Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް 33

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 1, 2024 4 Mins Read
5 Comments

ގޭގެ ބެލް ޖެހުމާއެކު ދޮރު ހުޅުވުމަށް އެންމެ ފުރަތަމަ ވެސް އަވަސްވެ ގަތީ އަލައިކާއެވެ. ފުޅާ ހިނިތުންވުމަކާއެކު އޭނާ ދޮރު ހުޅުވަން ދިޔައީ ދުވަމުންނެވެ. އަލައިކާގެ އެ އުފާވެރިކަމުގެ ހަގީގަތަކީ ކޮބައިކަން އެނގެނީ ހަމައެކަނި އަލްޔަސްއަށެވެ. އަހާން އާއި ޒާޔާ ފާޑަކަށް އަލައިކާއަށް ބަލަން ތިއްބެވެ. “އަނެއްކާ އަލްދައްތަ ރޮނާލްޑޯއަށް ގެއަށް އަންނަ ދައުވަތު ދީގެންތަ މާ ވަރަކަށް އުފަލުން އެއުޅެނީ؟” އަހާން ޒަޔާ ގާތު ސިއްރުން ބުނެލިއެވެ.
****
އަލައިކާ މޫނު މަތީގެ ކުލަވަރު ބަދަލުވީ އިޝަލްގެ ބަދަލުގައި އެރިކް ފެނުމުންނެވެ. ތެމިފޯވެފައި ހުރި އިރު އެރިކްގެ މޫނު މަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ.

“ކޮބާ މިންހާ އާއި އެލެކް؟” ކަންބޮޑުވެފައި ހުރެ އެރިކް އަހާލިއެވެ. އެރިކްގެ ސުވާލުން އަލައިކާ ހިތުގައި އިތުރު ސުވާލު އުފެދުން ނޫންކަމެއް ނުވިއެވެ.

އަލައިކާއަށް ޖަވާބު ނުދެވިގެން އުޅެނިކޮށް އެރިކްގެ ފަހަތުން މީހަކު އައިސް އޭނާ ލައިގެން ހުރި ހުޑީގައި ހިފައި ދަމައިގަތެވެ. އެމީހަކު އެރިކް ދަމަމުން ގޮސް ވާރޭ ތެރެއަށް ހޫރާލިއެވެ. ހަދާނެގޮތެއް ނޭންގިފައި ތިބެ އެރިކް ފަހަތުން އަލައިކާ، އަހާން އަދި ޒާޔާ ވާރޭތެރެއަށް ނުކުތެވެ. އެރިކްފަދަ ޒުވާނަކަށް ހަމަލާދޭން މަސައްކަތް ކުރާނީ ވެސް ކާކުހެއްޔެވެ.

އެރިކްއަށް ހަމަނުޖެހިވެގެން އުޅެނިކޮށް އޭނާ ކޯތާފަތް މައްޗަށް ބާރު ހަމަލާއެއް އެރިއެވެ. އެއާއެކު އޭނާގެ ތުންފަތް ފަޅައިގެން ގޮސް ލޭތަށް އޮހޮރިގަތެވެ.
ވިދާލި ވިދުވަރާއެއްކޮށް އެރިކްއަށް ހަމަލާދެމުން ދިޔަ ޒުވާނާގެ މޫނު ވަކިވާވަރަވިއެވެ. އަލައިކާ، އަހާން އަދި ޒާޔާއަށް ސިހުން ލިބުނީ ރުޅިގަދަވެފައި ހުރި އިޝަލް ފެނިފައެވެ. އިޝަލް ފަހަރަކަށް ވުރެ ފަހަރަކު ބާރަށް އެރިކް މޫނަށް ހަމަލާދެމުން ދިޔައެވެ. އިޝަލްގެ ހަމަލާތަށް ހުއްޓުވާކަށް އެރިކް މަސައްކަތެއް ނުކުރެއެވެ. އެއިން ކޮންމެ ހަމަލާއަކީ އޭނާއަށް ލިބެންޖެހޭ އެއްޗެއްކަން އެރިކް ޤަބޫލުކުރެއެވެ. އިޝަލް ދޭ ކޮންމެ އަދަބެއް ލިބިގަންނަން އޭނާ ހުރީ ތައްޔާރަށެވެ.

