ނުލިބޭނެހޭ އަލުން އެހީ 8
” ގެސްޓް ރޫމްގަ ދޯ ނިދާނީ އަޔާ ؟” ލާރާ އަހާލި އަޑު އިވުމުން ރީނާ ގާތަށް އައީ ލާނެތް ހިންޏެކެވެ. ” ކިހިނެތްވީ ކަމަނާގެ ކޮޓަރީގައި އަޔާޒް އަށް ނުދައްކަން ކޯޗެއް ހުރީ އަޔާޒް ކޮންމެހެންވެސް ލާރުގެ ރޫމުގައި ނިދާތި” ރީނާ ބުނެލުމުން ލާރާ ރީނާ އާއި ދިމާލަށް ލޯ އަޅާލިއެވެ. އަޔާޒް ގޮސް ދޮރު ހުޅުވާލާފައި ލާރާގެ ކޮޓަރިޔަށް ވަނެވެ. ކޮޓަރީގައި އަޔާޒްގެ އިސްކޮޅުވަރުގެ ބޮޑު ފޮޓޯ އެއް ހުއްޓެވެ. އަދި މުޅި ފާރުގައި އެކި ފާޑުގެ އަކުރު ތަކުން އައިލަވް އަޔާ އަޅާފައި ހުއްޓެވެ. ” މީދޯ ނުގެންނަން އުޅުނު ކަމަކީ ؟ ” ދެން އަޔާއަށް ” ލާރާ ލަދުން ބުނެލުމުން އަޔާޒް ގާތަށް ހިނިއައެވެ. ލާރާ ގޮސް ކަބަޑު ހުޅުވާލިއެވެ. ލައިގެން އިން އަބާޔާނޫނީ އެހެން އަބާޔާ އެއް ނެތުމުން ލާރާ އަށް ލާނެ އެއްޗެއް ނޭގުނެވެ. ލާރާ ކުރީގެ ހެދުން ތައް ނުނީ އެޔަކު ނެތެވެ. ” ކިހިނެތް ވީ މާވަރަކަށް ތި ވިސްނަނީ ” އަޔާޒު ލާރާ ކާރިން އަހާލިއެވެ. “މިގޭގަ ނެތޭ މަގޭ ހެދުމެއް ވެސް ކުރީގެ ހެދުން ތައް ހުރީ ” ލާރާ ޖަވާބު ދިނެވެ. ” ދެން ކޮންމެވެސް އެއްޗެއްލާ މިތާ އަހަރެމެން ދެމީހުން އެކަނިތާ ތިބޭނީ ” ލާރާ ވަރަށް ބަލާފައި ހަރުވާޅަކާއި ޓީޝާރޓެއް ހިފައިގެން ފާހާނާޔަށް ވަނެވެ. ލާރާ ނިކުތުމުން އަޔާޒްއަށް ލާރާ އާއި ދިމާލަށް ބަލާލެވުނެވެ. ” ޔޫ ލުކް ސޯ ކިއުޓް ” އަޔާޒަށް ބުނެވުނެވެ. ” އަޔާއަކަށް އަހަރެން އަބާޔާލީމާ ކަމަކު ނުދޭތަ ޗޭންޖް ކޮށްލަން ވީތަ؟ ” ލާރާ އަހާލީ ވަރަށް ލޯބިންނެވެ. ” ނޫނޭ ޗޭންޖްކުރާނެކަމެއް ނެތް އަހަރެން ބޭނުމެއްނުވޭ ލާރާގެ ރީތިކަން އެހެން މީހުންނަކަށް ފެންނަން އަހަރެން ކައިރީ ކޮޓަރީގަ ކޮންމެ އެއްޗެއް ލިޔަސް އޯކޭ ” އަޔާޒްގެ ޖަވާބު އަހާފައި ލާރާ އުފާވިއެވެ. ” އަޔާ އަށް ދެން ތަ ނިދަން ލާނެ އެއްޗެއް އޮންނާނެ އަޔާއަށް ދޭން ގަތް ސޯޓެއް ” ލާރާ ސޯޓު ދިނުމުން ލައިގެން އައިސް އަޔާޒް އެނދުގައި އޮށޯވެލިއެވެ. ލާރާ އަޔާޒްގެ ކާރިޔަށް ޖެހިލާފައި އަޔާޒްގެ މޭގައި ބޯ އަޅާލިއެވެ. އިރުކޮޅަކުން ހަބަރެއް ނުވެގެން ބަލާލިއިރު ލާރާއަށް އޮތީ ނިދިފައެވެ. އަޔާޒްވެސް ލާރާގެ ގައިގަ ބައްދާލަފައި ނިދާލިއެވެ.
