ ހިތުގައި ޖެހުނެވެ. ” އަދި 2 ވީކް އެއްނު ބޭބީ ނުވެސް އުފެދޭނެ ” “ހުއްޓާލާ! އަހަރެން ހިޔެއް ނުކުރަން އަޔާތީ ތިހާ ރަހުމްކުޑަ މީހެއް ކަމަކަށް މި ދަރިފުޅު އަހަރެންގެ ބަނޑުގައި ވިޔަސް މި އަޔާގެވެސް ލޭ ހަމަ ކުޑަވެސް ކުލުނެތް ނެތީ ތަ ؟ ” ލާރާއަށް ރޮވެން ފެށުމުން އަޔާޒު ނިކުމެގެން ދިޔައެވެ. ލާރާއަށް އެހެން އޮވެ އެންމެފަހުން ނިދުނެވެ. އަޔާޒު އައިރު ނިދާފައި އޮތް ލާރާގެ މޫނުގައި ހިކިފައި ހުރި ކަރުނަތައް ފެނުމުން އަޔާޒްގެ ހިތުގައި ރިއްސާލިއެވެ. އަޔާޒް ލާރާގެ ގައިގަ ބައްދާލިއެވެ. ލާރާއަށްވެސް ނިދިގަ އަޔާޒްގެ އަތުތެރޭގައި ބޮނޑިވެވުނެވެ. ހެނދުނު ތެދުވެ ލާރާ ބަދިގެޔަށް ވަދެ ކުޑަގޮތެއް ހަދާލުމަށްފަހު ސައި ތައްޔާރު ކުރުމަށް ފަހު ގޮސް ސޯފާގައި ޖައްސާލިއެވެ. އެހެން އޮއްވާ އަޔާޒް އައުމުން ލާރާ ގޮސް ސައި ހަދާދިނެވެ. ” އަހަރެން މިއަދު ގެޔަށްދާނަން މަންމަމެން ކާރީ އަހަރެން ޕްރެގް ވާހަކަ ވެސް ބުނާނަން އަޔާގެ މަންމަ ކާރީވެސް ބުނެފިން ވަރަށް އުފަލުން ހުރީ ” އެހެން ބުނުމަށްފަހު އަޔާޒްގެ ބަހަކަށްވެސް އިންތިޒާރުކުރުމެއްނެތި ލާރާ ގޮސް ކޮޓަރިޔަށް ވަނެވެ. ” ލާރާ ދިޔުމުން އަޔާޒަށް ބަލަން ހުރެވުނެވެ.
ހަވީރު ވުމުން ތައްޔާރުވެގެން ލާރާގެޔަށް ދިޔައެވެ. ” އަޅޭ ލާރޫ މަންމަ މިއަދު އެ ދެއްކީ ލާރުގެ ވާހަކަ ނުވެސް އާދެޔޭ ދޯ މަންމާ ” ރީނާ ލާރާ ފެނުމުން އުފާވެފައި ބުނެލިއެވެ. “ކުޑަކޮށް ބަލިވެ މިއުޅެނީ އެހެންވެ ނާދެވެނީ ” ލާރާ ބުނެލިއެވެ. “ދެން ކީއްވެ މިހާ ގުޅާ އިރުވެސް ނުބުނެ ތިހިރީ ނަސީމައްތަވެސް ނެތެއްނު” ރީނާ ޝަކުވާކޮށްލިއެވެ. ” މިހެން ކުރިމަތީ އިނދެ ބުނަން ބޭނުންވީ ކޮބާ ދޮންބެ އާ ބައްޕަ” ލާރާއަށް އަހާލެވުނެވެ. ” އެއައީނު އެމީހުން ދަރިފުޅު އެހުން ލަސްވީ ” މަރީނާ ބުނެލިއެވެ. ” އަހަރެން ޕްރެގް ” ލާރާ މަޑުމަޑުން ބުނެލިއެވެ. އެހެން ބުނލުމާއެކު ރީނާ އާއި މަރީނާ އެކީ އުފަލުން ލާރާގެ ގައިގަ ބައްދާލިއެވެ. ” ހާދަ އުފާވެއްޖެޔޭ ބައްޕަ މިހާރު ދެކޮޅުން ވެސް ކާފަކީ އޭ މި ދެން މުސްކުޅި އަތަށް އެޅީ އޭ” ރަޝާދު އެހެން ބުނުމުން އެންމެނަށްވެސް ހެވުނެވެ. ” އަޔާޒްކޮބާ ؟ ” ލަޔާން އަހާލިއެވެ. ” ދޮންބޭ އަޔާ އޮފީހުގައި ވީ ވަރަށް ބުރަ މިހާރު އެކަނި ވީމާ ” ލާރާ ގަސްތުގައި ދޮގު ހަދާލިއެވެ. ” ބައްޕާ ގޭގަ ގެންގުޅޭނެ ކުއްޖަކު ހޯދާލަދީބަލަ އަހަރެން މިހާރު ވަރަށް ބަލި ނުވޭ އެކަނި މަސައްކަތް ކުރެވޭ ވަރެއް އަޔާވެސް އުޅޭނީ އެހާ ބުރަކޮށް ބޭނުމީ ވަރަށް ރަގަޅު ކުއްޖެއް ބޮޑަށް ރަގަޅީ އަންހެން ކުއްޖެއް ނަމަ” ލާރާ ބުނެލިއެވެ. ” ޖެނީ ގެނެސް ދެންތަ؟” ރަޝާދު އަހާލުމުން ލާރާގެ ލޮލުގެ ވިދުން ގަދަވެގެން ދިޔައެވެ. “އާނ ބައްޕާ ވަރަށް އުފާވާނެ ޖެނީ ގެނެވިއްޖެ ނަމަ އެއީ އަހަރެން ވަރަށް އިތުބާރު ކުރާ މީހެއްވިމާ އަހަރެން މި ބޭނުންވާ އެހީ ދެވޭނެ ކަމުގެ ޔަގީންކަން އޮތް މީހަކަށްވާތީ ” ލާރާ ޖަވާބު ދިނެވެ. ” ލާރު އޭރު ގޮސް ވެސް އުޅުނީ ޖެނީ ކައިރީގައި ނޭޕާލުގައި ދޯ މީ ދޮންބެޔަށް ވަރަށް ޔަގީންވާ އެއްޗެއް” ލަޔާން އަހާލުމުން ލާރާ ބޯޖަހާލިއެވެ. ޖެނީ އަކީ ލާރާ ބޭރުގައި ކިޔެވިއިރު ކައްކާ ހަދަން ޖެނީގެ އެހީތެރިޔަކަށް ރަޝާދުގެނައި ކުއްޖެއް ޖެނީ އަކީ ވަރަށް ރަގަޅު ކުއްޖެއްކަމުން ލާރާ އެއްބަނޑު ކުއްޖަކު ދެކެވާ ލޯބި ޖެނީދެކެ ވެއެވެ. ” މީގެ ހަފްތާއެއް ކުރިން ޖެނީ ގުޅި ބައްޕައަށް ބުނީ ޖޮބެއް ހޯދަދީބަލާށޭ ރާއްޖެއިން މިހާރު ވިސާގެ ކަންތައްވެސް ނިމިފައި އިނީ މިގެޔަށް ގެންނަށް އުޅުނީ އެކަމަކު ޖެނީގެ އަސްލު މަލްކިން ބުނީމަ ދޭކަށެއްނު ޖެހެނީ” ރަޝާދު ލާރާގެ ބޮލުގައި ފިރުމާލިއެވެ. ” އެހެން ވިއްޔަ އަވަހަށް ގެނޭ” ލާރާ ބުނެލިއެވެ. ” މާދަމާ ނޫން އަނެއް ދުވަހަށް ރެޑީވާން ޖެނީއަށް މެސެޖްކޮށްފިން ނުބުނަން ގެންނަ ތަނެއް ޖެނީ ވަރަށް އުފާވާނެ ލާރު ގެ ގެޔަށް ކަން އެނގުމުން” ލަޔާން ޖަވާބު ދިނެވެ. ” އަހަރެން މެރީ ކުރި ވާހަކަވެސް ޖެނީ ކާރިޔަކު ނުބުނެވޭ ” ލާރާ ބުނެލިއެވެ. އެހެން