“އިޝަލް މޮޔަވީތަ؟ ކިހިނެއްވެގެން ތިއުޅެނީ؟” އަހާން ގޮސް އިޝަލް ހުއްޓުވަން މަސައްކަތް ކުރިއެވެ. އިޝަލް އާއި އެރިކްގެ ދެމެދަށް ވަދެ އޭނާ އަތުގައި ހިފެހެއްޓިއެވެ. އޭރުވެސް ބޯކޮށް ވާރޭވެހި ވިދާ ގުގުރަމުން ދިޔައެވެ. ވިނަގަނޑު މައްޗަށް ވެއްޓިފައި އޮތް އެރިކް ގައިގައި ވަރު ހުރި ހެންނެއް ހިއެެއް ނުވެއެވެ. އޭނާ މޫނުގެ އެތަށް މިތަނުން ލޭއަންނަމުން ދިޔައެވެ. އިޝަލް ހީވަނީ ހަމައިން ނެއްޓިފައި ހުރިމީހެއް ހެންނެވެ. އިޝަލް ހުއްޓުވަން އެންމެ ފަސޭހަ މަގަކަށް އަހާންއަށް ފެނުނީ އިޝަލްގެ ހަމަހޭވެރިކަން އަނބުރާ ގެނައުމަށް އޭނާ މޫނު މަތީގައި ޖެހުމަށެވެ. “އަހާން ކަލޭ ވެސް މަގޭ އަތުން މަރުނުވަނީސް ދުރަށްދޭ!” ދެންވެސް އިޝަލްގެ ރުޅިގަނޑު މައިތިރިވާކަށް ނޫޅުނެވެ. ފައިގެ ކޮޅުފައިން އެރިކްގެ ބަނޑުގައި ޖެހިއެވެ. ވީތަދުން ވޭނީއާހެއްްގެ އަޑު އެރިކް އަނގައިން ނުކުތެވެ.
“ދެން ހުއްޓާލާ އިޝަލް. އެރިކް ކީއްކޮށްގެންތަ އޭނާއަށް ތިވަރު ތި ކުރަނީ؟” އަލައިކާވެސް އިޝަލް ހުއްޓުވަން މަސައްކަތް ކުރިއެވެ. އިޝަލް ދެންވެސް ވީގޮތެއް ނުބުނެއެވެ. އެރިކް އެހާލަށް ދޫކޮށްފައި އޭނާ އެތެރެއަށް ވަނެވެ. އަހާން އާއި ޒާޔާ ގާތު އެރިކްއަށް އެހީވާން ބުނެފައި އަލައިކާ އިޝަލް ފަހަތުން ދިޔައެވެ.

އަހާންގެ އެހީގައި އެރިކް ތެދުވިއެވެ. މުޅި ގައިގައި ރިއްސާވަރުން އަމިއްލައަށް ހިނގާނެހާ ބާރެއް އޭނާ ގަޔަކު ނެތެވެ. އެހެނަސް އޭނާ ވަށައިގެން ނަޒަރު ހިންގާލީ މިންހާ ފެނޭތޯއެވެ. ވަރަށް އުނދަގުލާއެކު މިންހާގެ ނަން ދުލުން ބޭރުކުރީ މިންހާ ފެންނަން ނެތުމުންނެވެ.