އެނދުގެ ހެޑް ބޯޑަށް ލެނގިލައިގެން އެނދުމަތީ ގައި އިށީނދެގެން އިން ރީނާ ކައިރީގައި ގޮސް ލަޔާން ވެސް އިށިނެވެ. ” ސޮރީ ލަޔާން އަހަރެން އުޅުނީ ލަޔާން ކާރީ ބުނަން އަޔާޒް ގޮވައިގެން މިގެޔަށް އައިރޭ އެރޭ އަޔާޒް އެދުނީ ސިއްރުކޮށް ދިނުމަށް އެކަމަކު އަހަރެން ހުރީ ބުނަން ނަމަވެސް އެރޭ މާލެ އައިފަހުން ލާރާ ފުރަތަމަ ފަހަރަށް އަނގައިވެސް ބުނީ އަޔާޒް އުޅޭނީ މެރީކޮށްގެން ހޭ އެހީ ދެން ހިތަށް އެރީ ފަހުން ބުނާނީ އޭ އެކަމަކު އަޔާޒް އަންނަށް ފެށުމުން ލާރާ ނުދެއްކިޔަސް ލާރާ ވަރަށް އުފާވޭ ސިއްރުން އަޔާޒްއަށް ބަލަން ހުރޭ ދެން އަހަރެންނަށް އެނގުނީ ލާރު އަދިވެސް އަޔާޒް ދެކެ ލޯބިވާކަން އަޔާޒް ކައިވެނި ކުރަން އެއްބަސް ވުމުން އަހަރެން ވަރަށް ހިތްހަމަ ނުޖެހިގެން ބުނިން އެކަމަކު އަޔާޒް ބުނީ އަހަރެން ގަބޫލުކުރިޔަސް ނުކުރިޔަސް ލާރާގެ ބަލިޔަކީ އަދި ޝިފާއަކީ ވެސް ތިމަންނައޭ އެއީ ތެދުކަމަށް ވުމުން ދެންވެސް ސިއްރު ކުރީ ކައިވެނިކުރުމާ ދެމެދު ހިނގި ދުވަސްތަކުގެ ތެރޭގައި އަޔާޒް ގެ ފަރާތުން ފެނުނު ކަންތަކުން އެނގުނު އަޔާޒްވެސް ލާރާ ދެކެ ލޯބިވާކަން އެހެންވެ މަޑުން ހުރީ ބަޓް ލާރާ ހުރީ އޭނާ ހާރޓް ވުމުން އެކަމުން އަރައި ނުގަނެވިފައި އަޔާޒް ދެރަވެގެން އެވާހަކަ ދެއްކީމާ ރޭ ލަޔާން އަށް އަޑު އިވުނީ ” ރީނާ ބުނެލީ ދެރަވެލާފައެވެ. ” ނޫން ރީން އެކަމަށް މާފަށް ނޭދޭ އަސްލުވެސް ތީ ހަމަ ލާރާގެ ބެސްޓީ އުފާވޭ އަހަރެންނަށް ވުރެން ލާރު އާމެދު ވިސްނީތީ މިރޭ ލާރާގެ މޫނުމަތިން ފެނިގެން ދިޔަ ހިނިތުން ވުނެ ފެނުމުން ހުރިހާ ޝަކުވާއެއް ފިލައިފި އައި ލަވްޔޫ ރީން ވަރަށް އުފާވެއްޖެ އަހަރެމެންގެ ދުއާ އިޖާބަކުރެއްވީތީ ” ލަޔާން ރީނާގެ ބަނޑުގައި ފިރުމާލިއެވެ.