ވާހަކަ ދައްކަން ތިބުމަށްފަހު ލާރާ ގެޔަށް ދިޔައީ 9 ވެސް ޖަހަން އުޅެނިކޮށްނެވެ. “އަޔާ މާދަން ނޫން އަނެއް ދުވަހު މިގެޔަށް ޖެނީ ކިޔާ ކުއްޖަކު އަންނާނެ އަހަރެން ބަލިވެ އުޅޭތީ އެހީވެދޭން ޖެނީ އަކީ ކުރިންވެސް އަހަރެން ކާރީ އުޅުނު ކުއްޖެއް ” ލާރާ އެހެން ބުނެލާފއި ހެދުން ބަދަލުކޮށްގެން އައިސް އޮށޯވެ ނިދާލިއެވެ.
ހެނދުނު ސައި ބޯން އިނދެފައި އަޔާޒް ލާރާއާއި ދިމާލަށް ބަލާލިއެވެ. ” މިހާރު ލާރާ އަހަރެންނާ އެކި ސައިވެސް ބޮވޭކަމަކަށް ނުވޭ މިހާ އަވަހަށް އަހަރެމެން ދެމީހުން ދުރުވާން ފަށައިފި ” އަޔާޒް ބުނެލިއެވެ. ” ސާބަސް އަޔާއަށް އަހަރެން މީނީ ބަލިވެޔޭ މާ ގަދަޔަށް ކާ އެއްޗިހީގެ ވަސްދުވީމަ ހޮޑުލަވާގޮތްވޭ އެހެންވެ ކައްކަނީވެސް މާސްކު އަޅައިގެން އެހެންވެ ދުރުގަ މިހުންނަނީ އަޔާ އާއި އަހަރެން ދުރުކުރެވޭނީ އަހަރެންގެ މަރަށް އެކަނި ” ލާރާ އެހެން ބުނެލާފައި ގޮސް ސޯފާގައި އިށީނެވެ. ސައި ބޮއެ ނިމިގެން އަޔާޒް ގޮސް ލާރާގެ ކައިރީގައި އިށީނެވެ. ލާރާ އަޔާޒްގެ ކޮނޑުގައި ބޯ އަޅާލިއެވެ. ” ލާރާ ބޭބީ އާ މެދު ގޮތެއް ނިންމައިފިންތަ؟” އަޔާޒް އަހާލުމުން ލާރާ އަޔާޒް އާއި ދުރުވެލިއެވެ. ” އަޔާ އަހަރެން ބޭނުން މި ބޭބީ އަޔާ ވިސްނާލަ ބަލަ ދަރިން ނުލިބިގެން ހިތާމާކުރާ ކިތައް މީހުން އެބައުޅޭ ދަރިންނަކީ ﷲ ދެއްވާ ނިއުމަތެއް އެ ނިއުމަތަށް ގަސްދުގައި އިންކާރު އަހަންނެއް ނުކުރާނަން އެހެން ހަދާފަ ދަރިޔަކު ބޭނުންވާ ދުވަހު ނުލިބުނިއްޔާ ދެން އަހަރެމެން ކީއްކުރާނީ ؟ ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ދަރިން ދެއްވަންވީ ވަގުތުވެސްމެ އަޔާ ބޭނުން ވިޔަސް ނުވިޔަސް އަހަރެން މިދަރިފުޅު މި ދުނިޔެއަށް އުފަންކުރާނަން ” ބާރަށް އެހެން ބުނެލާފައި ލާރާ ގޮސް ކޮޓަރިޔަށް ވަނެވެ. އަޔާޒްވެސް އިރުކޮޅަކު މަޑުކުރުމަށްފަހު ނިކުމެގެން އޮފިހަށް ދިޔައެވެ. މެންދުރު ގެޔަށް އަޔާޒު އައިރު ލާރާ އެނދުގައި ނިދިފައި އޮތެވެ. ފާހަނަޔަށް ވަން އަޔާޒު އަށް