ކުޑަ ގޮތަކަށް ކަންތައް ވީގޮތް އެރިކް އަހާންއަށް ކިޔައިދިނެވެ. އަމިއްލަ ޒަޚަމުތަކަށް ފަރުވާ ހޯދުމުގެ ބަދަލުގައި އެރިކް އިސްކަން ދިނީ މިންހާ ހޯދުމަށެވެ. މިންހާއަށް ނުރައްކަލަކާ ކުރިމަތި ވެއްޖެނަމަ އެރިކް މޮޔަވެސް ވެދާނެއެވެ. އަހާން ކާރު ނެރުމާއެކު ޒާޔާ ވެސް އެއަށް އެރިއެވެ. މިންހާ ހޯދަން ދާން އޭނަ ވެސް ބޭނުންވިއެވެ. އަހާން އެކައްޗެކޭ ކިޔައިގެން ވެސް ޒާޔާ ގޭގައި މަޑު ކުރާކަށް އެއްބަހެއް ނުވިއެވެ. އެދެމީހުންގެ ޒުވާބު ހުއްޓުނީ އެރިކް ތަންކޮޅެއް ބާރަށް ގޮވާފައި އަވަސް ކުރަން ބުނުމުންނެވެ. ޒާޔާ އޭނާގެ ކޮޅުގަދަވުމުން އަހާންއާ ދިމާއަށް ދޫނެރިފައި ފަހަތު ސީޓަށް އެރިއެވެ.

އަހާން ފުރަތަމަ ވެސް ދިޔައީ އިޝަލް މިންހާ ގޮވައިގެން ދިޔަ ރެސްޓޯރަންޓަށެވެ. އެތާއެތެރޭގައި މިންހާ ހުރިތޯ ރަނގަޅަށް ހޯދާއި ބަލާލިއެވެ. މިންހާގެ ހިލަމެއްވެސް ފެންނަން ނެތުމުން އެތާ އިން ސެކުއިރިޓީ މިހާއަށް މިންހާގެ ފޮޓޮއެއް ދެއްކިއެވެ. އެއީ އޭނާގެ ކޮއްކޮ ކަމަށާއި އެތަނަށް އައި ފަހުން މިންހާ ނުފެނިގެން ހޯދަނީ ކަމަށް ވެސް ކިޔައިދިނެވެ. “ބައިގަޑިއެއް ހާއިރު ކުރިން ތިކުއްޖާ ދުވެފައި މިތަނުން ނުކުމެގެން ދިޔަ، ހީވާ ގޮތުން އޭނާގެ ކުރިން ނުކުތް ފިރިހެންކުއްޖާ ފަހަތުން ދިޔައީ، އަހަރެން ގޮވުމުން ވެސް އެތަނުން އެކަކަށް ވެސް އަޑެއް ނީވުނު ، އަން މިއޮތީ އެކުއްޖާގެ ދަބަސް ، އެދެމީހުން ވެސް އެޅީ އެހެރެ މަގަށް…” އެމީހާއަށް ޝުކުރު އަދާކޮށްފައި އަހާން އެނބުރި ކާރަށް އަރަން ދިޔައެވެ. އެރިކް މިންހާ ފެނުނުތޯ އެހުމުން ސެކުއިރިޓީބޭބެ ދިން ޖަވާބު ދިނެވެ. ދެންވެސް އަހާން އަވަސްވެގަތީ އެބޭބެ ބުނި މަގަށް ދާށެވެ. ވިއްސާރަ ބޯވުމުގެ ސަބަބުން ކާރު ދުއްވުން ވެސް ވީ އުނދަގޫ ކަމަކަށެވެ. ވާރެއާއެކު ވިދާ ގުގުރަމުން ވެސް ދިޔައެވެ.

ތިން މީހުން ކާރުން ފޭބުމަށްފަހު މަގުތަކުގައި ހިނގަން ފެށިއެވެ. ކޮރު ޖަހަމުން އެރިކްއަށް ހިނގެނީ ކިރިޔާއެވެ. ޒާޔާ އާއި އަހާން އެހެން މަގަކަށް ދިއުމުން އޭނާ ޖެހުނީ އެކަނި ހިނގާށެވެ. ކާރުގައި މަޑުކުރަން އަހާން އެދުމުން ދެކޮޅު ހެދީ ޚުދު އެރިކްއެވެ.ކިތަންމެ އަނިޔާވެފައި ހުއްޓަސް އޭނާއަށް ހެޔޮއެވެ.