ހެނދުނު ތެދުވެ ސާބޯން ތިބެ އެންމެން އެކި ވާހަކަ ދައްކަމުން ދިޔައެވެ. އާ ރިސޯރޓް އާއި ބެހޭ ގޮތުން ލާރާ ދިން އައިޑިޔާ އަޔާޒް ހިއްސާކޮށްލުމުން ލަޔާން އަށް ވެސް އެގޮތް ވަރަށް ކަމުދިޔައެވެ. “އަހަރެން އަބަދުވެސް ބުނަމެއްނު ރިސޯޓް ކަންތަކުގަ ލާރުގެ އައިޑާ އާއި ވައްޓާފާޅި އަހަރެންގެ އެއް ނުހުންނާނޭ ދޯ ބައްޕާ” ލަޔާންގެ ވާހަކައާއި ރަޝާދު އެއްބަސްވެލިއެވެ. ” ލާރު އަޔާޒްގެ މަންމަ އާއި ރީޝާގެ ދެމަފިރިންނަށްވެސް ކާން އަންނަން އަންގާލާންވިއެއްނު މިއަދު މިގެޔަށް” މަރީނާ ބުނެލުމުން ލާރާ އަވަހަށް ފޯނު ނަގާފައި އުފަލުން ގުޅާލާފާއި އައުމަށް ބުނެލިއެވެ. ލާރާ މެންގެ ހެދުމެއްވެސް ގެންނަން ބުނެލިއެވެ. ” އެންމެން އެކީ މަޖާކޮށް ހުކުރު ނިންމާލާފާއި އައުމުން ކައިގެން އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ. މިއީ އަދި ލާރާމެން ކައިވެނީ ގެ ފަހުންވެސް އެންމެން ބައްދަލު ވި ފުރަތަމަ ފަހަރެވެ. ” ލާރާ ނޯމަލް ވީމާ އެންމެން ކިހާ އުފާލުން މި އުޅެނީ މި ގޭގެ ހުރިހާ ދިރުމަކީވެސް ލާރާ އޭ ” މަރީނާ ބުނެލިއެވެ. ” މިގޭގަ އެކަންޏެއް ނޫން އަހަރެމެން ގޭގަވެސް ފުރަތަމަ ލާރާ ފެނުނު ދުވަހުވެސް ލާރާ ދެކެ ވަރަށް އާދަޔާ ހިލާފް ކުލުނެއް ޖެހުނު ކޮންމެ ފަހަރަކުވެސް މަންމާ އޭ ކިޔާފަ ވަރަށް ލޯބިން ވާހަކަ ދައްކާނެ ހިތަށް އެރި އަޔާޒް ދެކެ ހާދާ ލޯތްބެކޭ އެ ވަނީ އަޔާޒު އެކަމަކު އަޅާވެސް ނުލާ އޭރަކު ލާރާ ބުނީ އަޔާޒް ދެކެ ލޯބިވާކުއްޖަކު ދެއްވާތޯ ދުއާކުރުމަށް މަންމަ ކުރި ދުއާ އިޖާބަކުރައްވައިފި ލާރާ ލޯބިވާވަރަށް އަޔާޒުދެކެ ލޯބިވާނެ ކުއްޖަކު ނުހުންނާނެ. ކައިވެނި ކުރިފަހުން ފެނުނީ މުޅިން އެހެން ލާރާ އެއް އެކަމަކު މިހާރު މަންމަ ވަރަށް އުފާވޭ އަޔާޒްގެ މޫނުމަތިވެސް ފެންނަނީ އުޖާލާކަން ” ނަސީމާ ބުނެލީ ލާރާ ގަޔާ ކާރިކޮށްލަމުންނެވެ. “ވަޓް މަންމާ އަހަރެންނަށް ނޭންގޭ ކަންތައް ވެސް އެބަހުރި ދޯ ހިންގާފަ އަހަރެން ކޮޓަރިން ނެރެލުމުންވެސް ލާރާ ގެޔަކަށް ނުދޭ ދޯ މަންމަ ކާރީ ވާހަކަ ދައްކަން ހުންނަނީ؟ ” އަޔާޒު ސުވާލުކޮށްލަމުން ނަސީމާ ބޯޖަހާލިއެވެ. ” އަޔާޒް ސެޓު ނުވީމާ މަންމަ ސެޓު ވޭތޯ އޭ ބެލީ ” ރީނާ ވެސް ދިމާކޮށްލިއެވެ. ބޭބީ ރޯންފެށިގޮތަށް ނުހުއްޓުމުން ލާރާއަށް ރީޝާ ދިނެވެ. ލާރާ އުރާލުމާއެކު ބޭބީ ހުއްޓާލިއެވެ. ” ވަޓް! އިލްކޮ” ރީޝާ ބުނެލިއެވެ. ” ލާރާ އާއި ކުޑަކުދިން ވަރަށް ދޯޅު ވާނެ އޭނާ ވަރަށް މޮޅުވާނެ ކުޑަ ކުދިން ގެންގުޅޭން އަހަރެމެން ފެމެލީ ކުއްޖެއް މިގެޔަށް އަޔަސް އުޅޭނީ ލާރާ ފަހަތުން” ރަޝާދު ބުނެލިއެވެ.