ފާހާނާގެ ބިންމަތީގައި އެކީ ސާފު ނުވެ ހުރި ހޮޑުފެނިފައި ރުޅި ގަދަވިއެވެ. ފާހާނާގެ ދޮރު ހުޅުވުނު އަޑަށް ލާރާއަށް ހޭލެވުނެވެ. ” ލާރާ ރަގަޅަށް ފާހާނާ ސާފުވެސް ނުވެއެއްނު އެވަރު ބަލަންވާނެ ދޯ ލާރާ އެކަނި ބޭނުން ކުރާ ފާހާނާއެއް ނުންވީމާ ” އަޔާޒު ބުނެލީ ހިތްހަމަނުޖެހިފައެވެ. ” އަޔާ ތިދެން ކޮންކަމެއް އަހަރެން މޫނު މައްޗައް އަނދިރިވާން ފެށުމުން އައީ އައިސް ޖައްސާލީ އިރުކޮޅަކުން ތެދުވެގެން ދާންވެގެން އެކަމަކު ނިނުދީ މިހޭލެވުނީ ހަމަ ދެންމެ ދޮރު ޖެހި އަޑަށް ” އެހެން ބުނެފައި ތެދުވެގެން ގޮސް ލާރާ ފާހާނާ ސާފުކޮށްލިއެވެ. ” ހިންގާ ކާން ވަރަށް މީރުކޮށް ނޫޑުލްސް ހަދާފަ ހުންނާނެ ” ލާރާ އަޔާޒުގެ އަތުގައި ހިފާލުމުން އަޔާޒުވެސް ތެދުވެގެން ދިޔައެވެ. ކާން ހަދާފައި ހުރުމުން ފެންފުޅި އަކާ ޖޫސް ފެކެޓެއް ހިފައިގެން އައިސް ޖޫހާ ފެނާ އެޅުމަށް ފަހު ލާރާ ވެސް ކާންފެށިއެވެ. ” އަހަރެން ތުރުކީއަށް ދާން ޕްލޭންކުރިން މި ހަފްތާގައި އެކަމަކު ތި ޕްރެގްނެންސީގެ ސަބަބުން ހުރީހާކަމެއް ފެނަށް މި ދިޔައީ ” އަޔާޒް އެހެން ބުނެލުމުން ލާރާ އަނގަޔަށްލާން ނެގި ސުވާވެސް ވެއްޓުނެވެ. ” އަޔާ ހެޔޮ ނުވާނެ ތިހެން ނުވިސްނަ ބަލަ އަހަރެން 3 މަސް ފުރުމުން އޯކޭ ވާނެ ދުއްވާލަންވެސް ދެވޭނެ ޓްރެވެލް ވެސް ކުރެވޭނެ އަހަރެން މިވަގުތު ބޭނުންވަނީ އަޔާގެ ލޯތްބާއި އަޅާލުން ފުރަތަމަ ދުވަސްކޮޅަކީ ވަރަށް އުދނގޫ ދުވަސްކޮޅެއް އަހަރެންދެކެ ލޯބިވާކަމަށް ބުނަމެއްނު މި ދުވަސްކޮޅު އަމަލުން ސާބިތުކޮށްދީބަލަ ލޯބިވާވަރު އެހެން ނޫނީ ފަހުން އަހަރެން އެކަނި އުޅެން އާދަވެއްޖެ ނަމަ އަޔާ ދެރަވާނެ ކުރިންވެސް ކަންތައްވީގޮތް އެނގެއެއްނު ފަހުން ރޯން ނުހުރެ އެހީވެދީ މި 9 މަންތްސް ބޭނުންވަނީ އަޔާ އާ އެކީ ހޭދަކޮށްލަން މީ އަހަރެންގެ އެކަނި ބޭބީ އެއް ނޫނެއްނު އަޔާގެ ވެސް ބޭބީއެއްނު އަހަރެން މިދެނީ އަޔާއަށް އިންޒާރެއް މިހާރު އަހަރެން ދެރަކޮށްލާފަ ބޭބީ އައުމުން އަޔާއަކަށް