ހިނގަމުން ހިނގަމުން ގޮސް އެރިކްއަށް ދެވުނީ އެހެން މަގުތަކަށް ވުރެ މީހުން ގިނަ މަގަކަށެވެ. ހަމައިގައި ތިބި މީހުންނަށްވުރެ ގިނައީ ތަންދޮރު ނޭންގޭ އަމަލު ވެފައި ތިބި މީހުންނެވެ. މަގުގެ އެތަށް މިތާގައި އޮށޯވެގެންނާއި އިށީންދެގެން އެމީހުންގެ އަމިއްލަ ދުނިޔޭގައި ތިއްބެވެ.

ޒާޔާ އަތުން ސިކުންތަކަށް ވެސް އަހާން ދޫނުކުރެއެވެ. މިންހާ ވީތާނެއް ނޭންގި އޭނާ ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. އިންތިހާއަށް އިޝަލްދެކެ ރުޅި އައިސްފައެވެ. ކޮންމެ ގޮތަކަށް ކަންތަށް ވީކަމުގައި ވިއަސް މިންހާ އެކަނި ހާލަށް ދޫކޮށްގެން ނުވާނެއެވެ. އަނެއްކޮޅުން ޒާޔާ ގަދަވެފައި އެކަނި މަގުމަގަށް ދާން ކިޔާވަރުން އޭނާ ހުރީ ޒާޔާދެކެ ވެސް ހިތްހަމަ ނުޖެހިފައެވެ. “ޒާޔާ ބުނަން ރަނގަޅު ވާހަކައެއް، މާ އަނގަގަދަ ކުރަންނާ އިޝަލް މިންނުއަށް ހެދިހެން މަގުމަތީގައި ބައިންދާފަ ދާނީ، އެހެންވާ ބޭނުން ނޫނިއްޔާ އަނގަމަޑުން ލައިގެން މަށާއެކިގަ އާދޭ” އަހާން ހަރުކަށި ކަމާއެކު އިންޒާރެއް ދިނުމުން އަނގައިން އަޑެއް ލައްވަން ވެސް ޒާޔާއަކަށް ނުކެރުނެވެ. ކުޑަކުއްޖެއް ފަދައިން ބަސް އަހައިގެން އަހާން ދިޔަ ދިމާއަކަށް އޭނާވެސް ދިޔައެވެ.

ހާސްވެ ކަންބޮޑުވެ ރުޔަސް ވާނެ ފައިދާއެއް ނެތްކަން އެނގޭތީ މިންހާ ރުއިން ހުއްޓާލިތާ ކިތަންމެ އިރެކެވެ. ބިރުގަނެފައި ހުރިނަމަވެސް ހިތްވަރާއެކު އަމިއްލަ ސިކުނޑިިއަށް ވިސްނާ ދިނީ ހަމަޖެހުމަށެވެ. ބިރުން ރޯންވެއްޖެނަމަ އޭނާގެ ބަލިކަށިކަން ފެނި އެކަމުގެ ފައިދާ ނަގަން މީހުން މަސައްކަތް ކުރާނެއެވެ. އަމިއްލަ ނަފްސު ހަމައަކަށް އެޅުވުމަށްފަހު ވާރެއިން ހިޔާވާނެ ތަންކޮޅެއް ފެނޭތޯ ހޯދާލިއެވެ. ނަސީބަކުން ހިޔާކޮށްފައި އިންތަކޮޅެއް ފެނުނެވެ. މުޅިން އެކީހެން ވާރެއިން ސަލާމަތް ނުވިކަމުގައި ވިއަސް ވާރޭތެރޭގައި ހުރުމަށްވުރެ ރަނގަޅެވެ.

ވަރަށް ހަމަޖެހިފައި ހުއްޓާ މީހަކު އޭނާގެ ކޮނޑުގައި އަތްޖެއްސުމާއެކު ބިރުގަތެވެ. “ލާހިކެއްނޫން މަށަށް ގެއްލުމެއް ދޭކަށް. މަށަށް އަމިއްލަ ނަފުސު ރައްކާތެރި ކުރެވޭނެ” އަމިއްލައަށް އެހެން ހިތަށް އަރުވާލަމުން މިންހާ ނިކަން އަވަހަށް ފަހަތަށް އެނބުރުނެވެ. އަދި އަތަށް ލެވުނުހާ ބާރެއް ލާފައި ގޮށްމުށުން އެމީހާގެ މޫނު މަތީ ޖެހިއެވެ.