ހަވީރު ދުއްވާލާން ގޮސް ލާރާ އާއި އަޔާޒް އަދި ލަޔާން އާއި ރީނާ ޖޫގޯ ބޯން ތިއްބެވެ. އެތާ ތަންކޮޅެއް ދުރުގަ ތިބި 2 އަންހެންކުދިން ކުރެ އަންހެން ކުއްޖެއް އަޔާޒް އަށް ބަލާތަން ލާރާއަށް ފެނުމުން ވަރަށް ރުޅި ގަދަވިއެވެ” އޭއީ ޒާރޫ ބަލާބަލަ އެހެރަ ލޯބި މީހެއް ހުވާ ހާދަ ހޮޓޭ އެ އަންހެން ކުއްޖާ ބުނެލުމުން ލާރާ އެމީހުންނާ ދިމާލަށް ދާންފެށިއެވެ. ” ގާރލް ޔޫއާރ ޑެޑް ” ލަޔާން އާއި ރީނާ އަށް ބުނެވުނީ އެކުއެކީގައެވެ. ” އޭއި ކިހިނެތް ވެގެން ތި އުޅެނީ މަގޭ ފިރިމީހާޔާ ދިމާލަށް ދެން އެންމެ ފަހަރަކު ބަލާލިޔަސް ނިމުނީ ދެ ލޯ ކޮނެލާފަ އަތަށް ދޭނަން ގެޔަށް ގޮސް ބުނޭ ގޭ މީހުން ކާރީ ރީތި ފިރިހެނަކު ހޯދަދޭށޭ ” ލާރާ އިނގިލި ދިށްކޮށްލާފައި ބުނި ގޮތުން އެ ދެކުދިން ބިރުން ދުވެ ފިލިއެވެ. ” ލާރާ ތީ ކޮންކަމެއް ދެން އެވަރު ކަމެއް ނޫނެއްނު ” އަޔާޒް ބުނެލިއެވެ ” ނުޖެހޭނެ ބަލާކަށް އަޔާ އާ ދިމާލަކަށް ތީ ހަމައެކަނި އަހަރެންގެ މީހެއް” ލާރާ ބުނެލީ ބާރަށެވެ. އަހަރެން ކޮށްޓަކަށް ލާން ވީއެއް ނު ދޯ އޭރުން ނުފެންނާނެ އެއްވެސް މީހަކަށް މަގު މަތީ އުޅޭއިރު މީހުން ބަލާނެ މިހުންނަށް ރިއްޗޭ ވެސް ބުނާނެ އަހަރެންމީ ނުލާހިކު ސްމާޓް ސޮރެއް ވީއްޔާ ” އަޔާޒް ހަމަޖެހިލަމުން ބުނެލިއެވެ. ” ނިކަން ބަލާބަލަ ނިކަން ބުނެބަލަ ރިއްޗޭ އެކަކުވެސް ؟ ލާރާގެ ރުޅި ފަޅައިގެން ދިޔައެވެ. ” އަޔާޒް އެއީ ލާރާ ޔޫ ވޯންޓެޑް ހާރ ބެކް އެއް ނު ބަސް އަހައިގެން ހުއްޓާ ހުރި ގޮތައް ބެހެއްޓި ނަމަ ” ލަޔާން ދިމާކޮށްލިއެވެ. ” މިސާލަކަށް މީހަކު ލާރާ ރީތިވެގެން ބެލީ ޔޯ ދެން ” ރީނާ ލާރާ އާއި