ބޭބީ ނުވެސް ދައްކާނަން އައިސްގެން ވެސް ނުވާނެ ކާރިޔަށް ހަމަ ޔަގީން އޭރުން ދެރަވާނެކަން މިހާރު ތިހެން ބޭނުމެއް ނޫނޭ ކިޔަސް އަމިއްލަ ދަރި ފެނުމުން އުރާ ހިތްވާނެ ލޯބިވެސްވާނެ ސޯ އަޔާ ގޮތެއް ނިންމާނީ” ލާރާ ވާހާކަ ނިންމާލާފައި އަނެއްކާވެސް ކާންފެށިއެވެ. ކައި ނިންމާލާފައި އަޔާޒް ނިކުންނަން ހިންގައިގަތެވެ. ” އަޔާ އަވަހަށް އަންނާތި ރެޑީވެގެން ހުންނާނަން ބުރެއް ޖަހާލަންދާން ” ލާރާ އެހެން ބުނުމުން އަޔާޒް ހިނިތުންވެލިއެވެ.
9 ޖަހަން ވާއިރަށް ޕާރޕްލް ކުލައިގެ އަބާޔާ އަކާ ގްރޭކުލައިގެ ޝޯލްއެއް އަޅާ ކުޑަކޮށް ލާރާ މޭކަޕްވެސްކޮށްލިއެވެ. ކޮޓަރިޔަށްވަން އަޔާޒުއަށް ލާރާ އާ ދިމާލަށް ކަޅިޖަހާނުލާ ބަލަން ހުރެވުނެވެ. “އަޔާ ތިހާ ވަރަށް ނުބަލާ ރެޑީވެ ބަލަ” ލާރާ ބުނެލީ ހިނިތުން ވެލަމުންނެވެ. އަޔާޒު ގޮސް ލާރާގެ ގައިގަ ބައްދާލިއެވެ. ” މިރޭ ނުވޭ ބޭރަށް ގެންދާހިތެއް މިރޭ ވަނީ އަޔާޒް ލާރާގެ ތުންފަތުގައި ބޮސްދޭން އުޅުމުން ލާރާ ދެމެދަށް އަތް ހުރަސްކޮށްލިއެވެ. ” ލަވް ލިޕްސްޓިކް އުނގުޅުނަސް އޯކޭތަ؟” ލާރާ އަހާލުމުން ފަހުން ކަމަށް ބުނެ އަޔާޒް ފާހާނަޔަށް ވަނެވެ. އަޔާޒް ނިކުތް އިރުވެސް ލާރާ ޑްރެސިންޓޭބަލްކުރިމަތީ ފަރިބަލަން އިނެވެ. ” އަޔާ ޕްރެގްވީ ފަހުން އަހަރެންގެ އިތުރަށް ރީތި ހެން ހީޔެއް ނުވޭތަ ގައިމު ސްކިންވަރަށް ރީތިވެއްޖެ ” ލާރާ ބުނެލުމުން އަޔާޒު ހީލިއެވެ. ދެމީހުން ފުރަތަމަ ދިޔައީ ރެސްޓޯރެންޓަކަށެވެ. ގޮސް ކައިގެން ކާރުގައި ބުރެއް ޖަހާލަން ހުޅުމާލެދާން އަޔާޒު ބްރިޖަށް އެރިއެވެ. ” އަޔާ މަޑުކޮށްލަބަލަ ސައިޑަކަށް ހޮޑުލަވާގޮތްވަނީ ” ލާރާ ބުނެލިއެވެ. ” ވަޓް! މިހާރު މި އެރެނީ އެއް ހުޅުމާލެޔަށް މިތާ މަތީ މަޑެއް ނުކުރެވޭނެ އެހާ ފަސޭހައިން ހުޅުމާލެ އަރާ އަޔާޒު ކާރު މަޑޮކޮށްލިއެވެ. ދޮރު ހުޅުވާލެވުމާއެކު ލާރާ ބޭރަށް ނިކުމެ ހޮޑުލިއެވެ. ” ލާރާ އަވަސް ކޮށްބަލަ އެންމެން ބަލަނީ އޭ ލަދުން މަރުވާވަރު ވޭ އެބަ” އަޔާޒް ބުނެލިއެވެ. ” އާން