މޫނަށް އެރި ބާރު ހަމަލާއާއެކު އެރިކްގެ ބޮލަށް އެނބުރުން އަރައިގަތެވެ. އެހެނަސް ރުޅި އައުމުގެ ބަދަލުގައި އޭނާގެ ހިތަށް ލިބުނީ ހިތްހަމަޖެހުމެވެ. މިންހާ އަމިއްލަ ނަފުސު ރައްކާތެރިކުރުމުގެ ޤާބިލިއްޔަތުކަން އެބަ ހުއްޓެވެ. އޭނާ ސަލާމަތްކުރަން މީހަކު އާދޭތޯއެއް ނުހުންނާނެކަން އެރިކްއަށް އެނގުނެއެވެ. އެއަށްވުރެ އޭނާގެ މިންހާ ހިތްވަރުގަދައެވެ.
“ރިކް؟” ހިނިތުންވެފައި އޭނާއަށް ބަލަން ހުރި އެރިކް ފެނުމުން މިންހާގެ ހާސްކަން އެކީ ފިލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އެރިކްގެ މޫނުގައި ހުރި ލޭފެނި ނުތަނަވަސްވިއެވެ. އެރިކްއަށް ރަނގަޅަށް ބަލާލުމުން އޭނާ ވަރަށް ބަލިކަށިކަން އެނގެއެވެ. މިންހާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އެރިކް އޭނާ ގައިގައި ބައްދާލަމުން މިންހާ ނިތުގައި ބޮސްދިނެވެެ. އެރިކްގެ އެ އަމަލުން ގުޑިލަން ވެސް މިންހާއަށް ނޭންގުނެވެ. މާ ގިނައިރަކު އެހެންނެއް ދެމީހުންނަކަށް ނުތިބެވުނެވެ. އެރިކް ގައިން ވަރު ދޫވެ ބިންމައްޗަށް ތިރިވިއެވެ.

ނުނިމޭ

 

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

ދޮން ބައްޕަ

Next

ކުށަކީ ކޮބާ – 36

Next
July 2, 2024

ކުށަކީ ކޮބާ – 36

Previews
June 30, 2024

ދޮން ބައްޕަ

5 Comments!

  1. Cutie girl says:
    July 1, 2024 at 6:16 am

    Mi part ves v reethi masha Allah
    Can’t wait for next part
    Keep it up
    Love you

  2. Cutie girl says:
    July 1, 2024 at 7:20 am

    Erik and minha gulhuvachey
    They are lovely couple

  3. RIFSHA says:
    July 1, 2024 at 10:15 am

    Wow kayaa
    Your a amazing writer
    Thanks you so much mi vaahaka anehkaa kiyaalan genesdhinyma.
    Comment eh kohlaanan ingey adhi kiyaalaafa.adhi nukiyan hama comment nukoh nuhurevigen mi kohlee
    Bye
    In sha Allah adhi comment eh kohlaanan
    Love you so much dear 😘

  4. 🌹🌹🌹vempire gir 🌹🌹🌹 says:
    July 2, 2024 at 7:02 pm

    Hey kiyaa
    This part was amazing maasha allah…. hieh vx nukuran alhugandumen bunyyas kiyaa mi vaahaka up kohdheyne kamakah… varah ufaa vehje… kurin kiyaalin adhi kiriyaa comment kihlevunh mi ….. next ep kiyaalan libeyny kon dhuvahakun… ehaa las nukoh adhi medhukendumeii nethi mi vaahaka nimmaalaane kamah ummeedhu kuran.. thank you kiyaa mi vaahaka up kohdhinyma..

  5. malaa says:
    July 2, 2024 at 11:14 pm

    kiyaa… this is hama perfect. mashallah vrh reethi mi part ves
    cant wait for nxt
    keep it up

Comments are closed.


All Right Reserved!