ސުވާލުކޮށްލިއެވެ. ޖަވަބުދޭން ލާރާ އަނަގަހުޅުވާލިތަނާ ” އެކަކުވެސް ނުވާނެ މަގޭ ލާރާ އާއި ދިމާލަށް ބަލައިގެންނެއް ” އަޔާޒު ޖަބާވު ދިނެވެ. ރީނާ އާއި ލަޔާން ގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ” ހުވާ އެއްވަރެއްގެ ދެ މީހުން” ލަޔާން ހެމުން ހެމުން ބުނެލި ގޮތުން ލާރާ އާއި އަޔާޒަށް ވެސް ހެވުނެވެ. ލާރާމެން ގެޔަށް ދެވުނީ 10 ވެސް ޖެހި ފަހުންނެވެ. ” ވަރުބަލިވެގެން ދެ މީހުންނަށް ވެސް ނިދުނެވެ. ހޮނިހިރު ދުވަހު އޮތީ ރީޝާ މެން ފުރުވަން ދިޔުމެވެ. ” ދަރިފުޅާ ލާރާ މަންމަވެސް ރީޝާމެންނާ އެކީ އިންޑިޔާއަށް ގޮސްލަން ކަމަށް ރީޝާ އެކަނި ވަރަށް އުނދަގޫވޭނެ ރީޝާ މަންމަ ވަރަށް ބަލި އެހެންވެ ހޮސްޕިޓަލަށް ވަރަށް ދާން ޖެހޭނެ އެހެން ވެ ދާން މި ނިންމީ ދަރިފުޅާ ގޭ ހަވާލު ” ނަސީމާ ބުނެލުމުން ލާރާ އޯކޭ ކަމަށް ބުނެލިއެވެ. އެއާރޕޯރޓަށް ފުރަން ދަމުން ރީޝާ ލާރާގެ ކަންފަތް ދޮށުގައި އެއްޗެއް ބުނެލިއެވެ ” ލާރާ މީ ރަނުގެ ފުރުސަތެއް މި އޮއް ބޮޑުގެ ތި ދެމީހުން އެކަނި ޓްރައި ކޮށްލާ ދި ދެމެދުގައި ވާ ހުރިހާ ދުރުހިލޭކަމެއް ނައްތާލެވޭތޯ ތިއްތިބޭ ލަވްސް ޔޫ ސޯ މަޗް އަހަރެން ދުށިން ލާރާ މަތިން މިސްވެގެން ނުނިދާ ނުކައި އުޅުނު ހާލު ލާރާ ޖެހޭނީ އިސްނަގަން ތިއްތިބެ އިޒް ކުޑަކޮށް ލަދުރަކި ޓައިޕް” ރީޝާ އެހެން ބުނެލާފައި ކާރަށް އެރިއެވެ. ލާރާވެސް ކާރަށް އެރިއެވެ. އެންމެން ފުރުވާލާފައި އާދެވުނު އިރު ވަރަށް ލަސްވެއްޖެއެވެ. އެހެންވެ އައީ ބޭރުން ކައިގެންނެވެ. ކޮޓަރިޔަށް ވަދެވުމާއެކު ލާރާ އަވަހަށް ހެދުން ބަދަލުކޮށްގެން އައިސް އޮށޯވެލުމުން ނިދުނެވެ.