އަހަރެން ވަރަށް މަޖާވެފަ ވީއްޔާ މީނީ” ލާރާގެ ދަބަހުން ފެން ފުޅި ނަގާ ފެން ފޮދެއް ބޯލަމުން ރުޅި އައިސްފައި ބުނެލިއެވެ. ” ބަލަ އަހަރެން މީނީ ބަލިވެ ކޮންމެ އަންހެނަކަށްވެސް ވާނެ މިހެން އަޔާ ވެސް މި ދުނިޔެއަށް ގެނެސްފަ ތިހިރީ މިހާ ބުރަ އުފުލައިގެން ” ލާރާ އަނެއްކާވެސް ހިތްހަމަނުޖެހިފައި ބުނެލިއިއެވެ. ” ކާރަށް އަރާ ގެޔަށް ދާން ދެންވެސް އަވަހަށް ” އަޔާޒް ބުނެލީ ވަގުތު ލާރާ އަށް ޓެކްސީއެއް ފެނުމުން އަތް ހިއްލާލުމުން އެ ކާރު މަޑު ކުރިއެވެ. ” ނޫނޭ އަޔާ ދޭ އަޔާ ލަދު ގަންނާނެ އެއްނު އަނެއްކާ ވެސް ހޮޑުލެވިދާނެ” ލާރާ އެހެން ބުނެލާފައި ގޮސް ޓެކްސީއަށް އެރިއެވެ. އަޔާޒް ގެޔަށް ދެވުނު އިރު ލާރާ ގޮސް ހެދުންބަދަލުކޮށްލައިގެން އޮށޯވެ ނިދާލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.

Ayaaz haadha gohey.. ma nama noolheynan thi ayaazu akaa indhegenne..
alhe hingaa bala dho dhen laara hadhaa gotheh ves balan.
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Mi part kiyaafa rovijje
Heyonuvaane ayaa Laaroo ah Ehn nuhadhaa
Laaroo and ayaa dhuru nukurachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you nadhoo
Thank you
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Mi part kiyaafa rovijje
Heyonuvaane ayaa Laaroo ah Ehn nuhadhaa
Laaroo and ayaa dhuru nukurachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you nadhoo
Anonymous jehifa eyni cutie girl ge comment eh
Heyonuvaane ayaa Laaroo ah Ehn hadhaakah
Laaroo ves dheravaane enun😭
dho varah dheravefa laara ehery mihaaru hingaaba dho dhen laara kantha kuraa goi balama
Laaroo v beynun vey e baby
Ayaa ah ves adhi visneyne insha Allah
Reethi dhen nudheya
Vvv rythi dhen oibai avahah apulia kolla dhinun vvv edhen nice