ލާރާ ހޭލާފައި ސައި ހަދާލިއެވެ. ” ލާރާ ހިންގާބަލަ މިއަދު އޮފީހަށް ދާން އެމީހުން ވަރަށް އެބަކިޔާ މަގޭ ވައިފް ނުފެނިގެން ” އެމީހުންނަކަށް ނޭންގޭ ލާރާ އާ ކަމެއް އަހަރެން މެރީ ކުރީ ޕާރޓީއެއްވެސ ނެތް ވީއްޔާ ލެޓްސް ސަޕްރައިޒް ދެމް ” ލާރާ މެރޫން ކުލައިގެ އަބާޔާއެއްލާ ގްރޭކުލައިގެ ޝޯލްއެއް އަޅާލައިގެން ތައްޔާރު ވެލިއެވެ. ” އަޔާޒް ފަހަތުން ގޮސް ލާރާގެ ގައިގަ ބައްދާލިއެވެ ” ވާވް ހާދާ ލޯބިއޭ ” އަޔާޒް ބުނެލިއެވެ. ދެމީހުން އެކީ ގޮސް އޮފީހަށް ވަނެވެ. އެންމެން ލާރާ ފެނުމުން ކުރަންތިބި މަސައްކަތް ދޫކޮށްލާފައި އައިސް އުފަލުން ސަލާމް ކުރަމުން ދިޔައެވެ. އެތަން ބަލަން ލަޔާން އާއި އަޔާޒް ހެވިފައި ތިއްބެވެ. ” އޯ ހެލޯ ގާއިސް އަހަރެން ވެސް އެބަހުރީމޭ މި ހުރިހާ ދުވަހު ތި މީހުންގެ ކަންތައް މިބެލީ މަށޭ އެކަމަކު ލާރާ މޭމް އައުމުން އަހަރެން ބާކީ އޭ ތިކުރީ ” ލަޔާން ބުނެލިއެވެ. ” ހުރިހާ އެންމެން އުޅުނީމެއްނު އަހަރެންގެ ވައިފް އާ މީޓްކުރަން ބޭނުންވެގެން މީޓް މައި ވައިފް އަޔާޒް ލާރާގެ ކޮނޑުގައި އަތް އަޅުވާލިއެވެ. އެންމެން ހައިރާންވެގެން ބަލަން އިރުކޮޅަކު ތިބެފައި އަތްތިލަ ބަޑި ޖަހާލިއެވެ. ” ސައި ދޭން ޖެހޭނެ ދެފަރާތުންވެސް” ޝިހާމް ދިމާކޮށްލިއެވެ. އެންމެންވެސް އެކަމާ އެއްބައި ވެލިއެވެ.” އޯކޭ މި އަންނަ ފްރައިޑޭ އަހަރެންގެ ގޭގައި އެންމެން ވާނެ އަންނަން ” އަޔާޒް ޖަވާބުދިނެވެ. “ލާރާ ދެން ކަމަނާގެ މަސައްކަތާ ހަވާލުވޭ އަހަރެން ބޭނުން ޗުއްޓީ އަހަރެންގެ ވައިފް އަށް އަހަރެންގެ އެހީ ވަރަށް ބޭނުންވާނެ ޕްރެގްވިމާ” ލަޔާންބުނެލިއެވެ. ” އަނެއްކާ ސައި ލިބިފަދޯ މި އޮތީ ؟” އަދީލް ބުނެލުމުން އެންމެންނަށް ހެވުނެވެ. ” އޯކޭ މާދަމާއިން ފެށިގެން ދޮންބެއަށް ޗުއްޓީ އަޔާ ބަލާނެ ހުރިހާކަމެއް ” ލާރާ ޖަވާބު ދިނެވެ. ލާރާ އަޔާޒްގެ ފަހަތުން ގޮސް އޭނާގެ ކެބިންއަށް ވަނެވެ. އެތަނަށް ވަދެވުމުން އެތައް ހަނދާންތަކެއް އާވެގެން ދިޔައެވެ. އަޔާޒް ގޮސް ލާރާގެ މޭޒު ކައިރީގައި އިށީނެވެ. ” ލާރާ އަދެބަލަ ލާރާ ގޮސް އަޔާޒް ކައިރީ ގޮނޑި ދަމާލައިގެން އިށީނެވެ. ” ލާރާ ބަލާބަލަ އަހަރެން ލާރާ ދިޔުމުން ދެރަވެގެން އުޅުނު ހާލު އަޔާޒް ލާރާގެ ކެބިން އިން އަޔާޒްގެ ކެބިން އާ ދެމެދު ހިނގާ ކެމެރާގެ ފުޓޭޖްއެއް ދައްކާލިއެވެ. ދެންވެސް ލާރާ އަޔާޒު ފަހަތުން އުޅުނު އިރުގެ ފުޓޭޖް ތައް ދައްކާލިއެވެ. ” ވަން މިނެޓް އަޔާ ހައު ޑިޑް ޔޯ ނޯ ކެމެރާގެ ފުޓޭޖް ގެ ޕާސް މަގޭ ޕީސީ ކިހިނެތް ހުޅުވީ ؟ ” ލާރާ ސުވާލުކޮށްލިއެވެ. “ވަރަށް އީޒީ އެންމެ ދެ ފަހަރުން ޖެހެނު ” އައިލަވްއަޔާ އެޓް މައި ބާރތްޑޭ ” އަޔާޒު ފޮނިވެލާފައި ބުނެލިއެވެ. އޮފީހުގެ ކަންތައް ބެލުމަށްފަހު ލާރާ އައިސް ކެބިންގައި އިށީނެވެ” އަޔާ އަހަރެން ދެން ދަނީ ކުޑަކޮށް ބޮލުގައި އެބަ ރިއްސާ ” ލާރާ ބުނެލިއެވެ. އެކަނި ދެވޭނެތަ؟ ބޭސް ގެނައިންތަ އަޔާޒް އަހާލިއެވެ. “ބޭހެއް ނެތް އެކަމް ދެވޭނެ ” ލާރާ ބުނެލިއެވެ. ” ހިންގާ ޑްރޮޕް ކޮށްލަދޭނަން އައިކާންޓް ޓޭކް އަ ރިސްކް ” އަޔާޒް ލާރާގެ އަތުގައި ހިފާލުމުން ލާރާ އަޔާޒްގެ މޭމަތީގައި ބޯ އަޅާލިއެވެ. ” އޫޕްސް ސޮރީ އަހަރެންނަކަށް ނުފެނޭ ” ލަޔާންގެ އަޑު އިވުމުން ދެމީހުން ދުރަށް ޖެހުނެވެ. ” ލަޔާން ބެންކަށް ދޯ ތި ދަނީ ދާ މަގުމަތީ ލާރާ ގެޔަށް ލާ ދީބަލަ ބޮލުގައި ރިއްސާތީ އެއުޅެނީ ” ހިންގާ ލާރު” ލަޔާން ނިކުންނަމުން ބުނެލިއެވެ. ” ލާރާ މެންދުރު ކައްކަން އުޅޭނެކަމެއް ނެތް އަހަރެން ވަރަށް ބިޒީ ނުދެވޭނެ ގެޔަކަށް އެއްޗަކަށް ގުޅައިގެން ކާލާތި އަދި ބޭސް ކާތި އަހަރެން ގުޅާނަން ” އަޔާޒް ބުނލިއެވެ. ” ވާވް އަޔާޒު ސޯ ކެއަރިން ހެޕީ ފޯރޔޫ ލާރު ” ލާޔާން ބުނެލީ އުފަލުންނެވެ. ” އެކަމަކުވެސް ދޮންބެ ޖެހީމެއް ނު އަޔާގެ ގައިގަ ” ލާރާ އެހެން ބުނެލުމުން ލަޔާން އާއި އަޔާޒް އަށް ވެސް ހެވުނެވެ. ލާރާ ގެޔަށް ގޮސް ބޭސްކާލާއިގެން އުޅުނީ މުޅިން އެހެން ކަމަކުއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.

Reethi
Thank You for the love
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Masha allah ayaa and Laaroo 😍
Laaroo ah baby eh libeynee kanneyge
Reen and layaan v gulhey
They all are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Love you nadhoo ❤️😍
Thank You for the love. Love you too.
Mi faharu vvv lahun thi ap kury
site in up vee goi las vee. next part wednesday ga kohlaanan submit
Mashaallah vrh reethi 🤗🤭
Curiously waiting for next
Thank You. miadhu submit kuraanan 9 vana part
Vrh rythi mi part vxx 😍
Shukuriya